Skip to content
އެސްފިޔަ

އިންސާނެކީމޭ……….(2)

އަހަރެންގެ އުންމީދުތަކުގައި ކުލަޖެހޭނެބާއެވެ.؟ ވިޔާމް އަހަރެންނާއި މެދު ދެކެނީ ކިހިނެއްބާއެވެ؟ ހަތަހާވެސް އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ……

********************************************************************************

ވަރަށް ވިސްނުމަށް ފަހު މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ވިޔާމް ކައިރީގައި ބުނުން ކަމުގައި އަހަރެންނަށް ފެނުނެވެ. ނަމަވެސް ހިތުގައި ބިރުވެރިކަމެއް އުފެދިފައިވުމުގެ ސަބަބަކީ ވިޔާމްގެ ޖަވާބެއް ނޭނގުންކަމުގައި އަހަރެންގެ ނުކިޔަމަންތެރި ހިތަށް ވިސްނައި ދިނުންވެގެން ދިޔައީ ބޭކާރު ކަމަކަށްށެވެ. ނުހަނު ހިތްވަރު ކޮށްފައި އަހަރެން ވިޔާމާއި ބައްދަލު ކުރި ދުވަހެއްގައި ވިޔާމްކައިރީ އަހަރެން ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުނީމެވެ.

އެދުވަހު އަހަރެންގެ ހިތް އުފަލުން ބަންޑުންވީ ވިޔާމުވެސް އަހަރެންގެ ގާތު ދައްކަންބޭނުންވާ ވާހަކައެއް އޮތް ކަމުގައި ބުނުމުންނެވެ.ވިޔާމުގެ ހިތުގައިވެސް އަހަރެންގެ މައްޗަށް ލޯބި އުފެދުނީ ކަމުގެ އުންމީދު ހިތުގައި އުފެދުނެވެ. އަހަރެމެން ދެމީހުންގެ ލޯބީގެ ދުވަސްތައް އޮތީ ކުރިއަށް ކަމުގައި ޤަބޫލުކުރެވުން އެއީ އަހަރެންނަށް ކުރެވުނު އެންމެ ބޮޑު އެއްކުށެވެ.އަހަރެންނަށް ކުރެވުނު އެންމެ ބޮޑު ކުންހީއެވެ.

އަހަރެންނާއި ވިޔާމުގެ މެދުގައި އެ ވާހަކަ ދެކެވުންތާ ހަފުތާއެއްހާ ދުވަސް ފަހެވެ. އަހަރެން ލެމަން ގުރާސް ރެސްޓޯރެންޓަށް ދިޔައީ ވިޔާމުގެ އެދުމުގެ މަތިންނެވެ. ލެމެން ގްރާސް އަށް ވަދެވުމާއި އެކު މީހުންގެ ކަޅިތައް އަހަރެންނަށް އަމާޒުވާ ކަމުގެ އިހްސާސުކުރެވުނެވެ. ނަމަވެސް އަހަރެންގެ ލޯ ހޯދަމުންދިޔައީ އަހަރެންގެ ހިތުގެ ރާޖާއެވެ. ވިޔާމެވެ. މާދުރުނޫން ހިސާބެއްގައި ހުރި ވިޔާމް އަތުންހަނަ އަޅާލުމުން އެދިމާ އަށް ދިޔުމަށްޓަކައި ނެގި ފިޔަވަޅު މަޑު ޖައްސާލަން މަޖުބޫރުވީ ވިޔާމުގެގައިގައި ތަތްވެގެން ކަހަލަ ގޮތަކަން އިން އަންހެން ކުއްޖާ ފެނުމުންނެވެ……

ނޯޓް؛ މި ޕާރްޓް ކުރުވުމުން ކިޔުންތެރިންގެ ކިބައިން މާފަށް އެދެމެވެ. މި ވާހަކަ އަކީ ޖުމުލަ 3 ޕާރޓަށް ބަހައިގެން އަޅުގަނޑު ގެނެސްދިނުމަށް ނިންމާފައި ވާ ވާހަކަ އަކަށް ވުމުން ދެން ނިކުންނަ ބައި މިޔަށް ވުރެ ދިގު ކުރުމުގެ ބޭނުމުގައި މި ޕާރްޓް ކުރުކޮށްލީއެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މާފައްއެދެމެވެ…. އަޅުގަނޑުގެ ވާހަކަތަކަށް ކިޔުންތެރިންގެ ފަރާތުން ލިބޭ ތަރުހީބަށް ޝުކުރުއަދާކުރަމެވެ…..

Comments (2)

  1. Cutie girl

    It’s ok
    Mi part ves v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah

    1. Aniki
      Cutie girl

      AWW THANKYOU Cutie girl INASHALLAH VRH AVAHA KIYAALAN LIBEYNE….THANKYOU FOR THE LOVE….

Comments are closed.