Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަޢާފް ލިބިދާނެ ހެއްޔެވެ؟

Rain lover Level 310 Stories100 Comments100 Login
August 27, 2020 3 Mins Read
18 Comments

ޢއުޑުމަތީގއި ހުރި އޮރެންޖު ވިލާތަކުން ދިޔައީ އިރުއޮއްސެންް އުޅޭކަމުގެ އިންޒާރު ދެމުންނެވެ. މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންވެސް އަދަދަކަށްވުރެ އަދަދެއް ދިޔައީ މަދުވަމުންނެވެ. މަދުން ނަމަވެސް ދިވެހިންގެ އާދައެއް ކަމުގައިވާ ދެނަމާދު ދޭތެރޭ ގުރުއާން ކިޔެވުމުގެ އަޑު މިރަށުގެ ކޮންމެ ގެެއަކާއި ކައިރިވި ނަމަވެސް އިވެއެވެ. މުރާލި އެކުވެރި ހިތްހެޔޮ ބަޔަކު ދިރިއުޅޭ ރަށެކެވެ. ބ. އޭދަފުށްޓެވެ. ނަމަވެސް ފަޒާއަށް ވެރިވެގަތް އަނދިރިކަމާއެކުވެސް ފުށްޓަރުފަރާތު ޖޯލީގައި އަންހެން ކުއްޖަކު އޮތެވެ. އަނގައިން މަޑު ގިސްލުމެއްގެ އަޑު ބޭރުވޭވޭ ހުއްޓެވެ. މޫނުމަތީގައި ކަރުނައިގެ ނިޝާން ފެންނަން ހުއްޓެވެ. ރަތްވެ ދުޅަވެފައިވާ ދެލޯ ހެކިދެނީ ގިނައިރުތަކެއް ވަންދެން ރޮއެފައި ހުރިކަމެވެ. “މަންމާ.. މަށަށް މާފުކޮށްދީ. މިހުރިހާ ކަމެއްވެސް މިވީ އަަހަންނާއި ހެދި” އެހެން ފަތިވަރެއްހެން ކިޔަމުން އެ ކުއްޖާ ރޮމުން ގެންދިޔައެވެ. އޭނާއަށް ކުރިން އުޅެވުނު ގޮތްތަކުގެ މަންޒަރު ފްލޭޝްބެކް ވަމުން ދިޔައެވެ.
4 މަސް ކުރި
“ކިހާބޮޑު އުނދަގުލެއްްތަ މިއަންހެނާއާއި ހެދި. ނިދާލެވެންވެސް ނޯވެއޭ. ކަލޭ ތިހާ ސޯލިހުމީހަ ދޭބަލަ ސައްވީސް ގަޑިއިރު މުސައްލަމަތީ އިންނަން” ނައިރާ ރުޅިއައިސް އޭނާގެ މަންމައަށް ހަޅޭއްލަވައިގަތެވެ. ނަމަވެސް އެ ނިޔަނެތި މަންމަގެ ދުލުން އުފް ވެސް ބޭރުނުކޮށްލައެވެ. “ތިއުޅުން ދޫކޮށްލާނީ ކޮންއިރަކުންތަ ދަރިފުޅާ؟ ރާބޮއެ އެންމެހާ ނުބައި ފާޙިޝް އަމަލްތައް ކުރަމުން ދިޔައިރުވެސް މިނޫން ދުވަހެއް އަންނާނެކަމަށް ހީނުކުރަންތަ؟ ތި ހެދުން އެޅުމުގެ ވައްޓަފާޅިއެއްވެސް. ހަމަ ހެދުން ލައިގެން އޮރިޔާމުންނޭ ތިޔަތިބެނީ” އެ މަންމަ މަޑުމައިތިރި ކަމާއެކު ނަސޭހަތް ލައިދިނެވެ. ނައިރާ އަތްޖަހާލިއެވެ. “ވާސަރީ! މައުޅޭނެ ގޮތަކަށް މައުޅޭނީ. އަދި މުސްކުޅިވީމަ ހެޔޮ އަމަލު ކުރެވޭނެ. މިދުވަސްކޮޅު ހަމަ މަޖާ ނަގާނީ. ކަލޭ ދުވަސްކޮޅަކުން މަރުވާންނުން. ކަލޭ އަނެއްދުވަހަށް ތައްޔާރުވެބަލަ. މަ ނޫޅެމޭ ކަލޭ އުޅޭހެން ކަޅުފޮތިގަނޑެއްް ގައިގައި އޮޅާގެން އުޅޭކަށް ހުއް!” “ދަރިފުޅު ކީއްވެތަ މަންމަދެކެ ތިހާ ރުޅިއަންނަނީ” އެމަންމަ އަށް ރޮވުނެވެ. މަޔަކު ރޮއްވައިފި ދަރިޔަކަށް ސުވަރުގެ ނުދެއްވާނެކަންވެސް ނޭނގެނީބާއެވެ. “ކަލޭގެ ލޯ ތިިހެން އިންނާތީ. މަގޭ ރަށްޓެހިން ހާދަ މަލާމަތެއް މަށަށް ކުރެޔޭ! އަޑުއިވިއްޖެތަ. ރައްކާވޭ މިތަނުން. މަށަށް ކިރިޔާވެސް ގޮތެއް އޮތްނަމަ މި ބޮލަށް ވެއްޓެންވެފައި އޮތް ގެގަނޑުގައި ނޫޅޭނަން” ނައިރާ ހަޅޭއްލަވައިގަތެވެ. އެ މަންމައަށް ރޮވިފައި އެ ދަރިފުޅާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. “އަޑެއް ނީވޭތަ މިހިރަ ހަޑިގިއްލާޔާ. ޗީ. ރައްކާވާށޭ” ނައިރާ އަޑުލިޔެވެ. އެއަށްފަހު ފައިން ޖަހާ ވައްޓާލާ ފިހިގަނޑުންވެސް ތެޅިއެވެ. އެމަންމަގެ ދުލުން ޝަކުވާގެ އެންމެ ބަހެއްވެސް ބޭރުނުކޮށްލައެވެ.
___________________
ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވި ދުވެއްޔެއްގައެވެ. ހެނދުނު ނައިރާ ކޮޓަރިން ނުކުތްއިރު ސައިނަހަދާ ހުރުމުން މީހާ ފުފުނެވެ. މަންމަގެ ކޮޓަރި ތަޅުނުލާ ހުރުމުން ވަދެވުނެވެ. އޭރު މަންމަ އޮތީ ކުކުރާލަ ކުކުރާލަ މުޅި ގައިގައި ރަޖާ އޮޅާލައިގެން އޮތެވެ. “އޭއި ސައިހަދަން ދާންވީ. ފާޑަކަށް ކުކުރަ ކުކުރަ އެބައޮތެންނު” ނައިރާ ކެކިކެކި ހުރެ ބުންޏެވެ. “ދަރިފުޅާ. މަންމަަ މިއޮތީ ހުމާއޭ. ބޭސްގުޅައެއް ގެެނެސްދީބަލަ. މިމަންމައަށް ރަހުމްކުރޭ.” ހިތެއްއޮތް މީހެއްނަމަ އެމަންމަގެ ހިތްދަތި ބަސްތައް އަޑުއިވި ހިތްފަޅައިގެން ދިޔައީހެވެ. ނަމަވެސް ނައިރާގެ ހަށިގަނޑުގައި ހިތެއްގެ ބަދަލުގައި އެއޮތީ ހިލަގަނޑެއް ކަންނޭނގެއެވެ. “ހުރޭ! ރަނގަަޅަށް ރަހުމު ކޮށްދޭނަމޭ” މިހެންކިޔާ ފާހާނައަށްވަދެ ފެންބާލީދީއެއް ހިފައިގެން ނުުކުތެވެ. ވާންއުޅޭގޮތް އެނިކަމެތި އިންސާނާއަށް އެނގުުުނެއްކަަމަކު ކުރެވޭނެ ކަމެއްނެތިފައި ހިރިނުލެވިފައި އޮތީއެވެ. ފެންބާލިދީ އޮއްސާލާފައި ދަމާ ކޫއްތަމުން ބަދިގެއަށް ގެންދިޔައެވެ. “ސައިހަދާ!” ނައިރާ އަމުރު ކުރިއެވެ. ހަށިގަނޑުގައި ވަރެއްނެތް ހާލު އެމަންމަ ބާރަ ރޮށްޓާއި މަސްހުނިކޮޅެއް އެދަރިފުޅަށް ހަދައިދިނީ ހިތްބުރަކަމެއް ނެތިއެވެ. “ޗީ. މިމަސްހުނިގަނޑުގައި ހާދަ ލޮނުގަދައޭ. ރޮށިވެސް ރޯނުފިލާ. އަން ކަލޭ މީއްޗިހި ކައި. މަމިދަނީ ބޭރަށް” މަންމަގެ މޫނުމައްޗަށް މަސްހުނިތަށި ޖަހާ އަނގަޔަށް 11 ރޮށި އެކީ ގަންނުވާލިއެވެ. އެމަންމަ އިސްދަށަށްޖެހި ރޮވިފައި ހުއްޓެވެ.
* * * * *
ރަށްޓެހިންނާއެކު ރަލުގެ ކުޅިކުޅެ ނިންމާފައި ގަހުުކުރީ ހުރެގެން ނައިރާ ކޮޓަރިއަށް ވަނެވެ. އޭރުވެސް މަންްމަ ޖެހިގެން ހުރި ކޮޓަރިން ކުކުރާއަޑު އިވެއެވެ. އެކަން މާބޮޑުކަމަކަށް ނައިރާއަކަށް ނުވިއެވެ. ނުވާންނޫންހެއްޔެވެ؟ އޭނާ އެއިނީ އެހެން ދުނިޔެއެއްގައި ވިއްޔާއެވެ.
* * * * *
ނައިރާއަށް ނިދިން ހޭލެވުނީ ގޭތެރޭގައި މާ އަޑުގަދަ ވުމުންނެވެ. ކޮޓަރިން ނުކުތްއިރު ފެންޑާތެރެ ވަނީ ފުރި ތޮއްޖެހިފައެވެ. އެތާގައި ލަކުޑި އެނދެއްގެ މަތީގައި ހިނަވާ ކަފުންކޮށްފައި އޮތް މީހަކު އޮތެވެ. ނައިރާ ކައިރިއަށްގޮސް ބަލާލިއިރު ފެނުނީ މަންމަގެ ހިނިތުންވެފައިވި އުޖާލާ މޫނެވެ. ފާތުމަދައިތަ ނައިރާއަށް ސިޓީއުރައެއް ހަވާލުކުރިއެވެ. ނައިރާ މަންމައަށް ކިތަންމެ ނަފްރަތެއް ކުރިނަމަވެސް އެމަންމަ ނެތުމުގެ ފަޅުކަން އެހިތަށް އިހްސާސްވަނީ އިންތިހާއަށެވެ. މަޑުމަޑުން ސިޓީއުރަ ކަނޑާ ކިޔަން ފެށިއެވެ.
___________________
____________
މަންމަގެ ލޯބިލޯބި ނައިރާއަށް
މިސިޓީ ދަރިފުޅަށް ލިބޭއިރު މަންމަ ވާނީ މިފަނާވަނިވި ދުނިޔެއާއި އަލްވަދާއު ކިޔާފަކަންނޭނގެއެވެ.
ލޯބިވާ ދަރިފުޅާއެވެ. މަންމައާއި ބައްޕަގެ ކައިވެނި ނުގަބޫލުގައި ކުރެވުމުން ދެއާއިލާގެވެސް އެއްވެސް އެހީިއެއް ނުލިބެއެވެ. ދަރިފުޅަށް ދެމަހުގައި ބައްޕަ ނިޔާވުމުން ދަތިހާލުގައި ދަރިފުޅު ތިހާހިސާބަށް ގެންގޮސްދިނީ ދަރިފުޅު ތި ނަފްރަތު ކުރާމަންމައެވެ. މަންމަ ހުންނަގޮތުން ދަރިފުޅު މަންމައަށް ނަފްރަތުކުރާކަމީ މަންމައަށް ސިއްރުވެފައި އޮތްކަމެއް ނޫނެވެ. މަންމަގެ ލޮލަށް މިހެން ދިމާވި ހާދިސާ ކިޔައިދޭނަމެވެ. ދަރިފުޅާއިއެކު ކުޅެންއުޅުނު ކުއްޖަކު ގާބުރިއެއް އެއްލިތަނާ ދަރިފުޅުގެ ލޮލުގައި ޖެހުނީއެވެ.. ދެން ދަރިފުޅުގެ އެއްލޮލުގެ ފެނުން މުޅީން ގެއްލުނެވެ. ފެނުމުގެ އުފަލުން ދަރިފުޅު މަހްރޫމްނުކުރުވަން ވެގެން އަހަރެންގެ ގަހަނާތަކާއި ރަށުން މަންމައަށް ލިބުނު ގޯތި ވިއްކާލީމެވެ. އެއަށްފަހު ފަރުވާއަށް އިންޑިޔާއަށްގޮސް މަންމަގެ ލޯ ދަރިފުޅަށް ހަދިޔާ ކުރީމެވެ. ދަރިފުޅާއެވެ. މަންމަގެ އެންމެ ފަހު ވަސިއްޔަތަކީ ދަރިފުޅު އިސްލާމްދީނަށް ލޯބިކޮށް ތިއުޅޭ ނުބައި އުޅުން ދޫކޮށްލުމެވެ. ނަމާދު ނާޅާށެވެ. އައުރަ ނިވާކުރާށެވެ. މާތްﷲ ހަރާމްކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވާށެވެ. މިމަންމައަށް ހެޔޮދުއާ ކޮށްދެއްޗެވެ.
ދަރިފުޅުދެކެ އަބަދުވެސް ލޯބިވާ -މަންމަ-
______________________
_______________
ސިޓީ ކިޔާ ނިމުނުއިރު ނައިރާ އިނީ ހިތްފަޅައިގެން ދާވަރުވެފައެވެ. އެމަންމަ އޭނައަށްޓަކައި އެވީ ހާދަބޮޑު ގުރުބާނީއެކެވެ. އެމަންމައާއި ދޭތެރޭ ކަންކުރެވުނު އިހާނެތި ގޮތް ހިތަށްއަރާ މީހާއަށް ރޮވުނެވެ. ކޮންމެގޮތެއް ހަދާފައިވެސް މަންމަގެ ވަސިއްޔަތް އޭނާ ފުރިހަަމަ ކޮށްދޭނެއެވެ. އަވަސްއަވަހަށް ވުޟޫކޮށްގެން ނުކުމެ ދެރަކްއަތް ނަމާދެއްކޮށް ތައުބާވިއެވެ. އަދި މަންމައަށް ހެޔޮރަހްމަތް ލައްވާތޯ ދުޢާ ކުރިއެވެ. ދުވަހަކުވެސް ދެން އެފަދަ ފާފައެއް ނުކުރަން އަޒުމް ކަނޑައެޅިއެވެ.
* * * * *
ޚިޔާލުގެ ފުންކަނޑެއްގައި އޮޔާ ބެހެމުންދިޔަ ނައިރާއަށް ސިހުން ގެނުވީ އިޝާނަމާދު ބަންގީގެ އަޑަށެވެ. މިހާ ގިނައިރުވަންދެން މިތާ އިނދެވުނީތޯ ސުވާލްކޮށްލެވުނެވެ. އަވަސްއަވަހަށް ޖޯލިން ތެދުވެ ގެއަށް ދިޔުމަށް އަަވަސްވެގަތެެވެ. މިއަދަކީ އޭނާގެ މަންމަގެ މަރަށް 4 މަސްވީ ދުވަހެވެ. އެ މަންމަގެ ގުރުބާނީގެ އަގު އޭނާ އަދާކުރާނީ ކިހިނެއް ހެއްޔެވެ. އެމަންމަގެ ހެޔޮކަން ހިތަށްއަރާ ކޮންމެ ފަހަރަކު ރޮވެއެވެ. ޢޭނާގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ. މަންމަގެ މަޢާފް އޭނާއަށް ލިބިދާނެ ހެއްޔެވެ؟
*މަންމާއޭ މަށަށް މާފްކޮށްފާނުހޭ*
*މަންމާއޭ މަށަށް ހިތްހަލާލާލޭ ބުނޭ*
*މަންމަ ވަކިވުމުން ހާދަހާ ދެރަވެޔޭ*
*މަންމާއޭ މަށަށް މާފްކޮށްފާނުހޭ*

( ނިމުނީ )

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ނުފިލާނޭ މިހިތަކުން…  30

Next

އަލްވަދާޢު-6

Next
August 27, 2020

އަލްވަދާޢު-6

Previews
August 27, 2020

ނުފިލާނޭ މިހިތަކުން…  30

18 Comments!

  1. R¥N says:
    August 27, 2020 at 2:41 pm

    Nerf… Ryn 1 thrrr ???
    ❤️Stry varah reethi ??
    Maasha Allah ???
    ??Keep it up nerf

    1. NERF says:
      August 27, 2020 at 3:19 pm

      Yes you are first. Thankyou ryn. Tc

  2. Eekko_11 says:
    August 27, 2020 at 3:13 pm

    Hey dear … Story hama habeys
    Vrh dheravi mi story kiyaafa
    So emotional
    Tc dear

  3. NERF says:
    August 27, 2020 at 3:20 pm

    Thankyou eekko. Owwn. Thankyou. Eekko ge vaahaka ves amazing. You ge srry ves varah curious. Comment nukuriyas I’m a daily reader. Waiting for the next part

  4. Rose says:
    August 27, 2020 at 5:51 pm

    Vvvv furihama story

  5. NERF says:
    August 27, 2020 at 7:14 pm

    Shukuriyyaa. Rose. Adhi alhugandu ge vaahaka thah kiyaalaane kamah heekuran

  6. Laalu says:
    August 28, 2020 at 10:43 am

    Is this ur own creativity?hama ahaaliy ingey..anyways reethi v Masha Allah… boy eh vyma hama gaboolkuran udhaguli… ekmvx gabool kohffin thy boy eh kamah?bst of luck… ehn vhk kiyaalan libeynekamah ummydhukuran❤ tc stay home stay safe

  7. NERF says:
    August 28, 2020 at 11:25 am

    Labba amilla vaahakaeh. It’s ok ehehe. Thanks a lot. Labba insha allha varah avahah ithuru kuruvaahakaeh upkollaanan

  8. Rose says:
    August 28, 2020 at 11:50 am

    I hama comment nukuriyas ur stories thah up kuraa varakah kiyamunney midhanee i support to all of ur story
    And mihaaru thi kuriyah gendhaa vaahaka
    VAMEY THI LOABI EDHI EDHI
    mi vaahaka vx kiyan comment nukuriyas igey
    Luv ur stories
    STAY SAFE

    1. NERF says:
      August 28, 2020 at 6:44 pm

      Ehendho. It’s ok thankyou so much for your support Ingey dear. Stays safe

  9. އަރޫ says:
    August 28, 2020 at 1:23 pm

    Mashaa Allah Vrh reethi MI story
    Tc nerf

    1. NERF says:
      August 29, 2020 at 7:00 am

      Labba shukuriyyaa, tc

  10. ?GIRL? says:
    August 28, 2020 at 2:00 pm

    Sali mi stry
    Keep it up

    1. NERF says:
      August 29, 2020 at 7:00 am

      Thankyou a lot

  11. Xaxa? says:
    August 28, 2020 at 8:41 pm

    Brown sugar mee Xaa Varah ginain fenna story eh ???..mi vaahaka Ge eki versions Xaa kyn.. Anyways story kiyaalaafa Xaa Ge cheeks in tears space ah hoadhaifi ?sad hama.. BTW Adhi kuri ah ves mi kahala kuru vaahaka kolheh kiyaa lan libeyne kamah Unmeedh kurame..

  12. NERF says:
    August 29, 2020 at 7:02 am

    Thankyou a lot xaxa. Ehentha, but mee i ge stry eh. Hehehe. Alhey. Labba inshaallah varah avahah libeyne. Ly tc

  13. Nanni says:
    September 1, 2020 at 10:30 am

    I love it….. Rovihje exam vs wow??❤️❤️

  14. Yaza ? says:
    September 1, 2020 at 1:41 pm

    Vrh reethi mi story ???
    And vrh emotional????
    Unmeedhu kurann nerf ge kuru vaahaka thah kiyaalan libeyne kamh????
    Be safe and tc

Comments are closed.



All Right Reserved!