Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއެހެނިހެން

އަންހެނުންގެ ކެތްތެރިކަން

myra_26 Level 1
October 3, 2021 One Min Read
1 Comment

އަހަރެން މިކިޔާދޭން އުޅޭ ވާހަކައަކީ މިދުނިޔޭގައި ގިނަ އަންހެނުންނަށް ދިމާވާ ކަންތައްތަކުގެ ވާހަކައެވެ. އަހަރުމެން އަންހެނުންނަކީ ކެތްތެރި ބައެވެ. ފިރިމީހާއަށާއި ދަރިން އަދި މައިންބަފައިންނަށް އަޅާލާއި އޯގާތެރިކަން ލޯބި ދޭ ބައެވެ. އަދި އަހަރުމެން އަންހެނުންގެ އުނި ސިފައަކީ ފިރިމީހާ ކުރާ ގޯސް ކަންތައްތަކާއި އުޅުމަށް ބަދަލު އަންނައިރު އެކަމަށް ލޯކަނުވެގެން ހުރުމެވެ. އެހެން ނުހަދާށެވެ. އަންހެނުންނޭ ތިބާގެ ފިރިމީހާ ތިބާގެ ބޭނުމެއްނެތް (ލޯބިނުވާ ހިނދު) ވަރިކޮށްފިނަމަ، ތިބާގެ ދަރިންނަށް ޙަރަދު ކުރިޔަސް އުއްމީދު ކޮށްގެން ނުހުންނާށޭ އޭނާ އަލުން އަންނާނެޔޭ ތިބާ އަށާއި ދަރިން ކައިރިއަށް. އެ ކުއްހީ ނުކުރާށެވެ. ފިރިމީހާ އަންހެނުންނަށް/އަނބިންނަށް ކުރާ ގޯނާއާއި ތިމާގެ ދަރިންނަށް ކުރާ ގޯނާއަށް ހަމަ ހިމޭންކޮށް ނުހުންނާށެވެ. ފިރިމީހާއާއި ނުލާ ދަރިންނެއް ނުބެލޭނޭ ނޫނީ ދަރިންނަށް އެކުދިންގެ ބައްޕަ ބޭނުންވާނެއޭ. އެކުދިންނަށް ވެސް ވިސްނޭނެއެވެ. އެކުދިން އަހަރުމެންނަށް ސުވާލުވެސް ކުރާނެއެވެ. “މަންމާއެ. ބައްޕަ އަހަރުމެން ދެކެ ލޯބިނުވަނީހެ. ނޫނީ ބައްޕަ އަހަރެމެން ދެކެ ރުޅިއަންނަނީ ކީއްވެ ހެއްޔެވެ؟ ނޫނީ އަހަރުމެންނަށް ކުށެއް ކުރެވުނީހޭ؟” މިކަހަލަ އެތައް ސުވާލެއް ކުރާނެއެވެ. އޭރު ތިމީހުންނަށް ދޭނެ ޖަވާބެއް ނޯންނާނެއެވެ. އަދި އަމިއްލަ މަންމަމެން ކައިރިއަށް ދާން ޖެހިލުން ނުވާށޭ. ދަރިންނަށް ހާލުގަ އުޅޭތަން ދެކެން އެއްވެސް މައިންބަފައިން ނުދެކޭނެވެ. ދަރިން ވަރިވެގެން/ފިރިމީހާގެ އަނިޔާއިން ކެތްނުކުރެވިގެން މަންމަމެން ކައިރިއަށް ދިޔަޔަސް އަމިއްލަ ގޭގެ ދޮރު ހުޅުވާނެއެވެ. ޖެހިލުން ނުވާށެވެ. ކޮންމެ އަންހެނެއް ހިތަށް ނާރުވާށޭ. “ތިމަންނަ ވަޒީފާއަށް ގޮސްފިއްޔާ ދަރިފުޅުގެ ބައްޕަ ދަރިއަކަށް ޙަރަދުނުކުރާނެއެވެ.” އެހެން ހިތައް އެޅުވުމުން ތިމާމެން ދެން ހުންނާނީ ދަރިފުޅުގެ ބައްޕަގެ ޙަރަދުތައް ކޮށްދޭތީ ވަޒީފާއަށް ނުގޮސްއެވެ. އަމިއްލަ މަސައްކަތް ކުރަނީ ދަރިއަށާއި އަމިއްލަ މީހާއަށް ގޭގެ ޙަރަދުތައް ކުރުމަށް ނޫންހެއްޔެވެ؟ ދަރީގެ ބައްޕައެއް އެ ޙަރަދުތައް ނުކޮށްދޭނެއް ނޫންހެއްޔެވެ؟ ދަރީގެ ބައްޕައަށް ދަރި ސްކޫލް ނިމެންދެކަށް ޙަރަދުކުރަން މަޖުބޫރެވެ. އަންހެނުންނޭ ތިޔަ މީހުންގެ ކިބައިގައި މަސައްްކަތްކުރުމުގެ ހުނަރު ހުންނާނެއެވެ. ވަޒީފާއަށް ނުދެވުނަސް ލިޔަން ކިޔަން އިނގެންޏާ ކުދިންނަށް ކިޔަވައިދެވޭނެއެވެ. ނޫނީ ފަހަން އިނގެންޏާ މީހުންނަށް ހެދުން އަގެއްދީގެން ފެހުވޭނެއެވެ. ނޫނީ ހެދިކާވެސް ވިއްކޭނެއެވެ. އަންހެނުންނޭ ކެތްކޮށްގެން ނުހުންނާށެވެ. ތިމާގެ އަމިއްލަ ޙައްޤުޤައި ކެރިގެން ކުރިމަތިލާށެވެ.

Share Article

Follow Me Written By

myra_26

Level 1

Broadmind, free easy lifestyle. love to read and write

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ފަސްވަނަ ބައި)

Next

ޔާރު ނުބުނޭ ތިހެން … (15)

Next
October 3, 2021

ޔާރު ނުބުނޭ ތިހެން … (15)

Previews
October 3, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ފަސްވަނަ ބައި)

One Comment

  1. Shaya Shaya says:
    October 3, 2021 at 6:15 pm

    Vv furihama mauloomaath kolhen keep it up ❤️✨

Comments are closed.



All Right Reserved!