ތިަޔއީ ހަނދޭ-2
ޔޫރާ އަކީ ނުލާހިކު ވާހަކަ ކިޔުމަށް ފޯރި ހުންނަ ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް އެނާ ކޮލެޖް ނިއްމާ ފައި ބައިގަޑިއިރަށް ވިއަސް ލައިބްރެރީ އަށް ވަދެލާނެއެވެ. ނަލަހެދިލައިގެން ގެއިން ނުކުތް ޔޫރާ މަގުގެ ދެކޮޅު ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަޑުމަޑުން އައިސް ލައިބްރެރީ ހުރި މަގަށް އަޅައިލިތަނާހެން ފަތްތަކެއް މުގުރިގެން ދިޔަކަހަލަ އަޑެއް އިވުނެވެ. ޔޫރާ ފަހަތް ބަލައިލީރަށް އެމީހަކު އެތާ އިން ގަހެއްގެ ނިވަލަށް ވަދެ ނިވާވިއެވެ. ޔޫރާ އަށް ހަމަރަގަނޅަށް ވެސް އެއީ ކާކުކަން އެނގެއެވެ.
*ޕާރްޓް-2*
އިރުކޮޅަކު ބަލަން ހުރެފައި ޔޫރާ ލައިބްރެރީ އަށް ވަނެވެ. އޭރުވެސް މޭޒުތައްވަނީ ފުރިފައެެވެ. ލަސް ހިނގުމެއްގައި ޔޫރާ ގޮސް ޝެލްފް އިން ވާހަކަ އެއް ނަގައިގެން އައިސް މޭޒެއްދޮށުގައި އިށީންދެލިއެެވެ. ހަމަޖެހިލައިފައި ވާހަކަ ކިޔަން އިން ޔޫރާ ފޮތް ބާއްވާފައި ތެދުވިއެވެ. ކުރިމަތީ ގައި އިން މޭޒު ދޮށުގައި އިން ފިރިހެން ކުއްޖާގެ ކައިރީގައި ހުރި ހުސް ގޮޑީގައި އެނާ އިށީނެވެ. ޔޫރާ އައިސް އޭނާ ކައިރީ އިށީނުމުން އޭނާ އުފާވިއެވެ. ވާހަކަފޮތް ބާއްވާފައި އޭނާގެ ހުރިހާ ޝައުގެއް ޔޫރާ އަށް ހުއްޓާލިއެވެ.
“މައިސަން ތިއުޅެނީ ކޮން މޮޔައެއް ވެގެންތަ.. މިހާރު ބުނެފިންދޯ އަހަރެންގެ ލޯބިވެރިއެއް ހުރެއޭ،… އެކަން ކީއްވެގެންތަ މައިސަންގެ ސިކުނޑިއަށް ނުވިސްނެނީ..” ޔޫރާ ނުރުހުންވެ ހުރެ މަޑުމަޑުން ބުނެލިއެވެ. އޭރުވެސް މައިސަން ހުރީ ޔޫރާ އާއި ދިމާއަށް ކަޅިޖަހައިނުލާ ބަލާށެވެ.
“މައިސަން..” ޔޫރާ މައިސންގެ މޫނުމަތީ އަތް ހޫރާލިއެވެ. މައިސަން ސިއްސައިގެން ގޮސް ހިޔާލުތަކުން ބޭރުވިއެވެ.
“ޔޫރާ ކިތައްމެވަރަކަށް ތިހެން ބުންޔަސް އަހަރެންނަށް ކިހިނެއްތަ ޔޫރާ މަތިން ހަދާން ނައްތާލެވޭނީ.. ތިއީ އަބަދުވެސް،.. އަބަދުވެސް މި ސިކުނޑިތެރޭ ހިނގާ ހިޔާލަކީ..” މަައިސަން ވަރަށް އިޝްޤީ އަސަރާއި އެކު ބުނެލިއެވެ. ޔޫރާ ލޯ އަނބުރާލައިފައި ނިއްކުރީގައި އަތް ޖައްސާލިއެވެ.
“މިބުނަނީ އެއްމެ ފަހުފަހަރަށް.. މައިސަން ކިތައްމެ ވަރަކަށް އަހަރެން ހޯދަން މަސައްކަތް ކުރިއަސް ތިކަމެއް ނުވާނެ..” ޔޫރާ އެހެން ބުނެ ތެދުވެގެން ދިޔައެވެ. މައިސަން އިނީ ޔޫރާ ދިޔަތަން ބަލާށެވެ. ޔޫރާ ގެއްލުމުން އޭނާ މަޑުމަޑުން ހީލިއެވެ.
ނިދިފައި އޮތް ރަޝްނާން ދިޔައީ ދެކޮޅަށް ދެކޮޅަށް ފޮރެޅެމުންނެވެ. ހީވަނީ އުނދަގޫ ތަކެއް ވަމުންދާހެންނެވެ. ކުއްލިއަކަށް ރަޝްނާން ފުއްމައިގެން ތެދުވިއެވެ. އޭރު އޭނާގެ ނިއްކުރީގައި ދާތިކިތައް ބަބުޅަމުން ދިޔައެވެ. މާނޭވާލަމުން ދިޔައިރު އޭނާ ހުރީ ބިރުންނެވެ. މިއީ ރަޝްނާން ޖެހިޖެހިގެން ތިންރޭ މިގޮތަށް ދިމާވިފަހަރެވެ. އޭނާ އަށް ހުވަފެނެއް ފެންނަނީއެވެ. އެއީ ބިރުވެރި ހުވަފެނެއްނޫނެވެ. އެކަމަކު ރަޝްނާން ބިރުގަތީ ޖެހިޖެހިގެން ތިންރޭ ތަކުރާރުކޮށް އެއްހުވަފެނެއް ފެންނާތީއެވެ. އޭނާ އެނދުން ތެދުވެގެން ގޮސް ކޮޓަރިންވެސް ނުކުތެވެ. އޭރު ގަނޑިން 3:10 އެކޭވެ. ރަޝްނާން ގޮސް އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ދެތިން ކޯވަރު ބޯލިއެވެ. އަނެއްކާވެސް އައިސް އެނދުގައި އޮށޯވެ ނިދޭތޯ މަސައްކަތް ކުރިއެވެ.
“ދަރިފުޅާ ރަޝްނާން.. ރަޝްނާން.. އަދިވެސް ނުހޭލެވޭތަ.. ރަޝް..” ރާނިޔާ ރަޝްނާންގެ ކޮޓަރި ދޮރުގައި ޓަކި ޖަހަމުން ދިޔައީ ރަޝްނާން ނުނިކުމެގެންނެެވެ.
“ހޭލަ މިއުޅެނީ..” ރަޝްނާން ގޮވާލި އަޑު އިވުނެވެ.
“އަވަސްކޮށްލައިގެން އާދޭ ސައިބޯން..” ރާނިޔާ އެހެން ބުނެ ދިޔައީ އަނެއްކާވެސް ބަދިގެޔަށެވެ.
އޭރު ޔޫޝައު އިނީ މޭޒުދޮށުގައި ސައިބޯށެވެ. ޔޫރާ އެއް ނުހޭލައެވެ. އޭނާ ކޮލެޖް އަށް ދާން ޖެހެނީ މެންދުރެވެ. އެހެންކަމުން ރާނިޔާ މިގަޑިއަކު ޔޫރާ އަކަށް ނޮގޮވައެވެ.
ލޯގަނޑު ކުރިމަތީ ތައްޔާރު ވަމުން ދިޔަ ރަޝްނާންގެ ސިކުނޑިތެރޭގައި ހިގަމުން ދިޔައީ އޭނާ އަށް މިފެންނަ ހުވަފެނުގެ ވާހަކަ ބުނަންވީތޯ ނުވަތަ ނޫން ތޯއެވެ. ގަދަ ނޫކުލައިގެ ގަމީހުގެ ގޮށްތައް އަޅުވައިލާފައި ކަލުކުލައިގެ ޓައި އެއް އަޅައިލައިގެން އޭނާ ނުކުތީ ބޭރަށެވެ.
“ރަޝްނާން.. އަވަހަށް އާދޭ ސައިބޯން.. މިހާރު އެއޮށްގެން ހަތް ގަޑި ސާޅީސްވީ..” ރާނިޔާ ކޮފީތަށި ގެނެސް މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ. ރަޝްނާން އައިސް ސައިބޯން ފެށުމުން ރާނިޔާ ވެސް އައިސް އިށީނެވެ.
“ދަރިފުޅާ.. ރޭގަނޑު ރަގަނޅަށް ނުނިދެނީތަ..؟” ރާނިޔާ އަޑުގައިވީ އޯގާތެރިކަމެވެ. އޭނާ އަށް ދަރިފުޅަށް އަންނަ ކޮއްމެ ބަދަލެއްވެސް އެނގެއެވެ.
“އެހެނެއްނޫން..” ރަޝްނާންގެ ޖަވާބު ކުރެވެ.
“ކަމެއްވަނީތަ..؟” ރާނިޔާ އަހާލިއެވެ.
ރަޝްނާން ފާޑަކައް ބަލާލިއެވެ. ބުނަންވީހޭ ނުވަތަ ނޫންކަމެއް ނިއްމާކަށް އޭނާ އަކަށް ނޭނގުނެވެ. ރަޝްނާން ދެކޮޅަށް ބޯހޫރާލިއެވެ. ފަހަކުން ރާނިޔާ އެކަމާބެހޭގޮތުން ނާހައެވެ.
ސައިކަލް ޕާރކް ކޮށްލިތަނާހެން އޭނާ ކައިރިއަށް އައިސް މަޑުކޮށްލީ އޭނާގެ އެއްމެގާތް މިތުރުކަމަށްވާ ކައިފް އެވެ. ކައިފް އާއި އެކީ އެތެރެއަށް ވަންނަން ރަޝްނާން މަޑުކޮށްލީއެވެ.
“އޭޔް ބްރޯ، ހާދަހާ ބޮޑު ވިސްނުމަކަށް ގެއްލިފަ..” ކައިފް އަށް ރަޝްނާންގެ މޫނުމަތީވީ ކުލަވަރު ދެނެގަނެވުނެވެ.
“ވަރަށް ބޮޑުވާހަކައެއް އެބައޮތް..” ރަޝްނާން ބުނެލިއެވެ.
“ކިޔާބަލަ..” ކައިފް ސީރިއަސް ވެލިއެވެ.
“މަށަށް މިހާރު ތިންރޭ ޖެހިޖެހިގެން އެއްހުވަފެނެއް އެބަފެނޭ.. އަބަދުވެސް ހޭލެވެނީ އެއް ގަޑިއަކަށް..” ރަޝްނާން ކިޔައިދިނެވެ. ކައިފް ވިސްނާލިއެވެ.
“ހުވަފެނުގެ ވަނީ ކިހިނެއް..” ކައިފް އަހާލިއެވެ.
“ޖަޖް ނުކުރައްޗޭ އެނގޭ…” ރަޝްނާން ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.
“ހޫމް… ކިޔާބަލަދެން..!”
“އަހަރެންންށް ފެންނަނީ އަންހެން ކުއްޖެއް.. އެކަމު އެކުއްޖާގެ މޫނު ސާފުކޮށެއް ނުފެނެ..”
“ދެން.. ވަރަށް ކޮމްޕްލިކޭޓެޑް..” ރަޝްނާން މޫނަށް ގޮތެއް ހަދާލަމުން ބުންޔެވެ.
ކައިފް އާއި ދިމާއައް ބަލާލި އިރު އޭނާ ހުރީ ހިނިގަނޑު ހިފާއްޓާލައިގެންނެވެ. ރަޝްނާން ބަލާލުމާއި އެކު އޭނާގެ ހިނިގަނޑު ފަޅާގެން ދިޔައެވެ. ރަޝްނާން ރުޅި މޫނު ހަދާލައިގެން ހުރެ އޮފީހާއި ދިމާއަށް ހިގައިގަތެވެ. ކައިފް ވެސް އެނާގެ ފަހަތުން ގޮސް އޮފީހަށް ވަނެވެ.
ބުރަ ދުވަހަކަށް ފަހު އޮފީހުން ނުކުމެ ރަޝްނާން އެނާގެ ސައިކަލަށް އަރާ ސްޓާޓް ކޮއްލިއެވެ. ދެތިން ފަހަރަކު ހިފާލުމުން ވެސް ސައިކަލު ސްޓާޓް ވާގޮތެއް ނުވިއެވެ. އެންމެ ފަހުން އޭނާ ފޯނުނަގާ ޔޫޝައު އަށް ގުޅާލިއެވެ. ނަމަވެސް އޭނާގެ ފޮނަށް ގުޅޭ ގޮތެއް ނުވިއެވެ. ގޮއްހުސްވެގެން ރަޝްނާން ކޮޑުގައި އޮތް ދަބަސް ރަގަނޅު ކޮއްލަމުން ބާރަށް ހިގައިގަތެވެ.
ޖީބަށް އަތް ޖަހާލައިގެން މަޑު ފިރިހެން ވަންތަ ހިގުމެއްގައި އޭނާ ދިޔައިރު އޭނާގެ ސިކުޑީގައި އެބުރެމުން ދިޔައީ އޭނާގެ ހުވަފެނުން ފެނުނު އެ އަންހެން ކުއްޖާގެ ހިޔާލުތަކެވެ. އެއީ ކާކު ހެއްޔެވެ؟ އޭނާ އަށް މި ކުއްޖާގެ މޫނު ނުފެންނަނީ ކީއްވެ ބާއެވެ؟
ރަޝްނާން އަށް ހިޔާލުތަކުން ބޭރުވެވުނީ ޕައްކިޔާފައި ފެން އެއްޗެއް އޭނާ ގަޔަށް ޖެހުމުންނެވެ. ހައިރާއްވެފައި ހުރެ އޭނާ އަށް ފުރަތަމަ ބަލައިލެވުނީ ތެމި ފޯ ވެފައިވާ އޭނާގެ ގަމީހަށެވެ. ދެން ނަޒަރު ހިއްގާލީ އޭނާގެ ކަނާތް ފަރާތަށެވެ.
*ނުނިމެ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Vrh reethi me first dhw hehehe 🥰
Free veema adhi comment eh kohlaanan
Mi part vx vrh reethi MA!! 😍 💯
Maisan vx ulhey goiy dhw dhen… 😒
Yooraa Loabi varieh huhna vhk buneema vx hama ulhey goiy
Rashnaan ah huvafenuga ihna girl nufehnany keehve baa 🤔….
Konmes kameh goas vaan ulhey hen heevany….
Kaaku baa rashnaan geyah fen ethi ohsaaly…
Anehkaa kanaaiy faraathun meehaku fehnanee baa… 🤔
I’m so curious to know what happens next??
Curiously waiting for the next part when’s next? 😊
Lyyy. Tc 😘❤️
Thank you!! 😊
So many questions dhw!! 😆
Inshaallah v avahah! 🥰
Love you more!! 😘
Take care! 😃
Mi part vx vvv salhi… waiting for the next part🤍🌺
Mi part ves Vrh Reethi MA!!!! 🙂❤️
Maisan ves dhn ulhey goi 😢
Keehve Baa rashnaan ah huvafen egothah fennany…
Curiously waiting for next part….. Whn nxt 🙂
Luv and take care my dear 🙂❤️
Thank you Alaika_22!! 🤗
Neinge dhw rashnaan aha ehen evanee keeh ve kameh! 🤔
Next part ves v avahah inshaallah! 🤭
Love you too! 💙 you also take care aswell!
Thank you, savuu_17!! savuu ge comment ah reply dheyn las v savuu ge comment inee pending ga! Anyways, glad you like it!
Heyyy 🖤🖤🖤_MuXo_🖤🖤
You’re also one of the talented Autors in here…I really like to Read your mindful stories Especially this story ,Yooshau and Raaniya are the best of best I don’t know why I kept dreaming They having their third child Hahaha 🤣 🤣 just telling what’s in My mind to The Intelligent Autor 🧡 🔥 HeheHe 😂 I also dreamed in the future Just Uploading stories to Heree…Bt I’ll ask for my Parents permission How old ‘r u ?I thought you’re an Adult…Anyways ,This story is the Wonderful Gem in this site 🖤🖤🔥
LysSsxxxxmmm,
Bye Tc 🫶🖤
🖤🖤🖤
Hey girll! 🤗
Thank you!! 🥰
So glad that you like this story!! 🤭
I also keep thinking about the stories i have reas till now, and I can’t seem to get over them! 😭🤣
Actually I’m 14!! Pretty young right!! ✌
Love you too 🖤🖤🖤!!
You also take care!!
I would definetly read your stories if you right one!! 😊
Byee!!
Which Island or Atoll Ur??
Glad to know!!..🔥😁I Swear 😉 I’m smaller than you 2 years….Btw I enjoy Giving so so Grateful comments for Our lovely Author💗✨
I just ReALly love to ReAd stories…✨🫶🖤
🖤🖤🖤