ހަތިޔާރު (ފަސްވަނަބައިގެ 2)
އިރަމް
އަހަރެންނަށް ޝެނިން ސިކުނޑިން ފޮހެލެވޭ ގޮތެއް ނޫނެވެ. އޭނާ ހުރި ގޮތް ހަނދާނުން ފިލަނީއެއް ނޫނެވެ. އަހަރެން ދޮން ދިން ކޮލުގައި އޭނާ އަތް އަޅައިން ހުރި އިރު އަހަރެން ގާތަށް ވަރަށް ހިނިއައެވެ. ނަމަވެސް ހިނިތުންވުން ގެއްލުނީ ގެއަށް ވަދެވުން އިރުއެވެ. އަހަރެންގޭގެ ދޮރާއި ހަމައަށް އެރިއިރު ފުލުހުން ދޮރުކައިރީ އުޅެއެވެ.
ހިތް ތިން ގުނައަށް ބާރު ވިކަހަލައެވެ. އަހަރެން ގެއަށް އަވަހަށް ވަނީމެވެ. އޭރު ފުލުހުން ތަކެއް ސުވާލު ކުރަނީއެވެ. އަހަރެންގެ މަންމަ އެހުރިހާ މީހުންގެ މެދުގައި ހުއްޓެވެ. އަހަރެން ފެނުމާއި އެކު މަންމަ ދުވަމުން އައެވެ. އަހަރެންގައިގައި އޮޅުލައި ގަތުމަށްފަހު ގިސްލަންފެއްޓެވެ. “ދަރިފުޅާ!” މަންމަ އަނެއްކާވެސް ފެށީ ރޯށެވެ. ފުލުހެއް އައިސް އަހަރެމެންގެ ކުރިމަތީ ހުއްޓުނީ އެވަގުތުއެވެ.
“ކިހިނެއްތޯ ވީ ކޮންމެވެސް މީހަކު ބުނެފާނަން ތަ؟” އަހަރެން މިހާރު ރުޅި އަންނަން ފަށައިފިއެވެ. ބިރުންނެވެ. “މަޢާފް ކުރައްވާ. ފާތިމަތު އީމާން ވަނީ މީގެ ބައި ގަޑިއިރު ސުސައިޑް ކޮށްފައި!” އޭނާ އަތުގައި އޮތް ފައިލް ބަލަމުން ބުންޏެވެ. އަހަރެން އަތައް ގަނޑެއް ދެމުންނެވެ. އަހަރެންނަށް ގަނޑަށްވެސް ބަލާ ނުލެވެއެވެ. އަހަރެންގެ ފައިދަށުގައި އޮތް ތަޅުންގަނޑު ކައްސާހެން ހީވިއެވެ. ނޫނީ އެއީ އަހަރެންގެ ފައި ހެއްޔެވެ؟ ފައިގެ ކަށިތައް ޖެލީއަށް ވިކަހަލައެވެ. މަޑުމަޑުން ފައިން ވާގި ދޫވާން ފެއްޓެވެ. ކައިރި ވަށައިން އިވެމުންދިޔަ އަޑުތައް މަޑުމަޑުން ފަނޑުވަމުން ދިޔައެވެ. ނަމަވެސް އަހަރެން މިހުރީ ރޯންވެސް ނޭނގިފައެވެ. އެކައްޗެއްވެސް އިޙްސާސެއް ނުވެއެވެ. އެއީ އެކަހަލަ އިޙްސާސެވެ. ގިނަ އިރު ގަނޑު އެއްޗެއްގައި އަތްލައިން ހުންނަ އިރަށް ގޮތެއް ވޭނުން ހެއްޔެވެ؟ އަހަރެންނަށް ވެފައިވަނީ އެހެނެވެ. ނަމަވެސް މުޅި ހަށިގަނޑެވެ. ހުރިހާ ހިއްސުތަކެކެވެ.
********* ********* ****************
އަމިއްލަ ހިޔާލުން ކުއްލިއަކަށް ނުކުމެވުނީ ފޯނުން އަޑެއް އިވުނީމައެވެ. އަހަރެންނަށް އަމިއްލައަށް ވިސްނުމެއް ނުލާ ފޯނު ހުޅުވިއްޖެއެވެ. ސޮރީ ލަސްވީމަ! ކޯއްޗެއް ތިކަނީ؟ ޝެނިންއަށްވެސް ވާވަރަށް ބަހައްޓާތި. އައީ ޝެނިންގެ މެސެޖެކެވެ. އަހަރެންނަށް ހިނިތުން ވެވެނީއެވެ. އަހަރެން ކިހާ ގޯސް ހެއްޔެވެ؟ ޖެހިގެން އިން ކޮޓަރިން މަންމަ ރޮނީއެވެ. އެކަމުވެސް އަހަރެން ހެނީއެވެ.
އަހަރެން ޝެނިން ނަމްބަރު ޖެހުމަށްފަހު ގުޅީމެވެ. އާއެކެވެ. އަހަރެން އެހާ އަވަހަށް އޭނާ ނަމްބަރު ހިތު ދަސްކުރީއެވެ. “ހަލޯ؟” އެކޮޅުން ސުވާލު ކުރިއެވެ. “ސޯ، އަދި ނުކަން ދޯ. އިރަމް ކައި ނިމުނީ ހަމަ މި.” އަހަރެން ކޮޓަރިއާއި ދިމާލަށް ދަމުން ބުނީމެވެ. “ދެން ކޯއްޗެއްތަ ހުރީ؟” ކެތތްމަދު ޝެނިންއެއް އެއްސެވެ. “ރިހަ އާއި ރޮށްޓާ!” އަހަރެން ބުނީމެވެ.
“އޫ… ކޮން ކަހަލަ ރިހައެއް؟” ޝެނިން އެއްސެވެ. “ބަރަބޯ ރިހަ މަންމާ…” އަހަރެން ރުޅި އަރުވާލަމުން ބުނީމެވެ. “ޝެނިންއަށް ވަރަށް މީރު.” އަހަރެންނަށް އެނދުގައި ޖައްސާލެވުނީ ޝެނިން އެހެން ބުނި އިރަށެވެ. “އަންނަން ވީނުން” އަހަރެން ބުނީމެވެ. އަހަރެންގެ އެނދުގައި ހުރީ ކަރުދާހެވެ. އެކި އެއްޗެއްސެވެ. އޮށޯވެ އޮވެ އެކަތިން އެކަތިން ނަމަވެސް ނަގަމުން ދިޔައީ ލެވޭ ތަނެއް ނުބަލައެވެ. ހިތުން މި ބަހައްޓަނީ އެނދުކައިރީ އިން ނައިޓްސްޓޭންޑް ކައިރީއެވެ.
އަހަރެންގެ ނަޒަރު ވަގުތުން އެޅުނީ ކޮއްކޮ ލިޔެފައިވާ ސުސައިޑް ނޯޓެވެ. އާއެކެވެ. އަހަރެން އަތުގައި އަދިވެސް އޭތި އޮތެވެ. އަހަރެން ހައިރާންވި ތަންކޮޅަކީ އަހަރެންގެ ކޮޓަރީގައި އިންމި އެސިޓީ ބޭއްވީމައެވެ. ފުލުހުންނަށް އެސިޓީއެއް ނުދައްކަމެވެ. ކޮންމެ ކަމެއްގައިވެސް ސަބަބެއް އޮންނާނެއެވެ. އިންމި އަހަރެން ކޮޓަރީ ސިޓީ ބޭއްވުމުގައިވެސް ސިއްރެއް އޮންނާނެއެވެ.
އީމާން އަހަރެންގެ ކޮޓަރީގައި ސިޓީ ބޭއްވުމުގެ ސަބަބަށް އަހަރެން މިހާރު މިބަލަނީއެވެ. އެ ކުޑަ މޭޒުމަތީ ބަހައްޓާފައި އިން ފެން ތަށި ތެރެއަށް އެ ސިޓީގެ ތަންކޮޅެއް އަޅައިގަނެފައި އިނެވެ. ފެނުގައި ޖެހިފައި އިންބައި އިނީ ފޮޅިފައެވެ. ގަނޑު ދެގަނޑަށް ބަދަލު ވާން ފަށާފައެވެ. “ޝެނިން. ފަހުން ގުޅަންތަ؟ ކަމެއް ޖެހިއްޖެ.” އަހަރެން އަވަސް އަވަހަށް ބުނީމެވެ. އަދި ޝެނިން އެއްޗެކެ ބުނުމުގެ ކުރިން ފޯނު ކަނޑާލައިފީމެވެ.
ވަގުތުން އެ ގަނޑު ނެގުމަށްފަހު އަހަރެން ފާހާނައަށް ވަދެ މޫނު ދޮންނަ ތަށްޓައް ފެން އަރާ ފުރާލީމެވެ. އަތުގައި އޮތް ގަނޑު ފުރިފައި ހުރި ފެން އެތި ތެރެއަށް ލީމެވެ. އަހަރެންނަށް ފެނުން މަންޒަރު ވަރަށްވެސް ހައިރާން ކުރުވަނިއެވެ. އެ ގަނޑު އަހަރެން ބަލަން ހުއްޓާ ފޮޅެމުން ގޮސް ދެގަނޑަށް ވަކިވިއެވެ. އަހަރެން ދެ ގަނޑުވެސް ނެގީމެވެ. އެކަތީގައި އޮތީ އަހަރެން އެއްހާހަށްވުރެވެސް ގިނަ ފަހަރު ބަލާފައި އޮތް ސިޓީއެވެ. ނަމަވެސް ދެން އޮތް ގަނޑުގައި އޮތީ…………. ހަމަ ސިޓީއެކެވެ.
ދޮންބެ މި ސިޓީ ކިޔަންޏާ ދެނެއް އިންމިއެއް ނުފެންނާނެ. ސޮރީ. މިހާރު އެމީހުން އިންމި ފަހަތުން އުޅޭތާ ވަރަށް ދުވަސް ވެއްޖެ. އެކަމު މިފަހަރު މިއީ ފަހު ފަހަރު ކަންނޭނގެ. އެމީހުންނަށް މިހާރު އިންމި މިއީ ކާކުކަން އެނގިއްޖެ. އިންމި އަތަކު މިހާރު މާ ގިނަ ވަގުތެއް ނެތް. އިންމި އަށް އެނގޭ ދޮންބެއަކީ ކޯއްޗެއްކަން ވެސް. އެކަކު ދައްކާ ވާހަކައަކަށްވެސް އިތުބާރު ނުކުރާތި. އެކަކުވެސް.
މަންމަ ކައިރީ ބުނާތި ވަރަށް ބޮޑަށް ސޮރީއޭ.. ދެމީހުންދެކެވެސް ވަރަށް ލޯބިވޭ.
ސިޓީގައި އިން އެއްޗެއް ފެނިފައި އަހަރެންނަށް އުފެދުނީ އިތުރު ސުވާލު ތަކެކެވެ. ކޮން ބައެއްހެއްޔެވެ؟ އީމާން އަނެއްކާ ކަމެއް ކުރީ ބާއެވެ. ބަޔަކު އޭނާ ފަހަތުން އުޅުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ރުޅި ގަދަވީ އިންތިހާއަށެވެ. އެހެންވީމާ އޭނަގެ މަރުގައި އެ ބުނި ބައެއްގެ އަތެއް އެބައޮތް ހެއްޔެވެ؟
އައި ރުޅީގައި އަހަރެން ދިޔަ ގޮތަށް ގޮސް ވަނީ އީމާންގެ ކޮޓަރިއަށެވެ. މަންމަ މިހާ ބޮޑު ތަނެއް ގަތީ ކީއް ކުރަންބާއެވެ. ބާ ގެގަނޑެކެވެ. އަގު ހެޔޮ ވީމައެވެ. ހަމަ ކޮންމެ ވަގުތަކުވެސް ވެއްޓިދާނެހެން ހީވަނީއެވެ. އީމާންގެ ކޮޓަރި އަހަރެން ހާވަން ފެށީމެވެ. މަންމައަށް އީމާން މަރުވުމަށްފަހު ހަމަ އެއްގޮތަކަށްވެސް މި ކޮޓަރިއަށް ނުވަދެވެއެވެ. އެއަށްވުރެ އެކޮޓަރީގައި ހަނދާންތަށް ގިނައެވެ. އަހަރެން މުޅި ކޮޓަރި ހާވަން ފަށައިފީމެވެ.
މުޅި ކޮޓަރި އެފުށް މިފުށަށް ޖެހި އިރުވެސް އަހަރެންނަށް ރޯގާ ފިޔަވާ އެހެން އެއްޗެއް ނުލިބެއެވެ. ހަމަ ކިނބިހި ޖެހެނީއެވެ. ފޮތް ފޮށިތަށް ހޭވީމައެވެ. އީމާން ދުވަހަކުވެސް އެއްވެސް ފޮތެއް އެއްލައެއް ނުލާނެއެވެ. އެހެން މީހުން އެއްކުރަނީ ބޮލި، ސްޓޭމްޕް ކަހަލަ އެއްޗެއްސެވެ. އީމާން އެއްކުރާނީ ފޮތެވެ. އަހަރެން ގާތައް އައި ރުޅީގައި އަތު ޖެހޭ ހިސާބުގައި ހުރި ފޮތް ފޮށިގަނޑެއްގައި ފައިގައި ހުރި ބާރެއް ލުމަށްފަހު ޖެހީއެވެ.
ފޮށި ދިޔައީ ފުރޮޅެމުންނެވެ. ގޮސް ފާރުގައި ޖެހުނެވެ. އޭގައިވެސް ހުރީ ހުސް ފޮތެވެ. ހުރިހާ އެއްޗެއް ދިޔައީ ބުރައިންނެވެ. އަހަރެން އެނދަށް ޖެހިގަތީމެވެ. ނަމަވެސް ބާލީސް މާބޮޑަށް ހަރީއެވެ. އަހަރެން ވަގުތުން ބާލީސް އުރައަށް އަތް ލުމަށްފަހު އެހާވާލީމެވެ. ޓަޑާ! ފޮތެކެވެ. ހައިބްރިޑްސް؟
ފޮތުގައި ހުރި އެއްޗެއް ބެލުމުގެ ކުރިން އަހަރެންގެ މަންމަ އައިސް ކޮޓަރިއަށް ވަނެވެ. އަހަރެން އިން ހިސާބުންވެސް މަންމަގެ ލޯ ރަތްވެފައި ހުރިކަން އެނގެއެވެ. އެއްޗެކޭ ނުބުނެ މަންމަ އައިސް އަހަރެން ކައިރީ އެނދުގައި އިށީނދެއްޖެއެވެ. އަހަރެންވެސް ފޮތް ފޮރުވަމުން ތެދުވީމެވެ.
“ދަރިފުޅު ބުނި މަސައްކަތް ކުރެވިއްޖެ ތަ؟ މަންމަ ބޭނުމީ ވީހާވެސް އަވަހަކަށް މިގޭން ދާން!” އެހެން ބުނި ގޮތައް ކޮޓަރިން މަންމަ ނުކުތީ އަހަރެން އެއްޗެކޭ ވެސް ބުނަން ފުރުސަތު ނުދީއެވެ. އަހަރެންނަށް މަންމަ ބުނި އެއްޗެއް ނަގައި ގަނެވުނީވެސް ވަރަށް ފަހުންނެވެ. މަންމަ އެ ދެއްކީ އަހަރެންގެ “ވަޒީފާގެ” ވާހަކައެވެ. އަހަރެން މިހާރު ކޮންމެ ގޮތެއް ވިޔަސް އަހަރެންނާއި ހަވާލު ކުރެވިފައިވާ މަސައްކަތް ނިންމަން ވެއްޖެއެވެ.
ފޮތް ހިފައިން ކޮޓަރިއަށް ދިޔަ ގޮތަށް އަހަރެން އެ ފޮތް ހާވަން ފެށީއެވެ. ކޮންމެ ދޭތެރެއަކުން އަހަރެންނަށް ހަމަ އެކައްޗެއް ފެންނަނީއެވެ. ނިޝާނެކެވެ. އޭގައި ފަހުން ކުރުހާފައި ހުރި ނިޝާނެކެވެ. ބައިވަރު ޞަފްހާ ތަކުގައި އެ ނިޝާން ކުރުހިފައި ވެއެވެ. އެ ނިޝަން ކޮންމެވެސް ތާކުން ދުށީމެވެ. އަހަރެން ހަނދާނަށް ނާންނަނީ ކޮން ތާކުން ކަމެވެ.
ދެން ކިޔަން ފެށީމެވެ. ފުރަތަމަ ފެށުމެވެ. އިންޓްރޮޑަކްޝަންގެ ދަށުގައި އޮތް ބައެވެ. އަ ހައިބްރިޑް އިޒް ވެން ސަމްވަން ހޭޒް ދަ ކޮމްބިނޭޝަން އޮފް ޕަވާރސް އޮފް ޓެލެކިނީސިސް، ޓެލެޕެތިކް، ސުޕަރ ސްޕީޑް، ސްޓްރެންތް، ހީލިން. މާނައަކީ ހުރިހާ ބާރުތަކެއް އެކަކުގެ ގައިގައި ހުރުމެވެ. ބާރަށް ދުވުމާއި، ވަރުގަދަ ވުމާއި، އަވަހަށް ހަލާކުވެފައި ހުންނަ ތަންތަން ރަނގަޅު ވުމެވެ. އަދި އިތުރުން މީހުން ވިސްނާ އެއްޗެހި އަޑުއިވުން (ޓެލެޕެތިކް) އަދި އަތް ނުލާ އެއްޗެހި އުފުއްލާ ހެދުން (ތެލެކިނީސިސް) އެވެ.
އަހަރެން ގައިގައި އެ ފަސް ބާރުގެ ތެރެއިން ތިން ބާރު އެބަހުއްޓެވެ. އެހެންވީއްޔާ އަހަރެން މިއީ ކޯއްޗެއް ހެއްޔެވެ؟ ހާފް ހައިބްރިޑް؟ އެއަށް ފަހު ދެން ހުރީ އެ ކޮންމެ ބާރުތަކެއްގެ އިތުރު މަޢުލޫމާތެވެ. ބޮޑަށް ބަޔާން ކޮށްދީފައެވެ. އަހަރެން ކިޔަން ފެށީމެވެ.
***********************************************************
“ސޯ. މީހަކުގެ ޕޭރެންޓްގެ ޑީޓެއިލް ހޯދަންޏާ ހަދާނީ ކިހިނެއް؟” އަހަރެން އިހްސާން ކައިރީ އެހީމެވެ. ސްކޫލުގައި ކަމެއް ހިނގަންޏާ އަދި ސްކޫލްގެ ކޮންމެ ކަމެއް ވިޔަސް ވާނީ އިހްސާނަށް އެނގިފައެވެ. “ކީއްކުރަން؟” އިހްސާން އެއްސެވެ. އަހަރެން މި ޕްރިފެކްޓުން ދެކެ ފޫހި ވަނީ އެހެންވެއެވެ. އެހާ ވިސްނުން ތޫނު އިރު ކަމާއި ނުބެހޭ ސުވާލު ކުރާތީއެވެ. އަދި އަމުދުން ސުވާލަށް ޖަވާބު ސުވާލުން ދޭތީއެވެ.
“ބުނެބަލަ. ފަހުން ބުނާނަން.” އަހަރެން އަވަހަށް ބުނީމެވެ. އޭނާ އިރުކޮޅަކު އަހަރެންނަށް ބަލަން އިނދެފައި އަހަރެން އިތުރު ޖަވާބެއް ނުދޭނެކަން އިނގުމުން ފުން ނޭވާއެއް ލިއެވެ.. ބޯ ހޫރާލީއެވެ. “ކޮންމެ ކްލާސް ޓީޗަރެއް އަތުގައި އޮންނާނެ ސްޓޫޑެންޓް ރިކޯރޑް ފައިލެއް. އޭގައި ހުންނާނެ ހުރިހާ އިންފޮ އެއް” އެންމެ ފަހުން އިހްސާން ބުންޏެވެ. “އެވަރު ކަމެކެ. ތެންކްސް މޭން!” އަހަރެން ބުނީމެވެ.
ހުމާޒްސާރ ގެ ފައިލް ކޮންމެވެސް ގޮތަކުން އެބަ ހޯދަން ޖެހެއެވެ. އަހަރެންނަށް ވަގުތުން ކުރިއަށް އިނީ ކޮން ގަޑިއެއްތޯ ބަލާލެވުނެވެ. އާހް.. ކެމިސްޓްރީ. ހުނާޒްގެ ގަޑި އިނީ އެއާއި ޖެހިގެންނެވެ. މާއިރު ތަކެއް ނުވެ ސައީދު އަންނަން ވީ އިރަށް ޝެނިން ކައިރީ އަހަރެން ގޮސް އިށީނީމެވެ. ނަސީބަކުން ޝެނިން އިނީ އެންމެ ކުރީގައި އެކަންޏެވެ. އަހަރެންނަށް އޭނާ އައިނެއް އަޅައިންކަން އެނގުނީ ދެނެވެ. އެއީ ކިޔަވަން ގެން ގުޅޭ އައިނެކެވެ. “ޔޫ ލުކް ޑޭމް ކިއުޓް ވެއަރިން ގްލާސެސް” އަހަރެން ޝެނިންއާއި ކައިރި ވެލަމުން ބުނީމެވެ.
ޝެނިން އެއްޗެކޭ ބުނުމުގެ ކުރިން ސައީދު ކްލާހަށް އައިސް ވަނެވެ. ވަގުތުން ޝެނިން އިސްދަށަށް ޖެހިއެވެ. އަހަރެންވެސް އިސް ޖެހީއެވެ. އޭނާ ފެނުމުން ހަނދާން ވަނީ ހަމަ ކުރިން ދުވަހު އޭނާ ކުރި ކަންތަކުގެ މަތިންނެވެ. އެހެން ކަމުން މުޅި ގަޑި ނިމެންދެން އަހަރެން އިސްދަށް ޖަހައިން އިނީއެވެ. ސައީދުވެސް އެއްޗެކޭ ނުބުނެއެވެ.
އެންމެފަހުން ދިގު އިންތިޒާރު ނިމުނީއެވެ. އަހަރެންގެ ހިތް އަވަސް ވާން ފެއްޓެވެ. ހުމާޒް އެންމެފަހުން އައިސް ކްލާހަށް ވަނެވެ. “އަހަން، އިރަމް ހާދަ ކުރިއެއްގައި.!” އެންމެ ފުރަތަމަވެސް އޭނާ ބުނި އެއްޗަކީ އެއީއެވެ. އަހަރެންނަށް އެ ޖުމްލައިގައި އިތުރު މާނައެއް ވާހެން ހީވަނީ ކީއްވެ ހެއްޔެވެ؟ ކްލާސް ހުރިހައި އެންމެން އެއް އަޑަކަށް ހޭން ފެއްޓެވެ. މިހާރު ހަމަ ގައިމުވެސް އެ ޖުމްލައިގައި ދެމާނަ އޮތްކަން އެނގިއްޖެއެވެ. އަހަރެން ޝެނިން އަށް ބަލާލީމެވެ. އޭނާ އިނީ ރަތް ވެފައެވެ. ލަދުންނެވެ. “މިޔަދު ހަމަ ކިޔަވާ ހިތްވީ..” އަހަރެން ވެސް ދެރަ ނުވަން ބުނީމެވެ.
ތި ކޮންމެވެސް އެހެން އެއްޗެއް ތި ކިޔަވަނީ..!” ފަހަތުން ކުއްޖަކު ބާރައް ބުންޏެވެ. އަނެއްކާ މުޅި ކްލާސް ހޭން ފެއްޓެވެ. މިފަހަރުވެސް އަހަރެން ބަލާލީ ޝެނިން އަށެވެ. އޭރަށް ވުރެ ބޮޑަށް މިހާރު އޭނާގެ ކޯ ރަތްހެން ހީވެއެވެ. އަހަރެން ފަހަތަށް އެނބުރި ވަކި މީހަކަށް ނޫން ގޮތަށް ލޯ އަޅާލީމެވެ.
“އޯކޭ އޯކޭ.. ފިލާވަޅައިން ކުރިއަށް ދާން ވީނުން” ހިނިގަނޑެއް ޖަހާލަމުން ހުމާޒް ބުންޏެވެ. އާދައިގެ ދުވެއްޔެއްގައި ކިޔަވައިދޭން ފެއްޓެވުނެވެ. ކިޔަވައިދެމުން ދިޔަ ވަރަކަށް އަހަރެނަށް ބެލެނީ ކުރިމަތީ ހުރި ކުޑަ މޭޒުމަތީގައި ބާއްވާފައިވާ ފައިލަށެވެ. “ހިނގާބަލަ ދޯ ދެން އެޓެންޑެންސް ބަލަން” ގަޑި ޖެހެން ދިހަވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ހުމާޒް ބުންޏެވެ.
އަހަރެން ދަނޑިވަޅުގެ ފައިދާ ނެގީމެވެ. ނަސީބަކުން މިފަހަރު ދޮގު ނުހަދާ ފައިލް ހޯދޭނޭ ގޮތެއް އެބައޮތެވެ. “ސާރ. ފައިލް އަޅުގަނޑަށް ލިބިދާނެތަ؟” އަހަރެން އެހީ ހަމައެކަނި ހުމާޒަށް އަޑު އިވޭ ވަރަށެވެ. “ކީއް ކުރަން ފައިލް؟” ހުމާޒް ރީތިކޮށް އެއްސެވެ. “އަޅުގަނޑަކަށް ނާދެ ސްކޫލުން ފޮނުވާ އެއްވެސް މެސެޖެއް. އެހެންވެ ނަމްބަރ ރަނގަޅަށްތޯ ދެވިފައި އިނީ ބަލާލަން.” އަހަރެން ބުނީމެވެ. އެއީ ދޮގެއް ނޫނެވެ.
އިތުރު އެއްޗެކޭ ނުބުނެ އަހަރެންނާއި ފައިލް ހަވާލު ކުރިއެވެ. އަހަރެން އަވަސް އަވަހަށް ޝެނިންގެ މަޢުލޫމާތުތަށް ބެލީމެވެ. އަހަރެންނަށް ބަލަން އިނދެވުނީ މާ ގިނައިރުކަން އެނގުނީ ހުމާޒް އަހަރެން ގައިގައި ކޮއްޓާލުމުންނެވެ. ޖެހިގެން އޮތް މާއްދާގެ މުދައްރިސް ހުރީ އައިހެވެ. “ގޯސް ނަމްބަރުތަ؟” ހުމާޒް އެއްސެވެ. “ލައްބަ” އަހަރެންނަށް ޖަވާބު ދެވުނީ އުނދަގުލުންނެވެ. “ކިޔާ ނަމްބަރ” ހުމާޒް ރީތިކޮށް ބުންޏެވެ. އަހަރެން ނަމްބަރު ދިނުމާއި އެކު ވަގުތުން ނުކުތެވެ.
އެފައިލްގައި އިނީ އަބްދުލް ރަޙީމް އިދުރީސެވެ. އަދި ސާމިޔާ އަޙްމަދެވެ. އެއީ ހަމަ އަހަރެންނަށް ދިން އުފަންދުވަހުގެ ސެޓްފިކެޓްގައި އިން ޝެނިންގެ މަންމަ އާއި ބައްޕަގެ ނަމެވެ. މާނައަކީ އަހަރެން ހޯދަން ބުނި ޝެނިން އަކީ ހަމަ މިއީއެވެ.
(ނުނިމޭ)
8 Comments!
Comments are closed.
?.heyy story varah salh,i hama hyvany filmeh ge manzaruthah sifa vaa hen… btw r u a student
ތެންކޮޔު.. ބޮޑުކޮށް.. ސޯ.. ވަޓް ގޭވް އިޓް އަވޭ ދެޓް އައި އެމް އަ ސްޓޫޑެންޓް؟؟
the way yu describe the villa international high schul.. never mind nd sorry aslu personal vaahaka eh ehunyma… vaahaka v salhi.. waitin for the next part
Its Fine Actually
And Yes I Am A Student Of VIHS
Thank You Patiently Koh Alhuganduge Vaahaka Ah Inthizaaru Kuraathyve
🙂
varah salhi
ތެންކިޔު ޝެން… 🙂
Wou nice
Thank You Xai
🙂 🙂