މުޅި ހިތް ބޭޤަރާރު ވެއްޖޭ-5
ސެހްރިޝް އަވަސް އަވަހަށް ފޮޓޯއެއް ނަގާލިއެވެ. މާދަމާ އޭނާ ވާސިލް އަށް ގުޅާފައި އެއީ ކާކުތޯ އަހާނެއެވެ. ވާސިލް އޭނާ ކައިރީ ނުބުނެ އެހެން އަންހެން ކުދިން ގޮވައިގެން ބޭރަށް ނުކުންނަނީ ހެއްޔެވެ. އަނެއްކާ އެއީ ވާސިލްގެ އާއިލާ ކުއްޖެއް ބާއެެވެ؟.
*ޕާރޓް-5*
ކާރު ލޯގަނޑުން ބޭރު ބަލަން އިން ޒާޔާ އިނީ ރުޅި މޫނުހަދައިގެނެވެ. ޖައިލަމް ކާރު ދުއްވަމުން ދިޔައީ އޭނާ އުޅޭ ގެޔާއި ދިމާއަށެވެ. މުޅި ދަތުރު ހޭދަވެގެން ދިޔައީ ހަމަހިމޭން ކަންމަތީއެވެ. ޖައިލަމް ކާރު މަޑުކޮށްލީ ފިހާރެއެއް ކުރިމައްޗަށެވެ. ޒާޔާ ހައިރާންވެ ހުރެ ބަލައިލިއިރު ޖައިލަމް ކާރުން ފައިބައިފިއެވެ. އަނެއްކާވެސް ޒާޔާ މޫނު ހަދައިލާފައި އަނެއްފަރާތަށް އެނބުރުނެވެ.
“އަން..” ޖައިލަމް އައިސް ކާރަށް އަރައިފައި ޒާޔާ އަތަށް އެއްޗެއް ދިއްކޮށްލިއެވެ. ޒާޔާ ބަލައިލިއިރު އެއީ މުރުމުރު ޕެކެޓް އެކެވެ. އެއީ ޒާޔާ އަށް ވަރަށް މީރު އެއްޗެކެވެ. އެއްފަހަރު ޖައިލަމްގެ މޫނަށް އަނެއްފަހަރު އެޕެކެޓައް ބަލައިލުމަށްފަހު ޒާޔާ އޭގައި ހިފިއެވެ.
ހަމަހިމޭން އެދަތުރައް ފަހު ކާރު މަޑުކޮށްލީ ޖައިލަމްމެން ގެ ކަަމައްވާ “އޯޝަން” ގެޔަށެެވެ. ގޭގެ ނަމާއި އެއްވައްތަރުކޮށް އެގޭގައި ލާފައި ހުރީވެސް ނޫކުލައެވެ. އެހާ ގަދަ ނޫން ނޫކުލަ އެއް ލެވިފައިވީރު ވަރަށް ވެސް ހިތްގައިމެވެ. ގޯތިތެެރޭގައި އެތަކެއް މާގަސްތަކާއި އެހެނިހެން ގަސްތައް އިންދައިފައިވީރު ހިވަނީ ބަގީޗާ އެއްހެންނެވެ ޖައިލަމް ފަހަތުން ހިގައިފައި އައި ޒާޔާ ދިޔައީ އެކިތަންތަން ބަލަމުންނެވެ. އޭނާ މިގެޔަށް މިއައީ އަދި އަލަކަށް ނޫނެވެ. ނަމަވެސް ވަރަށް ގިނަދުވަސް ކޮށްފައެވެ.
ޖައިލަމް ގޮސް ގޭދޮރުމަތީ ހުއްޓިލިއެވެ. ޒާޔާ އައިސް އޭނާ ކައިރީ ހުއްޓިލުމުން ޖަައިލަމް އޭނާގެ އަތް ދިއްކޮށްލިއެވެ. ޒާާޔާ އެއަތުގައި ހިފާލިއެވެ. ދެމީހުން އެއްކޮށް ގޭތެރެއަށް ވަނީރު ޖައިލަމްގެ މަންމަ ޔުކްތާ އާއި އޭނާގެ ބައްޕަ މުހައްމަދު ވެސް ތިއްބެވެ. ޒާޔާ ފެނުމުން ޔުކްތާގެ މޫނުމަތި އެއްކޮށް ފޮޅުނެވެ. އޭނާ އެއްމެ ބޮޑަށް ހިތްހަމަ ޖެހުނީ ޒާޔާ އާއި ޖައިލަމްގެ ގުޅުން ބަދަހިވެފައިވާ ތަން ފެނިފައެވެ.
“ޒާޔާ، ދަރިފުޅާ.. ކިހިނެއް..؟” ޔުކްތާ އަހާލިއެވެ.
“ރަގަނޅު.. މަންމަ ކިހިނެއް..؟” ޒާޔާ އައިސް ޔުކްތާ ކައިރީ ސޯފާގައި އިށީނެވެ.
“މަންމަ ހަމަ އެހެން މިހެން ދޯ މިއުޅެނީ..” ޔުކްތާ ބުނެލިއެވެ.
“ޒާޔާ ކީއްވެތަ މަންމެން ކައިރިއަށް ނާންނަނީ..؟ މަންމަ މިއަދު ކިޔާ ކިޔާ ވެސް ޖައިލަމް އުޅުނީ ނުދާންވެގެން.. އެކަމަކު ފަހުން އެއްބަސްވި..” ޔުކްތާ އެހެން ބުނުމުން ޒާޔާ ބަލައިލީ ޖައިލަމް އާއި ދިމާއަށެވެ. އޭރު ޖައިލަމްގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ޒާޔާ އަށެެވެ. ޒާޔާ ގައިން ހީބިހިނަގައިގެން ދިޔައެވެ.
ބެލްކަނީގައި އަތް ވިއްދައިލައިގެން ބޭރުބަލަން ހުރި އާކިފްގެ މޫނުމަތީ ވަނީ ނުތަނަވަސް ކަމެވެ. އޭނާ ޒާޔާ އަށް ގުޅާ ގުޅާ ފޯނެއް ނުނަގައެވެ. މިހާރު ފަސް ވަރަކަށް ފަހަރު ގުޅިއްޖެއެވެ. ޒާޔާ އަށް ނިދުނީ ކަމަށް ބަލައި އާކިފް ހިތަށް ވިސްނައި ދިނެވެ. އިރުކޮޅަކުން އިވުނީ ބެލް އަޅާލި އަޑެވެ. އާކިފް ހިގައިގަތީ ގޭގައި އެއްވެސް މީހަކު ނޫޅޭކަން އެނގުމުންނެވެ. އަވާ ވެސް ވަނީ އޭނާގެ 2 އަހަރުގެ ދަރިފުޅު ގޮވައިގެން ކޮޓަރީގައެވެ.
އާކިފް ދޮރު ހުޅުވާލީރު ކުރިމަތީ ހުރި ސެހްރިޝް ފެނި ހިނިތުންވެލިއެވެ. އަދި ސެހްރިޝް ވަންނަން ތަނެދެއްކިއެވެ.
“މިގަޑިގަ ތިއައީ ކިހިނެއްވީ..؟” އާކިފް ދޮރުލައްޕާލައިފައި އަހާލިއެވެ.
“އަސްލު މިއައީ މިމޭވާ ކޮތަޅު ދޭން ވެގެން.. މަންމަ ކިޔާވަރުން މިއައީ..” އާކިފް ބޯޖަހާލިއެވެ. ދެމީހުން ވެސް ތިބީ ދައްކާނެ ވާހަކަ އެއް ނޭނގިފައެވެ.
“ކޮބާ ރަޝްފައްތަމެން..؟” ސެހްރިޝް ގޭތެރެ ހޯދާލަމުން އަހާލިއެވެ.
“މަންމެމް ދިޔައީ ބޭރަށް..” އާކިފް ގޭތެރެއަށް ހިގައިގަންނަމުން ބުނެލިއެވެ.
ސެހްރިޝް އާއި އެކު އައި ތާރާ އިނީ ކާރު ކައިރީ ދެކޮޅަށް ދެކޮޅަށް ހިގާލަ އެވެ. ސެހްރިޝް ހާދަ ލަހެވެ. އިރު އިރު ކޮޅާ ގޭ ދޮރާއި ދިމާއަށް ބަލާލައެވެ.
“މީހެއްގެ އިންތިޒާރުގަ ތޯ..؟” ތާރާ ސިހުނީ ފަހަތުން މީހެއް ވާހަކަ ދެއްކި އަޑަށެވެ. ބަލައިލިއިރު އެއީ ކައިސާން އެވެ. އޭނާ އިނީ ލާނެތް ގޮތަކަށް ހިނިތުންވެލައިގެނެވެ.
“ހެވެއްނު..” ތާރާ ލޯ އަނބުރާލިއެވެ.
“ދެން.. އަންހެން ކުއްޖަކު އެކަނި މިތާ އިންނާތީވެ އެހޭނެ ދޯ..” ކައިސާން ޖީބައް އަތްޖައިލައިގެން ހުރެ ބުނެލިއެވެ.
“އޯހް ޕްލީޒް..” ތާރާ ފޫހި ގޮތަކަށް ބުނެލިއެވެ.
“ދެން ބުނެބަލަ.. މަންޖެގެ ނަމަކީ ކޮބާތަ..؟” ކައިސާން ތާރާ އާއި ކައިރިއަށް ފިޔަވަޅެއް އަޅައިލަމުން އަހާލިއެވެ.
“ކީއްކުރަންތަ އަހަރެންގެ ނަން ހޯދަނީ.. ފުރަތަމަ އަމިއްލަމީހާގެ ނަން ބުނެބެޔަ..” ތާރާ ހުރީ ފޫހިވެފައެވެ. މި ފިރިހެނާ އާއި ހެދި އޭނާ ރުޅި އަންނާނެ އެވެ. އެކަމަކު ރުޅި އައިސްގެން އަތުން ފައިން ގޯހެއް ހެދި ދާނެތީ ތާރާ އިނީ މަޑުންނެވެ.
“އެހެންވީ.. އަހަރެންގެ ނަމަކީ ކައިސާން.. އަހަރެންނަށް 22 އަަހަރު..” ކައިސާން އަމިއްލަ އަށް ތަޢާރަފް ވެލިއެވެ.
ތާރާ އެކެއްޗެއްވެސް ނުބުނެ މަޑުން ހުންނަން ފެށުމުން ކައިސާން ތާރާ އާއި ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. ތާރާ ފަހަތައް ޖެހުނެވެ. އަނެއްކާވެސް ކައިސާން ކުރިޔައް ފިޔަވަޅެއް އަޅާލިއެވެ. މިފަހަރު ތާރާ ގޮސް ޖެހުނީ ކާރުގައެވެ. ކައިސާން އެއް އަތް ކާރުގައި އަޅުވާލައިފައި ތާރާ އާއި ދިމާއަށް ބަލާލިއެވެ.
“ހާދަހާ ބިރެއް ތިގަންނަނީ..” ކައިސާން އެއްމިޔަ ކަނައް ހީލަމުން ބުނެލިއެވެ.
ތާރާ އިނީ ކައިސާން އަށް ނުބަލަންވެގެން ދުރުބަލާށެވެ. ކައިސާން ތާރާ އާއި ދިމާއަށް ކުޑަކޮށް ގުދުވެލި ވަގުތު އޭނާގެ ކަރުގައި އެއްޗެއް ޖެހުނެވެ. އެއީ ދަގަނޑު އެއްޗެކެވެ. ކައިސާން ބަލައިލިއިރު އެއީ ކުޑަ ވަޅިއެކެެވެ. ތާރާ އިނީ ކައިސާންގެ ކަރުގައި އެވަޅި ޖައްސާލައިގެނެވެ.
“ހެހެ.. ވަރަށް ޕްރިޕެއާރްޑް..” ކައިސާން ބުނެލިއެވެ.
“އަދިވެސް މަށާ ގެޅޭނަން..؟” ތާރާ އަތަށް ބާރު ކޮށްލަމުން އަހާލިއެވެ.
“ތާރާ.. ކައިސާން..” ދެމީހުންވެސް ސިއްސައިގެން ދިޔައީ ސެހްރިޝްގެ އަޑަށެވެ. ބަލައިލިއިރު ސެހްރިޝް އާއި އާކިފް ވެސް ތިބީ އެދެމީހުންނަށް ބަލާށެވެ.
ކައިސާން ދުރުވެލައިފައި ލައިގެން އިން ގަމީސް ރީތި ކޮށްލިއެވެ. ތާރާ ކައިސާން އަށް ލޯއަޅާލައިފައި ވަޅި ޖީބައް ލިއެވެ.
“ކިހިނެއްވީ ދެންމެ.. ތާރާ ކައިރީ ބުނަން ދޯ ކޮންމެހެން ބޭނުން ނެތިއްޔާ ތިވަޅި ނުނަގާށޭ..” ސެހްރިޝް ދެ އުކުޅުގައި އަތް ވިއްދާލަމުން ބުނެލިއެވެ.
“ބޭނުން ކުރަން ޖެހުނީމަ ދެން ޖެހޭނީ ބޭނުން ކުރާކައްނު.. ބައެއް މީހުންނަކަށް ނޭނގެ ޑިސްޓެންސް ވަކި ކުރާކަށް..” ތާރާ ގޮސް ކާރަށް އަރަމުން ބުނެލިއެވެ. ސެހްރިޝް އާއި އާކިފް ވެސް ބަލައިލީ ކައިސާން އަށެވެ. ކައިސާން ބޯ ކަހާލާފައި ކޮނޑު އަރުވާލިއެވެ.
“ސޮރީ.. ތާރާ ބައެއް ފަހަރު ވަރަށް އަވަހަށް ރުޅި އަންނާނެ.. މިގަޑީގަ އެއިނީ އެހާ ރަގަނޅު މޫޑެއް ގައެއް ނޫން..” ސެހްރިޝް މަޢާފައް އެދުނެވެ.
“އޯކޭ އޭ..” ކައިސާން ބުނެލިއެވެ. ސެހްރިޝް ދަނީއޭ ބުނެ ގޮސް ކާރަށް އެރިއެވެ.
އާކިފް ބަލައިލީ ކައިސާން އަށެވެ. އޭރު އޭނާ ގެޔާއި ދިމާއަށް ހިގައިގަނެފިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Ooh I am first dhw ehehehe 😀
mi part ves Vrh Reethi MA!!! 🙂
Curiously waiting for next part…. Whn nxt??????
Lov u and take care 😄❤️
Yes you are first!!
Thank you Alaika_22!! I’m really happy that I have got your support!!
Next part will also be up very soon!!
Love you more!! You also take care honey!!
Hii Muxo!! ☺️
How are you?? Mi part vx vrh reethi MA!! 😘
Zaayaa aa jailam aa eii couple eh kan engihjehya Aakif ah vaane gotheh vx neyngey dhw Ekam Aakif haadha dhera vaane eyy…. 😢 sehrish aa vaasil ge gulhun vx madu madun heenaru vamun dhw dhanyy haadha dhera eyy.. 😭 thaaraa aa kaisaan aa ehen ulheni koh Loabi veveyny kanne dhn hehe…
Enemies to lovers dhw hehehe ….. 😅 Keehkuranyy..
Curiously waiting for the next part when’s next?
Vrh happy Avahah up kohdheythy….. ☺️
UR one of my fav author keep going dear… 😘
❤️ Lyyyyyyyy so much and Tc ❤️
Hi Shaba_73!!
Alhamdhlillah, I’m fine!!
Glad you like this part!
Lets see dhw vaagotheh!
Next part ves v avahah Inshaallh!!
Avahah up kohdheveny ves varah varun aslu!!
Very happy to know that I’m one of your fav author!!
Love you too!! You also take care!!
Kon irakun tha next part
Mi upload kohllanyy migadyga