ހާފް ހިއުމަން
އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ޔަލްވީއަކީ އެންމެ ކުޑައިރުން ފެށިގެންވެސް މޫދަށް ނުހަނު ފޯރިހުންނަ ކުއްޖެކެވެ. މޫދަށް އެރިއުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކުން ޔަލްވީގެ މުޅިދިރިއުޅުން އެފުށްމިފުށައް ޖަހާލައެވެ. ކުރިމަތިވަމުންދިޔަ އާދަޔާ ހިލާފުކަންކަމުން އަރައިގަތުމަށް އެތަށް ވޭނަކާއި ހިތްދަތިކަމެއް ތަހައްމަލުކުރަންޖެހުނެވެ. ވާހަކައާއިގެން ކިޔުންތެރިން ކުރިއަށްދާއިރު ޔަލްވީގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލާއި މޫދާއި ޔަލްވީ ގުޅިފައިވާވާރު ހާމަވަމުންދާނެއެވެ.
-.-.-.-.-.-.-.-.-.-.-.-.-.
“ހާފް ހިއުމަން” މިވާހަކައަކީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން މިވާހަކައިގައި ކުށްހުރުން އެކަށީގެންވެއެވެ. އަޅުގަނޑު އެދެނީ އެކުށްތައް ކިޔުންތެރިން ފާހަގަކޮށް އެކަންކަން އަޅުގަނޑަށް ބުނެދިނުމަށެވެ. ކިޔުންތެރިންގެ ފާޑުކިޔުންތައް އަޅުގަނޑުބަލައި ގަންނާނީ އުފަލާއެކުގައެވެ. އަޅުގަނޑު ވާހަކަ އަޕްލޯޑުކުރަމުންދާނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތީގައެވެ. ވާހަކައިގެ ފުރަތަމަ ބައި އިރާދަކުރެއްވިއްޔާ މިއަދުގެ ވަގުތެއްގައި އަޕްލޯޑުކުރާނަމެވެ
*އިތުރު ވެބްސައިޓަކުވެސް އަޅުގަނޑު މިވާހަކަ އަޕްލޯޑުކުރަމުންދާނެ ވާހަކަ ކިޔުންތެރިންނަށް ހާމަކޮށްދެމެވެ*
-BamBoo-
