“ތިފޮޓޯތަށް ފެނުނީދޯ..؟” އަރަން މާހީ އަތުގައި ހުރި ފޮޓޯތަކަށް އިޝާރަތް ކޮށްލައިފައި ބުނެލިއެވެ. މާހީ ހިންދިރުވާލިއެވެ. *ޕާރްޓް-38* މާހީ ބޯޖަހާލިއެވެ. އަރަންގެ ނަޒަރު މާހީގެ ލޮލަކުންނެއް ފިލާނުދެއެވެ. “ތިއީ އަހަރެން މާހީ ބޭރަށް ދާކޮށްމެފަހަރަކު ނަގާފޮޓޯތަކެއް.. ތިއެއްޗިހި ހުރީމަ އަހަރެން މާހީ މަތިން ހަދާންވާ ކޮންމެ ފަހަރަކު ތިފޮޓޯތަކަށް ބަލައިގެން ހިތްހަމަ ޖައްސައިލަނީ..” އަަރަން ކިޔައިދިނެވެ. މާހީ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަރަން ހަމަ އޭނާ ދެކެ މިހާ ލޯބިވޭހެއްޔެވެ. އަރަން އެހުންނަނީ އޭނާޔާ ހެދި މޮޔަވެފަކާނޫންހެއްޔެވެ. […]
“ތިއީ ޔަސްރާގެ ބެސްޓް ފްރެންޑް ދޯ..؟” ޝަޔާން އަހާލިއެވެ. “ބަލަ ކޮންބޭކާރު ވާހަކަ އެއް ދައްކާކައްތަ..؟ ކަލެޔަށް ހެވެއްނު..” ހަޔާ ޝަޔާންގެ އަތް ފޮޅުވައި ލައިފައި އަނެއްކާވެސް ދުއްވައި ގަތެވެ. “ފޮނި މަންޖެއެކޭ..” ޝަޔާން އަމިއްލަ ހިތާ ބުނެލިއެވެ. *ޕާރްޓް-14* ގެޔަށް ވަދެގެން އައި ހަޔާ އަވަސް ފިޔަވަޅު ތަކެެއްގައި އައިސް ސިޑީގެ ހަރުފަތްތަ ގިރާކޮށްލައިފައި ދިޔައީ ބެލްކަންޔަށެވެ. އެތާ އަޒްހާން އިންކަމެއް ވެސް އޭނާއަކަށް ނެއިންގުނެވެ. އޭނާ ދިޔަގޮތަށްގޮސް ސޯފަށް ޖެހިގަނެ ރޯން ފެށިއެވެ. މޫނުމަތީ […]
“އެއްވެސް އެއްޗެއް ބޭނުން..؟” އަަރން އަހާލިއެވެ. މާހީ ބޯހޫރާލިއެވެ. އަރަންމެން ނުކުމެ ދޮރު ލެއްޕުމުން މާހީ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހިތާއި ދިމާއުން އޭނާ އަތް ބާއްވާލިއެވެ. މާހީ އަށް ހިނިތުންވެލެވުނެވެ. *ޕާރްޓް-37 އަރަނ އާއި ޖައިޝް އައިރު އައީ މާހީ އަށް ކާއެއްޗިހި ކޮޅެއް ހިފައިގެންނެެވެ. މާހީ ލުއިކާނާ ކާން ފޮރިހުންނަ ވަރު އަރަން އަށް އެނގެއެވެ. ރަށުގަ އުޅުނީރުވެސް ކޮންމެ ދުވަހަކު ހަވީރު ލާރި ހިފައިގެން ގޮސް ދަޅެއް ނުނީ ކޮންމެސް ޕެކެޓެއް ގަނެގެން ކާލާނެވެ. […]
“ޒާން އެއް ނާދެ..” އަހަރެން އެހެން ބުނުމުން މަންމަ އާއި ބައްޕަ ދެމީހުންގެ މޫނުމަތިންވެސް އިތުރައް ހައިރާން ކަން ފެނުނެވެ. “އެއީ ކީވެ..؟ ރާނިޔާ އެކަނިތަ އަީ..؟” މަންމަ އަނެއްކާވެސް އެހިއެވެ. *ޕާރްޓް-18* “އާން.. އަހަރެން އެކަނި އައީ..” އަހަރެން ވެސް މޭޒުކައިރީ ގޮނޑިއެއް ދަމައިލައިގެން އިށީނީމެވެ. “އެއީ ކީއްވެ..؟” ބައްޕަ އެހިއެެވެ. އަހަރެން ފުން ނޭވާއެއް ބޭރުކޮށްލީމެވެ. ބުނަން މިއުޅޭ އެއްޗަކުން މަންމަމެންގެ ލެކްޗަރު އަޑުއަހަން ޖެހޭނެ ކަން ކަށަވަރެވެ. އަހަރެން ތައްޔާރު ވެލައިފައި ބުނީމެވެ. […]
ހިޔާލު ތަކުގައި އޮތް ޔަސްރާ ސިހުނީ އޭނާގެ ފޯނަށް މީހަކު ގުޅުމުންނެވެ. ބަލާލީރު އަޒްހާން އެވެ. ފޯނު ސައިލެންޓް އަށް ލައިފައި އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ގެޔަށް ވަނެވެ. *ޕާރްޓް-13* “ހެލޯ..” ޔަސްރާ ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީ އޮށޯވެލަމުން އަހާލިއެވެ. “ހެލޯ.. ކޮންތާކު..؟” އަޒްހާން ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. “ސޮރީ..” ޔަސްރާ ބުނެލިއެވެ. “އެއީ..؟” އަޒްހާން ހައިރާންވެ ހުރެ އަހާލިއެވެ. “ޔަސް މީނީ ރާއްޖޭގަ.. ނުބުނެ އާދެވުނީމަ ސޮރީ..” ޔަސްރާ އޮޅުން ފިލުވައިދިނެވެ. […]
“ވަރަށް ފޫހިވޭދޯ ކޮޓަރީގަ އެކަނި އިންނަން، އޯކޭ މާހި ޓީވީ ބަލާލިއަސް.. މޭކް ޔޯ ސެލްފް އޭޒް ހޯމް..” އަަރްނ އެހެންބުނެލައިފައި ގޮސް ވަކިން ހުރި ސޯފާގައި އިށީން ދެލިއެވެ. މާހީ ވެސް އަރަން ފަހަތުން ގޮސް އިށީން ދެލިއެވެ. *ޕާރްޓް-36* މާހީ އެއްވެސް ކަމެއް ނުކޮށް އިންނަން ފެށުމުން އަރަން އައިސް މާހީ އިން ސޯފާގެ އަނެއް ފަޅީގައި އިށީންދެ ޓީވީ ހުވައިފިއެވެ. އަދި ފިލްމެއް އަޅުވާލިއެވެ. “މާހީ އަށް ރަގަނޅީ ބިރުވެރި އެއްޗިހި ދޯ..؟” […]
ޒާން އަހަރެން ކައިރީ މަޑުން އޮތުމަށް ބުނެފައި ދިޔައެވެ. އަހަރެންނަށް ރޮވެނީއެވެ. ތެދުވާނެ ހިއްވަރެއްވެސް އަހަރެން ގަޔަކު ނެތެވެ. ޒާން އާއި މަންމަ ވާހަކަދައްކާ އަޑު އިވެއެވެ. އިރުކޮޅަކުން އިވުނީ މަންމަ ޝަހާދަތް ކިޔަލި އަޑެވެ. މަންމަ ދުވެފައި އައިސް އަހަރެން ނަގައި އަނގަމަތީ އިން ފޮތިގަނޑު ނައްޓާދިނެވެ. އަހަރެންނަށް މަންމަގެ ގައިގައި އޮޅުލައިގަނެ ރޮއިގަނެވުނެވެ. މަންމަ ވެސް ދިޔައީ ރޮމުންނެވެ. ހަމައެވަގުތު ބައްޕަ ވެސް އައިސް ދޮރުމައްޗަށް އެރިއެވެ. *ޕާރްޓް-17* ޒާންގެ މޫނުމަތިން ކިތައްމެހާވެސް ހާސްކަމާއި […]
ދުވަހުގެ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮށްސެމުންދާކަމުގެ ނިޝާންތަ އުޑުމަތީ ހުރި ވިލާތަކުން ފެންނަމުން ދެއެވެ. ފާތިހު ގެއަށް ދާން ހިގައިގަތް ތަނާހެން ކުއްލިއަކަށް އެއިވުނީ ހޭޅީތެރެއިން މީހަކު ކުކުރާ އަޑެވެ. ހިސާބަކަށް ކައިރިވިތާނާ ފެނުނުމަންޒަރުން ފާތިހު ސިހިފައި ފަހަތަށް ދެފިޔަވަޅު އަޅާލެވުނެވެ. ކުރިމަތީ އޮތް ލޭ ކޯރު ތެރޭ އޮތީ އަންހެން ކުއްޖެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ބޮލުން ފައިބައިފައިވާން ލެއެވެ. ހެދުމުގެ އެތަން މިތަން ވަނީ ވީދިފައެވެ. ގައިގެ އެކިތަންތަނުން ލޭ އަންނަނީ އެވެ. އެއީ […]
“ހަޔާ، އަޅެ ވަރަށް ބޮޑަށް ސޮރީ ނުބުނެވުނީމަ އެއީ އަސްލު ބުނަ-” ކުއްލިއަކަށް ފޮނު ކެޑުނެެވެ. ހަޔާ ފޮނަށް ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ. ޗާޖް ނެތިގެން ނިވުނީއެވެ. “ފަ* އެއްމެ ބޭނުން ވާގަޑީގަ..” ހަޔާ އަށް ފޯނު އޮތް އަތަށް ބާރުކޮށްލެވުނެވެ. އޭނާ މި ކުޑަ ހިޔާ ކޮޅުގައި މަޑުކޮށްލައިގެން ހުއްޓެއް ކަމަކު ފައި އޮތީ އެއްކޮށް ތެމިފައެވެ. އެތާ ހުންނަތާ އިރުކޮޅެއް ފަހުން ކުރިމަތީ ހުރި ގެއިން މީހަކު ނުކުތްތަން ފެނުނެވެ. އެއީ ފިރިހެނެކެވެ. […]