
ސައިރެން – 02
“އަނހާ! ދަރިފުޅުމެން ކައި ނިމުނީތަ؟” މާޔާ އެއްސެވެ. “ލައްބަ…” ނޫރީން ބުންޏެވެ.
“ދޮންބެ އާދެބަލަ!” ނޫރީން ނިކާން ކައިރީގައި އެހެން ބުނުމުން ނިކާންގޮސް ނޫރީން އާއިއެކު ކޮޓަރިއަށްވަނެވެ.
“ދޮންބޭ! މީ… މަންމަގެ ގެއެއް ހުންނަކަން އިނގޭތަ؟” ނުރީން ސުވާލުކޮށްލިއެވެ. ނިކާން ހައިރާންކަމާއިއެކު ބޯ ހޫރުވައިލިއެވެ.
“ޑޭމް އިޓް!” ނޫރީން އެހެން ބުނުމަށްފަހު ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ.
“ކޭން ޔޫ ޓެލްމީ ވަޓް އިޒް ހޭޕެނިންގް؟” ނިކާން އެންމެ ފަހުން ކޮޅަށް ތެދުވުމަށްފަހު އެއްސެވެ.
“އެއް… އެއްްވެސް ކަމެއް ނުވެޔޭ. މިއަދު ހަވީރު ފްރީތަ؟” ނޫރީން އެއްސެވެ. ނިކާން ބޯޖަހައިލިއެވެ.
“އެހެންވިއްޔާ ރީތިވެގެން ހުންނައްޗޭ! ނޫރީ ބޭނުން ތަނަކަށް ދާން.” ނޫރީން އެހެން ބުނުމަށްފަހު ނިކާންއަށް އެއްވެސް އެއްޗެއް ބުނަން ފުރުސަތެއް ނުދީ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ނިކާންހުުރީ ހައިރާންވެފައެވެ. ނިކާންއަށް ދުވަހަކުވެސް ނޫރީން އެހާ ސީރިއެސްކޮށް ހުއްޓަކާ ކުޑަކޮށް ނަމަވެސް ނުފެނެެއެވެ. ނިކާން އެކަން އެއްވެސް ކަމަކަށްނުހަދައި ޓީޝާޓު ބާލައިފައި އޮށޯންނަން އުޅެނިކޮށް ވައިބާއިން މެސެޖެއްއައެވެ. އެމެސެޖުގައި ނޫރީންގެ އެކުވެރިއަކު ދާނެކަމުގައި ބުނެފައިވުމުން ނިކާން އޭނާގެ އެކުވެރިއަކު ގެންދިޔައަކަސް އެންމެ ރަނގަޅުތޯ ސުވާލުކޮށްލިއެވެ. ނޫރީން އޯކޭ އޭ ފޮނުވުމުން އޭނާގެ އެކުވެރިއެއްކަމަށްވާ ލިއަމްއަށް ގުޅައިލުމަށްފަހު އެގެއަށް ހަވީރު އައުމަށް އެދުނެވެ.
“ދޮންބެގަނޑާ! އަވަސްކޮށްބަލަ!” ނިކާން ހަވީރު ރީތިވާން ހުއްޓައި ނޫރީން ނިކާންގެ ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ.
“މިދަނީ… މިދަނީ… މިދަނީ…” ނިކާން އެހެން ބުނެލިތަނާ ނޫރީން ދޮރުގައި ތެޅުން ހުއްޓައިލިއެވެ.
ނިކާން ނިކުތައިރު ނޫރީން “އަވަހަށް އައިސްބަަލަ ކީވް” އޭ ކިޔައި ފޯނުން ވާހަކަ ދައްކަމުން ދެކޮޅުން ދެކޮޅަށް ހިނގައިލަ ހިނގައިލަ ހުއްޓެވެ. ނިކާން ދެފަރާތަށް ބޯހޫރުވައިލުމަށްފަހުގޮސް ނޫރީންގެ ފޯނު އަތުލައި ފޯނު ކަނޑައިލުމަށްފަހު އޭނާ ލައިގެންހުރި ސޯޓުގެ ޖީބަށްލިއެވެ.
“ދެން ދޮންބޭ!” ނޫރީން ހަޅޭލަވައިގަތެވެ. “ކީތްވެ ފޯނު އަތުލީ؟ ދީ ނޫރީގެ ފޯނު!” ނޫރީން ރުޅިއައިސްފައިހުރެ ބުންޏެވެ.
“ނޫރީގެ ފޯނު އަތުލީ މީހުންނަށް އުނދަގޫކުރާތީ. ތިހެން މީހުންނަށް ގުޅަންޏާ ހައްތަހާ ވާނީ ލަސް.” ނިކާން ބުންޏެވެ.
“ދެން އެއްވެސް މީހަކަށް ނުގުޅާ މަތިން ފޯނު ދީފާނަން.” ނިކާން ބުންޏެވެ.
ނޫރީން އެކަމަށް އެއްބަސްވުމުން ނިކާން ނޫރީންގެ އަތަށް ފޯނުދިނެވެ. ނޫރީން ފޯނު އޭނާގެ ޖިންސުގެ ޖީބަށްލުމަށްފަހު ބޭރު ބަލައިލި ތަނާ ކީވާ އަންނަތަން ފެނުނެވެ. ނޫރީން ނިކާންގެ އަތުގައި ހިފައިގެން ބޭރަށް ނިކުތް ގަޑީގައި ލިއަމް އެގޭގެ ގޭޓުން އެތެރެއަށް ވަންނަތަން ފެނުނެވެ. ކީވާއަކީ އެމެރިކާއަށް އުފަންވި ކުއްޖެެކެވެ. އޭނާއަކީ ވަރަށް ދޮން ރީތި ކުއްޖެކެވެ. އޭނާގެ ސްޓްރޯބެރީ ބްލޯންޑް ރާޅުބާނީ ދިގު އިސްތަށިގަނޑާއި މުށިކުލައިގެ ދެލޮލަކީވެސް އޭނާ ރީތިކޮށްދޭ ކަންކަމެވެ. އެލީނާއަކީ ނޫރީންހާ ހިކި ކުއްޖެއް ނޫނެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހިކި ކުއްޖެކެވެ. ލިއަމްއަކީވެސް އެމެރިކާއަށް އުފަންވި ވަރަށް ރީތި ކުއްޖެކެވެ. އޭނާގެ ގޯލްޑެން ބްލޯންޑް އިސްތަށިގަނޑާއި ކަޅުކަން ގަދަ ތޫނު ކަޅިންވެސް އަންހެއް ކުއްޖެއްގެ ހިތް ދަމައިގަނެވެއެވެ. ލިއަމްއަކީ ނިކާން ފަދައިން އެހާ ދިގުކުއްޖެއް ނޫނެވެ. ނަމަވެސް ކޮންމެެވެސް ވަރަކަށް ދިގޭ ބުނެވިދާނެއެވެ. ހަތަރު މީހުން ހަމަވުމުން ނޫރީން އޭނާގެ ފަހަތުން އަންނާށޭ ބުނެ ހިނގައިގަތެވެ.
“އަޅެ ދެން ބުނެބަލަ. ކޮންތާކަށްތަ މިދަނީ؟” ލިއަމް އެއްސެވެ.
“ކި…ކިހިނެތް ދިވަހި އިނގެނީ؟” ނޫރީން މީގެ ކުރިން ލިއަމް އާއި ދިމާވެފައި ނުވާތީ ހައިރާންކަމާއިއެކު އެއްސެވެ.
“އޭނާގެ ސްޓެޕް މޯމްއަކީ ރާއްޖެ މީހެކޭ. އޭނަގެ ސްޓެޕް މޯމް އޭނައަށް ދިވެހި ދަސްކޮށްދިނީ. ސިދްރެއްލާގަ އުޅޭ ކަހަލަ ނުބައި މަންމައެއް ނޫން އެއީ. ވަރަށް ރަނގަޅުވާނެ.” ނިކާން ކިޔައިދިނެވެ.
“ވާއު ސަޅި! އެހެންވީމާ އަހަރުމެން ހަތަރު މީހުންނަށްވެސް ދިވެހި އިނގޭދޯ؟” ކީވާ އުފަލުން ބުނެލިއެވެ.
“ކީވާއަށްވެސް އިނގޭތަ؟” ނިކާން މޫނަށް ވައްތަރެއް ޖައްސައިލަމުން އެއްސެެވެ.
“ޔެސް! ޝީ އިޒް އެޑޮޕްޓެޑް ފްރޮމް އަ މޯލްޑިވިއަން ކަޕްލް. ދެން ކީވްއަށް އިލެވެން އިޔާޒްވުމުން ކީވްގެ އަސްލު ޕޭރެންޓްސް ކީވް ބަލައި އައީ. އޭގެ ފަހުން ކީވް އުޅެނީ މިތާ. މެލޭޝިޔާގަ.” ނޫރީން ބުންޏެވެ.
“ދެން އަޅެ ޕްލީޒް ބުނެބަލަ. ކީވް ކައިރީގަ އެކަންޏޭ. އައި އޭމް ޔުއަރ ބެސްޓީ ނުން؟” އެލީނާ ބުންޏެވެ.
“ނޮޕް. ޝީ ވިލް އޮންލީ ޓެލް ހާރ ބްރޯ ރައިޓް؟” ނިކާން ނޫރީން ކައިރިއަށް ޖެހިލަމުން ބުންޏެވެ.
ނިކާން އެހެން ބުނި ތަނާ ނޫރީންއަށް ހުވަފެނުގައި ފެނުނު ހަނި ގޯޅިއަކަށްވަނެވެ. އަދި ވަރަށް ފަސޭހައިން އެގެ ފެނުނެވެ. ނޫރީން އެންމެ ހައިރާންވިކަމަކީ އެގެ ހުރީ ހަމަ އޭނާއަށް ހުވަފެނުގައި ފެނުނުގޮތަށް ކަމުގައި ވާތީއެވެ. ނޫރީންގޮސް އެގޭގެ ގޭޓު ކައިރީގައި ހުއްޓުމުން ތިންކުދިންވެސް ނޫރީންއަށް ބަލައިލިއެވެ.
“ދޮންބޭ! މިގޭޓު ހުޅުވަބަލަ!” ނޫރީން އެހެން ބުނުމުން ނިކާންއަށް ހީވީ ރާނީއަކު އޭނާގެ ފާރަވެރިޔާއަށް އަމުރެއްކޮށްލި ހެންނެވެ.
ނިކާން އެއްވެސް ދެބަސްވުމަކާއިނުލައި ގޭޓު ކައިރިއަށްގޮސް ގޭޓު ހުޅުވިއެވެ. އެގޭޓު ހުޅުވުނީ ކަންފަތުގެ ތޫރި ފަޅައިގެންދާހާ ބާރު އަޑެއް ގޮވުމަށްފަހުގައެވެ. އެހެން ކަމުން އެންމެންވެސް ތިބެން ޖެހުނީ ކަންފަތުގައި އަތް އަޅައިގެންނެވެ. ގޭޓު ހުޅުވުުމުން ނޫރީން އަވަހަށް އެތެރެއަށްވަނެވެ.
“ސްޕޫކީ ހައުސް…” ކީވާ ދެފަރާތް ބަލައިލަމުން ބުންޏެވެ.
“ދެން ނޫރީ ބުނެބަލަ. ކީތްވެތަ މިގެއަށް ތިއައީ؟” ކީވާ އަހައިލިއެވެ.
“މިއީ ނޫރީއަށް ހުވަފެނުގައި ފެނުނު ގެ!” ނޫރީން ދެލޯ ހަނިކޮށްލަމުން އެގެއަށް ބަލައިލުމަށްފަހު ހުވަފެނުގައި ހިނގައިދިޔަ ހުރިހާ ކަމެއް އެމީހުންނަށް ކިޔައިދިނެވެ. ނަމަވެސް އޭނާއަށް ހުވަފެނުގައި ފެނުނު ތޫނު ނޫކުލައިގެ ދެލޮލުގެ ވާހަކަ އެއްވެސް މީހަކަށް ކިޔައިނުދީ ސިއްރުކުރިއެވެ.
“އެހެންވެ ދޯ މީނަ އެހާ ފާޑަކަށް އެއުޅެނީ؟” ނިކާން ބޯ ޖަހައިލަމުން އެހެން ބުންޏެވެ.
“ހިނގާބަަލަ އެތެރެއަށް.” ނޫރީން އެހުވަފެން ކިޔައިދިނީއްސުރެ ލިއަމްގެ ކިބައިގައި އެގޭގެ މައުލޫމާތު ހޯދުމުގެ ފޯރި އުފެދިފައި ހުއްޓެވެ.
އެންމެންވެސް އެމީހެއްގެ ފޯނުގެ ފްލޭޝް ލައިޓް ދިއްލައިގެން މަޑުމަޑުން ދޮރުން އެތެރެއަށްވަނެވެ. ނޫރީން ކުޑަކޮށް ބިރުން ހުރުމުން އޭނާ އެތެރެއަށްވަނީ ނިކާންގެ އަތުގައި ހިފައިގެންނެވެ.
“ހިނގާބަލަ މިގޭގަ ކަރަންޓު ހުރިތޯ ބަލަން.” ލިއަމް އެހެން ބުނެލުމާއިއެކު ނޫރީން ނިކާންގެ އަތުން ދޫކޮށްލިއެވެ.
ދެން ކުއްލިއަކަށް މުޅިތަން ދިއްލުނެވެ. ކުއްލިއަކަށް އެތަން ދިއްލުމާއިއެކު ސިއްސައިގެންގޮސް ކުޑަ ހަޅޭކަކާއިއެކު ނޫރީން ލިއަމްގެ ގައިގައި ބައްދައިލެވުނެވެ.
“ޗިލް ނޫރީ… ޗިލް… ދޮންބެއޭ މި ސުވިޗު ޖެއްސީ!” ނޫރީން އެހެން ހުރުމުން ހިނިއައިސްފައިހުރެ ސުވިޗާއި ދިމާއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
“އޯހް…” ނޫރީން ހުރިގޮތް ފެނުމުން އޭނާ ލަދުން ލިއަމްގެ ގައިން ދޫކޮށްލުމަށްފަހު އިސްޖަހައިލިއެވެ.
“ދެން ހިނގާބަލަ މިގެ އެކްސްޕްލޯރ ކުރަން.” ކީވާ އެހެން ބުނުމުން ނޫރީން އިސްހިއްލައިލައި އެގެއަށް ފަރުވާތެރިކަމާއިއެކު ބަލައިލިއެވެ.
ބޭރުން ކިތަންމެ ހަޑިކޮށް ފެނުނުކަމުގައިވިއަސް އެތެރޭގައި ހީވަނީ ހަމަ ދެންމެ މީހަކު އުޅެފައިވާ ހެންނެވެ. ޓީވީއާއި ސޯފާއާއި އެއްޗެހި އެހާ ރީއްޗެވެ. ނަމަވެސް ޓީވީ ދަށުގައިހުރި މަސްޓޭންކުގައި އެއްވެސް ފެނެއްނެތެވެ. ނޫރީން މަސްޓޭންކާއި ދިމާއަށް އިޚްތިޔާރުންބޭރުގައި ދެވެން ފެށިއެވެ. ހީވަނީ ކޮންމެވެސް މީހަކު އޭނާ އެތަނަށް ގަދަކަމުން ގެންދާހެންނެވެ. އެވަގުތު ދެންތިބި އެންމެން ސިޑިން މައްޗަށް އަރައިފައިވުމުން އެމީހުންނަކަށް ނޫރީންއެއް ނުފެނެއެވެ. ނޫރީންގޮސް އެމަސްޓޭންކާއި ހިސާބުން ހުއްޓުނުތަނާ އެމަސްޓޭންކުގައި މަރުވެފައި އޮތް މަސްތައް ފެނުނެވެ. އެމަސްތައް މަރުވެފައިވަނީ އަމިއްލައަކަށް ނޫނެވެ. ކޮންމެވެސް މީހަކުވަނީ އެމަސްތައް މަރައިލައިފައެވެ. އެކަން އިނގެނީ މަސަތަކުގެ ލޯ ކޮނެލައިފައި ވާތީއެވެ. ދެންވީ ވަރަށް އާދައާއި ޚިލާފުކަމެކެވެ. ނޫރީންގެ އަތް މަސްޓޭންކުގެ އެތެރެއަށްވަނެވެ. ނޫރީން ކިތަންމެ ވަރަކަށް އަތް ނަގަން އުޅުނު ކަމުގައިވިއަސް އަތެއް ނުނެގެއެވެ. ނޭނގޭ ބާރަކުން ނޫރީންގެ އަތް މަސްޓޭންކަށް ވަނީއެވެ. ދެން ނޫރީންގެ އަތުން މަސްތައް އެއްފަރާތްކޮށްލުމަށްފަހު ނެގީ ރަނާއި ނޫކުލައިން ހަދައިފައިވާ ފަށެކެވެ. އެފަށުގެ ފުލުގައި ބަށިކުލައިގެ ‘ޕާރލް’ އެއް ލައްވައިފައި ވީއިރު އޭގައި ފިޔަގަނޑެއް ކުރަހައިފައިއިނެވެ. ނޫރީންގެ އަތް ނޫރީންގެ ކަރުގައި އެފަށް އަޅުވައިދިނެވެ. އެފަށް އެޅުވިތަނާ ކޮންމެވެސް މީހަކު ބުނާ އަޑު އިވުނެވެ.
“ތިފަށް ރައްކާކުރާތި! ތީގައި ވަރަށް ބޮޑު ޚަޒާނާއެއް ވާނެ! ތީތި ގެއްލުވައިލައިފިނަމަ އަަހަރެން ތިކުއްޖާއަށް މިދިން އަމާނާތަށް ތިކުއްޖާތި ޚިޔާނާތްތެރިވީ! މިބުނާގޮތަށް ކަންތައްކުރޭ! ތިފަށް ހިފައިގެން މިރޭ މިގެއަށް އާދޭ! އެއިރުން ކަންތައް ކުރަންވީ ގޮތް ތިކުއްޖާއަށް އެނގޭނެ!” އެމީހާ ބުންޏެވެ.
އެމީހާގެ ބަރު އަޑުންވެސް އެއީ ފިރިހެނެއްކަން ނޫރީންއަށް ވަރަށް ފަސޭހައިން ދޭހަވިއެވެ. ނޫރީން އެހެން ހުރިތާ ގަނޑުވެފައި ހުއްޓާ ނޫރީ އޭ ކިޔައިފައި ކީވާ ގޮވާ އަޑު އިިވުނެވެ. ނޫރީން ހަމަޖެހިލާން މަސައްކަތްކުރަމުން ކަރުން ފަށްނަގައި ޖިންސުގެ ޖީބަށްލިއެވެ. އަދި ގޮސް ސިޑިން މައްޗަށްއަރައި ކީވާމެން ތިބި ކޮޓަރިއަށް ދިޔައެވެ.
“ހޫނ! ކިހިނެ…” ނޫރީން އެހިސާބަށް ބުނެވުނުތަނާ ހުއްޓުންއެރިއެވެ.
ނޫރީން ހުއްޓުންއެރީ އެމީހުންގެ ހާސްވެފައި ތިބިތަން ފެނުމުންނެއް ނޫނެވެ. ކޮޓަރީގައި ހަރުކޮށްފައިހުރި ފޮޓޯ ފްރޭމްް ފެނިފައެވެ.
“ނޫރީ ކީތްވެ ސިޓިންރޫމަގަ ތި ހުންނަނީ؟” ނިކާން ހިތްހަމަނުޖެހިފައި އެއްސެވެ.
“މަންމާ!” ނޫރީން އެހެން ބުނެލުމަށްފަހު ނިކާންގެ ފަހަތުގައިހުރި ފާރާއި ދިމާއަށް ދާން ފެށިއެވެ.
ނިކާން ހައިރާންކަމާއިއެކު އެދިމާއަށް އެނބުރުނު ގަޑީގައި އޭނާގެ ލޮލުގައި ނޫރީންއަށް ފެނުނު ފޮޓޯ ފްރޭމް އަޅައިގަތެވެ. ނިކާންވެސް އެއާއި ދިމާއަށް ދާން ފެށިއެވެ. ނޫރީންގޮސް ފޮޓޯ ފްރޭމްގެ ކުރިމަތީގައި ހުއްޓިފައި ފޮޓޯ ފްރޭމަ އަތަށް ނެގިއެވެ.
– ނުނިމޭ –
‘ސައިރެން’ ގެ 3ވަނަ ބަޔަށް އިންތިޒާރުކުރައްވާ!