Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަމޭ ތިލޯބި އެދިއެދި 18 ( ފަހުބައި )

Rain lover Level 310 Stories100 Comments100 Login
November 27, 2020 9 Mins Read
8 Comments

“ޔަ…ޔަނާލް” ގަދަކަމުން ހިނިތުންވެލަމުން ތުގާ ގޮވާލިއެވެ. ބަދަލުގައި ޖަވާބުދިނުމެއްނެތި ޔަނާލް ގޮސް ގާޟީގެ ކުރިމަތީ ހުއްޓިލިއެވެ. “މިކައިވެނި ކުރެވޭކަށްނެތް، ކުރިޔަސް މިކައިވެނި ސައްޚައެއް ނުވާނެ، ތިބޭފުޅުން ދުރުވިޔަސް އެންމެ ރަނގަޅު” ޔަނާލް ބުންޏެވެ. ޤާޟީ ވަކި ޖަވާބެއް ނުދީ އެތަން ދޫކޮށް ދިޔުމަށް ހިނގައިގަތެވެ. “ޔަނާލް، އެބަ އެނގޭތަ ތިކުރެވޭ ކަމެއް، ޔަނާލް އަމިއްލައަށް އާދޭސްކޮށްގެން ކުރުވަން އުޅުނު ކައިވެނި ތި ހުއްޓުވީ ކީއްވެޔޯ؟” ޝަނާ ހިތްހަމަނުޖެހުމާއެކު ބުންޏެވެ. “އަހަރެންނަށް މީހެއްގެ އަނދިރި ފަރާތް އެނގުމުން، ތި އެންމެންނަށްވެސް ވަރަށް އަަވަހަށް އެއީ ކާކުކަމާއި އެމީހާ ކުރި ކަންތައް އެނގޭނެ،” ވަށްކަޅިން ތުގާއަށް ބަލާލާފައި އެއްމިޔަކަނިން ހިނިތުންވެލަމުން ޔަނާލް ބުނެލިއެވެ. އެވިހަ ހިނިތުންވުން ފެނި ތުގާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ޔަނާލްގެ ވާހަކަތަކުން ތުގާގެ އަނދިރިފަރާތް ކަޝްފު ވެގެން ދިޔަކަން އެނގުނެވެ. ތުންފަތް ހަފާލަމުން ދެއަތް ދެއަތާ ޖޯޑުކޮށްލީ ނަފުސަށް ވެރިވެފައިވާ ބިރުވެރިކަމާއި ހާސްކަމުން މިންޖު ވެވޭތޯއެވެ. އެއްވެސް ސިއްރެއް ސިއްރެއްގެ ގޮތުގައި ދުނިޔެ ދާއިމަށް ނޯންނާނެކަން އޭނާއަށް އެނގިއްޖެއެވެ. ޢެހެނަސް އެވަގުތުކޮޅުވެސް އޭނާ އިސްލާހުވުމުގެ ބަދަލުގައި އިތުރު ރޭވުމެއް ރާވާލީއެވެ. އޭނާއަށް ނޭނގުނުކަމަކީ މިއަދު އޭނާ ކިތައްމެ މޮޅު ރޭވުމއް ރޭވިޔަސް ކަލާނގެ ރޭވުންތެރިކަން އެންމެ ފުރިހަމަަ ކަމެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އިސްލާމްދީނާއި ބެހޭ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމާދު ކުރި ދުވަހެއްވެސް ނޭނގެއެވެ. ހަމައެކަނި ކަލަކު ވޮޑިގެން ވާކަން ގަބޫލުކުރާކަމެވެ. އޭނާ އެމްމެންގެ ތެރޭ ބަދުނާމުވެ ފަޟީހަތްވުމމެއް ނޭދެއެވެ.
* * * * *
ޔަނާލް ފޮނި ހިނގުމެއްގައި ގޮސް ތުގާގެ ކައިރީ ހުއްޓިލިއެވެ. އަދި ކަންފަތް ދޮށުގައި އަތްއަޅުވާލަމުން ކޮންމެވެސް ވާހަކައެއް ސިއްރުން ބުެނެލިއެވެ. “ލާސްޓް ވޯޑް، ޖަލަށް ދިޔުމުގެ ކުރިން..” ޔަނާލް ހިނިތުންވެލަމުން ބުންޏެވެ. ތުގާ ތުރުތުރު އަޅާތަން ފެނި ޔަނާލަށް ހިނިގަނޑެއް ޖަހާލެވުނެވެ. އެއްވެފައިތިބި އެންމންހެން ތިބީ ވާނުވާ ނޭނގި ޔަނާލް ކުޅޭ ޑްރާމާ ބެލުމަށް މަޑުކޮށްލައިގެންނެވެ. ކިޔާންގެ މޫނުމަތީގައިވެސް ސުވާލެވެ. “އޯލްރައިޓް ގާއިސް، ދެންއޮތީ މި ހަފްލާގެ އެންމެެ މުހިއްމު ބައި، އާދެ އަނދިރިފަރާތް ހާމކުރުމުގެ ވަގުތުޖެހިފައި” ޔަނާލް ހަމޖެހިލާފައި ހިނިތުންވެލަމުން ބުނެލިއެވެ. “ބިފޯ ދެޓް، ވަރަށް ޝަރަފުވެރި މެހެމާމނެއް މި އުފާވެރި ހަފްލާގައި ބައިވެރިވެލައްވާނެ، ފާޒިލް… ދުރުވޭ އެތެެރެއަށް” ޔަނާލް ބުނެލިއެވެ. މަޑު ހިނގުމެއްގައި ތާރާ ގޮވައިގެން ފާޒިލް އެެތެރެއަށްވަނެވެ. ޔަނާލް ދެއްކި ވާހަކައަށްފަހު ފާޒިލް ފެނުމުން ތުަގާއަށް ބިރުން ކުޑަކަމު ދެވުނެވެ. އޭނާ ބޭޒާރުވާން ދެން މާގިނަ ވަގުތެއް ނެތްކަން އެނގުނެވެ. “ދިސް އިޒް ފާޒިލް.. ތުގާގެ ހަޒްބެންޑް” ޔަނާލް ހާމްކޮށްލި ހަގީގަތާއި އެކު މުޅިތަނުގައި ބޮމެއް ގޮއްވާލެވުނު ފަދައެވެ. އެއީ ތެެދެއްހޭ ބުނާފަދައަކުން ކިޔާން ތުގާއާއި ދިމާލަށް ބަލާލިއެވެ. ހަގީގަތާއި ފިލަން ދުވަން ނަހަދާ ތުގާވެސް ބޯޖަހާލިއެވެ. ފާޒިލް އެމީހުންގެ ކައިވެނީގެ ސެޓްފިކެޓާއި ތާރާގެ ޑީއެންއޭ ރިޕޯޓްވެސް ދެއްކިއެވެ. “ޝުކުރިއްޔާ ޝަރަފްވެރި މެހެމާނު، ދެން އޮތީ މި ރަސްމިއްޔާތަށް ޚާއްސަ ފަރާތަކުން ފޮނުވާފައިވާ ރިކޯޑިން ކޮޅެއް. އަޑުއައްސަވާލައްވާ” ޔަނާލް އުޅެމުންދާގޮތުން ހީވަނީހަމަ ޖަލްސާއެއް ހުށައަޅާހެންނެވެ. ދެން އިވެންފެށީ ރިކޯޑިންއެކެވެ. “އަހަރެނ ބޭނުންވަނީ އެ ގޯނި އަންހެނާ ކިޔާންގެ ލައިފުން ދުއްވާލަން، ނޭނގެ އޭތީގެ ކޮން ސިފައެއް ރީތިވެގެންކަމއް އެ މާމަގަނޑުގެ ފަހަތުން އެދުވަނީ، ގްރޭޑް 8 ގަ ކުޅުދުއްފުށްޓަށް ކުރި ދަތުރަކުން ފެނުނު އަންހެނެއް، އޭގެފަހުން ކިޔާން އަހަންނާމެދު ބަހައްޓާ ޚާއްސަކަން ކެނޑުނީ އޭގެފަހުން. އަބަދު ޔަނާލް ޔަނާލް.. ގްރޭޑް 12 ނިންމާފަ ކިޔާްއާއި އަހަންނާ ކިޔަވަން ބޭރަށްދިޔައީ އެކުއެކީގަ. ކިޔެވުން ނިންމާފަ އަހަރެން އޭގެފަހުން ބޭނުންވީ ޔަނާލްގެ ދިރިއުޅުމަށް ޒަހަރުލާން. ނަތާޝާއާއި ނަފީސާއަށް ފައިސާދީގެން ޔައުލާ މަރާލަން އުޅުނީ އަަހަރެން.. ޔަނާލް ބަލިވެ ބައިންދާ ދުނިޔެއަށް ފަޟީހަތްކޮށްލީވެސް އަހަރެން. ޔަނާލްއާއި ކިޔާންގެ ދެމެދު މައްސަލަ ޖެއްސީއަހަރެން. ޔަނާލްގެ ދަރިވެސް އެބޯޓްކޮށްލީ ޚުދުއަހަރެން. ޔަނާލް ނުކުޅެދޭ މީހަކަށްވެސް ހަދާލީ ހަމަ މި ނުލަފާ ތުގާ. މަގްސަދަކީކޮބާ؟ ވަރަށް ސާފު މަގްސަދެއްގަ އަހަރެން މިހުރިހާ ކަމެއްކުރީ، ޔަނާލްއަށް ހިތާމަދީ އެދެމީހުން ދުރުކުރުވަން” ރިކޯޑިން ނިމިގެން ދިޔައިރު ކިޔާން ހުރީ ރުޅިއައިސް ރަތްވެފައެވެ. ކަރުގެ ނާރުތައްވެސް ހުރީ ފުފިފައެވެ. ޝަނާހުރީ ރުޅިއާއި އެެއްވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ކިޔާން ރުޅިއަންނާނީ މަދުފަހަރަކުއެވެ. ރުޅިއަންނަފަހަރު ކޮންމެފަދަކަމއް ވެސް ކޮށްފާނެއެވެ. “ހުންނަ ގޮތްކުޑަކަން މިހިރަ އަންހެނާ، ތިއީ އަންހެނުންނަށް ހުރި ލަދެއް. ކަލެޔާހެދި ކިތައް ދިރިއުޅުން ހަލާކުވީ؟ މަގޭ އަލަތު ދަރިފުޅުވެސް މަރުވީ ކަލެޔާހެދި، ޔަނާލް ދުނިޔެއަށް ފަޟީހަތްވީވެސް ކަލެޔާހެދި. ޔަނާލް އެކްސިޑެންޓްވެ ދަރިން ލިބުމުން މަހުރޫމުވީވެސް ހަމަ ތި ހަޔާތްކުޑަ އަންހެނާއާއި ހެދި. ކަލެޔަކަށް ދުވަހަކުވެސް މާފެއްނެތް.”ކިޔާން ރުޅިއައިސް ހުރެ ބުނެލިއެވެ. އަތް އިސްނުކޮށް ކެތްކުރެވުނީ އޭނާގެ ހިތްވަރުންނެވެ. ޔަނާލްއައިސް ތުގާގެ ކުރިމތީ ހުއްޓެމުންތުގާގެ ކަންކަށިމައްޗަށް އަތުގެ ހޫނު ހަމަލާއެއް ދިނެވެ. ޖެހިޖެހިގެން 4 ފަހަރަށް ކޯމަތީ ޖެހިއެވެ. 4 ވަނަ އެތިފަަހަރާއެކު ތުަގާ ރޮއެގަތްވެސް މެއެވެ. “މިއީ އަދި އަހަރެންގެ ފަރާތުން ލިބުނު ކުޑަ ހަދިޔާއެއް. ކިޔާން ޕޮލިހަށް ގުޅާ” ޔަނާލް އެންގިއެވެ. “ނޫންނޫން ޕްލީސް ތިހެންް ނަހަދާ. އަަހަންނަށް މާފްކުރޭ.” ތުގާގެ އާދޭސްތަކަށް ޔަނާލް ދިނީ ބީރުކަންފަތެކެވެ. ޝަނާވެސް ހާމވި ހަގީގަތަށްފަހު ތުގާއަށްކުރަނީ އަމަށަަކު ނަފްރަތެއް ނޫނެވެ. ތުގާގެ ލޮލުގައި ކޭކުކައިރީ އޮތްވަަޅި އަޅައިގަތެވެ. ވަޅިނަގަމުން ޔަނާލްގެ ގަޔަށް ހަރާލަން އުަޅެނިކޮށް ކިޔާން އައިސް އެވަޅި ދަމައިގަތެވެ. “އަަހަރެންގެ އަންހެނުންގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ…” ކިޔާން ބުންޏެވެ. ހިނދުކޮޅެއްތެރޭ ތުގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. “އޭއި، މަ ނުގެންދޭ.. އާދޭސްކުރަން.. މަގޭ ކުށެއް ނެތް.. އޭއި.. ކަލޭމން އެންމން މަރާލާނަން.. ދޫކޮށްލާ. ދޫކޮށްލާށޭ…” ތުގާ ހީވަނީ ނަފްސާނީގޮތުމް އަސަރުކޮށްފައި ހުރިހެންނެވެ.
* * * * * *
ތުގާ ގެންދިޔުމާއެކު އެންމެން ހަމްޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ހާޟިރުވެތިބި މެހުމާނުންނަށް ހެދިކާތައް ބަހާލުމަށްފަހު ހަމަހިމޭންކަމާއެކު އެންމެން ތަން ދޫކޮށް ދިޔައެވެ. “ޝުކުރިއްޔާ ފާޒިލް” ހިނިތުންވެލަމުން ޔަަނާލް ބުންޏެވެ. ފާޒިލް ބޯޖަހާލިއެވެ. ކިޔާންވެސް ކާރަށް އަރައިގެން ޝަނާއާއި ޔަނާލް އަދި ޝާކިރު ގޮވައިގެން ތަން ދޫކޮށް ދިޔައެވެ، ކާރުތެރޭގައިވެސް ވީ ހަމްހިމޭންކަމެވެ. ޤަބުރުސްތާނެއް ފަދައެވެ. “އަހަރެން ހީއެއް ނުކުރަން އެއީއެހާ ނުލަފާ އަންހެނެއް ކަމަކަށް” ކާރުގެ ބޭރުން ފެންނަމުންދިޔަ މަންޟަރުތަކަށް ނަޒަރު ހިންގާލަމުން ޝަނާ ބުންޏެވެ. “ނަސީބެއް އަހަރެންނަށް ވަގުތު ފާއިތުވުމގެ ކުރިން އެކަން ފަޅާއެރިކަން.” ޔަނާލް ހިނިތުންވެލަމުން ބުނެލިއެވެ. “ޔާންއާއިއަހަރެންނާ ދިމަވީ ރަށުންނޭ ދޯ ފުރަތަމަ؟ ކިޔާން އަހަންނަށް ލޯބި ހުށައަޅަމުން ދިން ރިހި އަނގޮއްޓި އަދިވެސް އަަހަރެންގެ އަތުގައި އެބައޮތް” ލުއި ހިނިތުންވުމަކާއެކު ޔަނާލް މާޒީގެ ހަނދާނެއް އާކޮށްލިއެވެ. އޭނާގެ ކުޑައިރުގެ ލޯތްބަކީ ކިޔާންކަން އެނގުނީ ހާދަފަހުންނެވެ. ކިޔާން ޔަނާލްގެ އަތުގައި ހިފާލިއެވެ. ޝަނާއާއި ޝާކިރު އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލީ އެއުފާވެރިކަން އަބަދަށް ލަހައްޓަވާތޯ ދުއާކުރާ ހާލުއެވެ.
* * * * * *
ފުލުހުން އިތުރަށް އެމައްސަލަ ތަހުގީގު ކުރުމަށްފަހު ޔަނާލް އެކްސިޑެންޓް ކޮށްލި ކާރުގެ ޑްރައިވަރ 35 އަހަރަށް އަދި ތުގާ 40 އަހަރަށް ޖަލަށް ލުމށް ހުކުމްކުރިއެވެ. އެމީހުންކުރި ކުށަށް ހައްގު އަދަބު ލިބުނެވެ. އެހެނަސް ގެއްލުނު ފުރާނަ އަނބުރާ އައުމއް ނެތެވެ.ދުނިޔެމަތީގައިވެސް އެކަމުގެ ހިތި ޝަޛާ އެމީހުންނަށް ދެއްކެވީއެވެ. ކަލާނގެ ކުޅަދުންވަންތަކަމާއެވެ. އެއްވެސް މީހަކަށް ދެރައެއް ދީފައި ތިމއަކަށް ދުނިޔެއަކު އުފަލެއްގައި ނޫޅެވޭނެއެވެ. އެމީހުން ފޭހި އިލޮށި ހެރުނީ ހަމ އެމީހުންގެ ލޮލަށެވެ. އެހާދިސާއަށްފަހު ޔަނާލްއާއި ކިޔާންގެ ދިރިއުޅުންވެސް އައު ފެށުމަކުން ފެށިއެވެ.
* * * * *
2 އަހަރު ފަސް
އުމުރުން 7 އަަހަރުގެ ޔުއާންގެ ފަހަތުން ދުވެދުވެ ޔަނާލްހުރީ ވަރުބަލިވެފައެވެ. ކިޔާން ދެކެނީ ޔުއާންއަކީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތަށެވެ. އެކަން މުޅި އުމުރަށްވެސް އެގޮތުގައި ދެމި އޮންނާނެއެވެ. އެހެނަސް އެއާއިލާއަށް އިތުރު ދަރިއެއް ދެއްވުމަމަށްއެދި ކިޔާން ކޮންމެ ދުވަހަކުވެސް ދުއާކުރެއެވެ. ދުވެދުވެ ވަރުބަލިވެގެން ޔަނާލް އައިސް ކިޔާންގެ އުނގަށް ވަނެވެ. “ޔާލް ވަރުބަލިވެއްޖެ މިއޮތް އާންއަކާހެދި” ކުޑަކުއްޖެއް ފަދައިން ޔަނާލް އެެހެން ބުނެލުމުން ކިޔާންގެ ގާތަށް ހިނިއައެވެ. އަދި ޔަނާލް އުރާލަމުން ވައިގެތެރޭ އަނބުރާލިއެވެ. ޔުއާން އެމަންޒަރުދެކެން ހެވިފައި ހުއްޓެވެ. “ކިި..ކިޔާން އަަހަރެންގެ ބޯ.. ބޮލަށް ފާޑެއްގެ ގޮތެއްވަނީ” ޔަނާލް އެހެން ބުނެލުމުން ކިޔާން ހީކުރީ އެނބުރުމުން ވީގޮތެއް ކަމށެވެ. އެހެނަސް ބިމުގައި ބެެހެއްޓުމާއެކު ކަނޑާވައްޓާލި ރުކެއްހެން ޔަނާލް ބިންމައްޗަށް ވެއްޓެން ދިޔައެވެ. އޭގެ ކުރިން ހުށިޔާރުކަމއެކު ކިޔާންގޮސް ޔަނާލް ހިފެހެއްޓިއެވެ. ހާސްކަމާއެކު އެ މޫނަށް ފެންބުރުވާލުމުންވެސް ހޭ ނޭރިއެވެ. އެެހެންކަމުން އޭނާ ނިންމީ ޔަނާލް ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށެވެ.
* * * * * *
މަޑުމަޑުން ޔަނާލް އޭނާގެ ދެލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ހުދު އަލިކަމެކެވެ. ހުދު ސީލިންގް ފެނުމުން މިއޮވެވުނީ ހޮސްޕިޓަލުގައި ކަމަަށް ޔަގީން ކުރެވުނެވެ. ނިދިޖެހިފައި އިން ކިޔާންވެސް ހޭލީ ޔަނާލް ހަރަކާތް ކުރަަން ފެށުމުންނެވެ. “ޔާލް އާ ޔޫ އޯކޭ؟” ކިޔާން އަހާލިއެވެ. ޔަނާލް ބޯހޫރުވާލީ ބޮލުގައި ތޫނު ރިހުމެއް ހުރުމުންނެވެ. “ކީއްވެ މިތާ؟” ޔަނާލަށް ސުވާލުކޮށްލެވުނެވެ. “ޔާލް ހޭ ނެތުނީ، ޑޮކްޓަަރުން ދިޔައީ ބައެއް ޓެސްޓް ހަދާލަން ލޭނަގައިގެން” ކިޔާން ހިނިތުންވެލަމުން ބުނެލިއެވެ. ޔަނާލް ބޯހޫރުވާލިއެވެ. “އެއީ ދެން އެެވަރު ކަމެއްތަ؟ އަަހަރެންނަކީ ބައްޔެއް ވާއިރަށް ހޮސްޕިޓަލަށް އަންނަން އާދަވެފައި ހުރި މީހެއްނޫނޭ” ލުއި ހުނުމަކާއެކު ޔަނާލް ބުނެލިއެވެ. ކިޔާން ޔަނާލްގެ ނިތުގައި ބޮސްދިނެެވެ. އަދި ކިޔާންގެ ކޮލަށް ބޮހެއް ދިނުމަށް އެދުނެވެ. “ގިވްމީ އަ ކިސް” ކިޔާން ލާނެތް ރާގަކަށް ބުންޏެވެ. “ނޯނޯ” ޔަނާލް ލުއި ހުނުމަކާއެކު ބުންޏެވެ. ދެމީހުންގެ ލޯބިވެތި ވަގުތުކޮޅު ނިމުމަކަށް އައީ ޑޮކްޓަރު އެތަނަށް އައުމުންނެވެ. “ވެލް ޔަނާލް ރައިޓް. ހޯޕް ނައު ޔޫއާ ޑުއިންގ ފައިން. ޓެސްޓުތަކުގައި އެއްވެސް މައްސަލައެެއް ނެތް” ޑޮޮކްޓަރ ބުނެލިއެވެ. ކިޔާން ﷲއަށް ހަމްދުކުރިއެވެ. “ބަޓް އައިހޭވް ސަމްތިންގ ޓު ޓެެލްްޔޫ” ޑޮކްޓަރު އެހެން ބުނުމުން ކިޔާންގެ ހިތް ނުަބައި ގޮތަކަށް ތެޅިލިއެވެ. “ވެލް ސަރ. ޔުއަރ ވައިފް އިސް ޕްރެގްނަންޓް” ޑޮކްޓަަރު ހިނިތުންވެލަމުން ބުންޏެވެ. “ވަޓް ނޯ ނުވާނެ ތިހެންނެއް” ޔަނާލް ރޮމުން ބުންޏެވެ. ޢެހެނަސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ޑޮކްޓަރު ހައިރާންވިއެވެ. ޔަނާލް ރޮމުން ހަގީގަތާއި ދެކޮޅު ހަދަމުން ދިޔައީތީއެވެ. ޑޮކްޓަރު ހީކުރީ ބޭނުންނުވެ ހުއްޓާ ދަރިޔަކު ލިބުނީ ކަމަށެވެ. ކިޔާން ޔަނާލްގެ ހާލަތު ކިޔައިދިނެވެ. އަދި އެއްފަހަރު ޓެެސްޓް ހަދައިދިނުމަށް އެދުނެވެ. “ކިތައްމެ ފަހަރަކުވެސް ޓެސްޓް ހެދިދާނެ، ބަޓް ހިޔެއްނުވޭ ރިސަލްޓް ޗޭންޖް ވާނެހެންނެއް” ޑޮކްޓަރު ބުނެލިއެވެ. އެދެމީހުން ގެއަށް ދިޔައީ އަލުން ޓެސްޓް ހަދައިގެން ރޭގަނޑު ރިޕޯޓް ބަލައި އަންނަން ނިންމަމުންނެވެ.
* * * * * *
ގެއަށް ދިޔައީއްސުރެ ޔަނާލް އިންނަނީ ފިކުރަކަށް ގެއްލިފައެވެ. އޭނާ މިވާހަކަތައް ލިވިޔާއާއި ހިއްސާކުރަން ގަސްދުކުރިއެވެ. ފާޒިލްއާއި އިނދެގެން ލިވިޔާވެސް އުޅެނީ ނުހަނު ހަމަޖެހޭ ދިރިއުޅުމެކެވެ. ތާރާއަކީ އޭނާގެ އުފަން ދަރިއެއް ފަދައެވެ. “ލިވީ، ޑޮކްޓަރ ސެއިޑް އައިމް ޕްރެގްނަންޓް.. އެއީ ތެދަކަށް ނުޥާނެދޯ.. އެވާނީ ޑޮކްޓަރަށް އޮޅުނީކަމަށް. އަލުން ޓެސްޓް ހަދަން ލޭނަގައިގެން މިއައީ” ޔަނާލް ދިރުމެއްނެތް އަޑަކުން ބުންޏެވެ. “ޑޯންޓް ލޫސް ޔުއަރ ހޯޕް. މިރަކަލް އަކަށްވެސް ވެދާންނުން” ލިވިޔާ ބުންޏެވެ. ދެއެކުވެރިން އެކަމާއި އެތަކެއް މަޝްވަރާއެއްކޮށް ފޯނުކޯލް ނިންމާލިއެވެ. އޭރު އިޝާ ނަމާދަށް ބަންގި ގޮވަނީއެވެ. ޔަނާލްގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ކިޔާން ނަމާދުން އައުމުން ޔަނާލް ހޮސްޕިޓަލަށްދާން ތައްޔާރުވިއެވެ. “ޔާލް.. ހުރިހާކަމެއްވެސް ބަރާބަރުވާނެ އިންޝާﷲ” ކިޔާން ޔަނާލަށް ހިތްވަރު ދިނެވެ.
* * * * *
ދެމީހުން އެކުގައި ގޮސް ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. ޔަނާލް ހުރީ ކިޔާންގެ އަތުގައި ހިފަހައްޓައިގެންްްނެވެ. އެދެމީހުން ފެނުމުން ޑޮކްޓަރު ފުޅާ ހިނިތުންވުމެއް ހަދިޔާކުރިއެވެ. “ވެލް.. އައި ގެސް އިޓްސް އަ މިރަކަލް. ޔޫއާ ޕްރެގްނަންޓްް” ޑޮކްޓަރު ބުނެލިއެވެ. “ވަ. . .ވަޓް ރިއަލީ އަލްހަމްދުﷲ” ޔަނާލަށްް ބުނެވުނެވެ. މިދުވަަސް ދެކެން އޭނާ ކިހާ އިންތިޒާރެއް ކުރި ހެއްޔެވެ؟ ކިހާ ދުޢާއެއް ކުރިހެއްްޔެވެ؟ އެންމެފަހުން އެއުއްމީދު ހާސިލްވީއެވެ. އެކަލާނގެއީ އަޅުތކުންނަށް އެންމެ އޯގާވަންތަ އަޅުތަކުންގެ ދުއާތައް އައްސަވާ އިޖާބަަކުރައްވާ ދީލަތި އިލާހެވެ. އެކަލާނގެ އިރާދަކުރައްވައިފި ކަމެއް ނުވެއެއް ނުދާނެއެވެ. “ބަޓްް ކުރިން މިސްކެރިއޭޖެެއްް ވެަފައި އިނީމަ ވަރަށްްް ބަލައިގެން އުޅެން ޖެހޭނީ. ނަތިން ޓު ވޮރީ. 2 ވީކްްސްއަދި އެވީ” ޑޮކްޓަރު ހިނިތުންވެލަމުން ބުންޏެވެ
* * * * *..
ގެއަށްގޮސް އެމީހުންް ﷲ އަށް ޙަމްދުކޮށް ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. ގޭ އެންމެންނަށް އެޚަބަރު ދިނެވެ. މާމައަކަށް ވާންްއުޅޭތީ ޝަނާ ހީީވަަނީ ދެއީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެވެ. ޝާކިރުގެ މޫނުމަތީގައިވެސް އުފާވެރިކަން ވަށާލާފައިވެއެވެެ. ޔުއާންވެސް ކޮއްކޮއެއް ލިބެން އުޅޭތީ ދެފައި އެެެއްްތާކު ނުޖެހެއެވެ. ޝަނާވަނީ ޔަނާލަށް ގޭގެ މަސައްްކަތްތައް ކުރުންވެސް މަނާކޮށްްފައެވެ. މޭވާވެސް ހުސްނުވެއވެ. ކިޔާންވެސް ވަނީ 3 މަސްދުވަހުގެެ ޗުއްޓީއެެއް ނަގާފައެވެ.ޔަނާލަށް ސަމާލުކަންދީ ވަގުތު ހުސްކުރުމަށެވެ. ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުންގޮސް ޔަނާލްގެ ބަނޑަށް ތިންމަސްވިއެވެ. އޭރު ކުޑަކުޑަކޮށް ޔަނާލްގެ ބަނޑުވަނީ ނިކުމެފައެވެ. ތިންމަސްވީދުވަހު ހެދި ސްކޭނުން ޔަނާލަަށް ލިބެނީ އެއްމާބަނޑު ދެކުދިންކަން އެނގުނެވެ. އެއާއެކު އެދެމަފިރިން އަދި އާއިލާގެ އުފާވެރިކަން ދެގުނަ ވިއެވެ. މިހާރުއްސުރެ ދެމަފިރިން އެ ދެދަރީން އަންނާނެ ދުވަހަކަށް އިންތިޒާރު ކުރެވެން ފެށިއެވެ.
* * * * *
ދުވަސްތައް ފަށްވަމުންގޮސް ޔަނާލްގެ ބަނޑަށް ނުވަމަސް ވިއެވެ. އޭރު ޔަނާލްގެ ބަނޑުވަނީ ނުހަނު ބޮޑަށް ބޭރަށް ނުކުމެފައެވެ. ކޮލުގައި މަސްޖަހާލާފައި ހުރިއިރު ހަންގަނޑުގެ އޮމާންކަން އިތުރުވެފައިވިއެވެ. ހަރަކާތްތެރިވެ އުޅުމަކީ ޔަނާލަށް ނުހަނު ދަތިކަމެކެވެ. ފައިގައި ތެޔޮދަަމައިދޭން ވެސް ޝަނާގެ ގާތުން ދަސްކޮށްފއެވެ. ޔަނާލްގެ ބަނޑުުގައި ކަންފަތް ޖަހައިގެން އޮވެއެވެ. ދަރިން ތޮޅޭއިރު ބަނޑުގައި އަތް ޖަހައިގެން ހުރެއެވެ. ބައްޕައަކަށްވާތީ އޭނާއަށް ކުރެވެމުންދަނީ ތަފާތު އިހްސާސެކެވެ.
* * * * *
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. މުޅި ގޭތެރޭގައިވަނީ ހަމަހިމޭންކަމެވެ. އެހަމަހިމޭންކަން ކަނޑުުވާލީ ޔަނާލްގެ ވޭނީ ހަޅޭކުގެ އަޑެވެ. އެންމެ ފުރަތަމަވެސް އެ އަޑަށް ހޭލެވުނީ ކިޔާންއަށެވެ. ޔަނާލްގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ވަގުތު ޖެހުނީކަން ކިޔާންއަށް ޔަގީންކުރެވުނެވެ. އަވަސް އަވަހަށް ޓީޝާޓް ބޮލުން މަހާލަމުން ޝަނާއަށް ގޮވިއެވެ. އެންބިއުލާންސްއަށް ގުޅާލަމުން ޔަނާލް ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އޭނާގެ ހިތްވަނީ ހާސްކަމާއި ނުބައި ވަސްވާސްތަަކުން ފުރިފައެވެ. ހުރިހާކަމެއްވެސް ވާނީ ރަނގަޅަށް ކަމަށް އަމިއްލަ ހިތަށް ވިސްނައިދިނެވެ. ޔަނާލް ހޮސްޕިޓަލަށް ގެންގޮސް ވެއްދީ އީއާރަށެވެ. ފަނަރަވަަރަަށް މިނެޓްފަހުން ޑޮކްޓަރު ނުކުމެ ދިނީ ހިތާމަވެރި ޚަބަރެކެވެ. ބޭބީގެ ވިންދު ދަށްވަމުން ދާކަމަށް ޑޮކްޓަރު ބުނެލިއެވެ. އެހެންކަމުން އެމަޖެންސީގައި ލޭބާރޫމަށް އޭނާ ގެންދެވުނެވެ. ހާސްކަމާއެކު ކިޔާން އެތަނުގެ ކުރިމަތީ ދެކޮޅަށް ހިނގަމުން ގެންދިޔައެވެ. ފަތިސްނަމާދުގެ ބަންގިޔާއެކު އެތެރެއިން ދެކުދިންގެ ރުއިމުގެ އަޑު އިވުނެވެ. ކިޔާން އުފަލުން މާތްﷲ އަށް ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. ނަރުސް ކުއްޖާ ނިކުމެ އެއް ކުއްޖާ ކިޔާންގެ އަތަށް، އަދި އަނެއްކުއްޖާ ޝަނާގެ އަތަށް ދިނެވެ. “މަމް އިސް އޯލްސޯ ޑުއިންގ ފައިން” ހިނިތުންވެލަމުން ނަރުސް ބުނެލިއެވެ. ޔަނާލް ވިހެއީ 2 އަންހެން ކުދިންނެވެ. ދެދަރިންގެ ކަންފަތްކައިރީ ބަންގި ގޮވުމަށްފަހު ކަދުރުކޮޅެއް ލެވިއެވެ. ޔަނާލްގެ މައިންބަފައިންވެސް އެވަގުތު އެތަނަށް އައެވެ އަލަށް އައި ދެ މެހުމާނުންގެ ސަބަބުން އެންމެންގެ ތުންފަތުގައި ވަނީ ހިނިތުންވުމެއް ކުރަހާލެވިފައެވެ.
* * * * *
ޔަނާލް އޮތްް އެނދުގެ ކައިރީ ބެހެއްޓފައި ހުރި އެނދުގައ އޮތް ދެކުދިންނަށް ލޯތްބާއެކު ކިޔާން ބަލަހައްޓައިގެންް ހުއްޓެވެ. އެހާ ކުޑައިރުވެސް ޔަނާލްގެ ސިފަތައް މިލްކުކޮށްލައިގެންވާ ދެކުދިންނެވެ. އެ ބްލޮންޑް އިސްތަށިކޮޅެވެ. ހަމަ އެ ބަޓަން ނޭފަތެވެ. ހިތުގެ ބަށްޓަމަަށްވާ މޫނެވެ. ތުނިތުނި ތުންފަތެވެ. ނާޒުކުކަމުން އަތްލައިފިތަނެއް ރަތްވެފައ ހުއްޓެވެ. ވަރުބަލިކަމާއެކު ދެލޯ ހުޅުވާލި ޔަނާލްއަށް ފެނުނު މަންޒަރުން ހިތަށް ފިނިކަން ލިއްބައިދިނެވެ. ދަރިޔަކު ނުލިބި ދިޔަ ދުވަސްތަަކަށްފަހު ދެ ދަރިން ދެއްވިކަމަށްޓަކައި އަބަދުވެސް އެ ދެމަފިރިން ﷲއަށް ޝުކުރުކޮށް އުފާކުރާނެއެވެ “ޔާލްއާއި ހަމަ ވައްތަރީ. ހަމައެކަނި ކަޅީގެ ކުލަ އަހަރެންގެ ސިފައަކަށް ހުރީ” ހިނިތުންވެލަމުން ކިޔާން ބުނެލިއެވެ. އަދި މަޑުހިނގުމެއްގައި ގޮސް ޔަނާލްގެ ގާތުގައި ހުއްޓިލިއެވެ. “ތޭންކްސް ވައިފީ. މިއަދު އަހަރެން ވަރަށް ވަރަށް އުފާވެއްޖެ.” ކިޔާން ބުނެލިއެވެ. “ހަނދާންވޭތަ އަަހަރެމެެން އެންމެ ފުރަތަަމަ ބައްދަލްވި ދުވަސް. އަހަރެންގެ ރަށަށް ކިޔާން ދިޔަފަހަރު. ކިޔާންއަހަރެންނަށް ލޯބި ހުށައެޅީ.. ޝަނާމަންމަ ގާތު އާދޭސްކޮށްގެން އަނގޮޓިއެއް ގަނެ އަހަރެންގެ އިނގިލީގައި އެޅުވީ…. އެދުވަހު އެ ރިކޯޑިން އަޑުއެހި ދުވަހު އެނގުނީ ތީ މަގޭ ޓީން ލަވްކަން. އަދި ތިއީކަން ފުަރަތަމަ ލޯތްބަކީ.. މީހުން ބުނެއެއްނު ފުރަތަމަ ލޯތްބާ ވަކިވާން އެހާ ފަސޭހައެއް ނުވާނޭ” ޔަނާލް އެމީހުން ފުރަތަމަ ދިމާވި ދުވަހުގެ ހަނދާނެއް އާކޮށްލިއެވެ. “އާނ އެދުވވަހު ރަސްފންނުގައި ރޯން އިންދަ ފެނުނުއިރުވސް ވަރަށް ދަންނަ ވައްތަރުޖެހި.. ފުރަތަމަ ނަޒަރުން ލޯބިވެވުނު. ޢެއްދުވަހަކު ޔަނާލްގެ އަތްދަބަސް ހާވަނިކޮށް އެއަނގޮއްޓި ފެނުމުން އެނގުނީ އަސްލު ތިއީކަން އަހަރެންގެ މަންޒިލަކީ… އަހަރެން އެވާހަކަ ނުބުނެ މަޑުކޮށްލީ ޔާލްއަށް އަމިއްލައަށް އެކަން އެނގެންދެން” ކިޔާން ބުނެލިއެވެ. ދެމީހުންވެސް ސިއްސައިގެން ދިޔައީ ކުޑަކުޑަ ދެދަރިންގެ ރުއިމުގެ އަޑަށެވެ.
* * * * * *
3 ދުވަސްފަހުން އިތުރު މައްސަލައެއް ނެތުމުން ޔަނާލް ގެއަށް ދޫކޮށްލިއެވެ. ދަރިންގެ ހުރިހާ ކަމެެއްގައިވެސް ޝަނާ ނުހަނު އެހީވެއެެވެެ. ޔައުލާވެސް ކޮންމެ ދުވަހކު ހވީރު ޔަނާލަށް ޒިޔާރަތް ކުރެއެވެ. ކިޔާންއަށް ކޮންމެ ދުވަހަކީވެސް އައު ތަޖުރިބާއެއް ކުރެވޭ ދުވަހެކެވެ. ދެެދަރިންގެ ލޯބިވެތި ހރަކާތްތައް ފެންނަ ކޮންމެެ ފަހަރަކު އެހިތް ލޯބިން ފުރިދެއެެވެ. 7 ދުުވަސް ވުމުން ދެކުދިންނަށް ނަން ކިެއެެވެެ. ނަން ކިޔުމުގެ ހަފްލާ މާބޮޑު ގޮތަކަށް ނުބާއްވައެެެވެ. އެއް ކުއްޖާއަށްކީ ޔައިނާ މުހައްމަދު ކިޔާންއެވެ. އަނެއް ކުއްޖަކާއަށްކީ ކައިނާ މުހައްމަދު ކިޔާންއެވެ. ކައިނާއާއި ޔައިނާ ފާހަގަ ކުރަން އެނގެނީ ޔައިނާގެ ތިރީތުންފަތް ކއިރީ އިންނަ ކަޅުތިލައިންނެވެ. އެނދުގައި ޔަަނާލްއާއި ކިޔާން ތިބިއރު އުރުގައި ދެދަރިން ތިއްބެވެ. “އަޅޭ… ވަރަށް ދެރަވޭ މިކުދިންގެެެ އިސްތަށިކޮޅު ބާލަން ޖެހުނީމަ” ޔަނާލް ދެރަވެފއި ބުނެލިއެވެ. ކިޔާންވެސް ހިނއައިސްފއި ބޯޖަހާލީ އެއްބަސްވުމުގެެ ގޮތުންނެވެ.

3 އަހަރު ފަސް
“ޔައީ.. ކައީ އާދޭ މަންމި ކައިރިއަށް. ދެން ހަޑި ނުވައްޗޭ” ޑްރެސިން ޓޭބަލްގެ ކައިރީ ބުރުގާއަޅަން އިން ޔަނާލް ބުނެލިއެވެ. މެރޫންކުލައިގެ އަބާޔާގއި ޔަނާލް ފެންނަނީ ނުހަަނު ފުރިހަމަކޮށެވެ އެ ހަނދެއްފަދަ މޫނު މަޑު ފިޔާތޮށި ބުރުގާގެ ތެެރެއިން ފެެންނައިރު ވަކިން ލޯތްބެވެ. ކިޔާން އައިސް ޔަނާލްގެ ގައިގައި ފަހަތުން ބައްދާލިއެވެ. މެރޫން ކުލައިގެ އަތްދިގު ގަމީހާއި ކަޅު ޑެނިމް ޖިނސް އަދި ނއިކް ސްނީކާސްގއި ކިޔާން ފެންނަނީ ފިރިހެންވަންތަ ކޮންނެވެ. ގަމީހުގެ އަތް އުޅަނބޮއްޓާއި ހިސާބަށް އޮޅާފައި އޮތުމުން އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. “ބައްޕިގެ ޕްރިންސެެސްތައް ކޮބާތަ؟ އާނ މިއޮތް ދުވަނީ ވާއު ހާދަ ރީއްޗޭ މާޝާﷲ” ކިޔާން ބުނެލިއެވެ. ލޭސްފޮތިން ފަހާފއިވާ މެރޫންކުލައގެެ ހެދުން އެދެކުދިންނާއި ނުހަނު ގުޅެއެވެ. އެވަގުތަކީ 10 އަހަރުގެ ޔުއާންވެސް ކޮޓަރިނ ނުކތް ވަގުތެވެ. “އާންވެސް ހާދަ ހޭންސަމް އޭ ދޯ” ކިޔާން ކޮށްލި ތައުރީފާއެކު ޔުއާން ލަދުން އިސްޖަހާލިއެވެެ.ެ ޔުއާންއަށް ވީގޮތް ފެނުމންު ޔަނާލަށްވެސް ނުހީއެއް ނީނދެވުނެވެ. ޔުއާންވެސް ހެދުންއަޅާފައ ހުރީ ކިޔާންއާއި އެއްފަދައަކންނެެވެެ. “މަނމީ ބީޗަށް މަންމީ ބީޗަށް” ހުއްޓާނުލާ ޔައިނާއާއި ކއިނާ އެހެން ކިޔަމުން ގެނދިޔައެވެ. “ހިނގާ ދާން” ކިޔާން ދެކުދިން ގޮވައިގެން ކުޅުދުއްފުށި ހެދިގޮނޑުދޮށަށް ދިޔައެވެ. ޔުއާންއާއި އެކު ޔައިނާއާއި ކައިނާ ރާޅު ބީއްސާލާ ހިސާބުގައި ދުވެދުވެފައި އުޅއެވެ. މީގެ ކުޑަ ދުވަސްކޮޅެއްކުރިން އެދެމފިރިން ކުޅުދުއްފުށްޓަށް އައީ ޔަނާލްގެ އެދުމކަށެވެ. “ވަރަށް އުފާވޭ ކައިއާއި ޔައި އަދި އާން އެހެެން އުޅޭތަަން ފެނުމުން” ޔަނާލް ބުނެލިއެވެ. “އަސްލުވެސް.ދޯ. ޥަރަށް އުފާވެރި ފީލިންއެއް ކުރެވެނީ އައި ލަވްޔޫ ވައިފީ. ދުވަހަކުވެސް ދޫކޮށް ނުލާނަން. އަބަދުވެެސް އެކުގައި ވާނަން” ކިޔާން ބުންޏެވެ. ޔަނާލްއާއި ކިޔާން އެކަކު އަނެެކަކު ގައިގައި ބައްދާލިއެވެ. ދުވަހަކުވެސް ދޫކޮށް ނުލާނަމޭ ބުނާފދައިންނެވެ. ކިޔާންއާއި ޔަނާލް އެމީހުން އެދިއެދ ހުރި ލޯބި ހާސިލްވީއެވެ. ދިރިއުޅމުގެ ރާސްތާގައި ދިމާވި އަޑިގުޑަންތަކުން އަރައިގަނެެ އުފާވެރި ހަޔާތެއް ލިބުނީއެވެ . ދިރިއުޅުމުގެ އިމްތިހާނުން ފާސްވީ އެދެމަފިރިންގެ ކެތްތެރިކަމާއި އީމާންތެރިކަމުގެ ސަބަބުންނެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެޔޭ ބުނެއެއްނޫން ހެއްޔެވެ؟ އެދެމަފިރިންގެ ދުޢާއަކީ އަބަދުވެސް އާއިލާ އުފާވެރިކަމުގައި ލަހައްޓަވާ އުފާވެރި އަދި ބާއްޖަަވެރި މުސްތަގުބަލެއް އާއިލާއަށް މިންވަރުކޮށްދެއްވުމެވެ.

( ނިމުނީ )

އައްސަލާމް އަަލައިކުމް.. ވާހަކަ ނިންމާލެވުނުކަމަށްޓަކައި ﷲ އަށް ހަމދުކުރަން. އެތަކެއް ދަތިތަަކަކަށްފަހުވެސް ވާހަކަ ނިންމާލެވުމުން އުފާކުރަން. ފޫހިކަމެއްނެތި ވާހަކަ ކިޔުއްވާ ކޮމެންޓް އަދި ލައިކް ދެއްވި ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން. ތިޔަ އެންމެހާ ކިޔުންތެރިން ދެއްވި ތަރުހީބާއި ހިތްވަރަށް ޝުކުރިއްޔާ. ވަރަށް ހަނދާންވާނެ ހަމަ. އަދި އަޅުގަނޑުގެ އަނެއް ވާހަކަ ‘ހަހުރަ ‘ ނުގެނެސްދޭނެވާހަކަ ހިތާމަޔާއެކު ދަންނަވަން. އޭގެ ބަދަލުގައި ދޭތެރެޔަކުން ކުރުވާހަކަ ކޮޅެއް ގެނެސްދިނުމަށް އަޅުގަނޑުވާނީ ނިންމާފައި. ވަރަށް އަވަހަށް ކުރުވާހަކަޔަކާއެކު ބައްދަލްވާނެކަަމަަށް އުންމީދުކުރަން. ސްޓޭ ސޭފް. ޓޭކް ކެއަރ. ލަވްޔޫ އޯލް! ވައްސަލާމް އަލައިކުމް

ޫ

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ތިން ލަފްޒުން (22)

Next

އޭ އިންސާންއެވެ.

Next
November 27, 2020

އޭ އިންސާންއެވެ.

Previews
November 27, 2020

ތިން ލަފްޒުން (22)

8 Comments!

  1. Saadha Abdhulatheef says:
    November 27, 2020 at 9:54 am

    V reethi vaahaka nimunugoiy ves

  2. Dominator says:
    November 27, 2020 at 11:01 am

    Thankyou saadha so so much, varah ufaavejje vaahaka kamudhiyakan engunyma

  3. ?Ril? says:
    November 27, 2020 at 12:13 pm

    Heii nerf
    Vrh Sali last part vsss
    Last three part ah vess I kurin cmnt but publish eh nukuri
    Hope mi cmnt publish kuraa ne kama
    Minimum vrh Sali Hama best
    Nerf ge kuru vaahaka ahakah waiting
    Stay safe and take care
    Good luck
    Have a bright future

    1. Dominator says:
      November 28, 2020 at 8:20 am

      Hey ril, thankyou so much ingey. . Ehentha yeah varah undhagoo kameh viyya eiy mihaaru dhw,thankyou so mcuh yeah inshaallah Tuesday hisaabuga kiyaa lan libey varu vaane, .stay safe take care. Hama ril ah ves bright future akah edhen, ril ge faraathun libunu support ah varah shukuriyyaa ????

  4. Fathimath Midhuha says:
    November 27, 2020 at 7:14 pm

    Thanks for showing me such a great story to read ☺️ love it❤️❤️ waiting for another story of yours…

    1. Dominator says:
      November 28, 2020 at 8:22 am

      Thankyou so much for your support. Thanks ????????? insha allah Tuesday ga kuruvaahakaeh genesdheynan

  5. Xem says:
    November 27, 2020 at 11:05 pm

    Varah reethi ingey mi vaahaka… loved it

    1. Dominator says:
      November 28, 2020 at 8:23 am

      Thankyou so so mcuh xem, glad to know that you loved this story ?????

Comments are closed.



All Right Reserved!