“ޔަނާލް، އަހަރެންނަށް މައާފްކޮށްދޭތި، އަހަރެންނަކީވެސް ތުގާގެ ޕްލޭންތަކުގައި ބައިވެރިވި މީހެއް، ޔަނާލް ބޭނުންނަމަ އަހަރެން ފުލުހުންނާއި ހަވާލުކުރޭ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް،” ވިލީޝާ އިސްޖަހާލައިގެން އިނދެ ލަދުވެތިކަމާއެކު ބުންޏެވެ. “ނޫން، ވިލީވެސް ތިކުރީ ބޮޑު ކުށެއް، އެހެނަސް ވިލީ ނުބުނިނަމަަ މި ސިއްރު މިފަދަ ގޮތަކަށް ބޭޒާރެއް ނުވާނެ، ވަރަށް ބޮޑަށް ޝުކުރިއްޔާ، އަހަރެން ވިލީއަށް މައާފް ކޮށްފިން،” ޔަނާލް ހިތްހެޔޮކަމާއެކު ބުންޏެވެ. “ޝުކުރިއްޔާ!” ލޮލުން ކަރުނަ ފައިބާ ހާލުގައި އިނދެ ވިލީޝާ ބުންޏެވެ. ޔަނާލް ހިނިތުންވެލަމުން ބޯޖަހާލިއެވެ. “ފާޒިލްގެ ލައިފްގެ ވާހަކަ ކިޔާދީބަލަ، ތުގާ ކަންތައްކުރި ގޮތާއި” ޔަނާލް ފޯނު ރިކޯޑަށް ޖައްސާލަމުން އެއްފައިމައްޗަށް އަނެއްފައި އަރުވާލިއިރު އެތުންފަތުގައި ކުޅެލާފައިވަނީ ކާމިޔާބީގެ ހިިނިތޔުންވުމެކެވެ. ” އަހަރެންނަށް ތުގާ ފެނުނީ 6 އަހަރު ކުރިން، އޭރު ތުގާއަށް ވާނީ 21 އަހަރު، އަހަންނަށް 23 އަހަރު” ފާޒިލް ފެށިއެެވެ.
________________
_______
6 އަަހަރުކުރި
“ފާޒިލް މިއަދު އަލަށް ޖޮއިން ކުރިއެއްނު ކުއްޖެއް، އެއީ ވަރަށް ރީތި ކުއްޖެކޯ، މަޑުމައިތިރި ބަސްމަދު މަންޖެއެކޯ،” ފާޒިލްގެ އެކުވެރި އަދި ފާޒިލްގެ ތިމާގެ ކުއްޖެއް ކަމުގައިވާ ނާޒިލް ބުންޏެވެ. ނާޒިލް ފާޒިލްއަށްވުރެ ހަގީ އެންމެ އަހަރެކެވެ. އެހެންކަމުން އޭނާއަށް މިހާރު 22 އަހަރެވެ. ތިމާގެ ކުއްޖަކަށްވުރެ ބޮޑަށް އެއީ ހުރިހާ ކަމެއް ހިއްސާކޮށްލެވޭ ދެ އެކުވެރިންނެވެ. “ދެން ކީއްތަ! އެއީ އަަހަންނާ ބެހޭކަމެއް ނޫނެއްނު” ފާޒިލް ދެކޮނޑު އަރުވާލަމުން ފޫހިކަމާއެކު ބުންޏެވެ. “ތިއެއް އެނގިދާނެތާ އެމަންޖެ ފެނުނީމަ، އޭ އެއޮތް ދަނީޔޭ” ނާޒިލް އިޝާރާތްކޮށްލީ ކޮރިޑޯތެރެއިން ހިނގާލާފައި ދިޔަ އަންހެން ކުއްޖަކަށެވެ. “ތު އިތްނީ ޚޫބްސޫރަތްހޭ” ފާޒިލްއަށް މަޑުމަޑުން ބުނެވުނެވެ. ވާނީވެސް އެެހެންނޫންހެއްޔެވެ؟ އުނަގަނޑާއި ހިސާބަށްއަރާ ބްލޮންޑް އިސްތަށިގަނޑު ފެނިވެސް އޭނާ އާޝޯޚް ކޮށްލުވިއެވެ. އެހިތިފަތު ބުމައާއި އެސްފިޔަތައް ބޯ ދެލޮލެވެ. މަޑު މުށިކުލައިގެ ކަޅިން އެމައުސޫމުްކަން އިތުރުކުރުވައެވެ. ނަމަވެސް އެމައުސޫމް ކަމުގެ ފަހަތުގައި ފިލާހުރި ޝައިތާނާވަނީ މުޅި ދުނިޔެއަށް ވަންހަނާވެފައެވެ. “ކުޗްކުޗް ހޯތާހޭ، އެއީ އަހަންނާ ބެހޭކަމެއް ނޫނެއްނުދޯ” ނާޒިލްވެސް ފާޒިލް ބުނެލި ރާގަށް ބުނެލިއެވެ. ފާޒިލް ނާޒިލްގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ.
* * * * * *
ދުވަސްތައް ވޭތުވަމުން ދިޔައީ ހަލުވިކަމާއެކީގައެވެ. ފާޒިލްއާއި ތުގާވެސް ދެރަހްމަތްތެރިންނަށް ވެއްޖެއެވެ. އިންސްޓަގްރާމުން ޗެޓްކޮށް އެކަކު އަނެކަކަށްވަނީ އިތުބާރު ކުރެވެން ފަށާފައެވެ. ނަަމަވެސް ފާޒިލްގެ ހިތުގައި ތުގާއާއިމެދު އެހެން ވިންދެއް ޖަހަން ފަށައިފިއެވެ. އެވާހަކަ ތުގާގާތު ނުބުނީ ރަހްމަތްތެރިކަން ކެނޑިިދާނެކަމުގެ ބިރަށެވެ. ނަމަވެސް ލަދަކާހުރެ ތަދެއް ނުފިލާނެކަން ފާޒިލްއަށް އެނގުނެވެ. ތުގާވެސް އޭނާއަށް ދޭ ނަޒަރުތަކުން ތަފާތު މެސެޖެއްދޭ ފަދައެވެ. އެހެންކަމުން ތުގާގާތު އިންނަން އަަހަން ނިންމިއެވެ. ރަށްޓެހި ނުވިއެއްކަމަކު އެކަކު އަނެކަކު ނުހަނު ރަނގަޅަށް ދަސްވެފައިވާތީއެވެ. ނަމަވެސް އެއީ ފާޒިލްގެ ހަޔާތުގައި އެޅުނު ބޮޑު ޅައެއްޗެކެވެ.
* * * * * *
މިއަދަކީ ފާޒިލް ތުގާގާތު އިންނަން އަހާ ދުވަހެވެ. ތުގާ ގެންގޮސް ކޮލެޖްގެ ހުސްބިމުގައި ބެހެއްޓިއެވެ. އަދި ލޯ މެރުމަށް އެދުނެވެ. “ލޯ ހުޅުވާލާ” ފާޒިލް ބުންޏެވެ. ތުގާގެ މޫނަށް ލަދުވެތި ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ކުރިމަތީ އެއްފައި މައްްޗަށް ތިރިވެ އެއިނީ ފާޒިލެވެ. “ވިލް ޔޫ ބީ މައިން ފޯ އެވަރ” ފާޒިލް ބުންޏެވެެ. “ޔެސް ޔެސް” ތުގާ ބުންޏެވެ. އެންމެންގެ އަތްތިލަބަޑީގެ އަޑުން މާހައުލު ގުގުމާލިއެވެ.
* * * * *
ދުވަސްތައް ފާއިތުވަމުން ދިޔައީ ހިތްހަމަޖެހުމާއިި އުފަލާއި އެކީގައެވެ. އޭރު ތުގާއާއި ފާޒިލްގެ ކައިވެނިވެސް އޮތީ ބޯމަތިވެފައެެވެ. މާގިނަދުވަހެއް ނުވެ ދެމީހުން ކައިވެނިވެސް ކުރެވުނެވެ. ފާޒިލްގެ އާއިލާގެެވެސް ރުހުމުގައެވެ. ތުގާގެ މައިންބަފައިންވެސް ވަނީ އޭނާ ކުޑައިރު ނިޔާވެފައެވެ. ތުގާ ބެލީ އޭނާގެ ބައްޕަފަރާތު ބޮޑުދައިތައެވެ. ބޮޑުދައިތަވެސް އެކައިވެންޏަށް ރުހުން ދިނެވެ. ކުޑަކުޑަ ހަފްލާއެއް ބާއްވަަފައި އެމީހުން ދިޔައީ ހަނީމޫނަށެވެ. ހަނީމޫނުގެ މަސްދުވަސް ނިންމާފައި އައިއިރު ތުގާ ބަނޑުބޮޑެވެ. އެއުފާވެރި ދިރިއުޅުމުގައި މައްސަލަޖެހެން ފެށީ އެހިސާބުންނެވެ. ތުގާ ދަރިޔަކު ބޭނުންނުވިޔަސް އެއީ ފާޒިލް ނުަހަނު ބޭނުންވާ ކަމެކެވެ. ތުގާގެ އަސްލު ކުލަވަރު ފެނުނީވެސް ކައިވެންޏަށް ފަހުގައެވެ. އެއީ ކަންނެތްކަމުގެ އިންތިހާއެވެ. ސައި ތައްޔާރުކޮށް އެއްޗެހިދޮވެ އިސްތިރިކޮށް ގޭގައި ޖެހުނު މަސައްކަތެއް ކުރަނީވެސް ފާޒިލެވެ. ކައިވެނީގެ ކުރިން އެހުރިހާކަމެއް ދަސްކުރިކަން އެއީ ފާޒިލްގެ ނަސީބެވެ. އެހުރިހާ ކަމަކަށްވެސް ކެތްކުރީ ތުަގާދެކެ ވީ ލޯބީގެ ހައްގުގައެވެ. ހަޔާތުގެ ބައިވެރިޔާ ހޯދިއިރު ރީތިކަމަށް އިސްކަން ނުދެވުނުނަމައޭ އޭނާގެ ހިތަށް އެރިއެވެ. ގިނަރޭރޭ ފާޒިލްޖެހެނީ ތުގާއާއި ޒުވާބުކޮށްގެން ސޯޯފާގައި ނިދާށެވެ.
* * * * *
ތުގާގެ ބަނޑަށް ނުވަމަސް ފުރުނުއިރުވެސް ފާޒިލް އުޅުނީ އެހާލުގައެވެ. ތުގާ ވިއްސަން ގެންދެވުނީ ރޭގަނޑެއްގެ ވަގުތުއެވެ. ތުގާވިހީ ފުށްގަނޑެއްފަދަ ލޯބިލޯބި އަންހެން ކުއްޖެކެވެ. ތުގާއޮތީ ތުންދަމައިގެންނެވެ. “މަށަށް މިހުރިހާ ތަދެއް އުފުލަންޖެހުނީ ކަލެޔާ ހެދިއޭ” ތުގާ ހިތުހުރި އެއްޗެއް ކިޔާލިއިރުވެސް އެ ކެތްތެރި ފާޒިލްގެ ދުލުން އެންމެ ބަހެއްވެސް ބޭރުނުކޮށްލައެވެ. އެރޭ ތުގާގާތު މަޑުކުރީ ފާޒިލްއެވެ. ހެނދުނުގެ ވަގުތު އިރުގެ އަލި ލޮލަށް އެޅިގެން ފާޒިލަށް ހޭލެވުނު ވަގުތު ތުގާގެ ބޮލުގައި ފިރުމާލަން އުޅުނުތަނާ އަތްޖެހުނީ ކަރުދާސްގަނޑެއްގައެވެ. ވަގުތުން ފާޒިލްގެ ނިދިގޮސް ވަންތަނެއްވެސް ނޭނގެއެވެ. “ފާޒިލަށް.. . . މަ ކަލެޔާ އިނީ ލޯބިންނެއް ނޫން، ކަލޭގެ ރުފިޔާކޮޅުގެ ބޭނުމުގައި، އަހަރެން ލޯބިވާމީހެއް ހުރޭ، ކަލެޔަށް ތިއޮތް މުސީބާތްވެސް، މަ ޙޯދަން ނޫޅޭތި” ތުގާ ލިޔެފައިވިއެވެ. އަވަސްއަވަހަށް ފޯނުނަަގައި އޭނާގެ އެކައުންޓް ބެލެންސް ޗެކްކޮށްލިއެވެ. އޭނާއަށް ބޮލުގައި ހިފަހައްޓާލެވުނެވެ. އޭނާ އެއްކުރި މިލިޔަނެއްހާ ރުފިޔާ ތެރެއިން އެންމެ ލޯ ލާރިއެއްވެސް ނެތެވެ. ތުގާގެ މަކަރުވެރިކަންފެނި އޭނާ އަންތަރީސް ވިއެވެ. ފާޒިލް މަޑު ހިނގުމެއްގައި ގޮސް ދަރިފުޅު އުރާލަަމުން އެދަރިފުޅުގެ ނިތަށް ބޮސްދިނެވެ. އަދި އެދަރިފުޅު ރަނގަޅު ތަރުބިޔަަތެއްގެ މަތީ ބެލުމަށް ޢަޒުމް ކަނޑައެޅިއެވެ.
_________________
__________
މިހާރު
“ފަހުން ތުގާގެ ފްރެންޑެއް ބުނީމަ އެނގުނީ އޭނަ އަހަރެންގެ ރުފިޔާކޮޅު ކަޓުވާލައިގެން މެލޭޝިޔާއަށް ބަދަލުވިކަން، އަހަރެން ކޮންމެހެން އޭނަ ހޯދާކަށް ނޫޅެން، އެކަމަކު އަދިވެސް އެއީ އަހަރެންގެ އަތްބެއް، އަހަރެންހަމަ ލަންްޑަންގަ މިހިރީ، އެކައިވެނި ކުރިކަން ރާއްޖެއަށް އެނގޭނެހެނެއް ހިޔެއް ނުވޭ މަންމަމެން ގާތަށްގޮސްގެން އަހަރެންގެ ދަރިފުޅު ތާރާ ބެލީ” ފޯނުން ލޯބިލޯބި އަންހެން ކުއްޖެއްގެ ފޮޓޯ ދައްކާލަމުން ބުންޏެވެ. ތެދެކެވެ. އެއީ ހަމަ ތުގާގެ ކޮޕީއެކެވެ. ފާޒިލް އޭނާގެ އުފާވެރި،ހިތި މާޒީ ޚުލާސާކޮށް ކިޔައިދިންއިރު އަސަރުނުކުރާ މީހެއް އެތާކު ނެތެވެ. “އަހަރެންނަކަށް ނޭނގެ ފާޒިލް ތިހުރިހާ ކަމެއް ތަހައްމަލްކުރިކަމެއް، އައިމް ސޮރީ ފޯ ދެޓް” ޔަނާލް ހިިނިތުންވެލިއެވެ. “އެނީވޭސް އައި ހޭވް އަ ޕްލޭން ލިސެން..” ޔަނާލް ކިޔައިދިނެވެ. “ދެން ޓިކެޓް ނަގައިގެން ދެވޭނެތަ؟” ވިލީޝާ ހާސްކަމާއެކު އަހާލިއެވެ. “އައި ތިންކް، މާދަމާނޫން އަނެއްދުވަހު އެއްނު އަދި މެރިިއޭޖް އޮތީ، ޑޯންޓް ވޮރީ، މާދަމާ މެންދުރަށް ފުރަން ރެޑީވޭ” ޔަނާލް އެންގިއެވެ. އެކިވާހަކައިގައި ތިބެ އެމީހުން ކޮފީ ނިންމާލިއެވެ.
* * * * * * *
ޔައުލާއާއި ޔުމާންވެސް ތިބީ ތުގާގެ މަކަރުވެރިކަންފެނި ހައިރާންވެފައެވެ. އަދި މަންމައަށާއި ބައްޕަޔަށް އޭނާގެ ޕްލޭން ކިޔައިދިނެވެ. އެމީހުންވެސް އެކަމަށް ހިތްވަރު ދިނެވެ. އަދި ތުގާއަށް ގުޅާލީ އޭނާގެ ރޭވުމުގެ ފުރަަތަމަ ފިޔަވަހި ނިންމުމަށެވެ. “ހަލޯ، ތޫ، އަހަރެންގެ ދެއޮޕަރޭޝަންވެސް ނާކާމިޔާބު، ބަޓް ވެޑިންއަށް ދާނަން ” ރޮމުން ރޮމުން ޔަނާލް ބުންޏެވެ. “ޔެސް… . . އައްދެ މިއޮށް ސޭޓަަށް މި ބުނެލީީ، އަޅޭ އައިމް ސޯ ސޮރީ، މިގަޑި ކުޑަކޮށް ބިޒީ، ބާއްވަނީ ދެން، ބާއި” ތުގާ ފޯނު ކަނޑާލުމުން ޔަނާލް ހިފަަހައްޓައިގެން އިން ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ކަލޭ މަޖާކުރާނެ ވަރަކަށް މަޖާކުރޭ، ތިހެން މިނިވަންކޮށް ދޫންޏެއްހެން އުޅެވެން އޮތީ އެންމެ ދުވަހެއް” ޔަނާލް ބުނެލިއެވެ.
* * * * * *
ޔަނާލްއާއި، ޔައުލާއާއި، ފާޒިލާއި ތާރާގެ އިތުރުން ޔުމާން ތިބީ ހީތްރޯ އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ. ރާއްޖެއަށް ދިޔުމުގެ މަގުމަތީގައެވެ. ޔަނާލް އިރުއިރުކޮޅާ ތާރާއާއި ސަމާސާ ކޮށްލައެވެ. ލަންޑަން ގަޑިން 14:00 ގައެވެ. ވިލީޝާ މަޑުކުރީ ޔަނާލްްގެ އެދުމަށެވެ. ޗެކިން ނިންމާލާފައި މާގިނައިރު ބޯޑިިންގައި މަޑުކުރާކަށް ނުޖެހުނެވެ. ވަގުތުން ބޯޑިން ދޮރު ހުޅުވުމުން ގޮސް ފްލައިޓަަށް އެރީއެވެ.
* * * * * *
2 ދުވަސް ފަސް. . .
“ފާޒިލް އިރުކޮޅަކުން އެމީހުންގެ ކައިވެނި ކުރެވޭނެ، އޯޑިއޯސްތައް ހަމަތަ؟ އެންޑް ފާޒިލްއާއި ތާއާއި ރެޑީތަ؟” ޔަނާލް ހުރިހާ ކަމެއް ބަރާބަރުތޯ ޔަޤީން ކޮށްލިއެވެ. ފާޒިލް އާނއެކޭ ބުނެލިއެވެ.
“ގުޑްލަކް” ޔައުލާ ހިނިތުންވެލަމުން ބުންޏެވެ. އަދިި ކާރަށް އަރައިގެން މަޑު ދުވެއްޔެއްގައި ގޮސް ދަރުބާރުގެއާއި ތަންކޮޅެއް ދުރުގައި ކާރު ޕާކްކޮށްލިއެވެ. އިރުކޮޅަކުން ފާޒިލް އައިސް ފާޑެއްގެ ކޮތަޅެއް ދިއްކޮށްލަމުން ތާރާ ގޮވައިގެން ޔަނާލްގެ ކާރަށް އެރިއެވެ.
* * * * * * *
ބިއުޓީޝަނުންގެ ބުރަ މަސައްކަތް ނިންމާފައި ދިޔުމުން ތުގާ އޭނާގެ އިސްކޮޅު ހުންނަ ލޯގަނޑު ކުރިމައްޗަށް ހުއްޓިލައި ފަރިބަލާލިއެވެ. ޢިސްތަށިގަނޑު ރީިތި ގޮތަކަށް ހުރިއިރު ލައިގެންހުރި ހުދުކުލައިގެ ފްލޯރަލް ލޭސް ހެދުންވަނީ އެަހަށިގަނޑަށް ހިފާލާފައެވެ. ލޮލުގައި އައި ޝެޑޯގެ އިތުރުން މަސްކަރާ އަޅާފައި ހުރިއިރު އެރީތިކަން ވިދަމުން ދިޔައެވެ. މަޑުހނގުމެއްގައި ބޭރަށް ނުކުމެ ދަރުބާރުގެއަށް ދާންއޮތް ކާރަށްއެރީ ޝަނާގެ އެހީއާއިއެކުގައެވެ. އޭނާގެ އުއްމީދު ފުރިހަމަވާތީ ހިތުގައިވަނީ އުފާވެރިކަމުގެ މިޔުޒިކެއް ކުޅެލާފައެވެ.
* * * * * *
ހުދުކުލައިގެ ގަމީހުގެ މަތިން ކަޅު ސޫޓެއް ލައިގެންްް ކިޔާންްހުރީީ ދަރުބާރުގޭގައެވެ. ތުގާ ކާރުން ފައިބައިގެން އައިސް ކިޔާންގެ މުލައްދަނޑީގައި ހިފަމުން ކައިވެނީގެ މަޖިލީސް އޮންނަަ ތަނަށް ދިޔައެވެ. މުޅި ރަންނަބަނޑޭރި މާލަންވަނީ އެކައިވެންޏަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. މޭޒުތަކުގެ ފޮއްޗާއި ގޮނޑިތައްވެސް ވަނީ ހުދާއި ކަޅުން ޒީނަތްތެރި ކުރެވިފައެވެ. ބަނޑުފުރޭފަދަ މީރު ކާނާތަކާއި ބުއިންތައް އެއްމޭޒެއްގައި ބެހެއްޓިފައިވިއެވެ. ތުގާހުރީ ހިތްއަވަސް ވެފައެވެ. އޭނާގެ ހުވަފެން ހާސިލް ވިއެއްކަމަކު ކޮންމެވެސް ކަމެއް ނުބައިކޮށް ދާން އުޅޭހެން ހީވަނީއެވެ. ކިޔާންއަށް ވަށައިގެން ބަލާލެވުނީ ޔަނާލް ފެނޭތޯއެވެ. ގާޟީ ކައިވެނީގެ ޚުތުބާ ފެށިއެވެ. ތުގާއިނީ ދެއަތްދެއަތާއި މޮޑެމުން ރަކި ހިންޏެއް އައިސްފަައެވެ. “އަނބި ޤަބޫލުކޮށްފިންތަ؟” ޤާޟީ އެއްސެވިއެވެ. ތުގާ ކިޔާންގެ އަތުގައި ކޮށްޓާލިއެވެ. އަދި މަޖުބޫރުވެފައި އިންފަދައިން އޭނާގެ ޖަވާބު އިއްވަން ތައްޔާރުވެލިއެވެ. “އަނބި. . . ” ކިޔާންއަށް ބުނެވުނީ އެހިސާބަށެވެ. “ޤަބޫލެއް ނޫން” މުޅި މާހައުލަށް ސިހުން ގެނުވީ ދޮރުމަތިން އިވުނު ރުޅިވެރި އަންހެންވަންތަ އަޑަކުންނެވެ. އެންމެންދެ ނަޒަރު އެދިމާލަށް ދަތުރުކުރިއެވެ. ހައިރާންކަމާއެކު ވަމުން މިދާގޮތް ނޭނގިފައި އެންމެން ތިއްބެވެ. ތުގާ މަޑުމަޑުން އިސްއުފުލާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެ މޫނު ހުދުވިއެވެ. ހަފަރާތުން އޭނާ ފިއްތާލިފަދަ އިހްސާސެއް ކުރެވުނެވެ، ކުރިމަތިން ނިމުން ފެނިލިހެންވެސް ހީވިއެވެ

( ނުނިމޭ )
އައްސަލާމް ޢަލައިކުމް. ދެން އޮތީ މިވާހަކައިގެ ފަހުބައި، އެބައި ލިޔެވުނުހާ އަވަހަކަށް ގެނެސްދޭނަން، ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ ބޭފުޅުންނަށްވެސް، ވާހަކަ ކިޔުއްވާތީ، ފަހުބަަޔަަށް އިންތިޒާރުކޮށްލައްވާ، އެބައި އަވަސް މުސްތަގުބަލެއްގައި ގެނެސްދޭނަން އިންޝާﷲ

57

6 Comments

 1. Luhoo

  November 5, 2020 at 7:11 pm

  Thuga bust vany dhw😄… Alhey Dhen othy emme last part tha V miss vaane… 😭😭
  Curiously waiting for next part
  Tc n stay safe

 2. NERF

  November 5, 2020 at 7:31 pm

  Aan vanee, aan alhugandu ves Miss vaane luhoo mathin, next inshalallah Thursday ga nooney Wednesday ga, thankolheh busy koh mihaaru midhany ehenve delay vanee, tc staysafe

 3. 🌹Ril🌹

  November 5, 2020 at 7:42 pm

  Vrh Sali mi part vess
  Masha Allah keep it up
  Vrh Sali Hama
  Last part dhw dhen othy vrh miss vaane
  Waiting for it
  Stay safe and take care

 4. NIHAKKO

  November 5, 2020 at 10:31 pm

  Curiously waiting for next part

 5. Aasimaa Abdhuraheem

  November 6, 2020 at 5:15 am

  VARAH REETHI

 6. NERF

  November 6, 2020 at 8:24 am

  Varah bodah shukuriyyaa aasima

Comments are closed.