
ސައިރެން – 05
“ނޫރީ މެލޭޝިޔާއަށް ގެންގޮސްދީފާނަންތަ؟” ނޫރީން އޭނާގެ ބައްޕަގެ ޚިޔާލުތަކާއި ދުރުވުމަށް ޒައިކާންގެ ކައިރީގައި އެއްސެވެ.
“އާނ! އާދޭ!” ޒައިކާން އެހެން ބުނަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.
“އެކަމަކު…” ޒައިކާން ދޮރާއި ހަމައަށްގޮސް އެއްޗެކޭބުނަން އުޅުނު ގަޑީގައި ހުއްޓުން އެރީ ނޫރީންގެ ފަހަތުގައިހުރި ސޫރަ ފެނުމުންނެވެ.
“އެކޮޅަށް ޖެހޭ!” ޒައިކާން ވާތުފަޅިއަށް އިޝާރާތްކޮށްލަމުން އެހެން ބުނުމުން ނޫރީން އެއްފަރާތަށް ޖެހިލަން އުޅުނެވެ.
ނަމަވެސް ގުޑިވެސް ނުލެވުނީ މީހަކު އޭނާގެ ކަރުގައި ހިފެހެއްޓުމުންނެވެ. ނޫރީންއަށް ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. ޒައިކާން ބަލާކަށްނުހުުރެ ކުރިންހުރި ސިފައަށް ބަދަލުވެލައި ނޫރީންގެ ފަހަތުގައިހުރި އަންހެން ކުއްޖާގެ ގަޔަށް އަލިގަނޑެއް ދުއްވައިލިއެވެ. ނަމަވެސް އެ އަލިކޮޅު ދިޔައީ އެކުއްޖާގެ ގަޔަކަށް ނޫނެެވެ. ނޫރީންގެ ގަޔަށެވެ. އެއަލިކޮޅު ދިޔަ ގޮތަށްގޮސް ވަނީ ނޫރީންގެ ބަނޑަށެވެ. ނޫރީން ވޭނީ ހަޅޭކަކާއިއެކު އެއްއަތުން އެއަލިކޮޅު ވަތް ދިމާގައި އަތް އަޅައިލެވުނެވެ. އަދި އަނެއްއަތުން އެކުއްޖާގެ އަތުގައި ހިފައިލުމަށްފަހު އެއްއަތުން އެކުއްޖާ ހޫރައިލިއެވެ. އެކުއްޖާ ދިޔަގޮތަށްގޮސް ޖެހުނީ އެކޮޓަރީގެ ފާރުގައެވެ. ދެން އެކުއްޖާ ރުޅިވެރި ނަޒަރަކުން ނޫރީންއަށް ބަލައިލުމަށްފަހު ގެއްލުނެވެ. ނޫރީން އަނެއް އަތުންވެސް ބަނޑުގައި ހިފެހެއްޓައިގެންހުރެ ހުރިތަަނަށް ތިރިވިއެވެ. ޒައިކާންގޮސް ނޫރީންގެ ކައިރީގައި އުޑު ފައިން އިށީނދެ ނޫރީންގެ އަތް ބަނޑުން ނެގިއެވެ. އަދި އޭނާގެ ދެ އަތުން ވަރަށް ބާރަށް އެތަނުގައި ހިފެހެއްޓިއެވެ. އެވަގުތު އޭތަނުން ރަންކުލައިގެ އަލިތަކެއް ނިކުތެވެ. އަދި އެތަދު ނޫރީންގެ ބަނޑުން ފިލައިގެން ދިޔައެވެ.
“އޯކޭތަ؟” ޒައިކާން ނޫރީންއަށް ބަލައިލަމުން ބުންޏެވެ.
“ހުމމމ…” ނޫރީން އިށީނދެލަމުން ބުންޏެވެ.
“ޒައިކާން ޕްލީޒް ތިސިފައަށް ބަދަލުނުވެބަލަ. ތިހެން ހުންނައިރު ނޫރީ ވަރަށް ބިރުގަނެއޭ.” ނޫރީން މޫނު މަތީގައި އަތް އަޅައިލުމަށްފަހު ބުންޏެވެ.
“މިހާރު އޯކޭތަ؟” ޒައިކާން ކުރިންހުރި ސިފައަށް ބަދަލުވެލުމަށްފަހު އެއްސެވެ.
“އޯކޭ! އެކަމަކު… ދެންމެ އެވީ ކިހިނެތް؟” ނޫރީން މޫނު މަތިން އަތް ނެގުމަށްފަހު އެއްސެވެ.
“އެތާހުރި އަންހެން ކުއްޖާ ދޯ?؟ އެއީ އަވިއާނާ… މުޅި މިތަނުންވެސް އެންމެ ނުލަފާ ޖިންނި.” ޒައިކާން ދެބުމަ ކައިރިކޮށްލުމަށްފަހު ބުންޏެވެ.
“ނޫން! މިބުނީ ނޫރީއަށް ކިހިނެތްހެއްޔޭ އަވިއާނާ އެއްއަތުން ފާރާއި ދިމާއަށް ހޫރައިލެވުނީ؟” ނޫރީން އެއްސެވެ.
“އެހެން ހެދޭނީ އެގޮތަށް ކަންތައްކުރަން ހިތަށް އެރުވީމަ. ނޫނީ ވަރަށް ރުޅިގަދަވެ ދެރަވީމަ ވަރަށް ބާރުގަދަވާނެ ތިބާރުތަކުގަ.” ޒައިކާން ބުންޏެވެ.
“ވޯވް! ސަޅި! އެކަމަކު… ކިހިނެތް އެއް ސިފައިން އަނެއް ސިފައަށް ތިބަދަލުވަނީ؟” ނޫރީން އަހައިލިއެވެ.
“ތިކުއްޖާ ބުނީ އަހަންނަކަށް އިތުބާރެއް ނުކުރާނަމޯ… ދެން ކީތްކުރަން ތި އަހަނީ؟” ޒައިކާން ނޫރީންއާއި ދިމާވިއިރު ނޫރީން ބުނި ވާހަކަ ހަނދާންކޮށްދިނެވެ.
“ބިރުގަންނަނީތަ އަހަރެންދެކެ އިތުބާރު ނުކުރަން؟” ޒައިކާން އަހައިލިއެވެ.
“ނޫ… ނޫން. އެކަމަކު ފެއަރީ ސިފައިގަ ހުންނައިރު ވަރަށް ބިރުވެރި.” ނޫރީން ބުންޏެވެ.
“އެހެންވެގެން ދޯ? ހަހަަހަ…. އަސްލު އަހަރެމެންނަކީ ސައިރެން ކިޔާ ބައެއް. އެކަމަކު ފިރިހެން ސައިރެންތަކުގެ މަސައްކަތަކީ އަށާރަ އަހަރު ފުރޭ އަންހެން ސައިރެންތަކަށް ހަނގުރާމަކުރަން ނުވަތަ ހަނގުރާމައިގެ އުކުޅުތައް ދަސްކޮށްދިނުން. އަހަރެމެންގެ ކާނާއަކީ ލޭ… އެ ހެޔޮ އިންސާނެއްގެ ލެއަކަސް ނޫނީ ސައިރެންއެއްގެ ލެއަކަސް. އެހެންވެ އަހަރެމެންނަށް އަހަރެންގެ އަތުގައި އޮންނަ ކަހަލަ ދަތާ ދުލެއް ލިބިފައި އޮންނަނީ. ދެން އަންހެން ސައިރެންގެ ނުހުންނާނެ ފިރިހެން ސައިރެންގެ އޮންނަ ކަހަލަ ދުލެއް. އަންހެން ސައިރެން ގެ ފޭރާ ދަތްތައް އޮންނާނީ ފޮރުވިފަ. އެ ފަޭރާދަތް ނެރެވޭނީ އެ ނެރެން ހިތަށް އެރުވީމަ. އަހަރެމެން އެެން ލޭބޯނީ. އެ ލެއިން އަހަރެމެން ބާރުގަދަ ވާނީ… ދެން ކާޓޫން ނޫނީ ފިލްމުތަކުގަ ފެންނަހެން އަންހެން ސައިރެން ލަވަ ކިޔާއިރު ކޮންމެ މީހަކުވެސް އަންހެން ސައިރެންގެ ބާރުގެ ދަށަށް ގެނެވޭނެ. އެހެންވެ އަންހެން ސައިރެންތަކާއި ފިރިހެން ސައިރެންތަކާއިމެދު ބޮޑު ހަނގުރާމައެއް ހިނގީ. އެއަށްފަހު އަންހެން ސައިރެންތައް ބަލިވުމުން މިބުނާ ބީނިޝް އާއި އޭނާގެ ދެދަރިން ޒަފްރުލް އަދި އަވިއާނާ އެއްބައިވެގެން އަހަރެމެންގެ ތެރެއިން އެތަށް ބައެއް މަރައިލީ. އެއިރު ރަސްކަލަކަށްހުރީ ނިހާން. ދެން އޭނާގެ ވަޒީރަކަށް އަހަރެންގެ ބައްޕަ މަކްބުލް ހުރީ. އެދެމީހުންވެގެން އަހަރެންގެ ބައްޕަވެސް މަރައިލީ. ނިހާން ނުމަރައިލެވުނީ އޭނާ ހުރީ ދުނިޔޭގެ ވީމަ. އޭނާ ދުނިޔޭގަ ހުރިއިރު މިޚަބަރު ލިބުމުން އޭނާ މިތަނަށް އައިސް ފިލައިގެން އުޅުނީ. އެހެންވެ އެދެމީހުންނަކަށް ނިހާން އަތެއްނުވި. ދެން އޭނާ ހެދި އެއްޗަކީ އޭނާގެ ގަނޑުވަރަށްގޮސް ޚަޒާނާ އެއްޗެހި ރައްކާކުރާ ތަނަށް ދިޔައީ. އެތަނުން ތި ފަށް ނެގީ… ހަމަ އެދުވަހު އަހަރެމެންގެ ތެރެއިން އެތަށް ސައިރެންއެއް ދެބަޔަކަށް ބެހުނު. އެއީ ނިހާންގެ ބަޔަށާ ބީނިޝްގެ ބަޔަށް. އަހަރެންނާއި އަހަރެންގެ މަންމަ ދިޔައީ ނިހާންގެ ބަޔަށް. ބީނިޝްގެ ބަޔަށް އަހަރެމެންގެ ތެރެއިން އެތަށް ބަޔަކު ވަތް. އެހެންވެ އަދިވެސް އަހަރެމެންގެ މީހަކު ތަނަކުން ފެނިއްޖެޔާ އެސައިރެންއަކު މަރައިލާނެ. އެހެންވެ އަހަރެމެން މިއުޅެނީ ފިލައި. އެކަމަކު މިހާރު އަވިއާނާއަށް އަހަރެމެން ތިބި ތަން އެނގިއްޖެ. އެހެންވެ ޖެހޭނީ އެހެން ތާކަށް ބަދަލުވާން.” ޒައިކާން ނޫރީންއަށް ހުރިހާ ވާހަކައެއް ކިޔައިދިންއިރު އޭނާގެ ލޮލުން އަލިފާން ކަނި ބުރައެވެ.
“އެކަމަކު ބުނަން؟ ތިކުއްޖާއަކީ ވަރަށް ސްޕެޝަލް ކުއްޖެއް.” ޒައިކާން ނޫރީންއަށް ބަލައިލުމަށްފަހު ބުންޏެވެ.
“ނޫރީއަކީ ވަރަށް ސްޕެޝަލް ކުއްޖެކޭ؟ ކީތްވެ ތިހެން ތިބުނީ؟” ނޫރީން އަމިއްލަ މޭގައި އަތް ޖައްސައިލުމަށްފަހު އެއްސެވެ.
“ތިކުއްޖާ ތިހިރީ ބަށި ކުލައިގަ ނުން؟ އިސްތަށިގަނޑު, ލޮލުގެ ކަޅި, ފިޔަގަނޑު… އަދި އަލަށް ތިކުލައިގެ ސައިރެންއެއް އަހަރެންނަށް މިފެނުނީ. އަހަރެންގެ މަންމަ ބުނީ ތިކުލައިގެ ސައިރެން އެއްވެސް ތާކު ނޫޅޭނެޔޯ. އެކަމަކު… އެއްދުވަހަކު ތިކުލައިގެ އަސްލު ސައިރެންއެއް ފެންނާނެޔޯ. އަދި ތިފަށް ބޭނުން ކުރުމުގެ ނަސީބުވެސް ލިބުނީމަ ތިކުއްޖާ ސްޕެޝަލްވީ.” ޒައިކާން ނޫރީންގެ ފިޔަގަނޑުގައި އަތްލުމަށްފަހު ބުންޏެވެ.
“އަދިވެސް މި އުޅެނީ ކަނޑުގަތަ؟” ވަށައިގެން ބަައިލަމުން ނޫރީން އެއްސެވެ.
“އާނ! ތިއުޅެވެނީ ޕެސެފިކް ސީގަ.” ކަޔާން ބުންޏެވެ.
“ދަރިފުޅާ! ޒައިކާން… ކޮބާތަ މަންމަގެ…” ދޮރުން އެތެރެއަށް ވަދެގެންއައި ޒާބިޔާ ހުއްޓުން އެރީ ޒައިކާންގެ ކައިރީގައި އިން ނޫރީން ފެނުމުންނެވެ.
ނޫރީން ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ އެއީ ކުރިން ފެނުނު މީހެއްހެން ހީވުމުންނެވެ. ކަޔާންވެސް ނޫރީން ކޮޅަަށް ތެދުވުމުން ކޮޅަށް ތެދުވިއެވެ. ޒާބިޔާ އާއި ނޫރީން ދެމީހުން ދެމީހުންނަށް ބަލަހައްޓައިގެންހުރި ގޮތުން ކަޔާންއަށް އުނދަގޫވިއެވެ.
“ތއީ ކޮން ކުއްޖެއް؟” ޒާބިޔާ ނޫރީންއަށް އިޝާރާތްކޮށްލުމަށްފަހު އެއްސެވެ.
“ތިއީ ކާކު؟” ހަމަ އެވަގުތު ޒާބިޔާއަށް އިޝާރާތްކޮށްމަށްފަހު ނޫރީން އެއްސެވެ.
“މަންމާ! އެއީ ނޫރީން! ނޫރީން! އެއީ އަހަރެންހެ މަންމަ ޒާބިޔާ…” ކަޔާން އެންމެ ފަހުން ދެމީހުން ދެމީހުންނަށް ތައާރަފުކޮށްދިނެވެ.
“ނޫ…ނޫރީން އޭ؟” ޒާބިޔާއަށް ހީވީ މީހަކު އޭނާހެ ބޮލުގައި ފުއްޓަތްކެއް ޖަހައިލިހެންނެވެ.
“ނޫރީއަށް ދައްތަ ކޮންމެވެސް ތާކުން ފެނުނު ހަނދާންވޭ.” ނޫރީން ވިސްނަމުން ބުންޏެވެ.
“އާނ! ފޮޓޯ ފްރޭމްއިން. އެތަނުން މަންމަ އުރައިގެންއިނީ ނޫރީ. ދެން ނިހާން އުރައިގެން އިނީ ދޮންބެ. ދެން…. ދައްތަ އުރައިގެންއިނީ އެއްއަހަރުވެފަ އިން ފިރިހެން ކުއްޖެއްހެން ހީވަނީ.” ނޫރީން ކުޑަކޮށް ވިސްނައިލައިފައި ބުންޏެވެ.
“ތިއީ ނޫރާގެ ދަރިފުޅުތަ؟” ޒާބިޔާ އެއްސެވެ. “ނޫރާ އެއީ ކާކު؟” ނޫރީން އެއްސެވެ.
ޒާބިޔާ ޒައިކާންގެ ކައިރީގައި ކޮންތާކުން އެހިސާބަށްއައި ކުއްޖެއްތޯ އެހުމުން ފަށާއި ނިހާންގެ ވާހަކަ ސިއްުކޮށްފައި އެހެން ވާހަކަތައް ކިޔައިދިނެވެ.
“މަންމަ ވަރަށް ބޮޑު ދަތުރެއްކުރަން ޖެހޭ. އެހެންވެ ހިޔެއް ނުވޭ ހަފްތާއެއްވުމުގެ ކުރިން އާދެވޭނެ ހެންނެއް. ދެން މިހާރު ދާން މިދަނީ. ދަނީ.” އެހެން ބުނުމަށްފަހު ޒާބިޔާ ދިޔައެވެ.
“އަހަރެންގެ މަންމަ ދަންނަންތަ؟” ޒައިކާން ނޫރީންއާއި ދިމާއަށް އެނބުރެލުމަށްފަހު އެއްސެވެ.
“އާނ! އެ ދައްތަ ފެނުން ފޮޓޯ ފްރޭމްއަކުން.” ނޫރީން ބުންޏެވެ.
“ކޮން؟” ޒައިކާން އަނގަ އޮރިކޮށްލައިފައި އެއްސެވެ. “ކޮންއޭ ނުކިޔާ އެންމެ ފުރަތަމަ ނޫރީ މަންމަމެން ކައިރިއަށް ގެންގޮސްދީ. އޭރުން ދައްކާނަން.” ނޫރީން ހަރަމް ބަންނަމުން ބުންޏެވެ.
“އެތަނަށް ގެންގޮސްދެވޭނީ އެންމެ ޝަރުތެއްގެ މަތިން. އަހަރެން ނޫރީން އުރައިލައިގެން ގެންދެވެންޏާ. އެންޑް ވަން މޯރް… މިތާގަ ކިސްއެއް ދީ…” ޒައިކާން ކޮލުގައި އަތް ޖައްސައިލުމަށްފަހު އެއްވެސް ފިކުރެއްނެތި ލާނެތް ގޮތަކަށް ބުުންޏެވެ. ނޫރީންގެ ދެލޯ ބޮޑުވިއެވެ.
“ޒައިކާން! ތިއީ ޝަރުތެއްތަ؟ ޔޫ ސިލީ!” ނޫރީން ދެކޯ ރަތްވި ވަރަކަށް އައީ ގަދަ ރުޅިއެވެ. ރުޅި އައުމުން ނޫރީން ސައިރެންއަކަށް ބަދަލުވިއެވެ.
“ހާދަ ރުޅިއެއް އައީ؟ އަދި އެއީ އެހާ ކުޑަކުޑަ ކަމެއް.” ޒައިކާން ހަމަޖެހިލުމަށްފަހު އެހެން ބުންޏެވެ. އަދި އޭނާވެސް ސައިރެންއަކަށް ބަދަލުވިއެވެ.
ޒައިކާން މަޑުމަޑުން ނޫރީންގެ ގާތަށް ޖެހިލަން ފެށިއެވެ. އަދި އޭނާގެ ހަރުފަ ދޫ ނެރެލުމަށްފަހު ބިރުވެރި އަޑެއް ލައްވައިލިއެވެ. ނޫރީންގެ ލޯލިތައް ކޮޅަށް ޖެހުނު ފަދައެވެ. އޭނާވެސް ފަހަތަށް ފިޔަވަޅު އަޅަމުން އަޅަމުންގޮސް ފާރުގައި ލައްވިއެވެ. ޒައިކާންވެސް އައިސް ނޫރީންއާއި ދާދި ގާތުގައި މަޑުކޮށްލިއެވެ. ނޫރީން ދެލޯ މަރައި ތަގުތަޅިކޮށްލިއެެވެ. އެވަގުތު ޒައިކާން އޭނާގެ ހަރުފަ ދުލުން ނޫރީންގެ ކޮލުގައި ފިރުމައިލިއެވެ.
“ޒަ…ޒަ…އިކާ…ން…” ނޫރީންއަށް ބުނެވުނެވެ. “މަޑުކުރޭ!” ޒަައިކާން އަމުރެއްކޮށްލިއެވެ.
“ޒައިކާން… ޕްލީޒް ދެން ތިހެން ނަހަދަބަލަ. ނޫރީ ކަޔާން ތިބުނި ކަންތައް ކުރާނަމޭ…” ނޫރީން ހުރި ގޮތަށްހުރެ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
“އުނހު! މިހާރު މާލަސްވެއްޖެ…” ޒައިކާން ބިރުވެރި ގޮތަކަށް ބުންޏެވެ.
“އާހް…. ނޫރީންގެ ލޭގެ ވަސް މިހިސާބަށް އެބަ ދުވާ… ހާދަ މީރުވަސް ދުވަޔޭ…” ޒައިކާން އެހެން ބުނެ ނިމުނު ތަނާ އޭނާގެ ދެލޯ ރަތްކުލައިން ދިއްލުނެވެ. ހީވީ ދެ ސިގްނަލް ބޮކި ދިއްލިހެންނެވެ.
“ޒައިކާން! ނު..ނޫން…” ނޫރީންއަށް ބޭއިޚްތިޔާރުގައި ޒައިކާންގެ ކޮނޑުގައި އޭނާގެ ދެއަތުން ހިފެހެއްޓުނެވެ.
ޒައިކާން ނޫރީންގެ އުނަގަނޑުގައި އަތް ވަށައިލުމަށްފަހު ނޫރީން އޭނާއާއި ކައިރިކޮށްލިއެވެ. ދެން ޒައިކާން ކޮށްލި ކަމަކުން ނޫރީން ދިޔައީ ސިއްސައިގެންނެވެ. ޒައިކާން ބޯ އަރިކޮށްލުމަށްފަހު ނޫރީންގެ ކަރުގައި އޭނާގެ ދެފޭރާ ދަތުން ދަތް އެޅިއެވެ. އެތަނަށް ތަދުވިވަރުން ނޫރީންގެ އަނގައިން މަޑުމަޑު ‘އާހް’ އެއް ނިކުތެވެ. ހަމަ އެވަގުތު ނޫރީންގެ ދެލޯ ބަށިކުލައިން ދިއްލުނެވެ. ޒައިކާން ދެތިން މިނެޓު ވަންދެން އެހެން ހުރުމަށްފަހު އޭނާގެ މޫނު ސީދާކޮށްލިއެވެ. އެއިރު ޒައިކާންގެ ދެފޭރާ ދަތުން ލޭތިކި ތަޅައެވެ. އެއިރުވެސް ނޫރީންގެ ދެލޯހުރީ ބަށިކުލައިނެ ދިއްލިފައެވެ. ޒައިކާން ނޫރީންއަށް ބަލައިލުމަށްފަހު ނޫރީންގެ ކަރުގައި އޭނާ ދަތް އެޅި ތާނގައި ފިރުމައިލިއެވެ. ކަޔާން އެތާނގައި ފިރުމައިލިއިރު ހީވީ ލަކުނޑިކޮޅެއްގައި ފިރުމައިލެވުނު ހެންނެވެ. އެތާނގައި ދެލޯވަޅު އިނެވެ. ޒައިކާން ނުލަފާ ވައްތަރަކަށް ހިނިތުންވެލުމަށްފަހު ނޫރީންގެ ދެލޮލުގައި އަތް އަޅައިލިތަނާ އޭނާގެ ދެލޯ މެރި ޒައިކާންގެ އަތްދަނޑި މައްޗަށް ވެއްޓުނެވެ. ޒައިކާން އުދުހިފައިގޮސް ނޫރީން އެނދުގައި ބޭއްވިއެވެ. އަދި އިރުކޮޅަކު ނޫރީންގެ މޫނަށް ބަލަހައްޓައިގެންއިނެވެ. އެ އެނދަކީ ޑަބަލް ބެޑެއްކަމުން ޒައިކާން އެނދުގެ މަތީ ބަޔަށްގޮސް އޮށޯވެއޮއްވާ ނިދުނެވެ.
– ނުނިމޭ –
‘ސައިރެން’ ގެ 6ވަނަ ބަޔަށް އިންތިޒާރުކުރައްވާ!