އެކުގައިވާނަން-16
ޔަސްރާ ކޮޓަރިއަށް ވަދެ އެނބުރުނީރަށް މީހާ ހުއްޓުން އެރިއެވެ. މޫނުގައި ޖެހޭ ނުޖެހޭ ކައިރީ އެހުރީ ފިރިހެނެކެވެ. ޔަސްރާގެ ހިތް ބިރުވެރިކަމުން ފުރިގެން ދިޔައެވެ. މިއީ އޭނާގެ ނިމުމޭ ވެސް ހިތަތް އެރިއެވެ. އެމީހާގެ ތޫނުދެލޯ ވަނީ ޔަސްރާގެ ދެލޮލާ ސީދާ ވެފައެވެ. އެމީހާ ޔަސްރާ އާއި ކައިރިއަށް އަނެއްކާވެސް ފިޔަވަޅެއް އަޅާލިއެވެ. ޔަސްރާ އަށް ރޮއިގަނެވުނެވެ. އޭނާ ވެސް ފަހަތަށް ޖެހުނެވެ.
*ޕާރްޓް-16*
އެއީ ޝަޔާން އެވެ. އޭނާ ހުރީ ވިހަ ހިނިތުންވުމެއް ދީގެނެވެ.
“ސިއްސައިގެންތަ ދިޔައީ..؟ ޕިސް ޕިސް.. އަހަރެން މިރެޔަށް އިންތިޒާރު ކުރާތާ ކޮންދުވަހެއް..” ޝަޔާންގެ އިނގިލިތަށް ޔަސްރާގެ ފަން ދިގު އިސްތަށިގަނޑުތެރެއަށް މަހާލައިފައި މަޑުމަޑިން ދަމާލިއެވެ. އަދި ވަސް ގަނެލިއެވެ. ޔަސްރާ އަށް ހަމަ ރޮވެނީއެވެ. ސަލާމަތަށް އެދި ގޮވަން ބޭނުމެވެ. ދުއްވައިގަންނަން ވެސް ބޭނުމެެވެ. އެއްވެސް ކަމެއް ކުރާނެ ހިއްވަރެއް ނެތެވެ. ކަރުނަ އަޅާލަ އަޅާލަ ހުރެވުނީއެވެ.
“ހޫމްމް.. ހާދަ މީރުވަސް ދުވައޭ.. ތިއިންނަނީ ހަމަ އަހަރެންގެ އިންތިޒާރުގަ ދޯ..” ޝަޔާން ޔަސްރާގެ އަތުގައި ހިފިއެވެ. ކިތައްމެ ގަދަދައްކަން އުޅުނަސް ޔަސްރާއަކަށް އޭނާގެ އަތެއް ސަލާމަތެއް ނުކުރެވުނެވެ. ޝަޔާން ޔަސްރާގެ ދެއަތްވެސް ވާކޮޅަކުން އައްސާލިއެވެ. ޔަސްރާ އުޅުނީ ޝަޔާން ކޮށްޕާލައިފައި ދުއްވައިގަންނާށެވެ. ނަމަވެސް އެއަށްތުރެއް ޝަޔާން މާ ހުށިޔާރެވެ.
“މަންޖެ ކޮންތާކަށް ނުދެވިގެން ތިއުޅެނީ..” ޝަޔާން މިފަހަރު ޔަސްރާ އެނދުމައްޗަށް ކޮށްޕާލިއެވެ. ޔަސްރާ ގޮސް އެނދުމައްޗަށް ވެއްޓުނެވެ. އަނެއްކާވެސް އޭނާ އުޅުނީ ތެދުވާށެވެ.
“މީހެކޭ.. އަހަރެން ސަލާ-” ޔަސްރާގެ ޖުމުލަ ފުރިހަމަ ނުވަނީސް ޝަޔާން އައިސް އޭނާގެ ތުންފަތަށް ބޮސް ދިނެވެ. ވަގުތުން ޔަސްރާ އަނގަބަންދުވިއެވެ.
“ދެން އެއްމެ ފަހަރަކު އަގައިން އެއްޗެއް ބުންޔަސް..” ޝަޔާން އިންޒާރު ދިނެވެ.
ޔަސްރާ އަނެއްކާވެސް އުޅުނީ ތެދުވެ ދުއްވައިގަންނާށެވެ. މިފަހަރު ޝަޔާން ޔަސްރާ ހިފާއްޓާފައި އޭނާގެ ގައިމައްޗަށް އެރިއެވެ. ޔަސްރާ އަށް ކުރިއަށް ވުރެއްވެސް ބާރަށް ރޮއިގަނެވުނެވެ. އޭނާގެ އިއްފަތް ތެރިކަމެވެ. ޝަޔާން ޔަސްރާގެ ތުންފަތުގެ ފޮނި ބޮމުން ދިޔައިރު އޭނާ ދިޔައީ އޭނާގެ ގަމީހުގެ ގޮތްތަށް ނައްޓަމުންނެވެ.
“މީހެކޭ.. އަހަރެން ސަލާމަތް ކުރޭ..” ޝަޔާން އޭނާގެ ގަމީސް ބާލަން ދުރުވެލި ވަގުތު ޔަސްރާ ބާރުބާރަށް ހަޅޭ ލަވައިގަތެވެ.
“ޝޫޝް.. ދެން ހަޅޭ ނުލަވަ ބަސްއަހައިގެން އޮވެބަ..” ޝަޔާން މިހެން ބުނެ ޔަސްރާގެ ނިދާ ޓީޝާޓްގެ ގޮތްތަށް ނައްޓަން ފެށިއެވެ. އެހިސާބުން ޔަސްރާގެ ހެޔަށް ގޮތެއް ވިއެވެ. އާއެކެވެ. އޭނާ ހޭނެތުނީއެވެ. ނަމަވެސް ޝަޔާން އެއްވެސް ރަހުމެއް ނެތި އޭނާގެ ހަށިގަނޑަށް ބޭނުންވާ ހުރިހާ ހިތްހަމަޖެހުމެއް ލިބިގަންނަމުން ދިޔައެވެ.
އޭގެ އަނެއް ދުވަހު ހަޔާ އުޅުނީ ޔަސްރާ އައީމާ އެގެޔަށް ގޮސްލާށެވެ. 7 ޖެހީރަށް އޭނާ ހޭލައިގެން ފެންވަރައިގެން އޭނާ ބަދިގެޔަށް ސައިބޯން ދިޔައިރު މިންހާ އަދި ހެދުނުގެ ސައިހަދައި ނުވެސް ނިމެއެވެ. ހަޔާ މިއަދު މާއަވަހަކަށް ހޭލަ އުޅޭތީވެ މިންހާ ހައިރާން ވިއެވެ.
“ހާދަ އަވަހަކަށް ހޭލަ އުޅޭ ދުވަހައެއް.. އަނެއްކާ ކޮންތާކަށް ދާންތިއުޅެނީ..” މިންހާ އަހާލިއެވެ.
“މިއުޅެނީ ޔަސް ކާރިއަށް ދާން..” ހަޔާ އެހެން ބުނެލި ވަގުތު އެއީ އަޒްހާން ވެސް އައިސް ބަދިގެޔަށް އައިސް ވައިން ވަގުތެވެ.
“ޔަސްރާ މިހާރު އައީތަ..؟” އަޒްހާން އަހައިލިއެވެ. ޔަސްރާ އައިރު އޭނާ ކައިރީ ނުވެސް ބުނެލައެވެ. ނަމަވެސް ޔަސްރާ އައިކަން އިގުނިމައި އޭނާ ހުރީ ވަރަށް އުފަލުންނެވެ. ނަމަވެސް އޭނާ މޫނުމައްޗަކުންނެއް އެކަމެއް ނުދައްކައެވެ.
“އާން.. ރޭގަ އައިސި..” ހަޔާ އެހެން ބުނެލައިފައި އިށީން ދެއްޖެވެ.
“ދަރިފުޅާ އަޒްހާން ސައިބޮއިގެން ދާން އާދޭ..” މިންހާ ބުނެލިއެވެ.
“ބަޑުހައެއް ނޫން..” އަޒްހާން އެހެން ބުނެ ހިގައިގަންނަން އުޅުމުން ހަޔާ އޭނާ ހުއްޓުވިއެވެ.
“ކޫދޮން.. ރޭގަވެސް ނުކަމެއްނު.. ތިހެނ ްނުކައި ނޮބޮއި އުޅެގެން ބަލިވެދާނު..” ހަޔާ އަބަދުވެސް އަޒްހާން އާއި މެދު ވިސްނައެވެ. އަޒްހާން ވެސް އައިސް އިށީންދެއްޖެވެ. މިންހާ އުފާވިއެވެ. އޭނާ ދެކުދިންނަށް ސައިތައްޓަކާއި ސޭންޑް ވިޗް އެއް ހަދައިދިނެވެ. ހަޔާ ކައިގެން ނުކުތެވެ.
ހެދުނު ހޭލައިގެން ކައިލާން ނުކުމެލީ ބޭރަށެވެ. އޭނާ ގޯތި ދޮރުން ބޭރަށް ނުކުމެ ހަމަ ޖެހިލިއެވެ. ފުން ނޭވާއެއް އެތެރެކޮށްލުމަށްފަހު ދެލޯ މަރާލިއެވެ. އޭނާ ލޯހުޅުވާލި ވަގުތު ފެނުނީ ޔަސްރާ މެންގެއިން ނިކުމެގެން އައި މީހެކެވެ. އެމީހާ އިނީ މާސްކެއް އަޅައިގެންނެވެ. ކައިލާން ފެނުމުން އެމީހާ ބުމަ އަރުވާލިއެވެ. ކައިލާން އަށް ހުރެވުނީއެވެ. ހައިރާން ވެފައެވެ. މިއޮތް ހެނދުނާ އަނެއްކާ ޔަސްރާގެ ގެޔަށް ވަންނާނީވެސް ކާކު ހެއްޔެވެ. އަނެއްކާ އެއީ ޔަސްރާގެ އާއިލާ މީހެއް ހެއްޔެވެ. ކައިލާން އެހިޔާލު ތަކުގައި ހުރެ ހިގައިގަތެވެ. އޭނާ ދިޔައީ ލައިބްރެރީއަށެވެ.
ހަޔާ އައިސް އެގޭ ދޮރުމައްޗަށް މަޑުކޮށްލީ އޭގެ އިރުކޮޅެއް ފަހުންނެވެ. ރޭގައި ރާޝިމް ދިޔައިރު ދިޔައީ ހަޔާ އަތަށް އެގޭގެ ތަޅުދަޑި ދީފައެވެ. ޔަސްރާ އަތުގައިވެސް ތަޅުދަޑި އޮވެއެވެ. ހަޔާ ހައިރާންވީ ދޮރު ހުޅުވާފައި ހުރުމުންނެވެ. އެހެން ނޫނީ ޔަސްރާ ދުވަހަކުވެސް މިދޮރެއް ނުހުޅުވާނެއެެވެ. އޭނާ ހަމައެކަނި މި ދޮރު ހުޅުވާނީ އޭނާ ގޯތިތެރޭގައި އުޅޭ ކަމަށް ވަނީނަމައެވެ. ހަޔާ ވަނެވެ. ގޯތި ތެރެއަކު ޔަސްރާ އެއް ނޫޅެއެވެ. އެހެންކަމުން ހަޔާ ދިޔައީ ގޭތެރެއަށެެވެ. ލައިޓްތަށް ނިއްވާލައިފައި ހުރީރު ގޭގެ ދޮރު ކުޑަކޮށް ހުޅުވާލައިފައި ހުރުމުން ހަޔާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. އޭނާ މަޑުމަޑުން އެތެރެއަށް ވަނެވެ. ޔަސްރާގެ އަޑެއް ބަޑެއް ނީވެއެވެ. އޭނާ ކޮބައިހެއްޔެވެ. ގޭތެރޭގެ ލައިޓްތަށް ދިއްލާލައިފައި އޭނާ ދިޔައި ކޮޓަރިތަށް ހުރިދިމާއަށެވެެ. ހަޔާ އިިތުރަށް ހައިރާންވީ ޔަސްރާގެ ކޮޓަރި ހުރީ ހުޅުވައިފައެވެ. އޭރުވެސް ޔަސްރާ އޮތީ ނިދާފެއެވެ. ނަމަވެސް އޭނާގެ މޫނުމަތީ ވަކިއަޅައިފައި ހުއްޓެވެ. ހަޔާ އަވަސް އަވަހަށް ޔަސްރާ ކައިރިއަށް ގޮސް ގޮވަން ފެށިއެވެ.
އިރުކޮޅަކުން ޔަސްރާ އަށް ހޭލެވިއްޖެވެ. ހޭލެވުމާއި އެކު އޭނާގެ ހަދާނަށް ރޭގެ ހާދިސާ އައެވެ. ވަގުތުން ބާރުބާރަށް ޔަސްރާ އަށް ރޮވެން ފެށުނެވެ. ހަޔާ ޔަސްރާގެ ގައިގައި ބައްދާލައިފައި ކިހިނެއް ވީހޭ ސުވާލު ކުރަމުން ދިޔައެވެ. ކޮންމެވެސް ކަމެއް ވެއްޖެވެ. އެހެންނޫނީ ޔަސްރާ މިގޮތަކަށެއް ނުރޯނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Masha Allah mi part ves Vrh reethi Thankolheh Avahah up kohdhehchey pls can’t wait abadhah ge bonus episode kon iraku up kurany Curiously waiting for the next part when’s next
Lyyy ❤️😘 Tc
Thank you!
Abadhah ge bonus part up kohdheynan mi feshey hafathaa thereyga, Inshaallah..
Next part ves next week ga..
Love you too darlin 😘 Tc..