Skip to content
އެސްފިޔަ

ޒަޚަމް (ބާބު 1)

މިހާރު

ސަރަހައްދު: ރާއްޖޭގެ މެދު އުތުރު ކޮންމެވެސް ހިސާބެއް

ރާއްޖޭގެ އާބާދީ: 3.2 ލައްކަ

އަނުމް

   “ނޫޅެން، ނޫޅެން، ނޫޅެން! ނޫނެކޭ!” އަހަރެންނަށް މިހާރު “ނޫނެކޭ” ތަކުރާރު ކުރެވުން ވަރެއްވެސް ނޭނގެއެވެ. ދެކޮޅަށް ބޯހޫރަމުން އަހަރެން މިފަހަރުވެސް ކުރިން ކިޔަމުން ދިޔަ ބަސްތައް ތަކުރާރު ކުރީމެވެ. އެއިޢުލާން މަންމައަށް ފެނުމަށްފަހު އަހަރެންނަށް މަންމަ ކައިރީ މިހެން ކިޔުނީ ސަތޭކަ ފަހަރު ކަމެއް ނޫނީ އެއްހާސް ފަހަރު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އެއް މިލިއަން ފަހަރު ކިޔައިންވެސް މަންމަ ހުއްޓާލަންޏާ އަހަރެން ކިޔާނަމެވެ.

   އަހަރެންނަށް އެނގެއެވެ. މަންމަ ކިޔަނީ އެ ހަމައެކަނި އަހަރެންނަށް ޖެއްސުން ކުރަންށެވެ. އަހަރެންނަށް އަދި މިވީ އަށާރަ އަހަރެވެ. އަހަރެން އިންނާކަށް ބޭނުމެއް ނޫނެވެ. އަދި އަމުދުން ރާއްޖޭގެ ހުރި ވެރިޔާގެ ދަރި ކަމުން އަދި އަމުދުން އަހަރެން ނީންނާނަމެވެ.

   ދަނޑިވަޅު ބަލާފައި އަހަރެންގެ ބައްޕަ އައިސް އަހަރެންގެ ކޮނޑަށް އަތް ވައްޓާލަމުން އަހަރެންނާއި އެއްބައިވިއެވެ. “އާމިރާ ދޮގެއް ނޫނެ. އަހަރެންގެ އަނުމް އާއި ނުބެހި ހުއްޓާލަދެން.” “އެކަމަކު…..” މަންމަ ބަހަނާ ހަދަން ފެއްޓެވެ. “އެކަމު އެއް ނޫނެ!  ތިއުޅެނީ ޖަމާލުއްދީންގެ ދަރިއާއި އަނުމް ދެވަން. އަހަރެމެންގެ  މުޅި ގަބޫލް ކުރުމާއި އިދިކޮޅު ކަމެއްނު ތިއަކީ!” މަންމަ ދެކޮޅު ހަދަން ފެށުމުން ބައްޕަ ބުންޏެވެ. އަހަރެން މިހުރީ މިހާރު ހަމަ ބައްޕައާއި ގަދައަށް އެއްބައި ވެފައެވެ. އިރުކޮޅަކުން ދެމީހުން ހިނިގަނޑު ފަޅައިންދިޔައެވެ. ދެމީހުން ވެގެން އަހަރެން ހެއްދީއެވެ.

   އަހަރެންނަށް އެނގެއެވެ. މަންމަމެން ދިރ ތިއްބާ އަހަރެން އޭނާ އާއި ކައިވެނި ކުރިޔަ ނުވެސް ދޭނެއެވެ. އަހަރެން ނުވެސް އިންނާނަމެވެ. އަހަރެން ވަރަށް ފޫހި ވެއެވެ. އަހަރެން ނަފްރަތު ކުރަމެވެ. ޖަމާލުއްދީންގެ ދަރި އައިދިން އުމުރުފުރެނީއެވެ. ރީތި ކޮށް ބުނަންޏާ އޭނާގެ ލޮބުވެތި ބައްޕާފުޅު ޖަމާލުއްދީނަށް ވެރިކަން ނުކުރެވޭވަރަށް މުސްކުޅި ވަނީއެވެ. ރާއްޖޭގެ ވެރިއަކަށް ޖަމާލުއްދީން ހުންނަތާ މިހާރު އަށާރަ އަހަރު ވެއްޖެއެވެ. ނަމަވެސް މިހާރު އޭނާ އެހުރީ ވެރިކަމާއި ކުރިމަތި ލެވޭ ވަރަށް ވުރެ ބޮޑަށް މުސްކުޅިވެފައެވެ. އެހެން ކަމުން ޖަމާލުއްދީން އޭނާގެ ދަރިއަށް ވެރިކަން ދެނީއެވެ. އައިދިންގެ ޝަރުތަކީ ވެރިކަމަށް އެރުމުގެ ކުރިން ކުއްޖަކާއި އިންނުމެވެ. އިޢުލާންތަށް އެއުޅެނީ އެހެންވެއެވެ.

    މަންމަމެން ވާހަކަ ކިޔައިދެއެވެ. ކުރީގެ ވާހަކަ ތަކެވެ. ކުރީގެ ކަންތައް އޮންނަ ގޮތުގެ ވާހަކައެވެ. އަހަރެން ދުނިޔެއަށް އައުމުގެ ކުރީގެ ވާހަކައެވެ. އޭރު އޮންނަނީ މިފަދަ ޚުދުމުޙުތާރީ ވެރިކަމެއް ނޫނެވެ. އޭރު އޮންނަނީ ޑިމޮކްރެސީއެވެ. މަންމަމެން ކިޔައިދެނީ އެހެނެވެ. އާންމުން ވޯޓުލައިން ވެރިއަކު ހޮވަނީއެވެ. އޭރު ކާން ބޯން ކަމެއް ކުރުމަށް އަމިއްލަ މިނިވަންކަން އޮވެއެވެ. މިހާރުހެން، ކޮންމެ ކަމަކަށް ޖަމާލުންދީންގެ ތައްޕަހަށް ވަންނާކަށް ނުޖެހެއެވެ. އޭރު، ފުލުހުން ކޮންމެ ގަޑިއަކުވެސް ތިމާގެ ގެއަށް އައިސްދާނެތީ ބިރުން އުޅެކަށް ނުޖެހެއެވެ. މަންމަމެން ކިޔައިދިނީ އެހެންނެވެ. އަހަރެންނަކަށް އެއިން އެއްވެސް ކަމެއް ނުފެނެއެވެ.

    އަހަރެން ހަދާންވާން ފެށީއްސުރެ ފެންނަނީ ޖަމާލުއްދީންގެ މީހުން އާންމުންގެ ހައްގުތަކަށް އަރައި އުޅޭތަނެވެ. މީހުންގެ ޙައްގުތަކޭ ކިޔާ އެއްޗެއް އޮންނަ ކަމެއް ނުފެނެއެވެ. ހުރިހާ ނުފޫޒެއް އޮންނާނީ ޖަމާލުއްދީންނާއި އޭނާ މީހުންނަށެވެ. އޭނާގެ ފައުޖަށެވެ.

   އޭރު އަމިއްލަ ގައުމުގައި ރެފިއުޖީންހެން އުޅޭކަށް ނުޖެހެއެވެ. އަމިއްލަ މިނިވަންކަން ކިޔާ އެއްޗެއް އޮތެވެ. ނަމަވެސް މިހާރު.. ހުރިހާ ކަމެއް އަހަރެން އުފަންވުމުގެ ކުރިން ބަދަލު ވެއްޖެއެވެ. ޙަޔާތަކީ އެފަދަ އެއްޗެއް ނޫން ހެއްޔެވެ؟ ފަޅި ސިކުންތެއްގެ ތެރޭގައި ބަދަލު ވެދާނެއެވެ. އެގޮތަށް ޒަމާންތަކެއްގެ އާރާސްތު ކުރުން ފަޅި ސިކުންތުގެ ތެރޭގައި ވެއްޔާއި މޮޑެވިދާނެއެވެ. ވެއްޔާއި މޮޑެވުނީއެވެ.

    އެއީ ސަރުކާރު ވެއްޓުނު ދުވަހެވެ. ދުނިޔޭގެ ތިންވަނަ ބޮޑު ހަނގުރާމަ ފެށުން ދުވަހެވެ. އެހެން ކަމުގައި ވަނީނަމަ ފުރަތަމަ އަދި ދެވަނަ ބޮޑު ހަނގުރާމައެއްވެސް ވެފައި އޮންނާނެއެވެ. އަހަރެންނަށް ކުރިން ހަނގުރާމައެއްގެ މަޢުލޫމާތެއް ނޭނގެއެވެ. އަހަރެންނަށްނަށް އެނގެނީ ތިންވަނަ ބޮޑު ހަނގުރާމަ އެކަންޏެވެ. އެ ހަނގުރާމަ ހިނގީ އެމެރިކާއާއި ޗައިނާ އާއި ދެމެދުގައެވެ. މުޅި ދުނިޔެއަށް އެކި ގޮތްގޮތުން ހަނގުރާމައިން ހީނަރުކަން އައި ކަމުގައި ވިޔަސް ރާއްޖެ އޮތީ ތައްޔާރުވެފައެވެ.

  ހަނގުރާމަ ރޭވުމުގައި ރާއްޖޭގެ ބައެއްގެ އަތެއް އޮތުމަކީ ސަބަބަށް ވެދާނެއެވެ. ހަގީގީ ސަބަބެވެ. ރާއްޖޭގެ ވެރިކަންވެސް ވައްޓާލެވުނީ ހަމަ އެފަދައިންނެވެ. ސަރުކާރު ވައްޓާލައިންނެވެ. ސަރުކާރުގެ ތެރެއިންނެވެ.  ޖަމާލުއްދީނެވެ. އޭނާގެ ނަން އިވުނަސް އަހަރެންގެ ލޭ ކެކެއެވެ.

   އޭނާ ބޭނުންވާ ގޮތަށް ކަންތައް އެހާއި އޮމާންކޮށް ދަނީ ޗައިނާގެ އެހީ އޭނާއަށް ރަނގަޅަށް ލިބޭތީއެވެ. ބަޔަކު ރާވައިފިއްޔާ ބޮޑެތި ކަންތައް ކުރެވޭ ވާޙަކަ އަޑުއަމެވެ. އަހަރެމެންގެ ވެސް އަޒުމަކީއެއީއެވެ. އަހަރެންގެ އަޒުމަކީއެއީއެވެ.

   ކުރީގެ ވެރިކަން، ދިވެހި ދައުލަތު (ދަޢުލަތުލް މަޙުދީބިއްޔާ، މަންމަ ބުނިގޮތުގައި) ވައްޓާލެވުމަށްފަހު އައު ވެރިކަމެއް ފެށީއެވެ. އެ ވެރިކަމަށް ވަނީ އައު ނަމެއްވެސް ދެވިފައެވެ. ދަ ފޭޒް (The Phase) ނަމަށް ބަދަލު ކޮށްފައެވެ. ކުރީގެ އިން ނަން ގައިމު ކިހިނެއް ވީ ހެއްޔެވެ؟ ކިހާ ހެއްވާ ހެއްޔެވެ؟

  “………..ދޯ” ސިއްސައިގެން ދިޔައީ ކައިރިން އަޑު ތަންކޮޅެއް ގަދަވީމައެވެ. ބައްޕަ ވާޙަކަ ދައްކަމުން ދިޔައީ އަހަރެންނާއިއެވެ. “ހޫމް؟” “މިބުނީ ބައްޕަމެން މިވީ އަށާރަ އަހަރުވެސް އުޅުނީއޭ! ދެން ވެސް އުޅެވޭނޭ ދޯވޭ!” ބައްޕަ ބުންޏެވެ. ބައްޕަ  ދެކެ އަހަރެން އެހާ ލޯބި ވަނީ އެހެންވެއެވެ. ބައްޕަ ދެކެ އެންމެން ލޯބި ވަނީ އެހެންވެއެވެ. އެއީ ހަމަ އެކަހަލަ މީހަކީއެވެ. އެކަކަށްވެސް ރުޅި ނާދެވޭ ފަދަ މީހަކަށް ވީމައެވެ. “ތެދެއް މަންމާ! އެންމެން އެކު ތިބީއްޔާ އޯކޭ ވާނެ.” އަހަރެން ވަރަށް ނުވާ ކަމަށް ހަދާފައި ބުނީމެވެ. މަންމައަށް ބަލަން ހުރެއެވެ. “އަހަރެމެންގެ އަންނު މީހަކާ ދެވާކަށް ނޫޅެމޭ ޒާހިރު.” މަންމަ ރީތިކޮށް އަހަރެންގެ ކައިރިއަށް އައިސް ނިތްކުރިއަށް ދޮނެއް ދެމުން ބުންޏެވެ.

  ތެދެކެވެ. އެހެން ނޫނަސް ތިމާގެ ދުޝްމަނުގެ ދަރިޔާ ތިމާ ދެވާނަން ހެއްޔެވެ؟ އަހަރެމެން މިއީ އަދި އެ ވެރިކަމާއި ދެކޮޅު ބައެކެވެ. ހަގީގަތުގައ އެންމެވެސް ދެކޮޅުވާނެއެވެ. ނަމަވެސް އަހަރެމެންގެ މައިގަނޑު މަސައްކަތަކީ ވެރިކަން ވައްޓާލުމެވެ. ވެރިކަމާއި ދެކޮޅަށް ގިނަ ބަޔަކަށް އަޑު އުފުލަން ނުކެރެނީއެވެ. ކެއިން ބުއިމަށް އޮތް ހުރިހާ މަގެއް އޮތީ އެމީހުންގެ އަތުގައެވެ.

   ދޮގެކެވެ. އަޑުއުފުލާ މީހުން ތިބެއެވެ. އަހަރެމެންވެސް މިއީ އަޑު އުފުލާ ބައެކެވެ. ހަގީގަތުގައި އެއަކީ ބޮޑު ޖަމާއަތެކެވެ. އަހަރެމެން އުޅެނީ އެމީހުންނާއި އެއްކޮށެއް ނޫނެވެ. އާއެކެވެ. އަހަރެމެން މިއީ މި ވަބާ ޤައުމުން ނައްތާލެވޭތޯ އުޅޭ ބައެކެވެ. “ރިބެއްލުން” ނެވެ.

    އަހަރެން ހަނދާންވާން ފެށީއްސުރެ ފެނުނީ ކަންތައް މިހެން ވަމުންދާ ތަނެވެ. މި ޚުދު މުޙްތާރީ ވެރިކަން ކުރާ ތަނެވެ. އާންމުން، ނުފޫޒު ގަދަ މީހުންގެ ފައިދަށުވެ ފިސް ފިސްވާ މަންޒަރެވެ. އަމިއްލަ ޤައުމުގައި އެހެން ބައެއްގެ ދަށުވެގެން އުޅޭ މަންޒަރެވެ. މަންމަމެން އެމީހުން ހުއްޓުވުމަށް ސިއްރުން ހަމަލާ ދެމުންދާ މަންޒަރެވެ. މަޑުމަޑުން ނަމަވެސް ލަނޑުދަނޑި ދަނީ ޙާސިލް ވަމުންނެވެ. އެމީހުންގެ ބައި ދަނީ ކުޑަ ވަމުންނެވެ. ނަމަވެސް ބިރަކީ މިދަމުންދާ ދުވެލި ނުފުދޭނެ ކަމުގެ ބިރެވެ. ވެރިކަން ވެއްޓުމާއި އެކު ބައްފަ އަހަރެންނާއި އަހަރެންގެ މަންމަ ގޮވައިގެން ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ރަށްވެހި ވީއެވެ. މިހުރިހާ ކަމެއް ފެށިގެން މިހާ ދުރަށް އާދެވުނީ އެހާއި ދުރުން ފަށައިންނެވެ. ނަމަވެސް އަދިވެސް މިހުރިހާ ކަމެއް ފެއްޓި ސަބަބެއް ނުބުނެއެވެ. “ތައްޔާރުވީމަ އަންނު ކައިރީ ބުނާނަން.” އަހަރެން އަހާ ކޮންމެ ފަހަރަކު ބައްޕަ ދޭ ޖަވާބަކީ އެއީއެވެ.

    އަހަރެން ޙަޔާތުގެ މަޤްޞަދަކީ އެއީއެވެ. މި އަނިޔާވެރި ވެރިކަމަށް ނިމުމެއް ގެނައުމެވެ. މި ޚުދުމުހުތާރީ ވެރިކަމަށް ނިމުމެއް ގެނައުމެވެ. މިހެން ވުމާއިއެކު އަހަރެމެންނަށް ގަވާއިދު ތަކެއްވެސް ވެއެވެ. އެއީ ބަޔަކު ދިން ގަވާއިދެއް ނޫނެވެ. އަމިއްލަ އަދި އެހެން މީހުންގެ ސަލާމަތަށް އާންމުކޮށް އިނގުން މުހިންމު ކަމެވެ. އަހަރެމެންނަށް އެއްތާކު މާ ގިނަ އިރަކު މަޑެއް ނުކުރެވޭނެއެވެ. އެހެން ނޫނީ އެމީހުންނަށް އަހަރެމެން އަތުލަން ފަސޭހަ ވާނެއެވެ. މީހަކާއި މާބޮޑަށް ނުގުޅުމަކީ އަހަރެމެންނަށް ކުރަން ޖެހޭ ކަމެކެވެ. އެހީ އެމީހުންގެ ސަލާމަތަށެވެ.

   އެހެން ކަމުން ބޮޑުވަމުން އައި އިރު އަހަރެންގެ އެކުވެރިންނަށްވީ އެކި ބައްޓަމުގެ ގޮތްގޮތަށް ތައްޔާރު ކުރެވިފައިވާ ވަޅިތަކެވެ. ފިސްތޯލުތަކެވެ. ބަޑިތަކެވެ. އެމޯ ތަކެވެ. ވަޒަންތަކެވެ. އެއިންއެއްވެސް އެއްޗަކީ އަހަރެންނާއި ވާހަކަ ދައްކާ އެއްޗެއް ނޫނެވެ. ރަނގަޅުވާނީވެސް އެގޮތެވެ. އަހަރެންނަށް އަދި އެމީހަކަށްވެސްމެއެވެ. ރަޙުމަތްތެރި ވެއްޖެއްޔާއި ގުޅޭނީއެވެ. އެއަށްފަހު އަހަރެންގެ ސިއްރު އެނގޭނީއެވެ. އެއަށްފަހު މަރުވާނީވެސް އެމީހެކެވެ. ޖަމާލުއްދީންގެ މީހުންގެ އަތުންނެވެ. ސަބަބަކަށް ވާނީ އަހަރެންނެވެ. މައުސޫމު މީހެއްގެ މަރުގެ ސަބަބަކަށް އަހަރެން އިތުރަށް ވާކަށް ބޭނުމެއް ނޫނެވެ.

    މީހަކު މަރާލާ ކޮންމެ ފަހަރަކު އަދިވެސް އަހަރެން ގައިން ހީބިހި އަރައެވެ. ތުރުތުރު އަޅައެވެ. ނަމަވެސް މިހާރު މިއީ އަހަރެންގެ ތަޅާލުމެއް ނޫނެވެ. މިހާރު މިއީ މިޤައުމު ހުރިހާ ފަރުދުންގެ ތަޅާލުމެކެވެ. ކޮންމެވެސް އެއް ގޮތަކުން ނިމުމެއް އައިސްގެން ނޫނީއްޔާ ދެނެއް މިހަނގުރާމައެއް ނުހުއްޓޭނެއެވެ. އެއްކޮޅުން ޖަމާލުއްދީންގެ މަރު އޮތް އިރު ދެން ނިމެން އޮތީ އަހަރެމެންގެ މަރާއިއެކުއެވެ. ކޮންމެ ގޮތަކުންވިޔަސް ލޭ އޮހޮރުވުން ތަކަކާއި އެކީ ނޫނީ މި ނިމޭނެ ގޮތެއް އަހަރެންނަކަށް ނުފެނެއެވެ.

    ޖަމާލުއްދީންގެ އެންމެ ބޮޑު އެއް ބިރަކީ މިހާރު އަހަރެމެންނެވެ. އަހަރެމެންގެ އިތުރުން އެހެން ޖަމާއަތެއް އޮތް ކަމަކު ޖަމާލުއްދީން ބޮޑަށް ބިރު ގަންނަނީ އަހަރެމެން ދެކެއެވެ. އެމީހުންނަށް ވަނީ ނަމެއްވެސް ދެވިފައެވެ. ‘ދެކުނުގެ މީހުން’. އެމީހުންނަށް ވަނީ ނަން ދެވިފައި އެގޮތަށެވެ. އެމީހުން ކުރާ ހަމަލާތަށް ކުރަނީ ފާޅުގައެވެ. އެހެން ކަމުން ކާމިޔާބު ވާފަހަރަށް ވުރެ ގިނައީ ނާކާމިޔާބު ވާފަހަރެވެ. އަހަރެމެން ދެކެ ބިރު ގަންނަނީ އެހެންވެއެވެ. އަހަރެމެން ކުރާ ހަމަލާ ކުރަނީ ސިއްރުންނެވެ.

   މިރޭ މިއީ އަހަރެން އެކަމެއް ކުރަން އެންމެ މޮޅު ކަމައިގެން ފަށާ ރެއެވެ. ފަހަރަކަށް ވުރެ ފަހަރެއް ދަނީ “ދަ ފޭޒް” ގެ މައި މަރުކަޒު އިންނަ ރަށާއި ކައިރި ވަމުންނެވެ. މަންމަމެން ބުނެއެވެ. އެއީ އެއް އިރެއްގައި ރާއްޖޭގައި ވެރިކަން ކުރި ރަށެވެ. ގޮތަކުން މިހާރުވެސް  ވެރިކަން އޮންނަނީ އެރަށުގައެވެ. މާލޭގައެވެ. އެއް އިރެއްގައި ރާއްޖޭގެ ތިންބައި ކޮށް އެއްބައި މީހުން މާލޭގައި އުޅުނެވެ. ބަދަލު ނުވެ އޮތް ދެކަމަކީ އެއީ ކަންނޭނގެއެވެ. އަދިވެސް ވެރިކަން އެރަށުގައި ކުރާ ކަމެވެ. އަދި ރާއްޖޭގެ ބޮޑުބައެއް މާލޭގައި އުޅޭ ކަމެވެ.

    އިތުރު ގޮތެއް ނެތެވެ. އަމިއްލަ އަނބިދަރިންނަށް ކެއުމަށް އެއްޗެއް ދެވެން އޮތީ އެތާގައި ހުރެގެންނެވެ. އައު ފުލުހުން ނެރުމާއި ތަމްރީނު ކުރާ އިމާރާތް އިންނަނީ އެތާގައެވެ. އެހެން ކަމުން ގިނަ މީހުން މަސައްކަތް ކުރަނީ އެތަނުގައެވެ. އެހެން ރަށްރަށުގައި އުޅޭ މީހުންވެސް “ފޭޒް” އަށް މަސައްކަތް ކުރެވެއެވެ. ދަނޑުވެރިކަމެވެ. އަދި އިތުރު އެހެން މަސައްކަތް ތަކެވެ. އެހެން ކަމުން  އަޅުންނަށް ވެގެންވެސް އަނގައާއި  އަތާއި ދިމާވެތޯ ބަލަންޖެހެއެވެ. ފިރިހެނެއް ނަމަ ގާރޑެކެވެ. ފުލުހެކެވެ. އަންހެން ކުއްޖެއް ނަމަ ނޯކަރެކެވެ. ކަންތައް ވަމުން އަންނަނީ އަބަދުވެސް މިހެނެވެ.

    މައި އޮފީސް- ހެޑްކްއާރޓާރ- އާއި ކައިރިވާން ފެށުމެން އެމީހުންގެ ފުލުހުންގެ ބާރު ގަދަ ކުރަން ފަށައިފިއެވެ. ފުލުހުން ފޮނުވާވަރު އިތުރު ކުރަން ފަށައިފިއެވެ. ލަޝްކަރުގެ ބާރު އިތުރު ކުރަންފަށައިފިއެވެ. އެހެން ކަމުން އަހަރެމެން ހުށިޔާރުވާންވީ ވަރުވެސް ދެގުނައަށް އިތުރު ކުރަން ޖެހެއެވެ. ކުރީގައި ތިބިރަށް ދޫކޮށްފައި މިރަށަށް އަންނަން ޖެހުނީވެސް ފިލައިން އެމީހުންގެ ނޭފަތް ދަށުންނެވެ. އެމީހުންނަށް ފަޅާނޭރީވެސް ކިރިޔާއެވެ. އެއީ ބޭސްވެރިކަމަށް އައި ބަޔަކާއި އެކުއެވެ. އަތޮޅުގެ މައި މަރުކަޒު އިންނަނީ މިރަށުގައެވެ. އަހަރެން މިއުޅެނީ ނަން ހަނދާން ނެތިގެންނެވެ. މިރަށުގައި އެހެން ކަމުން އަދި އެހެން ރަށް ރަށަށް ވުރެ އަދި ފުލުހުން މާގިނަ ވާނެއެވެ.

    އަހަރެންނަށް ސޯޅަ އަހަރު ވީ އިރުއްސުރެ  މިކަންތައް މިކުރަނީ އަހަރެން އެކަންޏެވެ. މަންމައަށް ނުކުރަން ބުނީމެވެ. ބައްޕަ ގިނައިން އެހީވިޔަސް އަހަރެން މިރެއަކު ނުކުންނައިރަކު ބައްޕަ ކައިރިއަކު ނުބުނާނަމެވެ. އަހަރެންނަށް މިކަން އަމިއްލައަށް ވާނެއެވެ.

   ގަޑި ކައިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ކެތްތެރިކަން ދިޔައީ ކޮޅުން ލަމުންނެވެ. އެނދުގައި ދެކޮޅަށް ފުރޮޅިލަ ފުރޅުލައި އޮތީއެވެ. އިރުކޮޅަކާއި ކުޑަދޮރުން ބޭރަށް އަހަރެން ބޯ ދިއްކޮށްލަމެވެ. މަގުމަތި ފަޅުވަންދެނެވެ. މީހުންތަކުގެ އަޑުތަށް ކެނޑެންދެނެވެ. އަހަރެން މިއޮތޯ ސީލިންގ ގައި އިން ބޮކި ތެޅެމުންދާ ތަން ބަލަންށެވެ. ގަރުނެއްހައި އިރު އިންތިޒާރު ކުރުމަށްފަހު އަހަރެން އެނދުން ތެދުވެގެން ގޮސް ކުޑަދޮރރު ހުޅުވާލީމެވެ. ވަގުތު ޖެހުނީއެވެ.

    އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. ހަމަގައިމުވެސް މިހާރު ތިމާ މަގުމަތިން ހިނގައި ފިއްޔާ އެހެން މީހުންނަށް ތިމާގެ ހިތުގެ ތެޅުމުގެ އަޑު އިވޭނެއެވެ. އެހާވެސް ހިމޭނެވެ. އެއަށްފަހު އެނބުރި އެނދުކައިރިއަށް ހުއްޓުނީމެވެ. އެނދު ތަންދަށުގައި އޮތް އަހަރެން ދަބަސް ނެގުމަށްފަހު އަހަރެން އެހޭވީމެވެ. އެއަށް ފަހު ކަމުދާ ދެވަޅިއިނެވެ. އެއީ އެކީ ބޭނުން ކުރާ ވައްތަރުގެ ދެވަޅިއެވެ. އޭގެ ތިލަ ވާނީ އަހަރެންގެ އަތްތިލަވަރެވެ. މި ވަޅީގެ ޖޯޑަކީ އަހަރެންނަށް ވަރަށް ކަމުދާ ޖޯޑެކެވެ.

    އަހަރެން މިރަށަށް އައީ އިއްޔެ ނޫން ކުރީ ދުވަހުއެވެ. އެހެން ކަމުން ރަށުގެ މުހިންމު ތަންތަން އަހަރެންނަށް އެނގެއެވެ. މިސާލަކަށް ރަށުގެ “ފޭޒް”ގެ އޮފީސް އިންނަ ތަނެވެ. ނަމަވެސް އެތަނަށް ދިއުމަކީ އަހަރެން އަމިއްލައަށް މަރުވުން ކަހަލަ ކަމެކެވެ. އެހެން ކަމުން އަހަރެން ރަށް ބަލަން އަނދިރިން ހިނގަން ފެށީމެވެ.

    ގިނަ އިރު ތަކެއްގެ ހިނގުމަށްފަހު އަހަރެން އެންމެ ފަހުން ގެއަށް އެނބުރި ހިނގައިގަންނަން މިސްރާބު ޖެހީމެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅު ގަނޑުވީ އަޑެއް އިވުންހެން ހީވެގެންނެވެ. އަހަރެން މަޑު ކޮށްލީމެވެ. ނޭވާ ހިފަހައްޓާލީމެވެ. ދެވަނަފަހަރަށް އަޑު އިވޭތޯއެވެ. އިވުނެވެ. ބަޔަކު ހޭއަޑެވެ. އަހަރެން ހިނގައި ގަތީމެވެ. ނަމަވެސް ދެވަނަ ފަހަރަށް އަހަރެން ގަނޑުވީ އަނހެން ކުއްޖެއްގެ ހަޅޭކުގެ އަޑު އިވިގެންނެވެ. އެއާއި އެކު ގިސްލުމުގެ އަޑެވެ.

    ނުވިސްނަމެވެ. އަހަރެން ހިނގައިގަތީމެވެ. އަހަރެން ދުއްވައި ގަތީއެވެ. އަޑު އަންނަމުން ދިޔަ ދިމާލަށެވެ. އަޑު އަންނަމުން ދިޔައީ ހަނި ގޯޅިއަކުންނެވެ. ނަމަވެސް އަހަރެންނަށް އެގޯޅިއަށް ނުވަދެވެނީހެން ދެއަތް އައިސް އަހަރެން ފަހަތުން އަހަރެން ހައްޔަރު ކޮށްލިއެވެ. އަހަރެން މިހުރީ ނުވެސް އެނބުރެވިފައެވެ. އަހަރެން ބިރުގަތެވެ.

ފިލާވަޅު: ދުވަހަކުވެސް ތިމާގެ ބިރު ތިމާގެ އިދިކޮޅު މީހާއަށް ނާންގައްޗެވެ. އެހެންނޫނީ އެމީހަކު އެބިރު އެމީހެއްގެ ފައިދާއަށް ބޭނުން ކުރާނެއެވެ.

    އަހަރެން އަތަކުން އެއްވެސް ކަމެއް މިވަގުތަކު ނެތެވެ. އަހަރެންގެ ދެއަތްވަނީ އެ މީހަކު ހިފަހައްޓާފައެވެ. އެހެން ކަމުން އަހަރެންނަށް ކުރެވެނ އޮތް ކަންތައް ކުރީމެވެ. ހަމަގައިމުވެސް އެކަން މަސައްކަތް ކުރާނެކަން އެނގެއެވެ. “އަހަ……………” އޭނާ އެއްޗެކޭ ބުނުމުގެ ކުރިން އަހަރެން އަރައިގެން ހުރި ބޫޓުގެ ފުންނާބުން އޭނާގެ ‘ކުރިމަތިފަރާތުގައި’ ޖެހީމެވެ. އައުޗް. އޭނާއަށް ތަދުވާނެއެވެ. އަހަރެން ގައިގައި ހުރި ބާރެއް ފަޔަށް ލުމަށްފަހު ފަހަތަށް މަޅާލީއެވެ. އޭނާގެ ހިފެހެއްޓުން ވަގުތުން ދޫވެއްޖެއެވެ. އޭނާ ހުރީ ގުދަށެވެ. އަހަރެން ޖެހިތާގައި އަތް އަޅައިންނެވެ. އެހެން ކަމުން އޭނާގެ މޫނެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެން އިތުރަށް ބެލުމެއް ނެތި ގޯޅިގަނޑަށް ވަނީއެވެ. ކުރެވުނު ކަމާއި އަމިއްލައަށް ފަޚުރުވެރި ވެލަމުންނެވެ.

(ނުނިމޭ)

Comments (30)

  1. jhygyftf

    kon haasaru bondiehtha, hate this kind of stories

    1. Jaishan
      jhygyftf

      ވާނުވާ ނޭނގުނީތޯ؟ މީހުން ބުނާނެ އަބަދު މީހުން ކިޔަނީ އެއްވައްތަރު ވާހަކައޭ… ތަފާތު ކުރާށޭ.. އެކަމު ތަފާތު ކުރާއިރަށް ބުނާނެ ކަމަކު ނުދޭ… އަބަދު ދިވެހި ވާހަކަ ތަކުން އެކައްޗެއް ފެންނަނީ އެހެންވެ..
      No Offence
      Thank You 🙂

  2. Coast guard

    Haasaru hus haasaru,m,thafathakas boduvaru

  3. hhhhhhhhhhhhhhhhhhh

    jaishan liaa eves vahakaakun vaaagote neyngey……..adi jaishan liaa vahaka nunimiovaa ane vaahaka tifeshy………devaahaka ehfaharaa liunvan thiulheny up kurany ves month aku ehfaharu kahala gotaka

  4. yash

    liyefa hurigothun kiyan v udagoo sum txt tha kadaafa

  5. shifazaaa

    thivaahaka fashaafa in goi ves v foohi,,,,,,,,,

  6. އަހަރެން

    Shatter me ge gothah dhw ehery kandaafa
    Salhi idea eh
    Amilla anum hithah anna echchehi ehunnany kandaafa
    Aharennakah nufene kamu nudhaa kameh
    Plz Plz Plz Plz Plz Plz nuhuttaathi mi vaahaka 🙂

  7. faathi

    މިވާހަކަ އަސްލު ވަރަށް ތަފާތު ވާހަކަ ރީތި ހަޑިއެއްވެސް ނުން. ގިނަ ކުދިން ނަން ކަމަކު ނުދާނެ ލޯބީގެ ހިންދީ ފިލްމު ތަކާ ޑްރާމާ ތަކުގެ ވާހަކަ ތަށްކަހަލަ ވާކަ ނޫނިއްޔާ. އެކަމު ރާއްޖޭގެ އާބާދީ ހާދަ ކުޑައޭ ދޯ. ވާހަކައިގެ އުޅޭ ކުއްޖާ އުފަންވީ އިރުވެސް އެހާކުޑަ އާބާދީ އެއް ރާޖޭގަ އެއޮތީ. ޖައިޝަން އަށް އެނގޭތަ މިހާރުގެ ރާއްޖޭގެ އާބާދީ 320000 ހާ މީހުން. މީގެ އަހަރު ތަކެއް ފަހުން އާބާދީ މިހާ މަދުވި ސަބަބެއް ބުނެ ދިންނަމަ

    1. Jaishan
      faathi

      ހަގީގަތުގައި ބުނާނަމަ ހަމަ ހުރި ވަރަށް ދޯ އެހުރީ….. އާބާދީ އަށް ވީގޮތް އިނގޭނެ ދުރަށް ދިޔަ ވަރަކަށް… އަސްލު މެއިން ރީޒަން އެއީ 3 ވަނަ ބޮޑު ހަނގުރާމަ ވީމަ…
      ތެންކިޔު….

  8. Jaishan

    ސޮރީ.. އަޅުގަނޑު ޖެހުނީ ފުރަތަމަ ބައި އަލުން އެޑިޓް ކުރަން އޭގާއި އެރަރ ހުރީމަ.. އަސްލު ވޯލްޑް ވާރ 3 ގެ ވާހަކަ އިންނާނެ… ދެން އިން ބައިން ބޮޑަށް ސާފު ވާނެ…. އިފް ޔޫ ވޯންޓް އިތުރު ބައެއް….

    1. Nina
      Jaishan

      Pin my tail and call me a doykne, that really helped.

    2. prompts
      Jaishan

      That’s not just the best answer. It’s the bestest answer!

    3. damaged totally
      Jaishan

      A good many valuables you’ve given me.

  9. Jaishan

    ތިއިން އެއްވެސް ބޭފުޅަކަށް މިވާހަކަ އަޅުގަނޑު ކުރިއަށް ގެނދަން ފެނޭތޯ؟؟ ނުފެންނަ ނަމަ އަޅުގަނޑު ވަގުތުން ހުއްޓާލާނަން! 🙂

  10. www.onimisiwordsmith.com

    That’s a nicely made answer to a challenging question

  11. Minni

    Alhugandah hama asluves neyge dhivehinge massala akee kobaa kameh.
    Mikahala vaahakaeh bayaku nuliyaane ennun thihury kiyuntherin gamaaru kan
    Ehaa simple saafu koh dystopian eh liyan feshymaves haasaru bondi ey kiyaafa faadu thikiyany
    ehves Saafu nuvany eh ves noon
    Adhives hindhi drama thaguge goithah vaahakaiga bahattan beynun vany
    Grow UP!!
    Furathama yageen gina myhunnah DYSTOPIAN mi bas ves neyngeyne kan.
    Next Bai UP kohdheyne kamah ummeedhu kuran 🙁

    1. Jaishan
      Minni

      Thank You Minni
      Yep Alhugandah ves heevey ehen
      Emyhun hunger games adhi divergent kahala film balaa nukiyany kanneynge dhw

  12. afsal

    I effin love dis
    jaishan!!!!
    mi nerebala dhen in baives
    haadha reetgi vaane hen heeve ey

    1. Jaishan
      afsal

      Alhugandu ummeedhu kuri gothakee ves ei
      Varah masahkai kohgen thayyaaru kurmun ai vaahaka eh miaekee

  13. jaishan ge fan

    Faathi ebuny thedheh
    Aabaadhyge massala ulheny
    Ekamu eah mi vaagotheh ves engeyny dhen huri baithah keema kanneynge.
    Please

    1. Jaishan
      jaishan ge fan

      Hehe varah awkward alhuganduge nan innaathy

    2. Jaishan
      jaishan ge fan

      Hehe varah awkward alhuganduge nan innaathy
      Ekamu ufaa vany ehaa vaahaka kamudhaa faraatheh huryma.
      Ebai ingeyney dhen annan oi bai thakun

  14. Yaish

    Varah habeys
    World war three huh
    This is fuckn awsome
    I want this
    Dhen in bai up vaane tha
    Hathiyaarah vure maa salhi mi
    🙂

    1. Jaishan
      Yaish

      Hama gaimuves hathiyaarah vure vmasahkai kuri vaahaka eh miakee
      Carah bodah shukuru.

  15. Lal

    Haadha vaththarey history retelling eh hen.
    Varah reethi meethi
    Ingey dhen vaanyves rythikan
    Alhe mivaahaka up kohdhybalaaa

  16. Jaishan

    Yep.
    Visnaanan inge.
    Thank You

  17. Salth

    Oh Cmon!!!!!
    Eyna hama andhiri gandah dhiya irah e nimuny furathama bai
    dhen vaane gotheh visna visnaa rulhi gadha vegen mihaaru fonuves ehlaalaifin

  18. Suvey

    ވަރަށް ވަރަށް ރީތި ވާހަކައެއް މިއަކީ..

    ހަމަ ޖައިޝަން ގެންނަ ތަފާތުކަން މީގަވެސް އެބަހުރި.
    ޝުކުރިއްޔާ މިހާ ބޮޑު ފިޔަވަޅެއް އެޅުމަށްފަހު ރީތި ވާހަކަ އެއް ގެންނަން ފެށީމަ.
    ވާހަކަ ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެދުން.

  19. nahula

    Habeys
    Kada Ee dhen in bai nethyma

    1. Jaishan
      nahula

      Thank Yuh Nahula
      Dhevana Bai ves Libeyne.

Comments are closed.