ސައިރެން – 07
“ނު..ނޫން… އެއީ ހަލާކުވެފަަ.” ނޫރީން އިސްޖަހައިލައިގެން ހުއްޓައި ޒައިކާން އައިސް ނޫރީންގެ ކަރުގައި ފިރުމައިލަމުން ބުނިއިރު އޭނާ ހުރީ ނޫރީންގެ ލެއަށް ފެންބޮވައިގަނެފައެވެ.
“ހިނގާބަލަ އެއްޗެއް ކައިލަން. ނޫރީ ނޫޑްލްސް ކައްކާނަން. ދޭބަލަ އެންމެން އިށީންނަން. ނޫރީ އެބަ އަންނަން އެއްޗެހި ބަދަލުކޮށްގެން…” ނޫރީން ބުންޏެވެ.
“ނޫރީ އަންނަން ދެން އަހަރެން ފިޔައި ނޮޅާނަން އިނގޭ…” ކީވާ އެހެން ބުނެފައި ބަދިގެއަށް ދިޔައެވެ.
“ފާޚާނާ ކޮބާ؟” ޒައިކާން ގަސްތުގައި ނޫރީންއާއިއެކު ދާންވެގެން އެއްސެވެ.
“އާދޭ!” ނޫރީން އެހެން ބުނުމާއިއެކު ޒައިކާން ނޫރީންގެ ފަހަތުން ދިޔައެވެ.
ނޫރީންގެ ކޮޓަރިއަށް ކަޔާން ވަނުމުން ނުރީން އަވަހަށް ދޮރު ލެއްޕިއެވެ. ޒައިކާން ނޫރީންއަށް ބަލަންހުރި ގޮތުން އޭނާ އެހުރީ ލޭ ބޯހިތްވެފައިކަން އެނގުނެވެ. ނޫރީން ބޯހޫރުވައިލައިފައި އަލަމާރިން އަތްކުރު ޓޮޕަކާއި ހަރުވާޅެއް ހިފައިގެން ފާޚާނާއަށްވަނެވެ. ނޫރީން ފާޚާނާއިން ނިކުތްއިރު ޒައިކާން އެކޮޓަރީގެ ކުޑަ ދޮރު ކައިރީގައި ބޭރު ބަލަން ހުރީ ޝައުޤުވެރިކަމާއިއެކުގައެެވެ.
“ޒައިކާން!” ނޫރީން ޒައިކާންގެ ފުރަގަހުގައި ހުއްޓިފައި ގޮވައިލިއެވެ.
“ހުމމމމމ….” ޒައިކާން ބޭރު ބަލަން ހުރެގެން ބުންޏެވެ.
“ޒައިކާން ކާހިތްވަނީ ކޯޗެއް؟” ނޫރީން ޒައިކާންގެ ކައިރީގައި ހުއްޓެމުން އެއްސެވެ.
“ނޫރީންގެ ލޭ!” ޒައިކާންގެ ޖަވާބު ވަގުތުންއައެވެ. “ތި ނޫން އެއްޗެއް ކިޔައިބަލަ…” ނޫރީންއަށް އުނދަގޫވެގެން ބުންޏެވެ.
“ދެން އަހަންނަކަށް ނޭނގެ އެހެން އެއްޗެއް…” ޒައިކާން މޫނު އަނބުރައިލަމުން ބުންޏެވެ.
“އެހަށް މަޑުކޮށްލާތި! އެބަ އަންނަން.” ނޫރީން އެހެން ބުނެފައި ދުވަމުން ކޮޓަރިން ނިކުތެވެ.
ނޫރީން ސިއްރު ސިއްރުން ކައްކަންހުރި ކީވާއަށް ނުފެންނާނެހެން ފުރިޖަށް ލައިފައިހުރި މަސްތަކުގެ ތެރެއިން މަހެއްނަގައި ތައްޓަކަށް ލައިގެން ކޮޓަރިއަށް ވަތްއިރު ޒައިކާން އެނދުގައި އިށީނދެލައިގެންއިނެވެ.
“އަން……” ނޫރީން މަސްތަށި ޒައިކާންއަށް ދިގުކޮށްލަމުން ބުންޏެވެ.
ޒައިކާން ނޫރީންއަށް ވަށްކަޅިން ބަލައިލުމަށްފަހު ތަށީގައި ހިފިއެވެ. މަސް ހަރުވެފައި ހުރުމުން ޒައިކާނ އޭނާގެ ދެލޯ ރަތްކުލައިން ދިއްލައިލުމަށްފަހު ލޮލުން ދޫކޮށްލި ރަތްކުލައިގެ އައްޔަކުން މަހުގެ ފިނިކަން ކެނޑުނެވެ. ދެން ޒައިކާން އޭނާގެ ދެލޯ އަނެއްކާވެސް ދިއްލައިލުމަށްފަހު އޭނާގެ ނުރައްކާތެރި ދުލާއި ދެފޭރާ ދަތް ނެރެލިއެވެ. އަދި މަހުގައި ދަތް އަޅައިލުމަށްފަހު ލޭކޮޅު ހުސްވަންދެން ބޮއިލިއެވެ. ޒައިކާން ލޭކޮޅު ބޮއިލުމަށްފަހު ހުސް މަސްގަނޑު ބާއްވައިފައި ނޫރީންގެ އަތަށް ތަށި ދިނެވެ. އެއަށްފަހު ޒައިކާންގެ ތުންފަތުގައި އެހަރުފަދޫ ކާއްތައިލިއެވެ.
“ނިމުނީތަ؟ މަހެއް ނުކާނަންތަ؟” ނޫރީން ތަށީގައި އޮތް ހުސް މަސްކޮޅަށް ބަލައިލައިފައި އެއްސެވެ.
“އާނ! މަހަކީ އެހާ މީރު އެއްޗެއް ނޫން. ލޭ އެކަނި މީރީ.” ޒައިކާނ ކޮޅަށް ތެދުވުމަށްފަހު ބުންޏެވެ.
“އެހެންވިއްޔާ ފާޚާނާއަކަށް ނުދާނަންތަ؟” ޒައިކާން ތެދުވުމުން ނޫރީން އެނދުގައި އިށީނުމަށްފަހު އެއްސެވެ.
“މިދަނީ…..” ޒައިކާން އެހެން ބުނުމަށްފަހު ފާޚާނާއަށް ވަދެ ދޮރު ލެއްޕިއެވެ.
ނޫރީން ފުން ނޭވާއެއްލުމަށްފަހު ބަދިގެއަށްގޮސް އެތަށި ފްރިޖަށް ލާން އުޅެނިކޮށް މީހެއްގެ އަތުގައި ޖެހިފައި ތަށި ތަޅަން މައްޗަށް ވެއްޓުނެވެ. ނޫރީން ބަލައިލިއިރު ހުރީ ކީވާއެވެ.
“ސޯ ސޯ ސޮރީ ނޫރީ!” ކީވާ ތިރިއަށް ވެއްޓުނު މަހާއި ތަށި ނަގަމުން ބުންޏެވެ.
“ނޫރީ! ކީތްވެ މީތި މިއިނީ އެހާ ހުދުވެފަ؟” ކީވާ މަސް ދައްކަމުން އެއްސެވެ.
“ނެ..ނޭނގެ. ދެންނމެ ފްރިޖުން ނެގިއިރު ހުރި ގޮތް ތިއީ.” ނޫރީން ނޭނގޭކަމަށް ހަދައިލިއެވެ.
“އެހެންތަ؟ އާދޭ ކާން. ނޫރީ އައުމުގެ ކުރިން އަހަރެން ކައްކައި ނިންމައިލައިފަ ހުންނާނީ.” ކީވާ ފޮނިވެލަމުން ބުންޏެވެ.
” ވަން ސެކް. އެބަ އަންނަން ޒައިކާން ގޮވައިގެން.” ނޫރީން އެހެން ބުނުމަށްފަހު ޒަައިކާން ކޮބައިތޯ ބަލަން ކޮޓަރިއަށް ވަތްގަޑީގައި ޒައިކާން ފާޚާނާއިން ނިކުންނަނީއެވެ.
“ކަޔާން ބަނޑު ފުރިއްޖެތަ؟” ނޫރީން ޒައިކާން ކައިރިއަށްގޮސް އަހައިލިއެވެ.
“އެވަރުގެ ކުޑަ އެތިކޮޅަކުން ބަޑެއް ނުފުރޭ. އެކަމަކު އޯކޭ އެވަރުވެސް.” ޒައިކާން ބުންޏެވެ.
“ދެން…. ނޫޑްލްސް ކާން އަންނަންވީ ނުން؟” ނޫރީން ޒައިކާންގެ އަތުގައި ހިފައިލަމުން ބުންޏެވެ.
“އެއީ ކޯޗެއް؟” ޒައިކާން ބޯ އަރިކޮށްލައިފައި އެއްސެވެ.
“ދިޔައީމަ އިނގޭނެ. އޭތި ކާން ޖެހޭނީ އުލަށް އޮޅައިފައި.” ނޫރީން ބުންޏެވެ.
“އޯކޭ! އެކަމަކު އެކެތިކޮޅު ވާނެ އަހަރެންގެ އަނގައަށް ލައްވަން.” ޒައިކާން އޭނާގެ އަނގައަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
“އޯކޭ. ދެންވެސް އާދެބަަަލަ. މިހާރު އެމީހުން ތިބޭނީ ލަސްވެފައޭ.” ނޫރީން ޒައިކާން އަތުގައި ހިފައިގެން ދަމަން ފެށިއެވެ. ނަަމަވެސް ޒައިކާން ހުރިތަނުން ގުޑިވެސްނުލިއެވެ.
“ދެން ޒައިކާން! އާދެބަލަ.” ނޫރީން މަޑުމަޑުން ހަޅޭލަވައިގަތުމަށްފަހު ތުން އަބުރައިލިއެވެ.
“ހޫނ! ހޫނ! މިދަނީ! މިދަނީ!” ނޫރީން އުޅޭގޮތުން ހިނިއައިސްފައިހުރެ ޒައިކާން ނޫރީން އާއިއެކު ދިޔައެވެ. ޒައިކާން ނޫރީން އާއިއެކުގޮސް ކާމޭޒު ދޮށުގައި އިށީން ތަނާ އެންމެން ކާން ފެށިއެވެ.
“ކިހިނެތް މީތި ކަނީ؟” ޒައިކާން ނޫރީންގެ ކަންފަތް ދޮށުގައި އެއްސެވެ.
“ވޮޗް އެންޑް ލާރން.” ނޫރީން އެހެން ބުނުމަށްފަހު ނޫޑްލްސްކޮޅެއް އުލަށް އޮޅައިލުމަށްފަހު އަނގައަށް ލިއެވެ. ޒައިކާން ބަލަން އިނދެފައި ނޫރީން ހަމަ އެހެދި ގޮތަށް ހެދިއެވެ.
“މީރުތަ؟” ނޫރީން ޒައިކާންގެ ކަންފަތް ދޮށުގައި ސިއްރެއްހެން އެއްސެވެ.
“މީރު. އެކަމަކު ނޫރީންގެ ލެއަށްވުރެ މީރެއްނޫން.” ޒައިކާން އެހެން ބުނުމުން ނޫރީން މޭޒު ދަށުން ޒައިކާންގެ ފަލަމަސްގަނޑުގައި ބޮނޑިއެއް އެޅިއެވެ.
“މިދެމީހުން ކޮން ސިއްރު ވާހަކައެއްތަ މިދައްކަނީ؟” ނިކާންއަށް މިމަންޒަރު ފެނުމުން ނޫޑްލްސް އެތި އަނގައަށް އަޅައިގެން އިނދެ އެއްސެވެ.
“މިއެހީ ނޫޑްލްސް މީރުތޯ.” ނޫރީން ދަތްތައް ފެންނަ ވަރަށް ހީލަމުން ބުންޏެވެ.
“އޯހް! އެހެންދޯ؟” ނިކާން އެހެން ބުނުމަށްފަހު ކެއުމައިގެން ކުރިއަށް ދިޔައެވެ.
ޒައިކާން އެންމެ ފުރަތަމަވެސް ކެއި ތަށި ހުސްކޮށްލައިގެން ނޫރީންގެ ކޮޓަރިއަށްވަނެވެ. ދެން ވަނީ ނޫރީންއެވެ.
“ނޫރީން ބުނީމެއްނުން ކޮންމެވެސް ފޮޓޯ ފްރޭމްއެއްގެ ވާހަކައެއް؟ ކޮބާ އޭތި؟” ނޫރީން ހަމަ ކޮޓަރިއަށް ވަދެވުމާއިއެކު ޒައިކާން ކެތްމަދުވެފައިހުރެ އެއްސެވެ.
“މިއިނީ އޭތި!” ނޫރީން އެނދު ދަށުން ފްރޭމްނަގައި ދައްކައިލިއެވެ.
“އަ… އާނ! މިއީ އަހަރެންގެ މަންމަ. ދެން މިިއިނީ އަހަރެން.” ޒައިކާން ދެލޯ ބޮޑުކޮށްލުމަށްފަހު ފިޔަގަނޑު ލައިފައިއިން އަންހެން އެއްޗަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
“ދެން މިއިނީ ނިހާން. ދެން އެއިނީ ނޫރާ.” ޒައިކާން އެތާ އިން ފިރިހެން އެއްޗަށާއި ލިއާ ވައްތަރު މީހާއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
“ނިހާން, ކަޝީޝާ, ނޫރާ… އެއީ ކޮން ބައެއް؟ އާހް….” ނޫރީން ބޮލުގައި އަތްއަޅައިލަމުން އެނދު މައްޗަށް ވެއްޓިގަތެވެ.
އެވަގުތަަކީ ކައިގެން ދެންތިބި ތިން މީހުން ވަތް ގަޑިއެވެ. އެމީހުންނަށް ޒައިކާން އެފްރޭމްއަށް ބަލާތަން ފެނުމުން އެމީހުންވެސްގޮސް ޒައިކާންގެ ގާތުގައި ހުއްޓުނެވެ.
“ޒައިކާން! އެމީހުން އިނގޭތަ؟” ނިކާން އެފޮޓޯގައި ތިބި މީހުންނަށް އިޝާރާތްކޮށްލުމަށްފަހު އެއްސެވެ.
“ޒައިކާން… އަވިއާނާ!!.” ނޫރީން އެނދުން ތެދުވަނިކޮށް އަވިއާނާ ކުޑަދޮރުން ފެނުމުން ތުރުތުރު އަޅަމުން ބުނެވުނީ އެހިސާބަށެވެ.
“އޭނ؟އަވިއާނާ؟” ޒައިކާން ކުއްލިއަކަށް އެނދުންތެދުވުމަށްފަހު ކުޑަދޮރަށް ބަލައިލިއެވެ.
އެގަޑީގައި ވޫސްލައިފައި އަވިއާނާ އެތެރެއަށް ވަދެގެން އައިސް ނޫރީންގެ އަތުގައި ހިފެހެއްޓިއެވެ.
“ދޫކޮށްލާ!” ނޫރީން އަވިއާނާ އަތުން ސަލާމަތްވުމަށް ތެޅިގަތެވެ.
ކަޔާންއާއި ނޫރީން ފިޔަވައި ދެން ތިބި ކުދިން ތިބީ ވާނުވާގައެވެ. ޒައިކާން ދެބުމަ ކައިރިކޮށްލުމަށްފަހު އަވިއާނާގެ އަތް ނޫރީންގެ އަތުން ނައްޓުވައިލިއެވެ.
“އަހަރެންގެ އަތުން ދޫކޮށްލާ! އެހެންނޫނީ ތަދުވާނީ ހަމަ ކަލެއަށް.” އަވިއާނާ ދިނީ އިންޒާރެކެވެ.
“ނޫން! އަހަރެންގެ ދުވަސްދުއްވައިލައިފަ ނޫނީ ކަލެއަށް އޭނާގެ ގަޔަކު އިނގިލިކުރިވެސް ޖެއްސިޔަކަ ނުދޭނަން.” ޒައިކާން ރުޅިވެރިކަމާއިއެކު ބުންޏެވެ.
އަވިއާނާ ބޯހޫރުވައިލުމަށްފަހު އޭނާގެ ލޯ ކަޅުކުލައިން ދިއްލައިލިއެވެ. އެވަގުތު އޭނާގެ ތުންފަތްވެސް ކަޅުވިއެވެ. އަދި އޭނާގެ ތުންފަތުން ދެފޭރާ ދަތް ނެރެލިއެވެ. އޭނާ ޒައިކާން އަތުކޮޅަށް ހޫރައިލުމަށްފަހު ނޫރީންގެ ގާތަށް ދިޔަގޮތަށްގޮސް ފަށް ނެގިއެވެ. އަދި ފަށް ނޫރީންގެ ލޯ ކުރިމަތީގައި އެއްއަތުން އެލުވައިލުމަށްފަހު ފަށް ހޫރުވަން ފެށިއެވެ. އެވަގުތު ނޫރީންގެ ދެލޯ ކަޅުކުލައަށް ބަދަލުވެ އޭނާގެ ލޮލުން އެ ފަށަށް ބަށިކުލައިގެ އަލިތަކެއް ވަދުނެވެ. އެއަލިތައް ވަތްތަނާ ނޫރީން ވޭނީ ހަޅޭކަކާއިއެކު ހުރިތަނަށް ތިރިވިއެވެ. ނިކާންމެންނަށް މިމަންޒަރު ފެނުނުއިރު ތިބީ ގުޑިލަންވެސް ހަނދާންނެތިފައެވެ. ޒައިކާން އަވިއާނާގެ ގާތަށް އަންނަން ފެށުމުން އަވިއާނާ ތޫނު އަޑަކުން ރާގެއް އަޅުވައި ލަވަ ކިޔަން ފެށިއެވެ. ޒައިކާން އަވަހަށް ކަންފަތުގައި އަތް އެޅިއެވެ. ނޫރީންވެސް އެއަޑު އިވުމާއިއެކު ކަންފަތުގައި އަތްއަޅައި ބާރުކޮށްލިއެވެ. ނިކާންމެން ކަންފަތުގައި އަތް ނޭޅުމުގެ ނަތީޖާއަކަށްވީ އެމީހުން ކަޅުކުލައިގެ އެއްޗެހިތަކަކަށް ބަދަލުވުމެވެ. އަދި އެމީހުން ނުލަފާ ވައްތަރަކަށް ހެމުން އަވިއާނާގެ ކައިރިއަށް ދިޔަ ތަނާ އެމީހުންނާއިއެކު އަވިއާނާ ގެއްލުނެވެ.
“ދޮންބޭ!!!!!!” އެމަންޒަރު ފެނުމާއިއެކު ނޫރީންއަށް ކުރި އަސަރެއްގެ ބޮޑުކަމުން ރޮމުން ހަޅޭލަވައިގަނެވުނެވެ.
އެވަގުތަކީ ޒައިކާން ކަންފަތުން އަތް ނެގި ވަގުތުކަމުން ނޫރީން އެހެން ބުނި އަޑު އިވުނެވެ. ޒައިކާން އަވަހަށް ނޫރީން ކައިރިއަށްގޮސް ނޫރީންގެ ކައިރީގައި އުޑުފައިން އިށީނެވެ.
“ނޫރީން.” ނޫރީންއަށް ކޮށްފައިވި އަސަރު ފެނުމުން ޒައިކާންގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށް އޭނާގެ ހިތް ހަމްދަރުދީއިން ފުރި ބަންޑުންވިއެވެ.
“ދޮ… ދޮންބެ… ކީ… ކީވް… ލި… އަމް… ސަ..ލާމަތްކޮށްދީ!” ނޫރީން ޒައިކާންއަށް ބަލައިލުމަށްފަހު އަސަރުގަދަގޮތަކަށް ބުނެލިއެވެ.
“ނޫރީން. ރިލޭކްސް.” ޒައިކާނ ނޫރީންގެ އަތުގައި ހިފައިލަމުން ބުންޏެވެ.
“ނޫރީއަށް ރިލޭކްސްވެވޭނެތަ؟ އޭނ؟ އެއީ ނޫރީގެ ހަމައެކަނިހުރި ދޮންބެއޭ. ނޫރީގެ ދެ އެކުވެރިންނޭ. އަޅެ ޒައިކާންގެ ފެމެލީ މީހަކު އެގޮތަށް އަވިއާނާ ހަދައިފި ނަމަ ޒައިކާންއަށް ރިލޭކްސްވެވޭނެތަ؟ ނުވާނެ. ޒައިކާން އަންނާނީ ރުޅި. އެއީ އަދި ބޭރުފުށުން. އެތެރެ ފުށް ރޮއެރޮއެ ހަލާކުވާއިރުވެސް އެމީހަކު ގެނެސްފަނޫނީ ޒައިކާންއަކަށް ރިލޭކްސްއެއް ނުވެވޭނެ. ހަމަ އެގޮތަށޭ. ޒައިކާން. ޓްރައި ޓު އަންޑަރސްޓޭންޑް މީ!” ނޫރީން ކޮޅަށް ތެދުވުމަށްފަހު ބުންޏެވެ.
“އައި އަންޑަރސްޓޭންޑް ނޫރީން! އެކަމަކު އެމީހުން ސަލާމަތްކުރުމަކީ އުނދަގޫކަމެއް. އެމީހުން ސަލާމަތްކުރެވޭނީ ނޫރީން ރިލޭކްސްވީމަ. ޔަޤީން ނޫރީންވެސް އަހަރެންގެ މަޤާމުގައި މިހާރުހުންނަ ނަމަ ހަމަ އަހަރެން ރިލޭކްސްކުރަން އުޅޭނީ.” ޒައިކާން ނޫރީންއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ.
“ނޫރީން ސްޓޮޕް ކްރައިން.” ޒައިކާން ކޮޅަށް ތެދުވުމަށްފަހު ނޫރީންގެ ކަރުނަތައް ފޮހެދިނެވެ.
“ޒައިކާން! ޕްލީޒް ހެޔޮނުވާނެ. އެމީހުން ސަލާމަތްކޮށްދީބަލަ. އެމީހުން ސަލާމަތްކުރަން ނޫރީ މިހިރީ ކޮންމެފަދަ ކަމެއްވެސްކުރަން ތައްޔާރަށް. ޒައިކާންއަށް ނޫރީގެ ހުރިހާ ބާރުތައްދީގެން ކަމަކު… އެމީހުން ސަލާމަތްކޮށްދީބަލަ. އާދޭހެކޭ މިކުރަނީ…. ޕްލީޒް ޒައިކާން. ޕްލީޒް….” ނޫރީން ޒައިކާންގެ ގައިގައި ބައްދައިލަމުން ބުންޏެވެ.
“ނޫރީން ރުުއިން ހުއްޓައިލީމަ އެމީހުން ސަލާމަތްކުރާނީ. ޕްލީޒް ސްޓޮޕް ކްރައިން.” ޒައިކާން ނޫރީންގެ ކޮނޑުގައި ހިފައި ދުރުކޮށްލުމަށްފަހު ބުންޏެވެ.
– ނުނިމޭ –
‘ސައިރެން’ ގެ 8ވަނަ ބަޔަށް އިންތިޒާރުކުރައްވާ!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Wow very nice story and keep it up! waiting for the next part.