ވަމޭ ތިލޯބި އެދިއެދި ( ނުވަވަނަ ބައި )
ސިއްސައިގެން ގޮސް ޔަނާލަށް ހޭލެވުނުއިރު އޭސީގެ ފިނިކަމުގައިވެސް މުޅިމީހާގެ މޫނުމަތި ވިދަމުންދިޔައީ ދާތިކިތަކެވެ. އެ ސިހުމުގައި އިނދެ ކައިރީގައި ހުރި ލޭމްޕް ޖައްސާލިވެ. މި ފެނުނީ ކޮންކަހަލަ ހުވަފެނެެއް ހެއްޔެވެ؟ ނުބައި ކަމެއް ވާން އުޅޭ ކަމުގެ ހިލަން އެހިތަށް ވިއެވެ. މިއަދު ޔުއާން ކިތަންމެ ވަރަކަށް ރުޔަސް ރަސްފަންނަށް ނުދާން ނިންމިއެވެ. ދެން މިރޭގެ ނިދިކޮޅު ޚަރާބުވީކަން ޔަގީންވުމުން ބާލުޚާނާއަށް ދެވެން އިންނަދޮރު ކަހާލިއެވެ، އެއާއެކު އެ މޫނުގައި ބީހިލީ ތާޒާ ވައިރޯޅިތަކެވެ. އެވައިރޯޅިތަކުންވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ދެންވެސް އެހިތަށް ވެރިވީ ހިތި ހަނދާންތަކެކެވެ. އާދެ! އޭނާގެ ފުރަތަމަ ލޯބި ޔާއިންގެ ހަނދާންތަކެވެ. އެކަން ހާމަނުކުރިޔަސް ޔަނާލަށް ޔާއިންދެކެ މި ވެވެނީ ލޯބިކަން ޔަގީންވެއެވެ. “މިހާރު ޔާއިން ކޮބައިބާވައެވެ؟ އޭނާއަކީ މީހެއްގެ ފިރިއެއް ބާވައެވެ؟ އަހަރެންގެ އިންތިޒާރުގައި އަދިވެސް ދުވަސްތައް ގުނަމުން ދަނީހެއްޔެވެ؟ ޔާއިން ނުލިބުނިއްޔާ ދުވަހަކު އަހަރެން ކައިވެނި ނުވެސް ކުރާނަމެެވެ.” ޔަނާލަށް ރޮވުނެވެ.
*ދިލްލަގާ ލިޔާ*
*މެނެ ތުމްސެ ޕްޔާރް ކަރްކޭ*
*ތުމްސެ ޕްޔާރް ކަރްކޭ*
*ތުމްސެ ޕްޔާރް ކަރްކޭ*
އެވަގުތު އޮއްސާލި ބޯވާރޭގަނޑުވެސް ޔަނާލަށް ހަމްދަރުދީވާ ކަހަލައެވެ. ދުުރުދުރުން އިވުނު ފަތިސްނަމާދުގެ ބަންގީގެ އަޑަށް، ޔަނާލް ތެތްއެއްޗެހި ބަދަލްކޮށް ނަމާދުކުރުމަށް އަަވަސްވެގަތެވެ.
* * * * *
މެންދުރު 11 ޖެހިއިރުވެސް ޔަނާލްގެ ކޮޓަަރި ދޮރު ނުހުޅުވީމައި ޔައުލާގޮސް ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރުމުން ނުހަަނު ފަސޭހައިން ހުޅުވުނެވެ. އޭރު ޔުއާންއާއި ޔަނާލްވެސް އޮތީ ނިދާފައެވެ. ޔަނާލް ކުކުރަމުން ދިޔައީތީ ޔައުލާގޮސް ޔަނާލްގެ ނިތުގައި އަތްޖައްސަލިއެވެ. އަތްޖައްސާލިހާ އަވަހަށް ދަމައިވެސް ގަތެވެ. އަވަހަށް ފެންފޮތިކޮޅެއް ހިފައިގެން އައިސް ޔަނާލްގެ ނިތުގައި އަޅާލީ ހުންމަޑު ވޭތޯއެވެ. އަވަހަށް ބަދިގެއަށް ގޮސް ކުކުޅުކޮޅެއް ހަނާކޮށްލާފައި ސޭންޑްވިޗަކާއި އޮރެންޖް ޖޫސްތައްޓެއް ތަބަކަކަށް ލައިގެންގޮސް އެނދުގެ އެއްއަރިމަތީހުރި މޭޒެއްފަދަ އެއްޗެއްގައި ބަހައްޓާލިއެވެ. އަދި ޔަނާލްއަށް ގޮވާ ހޭލެއްވިއެވެ. “ދަރިފުޅާ! ރޭގައި އައި ވާރޭކޮޅުގައި ތެމުނީދޯ!” ޔައުލާ ކަންބޮޑުވެފައިހުރެ ބުންޏެވެ. “މަންމާ އެވަރުކަމެއް ނޫނެ އެއީ.” ޔަނާލް ބަލިއަޑަކުން ބުންްޏެވެ. “ފެންވަރައިގެން ނުކުމެލާ! ސައިބޮއެގެން ބޭސްކާން” ޔައުލާ ބޯހޫރާލަމުން ބުނެލިއެވެ.
* * * * *
ހަވީރުއަތަށް އެޅިއިރު ޔުއާން އުޅެނީ ޔަނާލް ނިދާފައި އޮތުމުން ފޫހިވާތީއެވެ. ހަވީރު ރަސްފަންނަށް ދާހިތުން އޭނާހުރީ ތައްޔާރުވެސް ވެެގެންނެވެ. ރަށްޓެއްސެއްގެ ގެއަށް ދާންނުކުތް ޔައުލާއަށް ޔުއާން ފޫހިވެފައިި އިނުމުންް ދޫކޮށްލާފައި ދާކަށް ނުކެރުނެވެ. “އާން! އާދެ މާމަ މިދަނީ މާމަގެ ފްރެންޑެއްގެ ގެއަށް” ޔައުލާ ބުނެލިއެވެ. ‘ޔޭޔޭ’ އޭ ކިޔާ ފުމެމުން ފުމެމުން ޔައުލާއާއި އެކީ ދޮރޯށިން ބޭރަށް ނުކުތެވެ.
* * * * *
ނަތާޝާ ރަސްފަންނަށް ދިޔައީ ޒުހާގެ އެދުމަކަށެވެ. ރަސްފަންނަށް އައިއިރު ގިނަ ފިރިހެނުންގެ ނަޒަރުތައް ހުއްޓިފައި ހުރުމުން ނަތާޝާއަށް މަޖާވިއެވެ. ޢިތުރަށް ވަނާތައް ހަލުވަމުން ގޮސް ޖޯއްޔެއްގައި އިށީނެވެ. ޒުހާ ލަސްވާން ފެށުމުން ނަތާޝާ ރުޅިއައިސްގެން އެތަނުން ދާން ނުކުތެވެ. ފުފިފައި ހުރި ނަތާޝާއަކަށް ގަޔާއި ދިމާލަށް އަންނަމުން ދިޔައެވެ. ނަތާޝާއަށް ކާރު ފެނުނީ 6 ވަރަކަށް ފޫޓް ކައިރިވެފައި އޮއްވައެވެ. އެއާއެކު އޭނާއަށް ދުނިޔޭގައި އުޅެވުނު ނުބައި ގޮތުގެ މަންޒަރުތައް ލޯމައްޗަށް ކުލަވާން ފެށިއެވެ. ދުނިޔޭގައި ލިބުނު ނުހައްގު އުފާތަކާއި މީހުންގެ ދިރިއުޅުމަށް ވަދެވުނު ގޮތްތަކެވެ. އޭޭނާއަށް އާޚިރަތަށްޓަކައި ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ އިސްކަންދެވުނީ ދުނިޔަވީ އުފާތަކަށެވެ. މަރަކީ ދެއިނގިލި ޖައްސާލީމައި އިންނަހާ ގާތުގައި އޮންނަ އެއްޗެކެވެ. ކާރު ދުއްވަން އިން ޝައިމްއަށް ނަތާޝާ ފެނުމާއިއެކު ދެލޯ ބޮޑުުކޮށްލެވުނެވެ. ބުރަކި ޖައްސަންް އުޅެނިކޮށް އިތުރަށް ސްޕީޑް ބާރުކޮށްލެވުނީއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭ ކާރު ނަތާޝާގެ ގައިމަތިން އަރާ ޗިސްޗިސްވެގެން ދިޔައެވެ. ސުބްހާނަﷲ! ކޮންފަދަ ނުަބައި ބިރުވެރި ނިމުމެއް ހެއްޔެވެ؟ ޔަނާލް މަރުވާތަން ދެެކެން އެތަނަށް އައިި ނަފީސާއާއިި ދިމާލަށް މީހުން މާވަރަކަށް ހަމްދަރުދީގެ ނަޒަރުތައް އަމާޒުވާން ފެށުމުން އޭނާގެހިތުގައި ސުވާލުތައް ފުނިޖެހުނެވެ. “އާތް. ނޫން ނޫން! މަންމަގެ ނަތާ” ނަފީސާއަށް ކުރިމަތީ އޮތް ނަތާޝާ ފެނުމުން ނަފީސާއަށް ދުނިޔެ އަނދިރި ވީހެން ހީވިއެވެ. އަވަސްއަވަހަށް ކަނާތުގައި ނަފީސާގެ އިނގިލި ޖައްސާލިއެވެ. އެދަރިފުޅު އޭނާއާއި ވަކިވީއެވެ. ވިންދެއް ނެެތެވެ. ނޭވައެއް ނުލައެވެ. ކުރިމަތީ އެއޮތީ ނަތާޝާގެ ފުރާނަނެތް މަސްގަނޑެވެ. އެހެން މީހަކަށް ދެރައެއް ދޭންް ހަދައިގެން އޭޭނާއަށް މިލިބުނީ ކިހާބޮޑު ދެރައެއް ހެއްޔެވެ؟ މުސްކުޅިން ބުނަނީ ތެދެކެވެ. ތިމާ ފޭހި އިލޮށި ހެރޭނީ ތިމާގެ ލޮލަށެވެ. ނަފީސާއަށް ހުރިތަނަށް ތިރިވެވުނެވެ. ޢޭރު ދުރުދުރުން އެންބިއުލާންސްގެ އަޑުއިވެއެވެ.
* * * * *
ޔަނާލް ހޭލިއިރު ޔުއާން ގޭގައި ނެތުމުން ހާސްވެފައި ހުރެ ޔައުލާއަށް ގުޅާލިއެވެ. އެދެމައިން ތިބީ ޝަނާމެންގެ ގޭގައިކަމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ފޭސްބުކަށް ވަދެ ހާވަނިކޮށް ޚަބަރެއް ފެނުނެވެ. ނަތާޝާގެ ފޮޓޯއެއް ޖަހާފައި “މާލޭގެ ރަސްފަންނު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި” ކަމަށް ސުރުޚީގައި ޖަހާފައި އިނެވެ. ޔަނާލް އޭތި ހުޅުވާލިއެވެ. ޔަނާލް އޭތި ކިޔާ ނިންމާލިއިރަށް ހަނދާންވީ ރޭގައި ފެނުނު ހުވަފެނުގެ މަތިންނެވެ. އެއާއެކު އޭނާގެ ގައިން ހީބިހި ހިލުވާލިއެވެ. އެތަނަށް މިއަދު ނުދެވުނުކަން ނަސީބެކޭ ހިތަށް އެރިއެވެ. ކުރާނެކަމެއް ނެެތެވެ. ނަތާޝާ ދެން އެ މަރުވީއެވެ. އޭނާއެއް ދެން އެނބުރިި ނާންނާނެއެވެ. ނުދަންނަ ނަންބަރަކުން ފޯނަށް ގުޅަން ފެށުމުން ޔަނާލް ހާސްވިއެވެ. މިއަދުވެސް އެގުޅީ 3 ވަނަަ ފަހަރުއެވެ. “ހަ..ހަލޯ” ޔަނާލް ބުނެލިއެވެ. “ހަލޯ! ޔަނާދޯ” އެކޮޅުން ވާހަކަ ދެއްކީ ފިރިހެންވަންތަ ބަރުއަޑެއްގެ ވެރިއެކެވެ. އެއަޑު އޭނާއަށް އޮޅޭނީ ކިހިނަކުން ހެއްޔެވެ؟ “ޔަ.،ޔާއިންތަ؟” ޔަނާލް ހިތްދަތި ގޮތަކަށް ބުނެލިއެވެ. “އާނ! މާދަމާ އަހަރެން މެރީކުރަން މިއުޅެނީ! ނަތާ ބުނި ޔަނާވެސް އުޅެނީ މެރީކޮށްގެންނޭ! ކިޑެއްވެސް ހުރެއޭ” ޔާއިން ބުނެލިއެވެ. ޔަނާލްގެ ހިތް ވަޅިއަކުން ކަފާ ހަނާކުރިޔަސް އެހާ ތަދުނުވާނެއެވެ. “އެހެންތަ؟ ކޮންގްރާ! އަހަރެންނަކަށް ނެތް ދެވޭކަށެއް! ވަރަށް ބިޒީ” ޔަނާލް އަޑަށް އުފާވެރިކަން ގެންނަމުން ބުންޏެވެ. “މައްސަލައެއްނެތް ޕަރޓީއަށް ނަޔަސް. ކޯޓަށް ދައްޗޭ މައި ބެސްޓީ” ޔާއިން މިހެންބުނެ ފޯނުކަނޑާލިއެވެ. “ޔާއިން ތިއުޅެނީ އަހަރެންގެ ހިތަށް ތަދުކުރަންތަ؟” ޔަނާލަށް ކިޔާލެވުނެވެ.
* * * * *
ރޭގަނޑުގެ ކެއުމުގެ ވަގުތު ނިންމާލާފައި ޔައުލާ މިހާރު މައްސަލަ އޮތީ ކިހައި ހިސާބަކުތޯ އަހާލިއެވެ. “ފުރަތަމަ އަޑުއެހުން މާދަމާ” ޔަނާލް ބުނެލިއެވެ.
ޔާުއިންއާއި ޔަމީން ތިބީ ކޮފީކްލަބްގައެވެ. “ބްރޯ! ޔަނާލްވެސް އިނީމަ އަހަރެންވެސް އިންނަން މިއުޅެނީ. ބޭކާރު އިންތިޒާރެއް ކުރާނެކަމެއް ނެތެންނު! އޭނަޔަށް އެނގޭނެ އަހަރެން އޭނަދެކ ލޯބިވާކަން. ދެން އަނެއްކޮޅުން އަހަރެންނަސްވެސް 27 މިވީ. މަންމަމެން ބުނީތީވެސް ދެކޮޅުހަދާކަށް ނުކެރޭނެ. އަހަރެން ލައުޒާދެކެ ލޯބި ވެވޭތޯ ބަލާނަން. އެކަމް އޭނަޔަށް އަހަރެން ލޯބިވަނީ ޔަނާ ދެކެ ކަން އެނގިއްޖެޔާ ވަރަސ ދެރަގޮތެއްވާނީ. އަދި ހިތުގެ ބަލި ހުންނަކުއްޖެއް. ވީހާވެސް ހިތުގައި ނުޖައްސާވޭތޯ ބަލަން ލާމިއުބެ ވެސް ބުނީ” ޔާއިން އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ. “ތީގަ ދެން މަ ބުނާނެ އެއްޗެއް ނެތް. ލައުއަށް ދުވަހެއްގެ ކޮޅުންވެސް ދެރަަގޮތެއް ނަހަދާތި! އަދި އަވަހަށް ދަރިން ހޯދާ ލޯބިވެވޭތޯ ބަލާށޭ ބުނާނީ” ޔަމީން ޔާއިންގެ ކޮނޑުގައި އަތްބާއްވާލަމުން ބުންޏެވެ.
* * * * *
ޝަރީއަތުގެ މަޖިލީހަށް ހާޟިރުވެ ތިބި އެންމެންނަށް ވަކިވަކިން ގާޟީ ބައްލަވާލެްވިއެވެ. “މިއަދު ކުރިޔަށް މިގެންދެވޭ ޝަރީޢަތުގެ މަޖިލީހަކީ ގ. ހެމްލަން ޔަނާލް ޔުމާން މ. އެސްޓަން ހަސަން އަލީއަށާއި ހ.ދ. ކުޅުދުއްފުށި ލިލީމާ ނަފީސާ އަބްދުލްހަލީމްގެ މައްޗަށް ކުރާ ދައުވާ.” ގާޒީ މިހެންބުނެ މައްސަލަ ކުރިއަށް ގެންދެވިއެވެ. “ޢިއްޒަތްތެރި ޤާޟީ! ޙަސަންވަނީ އަހަރެންގެ ނުރުހުމުގައި އަަހަރެންނާ ބެހި ރޭޕްކޮށްފަ” ޔަނާލް އޭނާގެ ކޮޅަށް ވާހަކަދެއްކިއެވެ. “އިއްޒަތްްތެރި ގާޟީ! ވަރަަށް ހިނިއާދޭ ރޭޕްކޮށްލީއޭ ބުނީމަ. ހެކި ނުދައްކަންޏާ ކިހިނެއް ގަބޫލްކުރާނީ” ހަސަންގެ ވަކީލު ހަސަން ދިފާއު ކުރިއެވެ. “މިއޮތީ ރޭޕްކިޓްގެ ރިސަލްޓް، އަދި މިހިރީ ހަސަންގެ ފަރާތުން އަހަރެންނަށް ލިބުނު ދަރިފުޅު” ޔަނާލް އޭނާގެ ކޮޅު ދިފާއު ކުރިއެވެ. “އަހަރެން ކުށަށް އިއުތިރާޕްވަން” ހަސަން ބުނެލީ ހަސަންގެ ވަކީލް ވާހަކަ ދައްކަން އުޅުމުންނެވެ. އިތުރަށް ވާހަކަދެއްކިޔަސް އޭނާވާނީ ބޭޒާރުކަން އޭނާޔަށް އެނގެއެވެ. ޔަނާލަށް ބަލާލެވުނީ ގަބޫލުނުކުރެވިފައިއެވެ. ޢެހާ ފަސޭގައިން މިކަންވާނެކަމަކަށް އޭނާ ހީވެސް ނުުކުރެއެވެ. “އެހެންވީމާ މާދަމާ ނަފީސާގެ މައްސަލަ އޮންނާނެ. އަދި ހަސަން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކުރަންް” ގާޟީ އެދުވަހަށް ނިންމަވާލެއްވިއެވެ.
* * * * *
ޔަނާލަށް ލިބުނު ހިތްހަމަޖެހުމުގައި ކޯޓުން ނުކުމެ ޔައުލާއާއި ޔުއާން ހަވާލްކޮށްލާފައި ޓެކްސީއަކަށް އަރައިގެން ފެމިލީ ކޯޓާއި ދިމާލަށް މިސްރާބުޖެހިއެވެ. ކާރުން ފައިބައިގެން އައިއިރު ގިނަބަޔަކު އޭނާއާއި ދިމާލަށް ބަލަމުން ދިޔައެވެ. އޭނާ ހިތްއެދޭ ސޫރަ ފެނުނީ އިރުކޮޅެއް ފަހުންނެވެ. ކަޅުކުލައިގެ ގަމީހާއި އަޅި ފަޓްލޫނުގައި ޔާއިންފެންނަނީ ސްމަރޓް ކޮންނެވެ. ނަމަވެސް ޔާއިންގެ މުލައްދަނޑީގައި އަޅުވާލާފައިވި ހިމަދިގު އިނގިލިތައްފެނި އޭނާގެ ހިތުގައި ހަަސަދައިގެ އޮއެވަރެއް ހިނގާލިއެވެ.
*ތުޖްކޮ ޕާލިޔާ ތެރަ އިންތިޒާރް ކަރްކޭ*
އިންތިޒާރް ކަރްކޭ*
*އިންތިޒާރް ކަރްކޭ*
އެމަގާމުގައި އޭނައަށް ހުރުމަށް އެދެވުނެވެ. އެއަންހެން ކުއްޖާއަށް ނަޒަރެއް ދެވުނެވެ. ހިތްހެޔޮ މޫނެކެވެ. ތުނިތުންފަތަކާއި އެސްފިޔަތައް ބޯ ދެލޮލެވެ. އޮމާން ބިއްސެއްހާ ހިސާބުވެސް ނެތް ހަންގަނޑެވެ. “ހައި ޔަނާ! ކޮބާ ހަޒް. ދިސްއިސް މައި ޓުބީ ވައިފް، ލައުޒާ” ޔާއިން ތައާރަފްކޮށްދިނެވެ. “ހަޒް ރާއްޖެއަކު ނެތް.” ޔަނާލް އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ. ލައުޒާ ހިިނިތުންވެލިއެވެ. މަޑުމައިތިރި މިޒާޖަކީތާއޭ ޔަނާލްގެ ހިތަށް އެރިއެވެ.
ކައިވެނީގެ ޚުތުބާ ފެށިގެން ދިޔައިރުވެސް ޔާއިންއަށް ބެލެނީ ޔަނާލްއަށެވެ. ޤާޟީ އަނބި ގަބޫލުކޮށްފިންހޭ އަހާލިއެވެ. އެއާއެކު ޔާއިންއަށް ޔަނާލަށް ބަލާލެވުނެވެ. ދެމީހުންގެ ކަޅި ބައްދަލްވިއެވެ. “ޔާން ނޫނެކޭ ބުނޭ.” ޔަނާލްގެ ހިތް ބުނެލިއެވެ. “އަނބި ގަބޫލުކޮށްފިންތަ؟” ގާޟީ ތަކުރާރުކޮށްލިއެވެ. ޔާއިންއަށް ހޭވެރިކަންވީ ދެނެވެ. “އަނބި.. އަނބި ގަބޫލްކޮށްފިން” ޔާއިން ބުނެލިއެވެ.
ލައުޒާ ލަދުވެތި ގޮތަކަށް ޔާއިންއަށް ބަލާލިއެވެ. ޔާއިންވެސް ޕްލާސްޓިކް ހިނިތުންވުމެއް ދިނެވެ. ދެމީހުންވެސް ދުއާކުރިއެވެ. ޔަނާލް ދެމީހުންނަށް މަރުހަބާ ކިޔާލާފައި ކޯޓުން ނުުކުތެވެ. އޭނާއަށް ބާރު ހިނގުމެއްގައި އަރޓިފިޝަލް ބީޗަށް ދެވުނެވެ. ހިލަތަކުގެ މަތީގައި އިށީނދެވުމާއެކު ޔަނާލަށް ގިސްލަގިސްލާފައި ރޮއެގަނެވުނެވެ. ޔަނާލަށް ސިހުމެއް ލިބުނީ ހޫނުއަތްތިލައަކުން ޔަނާލްގެ ކަރުނަތައް ފޮހެލަދިނުމުންނެވެ. މަޑުމަޑުން ޔަނާލް އިސްއުފުލާ ބަލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. ކަރުނަތައްވެސް ހުއްޓުނެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.




wow lovely..?? vrh beau..?? vrh salhi..?? hama vrh habeys.. ❤️❤️stay safe and take care gey brw..?? ly❤️
Thanks blossom ly stay safe
Yeye name change kohlee tha..
V v reethi mi part ves.. Haadha curious hisaabakun thi ninmaaly..
Waiting for the nxt part.. ????????
Labba change kohly. Hadeetha. Hehe.aan curious dho faadakah. Haha next maadhamaa mendhuru submit kureveytho try kuraanan
Yes finally mi part vx kiyaalan libuny dhw… Vrh reethi mi part vx.. Yaain n yanaal dhimaavy dhw.. Kaaku baa e aii yanaal kairiyah.. Very curious for the next part… Stay safe n good luck ❤️❤️❤️
Aan hehe aslu situn up kuraaleh lahy. Dhen baeh readers heekuraany lie kurany kamah. Hama bunaadhuhu submit kuran. Let’s see dho. Says safe take care ly
varah reethi mi part ves curiously waiting for next part
Thankyou for reading. Next I will submit on tommorow afternoon
V. V. V reethi maasha Allah ?waiting for the next part curiously ?☺️ when is the next part?
Thankyou maash. Next inshalallah on tommorow I will submit. I wrote 500 words of 10th part ly tc ss
❤️❤️❤️❤️❤️❤️❤️❤️❤️❤️Masha Allah V reethi mi part vx
Kobaa meehakan landeh deefa ufalehga noolheveyne ingey nafeesa
Alhey varah curious kohfa dhw thi ninmaalee
?Kaaku baa Yanaal ge kairi ah e aee anehka Yaain baavaa
☺️Stay Safe & take care bro?
Hehe thanks for the comment. Haha ethedhekey hama bondi bovijjenu nafeesaah lol. Haha let’s see dho. Next I will submit on tommorow tc ly ss
Xeen sisooo.. keevetha Mihaaru comment nukurany.. Ehkala dhuvahu….discuss… kuri story ah…
Wow.. Mihaaru Varah curious vey eba.. Varah reethi mi bai ves… Saabahey.. Nathaashaa dhiyaama bolah faseyha vaane dhw… I wish yaain aa yaal gulheyne nama ey… Oh.. Nites.. Brown sugar..
Oh finally xaxa???? thanks xaxa. Huh faseyha vaanee dho. Yeah but ahahahah let’s see dho. Tc ly
Masha Allah mi part vx varah reethi
And varah curious kohfa this ninmaalee
Waiting for the next
Thanks. Aan curious dho. Hehe next I will submit today
Ooh thanks next submit kohfavaanee
Wow mi part ves vrh sali ?????????
Masha Allah ??????????
Nathaasaa maruvee dhw Ragalah evey ehen meehakah ladeh deyn ulenyaa vaane Hama ehen ??☺️☺️??
Nafeesaa dhen keebaa dhw kuranee???
Aley yaain marry kuree ey dhw hageegah nubalaa???
Plxx yanaal Aa yaain aa guluvaba brw ☺️☺️
Waiting for the next ☺️☺️
Stay safe☺️☺️
Oh sorry rilge comment varah fahun mifenuny. Aan landehlibifa ehery lol. Aan hageegaiynubalaa marry kohfin. Let’s see dho. Next submit kohfin stay safe ly
Brown sugar Xaa menaa rulhi tha Haadha habareh nuveyey.. Varah missed ey.. Tc.. Lyt.. ss
Thank you rill. Let’s see dho. A new character joined has oined the story. Less see dho stay safew
Nice story
Whn nxt
Thanks submit kohlaafin
Kb Stry up kohlani Kon irakun
Neynge alhugandu submit kohlaafin. Situn kuraane I reh neynge
Maasha Allah ❤️❤️❤️❤️varah reethi ??keep it up dear ???Stry hama perfect ??????
Thanks ryn for your support
Can I get your mail plx
Me too
CAN I GET YOUR MAIL PLEASE……….
Ok no prob [email protected]
Thnxs nerf..tommorow habareh vaanan
Heiiii…
This part is also amazing wowww
Whn is nxt.. Curiously waiting for next part.alhe kaaku tha yanaal kairiah e aee… Curiously Waiting to knw who is tht…
Hangout in request eh send kuree aa talk kuraanantha..
Just ask don’t mind ingey
Thankyou hafu. Let’s see dho. .aan kuraana. But ehaa ginain vaahaka nueh dhahkan, next I’ve submitted