އިރަމް ޝަހުދު ކައިރީ ކުރަން ވެފައިވާ ސުވާލު ތަކުގެ އަދަދެއްވެސް ނޭނގެއެވެ. ނަމަވެސް އިތުރު ސުވާލެއް އަހަރެންކަށް ކުރުމުގެ ފުރުޞަތެއް ނުލިބުނެވެ. ދޮރު ހުޅުވުން އަޑު އިވުނެވެ. ދޮރު ހުޅުވުމާއި އެކު އަހަރެން ވަގުތުން ބަލާލީމެވެ. ބޮޑު ދެމީހުންނެވެ. އަހަރެން ތެދުވަން އުޅުނީމެވެ. ނަމަވެސް ގަޔަކު އެހާ ވަރެއް ނެތެވެ. އެކަ އައިސް އަހަރެން ގައިގައި ހިފެހެއްޓިއެވެ. އަހަރެން ގައިގައި ހުރިހާ ބާރެއް އެމީހުންނަށް ދައްކަން ފެށީމެވެ. ނަމަވެސް އަހަރެން އަހަރެން ގަޔަކު އެހާ ހަކަތައެއް ނެތެވެ. […]
ޝެނިން “އޯކޭ! ވާހަކަ ދައްކަން ފަށާ!” އަހަރެން ގައިގައި ނެތް ހިތްވަރަކާއި އެކު މޫނުމަތިން ވަރުގަދަ ކަމަށް ދައްކަމުން އެލީޝާއާއި ދިމާލަށް އަހަރެން ބުނީމެވެ. ހަގީގަތުގައި އަހަރެން އެތެރެއިން ތުރުތުރު އަޅަނީއެވެ. އަހަރެންނެއް އެކަމު މިފަހަރަކު ނުފިލާނަމެވެ. ފަހަރެއްގައެވެ. އިރާދަ ކުރެއްވީއްޔާއެވެ. އޭނާ އަހަރެންނާއި ދިމާލަށް ފާޑަކާށް ބަލަން ހުއްޓެވެ. އަހަރެން ވެސް އިސް ޖަހަން ދެކޮޅު ހެދީމެވެ. މިހާރު ވައިގެ ތެރޭގައި ހަމަ ނުޖެހުން ފެތުރޭހެންވެސް އަހަރެންނަށް ހީވަނީ ކުޑަކޮށެއް ނޫނެވެ. ރީތިކޮށް އަހަރެންނަށް […]
އިރަމް “އަން މިއޮތީ ނުލިބިގެނ އުޅުން އެއްޗެހި!” ކުޑަ ކަރުދާސް ކޮޅެއް ޑެސްކުގައި ޖަހަމުން އަހަރެން ބުނީ އިދުރީސާއި ދިމާލަށެވެ. އަހަރެން ރުޅި އަންނަނީ މި ކީއްވެ ހެއްޔެވެ؟ މިއީ އަހަރެން އަމިއްލަ ފެށި ކަމެއް ނޫން ހެއްޔެވެ؟ އަހަރެންނަށް ރުޅި އާދެވެނީ އަމިއްލަ ނަފްސަށެވެ. ނަމަވެސް އަހަރެން މިކަމެއް ކުރި އިރު އިތުރު ގޮތެއް އޮތް ހެނެއްވެސް ހިޔެއް ނުވެއެވެ. އަމިއްލަ ނަފްސު ދެކެ ލަދު ގަންނަނީއެވެ. އަހަރެން މި އެޅި ފިޔަވަޅުން ދުވަހަކުވެސް […]
ޝެނިން އިރަމްގެ މޫނުމަތިން ކުލަވަރު ދިޔަތަން އަހަރެންނަށް ރީއްޗަށްވެސް ފެނުނެވެ. އަހަރެން އެއްޗެކޭ ބުނަން ބޭނުމެވެ. އަހަން ބޭނުމެވެ. ވީ ކިހިނެއްތޯއެވެ. އަހަރެންގެ މައްސަލައަކީ އެއީއެވެ. އަހަރެންގެ އަމިއްލަ މައްސަލަތައް ހައްލު ކުރުމަށް ނޫޅި އެހެންމީހުންގެ މައްސަލަ ބެލުމެވެ. އެރެއަށްފަހު އަހަރެންނަށް މިފެންނަނީ މަރރުވެފައި ތިބި ކުދިންކަން އެނގެއެވެ. ޖެހިފައި ހުރި ބަލީގެ ގޮތުން ވިޔަސްވެސް މައްސަލައެއް ނެތެވެ. ހަގީގަތުގައި އެމީހުން ނެތަސް އަހަރެންނަށް އެ ފެންނަނީ މަރުވެފައި ތިބި މީހުންނެވެ. އެހެންވީމާ އެމީހުން ވާނީ ރޫހުންނަކަށް […]
އިރަމް އަހަރެންނަށް ޝެނިން ސިކުނޑިން ފޮހެލެވޭ ގޮތެއް ނޫނެވެ. އޭނާ ހުރި ގޮތް ހަނދާނުން ފިލަނީއެއް ނޫނެވެ. އަހަރެން ދޮން ދިން ކޮލުގައި އޭނާ އަތް އަޅައިން ހުރި އިރު އަހަރެން ގާތަށް ވަރަށް ހިނިއައެވެ. ނަމަވެސް ހިނިތުންވުން ގެއްލުނީ ގެއަށް ވަދެވުން އިރުއެވެ. އަހަރެންގޭގެ ދޮރާއި ހަމައަށް އެރިއިރު ފުލުހުން ދޮރުކައިރީ އުޅެއެވެ. ހިތް ތިން ގުނައަށް ބާރު ވިކަހަލައެވެ. އަހަރެން ގެއަށް އަވަހަށް ވަނީމެވެ. އޭރު ފުލުހުން ތަކެއް ސުވާލު ކުރަނީއެވެ. […]
މިހާރު ސަރަހައްދު: ރާއްޖޭގެ މެދު އުތުރު ކޮންމެވެސް ހިސާބެއް ރާއްޖޭގެ އާބާދީ: 3.2 ލައްކަ އަނުމް “ނޫޅެން، ނޫޅެން، ނޫޅެން! ނޫނެކޭ!” އަހަރެންނަށް މިހާރު “ނޫނެކޭ” ތަކުރާރު ކުރެވުން ވަރެއްވެސް ނޭނގެއެވެ. ދެކޮޅަށް ބޯހޫރަމުން އަހަރެން މިފަހަރުވެސް ކުރިން ކިޔަމުން ދިޔަ ބަސްތައް ތަކުރާރު ކުރީމެވެ. އެއިޢުލާން މަންމައަށް ފެނުމަށްފަހު އަހަރެންނަށް މަންމަ ކައިރީ މިހެން ކިޔުނީ ސަތޭކަ ފަހަރު ކަމެއް ނޫނީ އެއްހާސް ފަހަރު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެއް މިލިއަން ފަހަރު ކިޔައިންވެސް […]
-އިރަމް- ޝެނިން ފެނުމާއި އެކު އެއްޗެހި ހަނދާން ނެތެނީ ކީއްވެހެއްޔެވެ؟ މުޅި ދުވަހު ވިސްނަމުން ދިޔައީ ޝެނިން ކަން ޔަގީން ކުރާނެ ގޮތަކާއި މެދުގައެވެ. ނަމަވެސް ޑެސްކެއްގެ ފަހަތުގައި އެކަނި ތުންފަތުގައި ދަތްއަޅަމުންދާ ތަން ފެނުމުން ހުރިހާ ކަމެއް ހަނދާން ނެތެއެވެ. އަހަރެންނަށް އޭނައާއި ދިމާލަށް ދެވޭކަންވެސް އެނގުނީ އޭނާ ކައިރީ ހުއްޓެވުނު ފަހުންނެވެ. “މީހަކު މިތާގައި އިށީނދޭތަ؟” އަހަރެން އެހީމެވެ. ޝެނިން އިސް އުފުލާލިއެވެ. އެއްކަލަ އަޑިވެފައި އިން ދަތްދޮޅިއެވެ. އަހަރެންނަށް ބަލަމުން ދިޔާ އަޅިފެހި […]
ދުވަހަކުވެސް ދެމީހަކު އެއްފަހަރާ ބޭނުންވި ހެއްޔެވެ؟ ދެމީހަކު ދެކެ އެކީ ލޯބި ވެވުން ހެއްޔެވެ؟ ތިމާ ބަރުބާދު ކޮއްލަން ބޭނުންވާ މީހަ ދެކެ ލޯބި ވެވިއްޖެއްޔާ ތިމާ ކުރާނީ ކީއްހެެއްޔެވެ؟ ލޯބީގެ މި އެކްޝަން ވާހަކައަކީ ހުރިހާ ރަހަތަކަކާއި އެކު ފެއްޓޭ ވާހަކައެކެވެ. ވަރަށް އަވަހަށް ފެށެނީ… ހުރިހާ އެންމެނަށްވެސް ކަމުދާނެ ކަމުގެ އުންމީދު ކުރަން…