
ހަތިޔާރު (ހަތަރުވަނަ ބައިގެ 2)
-އިރަމް-
ޝެނިން ފެނުމާއި އެކު އެއްޗެހި ހަނދާން ނެތެނީ ކީއްވެހެއްޔެވެ؟ މުޅި ދުވަހު ވިސްނަމުން ދިޔައީ ޝެނިން ކަން ޔަގީން ކުރާނެ ގޮތަކާއި މެދުގައެވެ. ނަމަވެސް ޑެސްކެއްގެ ފަހަތުގައި އެކަނި ތުންފަތުގައި ދަތްއަޅަމުންދާ ތަން ފެނުމުން ހުރިހާ ކަމެއް ހަނދާން ނެތެއެވެ. އަހަރެންނަށް އޭނައާއި ދިމާލަށް ދެވޭކަންވެސް އެނގުނީ އޭނާ ކައިރީ ހުއްޓެވުނު ފަހުންނެވެ.
“މީހަކު މިތާގައި އިށީނދޭތަ؟” އަހަރެން އެހީމެވެ. ޝެނިން އިސް އުފުލާލިއެވެ. އެއްކަލަ އަޑިވެފައި އިން ދަތްދޮޅިއެވެ. އަހަރެންނަށް ބަލަމުން ދިޔާ އަޅިފެހި ދެލޮލެވެ. އަހަރެންނަށް ވަރަށް ނުފެންނަ ކުލައެކެވެ. ދިވެހިންގެ ފަރާތުންނެވެ. ނަމަވެސް ކުރެވުނު ކަންތައް އަހަރެންނަށް ހަނދާންވީ ދެނެވެ. އަހަރެން ވަގުތުން ލަދުގަތެވެ. ޝެނިންވެސް އިނީ ފެންކަޅިވެފައެވެ. އަހަރެންގެ ކުށެވެ.
ނުވިސްނަމެވެ. އަހަރެން ބޭނުމީ މިކަމެއް ރަނގަޅު ކުރާށެވެ. ޖަވާބަކަށް ނުވިސްނާ ޖެހިގެން އިން ގޮނޑީގައި އަހަރެން އިށީނީއެވެ. ރުޅިއައީ ދެނެވެ. އަމިއްލަ ނަފްސާއި މެދުގައެވެ. ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ޝެނިން ގައިން ދުވަމުން ދިޔަ ވެނީލާ ވަހުން އަހަރެންގެ ހިއްސުތަށް ގަނޑު ކުރަމުން ދިޔައެވެ. އަހަރެންނަށް މަޢާފަށް އެދެން އެހާ އުނދަގޫ ވެގެން މިއުޅެނީ ކީއްވެހެއްޔެވެ؟
ނުވިސްނަމެވެ. ޝެނިންއާއި ކައިރިވީއެވެ. ކަންފަތުގައި ތުންފަތް ޖެހުމުން އަހަރެން ހުއްޓީމެވެ. “އަހަރެން އެއްޗެކޭ ބުނަން ބޭނުން.” އަހަރެން ވައި އަޑަކުން ބުނީމެވެ. އޭނާ ކްލާހުގައި ހެން މިފަހަރު އަނެއްކާވެސް ހަދަން ފަށައިފިއެވެ. އަތުގެ ހުރިހާ ބާރެއްލުމަށްފަހު ދެސްކުގެ ކަނުގައި ހިފަހައްޓަނީއެވެ. އަތްތިލައިން ކުލަ ގޮއްސައެވެ. ބާރަށް ހިފަހަށްޓައިގެން ހުރުމުގެ ސަބަބުންނެވެ. އަހަރެން އޭނާގެ އަތުގައި ހިފީމެވެ. އޭނާ ދިޔައީ ސިއްސައިގެނެވެ. އޭނާގެ އަތް އަހަރެން ޑެސްކާއި ދުރުކުރީމެވެ. މަޑުމަޑުން އޭނާވެސް ދެން އިން އަތް ދޫކުރިއެވެ.
އަހަރެންނަށް ހިތްހަމަ ޖެހުމުގެ ނޭވާއެއްލެވުން ކަހަލައެވެ. ދެން އަހަރެން ވިސްނަންވީ މަޢާފަށް އެދޭނެ ގޮތަކާއި މެދުގައެވެ. އެއްގަޑިއިރު މިހެން އިންދަ ނިމިދާނެއެވެ. ނަމަވެސް އަހަރެންނަށް ޝެނިން އާއި މިހާ ކައިރީ އިނދެގެން ވިސްނޭނެހެއްޔެވެ؟ އަހަރެންނަށް ޝައްކެވެ.
ޝެނިންއަށް ނުބެލުމަށްޓަކައި އަހަރެން މުޅި ކްލާހަށް ނަޒަރު ހިންގީމެވެ. މިހާރު ޓީޗަރު ކިޔަވައިދޭން ފަށައިފިއެވެ. އަހަރެންނަށް ހަމަ ކިޔާ އެކައްޗަކާއި މެދުގައިވެސް ނުވިސްނެއެވެ. އެހެންޏާހެން މިރޭވެސް އޮތީ މުޅި ކްލާސް ފުރިފައެވެ. އަހަރެމެން ކްލާހަށް ވުރެ ޓިއުޝަން ގަޑީގައި ކްލާހުގައި ތިބޭ ކުދިން މާ ގިނައެވެ.
އަހަރެންގެ ނަޒަރު ކުރިމަތީ ހުރި ބޯރޑުގެ މަތީގައި އިން ގަޑިން ނުނެއްޓެއެެވެ. އަހަރެންނަށް ގަޑީގެ ކަށީގެ އަޑު ބާރަށް އިވެއެވެ. ޓީޗަރުންގެ ވާހަކަ ތަކާއި އެކުގައިވެސްމެއެވެ. ޓިކް.. ޓޮކް.. ގަޑި ވާހަކަ ދައްކާ ކަހަލައެވެ. ގަޑި ހަމަ ވަނީއޭ ބުނާ ކަހަލައެވެ. އަހަރެންގެ ކަންފަތަށް އުނދަގޫވަނީއެވެ.
ނޭވާ ހާސް ކުރަނިވި ގަޑިއިރަކަށް ފަހު ޓިއުޝަން ކްލާސް ވެސް ނިމިއްޖެއެވެ. ނަމަވެސް އަހަރެން އެއްޗެކޭ ބުނަން ވިސްނި ވިސްނުން ވީ ނާކާމިޔާބެވެ. އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ޝެނިން، ނިކުންނަމުން ދިޔަ ކުދިންގެ ތެރެއިންލައިގެން ނުކުތެވެ. އަހަރެންވެސް އަވަސް އަވަހަށް ނުކުތީމެވެ. ބޭރަށް ނުކުމެވުން އިރު ދުއްވާ އެއްޗެހީގެ އަޑާއި ހެދި އަހަރެން ބީރު ނުވީ ކިރިޔާއެވެ. އަޑުތަށް އިވޭލެއް މިހާރު މާބާރެވެ. އަހަރެން ބޭއިޚްތިޔާރުގައި ކަންފަތުގައި އަތް އެޅީމެވެ.
ދުއްވާ އެއްޗެހީގެ އަޑުތަކަށް ނޫން އެހެން ކަމަކަށް އަހަރެންގެ ސަމާލުކަން އެނބުރޭތޯ ބެލީމެވެ. ޝެނިން ފެނުނީ އެވަގުތުގައެވެ. އެއާއި އެކު ހުރިހާ އަޑުތަކެއް ކަނޑައިން ދިޔަ ކަހަލައެވެ. މިހާރު އިވެނީ އެންމެ އަޑެކެވެ. ޝެނިންގެ ނޭވާލުމުގެ އަޑެވެ. ނަމަވެސް އޭގައި އާދައިން ބޭރުގެ ކަމެއް ވެއެވެ. ނޭވާލުން އެއްވަރެއް ނޫނެވެ. ނޭވާ ވަނީ ކުރުވެފައެވެ. ކަމަކާއި ބިރުގަނެފައެވެ.
ދިހަވަރަކަށް ފޫޓު ދުރުގައި ހުރި ޝެނިން އަށް އަހަރެން ނަޒަރު ހިންގާލަމުން އޭނާއާއި ދިމާލަށް ހިނގައިގަތީމެވެ. އޭނާ ފޯނު ނެގިއެވެ. އަހަރެން މިހުރި ހިސާބުން ވެސް އޭނާގެ އަތް ތުރުތުރު އަޅާކަން އެނގެއެވެ. އޭނާ ފޯނުގެ ސްކްރީނަށް ދެފަހަރަކު ފިތުމަށްފަހު ފޯނު ކަންފަތުގައި ޖެއްސިއެވެ.
“ހަލޯ. ބައްޕާ ކޮންތާކު؟” ޝެނިން އެހިއެވެ. އަހަރެން ސަމާލުކަން ދެމުން ދިޔައީ އެކޮޅުން ބުނާނެ އެއްޗަކާއި މެދުގައެވެ. އަހަރެންގެ ވިސްނުން އަމާޒު ކުރީ ފޯނަށެވެ. އަހަރެންގެ ގަދަވެފައިވާ ހިއްސުތަށް އެއްކަމަކަށް އަމާޒު ކުރަންވީމައި އަހަރެން ހަދާގޮތަކީ އެއީއެވެ. އަޑުއަހަން ވަކި އެއްޗެއް ބޭނުން ނަމަ ސަމާލުކަމާއި ވިސްނުން ދޭނީ ހަމައެކަނި އެއަށެވެ.
“ސޮރީ ދަރިފުޅާ. ބައްޕަ މިއުޅެނީ ބޮޑު ކަމެއް ވެގެން. މަޑު ކުރޭ. ބައްޕަގެ އެސިސްޓަންޓެއް ފޮނުވަނީ މި.” އެކޮޅުން ފިރިހެނެއް ޖަވާބު ދިނެވެ. ޝެނިންގެ ބައްޕައެވެ. އަހަރެން މިހުރީ ޝެނިން ދޭނެ ޖަވާބަކަށް ވިސްނައިގެންނެވެ. ނަމަވެސް ޝެނިން މިފަހަރުވެސް ހައިރާން ކޮށްލިއެވެ. “ނޫން ބައްޕާ. ރަނގަޅުވާނެ. ޝިންނު ގޮސްދާނަން ރައްޓެއްސަކާއިއެކު.” ޝެނިން ބުންޏެވެ. ގަނެފައި ހުރި ބިރުގެ ސަބަބުން އަހަރެން ހީކުރީ އަވަހަށް ފޮނުވަން ބުނާނެ ކަމަށެވެ. “ޔަގީން ތަ؟” ބައްޕަ އެއްސެވެ. “ޔާގީނޭ! ޝިންނުމެން ގެ ކައިރީގައި އުޅޭ ކުއްޖެކޭ.” ޝެނިން ބުންޏެވެ. ދޮގު ހަދަން މޮޅެވެ.
އެއްކޮނޑުގައި އަޅުވާފައި އިން ދަބަސް ހޭވުމަށްފަހު ޝެނިން އޭނާގެ ދަބަހުން ހެޑްސެޓެއް ނެގިއެވެ. ލަވަ ޖެހުމަށްފަހު އޭނާ ފުން ނޭވާއެއްލިއެވެ. އެއަށްފަހު ހިނގައި ގަތެވެ. އަހަރެންވެސް ފަހަތުން ހިނގައިގަތީމެވެ. އަދި ވިސްނާލީމެވެ. ޝެނިން ވާހަކަ ދެއްކި އަޑު މިއިވުނީ އަދި ކިރިޔާއެވެ. ކަންފަތަށް މަޑުމައިތިރި ލަވައެއް އަޑު އުވޭ ކަހަލައެވެ. އެހާވެސް އަޑުއަހަން ފަސޭހަ އަޑެކެވެ.
ޖަހަމުން ވެސް ދިޔައީ މަޑުމައިތިރި ލަވައެކެވެ. އަޑު އެހި ލަވައެއް ނޫނެވެ. އަޑު އެހި އަޑެއްވެސް ނޫނެވެ. ނަމަވެސް އެވެސް ޝެނިން ފަދަ އަޑު އަހަން ފަސޭހަ އަޑެކެވެ. އަހަރެން ލަވައިގެ ކޯރަސް ސާފުވޭތޯ ބެލީމެވެ. ޑިއަރ ނޯވަން، ދިސް އިޒް ޔޯ ލަވް ސޯންގް. އެލަވަ ހޯދަން ޖެހޭނެއެވެ.
އަހަރެން އެންމެ ފަހުން ހިނގަމުން ގޮސް ޝެނިން ގައިގައި އަތް ލެވޭހާ ހިސާބަށް ދެވުމުން ޝެނިންގެ ކޮނޑުގައި ކޮށްޓާލީމެވެ. ޝެނިން ދިޔައީ ސިއްސައިގެންނެވެ. ހަޅޭ ލަވައި ގަތުމުގެ ކުރިން އަހަރެން ޝެނިންގެ އަނގައިގައި އަތް އެޅީމެވެ. “މީ އިރަމް އޭ!” އަހަރެން ވަގުތުން ބުނީމެވެ. އޭރުވެސް ޝެނިން ލޯބޮޑުވެފައި އަހަރެންނަށް ބަލަން ހުއްޓެވެ. އަހަރެންވެސް އޭނާގެ ކަޅީގެ ފުންމިނަށް ގެއްލިއްޖެއެވެ. ހެންވޭރުގެ މީހުން މަދު ހިސާބެއް ކަމުން ޕޭމަންޓްގައި މީހުން މަދެވެ.
އަހަރެން އެދެލޮލުގެ ފުންމިނަށް ގެނބެނީއެވެ. ނަމަވެސް ޝެނިން ބޯ ހޫރުވާލުމުން އެ ސިހުރު ނިމުނެވެ. އަހަރެން ކަރު ކެހިލުމަށްފަހު ޝެނިންގެ އަނގައިން އަތް ނެގީމެވެ. “ކީއް ކުރަނީ ތި؟” ޝެނިން ހަމަ ވަގުތުން އެހިއެވެ. އަހަރެން ދޫ އޮޅެބން ވެސް އެނގުނީ އެވަގުތެވެ. “އަހަރެން…. އަހަރެން މަޢާފަށް އެދެން މިއައީ. މިޔަދު އަހަރެން ކަންތަށް ކުރީ ރަނގަޅަކަށް ނޫން.” އަހަރެން ބުނީމެވެ. ގްރޭޓް. އަހަރެންނަށް ރީތި ކޮށް މަޢާފަށްވެސް އެދޭކަށް ނޭނގެއެވެ.
ޝެނިން އަހަރެންނަށް ބަލަން ހުރީއެވެ. ނަމަވެސް އެއްޗެކޭ ނުބުނެއެވެ. ގިނަ އިރުތަކެއް ވަންދެން ހުއްޓެވެ. “ނިމުނީތަ؟” ޝެނިންގެ ސުވާލުން އަހަރެން ހައިރާން ވިއެވެ. ނަމަވެސް އެއްޗެކޭ ބުނުމުގެ ކުރިން އޭނާ ހިނގައިގަތެވެ. “މަޑު ކޮށްފާނަން ތަ؟” އަހަރެން އެހީމެވެ. ޝެނިން މަޑު ކުރިއެވެ. ނަމަވެސް ފަހަތަކަށް ނޭނބުރެމެވެ. އަހަރެން ގޮސް އެއްވަރު ކުރީމެވެ. ޝެނިން ހިނގައިގަތެވެ. އަހަރެންވެސް ޝެނިން އާއި އެއްވަރަކަށް ހިނގަން ފެށީމެވެ.
“މިޔަދު ސްކޫލްގައި ދިމާވި ކަމަކާއި ހެދި ޝެނިންއަށް ރުޅި ބޭލުނީ. އަހަރެންނަށް އިނގޭ އެކަހަލަ ކަމެއް ކޮށްގެން ނުވާނެކަން. ސޮރީ ވަރަށް ބޮޑަށް” އަހަރެން ބުނީމެވެ. ޝެނިން ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްގެން އަހަރެން ޝެނިންއާއި އެކު ހިނގަމުން ދިޔައީމެވެ. ޖަވާބެއް ނުދީ މާ ގިނަ އިރުވުމުން އަހަރެން ޝެނިން އާއި ދިމާލަށް ބަލާލީމެވެ. އެއް މިޔަކަނުން އަމިއްލައަށް ހިނިއައިސް އޭނަ ހުއްޓެވެ.
“ސައީދު ދޯ.!” ޝެނިން ބުންޏެވެ. އަހަރެން އުފާވި ވަރު ބުނަންވެސް ނޭނގެއެވެ. މިހާރު ހަމަގައިމުވެސް ނުފެންނަ ދަތެއް ނީންނޭއެވެ. “ހޭޓް ދެޓް މޭން!” އަހަރެން ބުނީމެވެ. ތެދެކެވެ. އެވަރު ފޫހިވާ މީހެއް މިހާރު ދުނިޔޭގައި ނޫޅޭނެއެވެ. ޝެނިން ހޭން ފެއްޓެވެ. އަހަރެން ގޮސް ޝެނިންގެ ކުރިމައްޗަށް ހުއްޓުނީމެވެ. އެއްކަލަހެން ލޯ ބޮޑު ވިއެވެ. “އަދި ފޯރމަލީ އިންޓްރޮޑިއުސް އެއް ނުވަމެއްނު.” އަހަރެން ބުނީމެވެ. “ހޭ. އަހަރެންނަށް ކިޔަނީ އިރަމް.” އަތް ދިއް ކޮށްލަމުން އަހަރެން ބުނީމެވެ.
އަހަރެން އަތަށް ބަލަން ހުރެފައި ޝެނިން އަހަރެންގެ އަތުގައި ހިފިއެވެ. “ޝެނިން.” ލަދު ރަކި ކަމާއި އެކު ޝެނިން ބުންޏެވެ. އޯ.. އަހަރެން ކުރިން ހުރި ތަނަށް ދިޔައީމެވެ. “ސޯ ކޮންތާކު ގެ ހުންނަނީ؟” އަހަރެން އެހީމެވެ. “މާވެޔޮ މަގުގައި.” ޝެނިން ދިނީ ކުރު ޖަވާބެކެވެ. “އެހާ ދުރަށް އެކަނި އަދި އިނގާފައި ތި ދަނީ ކީއްވެ؟” އަހަރެން އެހީމެވެ. ޖަވާބު ނޭނގޭތީއެއް ނޫނެވެ.
“އިރަމްގެ ގެ ހުންނަނީ ކޮންތާކު؟” ޝެނިން އަހަރެން ކުރި ސުވާލު ކުރިއެވެ. “މާފަންނުގައި.” އަހަރެން ދޮގު ހެދީމެވެ. އަހަރެންގެ ގެ ހުންނަނީ ހެންވޭރުގައެވެ. ހަމަގައިމުވެސް ޝެނިން އާއި އެކު ވާހަކަ ދެއްކުމަށް ބަހަނާއެއް ލިބުނީއެވެ. “އިރަމްވެސް ތި ދަނީ ހަމަ ހިނގާފައި އެކަންޏެއްނުން.” ޝެނިން ބުންޏެވެ. “ވެލް ސެއިޑް” އަހަރެން ބުނީމެވެ.
“ކޮން ރަށެއްތަ؟” އަހަރެން އެހީމެވެ. ޝެނިންގެ ފޯނަށް މެސެޖެއް އައީ އެވަގުތުގައެވެ. ޝެނިންގެ ހިތުގެ އަޑު އަނެއްކާ ބާރު ވި ކަހަލައެވެ. ނޭވާ ކުރުވާން ފައްޓައިފިއެވެ. އަހަރެން ޝެނިން އަށް ބަލާލީމެވެ. ޝެނިން ހުރީ ކުރިއަށް ބަލައިގެންނެވެ. ގަނޑުވެފައެވެ. ލޯބޮޑުވެފައެވެ. “ޝެނިން… ޝެނިން…އޯކޭތަ؟” އަހަރެން އެހެންވެސް ދެފަހަރަކު އެހީމެވެ.
މައްޗަންގޯޅި ސަހަރާ ކައިރި ކަމުން މިފަހަރުވެސް ބަޔަކު މަގުމައްޗަކު ނެތެވެ. އަހަރެން ޝެނިންގެ ކޮންޑުގައި އަތްލީމެވެ. ޝެނިން ފުންމައިގެން ދިޔަކަހަލައެވެ. އަހަރެންގެ ގައިގައި ވަގުތުން އޮޅުލައި ގަތެވެ. “ހޭ… އިޓްސް އޯކޭ.. އަހަރެން މިހުރީނުން. ޝެނިން އަކަށް އެއްވެސް ކަމެއް ނުވާނެއެވެ. ޝެނިންގެ ތުރުތުރު އެޅުން އަހަރެންނަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވެއެވެ. އަހަރެންނަކަށް ކިޔޭ އެއްޗެއް ނޭނގެއެވެ. ނަމަވެސް މަސައްކަތް ކުރޭ އެބައެވެ. އޭނާގެ ތެޅުން މަޑުވޭއެބައެވެ.
“ގެއާއި ކައިރި ވަނީ އިނގެ.” އަހަރެން ބުނީމެވެ. ޝެނިން އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. އަހަރެން ވެސް ޝެނިންގެ އަތުގައި ބާރަށް ހިފެހެއްޓީމެވެ. ދޫ ނުކޮށްލާ ހިނގައިގަތީމެވެ. އަހަރެންނާއި އެއްވަރަށް އޭނާވެސް އައެވެ. އެވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ޖަވާބު ދަނީ ހަމަ އެންމެ އެއްޗަކަށެވެ. ނެކްރޮމެންސީ. މަރުވެފައި ތިބޭ މީހުން ފެނުމަށެވެ. ނަމަވެސް މިއީ އެ ޝެނިން ކަމެއް ކަންވެސް ނޭނގެއެވެ. އަހަންވެސް ބޭނުމެވެ. ނަމަވެސް ވަގުތު ރަނގަޅު ނޫންކަން އެނގެއެވެ.
ގެ ހުރި ގޯޅި ގަނޑާއި އަރާ ހަމަ ވުމާއި އެކު އަހަރެން އަތުން ދޫ ކޮށްލުމަށްފަހު ޝެނިން ދުއްވައިގަތެވެ. އަހަރެން ވެސް ވީހާވެސް އަވަސްކޮށް ގޮސް ޝެނިންގެ އަތުގައި ހިފީމެވެ. ނަމަވެސް ޝެނިން އަހަރެންނާއި ދިމާލަކަށް ނުބަލައެވެ. އަހަރެން އޭނާގެ ކުރިމައްޗައް އެރީމެވެ. އިސް ޖަހައިން ޝެނިން ހުއްޓެވެ. “އަހަރެންނާއި ދިމާލަށް ބަލާބަލަ” އަހަރެން ބުނީމެވެ. ނަމަވެސް ޝެނިން ހަމަ އިސް ދަށަށް ޖަހައިން ހުރީއެވެ.
އަހަރެން ޝެނިންގެ ދަތްދޮޅީގައި އެއް އިނގިލި އަޅުވާލުމަށްފަހު މޫނު ނެގީމެވެ. އޭރު ޝެނިންގެ ލޮލުން ފެން އަންނަނީއެވެ. އަހަރެންގެ ބޮޑުވައި އިނގިލިން ކަރުނަ ފޮހެލީމެވެ. ނަމަވެސް ކޮލުން ކަނާ އަތެއް ނުނަގަމެވެ. “އަހަރެންނަށް އެނގޭ ޝޭނިން، މިރޭ ވީ ކަމެއް ބުނާކަށް ރެޑީއެއް ނޫން ކަން. އެކަމު ހަނދާން ކުރާތި އަހަރެން ހުންނާނެކަން. ވާހަކަ ދައްކަން ބޭނުންވިޔަސް އަހަރެން ހުންނާނަން.” އަހަރެން ބުނީމެވެ.
އެނގެއެވެ. ވަރަށް ޗީޒީއެވެ. ވަރަށް ފިލްމީއެވެ. ނަމަވެސް އެ މަސައްކަތް ކުރިއެވެ. އަހަރެންނަށް ކުޑަކުޑަ ހިނިތުން ވުމެއް ޝެނިން ދިނެވެ. އަހަރެން ޝެނިން ކޮލަށް ދިނުމަށް ފަހު އެނބުރުނީއެވެ. “ގުޑް ނައިޓް ޝެނިން.” އަހަރެން ވަކި ހިސާބަކަށް ގޮސް އެނބުރިފައި ބުނީމެވެ. އޭރު ޝެނިން އަހަރެން ދޮން ދިން ކޮލުގައި އަތް އަޅައިން ހުއްޓެވެ. އަހަރެންގެ ގާތަށް އައީ ނުބައި ހިންޏެކެވެ. މިއީ އަނެއްކާ އައު އެކުވެރި ކަމެއްގެ ފެށުމެއް ހެއްޔެވެ؟ ނޫނީ އެހެން ގުޅުމެއް ހެއްޔެވެ؟
7 Comments!
Comments are closed.
sorry to say…..ekam adhives liyuntherikamuge fenvaru varah boduthan ragalhukuran jehey……v undhagoo baeh jumlathah kiyan……v hamaves nujhey jumlathah……so i hope u will improve next time…..
ޝުކުރިއްޔާ.. 🙂
?update kohbea. varah habeys vaane hen heewey. koba mi vaahakaige baaky episode thah
ރީޕާރ އަށް އެނގޭތޯ ވާނުވާ..؟
ޝުކުރިއްޔާ.. 🙂
jaiiii…vaahaka up nukoh kn dhuniye eh ga thiulhenyyy..chutty v ma up vx nukurevenytha..btw salhi mi bai vx..:)
ސޮރީ ސޮރީ! މިއައީ… ތިން ދުވަސް.. ތައްޔާރުވޭ.. 🙂
ޝުކުރު ދޭ ތަރުހީބަށް!
kihineh eany furathama bayaadhevana bayaa nugulhuvaaa 2 vana bai fashanyyy ves boahalaaku