Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

Unkn0wn Level 110 Stories
June 2, 2013 One Min Read
2 Comments

ހަނދުއެހެރީ އަރައެވެ. ބުނާކަހަލަ އެވެ.
ބައިވެރިޔާ އަންނަންދެން މަޑުކޮށްލަދޭން އެދޭށެވެ. މަޑުކޮށްލެވިދާނެ އެވެ.
އިރުކޮޅެއްތެރޭ ހަނދު އޮއްސޭނެ އެވެ.
ޔަގީންކަމެއްނެތް އިންތިޒާރެއްގައި އަހަރެން އިންދަ އެވެ.
އެ ހިނދުކޮޅު، އެ ހަމަހިމޭންކަން ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އިރު ފެނުން ތޮޅިލައިފި އެވެ.
ގަންދެއްވި، ހެކިކުރެވުނު ވަގުތުކޮޅު މިއޮށް ދަނީ އެވެ.
އަވި ބާރުވެ، ދުވާލުގެ ހޭބޯނޭރުމުގައި ދުނިޔެ މަޝްޣޫލުވަނީ އެވެ.
އެ ހިނދުކޮޅު، އެމަންޒަރު، ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އަސުރުން ތިރިވިފަހުން ވާރޭވެހެން ފެށި އެވެ.
ކޮންމެ ފެންތިއްކެއް ވަކިވަކިން ސުވާލުކުރެއެވެ. އެކަނި ތިހުރީ ކީއްވެހެއްޔެވެ.
ފެންތިކިތައް އަތުގުޅާލައި އިސާހިތަކު މަގުތައްމަތީ ބިޔަ މުޒާހަރާއެއް ފަށައިފި އެވެ. “ބައިވެރިޔާ!! ބައިވެރިޔާ!!”
އެ ހިނދުކޮޅު، އެ އިހުސާސް ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

ވިލާތައްކެހި އުޑުމަތި ސާފުވެއްޖެއެވެ. އިރުއޮއްސެނީ އެވެ.
އުޑުގެ ކޮންމެ ދިމާލަކުންވެސް އުޅެނީ، ވީ އެންމެ ޗާލު އައްޔެއް ދިއްލުވޭތޯ ބަލާށެވެ.
ޤުދުރަތުގެ އެކި ދިމާއަށް އަލިކޮށްގެންވެސް އެހެކިތައް މި ލޮލުގައި އަޅައިގަނޭތޯ އެވެ.
އެ ހިނދުކޮޅު، އެއަސަރު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

އޭ ލޯބިވެރިޔާ އެވެ! ތިބާއާ އަހަރެން މުޚާޠަބު ކުރަންވީ ކޮންނަމަކުންހެއްޔެވެ؟

ކަލާ ތިއީ ތައުބާއެވެ. ހަނދުވަރުގެ ފަނޑުއަލީގައި ކަލާއެކު ވުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ ޝަރުޢެވެ. ކޮންމެދުވަހަކާ ކުރިމަތިލުމަށް ތިބާ އަހަރެންގެ ޢަމަލުތަކާ އަތު ގުޅާލުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ ޝުކުރެވެ. ރިޒްޤުގައި ހިފުމަށް ކަލާ ގެ ދެއަތުން އަހަރެންގެ ދެއަތް އުފުލާ ދިނުމަށް އަހަރެން އެދެމެވެ.
ކަލާ ތިއީ އީމާނެވެ. ދުނިޔަވީ އަލިތަކުން އާޚިރަތަށް ތިބާ މަގު އަލިކޮށް ދިނުން އަހަރެން އެދެމެވެ.

ދުނިޔެމިއީ ކުޑަ ހިނދުކޮޅެކެވެ.
އެ ހިނދުކޮޅު، މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ.

Share Article

Follow Me Written By

Unkn0wn

Level 110 Stories

Other Articles

Previous

ހިތް ނުރޮއްވާ…

Next

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (3 ވަނަ ބައި)

Next
June 3, 2013

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (3 ވަނަ ބައި)

Previews
June 1, 2013

ހިތް ނުރޮއްވާ…

2 Comments!

  1. އަޚްމަދު ފާތިޙް says:
    June 5, 2013 at 3:35 pm

    މިވާހަކަ އެހާ ރީއްޗެކޭ ނުބުނެވޭނެ. ސަބަބަކީ އެސޮރު ފަތިސް ނަމާދު ނުކޮށް ހުރީމަ!

  2. Ahmed Shameen says:
    October 6, 2014 at 1:12 am

    pls do give credit to the writer, as is in these sites
    http://www.fanvai.info/dhivehi/vazanbahuruva/1934-2010-12-31-10-54-29
    http://www.kavaasaa.com/adhab/lhen/inthizaarugenimun.html

Comments are closed.



All Right Reserved!