މަޑުމަޑުން އަތުގައިހުރި ހުޅުންބުތަށްފިލަންފެށިއެވެ. ހަންގަނޑުގެ އަޑިއަށްވަންނަމުންދިޔައެވެ. މިވަނީ ކިހިނެއްހެއްޔެވެ. ޔަލްވީއަށް މުޅިއަތަށް ބެލެމުންދިޔައެވެ. ކަރުގައި އަތްލުމަށްފަހު ހުޅުނބުތަށްހުރިތޯ ބަލަމުންދިޔައެވެ. ބިންދާލިބޮޑު ރާޅާއެކު ޔަލްވީ އޮޔާއި ދަމައިގަތެވެ. ފައިޖެހުނަސް އޭނާއަށް ވަގުތުން ހަދާނެގޮތްހުސްވިއެވެ. ކުއްލިއަކަށް އެފަޅުރަށައް މޫދަށްއެރުނުދުވަސް ހަނދާންވަމުންދިޔައެވެ. ބައެއްފަހަރު މައްޗަށްއެރެއެވެ. ރަށާދުރަށްދާ މަންޒަރުފެންނަނީ ވަރަށްވެސް ހިތިކޮށެވެ. ފައިޖެހޭތޯ ބަލަމުންދިޔަނަމަވެސް މިއޮތީ ފައިޖެހޭ ހިސާބަކު ނޫންކަން އިގުމާއެކު ޔަލްވީގެ ހިތްވަރު އޮބުނެވެ. އެހެނަސް ފައިން ޖެހޭތޯ މަސެއްކަތްކުރަމުންދިޔައެވެ. އަކުނިވަޔަށް ދަމަންފެށުމާއެކު ޔަލްވީއަށް ރޮވެންފެށުނެވެ. ހިތްވަރެއްލާފައި މައްޗަށް އެރުނިއްޔާ ވާރޭގެ […]
ނިދިޖެހުނުތަނާއެކުހެން ޔަލްވީއަށް ހޭލެވުނީ ފަޔަށްކުއްލިއަކަށްއެރި ބަޔާންކުރަން ނޭންގޭތަދާއެކުހެންނެވެ. ހީވީ އެއްހާސް ހިނިއެއްފަހަރާ އޭނާގެ ފައިގެ ފަލަމަސްގަނޑުގައި ދަތްއެޅިހެންނެވެ. ނިކަންއަވަހަށް ކައިރީގައި އިން ސްވިޗުޖައްސާލައި ހުދުބޮކި ދިއްލާލިއެވެ. ފައިގައި އޮޅާފައިއޮތް ފޮތިގަނޑު ހޫރުވާލުމާއެކުހެން ޔަލްވީ ބިރުންރޫރޫ އަޅައިގަތެވެ. މިވަނީ ކިހިނެއްކަމެއް ނޭންގި މުޅިމީހާ ހުދުވެ ފަލަމަސްގަނޑުގެ ފާރުގަނޑާއި ދިމާލަށް ކަޅިނުޖަހާ ބަހައްޓައިގެން ހުރެވުނެވެ. ފަލަމަސްގަނޑުން ވީދައިގެންގޮސް ހުރިތަނުގައި އިންސާނެއްގެ މަހުގެ ބަދަލުގައިހުރީ ހުދުކުލައިގެ ދިހުންއަރާ ހުޅުބުތަކެއްޖަހާފައެވެ. ސުބުހާނައްﷲ! ޔަލްވީ މަހަކަށް ބަދަލުވަނީއޭހިތާ އަޑުންއަޑުނަގާއި ރޮއެގަނެވުނެވެ. މިވަނީ ކިހިނެއްކަން ނޭންގި […]
ޔަލްވީމެން މޫދުންއަރައިގެން އައިސް މަޑުހިގުމެއްގައި ގެއާއި ހަމައަށްދިޔައިރު އެކަކު އެކައްޗެކޭވެސް ނުކިޔައެވެ. މާހީކުޑަކޮށްވާހަކަ ދައްކާލާހަދައެވެ. މަލަކްއާއި ލޫނާ ތިބީ ބުނާނެ އެއްޗެއްނޭންގިފައެވެ. އެކުވެރިޔާގެ މިބަދަލުން ގައިމުވެސް ވަރަށްބޮޑުކަމެއް އޭނާގެ އުޅުމުން ބަދަލުވެއްޖެކަން އިހުސާސްވަމުންދިޔައެވެެ. ޔަލްވީ ކޮޓަރިއަށްވަދެ ތުވާއްޔެއް ހިފައިގެން ފާހާނައަށްވަނެވެ. ފެންމާގަނޑު ދޫކޮށްލުމާއެކުހެން ހަޅޭއްލަވައިގަނެވިއްޖެއެވެ. ފަލަމަސްގަނޑަށްއެރި ތޫނުތަދާއެކު އޭނާހުރިތަނަށްތިރިވިއެވެ. އޭރުވެސް ފެންމާގަނޑު ދޫކޮށްލާފައިހުރުމުން މުޅިގައިތެމެމުންދިޔައެވެ. ވަމުންދިޔަތަދާއެކު އޭނާއަށް ދެލޯފިއްތާލާ ބާރުކޮށްލެވުނެވެ. މުޅިގައިން ވަރުދޫވާކަމުގެ އިހުސާސްވަމުންދިޔައެވެ. ޝަވަރ ނިއްވާލުމަށް މަސެއްކަތް ކުރަމުންދިޔަނަމަވެސް ކާމިޔާބެއްނުވިއެވެ. އަތްކައްސަމުންދިޔައެވެ. ވަމުންދިޔަ ތަދުން ދެލޯފުސްވާހެންވެސް […]
ކާހިތްކެނޑިފައިހުރުމުން ފޯނާއި ކުޅެލާނީއޭ ހިތާއައިސް އެދަށްޖެހިގަތެވެ. ވެފައިހުރި ލޮޑުކަން އިހުސާސްވީދެނެވެ. ފޯނުދުރުގައި ބޭއްވުމަށްފަހު ކައިރީގައިއޮތް ބާލިސްގަޔާއި ކައިރިކޮށްލިއެވެ. ނިދީގެ ފޮނިމީރުކަމުގެ ތެރެއަށް ޔަލްވީ ގެނބިގެންދިޔަގޮތްވެސް ނޭންގުނެވެ. ޔަލްވީ ލޯހުޅުވާލިއިރު އޭނާއަށްހުރެވުނީ ފުންމިންނޭންގޭ މާސިންގާ ކަނޑެއްގެމެދުގައެވެ. ވަށައިގެން ބޮކިއަރަމުންދިޔައީ ތިޔަހެނެއްބަލާފައެއް ނޫނެވެ. ކުއްލިއަކަށް އޭނާގެ ފައިގާ ހިފާމީހަކު ތިރިއަށް ދަމާގަތެވެ. ފެނުގެ އަޑީގައި އަޑުގެބަދަލުގައި ނިކުތީ ބޮކިތަކެވެ. ތަންތަން ސާފުވަމުންދިޔަހެން އޭނާއަށްދުރުގައި ހުރި ރަންވިދުވަރު ސާފުވަމުންދިޔައެވެ. އެދިހުންގަދަވަމުންގޮސް އޭނާ ދެލޯމަރާލަންޖެހޭވަރުވިއެވެ. އިރުކޮޅެއްފަހުން ލޯހުޅުވާލިއިރު މިއަދު ފެނުނު މަހުލޫގު ހުރީ […]
ވަރުބަލި ފިލުވާލުމަށްޓަކައި ގައިގެ ވަރު ދޫކޮށްލައިގެން މޫނުއަޑިއަށްލައިގެން އޮއްވާ އަނެއްކާވެސް އެހެންވެލައެއް ފެނިއްޖެއެވެ. އެސޮރުގެ އަނގައިގައި މިފަހަރު އޮތީކޮންމެވެސް މުރަކަކޮޅެއްކަހަލަ އެއްޗެކެވެ. އަޖައިބެކެވެ. މީކިހިނެއްވާ ވެލާތަކެއްބާވައެވެ. ޔަލްވީ ފެންމަތީގައި މޫނުއަޑިއަށްލައިގެން އޮވެ އެވެލާއާއި އެއްވަރަށް ފަތަމުންދިޔައެވެ. ކުޑަހިނދުކޮޅަކަށްވެސް އޭނާއެހެން ދިމާލަކަށް ނަޒަރު ކަތިކޮށެއް ނުލައެވެ. އެވެލާ ދާނެހިސާބަކަށްގޮސްފައި މަޑުޖެހިލައިފިއެވެ. ބޮޑުސިންގާ މަގެއްހެން މުރަކަތަކުން ހެދިފައިއޮތް އަދިރި މަގަކުން ދާން އެސޮރުގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. ބަލާކަށް ނުހުރެ ލެވުނު އެންމެ ފުންނޭވާލުމަށްފަހު ފައިންޖަހައިގަތީ އެވެލާ ވަދެގެންދިޔަ މަގާދިމާލަށެވެ. އެމަގާހަމައަށް […]
ފަތިސްވަގުތުގެ ހަމަހިމޭކަން ނަގަމުންދިޔައީ އެކި ރާގުރާގަށް ގޮވަމުންދިޔަ ކާޅާއި ކޮވެލީގެ ހިތްގައިމު އަޑުންނެވެ. ބަދަރުމަތިން މީހުންހޭލަމޭލަ ވަމުންދިޔައެވެ. އެއްބަޔަކު މަހަށް ފުރަނީއެވެ. އަނެއްބަޔަކު ލިބުނު ޗުއްޓީގެ ބޭނުންހިފާ ކައިރި ރަށްތަކަށް ޕިކުނިކުދާން ނިކުމެތިއްބެވެ. އެތަނުން ވިއްސަކަށް މީހުންތިބި ގުރޫޕެއް ދޯންޏަކަށް އަރަމުންދިޔައެވެ. ދޯނިނައްޓާލިއިރު ދިރުބާކޮޅަށް ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން ޔަލްވީ އިނީ ތުރުތުރުލާގޮތްވެފައެވެ. އޭނައާއި ޖެހިގެންތިބި މަލަކް އާއި ލޫނާތިބީ އޮލަވާހަކައެއްގައެވެ. ދެކުދިންމެ ދައްކަމުންދިޔައީ ފީނަންދާ ވާހަކައެވެ. މޫދަށް ދާން ކުޑައިރުންސުރެ ދެވިހިފާފައި ތިންކުދިންމެ ހުރުުމުން އެކުދިންގެ […]
އާދައިގެ ދިރިއުޅުމެއް އުޅެމުން ދިޔަ ޔަލްވީއަކީ އެންމެ ކުޑައިރުން ފެށިގެންވެސް މޫދަށް ނުހަނު ފޯރިހުންނަ ކުއްޖެކެވެ. މޫދަށް އެރިއުޅުމުގެ ތެރޭގައި ދިމާވި ހާދިސާއަކުން ޔަލްވީގެ މުޅިދިރިއުޅުން އެފުށްމިފުށައް ޖަހާލައެވެ. ކުރިމަތިވަމުންދިޔަ އާދަޔާ ހިލާފުކަންކަމުން އަރައިގަތުމަށް އެތަށް ވޭނަކާއި ހިތްދަތިކަމެއް ތަހައްމަލުކުރަންޖެހުނެވެ. ވާހަކައާއިގެން ކިޔުންތެރިން ކުރިއަށްދާއިރު ޔަލްވީގެ ދިރިއުޅުމަށް އަންނަމުންދާ ބަދަލާއި މޫދާއި ޔަލްވީ ގުޅިފައިވާވާރު ހާމަވަމުންދާނެއެވެ. -.-.-.-.-.-.-.-.-.-.-.-.-. “ހާފް ހިއުމަން” މިވާހަކައަކީ އަޅުގަނޑު މިސައިޓަށް ލިޔާ ފުރަތަމަ ވާހަކައެވެ. އެހެންކަމުން މިވާހަކައިގައި ކުށްހުރުން އެކަށީގެންވެއެވެ. އަޅުގަނޑު އެދެނީ […]