ހިތި މާޒީ 1
އިރުގެ ދޯދިތައް މުޅި ކޮޓަރިއަށް ފެތުރިގެން ދިޔައީ ވައިރަހެއް ފަދައިން ނެވެ. ލިޔާން އަށް ސިއްސައިގެން ގޮސް ހޭލެވުނީ އަންހެން ކުއްޖެއްގެ އިސްތަށިގަނޑު އޭނާގެ ކަނދުރާ މަތީގައި ބީހިލިހެން ހީވެގެން ނެވެ. ރަނގަޅަށް ކޮޓަރި ތެރެއަށް ނަޒަރު ހިންގާ ލިއެވެ. އެއްވެސް މީހަކު ނެތްކަން ޔަގީންވުމުން ލިޔާން އެނދުން ތެދުވެ ހަމަޖެހިލިއެވެ. ދެންމެ ހިނގި ކަންތައްތަކުގެ ސަބަބުން ލިޔާން އަށް މާޒީގެ ހަނދާންތައް އާ ވާން ފެށި އެވެ.
**********2 އަހަރު ކުރި************
…. ލިޔާން ފުން ވިސްނުމަކަށް ގެއްލިފައި އިންދާ ، ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާފައި ވަނީ 17އަހަރު ފުރިފައިވާ އޭނާގެ ކޮއްކޮ ވައުހާ އެވެ. ވައުހާ ފެނުމުން ލިޔާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. .. 1 އަހަރު ފަހުން ކޮއްކޮ ފެނުމުން ވާނީވެސް އެހެންނޫން ހެއްޔެވެ! ވައުހާއަށް 17 އަހަރު ފުރިފައިވާ އިރު ، ލިޔާންގެ އުމުރުން 20 އަހަރު ވެއްޖެއެވެ. ވައުހާ އަށް ލިޔާން ފެނުމުން ތުއްތު ކުއްޖެއް ހެން އައިސް ދޮންބެ އޭ ކިޔާ ލިޔާންގެ ގައިގައި އޮޅުލައި ގަތެވެ. ލިޔާން ގާތައް އައީ ލާނެއް ހިނިގަނޑެކެވެ. “17 އަހަރު ފުރުނު އިރުވެސް ވައުހާ އަދިވެސް ހީ ވަނީ ތުއްތު ކުއްޖެއް ހެން” ވައުހާ ގަޔާ ދުރުކޮށް ލަމުން ލިޔާން އަށް ބުނެވުނީ ހިނި އައިސްފައި ހުރެ އެވެ. “ދެން ދޮންބެ ދޯ” ވައުހާ ތުން އަބުރާލަމުން ބުނެލި އެވެ. ދެ ކުދިންގެ އުފާވެރި ވަގުތު ކޮޅަށް ނިމުމެއް އައީ ލިޔާންގެ ފޯނު ރިންގު ވުމުންނެވެ. ލިޔާން ފޯން އައް ބަލާލީ ގުޅަނީ ކާކުތޯ ބަލާލަން ބޭނުން ވެގެންނެވެ. ފޯނުގެ ސްކްރީނަށް ރީތި ދިގު އިސްތަށިގަނޑެއް ލީ ހޫރު ޕަރީ އެއް ފަދަ އަންހެން ކުއްޖާ ފެނުމުން ލިޔާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ފާޅު ވިއެވެ. ހަމަ އެވަގުތު ވައުހާ އެތާގައި ހުރިކަން ލިޔާން ހަދާން ނެތުނެވެ.. އެ ގުޅަނީ ކާކުކަން އިނގޭތީ ބާއޭ؟ ނޫނީ އެ އަންހެން ކުއްޖާއާ ދޭތެރޭ އުފެދިފާ އޮތް ގުޅުމުގެ ސަބަބުން ބާއޭ ؟… ލިޔާން ފޯން ނެގި ގޮތަށް ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރީ އެކުއްޖާގެ އަޑު އަހަން ބޭނުން ވިލޭ ބޮޑުކަމުން ނެވެ.. އެކޮޅުން ލިޔާން އަށް ގޮވާލުމުން ހުމްމް އޭ ބުނެލި އެވެ.. އިތުރަށް އެއްޗެއް ބުނާކަށް ބޭނުން ނުވާގޮތަކަށް ލިޔާން ޖަވާބު ދިނެވެ. “ލިޔާން މި ގަނޑީގައި ފުރީނަމަ އަހަރެންނާ އެކު ބީޗްގަ ވަގުތް ކޮޅެއް ހޭދަ ކޮށްލަން އާދެވިދާނެ ތަ؟” އަންހެން ކުއްޖާގެ ރީތި އަޑުން ކޮށްލީ ސުވާލެކެވެ..ލިޔާން ލައްބަ އޭ ބުނެފައި ފޯނު ކަނޑާލީ އަވަހަށް ބީޗްއާ ދިމާލައް ދެވޭތޯ އެވެ.
ވައުހާ އަށް އޭނާގެ ކޮޓަރި ހުރިތަން ދައްކާފައި ލިޔާން ސައިކަލައް އަރާ ދުއްވާލީ ވަރަށް ބާރު ސުޕީޑްގައެވެ..ދިޔަ ބާރުމިނުގައި ގޮސް ބީޗްގެ އެންމެ ރީތި އުނދޯލިތައް ހުރި ދިމާލަށް ލިޔާން މަނޑުކޮށްލި އެވެ.. އޭގެން އުނދޯޔެއްގައި އިށީދެލައިގެން އިނީ އެ ރީތި ދިގު އިސްތަށިގަނޑެއް ލީ ހޫރު ޕަރީ އެވެ.. އެއީ ލީނާ އެވެ. އެއީ ލިޔާން އިންނަން އުޅޭ އަންހެން ކުއްޖާ އެވެ. އެއީ މީގެ އިރުގަޑެއް ކުރިން ލިޔާންގެ ފޯނައް އައި ކޯލުގައި ވާހަކަ ދެއްކި އަންހެން ކުއްޖާއެވެ.. ލިޔާން ބަލަން ހުރެވުނީ އެ ރީތި ދެލޮލަށެވެ.. ލީނާ އަކީ ވެސް 20 އަހަރުގެ އަންހެން ކުއްޖެކެވެ. ލީނާ އަކީ އެހެން އަންހެން ކުދިންނައް ވުރެ ތަފާތު ކުއްޖެކެވެ.. ލީނާ އަށް ދެއްވާފައިވާ ރީތި ވިލު ނޫކުލައިގެ ބޮޑު ދެލޮލުން ވެސް އެއީ ރާއްޖޭ ކުއްޖެއްތޯ ސުވާލު އުފެދޭނެއެވެ. ލީނާގެ ލޮލުގެ އިތުރުން ، ވަރަށް ބޮޑު އަދި ދިގު އިސްތަށިގަނޑެއް އޮތުމުން ލީނާއަށް ބާލާލާ މީހަކުވެސް މޮޔަވާނެއެވެ. ލީނާ ލައިގެން ހުރި ސޯޓު ކޮޅަކާ ކުރޮޕް ޓޮޕް އިން ލީނާ ފެންނަލޭ ވަރަށް ވެސް ހިތްގައިމޭ. ..މިހެން ގޮސް ދެން ފޮތެއް ފުރާވެސް ލީނާ ގެ ރީތި ކަމަށް ތަޢުރީފު ނުކުރެވޭ ހައި ލީނާ ރީއްޗެވެ…. މިހެން ލީނާގެ ހިޔާލުތަކަށް ގެއްލިފައި ހުއްޓާ ކުއްލިއަކަށް ލިޔާންގެ އަތުގައި ލީނާ ވިކާލުމުން ހިޔާލުތަކުން ބޭރުވާން މަޖުބޫރުވިއެވެ..
“ކިހިނެއް ވެފަތަ ލިޔާ ތިހުރީ ؟ އަދިވެސް އާދެވުނުލޭ އަވަސްކަމުންތަ؟… މިހާރު ކީހާއިރެއް ވެއްޖެތަ ލީ މިތާ ހުންނަތާ…. ” ތުއްތު ކުއްޖެއް މަންމަ ގާތު ލޯލީޕޮޕަކަށް ބޭނުން ވެގެން ޝަކުވާކުރާ ހެން ލީނާ ޝަކުވާ ކޮށްލި އެވެ. ލީޔާން ހޫރީ ލާނެއް ގޮތަކަށް ހީގަނެގެންނެވެ… ބަލާބެލުމަށް ހީވަނީ ލިޔާން ލީނާގެ ޝަކުވާތައް އަޑުއަހަން ބޭނުންވެފައި ހުރިހެން ނެވެ.. ލިޔާން އެގޮތަށް ބަލަން ހުރުމުން ލީނާ އަށް އިސްޖަހާލެވުނެވެ.. ލިޔާން އަށް ލީނާގެ ކޮލަށް އަރައިގެން ދިޔަ ރަތް ކުލައިން ވެސް ލީނާ ރަކިވިކަން ސާބިތުވިއެވެ…ދެމީހުން އާދައިގެ މަތިން ގޮސް އެތާ ޖޮލިފަތި ތަކުގައި އިށީދެލިއެވެ.. އިރުއޮއްސޭ މަންޒަރު ބަލަން އައުމަކީ މިދެ ލޯބިވެރިންގެ ދުވަހުގެ ތާވަލުގައި ކޮންމެހެނެއްވެސް އޮންނަ ކަމެކެވެ.. އުޑުމައްޗަށް އެލިގެންދާ ރަތް ވީލާތަކުގައި ކުލަޖައްސަން ބޭނުންނުވާނީ ފަހެ ކާކުހޭ؟ ފެންކުލަ ފޮށީގެ ރަތް ކުލަ ހުސްވެދާނެއެވެ!.. އެހާމެވެސް ރީއްޗޭ.. މި ރީތި މަންޒަރުތައް ރައްކާކޮށް ލުމަށްޓަކައި ލީނާ އޭނަގެ ފޯނު ނަގާ ދެތިން ފޮޓޯއެއް ނެގުމަށް ފަހު ލިޔާންއަށް ދައްކާލިއެވެ. “ވާއުވު.. ،ލީ ހާދަހާ މޮޅޭދޯ ފޮޓޯ ނަގަން” ލިޔާންގެ މި ކުޑަ ތަޢުރީފުން ވެސް ލީނާ ރަކިކޮށްލި އެވެ. ބަންގީގެ އަޑަށް މިދެ ލޯބިވެރިންގެ އުފާވެރި ވަގުތުކޮޅައް ނިމުމެއް އަޔެވެ. “ލިޔާން ދެން ދޭ އަވަހަށް ނަމާދަށް ދާން. މިހާރު އެ ބަންގި ގޮވާ ނިމުނީ” ލީނާ މިހެން ބުނެފައި މިސްރާބު ޖެހީ ގެޔަށް ދާން ވެގެންނެވެ. ނަމަވެސް ލިޔާން ލީނާ އެކަނި ފޮނުވާލާ ކަށް ހިތެއް ނެއެދުނެވެ..” ލީ ހިނގާ ލިޔާ އާ އެކު ސައިކުގަ .. މިސްކިތަށް ދިއުމުގެ ކުރިން ލީ ގެއަށް ލައިދީފާނަން.. އެކަނި ދާކަށް ނުވާނެ.. ހަތްބޯރާއްސެއް ކާލާ ފާނޭ… ” ލިޔާން ހެމުން ކަހަލަ ގޮތަކަށް ބުނަމުން ވާހަކަދެއްކިއެވެ.. ލީނާ ފާޑަކަށް ހުރެފަ އޯކޭ އޭ ބުނި ކަން ލިޔާން އަށް އަޅައިނުގަތުން އެއީ ނަސީބު ހޭ؟ ނޫނީ ކުރިޔަށް ލިޔާންގެ ހަޔާތައް އަންނަން އޮތް ބަނަ ވިލާގަނޑު ހޭ؟
ލިޔާން ލީނާ ގެއަށް ލުމަށް ފަހު މިސްރާބު ޖެހީ މިސްކިތަށް ދިއުމަށެވެ.. ލިޔާން އަކީ ފަރުޟު ވެގެން ވާ ކަންތައްތަކައް ވަރަށް ބޮޑަށް އިސްކަން ދޭ ކުއްޖެކެވެ.. ކޮންމެ ހާލެއްގައި ވިޔަސް ގަޑިން ގަޑިޔަށް ނަމާދު ކުރެވޭތޯ ލިޔާން އަބަދުވެސް މަސައްކަތް ކުރެއެވެ.. ނަމާދު ކޮށް ނިމިގެން ލިޔާން މިސްކިތުން ނިކުއްގޮތައް މިސްރާބު ޖެހީ ގެޔާ ދިމާއަށެވެ… މިސްކިތުން ފައިބާ ގަޑި ކަމުން، މަގުމަތި ހަލަބޮލި ކަމައް ދައްކައެވެ.. އެހެންކަމުން ލިޔާން އަށް ޖެހުނީ މަޑުން ދުއްވާށެވެ. ދުއްވަމުން ދަނިކޮށް ލިޔާންގެ ލޮލުގައި އަޅައިގަތީ އެތާ މަގުގެ އެއްފަރާތުގައި ހުރި އިސްތަށިގަނޑު ދިގު އަންހެން ކުއްޖާއެވެ.. އެކުއްޖާ ހުރީ ފިރިހެން ކުއްޖަކާ ވާހަކަ ދައްކާށެވެ.. ލިޔާން އަށް އެ ކުއްޖާ ، ލީނާއަށް ނުވުމަށް ދުޢާ ކޮށްލެވުނީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެއެވެ.. ނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ.. އެއީ ލީނާ އެވެ.. ލިޔާންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލި ހެންނެވެ… މިރަށު އޮފީހުން ސަންގު ފުމުމުންވެސަ އެއްނުވާނެހާ ގިނަ އަދަދެއްގެ މީހުން ފަދައިން ލިޔާންގެ ސިކުނޑީގައި އެތަކެއް ސުވާލު އެއްފަހަރާ ރަސްކަން ކުރި އެވެ.. “އަހަރެން ލީ ގެއަށް ލީމެ؟” .. ލިޔާން އަށް އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް ބުނެވުނޭ… ލިޔާން ބޭލީ އެ ވާހަކަ ފަހުން ލީނާގާތު އަހާށެވެ.. އެކަން އެހާ ބޮޑު ކުރަން ލިޔާން ބޭނުން ނުވީ، އެ ފިރިހެން ކުއްޖާ ލީނާގެ ތިމާގެ މީހަކަށް ވެދާނެތީ އެވެ… އެކަމުވެސް މި ކަމަށްވެސް ލިޔާންގެ ހިތް ދެކޮޅު ހެދިއެވެ.. ލިޔާންއަށް ނޭނގޭ އެކަކުވެސް ލީނާގެ އާއިލާގައެއް ނުހުނާއެވެ.. ލިޔާން ހިތާ ދެކޮޅަށް ނަމަވެސް ބޭލީ އެވާހަކަ ލީނާ ގާތު ފަހުން އެހުމަށެވެ..
“އޭ ދާނީ އިނގޭ ކައި “ލީނާގެ ޖާދޫވީ ރާގުން ގާތުގައި ހުރި ފިރިހެން ކުއްޖާގެ ކޮނޑުގައި އަތްލުމުން ބުނެލި އެވެ.” ހާދަހާ އަވަހަކަށް ލީ ދާން ތިއުޅެނީ…އަހަރެން ބޭނުން ލީގެ ފަރާތުން ޖަވާބެއް… އަހަރެން ކިހިނެއްތަ ލީ އާ ނުލާ އުޅޭނީ.. “ލީނާގެ އަތުގައި ހިފައިގެން ހުރެ ކުޑަ ކުއްޖެއް ޝަކުވާ ކުރާހެން ކައިޔަން ޝަކުވާ ކޮށްލިއެވެ..” ކައިޔަން އަކީ ލީނާގެ ސިއްރު ފަރާތެވެ.. އެންމެ ފުރަތަމަ ލީނާގެ ހިތުން ޖާގައެއް ހޯދީ ކުއްޖަކީ ލީޔާންއެވެ… ލިޔާން ގެ އާއިލާއާ ކައިވެނީގެ ވާހަކަ ދެއްކި ފަހުން އަނެއްކާ ލީނާ ގެ ހިތުން ޖާގައެއް ކައިޔަން ހޯދި އެވެ… ލޯބިވުމަކީ ކުށެއް ނޫނެވެ… ނަމަވެސް ކުށަކާނުލާ އިންސާނެއްގެ ހިތުގައި ޖެއްސުމަކީ ވަރަށް ގޯސް ކަމެކެވެ… އެމީހަކު މަތިން ފޫހިކުރުވަނި ކަމެކެވެ..”ލީ ޔަށް އިނގެޔޭ ކައި އަކަށް ނޫޅެވޭނެ ކަން… އެކަމު ލީ ކުރާނީ ކީއްތަ؟ އައި އޭމް ހޯޕުލެސް… “ލީނާގެ ލޯބި ލޮލުން ކަރުނަ ތައް ނިރާލިއެވެ.. ކައިޔަންއަށް އެތަން ބަލާކަށް ނުހުރެވުނެވެ.. އަވަހަށް ލީނާ ގެނެސް މޭގައި ޖައްސާލީ ލީނާ ހިތްހަމަ ޖައްސާލަން ވެގެންނެވެ.. މި އުފާވެރި ވަގުތު ކޮޅަށް ނިމުމެއް އައީ ކުއްލިޔަކަށް ދެ ބުޅާ ކޯޅުނު އަޑަށެވެ.. ލީނާ ދުރަށް ޖެހިލުމުން މިވަގުތައް ދަނީ ބުނެލާ ކައިޔަން އަށް ހަނާއެޅިއިރު އޮވެގެން ގޯޅިއަކުން ލަބާލަނީއެވެ..
************************
-ނުނިމޭ-
