Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

އަބަދުވެސް…1

luvza Level 310 Stories100 Login
January 23, 2021 One Min Read
1 Comment

ދަންވަރުގެ ވަގުތެވެ. ހަމަހިމޭން ކަމުން މުޅި ރަށް ވަނީ ނިންދަވާލާފައެވެ. ޖަންގަލީގެ ތެރެއިން ދުވަމުން އައި އަންހެން ކުއްޖާ އިރުއިރު ކޮޅާ ފަސް އެނބުރި ބަލާލައެވެ. ވަރުބަލި ވެފައިވުމުން މާނޭވާވެސް ލެވެއެވެ. އެހެން ނަމަވެސް ހުއްޓުމެއް ނެތި ދުވަމުން ދިޔައެވެ. އަތުގެ އެކި ތަންތަނުން ލޭ ހިލިފައިވާ އިރު ލައިގެން ހުރި ހެދުމުގަވެސް އޮތީ ކިލާ އުނގުޅިފައެވެ.ފަސް އެނބުރި ބަލާލާ ގޮތުން ހީވަނީ އޭނާގެ ފަހަތުން މީހަކު އަންނަ ހެންނެވެ. ވެހެމުން ދިޔަ ވާރެއާއެކު އޭނަ ވަނީ ތެމިފޯވެފަ އެވެ.

“މައިޝާ، ހީނުކުރައްޗޭ މަށަށް ފިލައިގެން އުޅެވިދާނެއޭ…. ކަލޭގެ ނިމުން މިހާރު ކަލެއާ ވަރަށް ގާތް ވެއްޖެ.” ގަސް ތަކުގެ ތެރެއިން ނުކުތް މީހާ ދުވަމުން ހަޅޭއް ލަވައިގަތެވެ.

“ނޫން، ނިހާލް އަހަންނަށް ތިހެން ނަހަދާ ހެޔޮނުވާނެ ދޫކޮއްލާ، މާތް ﷲ ރަސްކަންފުޅައްޓަކައި އަހަރެން ދޫކޮށްލާ، ޕްލީސް…..” މައިޝާ ރޮއެގަންނަމުން އާދޭސް ކުރިއެވެ.

“މައިޝާ އައް ހަމަ ރަނގަޅަށް ވެސް އިނގޭނެ އަހަރެން މީ އެއްވެސް އިރެއްގަ އެއްވެސް މީހަކަށް އިތުބާރު ކުރި މީހެއް ނޫން ކަން. ދެން ކޮންހާ ވާހަކަ އެއް ދައްކާކަށް….” މިހެން ބުނެ ނިހާލް މައިޝާ  ދުރަށް ކޮއްޕާލިއެވެ.

ނިހާލް މައިޝާ ކޮއްޕާލުމުން ގޮސް ޖެހުނީ ދުރުގައިހުރި ގަހެއް ގައެވެ. ބުރަކަށްޓާއި އެކު ބޯ ޖެހުމުން މުޅި ތަން އޭނާ އަށް ކަޅުވާން ފެއްޓިއެވެ. ކުރިމަތީގަ ހުރިމީހާ ކުރި ކަންތައް ތައް ވަރަށް ފުސްކޮން އެނާއަށް ފެނުނެވެ. މުޅި ތަން އޭނާއަށް ކަޅުވެގެން ދިޔަ އިރު އޭނާ އަށް ފެނުނީ ނިހާލް އޭނާ އާ ދިމާލަށް އަންނަ ތަނެވެ.

މައިޝާ އަށް ހޭވެރިކަން ވީއިރު އޭނާ އަށް އޮވެވުނީ ހޮސްޕިޓަލުގައެވެ. ކައިރީގައި ދެ ނަރުހުންނާއި ޑޮކްޓަރެއް ހުއްޓެވެ. ބޮލުގައި އަތް އަޅާލެވުނީ ތެދުވަން އުޅުމުން ބޮލަށް ތަދެއް އެރުމުންނެވެ. ބުރަކަޓަށް އެރި ތަދާއި އެކު އޭނާ އަށް ކުކުރާލެވުނެވެ. އެ އަޑަށް ޑޮކްޓަރު އަވަސް ހަރަކާތަކާއި އެކު މައިޝާގެ އަތުގައި ހިފާ އޮށޯތުމަށް އެހީ ވެދިނެވެ.

 

“ކޮބަ؟ ޝުހާ…. ކިހިނެތް؟” ޑޮކްޓަރު އެ ސުވާލު ކުރުމާއި އެކު މައިޝާ  ޑޮކްޓަރާއި ދިމާލަށް ބަލާލިއެވެ.

“ޝުހާ އޭ؟ އަ…. އަހަރެން މިތަނަށް ގެނައީ ކާކު؟ ޝުހާ އަކީ ކާކު؟” މައިޝާ ޑޮކްޓަރާއި ދިމާލަށް ބަލާލަމުން ސުވާލުތައް އަމުނާލިއެވެ.

“ޝުހާ މިތަނަށް ގެނައީ ޝުހާ ފިރިމީހާ!…. ސިސްޓަރ، ދޭބަ ބޭރުގަ އިންނާނެ އީތަން ކިޔާ ކުއްޖެއް، އޭނަ އަށް ގޮވާލަބަލަ.” މިހެން ބުނެ ޑޮކްޓަރު ހިނގައިގަތީ ދޮރު ކައިރިއަށެވެ.

“ފިރިމީހާއޭ!؟،…. އީތަން!؟،…. ކާކުބާ!؟….”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ރަތްކާރު 3

Next

ކޮކާ ކުއްޖާ – 1

Next
January 23, 2021

ކޮކާ ކުއްޖާ – 1

Previews
January 23, 2021

ރަތްކާރު 3

One Comment

  1. Dominator says:
    January 24, 2021 at 7:57 pm

    lavza thee kurimbee kujjehtha. Hama ahaaly

Comments are closed.

Next Episodeއަބަދުވެސް…2←


All Right Reserved!