ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-19
“އަހަރެންގެ ނަންބަރު ސޭވް ކޮށްފަ ބައިންދައްޗޭ.. ދެން އަވަހަށް ނިދާލާ..” ޔޫޝައު އެވެ.
“އޯކޭ.. ހެހެ..”އަހަރެން ޔޫޝައުގެ ނަންބަރު ސޭވް ކޮށްފައި ނިދަން ލޯމަރާލިމެވެ. އުފާވެމެ ހުރެއެވެ.
*ޕާރްޓް-19*
އަނެއްދުވަހު ހެދުނު ހޭލައިގެން ނުކުތީރު 9 ޖަހައިފިއެެވެ. އަދައިގެ މަތިން މަންމަމެންނެއް ނޫޅެއެވެ. އަހަރެން ސައިބޮއިގެން ނުކުތީ ގޯތިތެރެއަށެެެވެ. އަނބުގަހުގައި އެލުވައިފައިން އޮދޯލީގައި އޮށޯވެލައިގެން އަހަރެން އޮތީ ފޯނު ބަލާށެވެ. ޑްރާމާއެއް ބަލަން އޮތީރު އަހަރެންނަށް އޮވެވުނީ ހިނިއައިސް ފައެވެ. ހެޑްސެޓް ޖައިހައިގެން އޮތީމައި އަހަރެންނަކަށް މީހަކު ގޯތިތެރެއަށް ވައިން ކަމެއްވެސް ނެއިންގެއެވެ.
“ރާނިޔާ..” އަހަރެން ސިއްސައިގެން ދިޔައި ފަހަތުން އަހަރެންގެ ކޮޑުގައި މީހަކު ކޮށްޓާލުމުންނެވެ. ސިހިފައި އަނެއްފަރާތަށް އެނބުރިލީމެެވެ. ޔޫޝައު އެވެ. އަހަރެންގެ ތުންފަށް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅު ގަމީހެއްގައެވެ. ޓައިއެއްވެސް އަޅައިގެނެވެ. އޭނާ އެއައީ މަސަށްކަތުގައި އުޅެފައި ކަން އެނގިދެއެވެ.
“ހޭޔް..” ޔޫޝައު އަހަރެންގެ މޫނުމަތީ ހަނާ އަޅާލިއެވެ. އަހަރެން ސިހިފައި ހިޔާލުތަކުން ބޭރުވެލީމެވެ.
“މިގަޑީ ތިއައީ..؟” އަހަރެން ފޯނު ބާއްވައިފައި އަހާލީމެވެ.
“ހަމަ އައިސްލީ.. ރާނީ ކީއްތިކުރަނީ..” ޔޫޝައު ޖީބައް އަތްޖަހާލައިގެން އަބުގަހުގައި ލެނގިލިއެވެ. އަހަރެންނަށް އެކަން ވަރަށް ކަމުދިޔައެވެ.
“ޑްރާމާ އެއް ބަލާލަން ހަމަ އިނީ..” އަހަރެންނަށް ހަމަ ޔޫޝައު އަށް ބެލެނީއެވެ. އޭނާ މިގޮތަށް ހެދުން އެޅާފައި ހުރުން އަހަރެންނަށް އޭނާ ރީތިވެއްޖެވެ.
“އެހެންވީ..” ޔޫޝައުވެސް އިނީ އަހަރެންނާއި ދިމާއަށް ބަލާށެވެ. އެހެންކަމުން އަހަރެން އިސްޖަހާލީމެވެ.
“ރާނި ކިހިނެއްތޯ ބަލާލަން ހަމަ މިއައިސްލީ..” ޔޫޝައު އެހެންު ބުނެލުމުން އަހަރެންނަށް އޭނާ އާއި ދިމާއަށް ބަލާލެވުނެވެ.
“ރާނީ..؟” ޔޫޝައު ގޮވާލިއެވެ.
“ހޫމް..” އަހަރެން ބުނެލީމެވެ.
“މިރޭ އަހަރެންނާއި އެކީ ބޭރަށް ގޮސްލާނެންތަ..؟” ޔޫޝައު ބޯކަހާލަމުން އަހާލިއެވެ.
“ގޮސްދާނަން..” އަހަރެން އެއްބަސް ވީމެވެ.
“ރާނި މަންމަމެން އޯކޭވާނެތަ..؟” ޔޫޝައު އަހާލިއެވެ.
“އާން.. އެހެން ނޫނަސް ޔޫޝައު އާއެކީ ދިޔައަކަސް އަޅައެއް ނުލާ..” އަހަރެން ހްގީގަތް ބުނެލީމެވެެ. ޔޫޝައު ހިނިތުންވެލިއެވެ. އޭނާގެ ހިނިތުންވުން ހާދަ ލޯތްބެވެ.
“އެހެން ވިއްޔާ މިރޭ 9:30 ވާރު ތައްޔާރު ވެގެން ހުންނައްޗޭ..” ޔޫޝައު ގަޑި ހަމަޖެއްސިއެވެ. އަހަރެން އެއްބަސްވީމެެވެ.
އަހަރެންނަށް އިންތިޒާރު ކުރެވެމުން ދިޔައީ ރޭގަނޑުވާނެ އިރަކަށެވެ. މިއަދު ގަޑިހިގާލެއް ހާދަ ލަހެވެ. އިރުއިރުކޮޅާ ފޯނުން ގަދި ބަލާލެވެއެވެ. ފޫހި ގޮތަކަށް ހަވީރުވެސް ގޮސް އެއްމެ ފަހުން އިރުއޮށްސިއްޖެވެ. އަހަރެން އަލަމާރި ހުޅުވާލީ ހެދުމެއް ނަގާށެވެ. ހެދުން ތަކުގައި އަތް ޖައްސާލައިފައި އަހަރެން ނެގީ ގަދަ ފެސިކުލައިގެން ކަކުލާއި ހަމައަށް އަންނަ ހެދުމެކެވެ. އެހެދުން ހިފައިގެން އިސްތިރިކުރަން އިނީރުވެސް އަހަރެންނަށް ހަމަ ހިވެނީއެވެ. ކީއްވެގެން ކަމެއް ނެއިންގެއެވެ.
“ހާދަހާ ހިނިއަންނަނަ ދުވަހެއް.. އަނެއްކާ ކާކު ލޯބީގެ ސިޓީއެއް ދިނީ..” މަންމަ އައިސް ސޯފާގައި އިށީންދެލަމުން އަހާލިއެވެ.
“ކަމެއް ނުވޭ.. ހަމަ ހެވެނީ.. މަންމާ އެއްމެ ރަގަނޅުތަ އަހަރެން މިރޭ ބޭރައްދިޔައަސް..” އަހަރެން އަހާލީމެވެ.
“ކާކާ އެކީ..” މަންމަ ނުރުހުންވެ ހުރެ އަހާލިއެވެ.
“ޔޫޝައު..” އަހަރެންގެ އަގައިން އެނަން ނުކުތީރަށް މަންމަގެ މޫނުމަތީވީ ނުރުހުން ފިލާދިޔައެެެވެ. ވަގުތުން ހިނިތުންވެލައިފައި އާއެކޭ ބުނެލިއެވެ.
އަހަރެންނަށްވެސް އުފަލުން އަނެއްކާވެސް ހީލެވުނެވެ. އަހަރެން ހިތައް އެރިއެވެ. އަހަރެން މާއުފަލުން މިއުޅެނީ ކީއްވެހެއްޔެވެ. އެހެން ނޫނިއްޔާ ޔޫޝައު އާއި އެއްކޮށް ބޭރަށް ދިޔައަސް އަދި މިވަރެއް ނުވެއެވެ. ވެދާނެއެވެ. ވަރަށް ގިނަދުވަސް ކޮށްލާފައި ޔޫޝައު އާއެކު ބޭރަށް ދެވޭތީ ކަމަށެވެ. އަހަަރެން ދިޔައީ ބަދިގެޔަށެވެ.
ސައިބުއިގެން އައިސް ފެންވަރަން ވަނީމެވެ. މިހާރު އެއޮށް ނުވައެއް ޖެހީއެވެ. ތެދުވެގެން އައިސް އެއްޗިހި ބަދަލުކޮށް ބުރުގާ އަޅަން ފެށީމެވެ. އަހަރެން ތައްޔާރު ވެލައިގެން ނުކުމެ ދޮރާއި ހަމައަށް އެރީރަށް ބައްޕަގެ އަޑުއިވުނެވެ. ނުނިކުމެ އަހަރެން އަޑުއަހަން ހުރީމެވެ.
“ބޭބެ ބުނީމޭ މިއީ ރާނިޔާ އަށް ރަގަނޅަކަށް ކުރާކަމެކޭ.. އެކަމަކުވެސް އެ މަންޖެ އަޑުއަހާކަމެއް ނޫން.. މިރޭ ތިޔަ ގޮސްއ އެމަންޖެ އަށް ނިކަން ވިސްނައިދީބަލަ..” ބައްޕަ ބުނެލިއެވެ. ބައްޕަ ވާހަކަ އެއްދައްކަނީ ކާކައްހެއްޔެވެ. ޔަގީނެވެ. އެއީ ޔޫޝައު އެވެ. އަހަރެން ސިއްރު ސިއްރުން ބޯދިއްކޮށްލީމެވެ. އަހަރެން ބޯދިއްކޮށްލިރަށް ޔޫޝައު ފެނުނެވެ. އަހަރެމެން ދެމީހުންގެ ހަތަރު ކަޅި ހަމަވިއެވެ. އެހެން ނޫނީ ނުކުރެވޭ ކަހަލަ އިހްސާސް އެއް ކުރެވުނެވެ.
“ލައްބަ.. އަޅުގަނޑު މިރޭ ގޮއްސަ ރާނިޔާ އަށް ވިސްނައިދޭނަން..” ޔޫޝައު އެހެން ބުނީރުވެސް އޭނާ އިނީ އަހަރެންނާއި ދިމާއަށް ބަލާށެވެ.
އަހަރެން ނުކުތީމެވެ. ފައިވާނަށް އަރައި ބައްޕަ އަށް ގޮވާލީމެެވެ.
“ބައްޕާ.. އަޅުގަނޑު މިދަނީ ޔޫޝައުއާއި އެކު..” އަހަރެން އެހެން ބުނެ ގޮސް ޔޫޝައު ކައިރީ ހުއްޓިލީމެވެ.
“އެއްމެ ރަގަނޅު.. ލަސްނުވެ އަންނާތި.. ޔޫޝައު އެމަންޖެއަށް ރަގަނޅަށް ބަލާތި..” ބައްޕަ އެހެންބުނެ ވަދެގެން ދިޔައެވެ. އަހަރެން ބައްޕަ ދިޔުމުން ޔޫޝައު އާއި ކުރިމަތިވާގޮތަށް އެނބުރިލީމެވެ. އޭރު ޔޫޝައު ހުރީ އަހަރެންނާއި ދިމާއަށް ބަލާށެވެ. އޭނާގެ އެބެލުމުގައި ތަފާތު ކަމެއް ހުއްޓެވެ. ނޫނެކެވެ. އެއީ އަހަރެންނަށް ހީވާ ގޮތެވެ.
“އަދާން..” ޔޫޝައު އެހެންބުނެ ހިގައިގަތެވެ. އަހަރެންވެސް އޭނާގެ ފަހަތުން ހިގަގަތީމެވެ.
ފިހާރެއަކުން ދެދަޅުގަނެގެން އަހަރެމެން ދެމީހުން ދިޔައީ ބީޗަށެވެ. އެހެން ނޫނިއްޔާވެސް ދާ ތަނަށެވެ. ގޮސް އެތާއިން ބެންޗެއްގައި އިށީންދެލީމެވެ.
“ރާނި..” ޔޫޝައު ގޮވާލިއެވެ.
“ހޫމް..” އަހަރެން ބަލާލީމެވެ.
“އަހަރެންނަށް ކުއްޖެއް ދެކެ ލޯބިވެވިއްޖެ..” ޔޫޝައު އެހެން ބުނުމުން އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހިނިތުންވެލެވުނެވެ.
“އަސްލުވެސްތަ.. ކާކު.. ކޮންނަމެއް ކިޔަނީ.. ކޮންއިރަކު އެކުއްޖާ ދެކެ ލޯބިވެވުނީ.. މިރަށު ކުއްޖެއްތަ..؟ ސްޕިލްދެ ޓީ..” އަހަރެން ޔޫޝައުގެ ކޮނޑުގައި މަޑުމަޑުން ޖަހާލިމެވެ.
“މިރަށު ކުއްޖެއް.. ވަރަށް ގިނަދުވަސް ވެއްޖެ އެނގޭތާ.. އެކުއްޖާދެކެ ލޯބިވެވުނީ އެކީގައި އުޅެނިކޮށް.. އެކަމު ނުކެރެ ބުނާކަށް.. އެކުއްޖާ އެއައީ ދުވަސް ކޮޅަކު ރަށުން ބޭރުގައި އުޅެފަ.. އެކުއްޖާ ވަރަށް ލޯބި، ވަރަށް ސާދާ.. އަބަދު ވިސްނެނި އެކުއްޖާއާ މެދު.. ވަރަށް ލޯބިވާ ކުއްޖެއް އެއީ..” އެހުރިހާ އެއްޗެއް ކީއިރުވެސް ޔޫޝައުގެ ނަޒަރު ހުއްޓިފައިވަނީ އަހަރެންނަށެެވެ. އަހަރެންނަށް ވެސް ހުރެވުނީއެވެ.
“އަސްލުވެސްތަ.. އަޅޭ.. ދެން ބުނެބަލަ ކޮން ކުއްޖެއްތަ..” އަހަރެން ހުރި އެނގެން ބޭނުންވެފައެވެ. ޔޫޝައު އެހާ ލޯބިވާ ކުއްޖަކު ހުރީމައި އަހަރެންވެސް އެގެން ބޭނުންވިއެވެ.
“ހެހެ.. ފަހުން ބުނާނަން..” ޔޫޝައު މޫދަށް ބަލާލަމުން މާނަ ފުން ހިނިތުންވުމެއް ވެލިއެވެ. އަހަރެން ވެސް ހީލީމެވެ. ދެން އަހަރެން ކުރިކަމަކީ ޔޫޝައު އަށް ޖެއްސުން ކުރުމެވެ. ލޯބިވާ ކުއްޖާ އޭ ކިޔާ ޔޫޝައު ލަދުގަންނަވާލަމެވެ. އަހަރެންނަށް އެކަންވީ މަޖާކަމަކަށެވެ. އެކަމަކު..
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Maasha Allah 🫶♥️
A very dreamy part Felt like seeing a movie scene I hope Yooshau is proposing Raaniya and they both are made for each other Hoping that they both will never end forever so so curious Anyways, When’s next ?Upload fast
Thank you!
I will try my best to upload fast!
Inshaallah next week!
You meant next week Tuesday ???
I guess!