އަބަދަށް-39
“މާހި ތީނީ ލިޔާ ގެނައީމަ ހިތްހަމަ ނުޖެހިފަ ދޯ..” އަރަން ގޮސް ކައުންޓަރުގައި އަތް އަޅުވާލައިފައި މާހީގެ މޫނު ފެންނަ ގޮތަށް ބޯ ގުދުކޮށްލިއެވެ.
“ޕިސް..” މާހީ ދެކޮޅު ހެދިއެވެ. އޭނާގެ ކޯވަނީ ކުޑަކޮށް ރަތްވެފައެވެ. އަރަންއަށް މިމަންޒަރު ފެނި ހިނިތުންވުން ފުންވިއެވެ.
*ޕާރްޓް-39*
ސައިބޯން އިނީރުވެސް އަރަން އިނީ މަހީއަށް ބަލާށެވެ. އަރަން މާވަރަކަށް ބަލާތީވެ މާހީ އިނީ ލަދުންނެވެ. އޭނާ ހިތްހަމަ ނުޖެހުނީ ލިޔާ އަބަދު އަރަން އަށް ވާހަކަ ދައްކަދައްކާފައި އުޅޭތީއެވެ. ޖައިޝްވެސް އެއީނީ ނޫންހެއްޔެވެ. ލިޔާ އަށް ޖައިޝް އާއިވެސް ވާހަކަ ދެއްކިދާނެއްނޫންހެއްޔެވެ. ހަމަ ކޮންމެހެންވެސް އަރަން އާއި ވާހަކަދައްކަން ޖެހޭހެއްޔެވެ.
މާހީ ކޮޓަރިއަށް ވަނީ އަރަންމެން ދިއުމުންނެވެ. އަރަން އާއި ވާހަކަ ދައްކައި ލެވުނީމައި މާހީ ހުރީ އުފަލުންނެވެ. އޭނާ ދޮރު ލައްޕާލައިފައި އައިސް އެނދުމައްޗަށް ޖެހިގަތެވެ. މޫނުމަތީ އަަތް އަޅައިގެން އޮވެ ރަކި ގޮތަކަށް ހީލައިފިއެވެ. އޭނާއަށް ހަމަ ރަގަނޅަށްވެސް އަރަންދެކެ ލޯބިވެއްވިއްޖެވެ. އޭނާ އަރަން ކައިރީ މިވާހަކަ ބުނަން ބޭނުމެެވެ. އެކަމަކު ކުރިމައްޗަށް އަރައި މިވާހަކަތަށް ބުނާނެ ހިތްވަރެއް އޭނާގެ ނެތެވެ. ދެން ބުނާނީ ކިހިނަކުން ހެއްޔެވެ. މާހީ އަށް މޮޅު ހިޔާލެއް އައެވެ.
*ތިން ދުވަސް ފަސް*
މާހީ އިނީ އެދުމަތީގައި އިށީންދެލައިގެން އެއްޗެއް ލިޔާށެވެ. އޭނާ ކައިރީގައިވެސް އެތަކެއް ގަނޑުތަކެއް ބޮޑިކޮށްލައިފައި އެބަހުއްޓެވެ. މާހީ ސިހުނީ ކޮޓަރީގައި ޓަކިދިނުމުންނެވެ. އަވަހަށް ބުރުގާ އަޅައިފައި ގޮވާލުމުން އަރަން ދޮރު ހުޅުވާލިއެވެ.
“ވަނަސް އެއްމެ ރަގަނޅުތަ..؟” އަރަން އޯގާތެރިކަމާއި އެކީ އަހާލިއެވެ. މާހީ ބޯ ޖަހާލިއެވެ. އަރަން އައިސް މާހީ އާއި ޖެހިގެން އިށީނެވެ. މަހި އިނީ އަރަން އަށް ބަލާށެވެ.
“މިހާރު ކޮލެޖް ވެސް އެއުޅެނީ ބަންދުވާން.. އެހެންމަ މިހާރު ރަށަށް ދާން ޓިކެޓްވެސް ނަގައިފައި ހުންނާނީ.. ދެން އަދި މާހީގެ ގެޔަށްވެސް އަބަޖެހޭ ދާން.. އެހެންމަ މިއަދު ހަވީރު ތައްޔާރު ވާއްޗޭ..” އަރަން މާހީގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ.
“ހޫމް..” މާހީ ބޯޖަހާލިއެވެ.
“ކޯއްޗެއް ތިލިޔަނީ..؟” އަރަން މާހީ ލިޔަން ގެންގުޅު ފޮތް ނަގަން އުޅުމުން މާހީ އެފޮތް ދަމައިގަތެވެ.
“އެއްޗެއް ނޫން.. ސިއްރެއް..” މާހީ އިނީ ހިނިއައިސް އެވެ. އަރަންވެސް މާހީ އާއި އެކީ އިރުކޮޅަކު ވާހަކަ ދައްކާލަން އިދެފައި ދިޔައެެވެ. މާހީ ވެސް މިހާރު އޭނާދެކެ ލޯބިވާކަން ކިތައްމެހާވެސް ސާފުކޮށް އަރަން އަށް އެނގެއެވެ. އެހެންކަމުން އޭނާ ހުންނަނީ ނިކަން އުފަލުންނެވެ.
ހަވީރު މާހީ ތައްޔާރުވެލައިގެން ނުކުތީރު ކަޅު ޓީޝަޓަކާއި ޖިންސެއްލައިގެން އަރަން ކައިއުންޓަރުގައި އަތް އަޅުވައިލައިގެން ހުއްޓެވެ.
“ހިގާ ދާން..” މާހީ ނުކުތެވެ. އެތަކެއް ދުވަސް ކޮށްލާފައި ނުކުމެވޭތީވެ އޭނާ ހުރީ އުފަލުންނެވެ. މަގުމައްޗަށް ނުމެވުމުގެ ކުރިޔަށް އަރަން މާހީގެ އަތުގައި ހިފާ އޭނާގެ ކައިރިއަށް ދަމައިގަތެވެ. އަރަންގެ މިކުއްލި ހަރަކާތުން މާހީ ސިހުނެވެ. އަރަން މާހީގެ މާސްކެއް އަޅުވައިދިނެވެ. އަދި މާހީގެ ބޮލުގައި ފިރުމާލިއެވެ. މާހީ ހިނިތުންވެލިއެވެ. އަރަން ވެސް ހިނިތުންވެލިއެވެ. ކާރެއް ނަގައިގެން މާހީގެ އެޕާރްޓް މެންޓް އިންނަ ހިސާބަށް ދެވުނީ އެހާ އިރުވީފަހުންނެވެ. މާހީ ފުންމަމުން ކަހަލަ ގޮތަކަށް ގޮސް ސިޑިން އަރަން ފެށިއެވެ. އަަރަންވެސް މަޑުމަޑުން މާހީ ފަހަތުން ދިޔައެވެ.
މާހީ ގޮސް އޭނާގެ އެއްޗިހި ފޮއްޓަށް އަޅަން އުޅުނީރު އަރަން ހުރީ އެދުމަތީ އިށީންދެލައިގެން މާހީގެ ހަރާކާތްތަކަށް ބަލާށެވެ. އަރަން އެހެން އިދެފައި އެއްލި ކަޅިއަކުން ލޮލުގައި އަޅައިގަތީ ވާސްއަކަށް ލައިފައި އިން ރަތް ފިނިފެންމަލެވެ. އޭތި އިނީ ހިކިފައެވެ. ނަމަވެސް އޭގެ ރިތިކަމަށް އެއްވެސް ބަދަލެއް ނާދެއެެވެ.
“އަދިވެސް މިއެބައިންދޯ..” އަރަން އަހާލުމުން މާހީ ބަލާލިއެވެ. އަރަން އޭރު އިޏި އެމަލަށް ބަލާށެވެ.
“އެއީ.. އަހަރެންގެ ބާތްޑޭގަ ލިބުނު އެއްޗެއް..” މާހީ ބުނެލިއެވެ.
“އާން.. އެނގޭ.. އަހަރެން މާހީގެ އެޕާރޓް މެންޓްގައި ޓަކި ޖަހާފަ އޭތި ބާއްވާފަ ދިޔައީ..” އަރަން ބުނެލިއެވެ.
“މިއީ އަރަން ބޭއްވި އެއްޗެއްތަ..؟” މާހީ މަސަށްކަތް ހުއްޓާލައިފައި އަހާލިއެވެ.
“ހޫމް..” އަރަން ބުނެލިއެވެ. މާހީ މިއޮށްހާ ދުވަހު އޭތި މިތާ ބައިންދައިފައި މިއިންނަނީ އެއީ މާއިލް ދިން އެއްޗެއް ކަމަށް ހީއްކޮށެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔައީ ހީއްކުރިހާ އަވަހަށެވެ. މިހާރު އެއްހަފްތާވެގޮށްސިއެވެ. މާހީ އަރަން އަށް އޭނާގެ ލޯބި ހުށައަޅަން ނިއްމައިފިއެވެ. އޭނާ ބޭނުންވަނީ މިހާރު އޭނާގެ ހިތުގެ ގޮވުމެ އަޑުވެސް އަރަން އަށް އިއްވާދޭށެވެ.
އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަރަން ބޭރަށް ގޮއްސަ އައިސް ކޮޓަރިއަށް ވަނެވެ. ހިގައިފައި އުލުމުން އޭނާ ހުރީ ލޮޑުވެފައެވެ. އެނދުމަތީ އޮއްވައި ޑްރެސިންޓޭބަލް މަތީ އޮތް ގަނޑުކޮޅެއް އަރަންގެ ލޮލުގައި އަޅައިގަތެވެ. އަަރަން ތެދުވެގެން ގޮސް އެގަނޑު ކޮޅު ނެގިއެވެ. މިއި އަނެއްކާ ކާކު މިތާ ބާއްވައިފައި އޮތް އެއްޗެއް ބާއެވެ. އޭގާއި ލިޔެފައި އޮންނާނީ ކީކޭތޯ ހިތައް އަރަމުން އަރަން އައިސް އެނދުގައި އިށީންދެ ގަނޑުކޮޅު ހުޅުވާލިއެވެ. ދިގު ލިޔުން ކޮޅެކެވެ. އަރަން ކިޔަން ފެށިއެވެ.
“ލޯބިވާ އަރަންއަށް..
އަރަން އެވެ. އަހަރެން މިވާހަކަތަށް ގަނޑުކޮޅެއްގައި ލިޔެގެން މިބުނަނީ އަހަރެންނަށް އަރަންގެ ކުރިމަތީގައި މިވާހަކަތަށް ދައްކާނެހާ ހިތްވަރު ނެތީމައެވެ. އަހަރެން ބުނަން މިއުޅެނީ ވަރަށް ބޮޑު ވާހަކައެކެވެ. އާއެކެވެ. އަހަރެންނަށް ވެސް އަރަން ދެކެ ލޯބި ވެވިއްޖެވެ. ބުނަން ހެއްޔެވެ. އަހަރެން މިއޮށްހާ ދުވަހު ނުބުނަން ހުރީ އެއީ އަހަރެންނަށް ވެސް އަހަރެންގެ ހިތުގެ ގޮވުންތަށް ގަބޫލު ނުކުރެވޭތީއެވެ. ކިތައްމެހާވެސް ތިބާމަތިން ހަދާންވެއެވެ. އަބަދުވެސް ތިޔަ ލޮބުވެތި މޫނުކޮޅު ފެނިލުމަށް ހިތް އެދި ގޮވަމުން ދެއެވެ. ތިޔަ ލޯބި ލޯބި ހިނިތުންވުން ފެންނަ ކޮއްމެ ފަހަރަކު އަހަރެންގެ ހިތް އުފަލުން ނަށައިގަނެއެވެ. ބުނަމުހެއްޔެވެ. އަހަރެން ހަޤީގަތުގައި އަރަން ދެކެ ވަރަށް ލޯބިވެއެވެ. އަހަރެން ކުރީގައި ތިބާދެކެ ކިތައްމެ ރުޅި އަޔަސް މިހާރު އެވަނީ ބަދަލު ވެފައެވެ. އަރަން އެވެ. އަރަންގެ ޖަވާބަކަށް ވާނީ އާއެކޭ ކަންވެސް އަހަރެންނަށް އެނގެއެވެ. އެކަމާ ކިތައްމެހަވެސް އުފާކުރަމެވެ. މިހާ ގިނަދުވަހުގެ އިންތިޒާރެއްގައި ބޭންދުނީތީވެ މަޢާފަށް އެދެމެެވެ. ވާހަކަ ކޮޅު ކުރުކޮށްލާނަމެވެ. އަދިވެސް އެއްފަހަރު ބުނެލާނަމަވެ. ވަރަށް ލޯބިވެއެވެ.
ލޯބިވާ މާހީ..”
ސިޓީ ކިޔާ ނިއްމާލީރު އަަރަންގެ މޫނުމަތިވަނީ މަލެއްހެން ފޮޅިފައެވެ. އޭނާ އިންތިޒާރު ކުރިދުވަސް އައީއެވެ. މި އުﷲާވެރި ހަބަރު ދިނުމައް އަރަން އޭނާގެ މަންމައަށް ގުޅާލިއެވެ.
“ހަލޯ.. އަރަން.. ކިހިނެއްތަ ހާލު..” އަރީޝާ އަހާލިއެވެ.
“ހާލު ހަމަ ވަރަށް ރަގަނޅު..” އަރަން އުފާވެލައިފައި ބުނެލިއެވެ.
“ހާދަ އުފަލުން، އަނެއްކާ ކިހިނެއްވީ..؟” ދަރިފުޅުގެ އަދުޖެހުމާއި އެކު އަރީޝާ އަށް ދެނެގަނެވުނެވެ.
“މަންމާ.. އަޅުގަނޑުގެ ލޯބިވެރިޔާ މިއަދު އަޅުގަނޑަށް ސިޓީއެއް ދީފި..” އަރަން ބުނެލިއެވެ.
“އަސްލުވެސްތަ.. މަންމަ ވަރަށް އުފާވެއްޖެ.. އޭގަ އޮތީ ކޭކޭތަ.. އެއީ ކޮންކުއްޖެއްތަ..؟” އަރީޝާ ވެސް އަރަން އަށް ޓަކައި އުފާވިއެވެ.
“އޭގައި އޮތީ އޭނާވެސް އަޅުގަނޑުދެކެ ލޯބިވާ ވާހަކަ ބުނެދީފަ.. އެއީ މާހީ.. މަންމަ ގަބޫލުތަ..” އަރަން އަހާލިއެެވެ.
“ތިއީ ދަރިފުޅު ޝައްްކުވެސް އުފައްދަންވީ ކަމެއްނޫނެއްނު.. މަންމަ ވަރަށް ރުހޭ ތިދެކުދިންގެ ގުޅުމަށް.. ދެން ރަށަށް އައިސް މާހީ ގޮވައިގެން މަންމަ ކައިރިއަށް އަންނައްޗޭ..” އަރީޝާ ހުރީ ނިކަން އުފަލުންނެވެ.
“ލައްބަ..” މަންމެގެ ރުހުން ލިބުމުން އަރަން ހުރީ ނިކަން އުފަލުންނެވެ. ދެން އޭނާ ޖެހޭނީ މާހީ އާއި ވާހަކަ ދައްކާ ލާށެވެ. މަންމަ އާއި އިރުކޮޅަކު ވާހަކަ ދައްކާލައިފައި އަރަން ނުކުތީ ބޭރަށެެވެ. މާހީ ފެންނާކަށް ނެތެވެ. އޭނާ މެންދުރު ކައިގެން އަނެއްކާ ވަނީތާއެވެ. އެކަމު ފިލައިގެނެއް އެހެނެއް ނޯވެވޭނެއެވެ. ރޭގަނޑު އަދި ބާޒާރުކުރުމަށް ދާއިރު މާހީވެސް ނުކުންނާއެވެ. އަރަން އަނެއްކާވެސް ހިނިތުންވެލައިފައި ޖައިޝްމެން ކޮޓަރިއަށް ވަނީ ޖައިޝް އަށް އުފާވެރި ހަބަރު ދިނުމަށެވެ.
ލޯގަނޑު ކުރިމަތީ ތައްޔާރުވާން ހުރި މާހީގެ ހިތްދިޔައީ ބާރަށް ތެޅެމުންނެެވެ. އޭނާ ބިރުގަންނަނީ އަރަން ބުނާނެ އެއްޗަކާއި މެދުއެވެ. އޭސީ 24 ލައިފައި ހުއްޓެއް ކަމަކު މާހީގެ ނިއްކުރިން ދާހިއްލަނީއެވެ.
“ކާމް ޑައުން.. ހަމަޖެހޭ.. އެއްވެސް ކަމެއް ނުވާނެ..” މާހީ ލޯގަނޑަށް ބަލަން ހުރެ ބުނެލިއެވެ. ގަޔަށް ސެންޓު ކޮޅެއް ބުރުވާލައިފައި މާސްކު އަޅައިފައި އޭނާ ކޮޓަރިން ނުކުތެވެ. އޭރު އަދި ޖައިޝް އެއް ނުނުކުމެއެވެ. އަރަން އިނީ ސޯފާގައެެވެ. މާހީ ނުކުތުމާއި އެކު ތެދުވުމުން އޭނާ ހުރީ މާހީގެ އިންތިޒާރުގައިކަން އެނގެއެެވެ. އަރަން އާއި ވާހަކަ ނުދައްކަންވެގެން މާހީ ގޮސް އައިސް އަލަ މާރިން ފެން ފުޅިއެއް ނަގައި ބޯން ފެށިއެެވެ. އަރަން އަށް ޖެހުނީ މާހީ ފެން ބޯން ނިމެން ދެކަށް މަޑުކުރާށެެެެވެ.
މާހީ ފެންބޯން ހުއްޓައި ޖައިޝް ނުކުތެވެ. އަވަހަށް ތިން މީހުންވެސް ގެއިން ނުކުތެވެ. އެކިވާހަކަތައް ދައްކަމުން ދިޔައިރު އަަރަންގެ ލޯ މާހީގެ ގައިންނެއް ވައްކެއް ނުވެއެވެ. އެ ސިޓީ ދީފައި އޭނާ އާއި ހަތަރު ކަޅި ހަމަކޮށްނުލަންވެސް މާހީ އެއުޅެނީއެވެ. ދެތިން ފިހާރެއަކަށް ވަދެފައި ނުކުއްތަނާހެން ޖައިޝް އަށް ފޯނެއް އައެވެ. އޭނާ ފޯނު ނަގަިއފައި ކުޑަކޮށް ދުރަށް ޖެހިލުމުން މާހީ އާއި އަރަން އެކަނިވީއެވެ. މާހީ އަޅައިވެސް ނުލާ އެކިތަންތަން ބަލަން ހުއްޓައި އަރަން އައިސް މާހީގެ ގައިގައި މަޑުމަޑުން ޖެހިލިއެވެ. މާހީ ބަލައިލިއެވެ. ހައިރާން ވެހުރެއެވެ.
“މާހީ ދިން ސިޓީ އަަހަރެން ކިޔައިފިން..” އަރަން ބުނެލިއެވެ. ވަގުތުން މާހީ އިސްޖަހާލިއެވެ.
“ވަރަށް ރީތި.. ވަރަށް އުފާވެއްޖެ މާހީވެސް އަހަރެންނަށް އެފަދައިން ބަލާތީވެ.. އަހަރެން މިދުވަހައް އިންތިޒާރު ކުރާތާ ވަރަށް ގިނަދުވަސް ވެއްޖެ..” އަރަން ބުނަމުން ދިޔައެވެ. މާހީ އިނީ ބަހެއްވެސް ނުބުނެވެ. އޭނާ އިނީ ލަދުންނެވެ.
“ދެން ބަހެއްވެސް ނުބުނާނަންތަ..؟” އަރަން އަހާލިއެވެ.
“އަހަރެންވެސް ވަރަށް އުފާވެއްޖެ، އަރަން އަށް އެ ސިޓީ ކަމުދިޔައީމަ..” މާހީ ބުނެލިއެވެ.
އަރަން އެހެން ހުރެލައިފައި މާހީ ގައިގައި ބައްދާލިއެވެ. މާހީ ދިޔައީ ސިއްސައިގެނެވެ. ނަމަވެސް ދެވަނަ ސިކުތުންގައި މާހީ ވެސް އޭނާގެ އަތް އަރަން ވަށާލިއެވެ.
“ވަރަށް ލޯބިވޭ.. އަބަދުވެސް އަހަރެން މާހީ ދެކެ ލޯބިވާނަން.. އެއްވެސް ދެރައެއް ނުދޭނަން.. އެއްވެސް އަނިޔާއެއް ނުދޭނަން.. އައި ޕްރޮމިސް.. ތިއީ އަބަދަށްވެސް މިހިތުގެ ރާނީ..” އަރަން ބުނެލިއެވެ. މާހީ ހީލިއެވެ.
“އޯހް މައިގޯޑް.. އަނެއްކާ މަގޭ ދެލޮލަށް މިފެންނަނީ ރަގަނޅަށްތަ..” ކުއްލިއަކަށް ޖައިޝްގެ އަޑުއިވުމުން މާހީ ސިއްސައިގެން ދިޔައެެވެ. އޭނާ އުޅުނީ އަރަން އާއި ދުރުވާށެވެ. ނަމަވެސް އަރަން ދުލެއް ނުކޮށްލައެވެ.
“އާން.. ރަގަނޅަށް ތިފެންނަނީ.. މިއީ އަހަރެންގެ މީހެއް..” އަރަން މާހީ އާއި ދިމާއަށް ބަލާލީ މާނަފުން ހިނިތުން ވުމަކާއި އެކީގައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.







Loved this part a lot!!
Ha finally aran and maahee💗💗💗
They r gonna be so cute I swear!!!
Waiting for th next part!
Glad you liked it..
Ikrr🥰🥰 Fr.. They are so cute togather!!
Finally aran and maahee are together
Whn nxt????????
Finallyyy dhw!!
Inshaallah mihaftaage Thursday ga!
Inthizaaru kohlah vaa!
Hama seedhaa copy eh🙄
Okay…….
It’s not so nice to say that this is a copy cuz Ive also been very familiar with this site for so long but not seen anything like this!
And if I were to accuse ppl PROVE UR SELF
Tæve🙄
Wowwwww. I can imagine how aran and maahy will be like. Emeehun vaki nukuraichey.
Ofc Darling!! Edekudhin vakieh nuvaane dheneh! and Mivaahaka ves miothi dhen nimumakah aissa!