އެކުގައިވާނަން-15
“އަހަ ރާޝިމްއާ ޔަސްރާ އައީތަ.. ދެން ތިހެން ނުތިބެ ހިގާ ކާންދާން.. ފިރާޝާވެސް އެކުދިން އައީމަ ތިތިބެނީ..” ޔޫސުފް އައިސް ޔަސްރާގެ ބޮލުގައި ފިރުމާލިއެވެ.
“އަހަރެން މަޑުކުރީ ޔޫސުފް އަންނަން ދެކަށް..” ހަތަރު މީހުންވެސް އައިސް ބަދިގެޔަށް ވަނެވެ.
*ޕާރްޓް-15*
ކާން އިނީރުވެސް ޔަސްރާ އިނީ އެއްވެސް ވާހަކައެއް ނުދައްކައެެވެ. ރާޝިމް ކޮންމެވެސް ވަރަކަށް ބައްޕަ އާއި ވާހަަކަ ދެއްކިއެވެ. ދެކުދިންވެސް ކައިގެން ނުކުމެ ގެޔަށް ދާން ގޯތިތެރެއަށް ދާން ނުކުމެ ތިއްބެވެ. ފިރާޝާ ވެސް ޔޫސުފް އާއި އެކީ އިނެވެ.
“ރާޝިމް ކޮންއިރަކުން ދެން އަނެއް އަވަށަށް ދަނީ..” ޔޫސުފް އެހިއެވެ.
“މިރޭ ދާނީ.. ޔަސް.. ދޮންބެ މިރޭ ދާނަން އިނގޭ..” ރާޝިމް ޔަސްރާގެ ބޮލުގައި ފިރުމާލަމުން ލޯބިން ބުނެލިއެވެ. ޔަސްރާ ބޯޖަހާލީއެެވެ.
ދެމީހުންވެސް ނުކުމެގެން ދިއުމުން ޔޫސުފް ވަނީ ކޮޓަރިއަށެވެ. ފިރާޝާ ބަދިގެޔަށް ވަނީ ތަށިތައްނެގުމެ ބަހަނާގައެވެ. ބަދިގެއަށް ވަދެ ޔޫސުފް ކޮޓަރިއަށް ވައިންކަން ޔަގީން ކޮށްފައި އޭނާ ފޯނުނަގައި މީހަކަށް ގުޅާލިއެވެ.
“މިރޭ އެގޮލާ ދޭ އަނެއް އަވަށަށް.. ކަލޭ މިރޭ ވާނެ އެގެޔަށް ދާން..” ފިރާޝާ ސިއްރު ސިއްރުން ބުނެލިއެވެ.
“ހޫމް.. ދާނަމޭ..” އެކޮޅުން ރައްދުގައި ބުންޔެވެ. ފިރާޝާ ފޯނުބާއްވާލައިފައި ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
ޔަސްރާ އާއި ރާޝިމް ގެޔަށް ގޮސް ވަނީރަށް ރާޝިމްގެ ފޯނު ރިންގް ވާން ފެށިއެވެ.
“ހެލޯ..” ރާޝިމް ފޯނު ނެގިއެވެ. ޔަސްރާ އިރުކޮޅަކު ދޮންބެ އާއި ދިމާއަށް ބަލަން ހުރެފައި ކޮޓަރިއަށް ވަނެވެ. އޭނާ ގޮސް އެނދުމަތީގައި އިށީންދެލިއެވެ. ޝުހުބާ މަތިން ކިތައްމެހާވެސް ހަދާންވެއެވެ. ޝުހުބާވެސް އޭނާ މަތިން ހަދާން ވާނެކަން ޔަގީނެވެ. އެކަމަކު ކުރާނެ ކަމެއް ނެތެވެ. މިހާރު އެއޮށްގެން 9ގަޑި ބައިވަނީއެވެ. ދެން ނުވެސް ގުޅޭނެއެވެ. ޔަސްރާ ހެދުން ބަދަލު ކޮށްލައިގެން އައިސް އެނދުމަތީ އޮށޯވެލިއެވެ. ދަތުރުވަރުބަލި ވެފައި ހުރުމުން އޭނާ ބޭނުމީ އަރާމު ކޮށްލާށެވެ.
“ޔަސް ދޮންބެ ދާންވެއްޖެ ހިނގޭ.. ދަނީ.. ބަލައިގެން އުޅެއްޗޭ..” ރާޝިމް އައިސް އެހެން ބުނެ ނުކުމެގެން ދިޔައެވެ. ޔަސްރާ އެކަނި ވީއެވެ. އިރުކޮޅަކު ވިސްނަން އޮވެފައި ޔަސްރާ ބޭނުންވީ ފިހާރެއަށް ގޮސް އެއްޗެއް ގަނެލާށެވެ. އެހެން ކަމުން އޭނާ ނުކުތެވެ. ބައްޕަމެން ގެއިން ރަގަނޅަށް ނުކައި އައުމުން، މިރޭ އަދި ބަނޑުހައިވާނެ ކަން އެނގެއެވެ.
ޔަސްރާ ފިހާރެއިން ނުކުމެ ހިސާބަކަށް ދެވުނީރަށް ފޯނު ރިންގް ވާން ފެށިއެވެ. ހަޔާ އެވެ. ހިނިތުންވުމަކާއި އެކީ ޔަސްރާ ފޯނުނެގިއެވެ.
“ހަލޯ.. އައިދޯ.. ނުވެސް އަންގާލަ..” ހަޔާ ޝަކުވާ ކޮށްލިއެވެ.
“އާން.. ވަރަށް ބިޒީކޮށް އުޅުނީ.. އެހެންވެ.. މިހާރު މިއަންނަނީ ފިހާރެއަށް ގޮއްސަ..” ޔަސްރާ ބުނެލިއެވެ.
“އެހެންތަ.. މާދަމާ ހެނދުނު ދާނަން އިނގޭ.. އެބައޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ..” ހަޔާ ބުނެލިއެވެ.
“ކާކުގެ..؟”
“ކައިލާންގެ..” ހަޔާ ބުނެލިއެވެ.
ކައިލާންގެ ވާހަކެއެކޭ ބުނުމުން ޔަސްރާ ހުރި އެނގެން ބޭނުންވެފައެވެ. އަނެއްކާ ކައިލާން ކީއްކުރީހެއްޔެވެ. ދެމީހުންވެސް އެކިވާހަކަތަށް ދައްކަމުން ދަނިކޮށް ކުއްލިއަކަށް ޔަސްރާގެ ފަހަތުން މީހަކު އޭނާގެ އުނަގަނޑު އަތް އަޅުވާލިއެވެ. ޔަސްރާ ސިހިފައި ބަލާލިއެވެ. ދާދި ކައިރީ އިނީ ފިރިހެނެކެެެވެ. ޒުވާނެެވެ.
“ސޮރީ.. ދެއްމެ އަރިއަޅާލީ..” އެމީހާ ބުނެލިއެވެ. އަދި ޔަސްރާގައިން އަތް ދޫކޮށްލިއެވެ. ޔަސްރާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެމީހާ އިނީ ފާޑަކަށް ހިނިއައިސް އެވެ. އެހެންމަ އެއީ އެމާހާ ގަސްތުގައި ކުރިކަމެކެވެ.
“ޔަސްރާ..!!” ހަޔާ ގޮވާލިއެވެ. ޔަސްރާ ދިޔައީ ސިއްސައިގެނެވެ. އޭނާ ވަގުތުން އެމީހާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. ދުވަހަކުވެސް ނުދަންނަ އެމީހާއެއިނީ ފާޑަކަށް ހިނިއައިސް އެވެ. ޔަސްރާގެ ހިތުގައި ބިރުވެރިކަން ވެރިވިއެވެ.
“އާން..” ޔަސްރާ ހިގައިގަންނަމުން ބުނެލިއެވެ.
“ކިހިނެއްވީ ދެއްމެ..؟ ކާކު ދެއްމެ ވާހަކަ ދެއްކީ..” ހަޔާ އަހާލިއެވެ. އޭނާއަށްވެސް އެމީހާ ވާހަކަ ދެއްކި އަޑު އިވުނެވެ.
“ނޭނގެ ފާޑެއްގެ މީހެއް އައިސް ގަޔަށް އަތްލީ..” ޔަސްރާ ބުނެލިއެވެ.
“އޭން!!.. އާން ތިހެން ބުނީމަ މި ހަދާންވީ، ޔަސް ދިޔަރޭގަ އަހަރެން ގެޔަށް އަންނަކިކޮށް މީހެއް އަހަރެންގެ އަތުގަ ހިފާފަ އެހީ ތިއި ޔަސްގެ ބެސްޓީހޯ.. އަހަރެން ބުނީ އެއި ކަލެޔާ ބެހޭކަމެއް ނޫނޭ..” ހަޔާ އެރޭގެ ވާހަކަ ކިޔައިދިނެވެ.
އިރުކޮޅަކު ދެމިހުންވެސް ވާހަކަދައްކަން ތިބެފައި ފޯނުބޭއްވީރު އެގާރަ ޖަހަނީއެވެ. ޔަސްރާ އެއްޗިހި ބަދަލު ކޮށްލާފައި ނުކުތީ ކުޑަދޮރުތައް ހުރީ ތަޅުލާފަ ކަމަށް ބަލާށެވެ. އޭނާގެ ނޭފަތުގައި މިފަހަރުވެސް ޖެހުނީ ފިރިހެން ސެންޓެއްގެ ވަހެވެ. އެކަމު މިގަޔަކު އެހެން ފިރިހެނަކު ނުވެސް އުޅެއެވެ. ދޮންބެވެސް މިހާރު ދިޔަތާ ކޮންއިރެއް ހެއްޔެވެ. ޔަސްރާ ދޮރުތަޅުލާފައި ކޮޓަރިއަށް ވަނުމުގެ ކުރިން އަނެއްކާވެސް ގޭތެރެއަށް ނަޒަރެއް ހިންގާލިއެެވެ. އޭނާގެ އިތުރަށް އެހެންމީހަކު މިގޭތެރޭގައި އެބަ އުޅެއޭ އޭނާގެ ހިތް ބުނަމުން ދިޔަ ސަބަބެއް ނޭނގެއެވެ. ޔަސްރާ ހިތަތް ވިސްނައިދިނީ އެއީ އޭނާ މާބިރުން ހުރީމައި ހީވާ ގޮތް ކަމަށެވެ.
ޔަސްރާ ކޮޓަރިއަށް ވެދެ ދޮރުލައްޕާލައިފައި އެނބުރުނީރަށް މީހާ ހުއްޓުން އެރިއެވެ. މޫނުގައި ޖެހޭ ނުޖޭ ހިސާބު ކައިރީގައި އެހުރީ ފިރިހެނެކެެވެ. ޔަސްރާގެ ހިތް ބިރުވެރިކަމުން ފުރިގެން ދިޔައެވެ. މިއި އޭނާގެ ނިމުމޭވެސް ހިތަތް އެރިއެވެ. އެމީހާގެ ތޫނު ދެލޯ ވަނީ ޔަސްރާގެ ދެލޮލާއި ސީދާ ވެފައެވެ. އެމީހާ ޔަސްރާއާއި ކައިރިއަށް އަނެއްކާވެސް ފިޔަވަޅެއް އަޅާލިއެވެ. ޔަސްރާ އަށް ރޮއި ގަނެވުނެވެ. އޭނާ ވެސް ފަހަތަށް ޖެހުނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Wow. Varah reethi, masha ﷲ. When next? Can’t wait.
varah reethi cant wait for next part
Nice