Skip to content
އެސްފިޔަ

ފެނު ޕަރީ (3)

ކުރިމަތީގައި އެހެރި ރޭގަ އޭނަޔަށް ފެނުނ ފެނު ޕަރިކަން ޔަޤީނެވެ. ޒިޔާން އެސްފިޔަ ޖަހާލަން ވެސް ނުކެރިފައި ހުރީ އެ ފަތްމިނި ގެއްލިދާނެތިއެވެ. ޒައިޝާ ސަލާމް ގޮވައިލުމުން ޒިޔާން ސިއްސައިގެން ގޮސް ސަލާމް ބަލައިގަތެވެ. ޒައިޝާ އޭނާއަށް ހާއްސަ ކުރެވިފައިވާ ގޮޑިގައި އިށީނެވެ. އަދި މަސައްކަތާއި ދޭތެރޭގައި ވިސްނާލިއެވެ. ޒިހާން ސިއްރުސިއްރުން ޒައިޝާގެ ފަރި ހަރަކާތް ތަކަށް ބަލަމުން ދިޔައެވެ.މިއަދު ޒައިޝާ ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ޕާކިސްތާނު ހެދުމެކެވެ. އިސްތަށިގަޑުގައި ހުޅިއެއް ޖަހާފައި ހުރުމުން އެ ދޮން ކަދުރާ ރީތިކޮށް ފެނެއެވެ. ކުރިމަތިން ކޮށަފައިވާ ކުރު އިސްތަށިކޮޅެއް ކަންފަތް ކައިރީ އަޅުވާފައި އޮތެވެ. އެ ދިގު ބޯ އެސްފިޔަ ތިރި ކޮށްފައި ހުރުމުން އެ ރިތި ދެ ލޯވަނީ ފޮރުވިފައެވެ. މޭކަޕެއް ނެތްއިރުގައިވެސް އެ ތުންފަތުގައި ވަނީ މަޑު ރަތްކުލައެވެ. މޫނަށް ވެރިވެފައިވާ ޖަންބު ކުލައިން ކޮންމެވެސް ވަރަކަށް ލަދުގެންފައި ހުރިކަން އެގެއެވެ. ޒިޔާންގެ ހިތް އެ ރީތިކަމަށް ފިދާވަމުން ދިޔައެވެ. އެއްވެސް ކަމެއް ނޭގޭ ހާލު ޒައިޝާ އޭނާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ބަލިމީހާއަށް ގޮވާލިއެވެ. ޒިޔާންވެސް އޭނަގެ ނަފްސް ކޮންޓްރޯލް ކުރުމަށްފަހު މަސައްކަތަށް އެބުރުނެވެ.
ބައެއް ބަލިމީހުން ބެލުމަށްފަހު ޒިޔާން ބޭނުންވީ ބްރޭކެއް ނަގާށެވެ. އެހެންކަމުން ކޮފީއަކަށް ބުނުމަށްފަހު ގޮޑީގައި ހަމަޖެހިލިއެވެ. އަދި ސިއްރުސިއްރުން ޒައިޝާއަށް ބަލަމުން ދިޔައެވެ. ޒައިޝާ ވަރަށް ފަރުވާތެރިކަމާއި އެކު ކޮމްޕިއުޓަރަށް އެންޓަރ ކުރަންޖެހޭ ތަކެތި އެންޓަރ ކުރަމުން ދިޔައެވެ. އެންޓަރ ކުރަންޖެހޭ ތަކެތި އެންޓަރ ކުރުމަށްފަހު އިސްއުފުލާލި ވަގުތު ޒިޔާން އާއި ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ޒިޔާންގެ މެސްމަރައިޒިންގ ލޮލުގެ ޖާދުގައި ޒައިޝާ ޖެހުނީ ހީވެސް ނުކުރާ ހާ އަވަހަށެވެ. އޭނާގެ ހިތް ޒިޔާންގެ ރީތި ކަމަށް ތައްރީފް ކުރިއެވެ. އެއީ އޭނާގެ ހިޔާލީ ޝެހެޒާދުގެ ސިފައެވެ. ކުއްލިއަކަސް ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް ދެމީހުންވެސް ސިއްސައިގެން ގޮސް މަސައްކަތަށް އެބުރުނެވެ.
މަސައްކަތް ނިމި ގެއަށް ދާ ގަޑި ޖެހުމުން ޒައިޝާ އިން ގޮޑިން ތެދުވުނެވެ. ނުބަލައި ހިގައިގަތުމާއި އެކު ޒިޔާންގެ ފައިގައި ޒައިޝާ އެޅައިގަތެވެ. އަރަފައިހުރި ފުންނާބު އުސް ފައިވާނާއެކު އަރިއަޅާލަން ސިކުންތެއްވެސް ނުނެގިއެވެ. ޒިޔާން އަށް ބޭ އިޙްތިޔާރުގައި ޒައިޝާގެ އުނަގަޑުގައި ހިފާލެވުނެވެ. އެވަގުތު ޒައިޝާގެ ބޮލުގައި ޖަހާފައިހުރި ހުޅި ނެއްޓިގެން ދިޔައެވެ. ޒިޔާންގެ މޫނު އެ ފަން އިސްތަށިގަޑުން ފޮރުވުނެވެ. ދުވި މީރު ވަހުން ޒިޔާންގެ ހިތް ފުރި އުތުރި އަރައިގަތެވެ. އަދި ހަމައެހެންމެ އެ އުނަގަނޑުގެ ހިމަކަން އިހްސާސްވެގެން ދިޔައެވެ.ޒައިޝާ އަވަސްއަވަހަށް ތެދުވެ މާފަށް އެދުނެވެ.ޒިޔާންވެސް ކަމެއް ނޫންކަމަށް ބުނެ ރީތި ހިނިތުންވުމެއް ޒައިޝާއަށް ހަދިޔާކޮށްލިއެވެ. ޒައިޝާ އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔައެވެ
ޒައިޝާ ނިކުމެގެން ދިޔުމުން ޒިޔާން އޭނަގެ ނޭފަތް އެތެރެއަށް ދަމާލިއެވެ. ޒައިޝާގެ ވަސް ރޫމް ތެރޭގައި ހިފާލާފައިވާކަހަލައެވެ. \” މި އޮއްހާ އިރު ވި އިރުވެސް ނަމެއްވެސް އަހާނުލެވުނު\” ޒިޔާން އަމިއްލަ އަށް ބުނެލިއެވެ. ޒައިޝާގެ ހިޔާލުގައި ހުރުމަށްފަހު ޒިޔާން ރޫމް އިން ނިކުމެ ހިގައިގަތީ އޮފީހާއި ދިމާލަށެވެ. އެވަގުތު ޑރ. ފައިސަލް އާއި ދިމާވިއެވެ.ފައިސަލް އަކީ ޒިޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. ފައިސަލް އަށް ޒިޔާން މުނުމަތީގައި ހުރިހިނިތުންވުމުގެ ސިއްރު ހޯދުމަށް އުދަގުލެއް ނުވިއެވެ. ޒިޔާން ސީދަލަށް ބުނެލިއެވެ. އަދި ނަން ހޯދުމަށް ބޭނުންކަމަށްވެސް ބުނެލިއެވެ.ވަގުތުން އެއީ ޒައިޝާ ކަމުގައި ފައިސަލް ބުނެލީ ހިނިތުންވުމަކާއި އެކުގައެވެ.. ފައިސަލްއަށް ނަން އެގުނި ކހިނެއްތޮ ބެލިއިރު މިވީ ގޮތަކީ ހެދުނު ޒައިޝާ ޒިޔާންގެ އެހީތެރިޔަކަށް ފޮނުވަން ނިންމި އިރު ފައިސަލް އޮފީހުގައި އިން ގަޑިއަކާ ދިމާވީއެވެ. ޒިޔާން ވަރަށް އުފާވެލާފައި ޝުކުރު އަދާކުރުމަށްފަހު ގޮސް އޮފީހަށް ވަނެވެ. މޭޒްމަތީގައި ފައިލެއް އޮތުމުން ބަލާލީ ކޮން އެއްޗެއްތޯއެވެ. ނަސީބުވެސް މިއަދު ޒިޔާންއާއި އެއްކޮޅަށް ހުރި ކަހަލައެވެ. މޭޒްމަތީގައި އޮތީ ޒައިޝާގެ ވަޒީފާ ބަޔާން އަޅާފައިވާ ފައިލެވެ. މަޑުމަޑުން ހުޅުވާލުމަށްފަހު އެންމެ ފުރަތަމަވެސް ފޯން ނަމްބަރު ނޯޓް ކޮށްލިއެވެ. އަދި އުފަންތާރީޚާއި އެނޫނަސް އެހެން މައްލޫމާތުތައް ނެގިއެވެ. އެއައަށްފަހު ގެއަށް އައުމަށް ހިގައިގަތެވެ.
ގެއަށް އައި މަގުމަތީގައި ޒިޔާން ވިސްނަމުން ދިޔައީ ޒައިޝާއަށް ގުޅާފައި ދައްކާނެ ވާހަކަ އަކާއި ދޭތެރޭގައެވެ. ދައްކާނެ ވާހަކަ އެއް ވިސްނާ ވިސްނާ ނޭގުނެވެ. އެންމެފަހުން ގެއަށް އައިސް އެންމެ ފުރަތަމަވެސް ފޯނުގައި ނަމްބަރު ޖެހުމަށްފަހު ޑައިލްކޮށްލިއެވެ. ދެތިންފަހަކު ރިންގު ވުމަށްފަހު އެކޮޅުން ޖަވާބު ދިނެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. muna

    Dhen haadha kurey. Alah liya storu eh tha mee? Dhen oiy vai thankolheh avahahh up kohlahchry thankolheh dhigukoh. Eha kuruveema intresteh nuvaane ehnu.

  2. ތިކާ

    ސަޅި… ދެނަފަހަތަކުން ތަންކޮޅެއް ދިގުކޮށް ގެނެސްދެއްޗޭ…….

  3. NUHAA

    eki faharu eki name dhw thi beynun kurany

    1. Sea hostess
      NUHAA

      Nuha kon nameh????

  4. Lovely girl

    Alhe miahvure dhigu kohdheeba plxxxxxxx seahostessssss

  5. Zaina

    Next part miahvure dhigukoh dhehcheyyyyy plzz

  6. shehey

    haadha kurey. thankolheh dhigukoh genesdheebala please 🙁

  7. ahusha

    Varah reethi. Thankolheh dhigukoh genesdheebala. Plz Plz Plz plz

  8. neon

    haadha kurey ehhmen vivarahh aadheys kuraairu dhihhkihhgen genes dheyn vi ehh nun

  9. Sea hostess

    thank u so much every body.. i am trying my best frds.. ekam ves bunelaanee masahkah koh dheynamey miah vure dhigu kure veytho..

Comments are closed.