Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެނު ޕަރީ (2)

nyna Level 1
December 22, 2013 3 Mins Read
9 Comments

ޒައިޝާ ގެއަށް އައުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު އޭނާ ތުރުތުރު އަޅައިގަތެވެ. އޭސީ ގެ ފިނިކަމުން އެންމެ ހިމަ ނާރަށްވެސް އަސަރު ކުރިއެވެ. ތަނަވަސް ބޮޑު ކޮޓަރީގެ ހުދު ބޮކި ދިއްލާލުމާއި އެކު މުޅިތަން އެއްކޮށް އަލިވެގެން ދިޔައެވެ. އެ ކޮޓަރިއަށް ބަލާލުމުންވެސް ޒައިޝާ އަކީ މުއްސަދި މީހެއްގެ ދަރިއެއްކަން އޭގެނެއެވެ. ބޮޑު ކޮޓަރީގެ މެދުގައި ކިންގް ސައިޒް ބޮޑު އެދާއި އެދުން ފައިބާއިރު ފައިޖެހުމަށް ބާއްވާފައި އޮތް މަޑު ފިޔާތޮށި ކުލައިގެ ދޫލައާއި މަތީގައި އެލުވާފައި އޮތް ބޮޑު ޗާންދަލިޔާ އާއި 6 ފަތުގެ ބޮޑު އަލަމާރި އާއި ބޮޑު ޑްރެސިންގ ޓޭބަލް އިނެވެ. ކޮޓަރީގެ ކަނުގައި ބަހައްޓަފައި ހުރި ކިޔަވާ މޭޒަކާއި ގޮޑިއެވެ. ހުރިހާ އެއްޗެއްވެސް ހުރީ އަންހެން ކުއްޖަކާއި ގުޅޭނެ ގޮތަށް މަޑު ފިޔާތޮށި ކުލައިންނެވެ. ދޮރގައި އެލުވާފައި ހުރި ޝާޙީ ބޮޑު ދޮރުފޮތި ތަކުގައިވެސް ހުރީ ފިޔާ ތޮށި ކުލައެވެ. ކޮޓަރި ފެންނަ ކޮންމެ މީހަކުމެ އެފަދަ ތަނަވަސް ކަމަކަށައި އަރާމުކަމަށް އެދޭނެކަން ކަށަވަރެވެ. މި އީ ޒައިޝާގެ މަންމަ ހާލިދާގެ އުއްމީދެވެ. އޭނާ ޒައިޝާއަށް ބަލިވެ އިނީސްސުރެ ދެކެމުން އައި ހުވަފެނެކެވ.
ޒައިޝާ ހޫނު ފެނުން ފެންވަރާލުމަށްފަހު ތުވާލި އޮޅާލައިގެން ނިކުތެވެ. ހާލިދާ ޒައިޝާގެ އިންތިޒާރުގައި ސިޓިންގް ރޫމްގައި ހުއްޓެވެ. އައްސަދުވެސް ރޭގަޑުގެ ކެއުމަށް އިންސާފުކުރުމަށްޓަކައި ދަރިފުޅުގެ އިންތިޒާރުގައި ހާލިދާ ފަދައިން ސިޓިންރޫމްގައި ހުއްޓެވެ. ބަދިގޭގައި ގެންގުޅޭ ބޭރު ކުއްޖާ އަށް ކާތަކެތި ހޫނު ކުރުމަށް އެންގުމަށްފަހު ހާލިދާ ގޮސް ޒައިޝާގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. \”ޒައިޝާ ދަރިފުޅާ . މަންމަ އޭ ހުޅުވާލަބަލަ\” ހާލިދާ ގޮވާލިއެވެ.އަވަސް އަވަހަށް ކަކުލާހަމައަށް އަންނަ ސޯޓަކާއި ޓީޝާޓެއްލުމަށްފަހު ދޮރުހުޅުވާލިއެވެ. ޒައިޝާ ދޮރު ހުޅުވާލަމަށްފަހު މަންމައަށް ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު މަންމަ އެތެރެއަށް ވަންނަން ތަންދެއްކިއެވެ.\”އަދިވެސް ނުނިމޭ.. އާދޭ މަންމަ ފުނާއަޅާ ދޭނަން\” ހާލިދާ އަދިވެސް ޒައިޝާ ގެންގުޅެނި އެހާ ލޯބިންނެވެ. ރީތިވެ ނިމުމަށްފަހު ދެމައިން އެއްކޮށް ނިކުމެ ކާމޭޒްދޮށަށް މިސްރާބުޖެހިއެވެ.
ޒިޔާން ގޭގެ އެތެރެއަށް ވަނުމަށްފަހު އޭނާގެ ކޮޓަރިއށް ވަނެވެ. އޭނާގެ އާއިލާއަކި މުއްސަދި އާއިލާއަކަށް ނުވިނަމަވެސް ފުދިގެން އުޅޭ ބައެކެވެ. ޒިޔާން އެނާގެ އެދުގައި ހުރަހަށް އޮށޯތުމަށް ފަހު ދާދި ދެންމެ އޭނަޔަށް ފެނުނު ފެނު ޕަރީ އާއި ދޭތެރޭ ވިސްނަން ފެށިއެވެ. ދެލޯ މަރާލުމުންވެސް އެ ސޫރަ ފެނެމުން ދެއެވެ. ހިތުގައި ބިންވަޅު ނެގެމުން ދަނީ އެ ދޮންކަދުރާގައި ވިދަމުން ދިޔަ ފެންތިކިތަކެވެ. ޒިޔާން ގެ ހިތް އެ ފެންތިކިތަކަށްވެސް ހަސަދައިން ފުރުނެވެ. އެ ދޮން ކަދުރާގައި ބޮސް ދިނުމަުގެ ނަސީބު ލިބުނީތީއެވެ.ޒިޔާން ދެ ލޯ މަރައި ތަގުޅި ކޮށްލި ތަނުން ދޮރުގައި ވަރަށް ބާރަށް މީހަކު ތަޅައިގަށް އަޑަށް ސިސައިގެން ގޮސް ދެ ލޯހުޅުވިއެވެ. އަވަހަށް ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ އޭނާގެ 16 އަަހަރުގެ އަންހެން ކޮއްކޮ ޒީނާ އެވެ. \”ދޮންބޭ. މި ބައޮލޮޖީ ޗެޕްޓަރ އަންޑަސްޓޭންޑް ނުވެގެން. ޕްލީސް ހެލްޕް\” ޒިޔާން އެބައަންނަމޭ ބުނެ ކޮއްކޮ ފޮނުވާލީއެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްޓަކައި ތައްޔާރުވެލިއެވެ. ޒައިޝާވެސް ތެދުވެ އަވަހަށް ތައްޔާރުވަމުން ދިޔަނީ އޭނާ ޕާރޓްޓައިމްގައި ކުރުމަށްޓަކައި ހޯދި ވަޒިފާއަށް އަށް ދިޔުމަށްޓަކައެވެ. ކިތަންމެ މުއްސައްދި ވިޔަސް ޒައިޝާ ބޭނުންވަނި އޭނާއަކީ ހަރުދަނާ ކެރޭ ޒުވާނަކަށް ވުމަށެވެ. އެހެންކަމުން މަންމައާއި ބައްޕަ ވަޒީފާއަށް ފޮނުވުމަށް ރުއްސުމަށްޓަކައި ގިނަ ދުވަސްތަކެއް ޒައިޝާ ހޭދަކުރިއެވެ. އައްސަދު އަކީ މުއްސަދި މީހެއް ކަމުގައި ވިޔަސް ވަރަށް ހިޔާލު ތަނަވަސް ވިސްނޭ މީހެކެވެ. އެހެންކަމުން ދަރިފުޅު ކުރަން ބޭނުންވާ ކަމަކަށް ހުރަސް ނޭޅުމަށް ނިންމައި ހުއްދަ ދެއްވިއެވެ. މިއަދަކީ ޒައިޝާ ހޮސްޕިޓަލުގައި ޑޮކްޓަރުގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ފުރަތަމަ ދުވަހެއެވެ.
ޒިޔާން އާދައިގެ މަތީން ހޮސްޕިޓަލަށް ގޮސް ވަނެވެ.ރޮގު ދެމި ކަޅު ކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ކުލައިގެ ފަޓްލޫނުގައި އޭނާ ވަރަށް ހިއްގައިމެވެ. ގަމީހުގެ އަތް އުޅަބޮއްޓައި ހަމައަށް އޮޅާލާފައި ހުރުމުން އެ ބާރުގަދަ މުލައްދަޑި ފެންނަ ހުއްޓެވެ. ހުރިހާ ޒުވާން އަންހެން ކުދީންގެ ހިތްތަކުގެ މަތީ ފައި އަޅަމުން ގޮސް އޭނާއަށް ޙައްސަ ކުރެވިފައިވާ ރޫމަށް ވަނެވެ. ކައިރީގައި މަސައްކަތް ކުރާ އިފާ ފެންނަން ނެތުމުން ރިސެޕްޝަނަށް ގުޅުމަށްފަހު އިފާ ރޫމަށް ފޮނުވުމަށް އެދުނެވެ.އިފާ ބަލިވެ މިއަދު ނާންނާތީ އެހެން ކުއްޖަކު ހަމަޖައްސާނެ ކަމަށް ރިސެޕްޝަނުން ބުނުމުން ފޯނު ކަޑާލުމަށް ފަހު މިއަދު މަސައްކަތަ ކުރިއަށް ގެންދިޔުމަށް ރޭވިފައިވާގޮތް ބަލާލިއެވެ.ޒިޔާން ގެ ރޫމަށް ދާނެ ކުއްޖަކު ނެތުުމުން އަލަށް އައި ޒައިޝާ ފޮނުވަން ތަނުގެ ވެރިން ނިންމެވިއެވެ. އަލަށް އައި ކަމުގައިވިޔަސް ހަރުދަނާ ގޮތް ތަކެއް ހުރުމުން އެކަމަށް އެންމެންވެސް ތާއިދުކުރިއެވެ.ނަމަވެސް ޒުވާން އަންހެންކުދީންގެ ހިތްތައް ހަސަދައިގެ އަލިފާނުން އަދައިގަތެވެ. ޒައިޝާ ކުޑަކޮށް ހާސްވެފައި ހުރެވެސް އެންމެ ރަގަޅު ގޮތުގައި މަސައްކަތް ކުރުމަށް އަޒްމް ކަޑައަޅައި އޭނާ މި ވަގުތު ހުންނަ ޖެހޭ ހިސާބަށް ދިޔުމަށް ހިގައިގަތެވެ.
ޒައިޝާ ދޮރުގައި ޓަކި ޖަހާލުމާއި އެކު ޒިޔާން ބަލައިވެސް ނުލާ އެތެރެއަށް ވަނުމަށް ބުނެލިއެވެ. ޒައިޝާ މަޑުމަޑުން ގޮޑީގައި އިށީދެލިއެވެ. ޒިޔާން ވާހަކަ ދައްކަމުން އިސް އުފުލާލިއެވެ. އެވަގުތު ޒިޔާންގެ އަރުތެރޭގައި ބަސް ތާށި ވި ކަހަލައެވެ. ލޮލަށް ފެންނަ މަންޒަރު ޤަބޫލް ކުރަން ދަތިވެފައިވާ ކަހަލައެވެ.. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

nyna

Level 1

Other Articles

Previous

ފެނު ޕަރީ

Next

ފެނު ޕަރީ (3)

Next
December 24, 2013

ފެނު ޕަރީ (3)

Previews
December 22, 2013

ފެނު ޕަރީ

9 Comments!

  1. TheName's Phathih says:
    December 22, 2013 at 11:09 pm

    Nice picture!

  2. Anonymous says:
    December 23, 2013 at 9:49 am

    haadha kuray miahvure thankolheh dhigukoh genesdhybala
    mihaa kuruvyma kiya hitheh nuvay. ekam reethivaanehen hyvany

  3. tikaa says:
    December 23, 2013 at 9:53 am

    …..salhi vaahakaeh….. ekamaku massala aky dhethin part genesdhyfa dhn huttalaane

  4. thika says:
    December 23, 2013 at 9:55 am

    plxxxxxxxx
    ……… gavaidhun genesdhehchey ingey

  5. ahusha says:
    December 23, 2013 at 1:00 pm

    Salhi vaahakaeh. i

  6. Lovely girl says:
    December 23, 2013 at 2:13 pm

    V reethi mivaahaka..but…kuree

  7. ކެޓް says:
    December 23, 2013 at 6:21 pm

    thankolheh dhigu kobba… plx ☻

    1. Sea hostess says:
      December 23, 2013 at 10:52 pm

      dhigukoh genes dheveytho varah masahkah kuraanan ingey ket. bxy v ma hama. ekam v varakun dhigu kureveytho balaanan.. n 10x

  8. ainth says:
    August 28, 2016 at 1:22 pm

    all the best

Comments are closed.

Next Episodeފެނު ޕަރީ (3)←


All Right Reserved!