Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަމޭ ތިލޯބި އެދިއެދި ( ތޭރަވަނަ ބައި )

Rain lover Level 310 Stories100 Comments100 Login
October 29, 2020 5 Mins Read
5 Comments

ޔާއިންއާއި ދިމާލަށް ޔަނާލް ދުއްވައިގަތެވެ.
* * * * *
އެވަގުތު ހީވީ ފިލްމެއްގެ މަންޒަރު ސްލޯ މޯޝަން ކޮށްލާފައިވާ ހެންނެވެ. އަސަރުގަދަ ލޯބީގެ ވާހަކައެއްގެ ނިމުން ފަދައެވެ. އަނެއްކޮޅުން ޔާއިންގެ ހިޔް އުފަލުން ނަށަނީއެވެ. ލޯބިވާ ބައިވެރިޔާ ލިބުނު މަދު މީހުންގެ ތެރޭގައި އޭނާގެ ނަން ހިމެނުމުންނެވެ. ނަމަވެސް ތަގުދީރުގައި އޮތްގޮތް ޔާއިންއަކަށްވެސް ބަދަލެއް ނުކުރެވޭނެއްނޫންހެއްޔެވެ؟ ޔާއިން އާއި 2 ފޫޓް ކައިރިވެފައި ޔަނާލް އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ. އަދި ޔަނާލްގެ މޫނުމަތީގައި ހުރި ހަހަރުވެތިކަން ފިލުވާލާ މޫނުމަތީގެ ޢަޞަރުތައް ފޫހިކަމަށް ބަދަލުކޮށްލިއެވެ. ޔާއިންގެ މޫނުމަތީގައި ހީވީ ހޫނު ފޮޅިއެއް އަޅާލިހެންނެވެ.ކޯތާފަތުގައި ފިރުމައިލެވުނު ވެސްމެއެވެ. ކުޑައިރު މަންމަ އިލޮށިފަތިން ޖަހާއިރުވެސް އެހާ ތަދު އިހްސާސެއް ނުވެއެވެ. ހަޔާތުގައި އުފާވެރިކަމުގެ އުސްގަނޑެއްގައި އުޅެވިފައި ބަރުދާސްތުކުރަންދަތި ވަޅުގަނޑަދަކަށް ވެއްޓުނު ފަދައެވެ. ޔަނާލްގެ މި ޢަމަލްވީ ދުވަހަަކު ހިތާމޔަކާ ކުރިމަތިލައިފާނުވާ ޔާއިންގެ ހިތް ފުނޑުފުނޑުވީ ވަގުތުކޮޅަކަަށެވެ. އަމިއްލަ ހިތުގެ ބަލިކަށިކަމާއި ނިކަމެތިކަން އިހްސާސްވީ އަދި ކިރިޔއެވެ. އެކަމަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނުވެސް މެއެވެ. ލޯބީގައި ނާކާމިޔާބުވީ ކަމުގެ އިހްސާސް ކުރެވި އެތައްގަނޑު ނިތުގައި ޖަހަންވީ ވަގުތު އައިސް ޖެހިއްޖެކަން ޔާއިންއަށް އެނގުނެވެ. ބައްދާލުމަށް އުފުލާލި އަތް ތިރިކޮށްލަމުން އިސްޖަހާލީ ވީދެރައިންނާއި ގަތްލަދެއްގެ ބޮޑުކަމުންނެވެ. “ވަރަށް ހައިރާންވެއްޖެ ދޯ! ހީކުރީތަ މުޅި އުމުރަށް ތިލޯތްބަށް އިންތިޒާރުކުރާނޭ، އެއީ ކުށްހީއެއް، އަަހަރެންނަށް ޔާއިންއަށްވުރެ މާ އަޅާލާ އޯގާތެރި ބައިވެރިޔަކު ލިބިއްޖެ، ސޯ ނައު ނޯނީޑް އޮފްޔޫ،” ޔަނާލް އޭނާ ހިތުހުރި އެއްޗެއް ގޮވާލާފައި ދާން އެނބުރިލިއެވެ. “ޕްލީޒް ވެއިޓް، ގިވްމީ 5 މިނިޓްސް އޮންލީ، އެއަށްފަހު ތި ދިރިއުޅުމަށްވެސް މުޅި ދުނިޔެއަށްވެސް ސަލާމް” ޔާއިން އާދޭސް ކޮށްލިއެވެ. “ހޫމް ތިކިޔާ އެއްޗެއް ކިޔާ” ޔަނާލްގެ އަމަލުތަކުން ފެންނަނީ އިންތިހާ ދަރަޖައިގެ ނަފްރަތާއި ފޫހިކަމެވެ. “އަހަންނަށް މަޖުބޫރުވީ ތިދިރިއުޅުމާއި ދުރަށްދާން، ނަތާޝަ އަހަރެންނަށް ބިރުދައްކާ އިންޒާރުދިނީ، އަަހަރެން އެކަންކުރީ ޔަނާލްއަށް ރަނގަޅަކަށް” ޔާއިންގެ އަޑުގައިވަނީ ވޭނެވެ. އެމޫނުމަތީގައިވި މާޔޫސްކަމާއި އުއްމީދު ގެއްލިފައިވި ކުލަވަރު ހައިރާންކަމަށް ބަދަލުވީ ޔަނާލް ހޭން ފެށުމުންނެވެ. “މަޖުބޫރޭ، ތީ މި އެކާވީސްވަނަ ގަރުނުގައިވެސް އިވޭނެ އެންމެ ބޮޑު ޖޯކުކަންނޭނގެ، ލޯބިވާ މީހުން އެމީހުންގެ ލޯބިހޯދަން އެތަކެއް މަސައްަކަތެއް ކުރޭ، އެަތައް ފުން ކަނޑުތަކެއް ހުރަސްކޮށް އެތައް ޤުރުބާނީއެއްވޭ، އެމީހުން އެހެން މީހަކު އައިސްދޭ އިންޒާރަކަށް ޖެހިލުމެއްނުވޭ، ސަަބަބަކީ އެއަށްވުރެ އެމީހުން އެމީހުންގެ ލޯބި ހޯދުމަށްޓަކައި ދަހިވެތިވެފައިވި މިންވަރުން، ބައެއްފަހަރު ލޯބި ހޯދުމަށްޓަކައި އެލޯތްބާއި އެތަކެއްހާސް މޭލުދުރަށްދޭ، ލޯބީގެ މައިދާނުގައި ނަސްރު ހޯދޭނީ ކެރިގެން ކަންކަމާއި ކުރިމަތިލައިގެން، އަންހެންކުއްޖާ ނޫނެކޭ ބުނެފާނެކަމަށް ޖެހިލުންވުމަކީ ފިނޑިންގެ އަމަލެއް، ޔާއިންއަކީ ބޮޑު ފިނޑިއެއް، ލޯބީގެ މުހިއްމުކަން އިހްސާސްވިއިރު އެލޯބި ގެއްލި ވަގުތުވެސް ފާއިތުވީ، ޔާއިންއަށް ނުވިއެއްނު ދެމީދާފެހި ބުޅަލަށް ވީވަރުވެސް. ޙަހަހަހަ، އެކަމަކު އަދި އިރާދަކުރެއްވީތީ ޔާއިން ހަޔާތުގައި ވަގުތު އެބައޮތް، އަދި އަހަރެންނަށްވުރެ ހާސްބައި ރަނގަަޅުކުއްޖެއްވެސް ހަމަ ޔާއިންގެހަޔާތަށް އައިސްދާނެ، އުއްމީދާއި ހިތްވަރު ގެއްލުވާނުލާތި، އުފާވެރި މުސްތަގުބަލަަކަށް އެދެން” ޔަނާލް އެހުރިހައި އެއްޗެއް ކިޔާ ނިންމާފައި ދިޔައިރު ޔާއިންހުރީ ގަބުކައިފައެވެ. ދިރިހުއްޓަސް މަރުވެފައި ހުރި ފަދައެވެ. ޢެވަގުތު ޔާއިން އޭނާގެ ހަޔާތުގައި ނިންމާ އެންމެ ބޮޑު އަދި އެންމެ އުނދަގޫ ނިންމުން ނިންމިއެވެ.
* * * * *
ދާނެ މިސްރާބެއް ނެތި ޔަނާލް ދިޔައީ މާލޭގެ ހަލަބޮލި މަގުތައް ކުޑަކުރަމުންނެވެ. އިރުކޮޅެއްނުވެ ތޫފާނުގެ އަަސަރު މުޅިދުނިޔެ މައްޗަށް ގަދަކޮށްލިއެވެ. ލުއިލުއި ވައިރޯޅިތަކުގެ ބަދަލުގައި ޖެހެންފެށީ ބާރު ވައިރޯޅި ތަކެކެވެ. އިސާހިތަކުގެ ކެރިގަނޑުގެ ރަހްމެތްނެތް ހަމަލާތައް ނިކަމެތި ބިންގަނޑަށް އަމާޒުކުރަމުން ދިޔައެވެ. މީހުންތައް އެމީހުންގެ މަންޒިލަށް ވާސިލްވުމަށް އަވަސްވެގަތެވެ. އެއްބަަޔަކު ދިޔައީ އަސްކެނިތަކުގެ ހިމާޔަތް ހޯދަމުންނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ޔަނާލްގެ ފަރުވާލެއް ނެތެވެ. ވާރޭގެ ތިކިތައް އެމޫނުގައި ބީހިލާފައި ދިއުމުގެ ޝަރަފް ހޯދިއެވެ. ވާރޭގެ ސަަބަބުން އެ ސިކުނޑީގެ ޚިޔާލުތަކާއި ހިތުގެ ހިތްހަމަނުޖެހުންތައް ފިލައިގެން ދިޔައެވެ. އަނެއްކޮޅުން ޔަނާލް ގެއަށް ނައިސް ލަސްވަމުންދާތީ ކިޔާންގެ ހިތްވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކާރަށް އަރައިގެން ނުކުމެ ޔަނާލް ހޯދަމުން ދަނިކޮށް ފެނުނީ ރަސްފަންނު ކައިރިންނެވެ. ޔަނާލް އުޅެމުންދިޔަ މިިނިވަން ގޮތް ފެނި ކިޔާންގެ ހިތް އުފަލުން ނަށާލިއެވެ. އެ މައުސޫމްކަން ފެނި ހިތް ލޯބިން ފުރުނެވެ. އެހެނަސް ޔަނާލް ބަލިވެދާނެހެން ހީވުމުން ކާރުން ފައިބައިގެން ކިޔާން ދުއްވައިގަތީ ވެހެމުންދާ ބޯވާރޭއަށް ފަރުވާލެއްނެތިއެވެ. ދުވަމުން ދުވަމުން އައި ކިޔާންފެނި ޔަނާލަށް ހުއްޓެވުނެވެ. އެއާއިއެކު އެ ފުރިހަމަ ހިނިތުންވުން އިތުރަށް ފުންވިއެވެ. އަދި ކިޔާންގެ ރީތިކަމަށް ހިތާހިތުން ތަޢުރީފް ކޮށްލެވުނު ވެސްމެއެވެ. ތެމުމުގެ ސަބަބުން ލައިގެން ހުރި ތުނި ހުދުކުލައިގެ ޓީޝާޓްވަނީ ކިޔާންގެ ގައިގައި ތަތްލަވާފައެވެ. ޓީޝާޓްގެ ތުނިކަމުންނާއި ކުލައިގެ ސަބަބުން އެދޮން ހަށިގަނޑުވަނީ ތެމުމުގެ ސަބަބުން ކަޝްފުވެފައެވެ. “ޔާލް، ހިނގާ ގެއަށް ގަޑިން ވީވަރެއް އެނގޭތަ؟ ޔާލްް ބަލިވެދާނޭ” ކިޔާން ކަންބޮޑުވުމާއިއެކު ބުންޏެވެ. “ހިނގާ ދެމިހުން ތެމެން، އޭރުން މަޖާވާނީ.” ކިޔާން ބުނިއެއްޗެއް ޔަނާލްއަށް އަޑުއިވުނު ހެންނެއް ހިޔެއް ނުވެއެވެ. ޔަނާލް ވާރޭގެތެރޭ އެނބުރެން ފެށުމުންް ކިޔާން އެތަނަށް އައި މަޤްޞަދުވެސް ހަނދާން ނެތުނެވެ. ޔަނާލް އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއްކަމެއްވެސް ނޭނގެއެވެ. އާޝޯޚްވެފައި އެމަންޒަރު ދެކެން ކިޔާންއަށް ހުރެވުނެވެ.
* ޔެ މޯސަމް ކި ބާރިޝް*
* ޔެ ބާރިޝް ކަ ޕާނީ*
*ޔެ ޕާނީ ކި ބޫނދޭ*
*ތުޖޭ ހީ ތޮ ދޫނދޭ*
* ޔެ މިލްނޭ ކި ޚްވާހިޝް*
*ޔެ ޚްވާހިޝް ޕުރާނީ*
*ހޮ ޕޫރީ ތުޖީ ސޭ*
*މެރީ ޔޭ ކަހާނީ*.
ކިޔާންގެ ހިތުގައި އެވަގުތު ކުޅެލެވުނީ ބޮލީވުޑްގެ ފިލްމެއްކަމުގައިވާ ‘ހާފް ގަރލްފްރެންޑް’ގެ ލަވަޔެއް ކަމުގައިވާ ‘ބާރިޝް’ އެވެ. ކިޔާން ގޮސް ޔަނާލް އުރާލަމުން ވައިގެތެރޭ އަނބުރާލިއެވެ. “ކިޔާން އައި ލަވްޔޫ” ޔަނާލަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ކިޔާންއަށް ޔަނާލް ބިމުގައި ބަހައްޓާލެވުނީ ކުއްލިއަކަށެވެ. “ކީކޭ އަދި އެެެއްފަހަރު ބުނެބަލަ، ތި ތިންލަފްޒު ތި ދުލުން އަޑުއިވުމަށް އަހަރެންކުރި އިންތިޒާރު ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ!” ކިޔާންއަށް ބުނެވުނެވެ. “އަހަރެންނަށް ކިޔާންދެކެ ލޯބިވެވިއްޖޭ، ތި އޯގާތެރިކަމާއި ކެތްތެރިކަމުގެ ސަަބަބުން އަހަރެންގެ ހިތް ފަތަހަކުރީ، ތި ސިފަތަކުގެ ސަބަބުން ކައިވެންޏަށްފަހު ބަހައްޓަން ބޭނުންވި ދުރުކަން ނުބެހެއްޓުނީ، ތި ސިފަތަކުން ހަފްތާއެއްގެ ތެރޭ އަހަރެންގެ ހިތް ބަދަލްވީ، އައިލަވްޔޫ ކިޔާން، މޯ ދޭން އެނީތިންގް އިން ދަވޯލްޑް” ޔަނާލް ބުނެލިއެވެ. “ލަވްޔޫ މޯ ވައިފީ” ޔަނާލްގެ ކަންފަތް ދޮށުގައި އެހެން ބުނެލުމުން ޔަނާލްގެ ހަށިގަނޑުން ހީބިހި ނަަގައިގެން ދިޔައެވެ.
* * * * *
“ކޮބާތަ ޔަނާލް ހޯދަން ދިޔަ ކިޔާން، ރަމަން ރަމަން ފޯލި ކުޅެނީ ތޯއްޗެއް، އާނ އެހެންޏާ، ޔަނާލް ހޯދަންދިޔަ ކިޔާން ޔަނާލަކަށް ބަދަލުވީނޫންބާ؟” ޝަނާ މަޑުމަޑުން ހުރެެގެން މިހެން ކިޔަމުން ހިނގާތާ ހައެއްކަ މިނެޓް ވެދާނެއެވެ. ވަގުތަކީ ތެމި ފޯވެފައި ތިބި ދެމަފިރިން ގެއަށް ވަތް ވަގުތުވެސް މެއެވެ. “ކޮންތާކުން އަޅެ ތިޔައީ، މިހާރު އެއޮތް އެގާރަގަޑި ބައިވީ ވިއްޔާ، އޯހް ސޮރީ، ތެމިލާފަ ދޯ ތިޔައީ، ރަނގަޅަށް ވަގުތުގެ ބޭނުން ހިފާލީތާ ދޯ! ދުޢާކުރާނަން ވާރޭ ނުހުއްޓާތޯ، އޭރަށްތާދޯ މިރޭގެ އަރާމް އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ، އޫހް” ޝަނާ ވާހަކަ ފެށީ ހިތްހަމަނުޖެހުމާއިއެކީ ނަމަވެސް ނިންމާލިއިރު އެއަޑުގުއި ވަނީ ލާނެތްކަމުގެ އިންތިހާއެވެ. “ދެން މަންމާ” ކިޔާން ލަދުގެންފައި ހުރެ ބުނެލިއެވެ. “ހޫމް މަންމައަކަށް ގޮވާނެކަމެއް ނެތް، ހޭވް ފަން” ޝަނާ އެއްލޯ މަރާލާފައި ހިނިގަނޑެއް ޖަހާލުމަށްފަހު ސިޑިން އަރައިގެން ދިޔައެވެ. “ވެއިޓް މަންމާ، ޔުއާން ތިކޮޓަރިއަށް ގެންދައްޗޭ މިރެއަށް،” ކިޔާން ގޮވާލިއެވެ. “އާނ، ކަލެމެން ކުރާ ކަންތައް ދައްކަން އެސޮރެއް ނުބާއްވާނަން” ޝަނާ އޭނާގެ ރަސްމީ ލާނެތް ރާގުގައި ބުނެލިއެވެ. އަތްދަނޑިމައްޗަށް ޔަނާލް ލައިގެން ކިޔާން ގޮސް ކޮޓަަރިއަށް ވަނެެވެ. ކޮޓަަރި އޮތީ އެދެމަފިރިންނަށް ހިތަކަށް ލިބިފައެވެ. ޔަނާލާއި ކިޔާން އެކަކު އަނެކަކުގެ ނޭވާ އެޅޭ ހިސާބަށް ގާތްވިއެވެ. އިސާހިތަކު އެ ފިނިރޭގައި އެދެމަފިރިންގެ ހަށިގަނޑު އެއް ހަށިގަނޑަކަށް ވިއެވެ. އޭރު ދެހިތުގައިވެސްވީ ދުޢާއަކީ އަަބަދަށް އެކީގައި ލެހެއްޓެވުމާއި އެއުފާވެރިކަން އަބަދަށް ދެމެހެެއްޓެވުމެވެ.
* * * * * *
ހެނދުނު ހޭލެވުނުއިރު ޔަނާލްހުރީ ކުޑަކޮށް ރޯގާވައްތަރު ވެފައެވެ. ފަތިހު ތެދުވެ ނަމާދުކޮށްލައިގެން ނިދީވެސް އެެހެންވެއެވެ. އެންމެ ފުރަތަމަވެސް ފޭސްބުކަށް ވަދެލިއެވެ. އެއާއިއެކު ލޮލުގައި އަޅައިގަތީ ނުހަނު ޝަޢުޤުވެރި ޚަބަރެކެވެ. ‘މާލޭގައި ގެއެއްގެ ބެލްކަނީއަކުން ފުންމާލި މީހަކު މަރުވެއްޖެ’ ސުރުޚީގައި އެެހެން ލިޔެފައި އޮތެވެ. އިތުރު ތަފްޞީލް ހޯދާލުމަށް ލިންކަށް ވަދެލިއެވެ. “ވަގުތު ނޫހަށް މައުުލޫމާތު ލިބުނު ގޮތުގައި މަރުވެފައިވަނީ އުމުރުން 28 އަަހަރުގެ ޔާއިން ޒިހާންއެވެ. އޭނާ ފުންމާލާފައިވަނީ އޭނާ ދިރިއުޅޭ ހެންވޭރު ނަޢިޓްސްޓަރ ގޭގެ ހަތްވަނަ ބުރިންނެވެ. އައި.ޖީ.އެމް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެނައިރުވެސް ހަރަކާތް ހުއްޓިފައިވާ ކަމަށެވެ.” މިހާހިސާބަށް ކިޔާފައި ޔަނާލަށް އަނގަމަތީ އަތް އެޅިގޮތަށް ރޮވެން ފެށުނެވެ. އެއާއެކު އޭނާ ހަނދާންވީ ޔާއިން އޭނާގެ ގާތު ކުރި އާދޭސް އަދި އޭނާގެ އެންމެ ފަހު ޖުމްލަތައް ހަނދާންވުމުން އިތުރަށް ރޮވުނެވެ. “ޕްލީސް ގިވްމީ ފައިވް މިނިޓްސް، އެއަށްފަހު ތިދިރިއުޅުމަށްވެސް މުޅި ދުނިޔެއަށްވެސް ސަލާމް… މުޅި ދުނިޔެއަށްވެސް ސަލާމް.. މުޅި ދުނިޔެއަށްވެސް ސަލާމް…” ޔަނާލަށް ހީވީ ޔާއިންގެ އަސަރުގަދަ އަޑުން އެެހެން ބުނެލިހެންނެވެ، ޔަނާލަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. “ކިިހިނެއްވީ؟” ކިޔާން ސިހިފައި ތެދުވެ އަހާލިއެވެ. އެއަޑުގައިވަނީ ނިދީގެ އަސަރެވެ. ޔަނާލް އޭނާގެ ފޯނު ދައްކާލިއެވެ. ކިޔާންއަށްވެސްވީ ޔަނާލަށް ވީވަރެވެ. އަދިި ރޭގައި ހިނގި ހާދިސާ އެއްވެސް ފޮރުވުމެއްނެތި ކިޔާންއަށް ކިޔައިދެވުނެވެ. “އަ…އަހަންނާ.. ހެދި ޔާއިން… މަރުވީ. އަހަރެން އެހެން ނުހެދިނަަމަ އޭނަ ދުނިޔޭގަ ހުރީސް، އެކަމް އެއީ ކުފުރު މަރެކޭ.. އަަހަރެން ވަކިވަުންވެސް އެވަރަށް ބުނިން…. ހިތްވަރުކުރާށޭ!” ޔަނާލަށް ރޮއެގަނެވުނެވެ. “ހެއި ޑޯންޓް ބްލޭމް ޔުއަރ ސެލްފް. އެއީ ޔާލްގެ ކުށެއް ނޫނޭ، ހޫމް ދެން އެވާހަކަ ބާއްވާ، ރޭގަ ދޯ، ހަހަހަ” ކިޔާން ޔަނާލް ހެއްވާލަން މަސައްކަތް ކުރިއެވެ. އެކަން އެންމެ ފުރިހަމައަށް ކާމިޔާބު ވިވެސް މެއެވެ.
* * * * *
“ކީއްވެތަ ބައްދަލް ކުރަން ބުނީ، ތިޔަ މޮޅު ޕްލޭންފުޅުގެ އަޕްޑޭޓް ދޭންތަ؟” ކުރިމަތީގައި އިން ތުގާއަށް ނަޒަރެއް ދެމުން ވިލީޝާ ވާހަކަދެއްކީ މަލާމާތުގެ ރާގަކަށެވެ. “ނޮޓް ފަނީ، އެެހެންވެގެންނޭ ވިލީ އެހާވަރަކުން މިގެނައީވެސް. ތުގާ ބުނެލިއެވެ، “ޢައި ހޭވް އެން އައިޑިޔާ، ޕާޓީ ޑްރަގްސް ދީގެން ޔޫ ބޭނުންގޮތެއް ހަދާނީ” ވިލީޝާ ހިތުން މޮޅުއެއްޗެއް ބުނެލިއެވެ. “ސާބަސް، ޑްރަގްގެ ހިސްޓްރީވެސް ނެތް މީހެއް އެއީ، އަހަރެން އެންމެ ފަަހުގެ ނިންމުން ނިންމައިފިން،” ތުގާ އިތުރަށް ވިލީޝާ ތަޅުވާލިއެވެ. “ކޮބާ؟” ހިތްއަވަސްވެފައިވާ ޙާލު ވިލީޝާ އަހާލިއެވެ. “އަހަރެން މިއުޅެނީ ޔަނާލް މަރާލަން، މިއީ 100% ޔަގީން ޕްލޭނެއް” ތުގާގެ ދުލުން އިވިގެން ދިޔަ ވާހަކަތަކުން ވިލީޝާގެ މޫނުމަތިން ބިރުވެރިކަމާއި ޖެހިލުންވުން ފެނިލިއެވެ. “ކިތަންމެ ވަރަކަށް މީހުންގެ ދިރިއުޅުމަށް ޒަހަރު ލިޔަސް ތިކަން ކުރެވޭކަށްނެތް، ސޮރީ ތުގާ، ތުގާވެސް ރަނގަޅުވާނީ މީހެއްގެ ފުރާނަޔާއި ނުކުޅުނިއްޔަ” ވިލީޝާ ސާބިތު އަޑަކުން ބުނެލިއެވެ، “ކީކޭ، ތީ ކޮންކަހަލަ ސަމާސާއެއް، ކަމޯން ވިލީޝާ. ދިސް އިސް 2020. ނޮޓް 1900. މައްސަލައެއް ނެތް، އަހަރެންގެ ޕްލޭންގައި ބައިވެރި ނުވަންޏާ، ވިލީގެ ފެމިލީ އެންޑް ޔޫ ތިހިރީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި” ތުގާ ބުނެލިއެވެ. “ސޮރީ ސޮރީ، އަހަރެން ތުގާއާއި ބައިވެރިވާނަން” ވިލީޝާ ތުޤާ ދިން އިންޒާރަށް ރަނގަޅަށްވެސް ބިރުގަތެވެ. “ނައު ދެޓްސް ގްރޭޓް، ޔަނާލް އަހަރެން މިދަނީ ތިދިރިއުޅުމުގެ ތެރެއަށް ކަތުރުފަންޏެއްހެން ވަދެލަން. ތި އުފާވެރިކަން ކުނޑިކޮޅެއްފަދައިން ދުއްވާލާނަން” މިހެން ބުނެ ތުގާ މަކަރާއި ހީލަތުން ފުރިފައިވި ހިނިގަނޑެއް ޖަހާލިއެވެ.

( ނުނިމޭ )

އައްސަލާމް ޢަލައިކުމް! ތިޔަ ކިޔުންތެރިން ތިއްބެވީ ދުޅަހެޔޮ ޞިއްޙަތެއްގައި ކަމުގައި ހީކުރަމެވެެ. ވާހަކަ ނުގެނެސްދެވި ލަސްވިކަމަށްޓަކައި ނިހާޔަތަށް މައާފަށް އެދެމެވެ. ލަސްވި ސަަބަބަކީ އަޅުގަނޑު ވާހަކަ ލިޔަމުން ދިޔަ ޑިވައިސްގައި ޖެހުނު މައްސަަލައެއްގެ ސަބަބުންނެވެ. ދެން މިވާހަކައިގައި ބާކީ އޮތީ 4 ނުވަތަ 5 ވަރަކަށް އެޕިސޯޑުކަމަށް ބެލެވެއެވެ. އިންޝާﷲ ކޮންމެ ހާލެއްގައިވެސް މި ވާހަކަ ނިންމާނަމެވެ، ތިޔަ އެންމެހައި ކިޔުންތެރިންނަށްވެސް މި ފުރުސަތުގައި ތިދެއްވާ ލޯތްބާއި ހިތްވަރާއި ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. މި އެޕިސޯޑްވެސް ކަމުދިޔަ ކަމަށް ހީކުރަމެވެ. އަނެއްބައި އިންޝާﷲ 1 ނޮވެމްބަރު 2020 ގައި، އިންތިޒާރުކޮށްލައްވާ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ނޭދެމޭ ވަކިވުމެއް-23

Next

މަންޒިލް 17

Next
October 29, 2020

މަންޒިލް 17

Previews
October 28, 2020

ނޭދެމޭ ވަކިވުމެއް-23

5 Comments!

  1. Luhoo says:
    October 29, 2020 at 9:27 am

    Mee first tha Yey?… Vv reethi Mi part vx Curiously waiting for next part. ❤️❤️
    It’s OK ehn vx vaane dhw baeh faharu ??
    Seriously v avahah nimeyne dhww mi story ??
    Thuga plx yanaal ah dhera gotheh nahadhahchey??… Yaain maru v tha ???
    This is one of my favourite story ❤️❤️
    Tc and stay safe ?

    1. NERF says:
      October 29, 2020 at 12:24 pm

      Yess luhoo ah mifaharu first thi libuny, thankyou so much, next job inshaallah Saturday or Sunday, ownn varah happy vehje understand veema, aan nimeyne first story veema ehaa dhigu kuran gastheh nukuran, but dhen liyaa vaahaka dhiguvaanehen Heevey. Let’s see dhw, aan esoru maruvee haha. Varah varah bodah thankyou luhoo, tc ss

  2. s.n.o.w.f.l.a.k.e Maash says:
    October 29, 2020 at 11:49 am

    Varah reethi Maasha Allah ???

    1. NERF says:
      October 29, 2020 at 12:25 pm

      Thank you so much for reading this story maash, maash ge story ves varah reethi masha allah

  3. butterphly says:
    October 30, 2020 at 11:41 am

    Nice story …???loved it…???????

Comments are closed.

Next Episodeވަމޭ ތިލޯބި އެދިއެދި ( ސާދަވަނަ ބައި )←


All Right Reserved!