Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ހަތިޔާރު (ހަވަނަބައިގެ 1)

Jaishan Level 110 Stories
January 17, 2014 6 Mins Read
7 Comments

ޝެނިން

    އިރަމްގެ މޫނުމަތިން ކުލަވަރު ދިޔަތަން އަހަރެންނަށް ރީއްޗަށްވެސް ފެނުނެވެ. އަހަރެން އެއްޗެކޭ ބުނަން ބޭނުމެވެ. އަހަން ބޭނުމެވެ. ވީ ކިހިނެއްތޯއެވެ. އަހަރެންގެ މައްސަލައަކީ އެއީއެވެ. އަހަރެންގެ އަމިއްލަ މައްސަލަތައް ހައްލު ކުރުމަށް ނޫޅި އެހެންމީހުންގެ މައްސަލަ ބެލުމެވެ. އެރެއަށްފަހު އަހަރެންނަށް މިފެންނަނީ މަރރުވެފައި ތިބި ކުދިންކަން އެނގެއެވެ. ޖެހިފައި ހުރި ބަލީގެ ގޮތުން ވިޔަސްވެސް މައްސަލައެއް ނެތެވެ. ހަގީގަތުގައި އެމީހުން ނެތަސް އަހަރެންނަށް އެ ފެންނަނީ މަރުވެފައި ތިބި މީހުންނެވެ. އެހެންވީމާ އެމީހުން ވާނީ ރޫހުންނަކަށް ހެއްޔެވެ؟

   އަމިއްލަ މައްސަލައަށް ފަހުން ބެލުމަށް ވިސްނުމަށްފަހު އަހަރެން ބޯ ހޫރާލީމެވެ. އިރަމްގެ ގައިގައި އަހަރެން މަޑުން އަތްލީމެވެ. އިރަމް އަމިއްލަ ހަންގަނޑުން ފުންމައި ނުލީ ކިރިޔާއެވެ. ސިއްސައިގެން ދިޔަ ގޮތުން އަހަރެންވެސް ސިއްސައިގެން ނުދިޔައީ ކިރިޔާއެވެ. ނަމަވެސް އަހަރެން ވީހާވެސް މަޑުމައިތިރި ވެވޭތޯ ބެލީމެވެ. “އޯކޭތަ؟” އަހަރެން ވައި އަޑަކުން އެހީމެވެ. ނަމަވެސް އިރަމް ވަގުތުން އެއްޗެކޭ އަނެއްފަރާތައް އެނބުރި ތެދުވީއެވެ.

   “ވެއަރ ޑު ޔޫ ތިންކް ޔޫއާރ ގޮއިންގ މިސްޓަރ؟” ހިސާބު މިސް އެއްސެވެ. އެއީ ސްކޫލުގައި އުޅެ ހުރިހައި ފިރިހެން ކުދިން އޭނާގެ ނަން ކިޔާނެ ކަހަލަ ރީތި އަންހެނެކެވެ. “މިސް، ފާހާނަ!” އެކަކަށްވެސް ބެލުމެއް ނެތި އިރަމް ކްލާހުން ނުކުތެވެ. އަހަރެން މި އިނީ ކުރިންވެސް ހެން ގަމާރެއްހެން ވާނުވާ ނޭނގިފައެވެ. އަހަރެންނަށް އަބަދުވެސް ކަމެއް ގޯސްކޮށް ކުރެވޭހެން ހީވަނީ ކީއްވެހެއްޔެވެ؟ އަހަރެންގެ މައްސަލަ އެހާއި ގިނައީ ކީއްވެ ހެއްޔެވެ؟

   ނަސީބަކުން އަހަރެންނަށް ކްލާހުގައި ކިޔައިދިން އެއްވެސް އެއްޗަކަށް އަހަރެންނަކަށް އެހެން ކަމުން ސަމާލު ކަމެއް ނުދެވެއެވެ. ނަސީބަކަށް ވީ ސަބަބަކީ، އަހަރެން ކްލާހުގައި އަޑުއަހަން ވެއްޖެ ނަމަ މިހާރު އޮންނާނީ ނިދާފައެވެ. މިހާރު ބައޮލޮޖީ ނުނެގުނީ ކީއްވެބާއޭވެސް ހިތައް އަރައެވެ. ހިސާބުން ފާސް ނުވާ ސަބަބީ އެއީކަން އަހަރެންނަށްސް އެނގެއެވެ.

   ގަޑި ޖެހުމާއި އެކު އަހަރެން ވަގުތުން ދަބަހަށް އެއްޗެހި އަޅަން ފަށައިފީމެވެ. އަނގައަށް ލައިގެން އިން ފަންސުރު އެއްލައިގެން ދިޔައީ އެކަމުގެ ތެރޭގައެވެ. “ތިމީހުން ދުވަންޏާ މަށަށް ޖެހޭނީ އިސްލާހީއާއަށް ލާން” އަހަރެން ޗޮކެއް ޖަހާލަމުން އަމިއްލަ އަށް އިވޭ ވަރަށް ފަންސުރު ކައިރީ ބުނީމެވެ. އާއެކެވެ. އަހަރެން، އަހަރެން ގެންގުޅޭ އެއްޗެއްސާ ވާހަކަ ދައްކަމެވެ. އެހާވެސް ސިކުނޑި ހަމަ ނުޖެހޭވެސް މީހެކެވެ. ގުރައިދޫއަށް މިހާރު ނުލާ ކަމަކީވެސް ނަސީބެކެވެ.

   “އޭ މަމިދަނީ ލައިބްރަރީއަށް. ދާނަންތަ؟” އިޒްނާ އޭނާގެ އުފާވެރި މޫޑުގަނޑާއި އެކު އަހަރެން ކައިރީ އެއްސެވެ. އަހަރެން އެ ސުވާލު ވިސްނާލީމެވެ. ބަލަން ބޭނުންވެފައިވާ ފޮތްތަކެއްވެސް އެބަހުއްޓެވެ. “އޯކޭ. ދޭ. މަމި ދަނީ. އަވަހަށް ދިޔައީއާ ސީޓެއް ލިބޭނީ.” އަހަރެން ބުނީމެވެ. އަހަރެންނަކަށް ނޭނގެއެވެ. އަދި މިތާ ލައިބްރަރީއަށްވެސް ނުދަމެވެ. މިޔަދު އައު ތަނެއް ފެންނާނެއެވެ.

   ވަތްގަނޑުގައި ހުރި ބާކީ ފޮތްތަކެއް އެޅުމަށްފަހު އަހަރެން ދަބަސް ކޮމޑުގައި އެޅުމަށްފަހު ހިނގައިގަތީ ފަންސުރު އޮތް ދިމާލަށެވެ. ފަންސުރު ނެގުމަށް ތިރިވުމުގެ ކުރިން ކޮންމެވެސް ކުއްޖަކު އަހަރެންގެ ފަންސުރު ނެގިއެވެ. އޭނާ- ކާކުތަ އޭނާއަށް ކިޔަނީ؟- އަހަރެންނަށް ފަންސުރު ދިއްކުރިއެވެ. “ތެންކިޔު” އަހަރެން ފަންސުރުގައި ހިފަމުން ބުނީމެވެ. އާން، އިމްތިޔާޒް. އޭނާއަށް ކިޔަނީ އިމްތިޔާޒެވެ. އަހަރެން ހިނގައިނ ގަތީމެވެ.

   “ޝެނިން؟” އަހަރެން ހުއްޓުނީމެވެ. އެނބުރުނީމެވެ. މީހުން އަބަދުވެސް އަހަރެން ހިނގައިގަތުމުން ގޮވަނީ ކީއްވެ ހެއްޔެވެ؟ “އެއްޗެއް އެހިޔަސް އެންމެ ރަނގަޅު ހެޔޮތަ؟” އޭނާ އަހަރެން ކައިރީ އެއްސެވެ. އޭނާ އެއްޗެކޭ ވަގުތަކުން ނުބުނެއެވެ. ބުނަން އުނދަގޫ ވެގެން އުޅޭކަންވެސް އެނގެއެވެ. އެހެން ކަމުން އަހަރެން ވާހަކަ ކުރިއަށް ދިޔުމަށްޓަކައި ހިތްވަރު ދިނީމެވެ. “އެންމެ ރަނގަޅުތަ؟ އެކަމު އަހަރެން އަތުގައި ޓެޑީ ބެއަރ އެއް އޮތްތޯ ނާހާތި. ބިކޮޒް އޮވޭ އިނގޭ” އަހަރެން ޖޯކު ޖަހާލީމެވެ. އިމްތިޔާޒު ހިނިގަނޑެއް ޖަހާލިއެވެ.

    އެއީ  ހުރިހާ އަންހެން ކުދިން މޮޔަވާ ކަހަލަ އަޑެކެވެ. ވަރަށް ހިތްގައިމު އަޑެކެވެ. އަހަރެންނަށް އެކަމު އޭނާ ފެނުމުން ހިތް ހަމަ ނުޖެހެއެވެ. އޭނާ ކިތެންމެހާވެސް ރީއްޗެވެ. ނަމަވެސް މައްސައަކީ އެއީއެއް ނޫނެވެ. މައްސަލައަކީ އޭނާ ފެނުމާއި އެކު އަހަރެންނަށް ލިއަމް ސިފަވާތީއެވެ. އެ އިސްކޮޅެވެ. ފިރިހެންވަންތަ ބައިމައްޗެވެ. ހަށިގަނޑެވެ. އަހަރެން ވަގުތުން ބޯ ހޫރާލީމެވެ. ޚިޔާލުތަށް ފިލުވާލާށެވެ.

   “އާމް… އިރަމް އާއި ޝެނިންއާއި އުޅެނީ ރައްޓެހި ވެގެންތަ؟” އޭނާ ހަމަ ސީދާ މައުލޫއަށް ދިޔައެވެ. އަހަރެން ފުރަތަމަވެސް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. “ނޫން! ހަމަ އެކަނި ފްރެންޑްސް!” އަދި. އަހަރެން އެހެންވެސް ބުނަން ބޭނުމެވެ. ނަމަވެސް އިރަމް އެ ހަދާ ގޮތަކުން އަހަރެންނަށް އެއްވެސް ކަހަލަ ޔަގީން ކަމެއް ނެތެވެ.

   “ގުޑް!” އިމްތިޔާޒް ހިނިތުން ވެލަމުން ބުންޏެވެ. މިހާރު އަހަރެންނަށް އޭނާ ބުނަން އުޅޭ އެއްޗެއް އެނގިއްޖެއެވެ. އަހަރެން އަޑުއަހާކަށް ބޭނުމެއް ނޫނެވެ. “ހޭ! މިދަނީ ލައިބްރަރީއަށް އިޒު އިންނާނެ ލަސްވެފަ. އޯކޭ؟” އަހަރެން ބުނި ގޮތަށް ބުނެފައި އަވަހަށް ދުއްވައިގަތީއެވެ. “އޯކޭ..؟” އަހަރެންނަށް ފަހަތުން އޭނާ ބުނި އަޑު އިވުނެވެ. ނަމަވެސް އަހަރެން ފަހަތަކަށް ނޭނބުރެމެވެ.

   ދެވުން އެންމެ އަވަހަކަށް ގޮސް އަހަރެން ލައިބްރަރީއަށް ވަނީއެވެ. ދޮރުކައިރިއަށް ހުއްޓުމަށްފަހު ފުން ނޭވާއެއް ލުމަށްފަހު އަހަރެން ލައިބްރަރީއަށް ވަނީމެވެ. އަރިއެއްގައި ބަހައްޓާފައި ހުރި “ލޮކަރ” ތަކުން އެކައްޗައް އަހަރެންގެ ދަބަސް ލުމަށްފަހު އިޒްނާ ހޯދީމެވެ. އޭނާ ޑެސްކެއް ކައިރީ ފޮތއް ހިފައިން އިނެވެ. އަހަރެންވެސް ލައިބްރަރީ ހޯދަމުން ދިޔައީމެވެ. އަހަރެންގެ ބަލީގެ ނަމެއް ނުވަތަ ބޭސް ތަކުގެ ފޮތެއް ފެނޭތޯއެވެ. ބައޮލޮޖީ ނުކިޔެވުމުން ލިބޭ ގެއްލުމެވެ. ކޮންމެއަކަސް އަހަރެން އެތަން ހޭވިއިރުވެސް ކަމުދާ އެއްޗެއް ނުފެނެނުނެވެ. އެހެން ކަމުން އަހަރެން ގޮސް އިޒްނާ ކައިރީ އިށީނީއެވެ.

    އިޒްނާ އިނީ އިނގިރޭސީ ވާހަކައެއްގެ ތެރޭގައެވެ. “ޑައިވާރޖެންޓް؟ އަހަރެން އަތުގަ އޮންނާނެ ތިން ފޮތްވެސް. އަދި ފުރަތަމަ ފޮތް އެކަނި ކިޔުނީ. މިހާރު ދެވަނަ ފޮތް ފަށާފަ އޮންނާނީ.” އަހަރެން އިޒްނާ ކައިރީ ބުނީމެވެ. އަހަރެންނަށް އޭގެ ފުރަތަމަ ފޮތް ކިޔުން ފަހުން ދެން އިން ދެފޮތް ނިކުތްހެން ގަނެފީމެވެ. އަދި މާރޗު މަހުގައި އޭގެ ފިލްމް ހަދާ ވާހަކަ އެނގުން ފަހުން މައިތިރި ނުވެއެވެ. އިޒްނާ ވަގުތުން ފޮތުން މޫނު ނެގިއެވެ.

   “އިނގޭތަ މި؟” އޭނާ އެހިއެވެ. “ތި މިހާރު އޮތް އެންމެ މަޝްހޫރު ޑިސްޓޯޕިއަން ސީރީޒް ފޮތް. އޮފް ކޯޒް!” އަހަރެން ބުނީމެވެ. “އާން. ދެއްޗެ ދެއަކާއި ތިނަކާ. މިތާކު ނެތް އެއިން އެކައްޗެއްވެސް. މިވެސް މީހެއްގެ އެއްޗެއް.” އިޒްނާ ބުންޏެވެ. “އާން. މާދަން ގެންނާނަން!” އަހަރެން ބުނީމެވެ. ކޮމްފޮއުޓަރެއް ހުސްވީ އެވަގުތުއެވެ. އަހަރެން ތެދުވީމެވެ. “އެބަ އަންނަން އެއްޗެއް ހޯދާލާފަ.” އަހަރެން އެއްޗެއް ހަނދާންވެގެންނެވެ.

    ދެ ޓެބް އަހަރެން ހުޅުވީމެވެ. އެކަތީގައި އަހަރެން ޖެހީމެވެ. ޕީޕަލް ހޫ ކެން ސީ ޑެޑް ޕީޕަލް. މަރުވެފައި ތިބޭ މީހުން ފެންނަ މީހުން. ދެވަނަ ޓެބްގައިވެސް ޖެހީމެވެ. އެންޓި ސައިކޮޓިކް ޑްރަގްސް. އެއަށްފަހު އަހަރެން ދެ ޕޭޖްވެސް ލޯޑުވާންދެން އިނީމެވެ.  ފުރަތަމަ ޕޭޖް ލޯޑު ވުމުން އަހަރެން ބަލާލީމެވެ. ގިނައިން ހުރީ ކޮންމެވެސް ސިކްސްތު ސެންސް ކިޔާ ފިލްމެއްގެ ވާހަކައެވެ. ދެން ގިނައިން ހުރީ މަރުވެފައި ތިބި މީހުން ފެންނަ ކަމަށް މީހުން ސުވާލު ކުރާ ވާހަކަތަކެވެ. ޔާހޫ ކަހަލަ ތަންތާ ކޮށްފައި ހުރި ސުވާލު ތަކެވެ. އެހެން ކަމުން ޞަފަހާ އަކަށްފަހު ޞަފްހާއެއް އަހަރެން އަޅުވަމުން ދިޔައީމެވެ. ރަނގަޅުއެއްޗެއް ފެނުމުގެ އުންމީދުގައެވެ. އަހަރެންނަށް މަރުވެފައިތިބި މީހުން ފެނެއެވެ. މަރުވެފައި ތިބި މީހުން ބަލަންބޭނުން ހެއްޔެވެ؟ އެއިން ލިންކެއްގައި އެހެންވެސް އިނެވެ. އާއެވެ. އަހަރެން މިއުޅެނީ މަރުވެފައި ތިބި މީހުން ނުބެލިގެންނެވެ.

   ގިނަ ސައިޓް ތަކަށްވަންނަން ފެށިވަރަކަށް އަހަރެންގެ ގަބޫލު ކުރެވުން މަޑުމަޑުން ފަނޑުފަނޑުވަމުން ދިޔައެވެ. ހަވަނަ ހިއްސު؟ އެއް ތަނެއްގައި އެހެންވެސް އިނެވެ. އެންމެފަހުން އަހަރެން ނިންމާލަން އުޅެނިކޮށް ކަމުދާ ތާކަށް ވަދެވުނެވެ. އަހަރެންގެ ޒލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ސަބަބެވެ. މަރުވެފައިތިބޭ މީހުން ފެންނަން ދިމާވާ ސަބަބެވެ.

    އަހަރެން ކިޔަން ފެށީމެވެ. ސީއިންގ ޑެޑް ޕީޕަލް، މަޗް ރިފާރޑް އެޒް ސިކްސްތު ސެންސް އިޒް ޑިއު ޓު ދަ ސެންސިވިޓީ އޮފް ދެއަރ އައިޒް. ބުނެވޭ ގޮތުގައި ހަމަ މިވީ ހަވަނަ ހިއްސެވެ. އެމީހުން- އަހަރެމެންގެ ލޯ ނާޒުކީއެވެ. ދެންވެސް އަހަރެން ކިޔަމުން ދިޔައީމެވެ. އެހެންމީހުންގެ ލޮލަށް ފުރޭނި އިންނައިރު އަހަރެމެންގެ ލޮލުގައި އެ ފުރޭނިއެއް ނުހުރެއެވެ. އެހެން ކަމުން އާންމުންނަށް ނުފެންނަ އެއްޗެހި އެމީހުން- އަހަރެމެންނަށް ފެނެއެވެ. ކޮންމެވެސް ގޮތަކުން އޭއްޗެހި ހަމަޖެހޭހެން އަހަރެންނަށް ހީވަނީ ކީއްވެ ހެއްޔެވެ؟ އެއްޗެއް ގަބޫލު ކުރަން އަހަރެން ހަމަ އެހާ ބޮޑަށް އަހަރެން ބޭނުން ހެއްޔެވެ؟ ޖަވާބު: އާއެކެވެ.

   އަހަރެން އެއްޗެހިތަށް ހުރި ގޮތަށް ބަހައްޓާފައި ތެދުވީ ‘ލޮކަރ’ ކައިރިއަށް ނޯޓު ފޮތެއް ނެގުމަށް ދިޔުމަށެވެ. އަވަސް އަވަހަށް އަހަރެން ލޮކަރ އަށް ޖަހާފައި އިން ތަޅުދަނޑި އަނބުރާލީމެވެ. އާއެކެވެ. އަހަރެމެންނަށް ކޮންމެހެން ތަޅުދަނޑި ތަޅުން ނެގުމުގެ ބޭނުމެއް ނޫނެވެ. އެހެން ކަމުން އަހަރެން، އެހެން އެންމެންހެން ދިޔައީ ތަޅުގައި ތަޅުދަނޑި ބައިންދާފައެވެ.

   ތަޅުދަނޑި އަނބުރާލުމާއި އެކު ދަގަނޑު އަޑެއް ކިޔުމަށްފަހު ދޮރު ހުޅުވުނެވެ. ހުޅުވުމާއިއެކު ވެއްޓުނީ ފޮތެކެވެ. އަހަރެން ނެގީމެވެ. ބޮޑުއަކުރުން ފުސްކޮށް އަހަރެންނަށް ބަލަން އިނީ އިނގިރޭސި ބަހެކެވެ. ނެކްރޮމެންސީ. އަހަރެން ހަމަ ބަލަން ހުރީއެވެ. ދެން އެކި ދިމަ ދިމާލަށް ބެލީމެވެ. މިފޮތް މިތަނަށް އަންނަން ދިމާވި ސަބަބަކީ ކޮބައިތޯ ބެލުމެވެ. ނަމަވެސް އާދައިން ބޭރުގެ އެއްވެސް ކަމެއް އަހަރެންނަކަށް އަހަރެންނަކަށް ނުފެނުނެވެ. ނެކްރޮމެންސީ. މިހެން ކިޔާ ފޮތެއް އަހަރެންނަށް ދޭނީ ކާކު ހެއްޔެވެ؟ އެހެން ނޫނަސް އެއީ ކޯއްޗެއް ހެއްޔެވެ؟ އިތުރު އެކައްޗެއްވެސް ބަނޑައެރި އަކު ނެތެވެ. އަހަރެން ފޮތުގެ ދެފަރާތް ބެލީމެވެ. ނެތެވެ. ހަމައެކައްޗެއްވެސް ނެތެވެ.

    ބާ ފޮތެކެވެ. މޮޔައަކަށްވެސް އެކަން އެނގޭނެއެވެ. ނަމަވެސް ނޭނގެނީ މިއަންނަންވި ސަބަބެވެ. ފޮތުގެ ގަނޑުތައް އުކާލީމެވެ. ގަނޑުގެ ކުލަތައް ހުރީ ރަތްވެފައެވެ. ހުރިހާ ގަނޑެއްގައި ހުރީވެސް އަތުން ލިޔެފައެވެ. ވަރަށް ބޯ ފޮތެކެވެ. ކުރެހުންވެސް ދޭތެރެ ދޭތެރޭ ހުއްޓެވެ. އަހަރެން ފުރަތަމަ ޞަފްހާ ހުޅުވާލީމެވެ. ލިޔެފައިވާ ފުރަތަމަ ގަނޑެވެ.

    ނެކްރޮމެންސީ، މެތަޑް އޮފް ކޮމިއުނިކޭޓިން ވިތް ދަ ޑެޑް. އަހަރެންނަށް އެ ޖުމްލައިގައިވާ އެއްޗެއް ނަގައިގަނެވުނީ މާ ފަހުންނެވެ. މަރުވެފައިވެފައިވާ އެއްޗެހިންނާއި މުއާސަލާތު ކުރުމަށް ކިޔަނީ ނެކްރޮމެންސީއެވެ. އަހަރެން އިތުރަށް ކިޔަން ބޭނުންވިއެވެ. ނަމަވެސް އިޒު ތެދުވެގެން އަހަރެންނާއި ދިމާލަށް އަންނަތަން ފެނުނީ އެވަގުތެވެ. އެހެން ކަމުން ދަބަސް ނަގަމުން އަވަހަށް އެއަށް އަހަރެން އެފޮތް ލީމެވެ. ޖަވާބު ނުދެވޭނެ ސުވާލު ތަކެއް ކޮށްފާނެތީއެވެ.

    “އަޑު ކިޔާއެބަ ބަނޑުން. ހިނގާބަ ކާންދާން!” އިޒްނާ އަހަރެންނާ އޭނާގެ ދަބަސް ނަގަމުން ބުންޏެވެ. “ކޭ. އެކަމު މިތާކުން ނޫން. މަށަކަށް ކަމަކު ނުދޭ މިތަނު ކެންޓީންގެ “ހެދިކާ” އެއް.” ފަހަތުބައި އަތުން ކޮމާކޯޅި ހަދާލަމުން އަހަރެން ބުނީމެވެ. “ބާރގާރ ޕޮއިންޓަށް.” އަހަރެން ބުނީމެވެ. “އޭ މަ ނުގެންނަން އެހާ ބޮޑުކޮށެއް.” އިޒްނާ ދަބަހުގެ ޒިބު ދެކޮޅަށް ދުއްވަމުން ބުންޏެވެ. “މަ ދޯ ބުނީ. މަ ޓްރީޓް.” އަހަރެން ބުނީމެވެ.

    މަގުމައްޗައް ނުކުމެވުމާއި އެކު ރެސްޓޯރަންޓަށް ދެވެންދެން އިޒްނާ، އަލަށް ފައްޓައިން އުޅޭ ޑްރާމާއެއްގެ ވާހަކަ ދެއްކިއެވެ. އަހަރެންވެސް ބައިވެރި ވީމެވެ. އަހަރެން ދުވަހަކުވެސް ބެލި ސީރީޒްއެއް ނޫނެވެ. އެހެނަސް އަހަރެންނަށް ކޮންމެހެން އިނގޭކަށް ނުޖެހެއެވެ. ހުރިހާ ވާހާކައެއް ދައްކަނީ އިޒްނާއެވެ. ވަތް އިރުވެސް އިޒްނާ ހަމަ ވާހަކަ ދައްކަމުން ދިޔައެވެ. ސީރީޒްގެ ނަން މިހާރު އަހަރެން ހަނދާން ނެތިއްޖެއެވެ. އާން، ރެއިން. އެ ސީރީޒްއަށް ކިޔަނީ ރެއިން އެވެ.

   އަހަރެމެން ދެމީހުން އެރީމައްޗަށެވެ. ހުސްކޮށް އިން މޭޒެއްގައި ދެމީހުން އިށީނުމުން ވެއިޓަރެއް އައިސް އަހަރެމެންގެ އޯޑަރު ނެގިއއެވެ. އަހަރެން ގޮނޑިއަށް ހެޔޮވަރުވެލީމެވެ. އެވަގުތު ކައިރީ އޮތް ނޫހެއް އިޒްނާ ބަލަންފަށައިފިއެވެ. ކުރިން ތިބި ބަޔަކު ގެނަ އެއްޗެކަށް ވެދާނެއެވެ. ހަނދާން ނެތިގެން ބާއްވާފައި ދިޔައީ ކަންނޭންގެއެވެ.

   “ފައިނަލީ!” އިރުކޮޅަކު ގަނޑުތަށް ތެޅުވުމަށްފަހު އިޒްނާ ބުންޏެވެ. އަހަރެން ހީކުރީ ކޮންމެވެސް ފިލްމެއްގެ ވާހަކައެއް ފެނުނީ ކަމަށެވެ. “ވަޓް؟” އަހަރެން އެހީމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އިޒްނާ ދެއްކީ އޭނާ ބަލަން އިން ގަނޑަށެވެ. އަހަރެންނަކަށް ވަކި ހާއްސަ…………. ކަނެއްގައި އިން ތަސްވީރު ލޮލުގައި އަޅައިގަތީ ދެނެވެ. ހީވީ މޫނުމަތީ މީހަކު އެތިފަހަރަކުން އަޅުވާލިހެންނެވެ. އެއީ އަހަރެންނަށް ފެންނަ އަންހެން ކުއްޖައެވެ. އަހަރެމެންގެ ސްކޫލް ޔުނީފޯރމް ލައިން ހުންނަ ކުއްޖައެވެ. ނަމަވެސް އަހަރެން ތެދުމޫނެއް ދެއްކޭތޯ ބެލީމެވެ.

   “މީނަ ކިހިނެއްވީތަ؟” އަހަރެންނަށް ނޭނގޭ ކަމަށް ހަދާފައި އެހީމެވެ. އަހަރެންނަށް ޖަވާބު އެނގޭހެން ހީވެއެވެ. ނަމަވެސް އޭރުން ވާނީ އަހަރެންނަށް މީހުން މިފެންނަނީ ބަލިން ނޫން ކަމެވެ. އަހަރެން އެކަމެއް ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. “މިއީ އަލީޝާ.” އޭނާއަށް އިނގިލި ދިއްކުރަމުން އިޒްނާ ބުންޏެވެ. “ލާސްޓް ސެމްގެ މެދު ތެރޭގައި މީނަ ހަމަ ޓަސްލާފަ ގެއްލުނީ. އެއް ދުވަހު ސްކޫލުން ގެއަށް ނުދިޔައީ. އެހެން ކުދިން ކިޔަނީ. ކުދިން ކިޔާ އޭނާ މަރުވީއޭވެސް. އެކަމު އަހަރެން މިހުންނަނީ ޕޮލިހުން ޚަބަރެއް ދެންދެން ގަބޫލު ކުރާނެ އެއްޗެއް ނޭނގިފަ.” އިޒްނާ ބުންޏެވެ. އަހަރެން ބޯ ހަލުވަ ހަލުވާ އިނީއެވެ. ވާނުވާ އެނގެތީއެއް ނޫނެވެ. އަހަރެން ސިކުނޑީގެ ކަށިތަށް ހިންގަން ވަގުތު ދޭން ވެގެންނެވެ.

   މާއިރު ތަކެއް ނުވެ ކާއެއްޗެހި އައިއްސިއެވެ. އަހަރެން ކާހިތް ކެނޑިއްޖެއެވެ. ނަމަވެސް ގަދަކަމުން އަހަރެން އަނގައަށް ކާއެއްޗެހި އެޅީ އިޒްނާއަށް އެއްޗެއް ޝައްކު ވެދާނެތީއެވެ. ނަމަވެސް ގިނަ އިރެއްގެ އިންތިޒާރަކަށް ފަހު އަހަރެންނަށް ކައި ހުސް ކުރެވުނެވެ. އެއަށްފަހު މާ ގިނަ އިރެއް ނުވެ ގެއަށް އާދެވިއްޖެއެވެ. އާދެވުމާއެކު އަހަރެން ދުވެފައި ކޮޓަރިއަށެވެ. ވަގުތުން އަހަރެން ދަބަސް ހާވާލީމެވެ. ފޮތް ނެގުމަށްފަހު އެއްޗެހި ބަދަލު ނުކޮށް އަހަރެން އެ ކިޔަން ފެށީމެވެ. އެންމެ ފުރަތަމަވެސް އަހަރެން ބެލީ އެއިން އެއްޗެއް ގެނެވޭ ކަހަލަ ގޮތެއް އިންތޯއެވެ. ނަސީބު އަހަރެންނާއި އެއްބައެވެ. އަހަރެން އެ ޞަފްހާ ކިޔަން ފެށީމެވެ.

    ފޮތުގައި ބުނެފައިވާ ގޮތުން ވަރަށް ފަސޭހައެވެ. ކުރަން ޖެހޭ ހަމައެކަނި ކަމަކީ ހިތުން އެމީހަކަށް ގޮވުމެވެ. އެއަށްފަހު އެމީހަކު ހިތުން ތަސްވީރު ކުރުމެވެ. ބުނަން ފަސޭހައެވެ. ނަމަވެސް ކުރަން އުނދަގުލެވެ. އަހަރެން ބިރުގަތެވެ. ނަމަވެސް ބިރު ފަހަތައް ޖައްސާލަމުން އެ ކުއްޖާ ވިސްނަން ފެށީމެވެ. ސިކުނޑީގައި އޭނާގެ ތަސްވީރު ކުރުހާލީމެވެ. އަލީޝާ. އަލީޝާ. އަލީޝާ.. އަހަރެން ތަސްބީހައެއްހެން ކިޔަމުން ދިޔައީމެވެ.

    “ދިސް އިޒް ރިޑިކިއުލަސް.” އަހަރެން ލޯ ހުޅުވާލަމުން އަމިއްލައަށް ބުނީމެވެ. އެ މަސައްކަތް ކުރާނެ ކަމަށް ހީކުރީ ކީއްވެ ހެއްޔެވެ؟ ފޮތް ގޯހީ ކަންނޭނގެއެވެ. ނޫނީ އަހަރެންނަށް އެއްވެސް ޖިންނިއެއް، ރޫހެއް ނުފެންނަނީ ކަންނޭނގެއެވެ. އެއީ ހަމަ ހިތުގެ ޝައްކު ތަކެއް ކަންނޭނގެއެވެ. އަހަރެން އެންމެ ފަހުން އެނދުން ތެދުވެ ފާހާނަ އާއި ދިމާލަށް ހިނގައިގަތީމެވެ.

    ހިފުނީ ތަޅުގައެވެ. ވަގުތުން ގަނޑުވީއެވެ. އިވުނީ- އިވުންހެން ހީވީ ވައި އަޑެކެވެ. ވަގުތުން އަހަރެން އެނބުރުނީމެވެ. ހަޅޭލަވައި ގަނެވުނީހެވެ. އަނގައިގައި އަތް ނޭޅިނަމައެވެ. އަހަރެންނާއި ނޭފަތާއި ނޭފަތް ޖެހޭހާ ކައިރީ އެހުރީ އޭނާއެވެ. މަރުވެފައިވާ އެލީޝާއެވެ.

(ނުނިމެ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ފިކްޝަން

Share Article

Follow Me Written By

Jaishan

Level 110 Stories

Other Articles

Previous

އުއްމީދު ފެނަށް ވިޔަސް (1ވަނަ ބައި)

Next

ތިޔައީއެ މި ހިތުގެ ވިންދަކީ !!!!!

Next
January 18, 2014

ތިޔައީއެ މި ހިތުގެ ވިންދަކީ !!!!!

Previews
January 16, 2014

އުއްމީދު ފެނަށް ވިޔަސް (1ވަނަ ބައި)

7 Comments!

  1. އަހަރެން says:
    January 18, 2014 at 9:03 pm

    ޝެނިން ޖެހޭނެ ވަރަށް ބޭޑް އޭސް ވާން.. D:

  2. Coast guard says:
    January 20, 2014 at 11:32 am

    Haasarubondi

  3. ނީނީ says:
    January 20, 2014 at 2:25 pm

    ވިވާކައިން ވާނުވާއެގޭނީ ކޮށް އިރަކުންތަ

  4. maw says:
    January 28, 2014 at 11:13 pm

    kon irakun next part up koh kuranyyyy??? avahah up koh dhyba… pullleeeeeez

    1. Jaishan says:
      January 29, 2014 at 3:04 pm

      އަޅުގަނޑު ހީކުރީ އެއްވެސް ބޭފުޅަކަށް ވާހަކަ ކަމު ނުދަނީ ކަމަށް

      ކޮންމެ ވާހަކަ އަކު ކޯސްޓް ގާރޑްގެ އެއް ކޮމެންޓެއް އިންނާތީވެ… އަޅުގަނޑު ހީ ކުރީ ދެން ވާހަކަ ކިޔަން ބޭނުން ނުވާ ކަމަށް.. އެހެންވެ އަދި އަޕް ނުކޮށް އެހުރީ. އައު ބައި އަޕް ކުރަންވީތޯ؟

  5. maw says:
    January 29, 2014 at 7:30 pm

    yes, aslu mikahala vaahaka kiyaa kudhinnah ingeyy nee mi vaahaka iga vaagoiy.. i love these type of stories alhe up koh dhyba tonite ga

  6. yax says:
    December 9, 2016 at 11:33 am

    are you really that bad at maths???
    is it that much boring?????:)-

Comments are closed.

Next Episodeހަތިޔާރު (ހަވަނަބައިގެ 2)←


All Right Reserved!