“ޒީން މަންމަ މަރުވުމުގެ ކުރިން ޒީން މާ ބޮޑަށް މީހުންނާއި ދުރުން އުޅުނު ވާހަކަ ޔުމްނު ކިޔާދިން. ވީކެއް ކުރިން ކަމަށް ބުނީ… ކިހިނެތްވީ ޒީން އެގޮތަށް އުޅުނު ވާހަކަ ޔުމްނު ބުނަންވީ” ޒިޔަމް އެގެން ބޭނުންވާ ހުރުހާ ސުވާލެއްގެ ޖަވާބު ހޯދަން އަޒުމް ކަނޑަ އަޅައިގެން އިނެވެ. “ޒީންއަށް… މީހަކު ޒީން ރޭޕް ކުރީ” ޒިޔަމް އާއި އެއްގޮތަށް ޒީންވެސް މިއަދު ހުރީ ވަރުގަދަ އަޒުމަކާއިގެންނެވެ. ޒީންގެ ޖުމްލަ ކަންފަތުގައި ޖެހުމާއި އެކު ޒިޔަމް ދިޔައީ […]
ދެހަފްތާފަހުން ފުރުން ހަމަޖެހިފައިވުމާއެކު މަލާކްވެސް ހުރީ ވަރަށް ދެރަވެފައެވެ. “ކުޑާ އަޅެ ވަރަށް ދެރަވޭ.. ވަރަށްމިސްވާނެ.. ” މަލާކް އާއި މިޝާތިބީ މަލާކްގެ ކޮޓަރީގައެވެ. މީރާން އާއި މައިޝާ ބޭޭރަށްނިކުތުމުން އެދެކުދިން އަބަދުވެސް ބަހުސްއަކީ އެއީއެވެ. ގެއަށްވަދެގެން އއި ހިޝާމްއަށް ދެކުދިންގެ ވާހަކަތަށް ރަނގަޅަށް އަޑުއިވުނެވެ. އެއާއެކު ކޮޓަރީދޮރުގައި ޓަކިޖހާލިމަށްފަހު “މަލްކޮ ނިކަން އައިސްދީބަލަ ބައްޕަގެ ކޮޓަރިއަށް.. ” ބުނެފައި ހަރުހިނގުމުގައި ކޮޓަރިއަށް ދިޔައެވެ. “ކިހިނެއްވީތޯ ބައްޕާ އަޅުގަނޑަށް ގޮވާލީ.. ” ކޮޓަރީގެ ދޮރުހުޅުވާފައި ވަތް ނޫރާހުރީ […]
“ހެހެހެ. ފަހަށް ތިބޭނީ ފަސް.. މިކޯއްޗެއް ގަމީހުގަ” ޒިޔަމްގެ ގަމީހުގައި ނެއްޓިފައި ހުރި ރޮނދި ފަށެއް ފެނުމުން ޝަމްހާ އެތަނަށް އިގިލި ދިއްކޮށްލިއެވެ. އަދި ޒިޔަމް ކައިރިއަށް ޖެހިލައި އެރޮނދި ބުރިކޮށްލަން އުޅެނެވެ. ޒީންއަށް ފުރަތަމަ ބުރިން ތިރިއަށް ފޭބި ތަނާ އަތް ދަބަސް ޒިޔަމްގެ ކޮޓަރީގައި ބާއްވާފައި އާދެވުނު ހަނދާން ވިއެވެ. އެވަގުތު އެތާގައި ކަސްޓަމަރ ސާވިސް ކުއްޖެއް ފެންނަން ނެތުމުން އަމިއްލައަށް ގޮސް އެ ނަގަން ޖެހުނެވެ. ވަރަށް ކެތްކޮށްލާފައި ޒިޔަމްގެ ކޮޓަރިއާއި ހިސާބަށް […]
ފަތިހުގެ ރަންދޯދިތަށް ބިމަށްއެޅެެމުން އަލިކުރަމުން އައިރު ބިންޔާ އަވަދިނެތި އުޅެމުންދިޔައީ އަވަހަށް ނަމާދު ކޮށްލެވޭތޯއެވެ. ރޭގައި އެހާވަރަށް ފޯންއެލާމްކުރުމުން ވެސް ހޭނުލެެވުނީއެވެ. “ބޭބް.. ބޭބް.. އަދިވެސްނުހޭލަނީތަ.. ” ބިންޔާގެ ކޮޓަރީގައި ޓަކިދެމުން ޖަޒްލާންގޮވާލިއެވެ. “ނޫނޭ މިނިކުންނަނީ.. ދެންމެގަ ހޭލެވުނީ.. ” ޖަޒްލާންއަށް ގޮވާލެވުނީ ބިންޔާ ސަލާމްދިންތަނާ އެކުހެން ވުމުން އަވަހަށް ޖަވާބުދިނެވެ. ޖަޒްލާން ހެމުން ހެމުން އަވަހަށްގޮސް ސޯފާގައި އިށީންދެލީ އަދި ނިކުންނަން އިރުނަގާނެކަން އިނގޭތީއެވެ. ސޯފާގައި ވާހަކަފޮތަކަށް ގެއްލިފައި އިން މިޝާ ސިހުނީ ފަހަތުންއައިސް މަލާކް […]
ކަމަކަށްފަހު ކަމެއް ދިޔައީ ނިމެމުންނެވެ. ނަމަވެސް މަސައްކަތުގައި އަހަރެން އެންމެ ބިޒީވީ ވަގުތު ކުއްލި އަކަށް އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. އެވަގުތު މިހާ ބިޒީ ގަޑިއެއްގަ ގުޅަނީ ކާކުބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އިންތިހާ އަށް ބިޒީ ވެފައި އިން ވަގުތެއް ކަމުން މި ގަޑީގަ ނޫނީ ގުޅާ މީހަކަށް ވެސް ގުޅަން ނޭނގުންދޯ އޭ އެވަގުތު އަހަރެންނަށް އަމިއްލަ ހިތާ ވެސް ސުއާލު ކޮށްލެވުނެވެ. އަނެއް ކޮޅުން ގިނަފަހަރަށް އަންނާނީ ވެސް ބޭކާރު ކޯލްތަކެވެ. […]
ޒިޔަމްއަށް އެތަނަށް އާދެވުނު އިރު ސާއިމް ހުރީ ޒީންއަށް ބޭނުންވާ ޓެސްޓުތަކެއް ހެދުމަށް ލޭ ނަގާށެވެ. ޒިޔަމް އައިސް ވެގެން އުޅޭ ގޮތް އެހުމުން ސާއިމް ވީ ގޮތް ކިޔާ ދިނެވެ. ދުޅަވެފައިވާ ތަން ބަލާލުމަށް ޒިޔަމް ޒީންގެ ފައިގެ މަތީގައި އަޅާފައި އޮތް ފޮތިގަނޑު ކަހާލިއެވެ. ޒިޔަމް ޒީންގެ ދުޅަވެފައިވާ ފަޔަށް ބަލައިލުމާއި އެކު ލާން އުޅުނު ނޭވާ އަރުތެރޭގައި ތާށިވީހެން ހީވިއެވެ. ދެތިން ފަހަރު އެސްފިޔަ ޖަހާލުމަށްފަހު ބެލި އިރުވެސް ފެންނަނީ ހަމަ ކުރިން […]
“ނޫރާ .. ނަމާއެއްވަރަށް ކުއްޖާވެސް ހާދަރީއްޗޭ.. ހީވަނީ ހަމަ ބޭރުމޮޑެލް އެއްހެން.. ހަމަޔަޤީން އަހަރެންގެ ދަރިފުޅަށް ނޫރާކަމުދާނެކަން.. ” މިހުރިހާ ވާހަކައެއްވީ ބަލްޤިސްގެ ހިތުތެރޭގައެވެ. ނޫރާއައިސް ގޮނޑީގައި އިށީން އިރުވެސް ބަލްޤިސް އަށް އެނުންދިމާލަކަށް ބަލާވެސް ނުލެވެއެވެ. “މިހާރު އަހަރުމެންގެ ދަރިންވެސް ބޮޑެތިވީޔޭދޯ.. ” ބަލްޤިސް ހިތިގައި ހިނގާލި ޝުއޫރަކުން އެބަސްތަށް ދުލުން ބޭރުވީ އެއްވެސް އިހްތިޔާރަކާާނުލައެވެ. “އާން އަހަރެމެންގެ ނޫޫރާވެސް މިހާރު ކިޔަވާ އެނިމެނީ .. އަންނަ އަހަރު މެދުތެރޭ ކިޔެވުން ނިންމާފަ އަހަރުމެންގެ މަސައްކަތަށް […]
ސިއްސައިގެން ގޮސް އަހަރެންނަށް ހޭލެވުނީ އެނދު ކައިރި ހުރި މޭޒުމަތީ އިން ގަޑި ސޯނާވާ އަޑަށެވެ. އެހިނދު މޯޅިއަކަށް ދެމިލަމުން ކައްނެތް ގޮތަކަށް ބޯ ހިއްލައި ލަމުން އަހަރެން ގަޑިޔަށް ބަލައިލީމެވެ. އޭރު ގަޑިން ހަތްގަޑި ބައިވަނީއެވެ. އަހަރެންނަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ވަގުތުން ހުއްމައިގެން ތެދުވެ ގަޑީގެ ސޯނާ އޮފް ކޮށްލުމަށް ފަހު ހަރުގަނޑުގަ އަޅުވާފައިން ތުވާލި ހިފައިގެން ހިނގައިގަތީ ފާހަނަޔާ ދިމާއަށެވެ. ފާހަނަޔަށްވަދެ ފެންވަރައިގެން ނުކުމެ އަވަސް އަވަސް ކޮށްލައިފަ ރީތި ވުމަށްފަހު […]
“ޒީން އަހަންނަކަށް ނުވިސްނުނު ޒީން ތިކިޔާ އެއްޗެއް. ތަންކޮޅެއް ސާފުކޮށް ބުނެދޭންވީނު” ޒިޔަމްވެސް އޭނާއިން ސޯފާއިން ތެދުވިއެވެ. ޒީން ތުހުމުތުގެ އިގިލި ދިއްކުރަމުން އެދަނީ ކީއްވެގެން ކަމެއް ހިޔާލަށް ނައުމުންނެވެ. ޒީން ޒިޔަމްއަށް ބަލާލިއެވެ. އެބެލުމުގައި ވަނީ ޖަވާބު ބޭނުންވާ އެތައް ސުވާލުތަކަކެވެ. ކުރަން ބޭނުންވާ ޝަކުވާތަކެވެ. އެރޭގެ އެއްވެސް ކަމެއް ޒިޔަމް ހަނދާން ނެތީ ހެއްޔެވެ؟ ވޭނުގައި ރޭދުވާ ބޭކާރު ކުރިއިރު ޒީންއަކީ ކާކު ކަންވެސް ޒިޔަމްއަށް ނޭނގެނީ ހެއްޔެވެ؟ ޒިޔަމްގެ ނަޒަރުވެސް ހުއްޓިފައި […]