އަބަދަށް- ބޯނަސް އެޕިސޯޑް
ނިދައިފައި އޮތް މާހީ އަށް ހޭލެވުނީ ބޭރުން މާއަޑުގަދަވެގެންނެވެ. އޭނާ ދެލޯ އުގުޅާލައިފައި އެނދުމަތީ އިށީންދެލިއެވެ. ބޭރުން އިވެމުންދަނި އަންހެން ވެރިންތަށް ހީސަކަރާތް ޖަހަމުން ދާއަޑެވެ. މާހީ އަށް ކުއްލިއަަކަށް ހަދާންވީ މިއީ އޭނާގެ ކައިވެނީގެ ދުވަސް ކަމެވެ. ވީއުފަލުން މާހީ ފުންމައިގެން ތެދުވެ ނަށާލިއެވެ. ހިނިތުންވެލައިގެން ހުރެ އަގައިން “ހޫމް” އަޑެއް ލައްވަމުން އޭނާ ވަނީ ފެންވަރަން ފާޙަނާ އަށެވެ. އަރަން އާއި މާހީގެ ކައިވެނި ތާރީޙް ކަޑައެޅީ ޒަހާން އާއި އެލީޝާގެ ކައިވެނިދުވަހަށް ފަހުގައެެވެ.
“ދަރި ފުޅާ އަވަހަށް އާދޭ ސައިބޯން.. މަންމަ ދާންވެއްޖެ ޒަހީނާމެން ގޭދޮށަށް ކައްކަން..” އަރީޝާ ބަދިގޭގައި ހުރެ ގޮވާލިއެވެ. ބައިދިގެޔަށް ވަދެގެން އައި އަރަންގެ މޫނުމަތިން ފެންނަން ހުރީ ނިމުމެއް ނުވާ އުފާވެރިކަމަވެ. އޭނާގެ ހިތުގެ ރާނިޔާ އާއި ކައިވެނި ކުރެވެނީއެވެ. މުޅި އުމުރަށް އޭނާގެ މީހަކަށް ވަނިއެވެ.
“ވަރަށް އުފަލުން ދޯ ތިއިނީ.. މަންމަ ބުނާނީ ދެކުދިން ބައްސަހައިގެން އުޅެއްޗޭ.. މައްސަލައެއް ދިމާވިއަސް ދެކުދިން ވާހަކަ ދައްކައިގެން ހައްލު ކުރަން ވާނެ.. އިނގޭ..” އަރީޝާ އަރަން އަށް ނަސޭހަތް ތެރިވިއެވެ. އަރަން ބޯޖަހާލިއެވެ.
މާހީ ސައިބުއިގެން ނުކުމެ ގޯތިތެރެއަށް ނުކުމެލިއެވެ. އޭރުވެސް ބައިވަރެއް މީހުން އެގޭ ގޯތިތެރޭގައި ކެއްކުމައިގެން އަވަދި ނެތި އުޅެމުން ދަނިއެވެ. މާހީ އައިސް ޖޯލީގައި އޮށޯވެލުމަށް ފަހު ހިނިތުންވެލިއެވެ. ހަމައެވަގުތު ލަވްޔާ އާއި ރަޔާގެ އިތުރަށް ޝީން ވެސް އައިސް އެގޭތެރެއަށް ވަނެވެ.
“އޭޔް.. އަނެއްކާ އިސްތިހާރެއް ކުޅެނީތަ.. ދަތްތަށް ސޭލު އަޅުވައިގެން އެބައޮތް..” ރާޔާ ދިމާކޮށްލިއެވެ.
“ތެދެއްވިއްޔަ.. މިއަދު އެމަންޖެގެ ކައިވެންޔޭ..” އެތަނުން މުސްކުޅިވަރެއްގެ މީހަކު އެއަށް ރައްދުދިނެވެ.
“މާހީ.. ހިގާ ދޯ ބީޗަށް ގޮސްލަން.. އެނގެޔޭ މިތާ އެއްމެން އުޅެންޔާ މާހީ ފޫހިވާނެކަން..” ލަވްޔާ މާހީގެ އަތުގައި ހިފައިގެން ތެދުވިއެވެ.
އަރަން އޮތީ ގޭގައެވެ. އޭނާ އޭރުވެސް ދިޔައި މާހީ އަށް މެސެޖް ކުރަމުންނެވެ. މާހީ ވީ ބޭރުގައި ކަމުން އޭނާވެސް މާހީ ބަލައިލަން ދާން ބޭނުން ވިއެވެ. ޖައިޝް އަށް ގުޅާ ފައި ބޭރަށް ދާން ބުނުމުން ވަގުތުން އެއްބަސް ވިއެެވެ.
އަރަން އާއި ޖައިޝް ވެސް ދިޔައި ހަމަ ބީޗަށެވެ. އެތަނުން މާހީ މެން ފެނުމުން އެދެމީހުންވެސް އެދިމާއަށް ހިގައިގަތެވެ.
“އަޅޭ.. ސަޗްއެ ކިއުޓް ކަޕުލް..” އަރަންމެން އައިސް އަރާ ހަމަކުރުމުން ޝީން ބުނެލިއެވެ.
“ޝީން ވެސް މީހަކާ އިންނަ ދުވަހުން އަހަރެންވެސް ވަރަކަށް ދިމާކޮށްލާނަމޭ..” މާހީވެސް ބުނެލިއެވެ.
އަރަން އާއި މާހީ އެކަހެރިވަލަން ވެގެން އެހެން މީހުންނާއި ދުރަށް ޖެހިލިއެވެ. އޭރުވެސް ޖައިޝް އާއި ލަވްޔާ އާއި ރާާޔާ ގެއިތުރުން ޝީންވެސް ސަކަރާތް ޖެހުމުގައި އުޅެއެވެ.
“މާހީ..” އަރަން ގޮވާލިއެވެ.
“އާން..” މާހީ ބުނެލިއެވެ.
“މާހީ އުފަލެއް ނުވޭތަ..؟” އަރަން އަހާލިއެވެ.
“ވަރަށް އުފާވޭ..” މާހީ ހިނިތުންވެލިއެވެ.
“އަހަރެންވެސް ވަރަށް އުފަލުން މިހުންނަނީ.. އެކަމު މާހީ ރެޑީތަ އަހަރެން ކައިރިއަށް ދިރިއުޅެން އަންނަން..؟” އަރަން ސުވާލު ކޮށްލިއެވެ.
“އާން އަހަރެން ރެޑީ.. އަހަރެން ބޭނުން އަރަން އާއި އެކީ ދިރިއުޅެން.. ކޫޑޫ މިސް ވެއްޖެއްޔާ ކުޑޫ ކައިރިއަށްވެސް އާދެވިދާނު..” މާހީ ބުނެލިއެވެ.
ދެލޯބި ވެރިންވެސް ވާހަކަ ދައްކަން ތިބެލާފައި 12 ޖަހަން ކައިރިވުމުން ދިޔައީ ގެޔަށެވެ. އޭރުވެސް ޒަހީނާމެން ކެއްކުމުގެ ފޯރީގައި ކުރިޔަށް ދިޔައެވެ.
ކައިވެނި ކުރަނީ މާހިމެންގެ ގޭގައެވެ. ކައިވެނީގެ ޕާޓީ އޮންނާނީ ސްޓޭޑިއަމްގައެވެ.
އާދައިގެ މަތިން މެންދުރު ފައިތުވެ ގޮސް ހަވިރު ވެއްޖެވެ. މިހާރު މާހީ އެެއީ ރިތިވެލައިގެން ޑްރެސިންޓޭބަލް ކައިރީ އިށީންދެލައިގެންނެެވެ. އޭނާ ލައިގެން ހުރީ ހަވިރީ ހެދުމެކެވެ. އެއީ ނޫކުލަައިގެ ކަކުލާއި ހަމައަަށް އަރާ ރީތި ހެދުމެކެވެ. ކަޅު ކުލައިގެ ޝޯލްގެ ތެރެިއން މާހިގެ ދޮން މޫނު ފެންނަން ހުރީ ވަރަށް މައުސޫމް ކޮށެވެ.
“ދަރިފުޅާ ތައްޔާރު ވެނިމިއްޖެތަ..؟” ޒަހީނާ އެތެރެއަށް ވަންނަމުން އަހާލިއެވެ. މާހީ ބޯޖަހާލިއެވެ. ޒަހީނާ އައިސް މާހީ ކުރިމައްޗަށް ހުއްޓިލައިފައި އޭނާގެ ދެއަތުގައި ހިފާއްޓައިލިއެވެ.
“ދަރިފުޅާ.. މާހީ.. ވަގުތު އައިސް ޖެހިއްޖެ.. ދެން މާހީ ވާނީ މީހެއްގެ އަނބަކަށް.. ރަގަނޅަށް އުޅެއްޗޭ..” ޒަހީނާ ބުނަމުން ދިޔައެވެ. މާހީ ބޯޖަހާލިއެވެ.
ހަމައެވަގުތު ޒަހާން އައިސް ގާޟީން އައިއްސި ވާހަކަ ބުނުމުން ޒަހީނާ މާހީ ގޮވައިގެން ނުކުތެވެ. މާހީގެ ހިތު ވިންދު އަވަސް ވެލިއެވެ. ވަގުތު އައިސް ޖެހިއްޖެވެ. މަޑުމަޑުން ހިގައިލައިފައި އައިސް މާހީވެސް ސޯފާގައި އިށީނެވެ. އޭރު އަރަންވެސް ކައިރީ ހުއްޓެވެ. އޭނާ ވެސް އިނީ ބިރުގަނެފައިކަން އެނގިގެން ދެއެވެ. އަރަން އިނީ ދެއަތް ދެއަތާއި މޮޑެލަ މޮޑެލާއެވެ.
ޤާޟީ ދައްކަމުން ދިޔަ ވާހަކަތަށް ސަމާލުކަން ދީގެން އެއްމެންވެސް ތިއްބެވެ. އަރަން އަށް އިރުއިރުކޮޅާ މާހީ އަށް ބަލާލެވެއެވެ. މާހީ ގެ އަތް ދިޔައީ އޭރު ތުރުތުރުއަޅަމުންނެވެ. އޭނާ އިނީ އަދިވެސް ހިތް އަވަސް ވެފައެވެ.
“އަނބި ޤަބޫލު ކޮށްފިން..” އަރަންގެ އަޑު ކަންފަތުގައި ޖެހިލުމާއި އެކު މާހީ އަށް ދެލޯ މަރާލެވުނެވެ. އެސްފިޔަތަށް ފޫއަޅުވައިލާފައި ކަރުނަތަށް ކޯތާފަތް މަތިން އޮހެން ފަށައިފިއެވެ. އެއީ އުފާވެރި ކަމުގެ ކަރުނައެވެ. މިސިކުންތުން ފެށިގެން އޭނާ އަކީ އަރަންގެ އަނބިމީހާ އެވެ. އޭނާ އަކީ އެހެން މީހެއްގެ ހައްޤެކެވެ.
ޤާޟީ އާއި އެއްމެން ދިއުމުން އާއިލާ އެއްމެން އުފަލުން އަރަން އާއި މާހީ އަށް މަރުޙަބާ ކިޔެވެ. މާހީ ތެދުވެގެން ގޮސް ބަދިގެއަށް ވަނެވެ. އޭނާ އައިސް އަލަމާރިން ފެންފުޅިއެއް ނަގައި ފެންތައްޓެއް ބޯލިއެވެ. އަމިއްލަ މީހާ ހަމައަކަށް އަޅުވަން މާހީ އުޅުނެވެ. އަރަން ވެސް މާހީ ފަހަތުން އައިސް ބަދިގެޔަށް ވަނެވެ.
އަރަން އައިސް ފަހަތުން މާހީ ގައިގައި ބައްދާލިއެވެ. މާހީ ދިޔައި ސިހިގެންނެވެ.
“އައި ލަވްޔޫ..” އަރަން ބުނެލިއެވެ.
“ލަވްޔު ޓޫ..” މާހީ ވެސް ހިނިތުުންވެ ހުރެ ބުނެލިއެވެ.
“ވަރަށް ވަރުބަލި ވެއްޖެ..” މާހީ އަރަން އާއި ދުރަށް ޖެހިލުމަށް ފަހު ބުނެލިއެވެ. ހަޤީޤާތުގައި ވެސް އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ. މެންދުރުވެސް އޭނާ އެއިންނަނީ ނުކައެވެ.
“މިރޭ އަދި ތިއަށް ތުރެވެސް ވަރުބާލި ވާނެ..” އަރަން އެއްމިޔަ ކަނަށް ހީލަމުން ބުނެލިއެވެ.
އަރަން ބުނި އެތީގެ މާނަ ދޭފހަވުމުން މާހީގެ މޫނުކޮޅު ޓޮމާޓޯ އަކަށް ބަދަލު ވިކަހަލައެވެ. އޭނާ ލަދުން އިސްޖަހާލިއެެވެ.
“އަދާން.. ކުޑޫމެން ތިބޭނީ އަހަރެންމެންގެ އިންތިޒާރުގަ..” އަރަން މާހީގެ އަތުގައި ހިފައިގެން ހިގައިގަތެވެ. އުފާކުރާހާލު ދެމަފިރިންވެސް އެޚި ހިގައިގަތެވެ. މުޅި އުމުރަށް އެކުއުޅޭކަމަށް ހިތުން ވައުދުވަމުންނެވެ.
*ނިމުނީ*
12 Comments!
Comments are closed.







I’m very happy bonus episode kiyaalan libuneema
Just love it ❤️❤️
Glad you liked it!
Masha Allah 🫶❤️
Finally Aran succeed Maahyy 💛 they are made for each other I wish S2 coming this story but if you wish You could it’s up to you
Thank you!
Mi story will not have a second season! for your information!
My wedding ehaa reecheh noon!
Decoration describe nukurey! Abhi bride inee kakulaa hama araa hedhumeh?? Seriously then husband and wife photo eh ves nunagaa??
Aslu ves.. Ehaa liyaa hithakun noon liyefa egadeega ehenve.. Btw ypu are right v gina ehchihi eba huri misvefa.. Btw didn’t the dtory tell the wedding part would be at night.. The story ended in when they just get married.. So.. Anyways Thankx.. 🥰🤗
Masha Allah mi part ves Vrh reethi finally aran ah maahy ge Loabi haasil vehje dhw thank you for the bonus episode hope to see more stories from you Curiously waiting for barubaadhu kohlee hayaathey aniyaa thakeh eyru dheefa S2 and mulhi hiy beygaraaru vehje
Lyy❤️
Thank you!
vrhhhhhhh dissapointt vehjje…i thought this story would end miyah vure better koh.. room ga night bai nuliyas ves u could have done better ..and bride kuru hedhumeh ????? like whyy???
Sorry love!
Masha Allah mi part ves Vrh Reethi……… Alhey Thnks so much bonus episode eh leethi….. 🤞🏻❤️
Lov you & Take care 🤞🏻💋
Thank you!