Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަމޭ ތިލޯބި އެދިއެދި ( އެގާރަވަނަ ބައި )

Rain lover Level 310 Stories100 Comments100 Login
September 23, 2020 5 Mins Read
29 Comments

ޔަނާލް ގޮސް ފާރުގައި ތަތްވިއެވެ.
* * * * *
ޔަނާލްގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އުނދަަގޫވެފައި ހުރިކަމުގެ އަސަރުތަކެވެ. ނަމަވެސް އެކަމުގެ ހިލަމެއް ކިޔާންއަކަށް ނުވިއެވެ. ކިޔާންގެ ހިތުގައި އޮތް އެދުން ހާސިލްކުރުމަށް އޮތް ޝަައުގެއްގެ ބޮޑުކަމުން ކަންނޭނގެއެވެ. އެންމެފަހުން ޔަނާލަށް ކެތްނުވެގެން ކިޔާންގެ މޭގައި އަޅާ އެނދާއި ދިމާލަށް ކޮށްޕާލިއެވެ. “ސޮރީ!” އެނދުގައި އެެއޮތްގޮތަށް އޮވެ ކިޔާން ބުންޏެވެ. ޔަނާލް މަޑުމަޑުން އެެނދުގައި އިށީނެވެ. އަދި ކިޔާންގެ ބުރަކަށީގައި ފިރުމާލިއެވެ. “ޔާން! ފިރިހެނަކު ކައިވެނީގެ ފުރަތަމަ ރޭ ބޭނުންވާނީ އަންހެނކުއްޖާ އާއި އެކީ މުޅި ރޭ ހޭދަކޮށްލުމަށް. ދެމީހުންގެ އަތުތެރޭތިބެ އެތަކެއް ވަޢުދުތަކެއް ވުމަށް، އެހެންނަމަވެސް ޔާން ތިވަނީ އެކަމުން މަހުރޫމްވެފަ. ސޮރީ ބުނަންޖެހޭނީ ކިޔާންއެއް ނޫން! އަަހަރެން! ސޮރީ އަހަރެން އަދި ވަގުތު ބޭނުން. އިހަށް ދެރައްޓހިންގެ ގޮތުގައި ތިބޭނީ. އަހަރެންގެ ހިތުން ޔާއިންގެ ނަންފޮހެވި ކިޔާންގެ ނަން ނުފޮހެވޭނެހާ ގަދަކޮށް މިހިތުގައި ފެވެންދެން” ޔަނާލް ބުނެލިއެވެ. “އިޓްސް އޯކޭ އަހަރެން އިންތިޒާރުކުރާނަން. އަހަރެން އެދިއެދި ހުންނާނެ ލޯތްބަކީ ތިއީ، ތިނަން ނޫންނަމެއް މިހިތުގައި ނުވޭ، އަދި ނުވެސް ވާނެ، ދެން ނިދާލާ. ވީީކެންބީ ފްރެންޑްސް” ކިޔާން ހނިތުންވެލަމުން ބުންޏެވެ. ކިޔާން ކިހާ މާތްހޭ ޔަނާލްގެ ހިތަށްއެރިއެވެ. މިއީ ކިޔާން އޭނާއަށްކުރި އިންތިޒާރުގެ ބަދަލް ދޭންވީގޮއްހެއްޔެވެ؟ މާ ގިނައިރުނުކޮށް ޔަނާލް އެއްޗެހި ބަދަލުކޮށްގެން ނިދަން އޮށޯތެެވެ. ވަރުބަލިވެފއިހުރިލެއް ބޮޑުކަމުން ނިދުނު ގޮތްވެސް ނޭނގެއެވެ. ކިޔާންވެސް އެނދުގެ އަނެއްފަރާުތުގައި އޮށޯތެވެ. އިރުގަނޑަކު ޔަނާލްގެ މޫނަށް ބަލަން އޮވެއޮވެފައި ކިޔާންއަށްވެސް ނިދުނުއިރެއް ނޭނގެއެވެ.
* * * * * *
ހެނދުނު ހެނދުނާ ޔަަނާލް ތެދުވެ ގޭތެރޭގެ މަސައްކަތްތައް ކޮށް ނިންމާލިއެެވެ. ޝަނާއާއި ޝާކިރުގެ ފަރާތުން ދޭ ޕެރިސް ދަތުރަށް ދާން ތައްޔާރުވުމުގެ ގޮތުންވެސް މެއެވެ. ދެކޮޅު ހެދެން ނެތުމާއެކު ޔަނާްލް ޝަކުވާއެއްނެތި އެއްބަސްވިއެވެ. ‘ތޫ ޗީޒްބަޑީ ހޭ މަސްތު މަސްތް’ ލަވަ ކިޔަމުން ހުރެ ތަށިތައް ދޮންނަން ފެށިއެވެ. ކިޔާން ހިނިއައިސްފައި ދޮރުކަނީގައި ދެއަތް ވިއްދާލައިގެން ހުއްޓެވެ. “ވާުއު. ޔާލްގެ ސިންގިންވެސް ހާދަ ރީއްޗޭ” ޔަނާލް ސިހުނީ ފަހަތުން ފިރިހެންވަންތަ އަޑެއް އިވުމުންނެވެ. ލަސްލަހުން ފަހަތް ބަލާލިއިރު ދޮރުކަނީގައި އަތްވިއްދާލައިގެން ހުރި ކިޔާންފެނި މޫނަށް ޖަންބުކުލަ ވެރިވިއެވެ. ކިޔާންއަށް އާޝޯޚްވެ ބަލަހައްޓައިގެން ހުރެވުނެވެ. “އައްސަލާމް އަލައިކުމް” ޖެއްސުމުގެ ރާގަކަށް ސަލާން ގޮވާލިއަޑު އިވުމުން ދެމީހުންގެ ލޮލަށ ގެއްލިތިބި ޔަނާލްއަށާއި ކިޔާންއަށް ސިހުން ގެނުވިއެވެ. “ވާލައިކުމް ސަލާމް” ކިޔާން ކަޑަނުވާންވެގެން ސަލާމް ބަލައިގަތެވެ. “ދާން ކީއްވެ ސަލާންގޮވީ؟” ބުރުގާގައި ދަްޗެއް ޖަހަމުން އައި ޝަނާ ބުނެލިއެވެ. “ކުދިންކުދިން ރޮމޭންސް ކުރާވަރުން. ހީވީ ފިލްމެއްގެ މަންޒަރުހެން ވިއްޔަ” ދާއިން ބުނެލިއެވެ. ޝަނާ ހޭންފެށިއެވެ. އޭރު ޔަނާލް ފަކީރު އަވަދިވަނީއެވެ. “ދައްތާ ފަހަރި އެހާވަރަށް ލަދުނުގަންނަވާ އެކުދިންނަށް ވަގުތު ދީފައި އަހަރެމެން ދާން” ދާއިން ބަދިގެއިން ނުކުންނަމުން ބުނެލިއެވެ. “ދަރިފުޅުދޯ ރޭގަ އެހާ ލަހުން ނިދާފަވެސް ތި ތެދުވެ ހުރިހާ މަސައްކަތެއް ކުރީދޯ. ސާބަސް ހަމަ” ޝަނާ ދެއުކުޅުގައި އަތް ވިއްދައިގެން ހުރެ ބުނެލިއެވެ. “އެ މައްސަލައެއް ނޫނޭ” ޔަނާލް ބުނެލިއެވެ. “ކޮބާ ސައިހެދިއްޖެ ދޯ!” ޝާކިރު ސިޑިން ފައިބަމުން ގޮވާލިއެވެ. ޝަނާ އާނއެކޭ ބުންޏެވެ. އެއާއިލާ އެކުގައި ސުފުރާމަތީގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލިއެވެ.
* * * * *
“ކޮބާ ހިނގާދާން” އެންމެފަހު ފޮށި ކާރަށް އަރުވަމުން ކިޔާން ގޮވާލިއެވެ. އޭރު ޔައުލާއާއި ޔުމާންއަދި ޔުއާންވެސް އެތަނުގައި ހުއްޓެވެ. “ޑެދީ” ޔުއާން ގޮވަމުން އައިސް ކިޔާންގެ އުނގަށް އެރިއެވެ. ކިޔާންވެސް ޔުއާންއާއި ލޯބިކޮށްލަމުން ކޮލުގައި ބޮސްދިނެވެ. އަދި އުރާލުމަށްފަހު ކާރަށް އެރިއެވެ. ކުރީ ސީޓުގައި ޔަނާލްއާއި ކިޔާންއަދި ޔުއާން ތިއްބެވެ. ދެން ކާރުގައި ތިބީ ދާއިންއާއި އޭނާގެ މަންމަ އަދި ޝަނާ އެއްބަނޑު އެހެން ދައްތައަކެވެ. އަނެއްކާރުގައި ޔައުލާއާއި ޔުމާން އަދި ޝަނާއާއި ޝާކިރެވެ. ދެކާރު ގޭގެ ގޭޓުން ނުކުތުމުން ސެކިއުރިޓީ ގޭޓް ލައްޕާލިއެވެ. 20 މިނެޓްގެ ދިގު ދަތުރަކަށްފަހު އެއަރޕޯޓަށް ދެވުނެވެ. ކާރު ޕާކްކޮށްލާފައި އެންމެން ކާރުން ފޭބިއެވެ. “ދަރިފުޅާ” ޔައުލާގޮސް ޔަނާލްގެ ގައިގާ ބައްދާލަމުން ބުންޏެވެ. ދެމައިން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލިއެވެ. އަދި ސަލާން ގަލާންކޮށް އެއަރޕޯޓް ތެރެއަށް ވަނެވެ. ޗެކިން ހެދުމަށް ފޮށިތައް ހަވާލްކުރިތާ މާ ގިނައިރެއްނުވެ ބޯޑިންއަށް ގޮވިއެވެ. ބޯޑިން ޕާސް ހަވާލުކޮށްލަމުން ފްލައިޓަށް ދާން ބަހަށް އެރިއެވެ. އަދިވެސް ޔުއާން ހުރީ ކިޔާންގެ ގައިގާ ބައްދާލައިގެންނެވެ.
* * * * *
އެއރ ފްރާންސްގެ ބޮޑު ބޯޓަށް ދެމަފިރިންގެ މެދުގަައި ޔުއާން ބަހައްޓައިގެންހުރެ އެރިއެވެ. ބިޒްނަސް ކްލާސްގެ އަރާމް ގޮނޑިތަކުގައި އެއާއިލާ ގޮސް އިށީނދެލިއެވެ. ފްލައިޓް ފުރުމަށް ތައްޔާރުވާކަން އިއުލާން ކުރުމާއެކު ކިޔާން އާއި ޔަނާލްވެސް ބެލްޓްއަޅާލިއެވެ. ޔަނާލް ހަނދާންވީ މީގެ ފަސްއަހަރުކުރިން އޭނާއާއި އޭނާގެ އާއިލާ ދިރިއުޅުނު ޙާލެވެ. ޔާއިންއާއި އެކު ކުރެވުނު ދަތުރެވެ. އެއާއިއެކު ޔަނާލްގެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. އަދި ކިޔާންއަށް ބަލާލާފައި ހިނިތުންވެލަމުން ކިޔާންގެ އުރުގައި އިން ޔުއާންގެ ކަރުގައި ނެކް ޕިލޯ އަޅުވާލިއެވެ. އެއަށްފަަހު ދެމަފިރިންގެ ދެތެރޭ އިން ސީޓުގައި ޔުއާން ބައިންދާލިއެވެ. ރޭގައި ލަހުން ނިދުމުގެ އިތުރަށް އެހާ ހެނދުނާ ހޭލުމުގެ ސަބަބުން ޔަނާލްގެ ލޮލަށް ނިދި ސަވާރުވިއެވެ.
* * * * *
“ޔުމާން! ޙަސަން އަހަރެން ވަރިވެސް ކޮށްދީފި. އަހަރުމެން އަލުން ކައިވެނިވެސް ކުރެވިއްޖެންނު. ދެން އޮތީ ނަފީސާއަށް އަހަރެންގެ ހަގީގަތް ހާމަކުރުން” ،ޔައުލާ ވާހަކަ ދެއްކީ އެނދުގައި އިން ޔުމާންއާއެވެ. “ހިނގާ ދަމާ ދޯ” ޔައުލާއާއި ޔުމާން އެދަނީ ނަފީސާއާއި ބައްދަލްކުރުމަށެވެ. ނަފީސާ މައާފަށް އެދެފިނަމަ މައާފްވެސް ކުރުމަށެވެ. އެހެނަސް ކުރިިންކުރެވުނު އިތުބާރެއް އަލަކުން ނުކުރެވޭނެއެވެ.
* * * * *
ބެލްއަޅާލުމުން ދޮރު ހުޅުވީ ނަފީސާއެވެ. ނަތާޝާ މަރުވުމާއި ހަަސަން ޖަލަށް ލުމާއި ގުޅިގެން ނަފީސާއަށް ލިބިފައިވީ ފުން ހިތާމައެކެވެ. ޢެކަން ވަރަށްވެސް ސާފުކޮށް ނަފީސާއަށް ބަލާލުމުން އެނގިގެން ދާނެއެވެ. ދެލޯކައިރީގައި ވަނީ ކަޅު ދާއިރާއެއް އުފެދިފައެވެ. އެއޮށް ފަލަމީހާގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. ނަފީސާ ލައިގެން ހުރީ ދޫ ކަކުލާ ހަމައަށް އަރާ ހެދުމެކެވެ. “ކޮން ބޭފުޅުންނެއްތޯ؟ ވަންްނަވާ އެތެރެއަށް އިށީންނަވާ” ނަފީސާ ގަދަކަމުން ހިނިތުންވެލަމުން އެތެރެއަށް ވަނުމަށް ދައުވަތުދިނެވެ، “ކިހިނެއް ހަދައިދޭންވީތޯ” މަޑުމައިތިރިކަމާއެކީ ނަފީސާ އަހާލިއެވެ. “އަޅުގަނޑުމެން މިއައީ ވާހަކައެއް ދައްކާލަން” ޔައުލާ ވާހަކަދެއްކިއެވެ، “ތިބޭފުޅާގެ އަޑު އަޅުގަނޑުގެ ނިޔާވިި ރަހްމަތްތެރިޔާގެ އަޑާއި ހާދަހާ ވައްތަަރޭ، އެ އެކުވެރިޔާއާއި ދޭތެރޭ އަހަންނަށް ކަންކުރެވުނީ ހާދަ އިހާނެތިކޮންނޭ، ދެން އޭނާގެ މައާފެއް އަހަރެންނަކަށް ނުލިބޭނެ، ވަގުތު ފާއިތުވެއްޖެ.” ނަފީސާއަށް ރޮވުނެވެ. މިފަހަރު އެދެލޮލުން އެފޭބީ ތެދުވެރި ކަރުނައެވެ. ޔުމާން ބޯޖާލިއެވެ. ވަގުތު ޖެހުނީކަން ޔައުލާއަށް އެނގުނެވެ. “އަދި ވަގުތު ފާއިތެއްނުވޭ” ޔައުލާ މޫނުފޮތިކޮޅު ވައްޓާލިއެވެ. “ޔާރައްބި ކަލާކޯ، މިއީ ހުވަފެނެއްތަ؟” ނަފީސާއަށް ބުނެދެވުނެވެ. ޔައުލާ ހުރިިހާ ވާހަކައެއް ނަފީސާއަށް ކިޔައިދިނެވެ. “އަލްޙަމްދުﷲ އަހަރެންގެ އެކުވެރިޔާ ދިރިއެބަހުރި.. އެކަމަކު…. އަހަރެންނަށް މައާފްކޮށްދޭނަންތަ؟” ނަފީސާއަށް ރޮވުނެވެ. “އަހަރެންގެ ހިތުގައި ނަފީސާއަށް ބުރަކަމެއް ނެތް، އެކަމަކު އިތުބާރުކުރަން ދުވަސް ނަގާނެ” ޔައުލާ ބުންޏެވެ. “ޔައު، ވަރަށް ބޮޑަށް ޝުކުރިއްޔާ! ޔައުގެ ހިތްހަލާލު ލިބުމުން މިހިތަށް ހަމަޖެހުމެއް ލިބިއްޖެ އަހަންނަށް މިވަނީ ޔައު އަށް ދެވުނު އަނިޔާގެ ބަދަލް ދުނިޔެމަތިން ދައްކަވާފައި، އަހަންނަަކީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނެއް. އަހަރެންނަށްވަނީ ޓީބީ ޖެހިފައި.” ނަފީސާ ބުންޏެވެ. ޔައުލާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. “ނާލް ކޮބާ؟ ނާލްގެ މާފްވެސް ބޭނުން! މިއީ ޔައުގެ ހަޒްދޯ” ނަފީސާ އިސްޖަހާލިއެވެ. “ނާލްވެސް މައާފް ކުރާނެ. އާނ މިއީ ޔުމާން، މަގޭ އަސްލު ފިރިމީހާ” ޔައުލާ ބުންޏެވެ. އަދި ޔުމާންއަށް ދިމާވި ހާދިސާވެސް ކިޔައިދިނެވެ. “އަހަރެން ޔައުއަށް ޓަކައި އުފާކުރަން. ތި އާއިލާ އަބަދަންމެ އުފަލުގައި ލަހައްޓަވާށި!” ނަފީސާ ބުންޏެވެ. “ދެން ދަނީ ވަރަށް ސަލާމް” ނަފީސާ ގައިގައި ބައްދާލާ ސަލާމްކޮށްލަމުން އެެދެމީހުން އެގެއިން ނުުކުތެވެ. މަގުމައްޗަށް ނުކުމެ ދެމީހުން ދެމީހުނާ ހީނލިއެވެ. އެ ހިނިތުންވުންވެސް ނަފީސާއަށްއައި ހެޔޮ ބަދަލަށްޓަކައި އުފާކުރާ ފަދައެވެ.
* * * * *
10 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ބޯޓު ޗާލްސް ޑިގޯލް އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖެއްސުނުއިރު ޕެރިސް ގަޑިން ހަވީރު 5 ޖަހައިފިއެވެ. ބޯޓުން ފައިބައިގެން އައިސް ލަގެޖް ކަލެކްޝަންގައި ހުއްޓުނެވެ. ލަގެޖްނަގާ ޕާސްޕޯޓް ދެއްކުމުގެ ހުރިހާކަމެއް ނިމުނުއރު ބައިގަޑިއިރު ވެއްޖެއެވެ. ކިޔާންގެ ލޮލުގައި އަޅައިގަތީ އޭނާގެ ކުރީގެ ކްލާސްމޭޓެއް ކަމުގައިވާ ތުގާއެވެ. ކިޔާން ތުގާގެ ކައިރީ ގޮސް ހުއްޓިލިއެވެ. ހިތުގެ ބަށްޓަމަށްވާ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ތުނިތުނި ފިޔާތޮށި ތުންފަތެވެ. އިސްތަށިގަނޑުގައި ހުރީ ބްލޮންޑް ކުލަ ޖައްސާފައެވެ. ބޮޑު ދެލޮލުގެ ތެރޭގައި އިން ނޫކުލައިގެ ކަޅިއާއި ރީތި ބަށްޓަމަކަށް އިން ނޭފަތަކީ އެ ރީތިކަން ފުރިހަމަކޮށްދޭ އެއް ތަނބެވެ. ލައިގެންހުރި ކްރޮޕްޓޮޕުން ކިރިޔާ ބަނޑުނިވާވާ ކަމެވެ. “ހެއި ޔާން! އެކަނިތަ؟” ތުގާ އަހާލިއެވެ. ކިޔާންއަކީ ސްކޫލް ދައުރުންފެށިގެންވެސް ތުގާގެ ހިތުގެ ރާޖާއެވެ.
އޭނާގެ އަނބިމީހާގެ މަގާމުގައި ހުރުމަކީ ތުގާގެ ހުވަފެނެކެވެ. އެހެންމީހަކު އެ މަގާމުގައި ހުރިނަމަވެސް ގަދަަކަމުންވެސް އެ ލަގަބް ލިބިގަންނަން އޭނާ ބޭނުންވެއެވެ. ތުގާއަކީ ކުރަން ވިއްދައިފި ކަމެއް ނުކޮށް ދޫކޮށްލާ ކަހަލަ ކުއްޖެއް ނޫނެވެ. އެއީ ގޮތްދޫނުކުރުމާއި މީހުންގެ ދިރިއުޅުމަށް ޒަހަރު ލުމުގައި ފުރަތަމަ ސަފުގައި ހިމެނޭ ޒީލަގަދަ އަންހެނެކެވެ. “ނޯ ވައިފްއާއި ސަން އާއިއެކީގަ މިއުޅެނީ” ކިޔާން ހިނިތުންވެލަމުން ބުންޏެވެ. އެއާއެކު ވަގުތުން ތުގާގެ ހިނިތުންވުން ގެއްލުނެވެ. އެހެނަސް އެއަސަރުތައް ފޮރުވާލުމުގައި އޭނާ ކާމިޔާބު ހޯދިއެވެ. “އޯހް. އިންޓްރޮޑިއުސް ނުކޮށްދޭނަންތަ؟” ތުގާ މިހެން ބުނެެލިތަނާ ޔަނާލް އައިސް ކިޔާންގެ އަތުގައި ހިފާލިއެވެ. ތުގާއަށް ދަތްކުނޑި ވިކާލެވުނެވެ. “މީޓް މައި ވައިފް، ޔަނާލް. ދިސް އިޒް ސަން ޔުއާން” ޔަނާލް ތުގާއާއި ސަލާމްކޮށްލަމުން މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. “ހެއި ތުގާ ދެންދަނީ އިނގޭ. ސީޔޫ ލޭޓަރ” ތުގާއަށް ހިނިތުންވެލަމުން ކިޔާންގެ އާއިލާ އެއަރޕޯޓުން ނުކުތެވެ. “ހުއް! މީއަދި މާ ރީތިމީހެއް ވިއްޔަ، ފާޑެއްގެ ގޯންޏެއް ލައިގެން ހުރި. ކިޔާންއެއީ އަަހަރެންގެ ހައްގެއް. ތި މުސްކުޅި އަންހެނާ ޔާންގެ ދިިރިއުޅުމުން ބޭރުކުރާނަން. އެއީ ހަމައެކަނި އަހަރެންގެ ހައްގެއް” ތުގާ ކިޔަމުން ދިޔައެވެ.
* * * * *
ޔަނާލްއާއި ކިޔާން ގޮސް ހޮޓަލަށް ވަނެވެ. ރިސެޕްޝަނަށް ގޮސް ތަޅުދަނޑި ނަގައިގެންް ކޮޓަރިއަށް ވަނެވެ. ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ސިންގަލް އެނދެއްގެ އިިތުރަށް ޑަބަލް ބެޑެއްވެސް ހުއްޓެވެ. ކައްކާ ކެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައި ވެއެވެ. ކުޑަކުޑަ ގެއެއް ފަދައެވެ. ޔުއާން ނިންދަވާފައި ކިޔާންގެ ކައިރިއަށް އޭނާ ދިޔައެވެ. “މިއަދު އެ ފެނުނީ ކޮން ގަރލްއެއް.” ޔަނާލް އަހާލިއެވެ. “އެއީ ކްލާސްމޭޓެއް ކިހިނެއްވީ؟” ކިޔާން ޖަވާބު ދިނެވެ. ކަމެއް ނުވާކަމުގައި ޔަނާލް ބުންޏެވެ. ނަމަވެސް އެއަންހެން ކުއްޖާ ކިޔާންއަށް ދިން ހިިނިތުންވުން ތަކުންނާއި ދިން ނަޒަރުތަކުން ޔަނާލްގެ ހިތުގައި ހަަސަދަވެރިކަމުގެ އޮޮއެވަރު ހިނގާލައިފިއެވެ.

( ނުނިމޭ )

އެންމެ ފުރަތަމަ ކަމަކަށް ވާހަކަ ނުގެނެސްދެވި ލަސްވިކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން އިންތިހާއަށް މައާފަށް އެދެމެވެ. އަދި ލިޔެވުނު ބަހުގެ އަދަދަކީ 1033 ކަމުގައި ދަންނަވާލަން. އަޅުގަނޑުގެ ޓެސްޓުތައް ނިމިއްޖެއެވެ. އެހެންކަމުން ވާހަކަ ކޮންމެ އާދިއްތަ އަދި ބުދައަކު ގެެނެސްދެވޭނެ ވާހަކަވެސް ބުނެލަމެވެ. ހުރިހާ ކިޔުންތެރިންނަށްވެސް ވާހަކަ ވިދާޅުވެލައްވާތީ އަދި ލައިކް އާއި ކޮމެންޓް ކުރައްވާތީ ޝުކުރިއްޔަަަ. ޙަމަ ޔަގީނުންވެސް ތިޔަ ކިޔުންތެރިންގެ ލޯތްބާއި ހިތްވަރާއި އެއްބާރުލުމާއި ނުލާ މިހިސާބަށް ނާދެވުނީސް. މިބައިވެސް ކަމުދިޔަ ކަމަށް ހީކުރަން. ކަވަރވެސްް ކަމުދިޔަ ކަމަށް ހީކުރަން ޝުކުރިއްޔަ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ހިފީމެ އަތުގާ 2

Next

ދިރިއުޅުން އަލިކޮށްދިން 11

Next
September 24, 2020

ދިރިއުޅުން އަލިކޮށްދިން 11

Previews
September 23, 2020

ހިފީމެ އަތުގާ 2

29 Comments!

  1. Hafu says:
    September 24, 2020 at 6:14 am

    Hiiiii brw……
    Varah salhi ingey mi part ves….hama obiness to max…..yaanal is being jealous of thuga dhw….kiyaan is so gud….eagerly waiting for the next part….heevanee salhi twist eh anaanehen…
    Btw how r u….
    Tc
    Stay safe
    Mi comment publish vehje yaa rangalhu….mihaaru athah thadu vehje ekamakuves comment eh publish eh nuvi vihya
    Me first dhw

    1. NERF says:
      September 24, 2020 at 7:56 am

      Hi hafu, thankyou very much ingey, aan jealous vee dhw, hehe aan kiyaan is gud, yes next dhen Sunday ga nooney eahvhre avahah ves up kurevidhaane. Alhey thi haaluga ves comment eh kollythi varah varah bodah ufaavejje adhi thankyou, yes you first

  2. ? BLOSsOM ? says:
    September 24, 2020 at 7:01 am

    heiiii brw..
    vrh vrh salhi mi prt vess… hama habeyss.. yanal jealous vaneetha kiyaan dheke like nuvaan iruves… anehkaa kiyaan a like kuraneetha yanaal… saabahey yanaal.. hehehe.. vrh salhikoh dhaane kamah mibalanee … hama vrh vrh salhi mi prt aslu.. and cover pic ves reethi vrhh.. waiting for the nxt prt…
    anyways how have you been..??
    hope ur doing fine..
    stay safe and take care..

    1. NERF says:
      September 24, 2020 at 8:06 am

      Hiiiiiii blossom. VARAH varah varah thankyou,, aan jealous vanee dho, eheh neynge dhw hingaabala balamaa, thankyou, gaaiygandakah nunimi mihaaru iny 9 varakah episodes kannenge, thankyou cover pic kamuhiyaeema, yes next maybe Saturday ga ves hama, yes I’m fine alhamdhulilah, stay safe take care dear

  3. ?LamHaa? says:
    September 24, 2020 at 7:11 am

    V reethi Mi part vx
    ?Thuga yanaal ah dhera kameh nukurahchey.. Yanaal jealous vy dhw
    Curiously waiting For nxt part
    Stay safe

  4. ?Flower? says:
    September 24, 2020 at 7:59 am

    Varah reethi mi part ves
    Waiting for the next

    1. NERF says:
      September 24, 2020 at 8:11 am

      Oh flower thankyou sooooooo much, next Saturday ga up kohlaanan inshallah, keep waiting

  5. Yaza? says:
    September 24, 2020 at 8:06 am

    Yay yay… finally up vehjje ❤❤
    Thank u nerf…
    Mi part ves vrh reethi masha allah keep it up ????

    1. NERF says:
      September 24, 2020 at 8:09 am

      Yes adhi kiriyaa vagutheh mivee hehe, thankyou yazaa, you re welcome. Thank you adhives ehfaharu varah bodah

  6. NERF says:
    September 24, 2020 at 8:07 am

    Thankyou lamhaa, neynge hama kohfaane e thugaa, varah danger anhenekey eiy, hehe aan jealous vee mifaharu, thanks next inshalallah Saturday ga submit kollaanan, stay safe

  7. Yanal says:
    September 24, 2020 at 8:23 am

    Jealous vumaky loabyge alaamay thakekey….. Ehn noonas thugaa akah yaan eh nulibeyne… ???

    1. NERF says:
      September 24, 2020 at 8:44 am

      Aan thedheh, hama libivesdhaane dhw, let’s see hehe

    2. Anonymous says:
      September 24, 2020 at 10:34 am

      Yuaan buny bappi thugaa dhahtha kaireah dhaan ulhenya assaanamo ??????????????????????????????
      Bappi hunaany jeheyne kokko and momma kaireega yo ??

    3. Yanal says:
      September 24, 2020 at 10:36 am

      Soryy name nujehe inyma eyny ehn?

  8. R¥N says:
    September 24, 2020 at 8:37 am

    Maasha Allah ❤️varah reethi mi part ves ?keep it up.. Curiously waiting ?be safe

  9. NERF says:
    September 24, 2020 at 8:41 am

    Thankyou ryn, thankyou thankyou, next inshalallah Saturday ga, keep waiting, be safe

  10. Shaima shaee says:
    September 24, 2020 at 11:45 am

    Vrrrr Reethi mipartves ❤️❤️masha Allah ??Curiously waiting for the next part

  11. NERF says:
    September 24, 2020 at 12:06 pm

    Thankyou, thanks next Saturday ga inegy dearrr

  12. NERF says:
    September 24, 2020 at 12:08 pm

    Thankyou yanaal, hehe aan yuaan buny ehen dhohtho, ehehe it’s ok yanaal, varah ufaavejje kiyaaleema

    1. Yanal says:
      September 24, 2020 at 3:15 pm

      Ur welcome ???

  13. Risha says:
    September 24, 2020 at 2:44 pm

    Hey nerf v salhi Ingey…. Hama perfect ?????

    1. NERF says:
      September 24, 2020 at 5:38 pm

      Hey risha, thank you so much ingey

  14. ?Ril? says:
    September 24, 2020 at 5:34 pm

    Hey brw vrh Sali mi
    Part ves
    After a long time dhw
    Waiting for the next part
    Stay safe

  15. NERF says:
    September 24, 2020 at 5:40 pm

    Hey ril, thanks, aan long time dhw but dhen inshalallah ehenney nuvaane. Next submit kollaifin, stay safe too

  16. NERF says:
    September 24, 2020 at 5:45 pm

    Assalaamu alaikum, 12 th part mihaaru vaanee submit kollaafa, eiy all the readers ah oeh gifteh, thanks for reading, commenting,

  17. Yaza ? says:
    September 25, 2020 at 12:42 pm

    Yay yay… thank u nerf ???

  18. NERF says:
    September 25, 2020 at 2:46 pm

    Welcome yaza

  19. Someone says:
    October 7, 2020 at 3:05 pm

    When is next part???

  20. Xaxa? says:
    October 10, 2020 at 4:05 pm

    Heii brww how are you man… Lahka miss gey brw.. Adhi mi kiyuny so sorry igey and sorry for the late comment.. Vrh habbu hama story keep going mam

Comments are closed.

Next Episodeވވަމޭ ތިލޯބި އެދިއެދި ( ބާރަވަނަ ބައި )←


All Right Reserved!