Skip to content
އެސްފިޔަ

ތިޔައީ ހަނދޭ-3

ރަޝްނާން އަށް ހިޔާލު ތަކުން ބޭރުވެވުނީ ޕައްކިޔާފައި ފެން އެއްޗެއް އޭނާ ގަޔަށް ޖެހުމުންނެވެ. ހައިރާންވެފައި ހުރެ އޭނާ އަށް ފުރަތަމަ ބަލައިލެވުނީ ތެމި ފޮވެފައިވާ އޭނާގެ ގަމީހަށެވެ. ދެން ނަޒަރު ހިންގާލީ އޭނާގެ ކަނާތްފަރާތަށެވެ.

*ޕާރޓް-3*

އޭރު ބޮޑު ތައްޓެއް ހިފައިގެން ހުރީ އަންހެން ކުއްޖެކެވެ. އެކުއްޖާގެ މޫނު ހީވަނީ ހުދު ކަމުން ކާފޫރުތޮށި ކޮޅެއް ހެންނެވެ. އެކުއްޖާގެ މޫނުމަތިން ކިތައްމެހާވެސް ބިރުވެރިކަން ފެނަން ހުއްޓެވެ.

ޒަހްރާ އަށް އިދެވުނީ ހުއްޓުން އަރާފައެވެ. މިވީ ކިހިނެއް ހެއްޔެވެ. ފެންއެތި މިޖެހުނީ މީހެއް ގަޔަށެވެ. އެފިރިހެން ކުއްޖާގެ މޫނުމަތި ފެންނަން ހުރީ ހައިރާންކަމާއި ރުޅި ވެރިކަމެވެ. ޒަހްރާ ރަގަނޅަށް އެފިރިހެންކުއްޖާ އަށް ބަލާލިއެވެ. ތެމިފައިވާ ގަމީސް ވަނީ އޭނާގަޔަށް ހިފާލެވިފައެވެ. ވަރަށް ވެސް ހިތްގައިމެވެ. ދެލޮލުން ފެންނަން ހުރީ އިންތިހާދަރަޖައިގެ ހައިރާންކަމެެވެ.

“ސޮރީ ސޮރީ.. ވަރަށް ބޮޑަށް ސޮރީ.. ގަސްތުގައެއް ނޫން..” ޒަހްރާ އަވަސް އަވަހަށް މަޢާފަށް އެދުނެވެ. ރަޝްނާން ހުރީ ބަހެއްވެސް ނުބުނެ ބަލާށެވެ. ޒަހްރާ ހީއްކުރީ ރަޝްނާން އެއިނީ ވަރަށް ބޮޑަށް ރުޅި އައިިސް ކަމަށެވެ.

“ސޮރީ.. ނުފެނުނީ މީހަކަު އަންނަތަން.. ވަރަށް، ވަރަށް ބޮޑަށް ސޮރީ..” ޒަހްރާ އަށް ރޮވޭގޮތްވިއެވެ. ހަމައެވަގުތު އޭނާގެ ދޮންބެ ހުޝާމް އައެވެ.

“ކިހިނެއްވީ..؟” ހުޝާމް ސުވާލުކޮށްލިއެވެ.

“އަޅުގަނޑު މިފެންއެތި އުކާލަން އުޅެނިކޮށް ޖެހުނީ މިމީހަ ގަޔަށް..” ޒަހްރާ އިސްޖަހާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ.

“ސޮރީ މޭން.. މަގޭ ކޮއްކޮ އަށް އޮޅިގެން އެއީ..” ހުޝާމް ރަޝްނާން އާއި މުހާތަބުކޮށް ބުންޏެވެ.

ހުޝާމް ޒަހްރާ ގޮވައިގެން އެތެރެއަށް ވަދެގެން ދިޔަތަން ބަލަން ހުރެފައި ރަޝްނާން ވެސް ހިގައިގަތެވެ. ހިތުތެރޭ އެތަކެއް ސުވާލު ތަކެއް ބޮނޑިވަމުންނެވެ. އެއަންހެން ކުއްޖާ ފެނިލުމާއި އެކު އޭނާގެ ގަޔަށް ހީވީ ކަރަންޓް ޝޮކެއް ޖެހުނުހެންނެވެ. ދެމީހުންގެ މެދުގައި ގާތްކަމެއް ވާކަން އިހްސާސް ކުރެވުނެވެ. ރަޝްނާން ހިތަށް އެރިއެވެ. އެކުއްޖާގެ ނަމަކީ ކޮބާ ހެއްޔެވެ؟ އޭނާ އަށް އެއަންހެންކުއްޖާ ދަންނަ ވައްތަރު ޖަހަނީ ކީއްވެހެއްޔެވެ.

ކޮލެޖް ނިއްމާފައި ޔޫރާ ގެޔަށް އައީ ޔޫޝައު އާއި އެއްކޮށެވެ. އަައިސް އޭނާ ކޮޓަރިއަށް ވަދެ ފެންވަރާތާޒާވެލިއެވެ. ކާން ވެގެން ބަދިގެޔައް ވައިން ޔޫރާ، ގޭގެ ބޮޑުދޮރާއި ދިމާއަށް މިސްރާބުޖަހަން މަގުބޫރުވީ ބެލްއެޅުމުންނެވެ. ހަމަޖެހިލައިފައި ގޮސް ދޮރުހުޅުވާލު މާއި އެކު އޭނާގެ މޫނު އެއްކޮށް ފޮޅުނެވެ. ތުންފަތް މައްޗަށް ވެރިވީ ރީތި ހިނިތުންވުމެކެވެ. އޭނާ ކުރިމަތީ އެހުރީ ފިރިހެން ކުއްޖެކެވެ. ދިގު އިސްކޮޅެއްގެ ވެރިޔެކެވެ. އެހާބުޅި ނޫން އިސްތަށިގަނޑު ވަނީ ފުނާއަޅާލެވިފައެވެ. އެފިރިހެންކުއްޖާ ވެސް އިނީ ވަރަށް ފުޅާ ހިނިތުންވުމެއް ދީގެންނެެވެ.

“އަރުފާން..” ޔޫޫރާ އަރުފާން ގައިގައި އޮޅުލައިގަންނަމުން ގޮވާލިއެވެ. އަރުފާން އަކީ ޔޫރާގެ ލޯބިވެރިޔާއެވެ. އުރުފާން ކިޔަވަން އުޅެނީ އެހެން ރަށެއް ގައެވެ. ނަމަވެސް ދެކުދިންގެ ގުޅުން ހަމަ ވަަރަށް ވަރުގަދައެވެ. ދެމީހުން މެދުގައިވަނީ ވަރަށް ބޮޑު އިތުބާރެކެވެ. އަރުފާން ވެސް އޭނާގެ ބާރުގަދަ ދެއަތް ޔޫރާ ވަށާލިއެވެ.

“ކޮންއިރަކު އައީ..؟ ނުވެސް ބުނެލަ..” ޔޫރާ ދުރުވެލައިފައި އަހާލިއެވެ.

“މިއަދު އައީ.. ހެހެ.. ނުބުނާނެ ދޯ.. ބޭބީ އަށް ސަޕްރައިސް އެއް ދޭން ވެގެންނޭ..” އަރުފާން ޔޫރާގެ އަތުގައި ހިފާލިއެވެ.

“އެހެންދޯވީ.. އަވަހަށް އާދޭ ސައިބޯން..” ޔޫރާ އަރުފާން ގޮވައިގެން ގެޔަށް ވަނެވެ. އަރުފާން އާއި އެކީ އޭނާ ގޮސް ބަދިގެޔަށް ވަދެފައި ދިޔައީ ރާނިޔާ އަށް ގޮވާށެވެ. ޔޫރާ އާއި އަރުފާންގެ ގުޅުން ޔޫރާގެ މައިންބަފައިންނަށް އެނގެއެވެ.

“އަހަ، އަރުފާން އައީތަ.. ކިހިނެއް ހާލު..؟” ރާނިޔާ އައިސް ބަދިގެޔަށް ވަންނަމުން އަހާލިއެވެ.

“އަލްހަމްދުﷲ ވަރަށް ރަގަނޅު..” އަރުފާން ހީލިއެވެ. އޭނާގެ އެއް ރަގަނޅު އަޙްލާގް އަކީ އޭނާ ބޮޑެތި މީހުންނަށް ވަރަށް އިޙްތިރާމް ކުރާކަމެވެ.

ދެމީހުން ވެސް ސައިބުއިގެން ދިޔައީ ބޭރަށް ހިގާލާށެވެ. ދެލޯބިވެރިންވެސް ބީޗަށް ގޮސް ދޮންވެލިގަނޑުމަތީގައި ހިގައިފައި ދިޔައިރު ދެއަތް ވަނީ ގުޅާލެވިފައެވެ. ދެމީހުން ވެސް އެކި ވާހަކަ ދައްކަމުން ގޮސް މަޑުކޮށްލީ އެތާ އިން ދިއްގާ ގަހެއް ކައިރީގައެވެ. އޭރުވެސް މުޅި މާހައުލުގައި ހިފާލެވިފައިވަނީ ރާޅު ބީއްސާ އަޑާއި ފަނިފަކުސަ ގޮވާ އަޑެވެ.

“ބޭބީ.. ކޮންއިރަކުންތަ އަހަރެމެން މެރީ ކުރަނީ.. މިހާރު އަހަރެމެން ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރުވީ..” އަރުފާން ޔޫރާގެ އުނަގަނޑުގައި އަތް އަޅުވާލައިފައި ކައިރިއަށް ލަފާލިއެވެ.

“އަހަރެން ބުނީމެއްނު.. އަހަރެން ކިޔަވާ ނިއްމާފައޭ..” ޔޫރާ އަރުފާންގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން ބުނެލިއެވެ.

“ދެން އެމާލަސްވާނެ..” އަރުފާން ކުޑަކުއްޖެއް ފަދައިން ތުންކޮޅު އޫކޮށްލިއެވެ.

“ހެހެ.. ހާދަ ކިއުޓޭ..” ޔޫރާ ހީލިއެވެ. އަރުފާން ވެސް ހީލިއެވެ. އަދި ޔޫރާގެ މޫނާއި ކައިރިވެލިއެވެ. ޔޫރާ ދުރުވެލިއެވެ. އަރުފާން ބަލައިލުމުން ޔޫރާ ސަމާސާ ގޮތަކަށް އިގިލިން ނޫނެކޭ އިޝާރާތް ކޮށްލިއެވެ. އަރުފާން އަނެއްކާ ވެސް ކައިރިވެލުމުން ޔޫރާ އަރުފާންގެ އަތުތެރެއިން ނުކުތެވެ.

ދެލޯބިވެރިން ހީހީފައި ޖަހަމުން ދިޔަ ސަކަރާތް ބަލަން ދުރުގައި އަރުފާންގެ ދުޝްމިނަކު ހުއްޓެވެ. މައިސަންގެ ދެލޮލުން އޭރު ދިޔައީ އަލިފާން ކަނި ބުރަމުންނެވެ. ޔޫރާ އަކީ އޭނާގެ ހައްޤެކެވެ. ޔޫރާ ވާންޖެހޭނީ އޭނާގެ މީހަކަށެވެ. މައިސަން އެހެން ހުރެފައި އެތަނުން ދިޔައެވެ.

އާދުވަހަކަށް އިރުއަރައިގެން އައިރު ވެސް ރަޝްނާންގެ ސިކުނޑިތެރޭގައި ދައުރުވަމުން ދިޔައީ ހަމަ އެއް ހިޔާލުތަކެކެވެ. އެއަންހެން ކުއްޖާ އަކީ ކާކު ބާއެވެ. އޭނާ އަށް ކުރިން މިއަންހެން ކުއްޖާ ފެނުނުކަމުގެ އިހްސާސް ކުރެވެނީ ކީއްވެބާއެވެ؟. އޭނާ އެއަންހެން ކުއްޖާގެ ނަން ހޯދަން ބޭނުމެވެ. ތައްޔާރު ވެގެން ރަޝްނާން ނުކުތީރު ޔޫޝައު އިނީ އޭނާގެ އިންތިޒާރުގައެވެ. ސައިކަލު ރޭގައި ގަރާޖައް ލިގޮތަކަށް އަދި ނުގެނެއެވެ.

ބުރަ ދުވަހަކަށް ފަހު ބްރޭކް ލިބުމުން ރަޝްނާން ބޭނުންވީ ސިކުނޑި ތާޒާ ކޮށްލުމަށް އެއްޗެއް ބޯލާށެވެ. މިއަދު ކައިފް ނާންނާތިވެ އޭނާ އިނީ ފޫހިވެފައެވެ. އެކީގައި ތާކަށް ގޮސްލާކަށް ކައިފް ނެތިއްޔާ ނެތެވެ. ފޯނު ބަލަމުން ރަޝްނާން ގޮސްވަނީ އޮފީސް ކައިރީގައި ހުރި ކޮފީ ވިއްކާ ތަނަކަށެވެ. ބިއްލޫރި ކުޑަދޮރު ކައިރީގައި އިން ގޮނޑީގައި ރަޝްނާން އިށިންތާ މާގިނަ އިރެއް ނުވެ އޭނާ ކައިރިއަށް ކުއްޖަކު އައެވެ.

“ކޯއްޗެއް ތޯ ބޭނުމީ..؟” ދަންނަ އަޑެކެވެ. ރަޝްނާން އިސްއުފުލައި ބަލާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Shaba_73

    Me first dhw hehe 😁
    Free veema comment eh kohlaanan Adhi ☺️

    1. Itxx
      Shaba_73

      Who are u

    2. _MuXo_
      Shaba_73

      Yes you first!! Congraa!! 👍

  2. 🤍🤍🤍

    Maasha Allah ❤️
    So so beautiful part…Well! Actually Yoora having a Bf Ohhhh my gosh!!She should marry him soon…I ‘m dreaming about their wedding hehe…Then Rashnan I think he’s having crush on Xahra & She’s bit shy for talking him to that incident… Hehe Anyways ,This part is so wonderful Aren’t you making season 3 after the story ends? When’s next???
    Lysmm
    Tc of yourself
    Happy New Year Eve 🦋🥳
    🤍🤍🤍

    1. _MuXo_
      🤍🤍🤍

      Thank you!! 🤗
      Yeah, I’m not writting an s3! Aslu s2 ves liyunee kiyun therin kiyaa varun! ✌
      Next part ves v avahah! 🤭
      You also take care!! 👍
      Love you too!!! 😘
      Happy new year Eve to you aswell!! 🥰

  3. Shaba_73

    Mi part vx vrh reethi MA!!!
    Rashnaan ah xahra vrh kamugosfi hen heevany hehe! 😄
    Ehenve ehnu ehaa Varah xahra ge information hoadhan beynun vaany…. Between Yooraa and Arufaan so cute wow wow 😘….I think xahra ge adu kanne eivuny coffee shop in…
    Maisanooo Yooraa aky maisan ge hahgeh noon 😡…
    she’s hama ekani Arufaan ge hahgeh…. Yhh it will be better if write a s3 also but its up to you… Hope you’ll write a season 3 for this story………. Curiously waiting for the next part when’s next??
    Luv ya and take care ❤️😘

    1. _MuXo_
      Shaba_73

      Thank you so much for your support Shaba_73!! 🤗
      Dhen balaalama dhw vaane gotheh! 🔍
      Actually I’m not thinking of writing a S3!! 😭
      Next part ves v avahah!! 😊
      Love you too😘, you also take care my lovely babyy!! 🤭

  4. Shaba_73

    Awww ur comments made my day 😘
    HAPPY NEW YEAR EVE!!! 🎈🎆
    ANYTIME LOVELY ❤️💋

    1. _MuXo_
      Shaba_73

      🤭

  5. 🤍🤍🤍

    HaPpY NeW YeAr EvE MrS _MuXo Sis I’m smaller than U🤍🤍🤍

  6. _MuXo_

    Happy new year eve to you aswell!!
    Awwn.. That’s okay.. My love..

  7. Alaika_22

    Mi part ves Vrh Reethi Masha allah…. 😄
    Curiously waiting for next part…. Whn nxt?????
    Lov u and take care ❤️🤗
    HAPPY NEW YEAR ALL OF U 😄🤗

    1. _MuXo_
      Alaika_22

      Thank you Alaika_22!!🤭
      Next part ves v avhah inshaallh!! ✌
      Love you too!! 😘 You also take care honey! 🤗
      Happy new year! May this year also be a very succesful year for you all! Hope you all have a wonderful year! 🥳

  8. Shaba_73

    HAPPY NEW YEAR EVERYONE 🎆😘❤️

    1. 🤍🤍🤍
      Shaba_73

      HaPpy NeW YeAr EvE to Our All Readers &Authors 🤍🤍🤍

Comments are closed.