Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ހާފް ހިއުމަން -1

BamBoo Level 1
May 12, 2021 2 Mins Read
2 Comments

ފަތިސްވަގުތުގެ ހަމަހިމޭކަން ނަގަމުންދިޔައީ އެކި ރާގުރާގަށް ގޮވަމުންދިޔަ ކާޅާއި ކޮވެލީގެ ހިތްގައިމު އަޑުންނެވެ. ބަދަރުމަތިން މީހުންހޭލަމޭލަ ވަމުންދިޔައެވެ. އެއްބަޔަކު މަހަށް ފުރަނީއެވެ. އަނެއްބަޔަކު ލިބުނު ޗުއްޓީގެ ބޭނުންހިފާ ކައިރި ރަށްތަކަށް ޕިކުނިކުދާން ނިކުމެތިއްބެވެ. އެތަނުން ވިއްސަކަށް މީހުންތިބި ގުރޫޕެއް ދޯންޏަކަށް އަރަމުންދިޔައެވެ.

ދޯނިނައްޓާލިއިރު ދިރުބާކޮޅަށް ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން ޔަލްވީ އިނީ ތުރުތުރުލާގޮތްވެފައެވެ. އޭނައާއި ޖެހިގެންތިބި މަލަކް އާއި ލޫނާތިބީ އޮލަވާހަކައެއްގައެވެ. ދެކުދިންމެ ދައްކަމުންދިޔައީ ފީނަންދާ ވާހަކައެވެ. މޫދަށް ދާން ކުޑައިރުންސުރެ ދެވިހިފާފައި ތިންކުދިންމެ ހުރުުމުން އެކުދިންގެ  މައިންބަފައިންނަށް މިހާރު އެއީ ބޮޑުކަމަކަށް ނުވެއެވެ. މޫދުގެ މަސްތަކާއި ގޮތްގޮތަށް ހެދިފައިހުންނަ މުރަކަތަކަކީ އެކުދިން މޮޔަވާ މަންޒަރުތަކެވެ.

“ޔަލް. ދޮންބެ ބުނީ ފީނަންދާއިރު ދޮންބެ ދާނަން ޔަލް މެންނާ އެއްކޮށް ބޯވަ ނަގަން.” މާހިލް ހުތް އަނބެއްކަމުން އައިސް ކޮންމެ ކުއްޖަކަށް އަނބެއް ދިއްކޮށްލިއެވެ. ޔަލްވީ ބޯޖަހާލީ މާހިލްއަކީ އޭނަގެ ހުރި ހަމައެކަނި ބޭބެއަށް ވެފައި ލޫނާމެންވެސް މާހިލްދެކެނީ އަމިއްލަ ބޭބެއެއްގެ ގޮތުގައި ކަމަށްވާތީއެވެ. ކުޑައިރުންފެށިގެންވެސް މާހިލް އެމީހުންނާ އެއްކޮށް ގޮސްއުޅެއެވެ. ފީނަންދަސްކޮށްދީ އުރަފަށާހަމައަށް ގެންގޮސް ޔަލްވީ މެންގެ ހިތްޖެއްސުވީވެސް އޭނައެވެ. މާހިލް އައުމުން ބައިހެޔޮވެ ތިންކުދިން އެކިވާހަކަ ތަކުގައި ތިއްބެވެ.

މޫދުގެ ލޮނުގަނޑު ކަފަމުން ދޯނިހަލުވި ސްޕީޑުގައި ދުއްވަމުން ދިޔައީ ކުރިމަތިން ފެންނަމުންދާ މަލަމަތި ރީތި ރަށާއި ދިމާލަށެވެ. ރަށުގެ އުރަފަށާއި ކައިރިވުމުން ހަތަރުކުދިންމެ އާށޯޙްވެފައި ކުލަކުލައިގެ މުރަކަތަށް ބަލަމުންދިޔައެވެ. މޫދު އަޑީގައި އުޅެމުންދާ ރީތި މަސްއައިނުތަކުން މޫދުއަޑިހީވަނީ މުޅިން އެހެން ދުނިޔެއެއްހެންނެވެ. މާސްކުއަޅައިގެން ފުންމާލަން ހިނގާށޭވެސް މަލަކްއަށް ބުނެވުނެވުނެވެ.

ދޯނިއައިސް ބީއްސާލީ  ސާފުހުދު ދޮންފަސްގަނޑުގެ މައްޗަށެވެ. ކްރިސްޓަލް ކްލިއާރ މޫދުފެނިފައި ބައެއްކުޑަކުދިން މޫދަށް ޖެހިގަތެވެ. ޔަލްވީމެން ގެނައި ދަބަސް ރުކެއްގެ ހިޔަލުގައި ބެހެއްޓުމަށްފަހު ރަށްވަށާބުރެއްޖަހާލަން ހިނގައިގަތެވެ. މާހިލް އުޅުނީ އޭނާގެ މަންމަމެންނާއެކު އުނދުނެއްހެދުމުގައެވެ. ހެނދުނުގެ ނާސްތާ ރަށުން ހިފައިގެން އައީތީ ބައެއް އަންހެންވެރިން ފަނާއި ކާށިހޮވަން ވަލަށްވަތެވެ. ދެންތިބި އަންހެންވެރިން ދުފާލާ ތަފާތު ވާހަކަ ދައްކަމުންދިޔައެވެ.

“މިހާރު ކޮބާތަ އެ ޔަލްވީ. އެދިޔައީ ކަންނޭގެ މޫދަށް. މިދަރި މީ ހަމަ އޭނާގެ ބައްޕަ އުޅޭހެން އުޅެން ނިއްމާފައިހުރި ކުއްޖެއް.” ޔަލްވީގެ މަންމަ ވާހިދާ ކުދިކިޔަންފެށިއިރު އޭނާގެ ފިރިމީހާ އާބިރު އިނީ ނަނުތައް ތައްޔާރުކުރާށެވެ. މޫދަށްއެރި އުޅުމަކީ އާބިރުވެސް ކުޑައިރުންސުރެ ދެވިހިފާފައި ހުންނަކަމެކެވެ. އާބިރު ގަބޫލުކުރާގޮތުގައި ޔަލްވީމެން އެެއީ ކުޑަކުދިންނެއް ނޫނެވެ. އަންހެންކުދިންނެއްކަމަކު ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އެކުދިންނަށް ދޭންވާނެ ކަމަށް އާބިރު ގަބޫލުކުރެއެވެ.

“ވާހިދާ، އަހަރެން އަބަދުވެސް ބުނަމެއްނު ޔަލްވީ ގޯސްއަތަކުން ނުދާނެއޭ. އެކުއްޖާއަކީ އެެއުޅޭ ދެމަންޖެއާއެކު ނުހަނު މޫދަށް ދެވިހިފާފައި ހުންނަ ކުއްޖެއް. އަނެއްކާ ބޮޑެތިކުދިން އެއީ. މިއަހަރު އެފުރުނީ އަށާރަ. މޫދުން ގެއަށް، ގެއިން ގޮޑުދޮށުގައި ހިގާލަންނޫން އިތުރުގޮތަކަށް ބޭރަށްދަނީ އެއްވެސް ނޫން.” އާބިރު ދުފުންގަނޑު އާކޮށްލަމުން ވާހިދާއަށް ވިސްނައިދޭން މަސެއްކަތްކޮށްދިނެވެ. އެހެނަސް މަޔަކަށްވާވަރު އިހުސާސްވާނީ ހަމަ މަޔަކަށްތާއެވެ. ޔަލްވީއަށް ކަމެއްވެއްޖެއްޔާ ވާހިދާ މޮޔަވެދާނެއެވެ.

ހެނދުނު ދިހައެއް ޖަހަންކައިރިވެފައި ހުއްޓާ އެންމެން ސައިބޯން ޖަމާވަމުންދިޔައެވެ. ދެވައްތަރުގެ ބޯކިބަލާ ދެވައްތަރުގެ ހެދިކާގެ އިތުރުން ރޮއްޓާއި މަސްހުނި ކައިގެން ޔަލްވީ ހިނގައިގަތީ އޭނަގެ ދަބަހާ ދިމާލަށެވެ. މަލަކާއާއި ލޫނާ ކައިނިމިގެން ކޯކުތަށްޓެއް ހިފައިގެން އޭނާ ފަހަތުންއައެވެ.

“ދެންހިގާ އެރެން މޫދަށް. ނަގާ މާސްކާ ފިންސާ.” ޔަލްވީ ދަބަސްހުޅުވާލުމަށްފަހު އޭނަގެ ފިންސްހިފައިގެން ކޮއްޅަށްތެދުވެލިއެވެ. ދުރުން މާހިލްވެސް އޭނަގެ ސާމާނު ހިފައިގެން އަންނަތަންފެނުނެވެ. ހަތަރުކުދިންމެ ހިގައިގަތީ މޫދާދިމާލަށެވެ. ޔަލްވީ މަންމައަށް ހަނާއަޅާލައި ދަނީކަމުގައި ބުނެލިއެވެ.

މޫދުގެ ވަކިހިސާބަކަށް ކުޑަގާކޮޅެއްގެ މިންވަރުވެސް ފެންނާކަށްނެތެވެ. އިސްކޮޅުނުކަތާ ހިސާބަށްދިޔައިރު ކުދި މުރަކަތައް ފެންނަންފެށިއެވެ. ޔަލްވީއަށް ހަނާއަޅަމުން މަލަކާ ދައްކަމުންދިޔައީ ބައިވަރުމަސްތަަައް ފުނިޖެހިފައިހުރި ގާގަނޑެކެވެ. އޮރެންޖުކުލައާއި ނޫކުލައިގެ އިތުރުން ރީނދޫކުލައިގެ މަސްތަކެކެވެ.  ލުނާއޭރު މާހިލްފަހަތުން ތަންކޮޅެއްކުރީގައި އުޅެމުންދިޔައެވެ.

މެންދުރާއި ގާތްވަމުންދިޔަހެން މެދުއުޑަށް އިރުކެހެމުންދިޔައީ މޫދުއަޑީގެ ހިތްގައިމުކަން އިތުރުކޮށްދެމުންނެވެ. އުރަފަށާއި ގާތްވިހެން ޔަލްވީގެ ހިތަށްވީ އުފާ ބަޔާންކޮށްދޭންވެސް ނޭންގުނެވެ. ފެންނަމުންދިޔަ ޓޭބަލްކޮރަލްސްމަތީ އޮށޯވެލާހިތްވިއެވެ. ޓިޔުބްކޮރަލްސްގައި އަތްލާހިތްވިއެވެ. ބޮޑެތި ބްރެއިން ކޮރަލްސް އާއި ފޭންކޮރަލްސްގެ ރީތިކަން ލަފްޒުންބަޔާންކުރާނީ ކިހިނެއްހެއްޔެވެ. ބޮޑެތި މަސްތަކާއި މަސްއައިންތައް އޭނާ ރަގަޅަށްވެސް މޮޔަކޮށްލައިފިއެވެ.

ދެންތިބިމީހަކާ އެމީހެކޭ ހިތާ ޔަލްވީ ފުންނޭވާއެއްލުމަށްފަހު ޖަހައިގަތީ އަޑިއަށް ދިޔުމަށެވެ. ނޭވާނުލާ އަޑީގައި އޭނާއަށް ތިންވަރަކަށް މިނެޓުއޮވެލެވޭނެކަން ޔަގީންވާތީއެެވެ. ޔަލްވީ އެހިސާބަށް ދިޔަހެން މަސްތައް އޭނައާ ދުރަށްދާން ފެށުމުން މާޔޫސްވިޔަސް މަޑުމަޑުން ފީނާލަމުން ކުރިއަށް ޖަހާލިއެވެ. އޭރު މާހިލްމެންވީ ތަނެއްވެސް ނޭންގެއެވެ. އޭނާއަށް އެމީހުން މުހިއްމު ވިހެނެއް ހިޔެއްނުވެއެވެ.

ކުރިމަތިން ހުރަސްކޮށްލާފައިދިޔަ މާސިންްްގާ ވެލާފެނިފައި ޔަލްވީ ސިއްސައިގެންދިޔައެވެ. އެއަށްވުރެންބޮޑަށް ހައިރާންވީ އެވެލާ ތުބުލައިގެން ގެންދަމުންދިޔަ މޫދުވިނައެއްކަހަލަ އެއްޗެއް ފެނިފައެވެ.އެވެލާގެ އަގައިގައި އަޅާގަނެފައިވާ އެއްޗަކަށްވެދާނެތީ ޔަލްވީ އޭނައަށް އެހީވާން ބޭނުންވިއެވެ. އެހެނަަސް ނޭވާކޮޅުންލަމުންދާތީ މައްޗަށްއަރަން މަޖުބޫރުވިއެެވެ. ގައިގައި ހުރި ބާރެއްލާފައި ފިންސުން ޖަހަމުން އޭނާ މައްޗަށްއެރި އިރު އެ ވެލާ ގެއްލިއްޖެއެވެ. ވަރުބަލި ފިލުވާލުމަށްޓަކައި ގައިގެ ވަރު ދޫކޮށްލައިގެން މޫނުއަޑިއަށްލައިގެން އޮއްވާ އަނެއްކާވެސް އެހެންވެލައެއް ފެނިއްޖެއެވެ. އެސޮރުގެ އަނގައިގައި މިފަހަރު އޮތީކޮންމެވެސް މުރަކަކޮޅެއްކަހަލަ އެއްޗެކެވެ. އަޖައިބެކެވެ. މީކިހިނެއްވާ ވެލާތަކެއްބާވައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

BamBoo

Level 1

Other Articles

Previous

ނޭދެމޭ ދުރުވާކަށެއް ލޯބިވާ

Next

އެކުއްޖާ 2 – 32

Next
May 12, 2021

އެކުއްޖާ 2 – 32

Previews
May 12, 2021

ނޭދެމޭ ދުރުވާކަށެއް ލޯބިވާ

2 Comments!

  1. Iyaadh says:
    May 12, 2021 at 9:09 am

    wooowwwww……. maasha allah❤️???????……. v v v reethi mi vaahaka…… cant wait for the next part…….. maadhan dhw anehbai nereyny
    TC… ❣️❣️

    1. BamBoo says:
      May 13, 2021 at 6:18 am

      Shukuran. yes will update today in sha Allah. glad you like it. 🙂

Comments are closed.

Next Episodeހާފް ހިއުމަން -2←


All Right Reserved!