Skip to content
އެސްފިޔަ

ފެނު ޕަރީ (4)

“ހަލޯ” އެއީ ހަމަ ޔަޤީނުންވެސް ޒައިޝާގެ އަޑެވެ. ޒިޔާންގެ ކަންފަތުގައި މިއުޒިކެއް ކުޅެލިކަހަލައެވެ. ނަމަވެސް އަގައިން ބުނާނެ ހިއްވަރެއް ނުލިބުނެވެ. ދެ ތިންފަހަރު ހަލޯ އެއް ބުނުމަށްފަހު ޖަވާބެއް ނުލިބުމުން ޒައިޝާ ފޯނު ކަޑާލިއެވެ. ޒިޔާންއަށް ހަމަ އެހުރި ގޮތަށް ހުރެވުނީއެވެ. އަމިއްލަ ފިޑި ކަމާޙުރެ އަމިއްލަ ނަފްސު ދެކެ ރުޅިވެސް އާދެވުނެވެ. އެންމެ ފަހުން ޒިޔާން ނިންމީ ޒައިޝާއަށް އޭނާ އެއީ ކާކުކަން ނޭގޭ ގޮތަށް ހަދިޔާ ފޮނުވާ މެސެޖް ކުރުމަށްވެ.

ޒައިޝާ އޭނާއަށް ގުޅި ކާކުތޯ ބެލުމަށް ނަމްބަރު ބަލާލިއިރު އެއީ ކާކުކަން ނޭގޭ ގޮތަށް ނަގާފައިވާ ސިމެކެވެ. މާ ބޮޑު އަޅާލުމެއް ނެތި ޒައިޝާ އަވަސް ވެގަތީ ރޭގަނޑު ކޮލަޖަށް ދިއުމުގެ ކުރިން ފިލާވަޅުތައް މުތާލިޔާ ކުރާށެވެ. އެހެން ކަމުން ފޮތް ނަގައިގެން ކިޔަވާ މޭޒް ކައިރިއަށް ޖެހިލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައެއް. ބަލާލިއިރު އޭގައި ވަނީ ހަމައެކަނި ފްރެންޑް ވާން ބޭނުން ކަށެވެ. އެއީ ބްލޭންކް ކޯލް ދިން ނަމްބަރު ކަން އެގުމުން އަޅާނުލާ ފޯން ބޭއްވީއެވެ. ނަމަވެސް ސިކުޑީގެ އެއް ކަނަކުން އެ ނަމްބަރާއި ދޭތެރޭ ވިސްނަމުން ދިޔައެވެ. އެހެންކަމުން ސިކުޑިން އެ ހިޔާލު ނެރެލުމަށްޓަކައި ބަގީޗާއަށް ނިކުތެވެ.މީރުވަސް ދުވާ މާމެލާމެލިން މުޅިތަން އެއްވަސް ވެފައިވާ އެ ބަގީޗާގައި ރަސްކަން ކުރަމުން ދިޔައީ ބަޅިދާ ކޮކާލެވެ. ޒައިޝާ އަށް ބޭއިޙްތިޔާޜުގައި ހިނިތުންވެވުނެވެ. ވަގުތުން ސިކުޑީގައި ހުރި ހާސްކަން ފިލައި ތާޒާ ވެގެން ހިގައްޖެއެވެ.ހިޔާދޭ ބޮޑުގަހުގައި އެލުވާފައި ހުރި އުދޯލީގައި ޒައިޝާ އިށީދެލިއެވެ. އަދި ނަށަމުން ދިޔަ ކޮކާތަކަށް ބަލަމުން ދިޔައެވެ. މަޑުމަޑުން އޭނާގެ ހިޔާލު ޒިޔާން އާއި ގުޅެން ފެށިއެވެ. އެ އެމަރަލްޑް ލޮލުގެ ރީތި ކަމާއި މެދު ޒައިޝާ ވިސްނަން ފެށިއެވެ. މާގިނައިރެއް ނުވެ އޭނާގެ ޚިޔާލުގެ ވާފަށް ދިގުދެމިގެން ހިގައްޖެއެވެ.

އާ ދުވަހަކަށް އިރު ހިނިތުންވެލިއެވެ. ޒައިޝާ އާދައިގެ މަތިން ޑިއުޓީ އަށް ދިޔުމަށް ތައްޔާރު ވަމުން ދިޔައެވެ. ކުއްލިއަކަށް ފޯނަށް މެސެޖެއް އައިސްގެން ބަލާލިއެވެ. ހަމަ ނުދަންނަ ނަމްބަރުން މޯރނިންގ މެސެޖެއް ފޮނުވާލީއެވެ. ޒައިޝާ މާ ބޮޑު ސަމާލު ކަމެއް ނުދީ ރީތި ވަމުން ދިޔައެވެ. ހޮސްޕިޓަލަށް ދެވުމާއި އެކު ކާރުން ފައިބައިގެން ގޭޓާއި ދިމާއަށް ހިގައިގަތެވެ. އެވަގުތު ގޭޓުކައިރީގައި ހުރި ސެކިއުރިޓީ ބަލަހައްޓަ މީހާ ރަތް ފިނިފެންމަލެއް ޒައިޝާ އަށް ދިއްކޮލިއެވެ. ވަރަށް ހައިރާން ކަމާއި އެކު ޒައިޝާ އެމީހާގެ މޫނަށް ބަލާލިއެވެ. “އަޅުގަނޑެއް ނޫން. މީހަކު ހަވާލު ކުރަން ދިން އެއްޗެއް” އަވަސް އަވަހަށް އެމީހާ ބުނެލިއެވެ. ޒައިޝާގެ މޫނުމަތިން އޭނާ ހުރީ ވާނުވާ ނޭގިކަން ބަލާލި ކޮންމެ މީހަކަށްވެސް އިގޭނެއެވެ. ހަދާނެ މާ ބޮޑު ގޮތެއް ނެތުމުން ޒައިޝާ މާހިފައިގެން އެތެރެއަށް ވަދެގަތެވެ.

މިއަދު ޒައިޝާ މަސައްކަތް ކުރަން ޖެހުނީ ބޭރު ޑޮކްޓަރަކާއި އެކީގައެވެ. ޒިހާން ފެނޭތޯ ޒައިޝާގެ ލޯ ހޯދިއެވެ. ހަމަ އެގޮތަށް ޒިހާންގެ ހިތާއި ލޯވެސް ހޯދަމުން ދިޔައީ ޒައިޝާ އަށެވެ. ނަމަވެސް މިއަދު އިފާ ނިކުތުމުން ޒައިޝާ ނާންނާކަން ޒިހާން އަށް އެގެއެވެ. މަސައްކަތް ކުރާ ހިތް ނުވިނަމަވެސް ބަލިމީހުން ބެލުމާއިގެން ޒިހާން މަޝްއޫލްވެގަތެވެ.ޒައިޝާ އަށް ލިބުނު ފިނިފެންމާ އަތްދަބަގެ ކަނުގައި ޖެހުމަށްފަހު ޒައިޝާވެސް އޭނާ މަސައްކަތް ކުރަން ހަމަޖެހިފައިވާ ރޫމާއި ދިމާއަށް ހިގައިގަތެވެ. ލިޔަންޖެހޭ ބައެއް ތަކެތި އޮފީހުގައި ބަހައްޓަފައި އާދެވުމުން ޒައިޝާ އަބުރާލާފައި އޮފީހާއި ދިމާއަށް މިސްރާބު ޖެހީ އެއްވެސް ހިޔާލެއް ނެތިއެވެ. ޒިހާންވެސް އޮފީހަށް ދާން ނިކުތީ އެއްވަގުތެއްގައި ކަމުން ދެމީހުން ދިމާވިއެވެ. “މޯރނިންގ ޒައިޝާ” ޒިހާން ހިތްވަރު ކޮށްލާފައި ބުނުމަށްފަހު ހިގައިގަތެވެ. އެވަގުތު ޒައިޝާގެ އަތްދަބަހުގެ އަރިމަތީގައި ޖަހާފައި ހުރި ފިނިފެންމާ ފެނި އަމިއްލަ އަށް ހީލިއެވެ. ޒައިޝާވެސް ރަކި ހިނިތުންވުމަކާއި އެކީ ޒިހާންއަށް ރަށްދު ދިނުމަށްފަހު ހިގައިގަތެވެ.

ދުވަހުގެ މަސައްކަތް ނިމި ގެއަށް ދާގަޑި ޖެހުނެވެ. ޒައިޝާ ބަލައި ޑްރައިވަރު އައުމުން ކާރަށް އެރިއެވެ. ގެއާއި ހަމައަށް ނުފޯރަނީސް ކާރު ހުއްޓިއްޖެއެވެ. ވީ ގޮތް ބަލާލިއިރު ކާރުގެ ފަހަތު އެއްޓައިރު ފަޅައިގެން ދިޔައީއެވެ. “އޯ ގޯޑް. ހަމަ މިހާރުތަ؟ އައި ސޯ ޓަޔަޑް” ޒައިޝާ އަށް ބުނެލެވުނެވެ. ކޮންމެ ގޮތަށްވިޔަސް ގެ ދުރުކަމުން ހިގާފައި ދާހާ ވަރެއް ޒައިޝާ ކިބަޔަކު ނެތެވެ. “20 މިނިޓްސް މެޑަމް” ޑްރައިވަރު ބުނެލިއެވެ. ކޮންމެ ގޮތެއްވިޔަސް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތިގެން ޒައިޝާ ކާރުން ފޭބިއެވެ. އެވަގުތު ޒިހާން އެހާ ހިސާބަށް އަރާ ހަމަވަނީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. koo

    Vaahaka thankolheh dhigukollyma v shalhivaane

    1. Sea hostess
      koo

      koo will try my best n thanks

  2. afsa

    Thankolheh dhigu koh genes dheebala vaahaka varah reethi mihaaru

    1. Sea hostess
      afsa

      afsa try kuran hama dhigukoh genes dheveytho.. 🙂

    2. Kanlayanee
      afsa

      You got to push it-this estiesnal info that is!

  3. shehey

    haadha kurey :/ miha kuruweema v foohiwey. kiyaahitheh nuwey 🙁

    1. Sea hostess
      shehey

      kuru viyas shehy konme dhuvahaku genes dheveytho eba balan.. :0 mashkah kuraanan dhigukuran

  4. Sinthy

    I so tired ey. Hahahahahaha

    1. Sea hostess
      Sinthy

      sinthy ehves meehakee hurihaa kameh enme ragalhah kurevey meeheh nun dhw.. aslu enmenah ves .. egihjje kan neygey eythaa aslu liyan ulhunu bas.. hama typing mistake eh ovedhaane kamah gabool kuran.ekam ves Sinthy ah bunedheyfaanan ethaa aslu jahan ulhunee “I AM SO TIRED ” ingey..

  5. zyna xee

    Aslu vaahaka v salhi…. v kiyaahuvefa mihury

Comments are closed.