Skip to content
އެސްފިޔަ

ވަމޭ ތިލޯބި އެދިއެދި ( ދިހަވަނަ ބައި )

އޭނާގެ ދެލޯ ބޮޑުވިއެވެ
* * * * *
ކުރިމަތީ އެހުރީ ޔަނާލް ދުވަހަކުވެސް ދެކެފައިނުވާ ރީތިކަން ހުސްކޮށްލައިގެން ހުރި ފިރިހެނެކެވެ. ނަމަވެސް ޔަނާލް އަށް މީހެއްގެ އޯގާތެރިކަން އެވަގުތުކޮޅު އިހްސާސް ކުރެވުމުން އެމޭގައި މޫނުފޮރުވާލެވުނެވެ. އެ ޒުވާނާވެސް ޔަނާލް ރޯނެވަރަަކަށް ރޯން ދޫކޮށްލައިގެން އިނެވެ. “ހެއި! ގާލް ވަޓްސް ރޯންގް ވިތް ޔޫ” އެ ޒުވާނާ އޯގާތެރި ރާގަކަށް ބުނެލިއެވެ. ޔަނާލަށް ކުރެވުނު ކަންތައް ރެއަކާލީވެސް ދެނެވެ. ޔަނާލް އަވަސް އަވަަހަށް އެތަނުން ދާން ހިނގައިގަތެވެ. “ވެއިޓް ގަރލް. ހިއަރސް ޔުއަރ ފޯން. ވަޓްސް ޔުއާ ނޭމް. އެނީވޭސް އައއިމް ކިޔާން” ކިޔާން ރަށްޓެހި ރާގަކަށް ބުނެލިއެވެ. “ތޭންކްސް. އައިމް ޔަނާލް” ޔަނާލް ކިޔާންގެ އަތުގައި އޮތް ފޯން ނަގައިގެން ދަމުން ބުންޏެވެ. “އާހް! ޔަނާލް. އެންމެ ފުރަތަމަ ފެނިލުމުންވެސް މިހިތާއި ކުޅެލައިފި!” ކިޔާން މޭގައި އަތް އުނގުޅާލަމުން ބުނެލިއެވެ.
* * * * *
ކުރިއަށް ދަނީ ހެމްލަން ގޭގެ ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. “ނާލް. ދަރިފުޅު ލޯބިވާ ކުއްޖަކު ހުރޭތަ؟” ޔުމާން އަހާލި ސުވާލުން ޔަނާލް ދިޔައީ ސިހިގެންނެވެ. “ނު.ނޫން ނުހުރޭ” ޔަނާލް ބުނެލިއެވެ. “ޝަނާދައތަ ވަނީ އަހަރެންގެ ނާލްއާއ ޝަނާގެ ކިޔާންގެ ކައިވެންޏާ މެދު ދެެކެނީ ކިހިނެއްތޯ އަހާފައި؟ ކިޔާން ވަރަށް ގަބޫލޯ! ނާލްދެކެނީ ކިހިނެއް؟ދަރިފުޅަށްވެސް މިހާރު 25 ވީނުން ” ޔުމާން އަހާލިއެވެ. “ދަރިފުޅަށް އެނގޭތަ އަދި ބައްޕަ ކޯމާގައި އޮތްއިރު ޚަރަދުކުރީވެސް ކިޔާންއޭ” ޔުމާން އެކަމަށް ބާރުދޭ ޖުމްލައެއް އި އއްވާލިއެވެ. “ބައްޕާ! އަހަރެން ތިކަމާއި ގަބޫލް” ޔަނާލް ޖަވާބުދިނެވެ. “އެހެންތަ؟ ލަސްކުރާނެކަމެއް ނެެތެންނު އެހެންވީމަ” ޔުމާން އުފަލުން އިނދެ ބުނެލިއެވެ. ޔަނާލް އާނއެކެ ބުނީ ޔުއާންއަށް ބައްޕައެއްގެ ލޯބި ދިނުމަށެވެ. ޔާއިންގެ ހަނދާންތަކުން ހިތްހަލާކު ކުރުމަށްވުރެ މީހަކާއިނުންވެސް މާރަނގަޅެވެ. އަނެއްކޮޅުން ކިޔާންއާއި ޝަނައްތަ އެ އާ އިލާ އަށް ވަނީ ބޮޑެތި އެެެހީތަކެެއް ވެފައެވެ. މިވަރުވެސް އެމީހުން އެހީވި މިންވަރާއި ބަލާފައި ކުޑައޭ އޭނާގެ ހިތަށް އެރިއެވެ.
* * * * *
ޔަނާލް ތައްޔާރުވަމުން ދިޔައީ ކިޔާންއާި ބައްދަލްކުރަން ދިއުމަށެވެ. ކަޅުކުލައިގެ ފަސްބަޔަށްފުޅާ ހެދުން ފަރުމާކޮށްފައިވަނީ ޢަރަބި ވައްތަރަކަށެވެ. ހަމައެއާއި ގުޅޭގޮތަށް އަޅިކުލައިގެ ބުރުގާ މޭމަތި ނިވާވާނެހެން އަރަބި ސްޓައިލަކަށް އެޅިއެވެ. އެ ދޮންމޫނުގައި މޭކަޕެއްގެ މިންވަރެއްވެސް ނެތްއިރު މޫނުމަތި ފެންނަން ހުރީ ގުދުރަތީ އަޖައިބެއް ފަަދަ ގޮތަކަށެވެ. ރީތި ބޮޑު، މައުސޫމް ދެލޮލަށް ހިޔާއަޅަމުން ދިޔަ އިސްތަށިތައް އެއްވަރުކޮށްލިއެވެ. ފަހުފަހަރަށް ލޯގަނޑުން ބަލާލަފައި ސެންޓްކޮޅެއް ބުރުވާލާފައި ކޮޓަރިން ނުުކުތެވެ. “ދަރިފުޅާ އަަވަހަށް ދަމާ ހިނގާ!” ޔައުލާގެ އަޑުގައިވަނީ ޖޯޝެވެ. ރަހްމަތްތެރިކަން އާއިލީ ގުޅުމަށް ބަދަލްކުރެވޭތީ ތޯއްޗެކެވެ.
* * * * *
ކިޔާން އުނަގަނޑުގައި ތުވާލި އޮޅާލައިގެން ފާހާނައިން ނުކުތެވެ. އެ ހަގޮޅިލީ ކަސްރަތީ ހަށިގަނޑުގައި ބަބުޅަމުން ދިޔަ ފެންތިކިތަކުގެ ބަދަލުގައި ހުރުމަށް ކޮންމެ އަންްޙެން ކުއްޖަކުވެސް އެދޭނެކަން ކަަށަވަރެވެ. އިސްކޮޅުގައި 5 ފޫޓް 8 އިންޗިވަރު ހުންނާނެއެވެ. ރީތި ބަށްޓަމަކަށް އިންމޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އެ އަޅިފެހި ދެލޮލާއި ދޮން ހަންގަނޑެވެ. ރަތް ތުންފަތް ދިޔައީ އޭސީ ފިނީގެ ސަބަބުން ތުރުތުރު އަޅަމުންނެވެ. ތުނިކޮށް ފަޅަންފަށާފައިވި ތުނބުޅީގެ ސަބަބުން ފިރިހެންވަންތަކަން އިތުރުކުރުވައެވެ. އަޅިކުލައިގެ ގަމީހާއި ކަޅު ފަޓްލޫނު ލުމަށްފަހު ގަމީހުގެ އަތް އުޅަބޮށްޓާއި ހިސާބަށް އޮޅާލިއެވެ. ކިޔާން ހީވަނީ ހަމަ ސުޕަރ މޮޑަލެއް ހެންނެވެ . އަވަސްއަވަހަށް ކޮޓަރިން ނުކުމެ ސިޑިން ފޭބިއިރު ޕޯޓިކޯ ތެރެއަށް ކާރެއް ވަންނަނީއެވެ.
* * * * *
ސޯފާގައި އިސްތިގްބާލުގައި ތިބި ޝަނާގެ ދެެެމަފިރިން ތިބީ ޔަނާލްގެެ އާއިލާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެއިންތިޒާރަށް ނިމުމެެއް އައީ ބެލް އަޅާލި އަޑުއިވުމުންނެެވެެެ. “ޔައު! ވަދޭ އަވަހަށް އިށީނދޭ. ދަރިފުޅާ ޔާން މިތިބީ ޔާލްމެން!” ޝަނާ ގޮވާލިއެވެ.. ކިޔާން ފިރިހެެންވަންތަ ހިނގުމެއްގައި އަންނަމުން ދިޔައިރު ޔަނާލަށް އެމަންޒަރު ފެނުނީ ފިލްމެއްގެ މަންޒަރެއްހެން ‘ސްލޯ މޯޝަން’ ކޮންނެވެ، “މިވެވެނީ ލޯބިތަ؟ ހުއް! އަލުން އެހިތި ތަޖުރިބާ ކުރާކަށް އަހަރެން ނެތިން” ޔަނާލް ހިތާހިތާ ކިޔާލިއެވެ. “ހިނގާ ކާން ދާން! ކައިގެންނެނުން މަޝްވަރާ ކުރާނީ” ޝަނާ ދަތްޕިލަ ހަނދަށް ދީގެން އިނދެ ބުންޏެވެ. މޭޒުމަތިވެސް ވަނީ ތަފާތު ކެއުންތަކުން ފަޅުފިލުވައިދީފައެވެ. ހަނާކުރި ކުުކުޅާއު މުސައްމައ ރިހައެވެ. މަސްރިހައާއި ސެލެޑެވެ. ޕާޕަރާއި މަސްބޮނޑިއެވެ. ބަތާއި ހިިކިކޮށް ހަދާފައި ހުރި ބަރަބޮލެވެ. ކެއްކި ފަންޏާއި އަނބު ފަންޏެވެ.
އުފާވެރި މާހައުލެއްގައި އެމީހުން ކެއން ކުރިއަށް ގެންދިޔައެވެ. “ޔާލް! ޔާންގެ ފޭވަރިޓަކީ ކަނޑުކުކުޅާއި މުސައްމާއޭ” ޝަނާ ވާހަކަ ދެއްކިއެވެ. “ލައްބަ! އަޅުގަނޑަށްވެސް އެނގޭ ވަރަށް މީރުކޮށް ހަދަން” ޔަނާލް ލަދުގަންފައި ބުންޏެވެ. “އެހެންވިއްޔާ މަންމަ ހެދީމަށްވުރެ މާ މީރުވާނެ ކިޔާންއަށް ޔާލް ހަދައިދިނީމަ” ޝަނާ ލާނެތް ގޮތަކަށް ބުނެލިއެވެ. “ހާދް ލާނެތް މައިދައިތައެކޭ” ޔަނާލް މަޑުމަޑުން ބުނެލިއެވެ. އެއަޑު ޔަނާލްއާއި ޖެހިގެން އިން ކިޔާންއަށް އިވުމުން އޭނާކައިރިއަށް ވަރަށް ހިނިއައެވެ. “އާނ! ވަރަށް ލާނެތްވާނެ.” ކިޔާންއަށް އަށް އަޑުއިވުނު ކަން އަންގާލިއެވެ. ޔަނާލް ރަކިވީ ކިޔާން އަށް އަޑުައިވުނު ކަން އެނގުމުންނެވެ.
* * * * *
ކިޔާންއާއި ޔަނާލްތިބީ ބެލްކަނީގައެވެ. އެދެމެދުގައިވި ހަމަހިމޭންކަން ފޫއަޅުވާލީ ކިޔާންގެ ފިރިހެންވަންތަ ހިތްގައިމު އަޑުންނެވެ. “ޔާލް އަށްވެސް އެނގޭނުން މިއީ އެރޭންޖްޑް މެރިއެޖެއްކަން. ބަޓް އަ ލަވްޔޫ! ވަރަށް ކުރިއްސުރެ މިހިތުގެ ރާނީއަކީ ތިއީ” ކިޔާންގެ އަޑުގައި ހުރީ ދެެނެގަންނަން އުނދަގޫ އަސަރުތަކެކެވެ. “ޔާން! ޔާންއަށް އަހަރެންގެ ފަރާތުން ލޯބި ނުދެވިދާނެ. ނަމަވެސް އަންބަކު ކޮށްދެންޖެހޭ ހުރިހާކަމެއް އަހަރެން ކޮށްދޭނަން! އިތުރަށް އެހިތި ތަޖުރިބާކުރާނެ ހިތްވަރެއް މިހަށިގަނޑަކު ނެތް” ޔަނާލަށް ރޮވުނެވެ. “އިޓްސް އޯކޭ! އަހަރެން ޔާލްގެ ފަރާތުން ލޯބި ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރާނަން! ހުރިހާ ފިރިހެނުންނަކީ އެއްކަހަލަ ބައެއް ނޫންކަން ސާބިތު ކޮށްދޭނަން. ޔާލްގެ ހިތާއިި ހަމައަށް ވާސިލްވެ ޔާލްގެ އިތުބާރު ހޯދާނަން” އަޒުމް ވަރުގަދަކޮށް ކިޔާން ބުނެލިއެވެ.
* * * * *
ނިދާއެއްޗެހި ލައިގެން ނިދަން އޮތްއިރު ވިސްނެނީ މިރޭ ކިޔާން ދެއްކި ވާހަކައާއިމެދު އެވެ. އެހެންވެދާނެ ހެއްޔެވެ؟ ނޫނެކެވެ! ހުރިހާ ފިރިހެނުންނަކީ އެއްގޮތަކަށް އުޅޭ ބަޔެކެވެ. އާ އަންހެންކުއްޖަކު ލިބުމުން ކެހި ދީފައި ދާނެއެވެ. އެމީހުންނަށް އަންހެނުންނަކީ ކުޅޭކުޅެ ބުދެއއްފަދަ ބައެކެވެ. އެމީހުންގެ ނަޒަރުގައި އަންހެނުންނަކީ ވަރަށް ޗީޕް ބައެކެވެ. އަންހެނުންނަށް ދީފައ.ިވާ ދަރަޖަ ފައިފުއްސަކަށްވުރެ ވެސް ދެރަވާނެއެވެ. ނަމަވެސް ޔަނާލަށް ނޭނގުނުކަމަކީ ކިޔާންއަކީ އެފަދަ މީހެއްނޫންކަމެވެ. އެއަށްވުރެ މާތް އިންސާނެއްކަމެވެ. އެފިކުރުތައް ބޮލަށް ލައިގެން އޮއްވާ ޔަނާލަށް ނިދުނެވެ.
* * * * *
ސިޓިންރޫމުގައި ކިޔާންގެ އާ އިލާއާއި ޔަނާލްގެ އާއއިލާ ތިއްބެވެ. ދެކެވެމުން ދިޔައީ ކުރިއަށްއޮތް ކައިވެނީގެ ވާހަކައެވެ. “ކޮން ދުވަހަކުންތަ ކައިވެނި؟” ޝަނާ އަހާލިއެވެ. “ާޔާލްއަށް ކަމުދާ ދުވަހެއް. ކުލަވެސް ޗޫޒްކޮށްލާ. އަހަރެން ޔާލްގެ އަތްމައްޗަށް ދޫކޮށްލީ މި!” ކިޔާން ފޯނާއި ކުޅެމުން ބުންޏެވެ. “ހޮނިހިރު ދުވަސް ރަނގަޅުވާނެ https://espanolviagra.net! މާދަމާނޫން އަނެއްދުވަހު ރަންކިޔާނީ! މެރޫންއާއި ބްލެކް ރަނގަޅުވާނެ” ދެއަތް ދެއަތާއި މޮޑެމުންދިޔަ ޔަނާލަށް ބުނެވުނު އެއއްޗެއްވެސް ހަނދާނެއްނެތެވެ. “އޯކޭ! އަހަރެން ހެކިވެރިން ފޮނުވާނަން. ޔާލް އާދެބަލަ ބެލްކަންޏަށް” ކިޔާން ބުނެލިއެވެ. ޝަނާ ޔައުލާގެ އަތުގައި ކޮށްޓާލާފައ އެމަންޒަރު ދައްކާލާފައި ‘ގުޅޭދޯ’ އޭ ބުނެލިއެވެ. “ޔާލް މިތަނުން ޔާލްއަށް ކަމުދާ ޑްރެސް އެއއް ޗޫސް ކޮށްލަބަލަ” ކިޔާން ފޯނު ދައްކާލަމުން ބުނެލިއެވެ. ކިޔާން މިހުރިހާއިރު މިކުރީ މިކަންތައްކަން އެނގި ޔަނާލް ކައިރިއަށް ހިނިވެސް އައެވެ. “ކީއްވެ ހެނީ؟ ހަޑީތަ؟” ކިޔާން ސަމާސާ ގޮތަކަށް ބުނެލިއެވެ. ޔަނާލް ރަކިވިއެވެ. ޔަނާލަށް ކަމުދިޔައީ މޭމަތީގައި ލޭސްފޮތި ލާފައި މެރޫން މިނާތަކެއް ހުރި ހެދުމެވެ. އެހެދުން ހުންނާނީ މެދުހަށީގައި ހިފާލާފައެވެ. ފަސްބައި އެެހެން ހެދުންތަކަަކާއި މާބޮޑު ތަފާތެއްނެތެވެ. “ދެން ރޫމް ޑިސައިން ޗޫސްކޮށްބަލަ” ކިޔާން ބުންޏެވެ. ޔަނާލް ބެނުންވީ ކަޅު ޑަބަލްބެޑަކާއި އެއއް ސިންގަލް އެނދު ބަހައްޓާށެވެ.،ދެން ކޮޓަރީގައި އަޅިކުލަލުމުން ބަރާބަރުވާނެކަމަށް ޔަނާލް ބުންޏެވެ.
* * * * *
ލޯގަނޑު ކުރިމަތީހުރެ އެންމެ ފަހު ޕިން ޔަނާލް ބުރުގާއަށް ޖަހާލިއެވެ. ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. އޭނާ ތައްޔާރުވަމުން އެދަނީ ރަންކިޔުމާއި ކައިވެނީގެ ފޯމުގައި ސޮއެ ކުރުމުގެ ހަފްލާއަށް ދިއުމަށެވެ. ބޭރަށް ނުކުތްއިރު މުޅި ގޭތެރެވަނީ ފުރިފައެވެ. ކިޔާންގެ މާމައައި ކާފައާއި 3 ބޮޑުދައިތައިންނާއި އެމީހުންގެ ދަރިންްވެސް ތިއްބެވެ. އެންމެންވެސް ޔަނާލްއާއި ވާހަކަދެއްކީ ނުހަނު އެކުވެރިކޮށެވެ. ޔަނާލްގޮސް ސޯފާގައި އިށީނެވެ. “އެހެމް.. ފަހަރި ކިތައް ރުފިޔާއަށް ރަންކިޔަނީ” ހެކިވެރިޔަކަށް އިން ކިޔާންގެ ތިމާގެ ކުއްޖަކު ބުންޏެވެ. ޔަނާލް ރަންކީ 999 ރުފިޔާ 99 ލާރިއަށެވެ. ދެން ދިޔައީ ކައިވެނީގެ ފޯމްގައި ސޮއެ ކުރުމުގެ ވަގުތެެވެ. ޔަނާލް ހަމަ ސޮއެކުރަންވީތޯ އަމިއްލަ ހިތާއި ސުވާލުކޮށްލިއެވެ. އެންމެ ފަހުން ގަނޑުގައި ގަލަން ޖައްސާ ސޮއެ ކުރިއެވެ. މުޅިތާގައި އަތްތިލަބަޑީގެ އަޑު ގުގުމާލިއެވެ. ޔަނާލްވެސް ތުންފަތްމައްޗަށް މަސްނޫޢީ ހިނިތުންވުމެއް ވެރިކޮށްލިއެވެ.
* * * * *
އެންމެ ފަހުވަގުތު މެލޭޝިޔާގައި ހުރި އޭނާގެ ރަހްމަތްތެރިޔާ ލިވިޔާވެސް އައއއެވެ. “ސާބަހޭ ނާލޫ! ސީނުލެވިގެންތަ ތިއުޅެނީ. ތިހާ ހޮޓު ފިރިއެއއް ލިބެން އުޅޭ އިރުވެސް ދޯ ޕިސްޕިސް! އަހަރެންނަމަ އެންމެ ފުރަތަމަ އޮއްތާފަ ޓޫޓްޓޫޓް ކޮށްލާނީ ހަހަހަ” ލިވިޔާ އަނގަފުރާ ކުކީސްއަޅައިގެން އިނދެ ކިޔާލިއެވެ. ޔަނާލް ހީނލިއެވެ. “އާނ އެހެންޏަ” ލިވިޔާ އޭނާގެ މުސްކުޅި ރާގުގައި ބުނެލައިފިއެވެ، “ލިވީއަށްވެސް މިދުވަސް އައީމަ އެނގޭނެ ހާސްވާވަރު” ޔަނާލް ދެކޮޅަށް ހިނގަމުން ބުނެލިއެވެ. ލިވިޔާ ޖްހާލި ނުލަފާ ހިނިގަނޑެކެވެ. ލިވިޔާ ހީލިރާގުން ޔަނާލަށްވެސް ހެވުނެވެ.
* * * * *
މޭކަޕް އާޓިސްޓުންގެ ބުރަ މަސައްކަތް ނިންމާލުމަށްފަހު ދިޔުމުން އިސްކޮޅަށްވުރެ ދިގު ލޯގަނޑު ކުރިމަތީ ހުރެ އަމިއްލަ ސޫރައަށް ބަލާލިއެވެ. މިރޭ އޭނާ ހީވަނީ އެހެެެންމީހެއް ހެންނެެވެެ. އިރުކޮޅަކުން ޔައުލާ ވަނެެވެެ. “ދަރިފުޅާ! ކައިވެންޏަކީ ވަރަށް މާާތް މަގްސަދެއްގައި ކުރެވޭ ކަމެއް. ކައިވެެނީގެެ އެންމެ ބޮޑު މަގްސަދަކީ ހެެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުން. ޙަރާމް ނޫން ކޮންމެ ކަމެއް ފިރިމީހާ ބުނުމުން ކޮށްދޭންޖެހޭނެ. ކޮންމެ ކައިވެންޏެއްގައިވެސް މައްސަލަ ޖެހޭނެެ. ހުރިހާ ކަމެއްގެ ހައްލަކީ ވަރިއެއް ނޫން. މައްސަލަ ހައްލު ކުރަން ދަސްކުރަންޖެހޭނެ. ދަރިފުޅަށް އަދި ދިރއުޅުމުގެެ ހަގީޤީ މައިދާނަށް ކިރިޔާ ތިނުކުމެވުނީ! ކިޔާން އަނިޔާއެއްކުރިޔަސް މަންމަ ގާތު ބުނައްޗޭ! ވަރަށް ލޯބިވޭ!” ޔައުލާއަށް ރޮވުނެެވެ. ޔަނާލްވެސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެެވެެެެ. އެވަގުތު ޝަނާ އައިސް ތިރިއަށް ދިޔުމަށް އެދުނެެެވެ.
* * * * *
ދާއިން އާ އި އެކީ ހުރި ކިޔާންއަށް ސިޑިންް ފައިބަމުން ދިޔަ ޔަނާލް ފެނުމާއިއެެކު ހޭހުސްވެގެން ނުވެއްޓުނީ ކިރިޔާއެވެ. އެެހެދުމުގަައި ހުރި ޔަނާލް ހީވަނީ ގެއްލިފައި ހުރި ތަރިއެެއް ހެންނެވެ. ކިޔާންވެސް ހުރީ މެރޫން ގަމީޙާއި ކަޅު ކޯޓް ފަޓްލޫނުގައެވެ. ކިޔާންގެ ތޫނު ނަަޒަރުން ޔަނާލަށް އުނދަގޫ ވާގޮތްވިއެެވެެެ.
*ހިތް ދެވިއްޖޭ ކަލާއަށް ހުވާ*
*ތީ ފުރާނައިގެ ދިރުމޭ މަގޭ ލޯބިވާ!*
*ވިންދުގައިވެސް ތިލޯތްބޭ ވަނީ ހަމަހުވާ*
ދާއިންް ރާގުލާފައި ކިޔާލުމުން އެެންމެން ހޯބޯ ލައްވަން ފެށިއެވެ. ކިޔާން ލަދުން އިސްޖަހާލިއެވެ، ކިޔާންގެ އަތްތިލަ ދިއްކޮށްލުމުން ޔަނާލް އެއަތުގައި ހިފާލިއެެވެ. ދެމީހުން އެކީގައި ގޮސް ގޮނޑީގައި އިށީނދެލިއެވެ. ޤާޟީ ހުތުބާ ކިޔަމުން ދިޔައިރު ދެމީހުންވެސް ދިޔައީ ކަނުލާ އަޑުއަހަމުނނެވެ. “އަނބި ގަބޫލްކޮށްފިންތަ؟” ގާޟީ އަހާލިއެވެ. “އަނބި ގަބޫލްކޮށްފިން” ކިޔާން ބުނެލައިފިއެވެ. ޔަނާލްއަށް ދެލޯ މަރާލެވުނެވެ. އޭނާ މީހެއްގެ އަންބަކަށް ވީއެވެެ. ކިޔާން ޔަނާލްގެ ފިނިއަތުގައި ހިފާލިއެވެ. އާއިލާ އެންމެން އެެ ޖޯޑަށް މރުހަަބާ ކިޔެވެ. ދެން އާއިލާ މިސްރާބުޖެހީ ވަލީމާ އޮންނަ ރާނބާ ހޮޓަލަށް ދިޔުމަށެވެ.
* * * * *
ޕާޓީ ނިމުނުއިރު ހުރީ އެެގާރަޖަހާ ބޮޑުވެެފައެވެ. ކިޔާންމެން ގާތު ގެއަށް ދިޔުމަށް އެދުމުން އެެއްބަސްވިއެވެ. ޔަނާލް މަންމައާއި ވަކިވިވަގުތު ވަރަށް ރުޔެވެ. ޔުއާން ބެލުމާއި ޔައުލާ ހަވާލުވިއެވެ.
ކޮޓަރިއަށްގޮސް ވަންއިރު އަލަތު ކައިވެނީގެ ފުރތަމަ ރޭ ފަދައިން މުޅި ކޮޓަރިވަނީ ޒީނަތްތެރިކޮށްފައެވެެ. އޭސީ ފިނީގައިވެސް ޔަނާލް ދާހިއްލަން ފެށިއެވެ. ކިޔާން ޔަނާލަށް ނަޒަރެއް ދިނެވެ. ކިޔާން މަޑުމަޑުން ޔަނާލްއާއި ގާތަށް ފިޔަވަޅުތައް އަޅަމުން ދިޔައެވެ. ފަހަތަށް ޖެހެމުން ޖެެހެމުންގޮސް ޔަނާލް ފާރުގައި ޖެހުނެވެ. ކިޔާންގެ މޫނުމަތީގައި އެވަގުތު ހުރި އަސަރުތައް ބަޔާން ކޮށްދޭކަށް ނޭނގެއެވެ.
( ނުނިމޭ )
_ ހޯޕް ޔޫ އޯލް ލައިކްޑް ދަ ނިއު ކަވަރ _

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (53)

  1. R¥N

    ??Ryn 1 dho.
    Maasha Allah ??
    ❤️❤️Keep it up
    Be safe ??

    1. NERF
      R¥N

      Yess ryn first. Thanks. Tc, stay safe

  2. Yaza ?

    Vrh reethi mi baives… ❤️❤️❤️❤️
    umm friends??
    Be safe ??

    1. NERF
      Yaza ?

      Thankyou yaza. Yeah we can be friends. Stay safe

  3. ?Ril?

    ❤️❤️Vrh Sali mi part ves❤️❤️❤️
    ❤️❤️Masha Allah ❤️❤️❤️
    ❤️❤️Waiting for the next part ❤️❤️❤️
    ❤️❤️Stay safe ❤️❤️❤️

  4. NERF

    Thankyou ril so much for reading. Next inshalallah Saturday ga. Stay safe

  5. Xeen

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Masha Allah V reethi mi
    Yanaal enmen Nah emeehaku enme loabiva meehaa nulibidaane adhi libunas needhevi vx daane
    Konme kamen vx vaane enme rangalhan INA..miee alsu Mi mujutamauga kan hingamun daagoi
    Ekamu Yanaal ge darifulhu varah dera vaane dhw
    Stay Safe & TC

  6. NERF

    Thankyou so much xeen,. It means a lot. Aan hama thedhu dho,miee. Aan dheravaane. Stays safe xeen. Ly

  7. unknown queen

    Vvvv salhi..
    Next avahah up kolla dhecchey♥️??♥️??♥️??

    1. NERF
      unknown queen

      Labba thanks so much. Balaanan Ingey

  8. Unknown gurl

    vrh reethi mi part vx… whn nxt

    1. NERF
      Unknown gurl

      Thankyou. Saturday ga submit kollaanan inshaallah

  9. #BLOSSOM#

    vrh reethi mi prt ves…
    hama vrh habeys..
    one of my fave stories..
    she married dhw..? cool…
    i love this prt hama
    stay safe and tc
    ly

  10. NERF

    Thankyou. Aan married. Thankyou ey hama buneveynee. Stay safe

  11. Hafu

    Heiii
    Varah salhi mi part ves
    Keep it up
    Yanaal marry kuree dhw….alhe I thought it would be yaain…..hehehe but it was someone else dhw
    Whn is next part…curiously waiting for next part
    Stay safe.stay home
    Tc

    1. NERF
      Hafu

      Thankyou hafu. Aan ehehe hmm dhw. Next inshalallah tommorow ga. Stay safe. Tc

  12. Sot

    Love it masha Allah

    1. NERF
      Sot

      Thankyou

  13. Yaza?

    Really happy nerf ???
    Can u give ur mail address… its not really important if it is possible ??
    If u don’t also I can totally understand

  14. NERF

    Thankyou. Yeah . Ok. [email protected].

    1. Yaza?
      NERF

      Thank u nerf

  15. Yaza?

    Thank u nerf

  16. NERF

    You re welcome

  17. Xaxa?

    Awwwwn Haadha hot ey kiyaan.????. Yaal beynun Noony aa Xaa ah dhy????… Anyways.. Vaahaka yah speechless ???hama fantastic…✌️✌️. Sorry for the late comment ??.. Lysssm and myssm… Plxx hangout in habareh veba…?? Missed hama heskiyaafa.???.

    1. NERF
      Xaxa?

      Ahahah, xaa hama naganvee. Yaal beynun nuveetha dhw. Thankyou thankyou thankyou. Lysm. Labba varah busy veema nuvany but balaanan

  18. Xaxa?

    Hama Xaa Varah beynun.. But oops nuvaane tho ehaa cute couple eh dheythereyah vanaakah..

    1. NERF
      Xaxa?

      Ahaha ehaa ves beynun dhw. But edueythereah nuvannachey anekkaa xaa. ahahah

  19. Yaza ?

    Xaxa hangout use kurann tha

    1. Xaxa?
      Yaza ?

      Yes I do… ☺️☺️?… Y u ask… ???

  20. Xaxa?

    Brown sugar hang out ge group leave kury KIYEH VE..

  21. NERF

    Eyyy. Evanee kokko kamah. I leave nu van. Add kohladheeba

  22. Xaxa?

    Saabas.. Xaa hykuri Brown sugar rulhi kamah Xaa mennaa.. Yhh I will add you..

  23. NERF

    Eheheh aan ok,

  24. NERF

    Salaam dear readers. Dhen vaahaka up kuran fesheynee 1 October 2020 gai kan hithaamayaaeku dhannavame. Sababakee alhuganduge testu thakah dhuraala thayyaaru vaan vaguthu beynunvumuge ithurun alhuganduge balihaalathu ekamah thannudheytheeve. hurihaa kiyuntherinnaves understand ve foohikameh nethi inthixaaru kuraanekamah ummeddhu kurameve. Adhi mifurusathugai vaahaka vidhaalhuvaa beyulhunnashaai like adhi comments kuraa kudhinnah fahfashun shukuru dhannavameve. Thiya enmehaa kiyuntherin thidhevvaa ebbaarulun dhuvahakuves handhaan nunetheyneeve. Inthixaru kohlavvva. Anburaa inshaallah adhi annaanan.
    -nerf-

  25. Yaza ?

    Will miss u nerf.. but will wait for u ??
    Insha Allah u will be fine and will pray for u.. hope dhnn story kiyan libey iru part thah reethivefa dhigu vaane kamh… ???yaal and yaan vrh miss vaane ??.. once again GWS and will pray for y❤❤❤❤❤❤❤??????

  26. NERF

    Labba shukuriyyaa. Inshaallah dhigu vaane. Yazaage supportah shukuriyyaa

    1. Yaza ?
      NERF

      Lysm❤❤ stay safe??

  27. R¥N

    It’s OK nerf….. We understand ??

    1. NERF
      R¥N

      Thank you

  28. Xaxa?

    Yaza Xaxa kairi tha thi ehy hangouts use kurann hey..

    1. Yaza ?
      Xaxa?

      Yeah

  29. Xaxa?

    Kihineh V.. Frnds vaan beynumy tha????

    1. Yaza?
      Xaxa?

      If I can

  30. Rose

    Its ok we will wait

    1. NERF
      Rose

      Thankyou

  31. Xaxa?

    Yhh you can??? Y not.. Brown sugar kairn hoadha I Ge Id or you can give me your id.. ???

    1. Yaza?
      Xaxa?

      Okayy.. Brown Sugar xaxa ge id yaza ah fonuvadhehchey

  32. NERF

    Aan fonuvaafin

    1. Xaxa?
      NERF

      Yhh I have sent a invitation on hangout

  33. Yaza ?

    And I have got it ??

  34. Lam ?

    Kobaatha nxt part Nerf

  35. NERF

    Srry. Mi test dhuvas kolhu veema. Balaanan ekam Saturday ah veytho Ingey dr

  36. NERF

    Guys I’ve submitted 11 th part

Comments are closed.