Skip to content
އެސްފިޔަ

……..ކަފުން ކުރި މާޒީ

މަތިންދާ ބޯޓުން ފޭބުމާއި އެކު ކުރިއަށް ވުރެ ބޮޑަށް އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ.ސަބަބެއް ނެތިއެއްވެސްނޫނެވެ. މިއަދަކީ އެތައް ދުވަހަކަށް ފަހު އަހަރެންގެ އަމިއްލަ އުފަން ޤައުމަށް އާދެވުނު ދުވަހެވެ.އަހަރެންގެ އާއިލާއާ އެތަށް އަހަރަކު ވަކިން އުޅުމަށް ފަހު ބައްދަލުވާނޭ ދުވަހެވެ. އަންނަ މީހުންގެ ގިމަތައިން ނިކުނެގެން އަހަރެންގެ ފޮށި ދަމަމުން ޓެކްސީ އެއް ލިބޭތޯ ދިޔައިރު އަހަރެން އެއްވެސް ވަރަކަށް ހާހެއްނުވެއެވެ. އާއިލާގެ އެއްވެސް ފަރާތަކަށް ނާންގާ އަހަރެން ރާއްޖެއައީ އެމީހުން “ސަޕްރައިސް” ކޮއްލުމުގެ ނިޔަތުގައިއެވެ.ވަގުތަކީ އެއަރޕޯޓްގެ މާހައުލު ހަލަބޮލި ވަގުތަކަށް ވުމުން އަހަރެންނަށް ޓެކްސީއެއް ލިބޭވަރުވީ ޓެކްސީއެއް ހޯދަން މަސައްކަތް ކުރާތާ ވިއްސަކަށް މިނެޓް ފަހުންނެވެ.ޑްރައިވަރު އަހަރެންގެ ފޮށި ޑިގީ އަށްލުމަށް އެހީތެރިވުމުން އަހަރެން ކާރަށް އަރާ ހަަމަޖެހިލީމެވެ.އަދި ދެލޯމަރާލީ އަހަރެންގެ އަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ހޯދައިދިނުމުގެ ނިޔަތުގައެވެ.

މީގެ އަށް ވަރަކަށް އަހަރުކުރިން އަހަރެންގެ ދިރިއުޅުން މެލޭޝިއާއަށް ބަދަލުކުރީ ތަފާތު ސަބަބުތަކާ ހެދިއެވެ.އެއް ސަބަބަކީ އަހަރެން އަބަދުވެސް އެންމެ ކިޔަވަންބޭނުންވާ “މެޑިސިން” ކިޔަވައިގެން ޑޮކްޓަރަކަށް ވުމެވެ.އަނެއް ސަބަބަކީ އަހަރެންގެ ހަޔާތުން އަހަރެންނަށް ނޫނީ ނޭންގޭނޭ ކަނު އަނދިރި ސަފްޙާތަކުން ސަލާމަތް ވުމަށްށެވެ.

އަހަަރެންގެ އުމުރުން އޭރު ވާނީ 17 އަހަރެވެ. އަހަރެންނާއި އިރުޝަމް ދިމާވީ ރަމަޟާންމަހާއި ގުޅިގެން ބާއްވާ އިޙްޔާ ފޯރަމް ތަކުގެ ތެރެއިން ފޯރަމަކުންނެވެ. ފުރަތަމަ ފެނިލުމުންވެސް އެ ރީތި ޒުވާނާ އަހަރެންގެ ބަލިކަށި ހިތް ފަތަޙަ ކޮށްފިއެވެ.ބަލާ ބެލުމަށް އޭނާއަށް 19 އަހަރުވެދާނެވެ. ނަމަވެސް އަހަރެންގެ ފަރުވާލެއްނެތެވެ.އަހަރެން އިރުޝަމްދެކެ ހަމަ ރަނގަޅަށް ވެސް ލޯބިވެވިއްޖެއެވެ. އަހަރެން އޭނާއާއި ވާހަކަ ދެއްކުމަށް ކިތަންމެ ބޭނުންވި ނަމަވެސް އަހަރެންގެ ފިޑިކަމާހުރެ އެކަން ކާމިޔާބެއްނުވިނެވެ.އަހަރެން ޤަވައިދުން ފޯރަމް ތަކަށް ދަނީ އިރުޝަމްއަށް ބަލަންށޭ ބުނެ އަހަރެންގެ ރައްޓެހިން ދައްކާ ވާހަކަތަކަކީ މުޅިއަކުން ދޮގެއް ވެސް ނޫނެވެ.

ފޯރަމްތަކަށް އަހަރެން ޤަވައިދުންދާތާ ނުވަވަނަރެއެވެ. އަހަރެންގެ ދޮށީ ދައްތަ އަހަރެންނާއި އެކު ފޯރަމަށް ދިޔައީ ދައްތަ ރައްޓެހިވެގެން އުޅޭ ކުއްޖާ އަހަރެންނަށް ތާރަފު ކޮށްދޭން ކަމަށް ބުނެފައެވެ.އަހރެން ހުރީ އުފަލުން ފޯޅިފައެވެ. އަހަރެންގެ ވާން އުޅޭ ޅިޔަނަކީ ކާކުތޯ ބެލުމަށް  ހިތުގައި އޮތް ޝައުޤުވެތިކަމެއްގެ ސަބަބުންނެވެ. ނަމަވެސް…….އާހްއެވެ!….އަހަރެންގެ ހަޔާތުގެ ހުޅުކޮޅު ނިވުނީ ހަމަ އެރޭގައެވެ. އަހަރެންގެ ހިތުގެ ރާޖާ ލިބޭނެ ކަމުގެ އުންމީދުގެ ހުޅުކޮޅު ނިއްވާލަން އަހަރެންނަށް މަޖުބޫރުވީ އިރުޝަމަކީ އަހަރެންގެ ވާން އުޅޭ ޅިޔަނުކަން އެނގުނު ހިސާބުންނެވެ.އަހަރެންގެ ހިތް ކުދި ކުދިވި ކަހަލައެވެ. އެތަށް ރެޔަކު ނުނިދާ ރުއިމެވެ.ނަމަވެސް ހަޤީޤަތް ޤަބޫލުކޮށް ކެތްރެރިވީމެވެ. އަހަރެންގެ ހަޔާތުގެ މިސްރާބު ޑޮކްޓަރު ކާމާ ދިމާލަށް އަންބުރާލީ ދުވަހެއްގެ ކޮޅުންވެސް އިރުޝަމް އާއި ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކުމަށް އަހަރެންގެ އަމިއްލަ ނަފްސަށް ވަޢުދުވެފައެވެ. އޭގެ 4 މަސް ފަހުން ދައްތަ އައީ އިރުޝާމުގެ ކައިވެނި ރޭވުނެވެ. އޭރު އަހަރެންގެ ކޯސްވެސް ހަމަޖެހިއްޖެއެވެ. ކަން ދިމާކުރި ގޮތުން ދައްތަގެ ކައިވެނީގެ 2 ދުވަސް ކުރިން އަހަރެން ފުރަންޖެހުނެވެ ފުރުމުގެ ކުރިން ދައްތައަށްށާއި ވާން އުޅޭ ޅިޔަނާއި ބައްދަލު ކޮށް މަރުޙަބާ ކީމެވެ.

އަހަރެންގެ މާޒީގެ ސަފުހާތަކުން އެއްކިބާވެވުނީ ގޭގެ ކުރިމަށްޗަށް މަޑުކުރުމަށް ޑުރައިވަރު ބުރެކި ޖެއްސުމުންނެވެ.ކާރުން ފޭބުމަށް ފަހު ގެއައް ވަނަމުން ސަލާމް ގޮވާލިއިރު އަހަރެންގެ ހިތް ހިވަނީ މޭފަޅާފަ ނިކުނެދާމެހެންނެވެ.ސަލާމް ބަލައި ގަތީ އަހަރެންގެ ލޯބިވާ މަންމައެވެ . މަންމަ އަށް އަހަރެން ފެނުމާއި އެކު އުފަލުން އަހަރެންގެ ގައިގާ ބައްދާލިއެވެ. މަގޭ ޑޮކުޓަރު އައިސްފިއޭ ގޭގެ އެންމެންނަށް އަޑު އުވޭވަރަށް ގޮވާލިއިރު އެ މަންމަގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ނިރާލިއެވެ. އާއިލާއެކު ޖަޒްބާތުން ފުރިގެންވާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަހު އަހަރެން ކޮޓަރިއަށް ދިޔައިމެވެ. ވެފައި ހުރި ވަރުބައްޔާއެކު ހަށިގަނޑަށް އަރާމެއް ހޯދުމަށް ޓަކައި އަހަރެން އެނދުގައި އޮށޯވެލީ އަހަރެންގެ ހިތި މާޒީ އަބަދުގެ އަބަދަށް ކަފުން ކޮއްފައެވެ.

(ނިމުނީ)

 

Comments (2)

  1. Cutie girl

    Mi vaahaka ves v Reethi masha allah
    Curiously waiting for next story
    Keep it up
    Haadha dhera gothekey evee
    V interesting story
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. Aniki
      Cutie girl

      Aww thanks inshaallah miyadhu insaanekeemey part 2 submit kohlaanan….thankyou for the support……

Comments are closed.