Skip to content
އެސްފިޔަ

ޝަހީދު ޙުސައިން އާދަމް – ޅެމެއް

ވަޠަނަށް ޓަކައި ފުރާނަ ދެއްވި

ޝަހީދު ޙުސައިން އާދަމްގެ ނަން

ހިތުގައި ދިވެހިންގެ ތާއަބަދު

ފިލައިނުދާނެ ޒިކުރާއެއް ކަން

 

ޤައުމީ ޚިދުމަތުގައި ހޭދަކުރި

އަގުހުރި އުމުރުފުޅު ހަނދާންވޭ

ދިވެހި ދަރިންނަށް މިސާލަކަށް

ވެގެން ދިޔައީ ތިޔަ ހިތްވަރުގައި

 

ޝަހާދަތުގެ ދަރަޖަ ލިބިވަޑައިގަތް

މަތިވެރި ވަގުތު އެ ހަނދާންވޭ

ޤުރުބާނީގެ ރަމްޒަކަށް ވެގެން

އަބަދުމެ ތިޔަ ނަންފުޅު ދެމިއޮންނާނޭ

 

ޝުކުރާއި ތަޢުރީފު އަދާކުރަމުން

ދުޢާ ދަންނަވަމޭ ތިޔަ ރޫޙަށް

ޖަންނަތުލް ފިރުދައުސް ދެއްވާށި

ކީރިތި ﷲ ތިޔަ މާތް ނަފުސަށް

Comments (1)

  1. Nadhoo

    varah furihma

Comments are closed.