އެކުގައިވާނަން-21
އެރޭ ހަޔާ ގެޔަށް ދިޔައިރު 10 ޖަހާ ބޮޑު ވެއްޖެއެވެ. އޭނާ ގެޔަށް ވަނީރު އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންކަމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. ނިދަންވެގެން ފެންވަރައިގެން އޮށޯތުމާއި އެކީ ހަޔާ އަށް ނިދުނެެވެ.
ފުން ނިންޖަކަށް ގެނބިފައި އޮތް ހަޔާ އަށް ހޭލެވުނީ އަޑެއް އިވުމުންނެވެ.
*ޕާރޓް-21*
އަދިރިކޮށް އޮތް އެކޮޓަރިތެރެއަށް ހަޔާގެ ދެލޯ ހޭނެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ދެލޯ އުނގުޅައިފައި ކޮޓަރި ތެރެއަށް ނަޒަރެއް ހިންގާލިއެވެ. ހަޔާގެ ލޮލުގައި އަޅައިގަތީ ހުޅުވައިފައިވާ ކުޑަދޮރެވެ. ވަގުތުން ނިދިކޮޅު ދިޔައެވެ. މީހާ “ފުލް އެލާޓަށް” އެރިއެވެ. ހަޔާ އިށީންދެލައިގެން ހުރެ ކޮޓަރިތެރެ ބަލާލިއެވެ. ދެން އޭނާ އަށް ފެނުނީ ޑްރެސިން ޓޭބަލް ކައިރީ ކޮޅަށް ހުރި ފިރިހެނެކެވެ. ހަޔާގެ ހިތަށް ވީ ގޮތެއްވެސް ނޭނގެއެވެ. ބިރުގަތީކީ އަމަށަކު ވަރަކަށް ނޫނެވެ. ލާން އުޅުނު ނޭވާވެސް ކަރުގައި ތާށިވިއެވެ. އެމީހާ ނުބައި ހިނިގަނޑެއް ޖަހާލިއެވެ. އެއަޑު ބަރެވެ. ބިރުވެރިއެވެ. ހަޔާ އަކަށް ގުޑިއެއް ނުލެވުނެވެ.
“ވަރަށް ހައިރާން ވެއްޖެއް ދޯ މިގަޑީގަ އަހަރެން ފެނުނީމަ..” އެމީހާ ކުރިޔަށް ފިޔަަވަޅެއް އަޅާލިއެވެ. ކުޑަދޮރުން އެޅިފައިވާ ލައިޓުން އޭނާގެ އަނގައިން ތިރިއަށް އަލިވެފައި ވެއެވެ. ހަޔާ އަށް އެއީ ކާކުކަން އެނގުނެވެ. އެއީ ޔަސްރާ އާއި ދިމާކޮށްލި މީހާ އެވެ. ހަމަ އެކަނި ޔަސްރާ އަކާއި ނޫނެވެ. އެމީހާ ވަނީ ހަޔާ އާއި ވެސް ބެހިފައެވެ.
“ކަލޭ ކޮންކަމެއްތަ ބޭނުމީ..؟!!” ހަޔާ އަށް ހިތްވަރު ލިބުމުން އޭނާ ރުޅިވެރި ރާގަކަށް އަހާލިއެވެ.
“އަހަރެން ބޭނުންވާ ކަންތައްތަށް ކަލެޔައްވެސް އެނގޭނެ.. އެނގޭއިރު ކީއްކުރަންތަ އަހަނީ..” އެމީހާ އަދިވެސް ފިޔަވަޅު އަޅަނީ ހަޔާ އިން އެނދާއި ކައިރިއަށެވެ. ހަޔާ ތެދުވިއެވެ. ދޮރާއި ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް އެމީހާ މާ ހުށިޔާރެވެ. އޭނާ ހަޔާގެ އަތުގައި ހިފައި އެނދާއި ދިމާއަށް އެއްލާލިއެވެ. ހަޔާ ގޮސް އެނދުގައި ޖެހުމާއި އެކީ އޭނާ ތެދުވިއެވެ. ނަމަވެސް އެމީހާ އައިސް ހަޔާ ކުރިމައްޗަށް އަރައި ބަންދުކޮށްލިއެވެ.
“ބުނަން.. ކަލޭގެ ތިޔަ ލޮބުވެތި އެކުވެރިޔާ ސަލާމަތުން ހުންނަން ބެނުމިއްޔާ މަޑުން ހުންނާނީ.. އެހެން ނޫނީ ކަލެޔަށްވެސް ހަމަ އެހެން ހަދަން ޖެހިދާނެ..” އެމީހާ އަމުރުވެރި ރާގަކަށް ބުނެލިއެވެ. ހަޔާ މަޑުމަޑުން ހުރެލައިފައި ސައިޑްކަބަޑް މަތީގައި ހުރި ވާސްއާއި ދިމާއަށް އަތް ގެންދިޔައެވެ.
“ކަލޭ ބަލަހައްޓައިގެން ތި ހުންނަނީ އަކީ..؟” އެމީހާ އެއްމިޔަ ކަނަށް ހީލަމުން އަހާލިއެވެ.
“ތިހާ ރީތިވީމަ ބެލޭނެއްނު..” ހަޔާ އެއްވެސް އަސަރެއްނެތި ބުނެލިއެވެ. އެމީހާ އިނީ ހަޔާ އަށް ބަލަހައްޓައިގެންނެވެ. އެމީހާގެ ނިޔަތް ރަގަނޅެއް ނޫނެވެ. ކުއްލިއަކަށް ހަޔާ އެވާސްނަގައިފައި އަތުހުރި ބާރެއް ލައިފައި އެމީހާގެ ބޮލުގައި ޖެހިއެވެ. އެމިހާ ދިޔައީ އެއްލިގެންނެވެ. ވާސް ވެސް ތަޅައިގެން ދިޔައެވެ. އޭގެ އެތިކޮޅުތައް ބިންމައްޗަށް ވެއްޓުނެވެ. އެމީހާ ބޮލުގައި އަތް އަޅާފައި ތިރިއަށް ވެއްޓުނެވެ. އޭނާގެ ބޮލުން ލޭވެސް އަންނަން ފެށިއެެވެ. ބަލާކަށް ނުހުރެ ހަޔާ ގޮސް ކޮޓަރިން ނުކުމެގެން އައިސް މިންހާ މެން ނިދާ ކޮޓަރި ދޮރުގައި ތަޅައިގަތެވެ. ލަސްތަކެއް ނުވެ މިންހާ ދޮރުހުޅުވާލިއެވެ. ހަޔާގެ ހާސްވެފައިވާ މޫނު ފެނި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ވެސް މިންހާ އަށް އެނގުނެވެ.
“މަންމާ.. ކޮންމެސް މީހަކު އަޅުގަނޑު ކޮޓަރިއަށް ވަދެއްޖެ..” ހަޔާ އަށް އެހެން ބުނެވުނީރު އަޑު ތުރު ތުރު އަޅައެެވެ.
“އެއިން..؟!! މީހެކޭ.. ކޮބާ..؟!!” މިންހާގެ އިތުރަށް ނަހާން ވެސް ނުކުތެވެ. ދެމީހުން ވެސް ދުވެފައި ގޮސް ހަޔާ މެން ކޮޓަރިއަށް ވަނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް އެނދުކައިރީގައި ވާސް ތެޅިފައި އޮތްތަން ފެނެއެވެ. ހަޔާ ހާސްވިއެވެ. އެމީހާ ދެއްމެ މިތަނަށް ހޭނެތިގެން ވެއްޓުނެވެ. އެމީހާ މިހާރު ކޮބާ ހެއްޔެެވެ. ކުޑަދޮރުވެސް ވަނީ ލައްޕާފައެވެ. މީހެއް ވައިން ކަމުގެ އެއްވެސް ހިލަމެއް ނެތެވެ.
“ނެތެއްނު މީހެއް..؟ ހަޔާ އަށް ޔަގީންތަ މީހަކު އައިކަން..؟” ނަހާން އެހިއެވެ. ހަޔާ ބޯޖަހާލިއެވެ.
“އެކަމު ބައްޕާ.. އަޅުގަނޑު އެމީހާގެ ބޮލުގައި މިވާސްއިން ޖެހީމަ އެމީހާ ހޭނެތިގެން ވެއްޓުނު..” ހަޔާ އަދިވެސް ހުރީ ބިރުންނެވެ. ހާސްވެފައެވެ.
އެރޭ ހަޔާ ހިއްހަމަ ޖައްސާދިނުމައްޓަކައި ނަހާން އާއި މިންހާ ނިދީ އެކޮޓަރީގައެެވެ. މިންހާ އާއި ނަހާން ނިދިއިރުވެސް ހަޔާ އޮތީ ހޭލައެވެ. ވިސްނާށެވެ. ހަމަ ޔަގީނުންވެސް އެއީ އޭނާ އަށް ފެނުނު ހުވަފެެއްނޫނެވެ. އެމީހާ އައިސް އޭނާގެ ގަަޔަށްވެސް އަތްލިއެވެ. އަދި ވާހަކަވެސް ދެއްކިއެވެ. އެކަމަކު މިހާ އަވަހަށް ގޮސް އެމީހާ ވަދެފިލާނީ ކިހިނެއްހެއްޔެވެ. އެރޭ ގޮސް 3 ޖެހިފަހުން ހަޔާ އަށް ނިދޭ ގޮތް ވިއެވެ.
އަނެއް ދުވަހު ހެނދުނު ހަޔާ އަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އަވަހަށް ތެދުވެ ފެންވަރާ ހަދައިގެން ބަދިގެޔަށް ދިޔައިރު ލިވާން ސްކޫލަށް ދާން ނުކުތީއެެވެ. ހަޔާ ވެސް އަވަސްކޮށްލައިފައި ނުކުންނަން ފެށުމުން މިންހާ ގޮވާލިއެވެ.
“ހަޔާ.. އަދި ސައިވެސް ނޮބޮއެއްނު ތިދަނީ..” މިންހާ ބުނި އެއްޗަކަށް އެހާ ސަމާލުކަން ނުދީ ހަޔާ ނުކުތެވެ.
ކުދިންތަކުގެ ތެރެއިން ރެކެމުން ގޮސް ހަޔާ ވަނީ ކެންޓީނަށެވެ. އަދި ޕެކެޓެއް ނެގިއެވެ. އެބޮމުން ފޯނުހިފައިގެން އަންނަނި ކޮށް މީހެއް ގައިގައި ލައްވިއެވެ.
“ސޮރީ..” ދެމީހުންނަށް ވެސް ބުނެވުނީ އެއްފަހަރާއެވެ. ފިރިހެންވަންތަ އަޑެކެވެ. އިސް އުފުލައި ހަޔާ ބަލާލުމާއި އެކީ އޭނާ ހައިރާންވި އެވެ. ހަމަ އެފަދައިން އެހާ އުފާވެސް މިއެވެ. އެ ފިރިހެމް ކުއްޖާގެވެސް މޫނުމަތި އެއްކޮށް އަލިވެގެން ދިޔައެވެ. ރީތި ހިނިތުންވުމެއް އެކުއްޖާގެ ތުންފަތް މައްޗަށް ވެރިވިއެެވެ.
“ޒާމިން..” ހަޔާ އެނަން ކިޔާލިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Me first dhw hehe 😀
Masha Allah mi part ves Vrh reethi ❤️
Hayaa ah efenuny huvafenakah vx vedhaane dhw 🤔
Between who is Zaamin??
So curious??? 🤔
Curiously waiting for the next part when’s next?
Lyy…Tc ❤️😘
Yes you first! 🤗
Thank you Shaba_73!! 💙
Yeah, hama vedhaane dhw..!! 🤭
Lets see who is zaamin! 🔍
Inshaallah v avahah next part ves! 🥰
Love you too! 😘
You also take care love! 😉