ވަމޭ ތިލޯބި އެދިއެދި ( ފަނަރަވަނަ ބައި )
“ނާލް،ނާލް، އޭއި ނާލް، ވަޓްސް ރޯންގް” ލިވިޔާ ދުވަމުން ދިޔަ ޔަ ނާލާއި އެއްވަރުކުރަުން ބުނެލިއެވެ. ޔަނާލްއަށް ކަހަރުވަކު ދަނބެކޭވެސް ހީނުވެއެވެ. ނުވިތާކަށް ދުވުންވީ އިތުރަށް ބާރެވެ. ކުއްލިއަކަށް ހަތަރު އަނގޮޅި ކަންމައްޗަކުން ނުކުތް ކާރެއް ޖެހުނީ ޔަނަލްގެ ގައިގައެވެ. އެއާއެކު ވިއްސައިގެނގޮސް ފާރުގައި ބޯޖެހުނުގޮތަށް ލޭތަށް ބިމަށް އޮހިގަތެވެ. މުޅިތާނގައި ލޭވަސް ހިފާލީ ހިނުކޮޅެއްގެ ތެރޭގައެވެ. “ނާލް މަންމާ” މޫނަށް ބުރައިގެމންނ ދިޔަ ލޭތަކާއިއެކު ލިވިޔާވެސް ހޭހުސްވިއެވެ. މަންޒަރު ބަލަންތިބި މީހުންތިބީ ހަދާނެގޮތް ހުސްވެފައެވެ. އެތަނުން ބާރުހުރި ދެފިރިހެނަކު ޔަނާލް އެތާއޮތް ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް މިސްްރާބުޖެހިއެވެ. ހާދިސާ ހިނގިތަނާއި ތަންކޮޅެއް ދުރުގައި ޔަނަލްގެ ގައިގައި ޖެއްސި ކާރުއޮތެވެ. އޭގައި އިން މީހާ ނަންބަރުތަކަކަށް ފިތައިލަމުން މީހަކަށް ގުޅާލިއެވެ. “ޔެސް މޭމް، ވިއްސައިގެން ގޮސް ފާރުގަ ޖެހުނީ، ތިބުނާ ދަރި އެބޯޓް ވާނެ ޔަގީނުންވެސް ، މަރުވުމުގެ ފުރުސަތު ބޮޑު، ޔެސް މޭމް، ތިކޮޅަށް މިދަނީ ކޭޝްކޮޅު ނަގަ ން” އެފިރިހެނާ ހަމަޖެހިލާފައި އިނދެ ކޯލު ނިންމާލިއެވެ. އެންމެންނަށްވެސް ނޭނގުނު ކަމަކީ މިއީ އެތައް ދުވަހެއްގެ މަސައްކަތުން ރޭވި ވަރުގަދަ މަޅިއެއްގެ ނިމުން ކަމެވެ.
* * * * *
ހޮސްޕިޓަލު ތެރެއަށް ޔަނާލް ވެއްދުމާއެކު ފުރޮޅުލީ އެނދަކަށް ލައިގެން ޔަނާލް ގެންދިޔައީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. އިސާހިތަކު ޑޮކްޓަރުން ކޮޅުކޮޅު މައްޗަށް ހާސްކަމާއެކު ދުވަން ފެށިއެވެ. ލިވިޔާ ހޭއެރުމުން އެޚަބަރު އެންމެ ފުރަަތަމަވެސް ދިނީ ކިޔާންއަށެވެ. ހާސްވެފައިހުރެ ކިޔާންވެސް ޔަނާލްގެ މައިންބަފައިންނަށް ގުޅަމުން ހޮސްޕިޓަލަށް ދިއުމަށް ޓަކައި އޮފީހުން ނުކުތެވެ. ޔައުލާއާި ޔުމާން ރޮވިފައިތިބެ އެތަނަށް އައެވެ. ޔައުލާއަށް ސިފަވީ ޔަލާ އެކޮޓަރީގެ ތެރޭ ވީދުވަހުގެ މަންޒަރުތަކެވެ. އެއާއެކު އޭނާއަށް ރޮއެގަނެވުނެވެ. އެއްދަރި ގެއްލުނުހެން އަނއްދަރި ގެއްލޭތަން ބަލަން އޭނާގެ މައިލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ. ރޮއެރޮއެ ޚަބަރު ހުސްވެގެން ޔައުލާ ޔުމާންގެ އަތްމައްޗަށް ދެމުނެވެ. އެވަގުތުވީ ޑޮޮކްޓަރު ހާސްކަމާއެކު ނުކުމެ ކިޔާންއަށް ގޮވާލި ވަގުތަށެވެ. “އައިމް ސޮރީ ޓުސޭ ދިސް، ބަޓް ޕޭޝަންޓްގެ ހާޓްބީޓް ވަރަށް ދަށް، ބައެއްފަހަރު ހަމަ ހިތް ހުއްޓެނީ ، އެންޑް ބޭބީވަނީ އެބޯޓްވެފައި، މިވަގުތު އައި.ސީ.ޔޫއަށް ޝިފްޓްކުރަނީ، ހިތްވަރުކުރާތި، ޕެޝަންޓަށް ބޭނުންްްްްވަނީ ހެޔޮދުއާ، ވީވިލް ޓްރައި އަވަރ ބެސްޓް، އިތުރު އެެެއްޗެެއް ބުނަން އެނގޭނީ ހޭއެރީމަ!” ޑޮކްޓަރ ބުންްްޏެވެ. ކިޔާންއަށް އޭނާގެ އިސްތަށިގަނޑަށް ދަމާލިއެވެ. ތުނބުޅީގައި އަތް އުނގުޅާލެވުނީ ވީދެރައިންނެވެ. މިއަދު އޭނާ ތުގާ ނުހިފެހެއްޓިނަމަ ޔަނާލްއަށް އެހެންނުވީހޭ އޭނާގެ ހިތަށް އެރިއެވެ. މިއީ އޭނާޔާއި ހެދި ވީކަމެކޭ ހިތަށް އަރުވާލަ އަރުވާލާ ހުއްޓެވެ. ފުރާނައަށްވުރެ ލޯބިވާ އަނބިމީހާ އެޙާލުގައި އޮންނަތަން ދެކެން ކެތްވާނީ ކޮން ފިރިއަކަށް ހެއްޔެވެ؟
* * * * * *
“ޕޭޝަންޓްގެ ހާލު ވަަރަށް ކްރިޓިކަލް، ބޭރަށް ގެންދެވޭނެ ގޮތެއް ހަމަޖައްސާލަދޭންވީ، ނޫންނަމަ ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑު” ސާޅީހަކަށް މިނެޓްފަހުން ނިކުމެ ޑޮކްޓަރ ބުންޏެވެ. ކިޔާން ނިއަމް އާއި ގުޅައިގެން ނުހަނު އަވަހަށް އެކަން ހަމަޖައްސާލިއެވެ. “އެތެރެއަށް ވަދެވިދާނެތަ؟” ކިޔާން ޑޮޮކްޓަރުގެ އިޒްނަ ހޯދީ ޔަނާލް ދެކެލުމަށް އެތެރެއަށް ވަނުމަށެވެ. ޑޮކްޓަރ ބޯޖަހާލިއެވެ. އެެތެރެއަށްވަދެ ކިޔާންއަށް އެނާގެ ކަރުނަތައް ހިފެހެއްޓުންވީ ދަތިކަމަކަށެވެ. ފެންކޯރަކުން ފެން އޮހިގަންނަ ބީދައިން އޭނާގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ވެންޓިލޭޓަރުގެ އެހީގައި ދަތިކަމާއެކު ނޭވާލަމުން މަރާއި ދިރިހުރުމާއި ދޭތެރޭ ވަރުގަދަ ހަނގުރާމައެއް ކޮށްލަ ކޮށްލާ އެއޮތީ އޭނާގެ ދިރިހުރުމެވެ. އޭރުވެސް ޔަނާލްގެ ގައިން ފައިބަމުން ދިޔަ ލެއިން މުޅި ބެެޑްޝީޓްވަނީ ފޯވެފައެވެ. މިއަދު ހިނގި ހާދިސާއާއި އެމަންޒަރު ހަމަލޮލުން ފެނުމުން ކިޔާންއަށްވެސް ކެތްކުރުންވީ ދަތިކަމަކަށެވެ. އަޑުވީއްލާ ރޮމުން އޭނާ ދޫކޮށް ނުދިޔުމަށް ތަކުރާރުކޮށް އެދެމުން ދިޔައެވެ. ނަރުހުންވެސް ކިޔާންއަށް ބަލަހައްޓައިގެން ތިބީ ހަމްދަރުދީއާއި ހިތްދަތިކަމުން ފުރިފައިވި ނަޒަރަކުންނެވެ. އެންމެފަހުން ކިޔާންއަށް ލިބުނު ވަގުތު ހަމަވުމުން އޭނާ އެތނުން ނުކުތީއެވެ. އޭނާ ކެތްތެރިވުމަށް ޢަޒުމް ކަނޑަެޅިއެވެ. އެކަލާނގެ އަޅުތަކުންނަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެތެވެ. އަޅުތަކުންނަށް އޮތީ ކެތްތެރިކަ ން އިސްކޮށް
ގިނގިނައިންނ ދުއާ ކުރުމެވެ. ﷲ އީ ހުރިހާ ކަމަކަށްމެ ކުޅަދުންވަްތަ، ރަޙްމާންވަނތަ ރަހީމްވަންތަ ރަސްކަލާނގެއެވެ.
ޡ* * * * *
ރޭގަނޑު 8 ޖެހިއިރު ޖެއްސި ޗާޓަރު ފްލައިޓަކުން ޔަނަލް ލަންޑަނަށް ގެންދިޔުމަށް ހަމަޖެހުނެވެ. ދަތުރަށް ފުރީ ޔަނާލްގެ އިތުރަަށް ކިޔާންއާއި ޔުމާންގެ އިތުރުން ޔައުލާއެވެ. ޝަނާ މަޑުކުރީ ޔުއާން ބެލުމަށެވެ. 16 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ލަނޑަނަށ ބޯޓު ޖެއްސިއިރު އެންބިއުލާންސް ތައްޔާރުގައި އޮތެވެ. އެލަރމް އަޅަމުން ބާރު ސްޕީޑްގައި ލަންޑަންގެ ހަލަބޮލި މަގުތަކުގައި ދުއްވުމަށްފަހު އެންބިއުލާންސް ގޮސް މަޑުކޮށްލީ ދަ ރޯޔަލް ހޮސްޕިޓަލްގެ ދޮރުމައްޗަށެވެ. ވަގުތުން ޔަނާލް ވެއްދުނީ އޮޕަރޭޝަން ތިއޭޓަރަށެވެ. 8 ގަޑިއިރު ފަހުންނ 4 އޮޕަރޭޝަންގެ ސަބަބުން ޔަނާލްގެ ފުރާނަ ސަލާމަތްވިއެވެ. ކިޔާން ޝުކުރުގެ ސަޖިދަެއް ޖަހައި އެކަލާނގެއަށް ހަމްދުކުރިއެވެ. އިތުރު މައްސަލައެެއް އުޅޭނަމަ އެނގޭނީ ހޭއެރުމުން ކަމުގައި ބުންޏެވެ.
* * * * * *
ތިއޭޓަރުން ނެރެގެންްްްް ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ޔަނާލް ޕްރައިވެޓްްް ރޫމަކަށް ބަދަލުކުރެވުނެވެ. ޔައުލާގެ ހިތަށްވެސްް ތަޞައްލީއެއްް ލިބުނީ އެދަރިފުޅުގެ ފުރާނަަ ސަލާމަތް ވުމުންނެވެ. ޖަންބުކުލަ އަރާފައިވާ ޔަނާލްގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ދެއަތުގެ އިތުރުން ފައިގަޔާއި ނިތްކުރިވަނީ ބެންޑޭޖް ކުރެވިފައެވެ. މޫނުމަތީގައިވެސް ޒަޚަމްތަކެއް ހުރިނަމަވެސް އެރީތިކަމާއި މައުސޫމްކަމަށް ކުޑަވެސް އުނިކަަމެއް ނާދެއެވެ. އެސްފިޔަތަށް ތަޅުވާލަމުން ޔަނާލް މަަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެެއްވެސް ތަނެއް ނުފެނުނެވެ. ވަށައިިގެންވަނީ ކަނު އަނދިރިކަމެވެ. “ކިޔާން، ބޮކި ދިއްލާލަބަލަ،” ޔަނާލް ވަރުބަލި އަޑަކުން ބުނެލިއެވެ. ބޮކިހުރީ ދިއްލާފައިކަމަށް ބުނުމުން ޔަނާލަށް ރޮއެގަނެވުނީ ތިމަންނައަކަށް އެއްވެސް ތަނެއް ނުފެނެޔޭ ބުނަމުންނެވެ. މަޑުމަޑުން ފައިވެސް ހިއްލާލަން މަސައްކަަތްކުރިއެވެ. ނަމަވެސް އެކަންވެސް ކާމިޔާބު ވާގޮތެއް ނުވިއެވެ. ޔަނާލް އަޑުގެކޮޅަށް ހަޅޭއްލަވައިގަންނަމުން ރޮއެގަތެވެ. ކިޔާންއައީ ޑޮކްޓަރު ގޮވައިގެންނެވެ. ޑޮޮކްޓަރު ޗެކްކުރުމަށްފަހު ދިން ޚަބަރަކުން ޔަނާލްގެ މުޅި ދުނިޔެ ބަނަވި ފަދައެވެ. “ޔަނާލްގެ ލޮލުގެ ފެނުންވަނީ ގެއްލިފައި، ފައިވެސް ނާރުތަކެއް ފިތިގެން މަސައްކަތެއް ނުކުރޭ، އުނަގަނޑަށް ލިބުނު ގެއްލުމުގެ ސަބަބުން ޔަނާލްއަކަށް ދެން ދަރިންނެއް ނުލިބޭނެ، މިހުރިހާކަމެއްވެސް ރަނގަޅުވުމަށްވުރެ ނުވުން ގާތް،” ޑޮޮކްޓަަރ މިހެން ބުނެފައި އެތަނުން ދިޔައެވެ. “ޔާލް އައިިމް ސޮރީ، އެދުވަހު އަސްލު ތޫ ވެއްޓެން އައީމަ ހިފެހެއްޓީ، ޔަނާލްގެ ތިޙާލަތުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ އަހަރެން ” ކިޔާން ދެރަވިއެވެ. “ނޯ، ޑޯންޓް ބްލޭމްް ޔުރަރސްލްފް، އަހަރެން ކިޔާްން ބުނިއެއްޗެއް އަޑުނާހާ ދިޔައީމައެއްނު މިހެންވީ، އެދުވަހު ހަޤީގަތް އަޑުއެހުނުނަމަ މިހެންނުވީސް، ދެން ނަމައަކުން ކުރެވޭނެ ކަަމެއް ނޯންނާނެ،” ޔަނާލް ބުންޏެވެ. “އަދިވެސް މި ނުކުޅެދުންތެރި އަންހެނާ ދެކެ ލޯބިވޭތަ؟” ޔަނާލް އަހާލިއެވެ. “އޭއި، ޝޫ، ތިއީ ނުކުޅެދުންތެރިި އަންހެނެއް ނޫން، ތިއީ އަހަރެންގެ ދިރިހުރުން، އަަހަރެން ޔަނާލްއާއެކު އަބަދަށްވާނަން، ޔަނާލްގެ ތިޙާލަތުގެ ސަބަބުން އަހަރެން ޔާލްް ދޫކޮށެއް ނުލާނަން، އިންޝާﷲ” ކިޔާން ބުންޏެެވެ. “ކިޔާންއަށް ބޭބީއެއްވެސް ނުދެވުން ދޯ އަހަރެންނަށް، ސޮރީ،” ޔަނާލް އެހެން ބުނެލިތަނާ ކިޔާން ޔަނާލްގެ އަތަށް ބޮސްދިނެވެ. ޔަނާލް އެވަގުތު ގޮތެއް ނިންމިއެވެ. އޭނާ ކިތަންމެ ހިތް ނުރުހުނަސް މިއޮތީ މިދިރިުޅުމަށް އިތުރު އަންހެނަކު ވައްދަންޖެހިފައެވެ. އޭނާގެ ސުވާލަކީ ހުވަފެނުގައި ވީ ފަދައިން ކިޔާން އޭނާއާއި ދުރަށް ގޮސްފާނެތޯއެވެ. ާއަދި އެއީ ޙަޤީގަތަކަށް ނުވުމަށްއެދި ދުއާކޮށްލެވުނެވެ. ޢޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ ކިޔާން ހުވަފެނުގައި ބުނެލި ބަސްތައް ހަނދާން ކޮށްލެވުމުންނެވެ،
* * * * * *
ޝަނާއަށް ގުޅުމަށްފަަހު އެޚަބަރު ދިިނެވެ. “ދަރިފުޅާ، މަންމަ މިހުރީ ދަރިފުޅާއެކު، އިންޝާﷲ އަދި ޔަނާލްގެ ތިކަމަށް ފަރުވާއެއް ލިބޭނެ،” ޔަނާލް ހީކުރިގޮތާއި ޚިލާފަށް ޝަނާގެ އަޑުގައި ނުރުހުންވުމުގެ ޒައްރެއްވެސް ނެތެވެ. އޭނާ ހީކުރީ ފޯނުނަގާ ގޮތަށް ބަވާލާނީ ކަމަށެވެެ. އެއާއި ޚިލާފަށް އެއަޑުުގައިވީ އުއްމީދެވެ. ޔަނާލް ފޯންބޭއްވީ ޔުއާންއާއި އެތަށް ވަރަކަށް ވާހަކަ ދައްކާ ނަސޭހަތް ދިނުމަށްފަހުއެވެ. ޔައުލާއާއި ޔުމާންވެސް ދަރިފުޅަށް ހިތްވަރުދިނެވެ. އުއްމީދު ކަނޑާނުލުމަށް އެދުނެވެ. ކިޔާންއަށްވެސް އެދަރިފުޅު ހިތުގައި ޖައްސާ އެދަރިފުޅު ނިކަމެތިވީ ދުވަހު ދޫނުކޮށްލުމަށް އެދުނެވެ. ކިޔާން އެހުރިހާ ކަމަކަށް އެއްބަސްވިއެވެ. އަދިި އެއަށްވުރެ އޭނާ ޔަނާލްދެކެ ވާލޯބީގެ މަތިވެރިކަން ބޮޑުކަމަށް ތަކުރާރުކޮށް ކިޔާން ބުންޏެވެ؟؟
* * * * * * *
“ކިޔާން ކިހާވަރަކަށް އަހަރެންދެކެ ލޯބިވަން؟” ޔަނާލް އަހާލިއެވެ. “އަމިއްލަ ނަފްސާއި ގެދޮރާއި މުދަލަށްވުރެ ބޮޑަށް” ކިޔާން ފަސްޖެހުމެއްނެތި ޖަވާބު ދިނެވެ. “އަހަރެން ބުނާކަމެއް ކޮށްދެވިދާނެ؟” ޔަނާލް އަހާލިއެވެ. ކިޔާން ބޯޖަހައިލިއެވެ. “އެއްވެސް ސުވާލަކާއިނުލާ ތުގާ ގެނެސްދީބަލަ މި ކޮޅަށް،” ޔަނާލް އެދުނެވެ. ކިޔާން ހައިރާންކަމާއެކު ބޯޖަހާލިއެވެ. އޭނާ ތުގާއަށް ގުޅާލަމުން އެވާހަކަ ބުންޏެވެ. “މިރޭޔޯ އާދެވޭނީ މިކޮޅަށް، ހެނދުނު 10ގެ ފްލައިޓުން ޓިކެޓް ނަގާނަމޯ” ކިޔާން އެހެން ބުނެލިތަނާ ޔަނާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވާން މިއުޅޭކަމެއް އޮޅުން ފިލުވަން ކިޔާންގެ ހިތް އެދެމުން ދިޔައެވެ.
* * * * *
ތުގާ ބުނިފަދައިން ރޭގަނޑު 10 ޖެހިއިރު ތުގާހުރީ ރޯޔަލް ހޮސްޕިޓަލް ތެރޭގައެވެ. އަދި ކިޔާން ބުނި ޕްރައިވެޓް ކޮޓަރިއަކަށް ވަނެވެ. “ނާލް ކިހިނެއްވީ މާ އާޖެންޓްކޮށް އަންނަން ބުނީ؟” ހިތުގައި އަނދަމުންދޔަ އަލިފާންގަނޑު ނިއްވައިލަމުން ތުގާ އަހާލިއެވެ. “ތުގާ އާއި ކިޔާން އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނަމެންނު، ތިދެމީހުންނަށް އަހަރެންނަށްޓަކައި ކަމެއް ކޮށްދީބަލަ،” ޔަނާލް ބުނެލިއެވެ. ދެމީހުންވެސް ތިބީ ޔަނާލްގެ އެދުމަކީ ކޮބައިތޯ ބަލާލަން ކެތްމަދުވެފައެވެ. “އަަހަރެންގެ އެދުމަކީ،. ތިދެމީހުން ކައިވެނިކުރުން، އަހަރެން ބޭނުން ކިޔާންއަށް ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިއަކު ދޭން، ކިޔާންއެކަން ފާޅުނުކުރިޔަސް ކިޔާންވެސް އެއުފާ ބޭނުންވާނެކަން އަހަރެންނަށް އެނގޭ. ނަސީބުގައި އަހަރެންނަށް އެއުފާ ކިޔާންއަށް ދެވޭކަށް ނެތް، މިކަމަށް އެންމެ ރަނގަޅު މީހަކަަށް ފެނުނީ ތުގާ،” ޔަނާލް ބުންޏެވެ. “ކީކޭ؟” ދެމީހުންނަށް އެހެން ބުނެވުނީ އެކީގައި ނަަމަވެސް ތަފާތީ ދެމީހުން އެހެންބުނި ސަބަބެވެ. ކިޔާން އެހެންބުނީ ހައިރާންވެގެންނެވެ. ތުގާ އެހެންބުނީ އުފަލުންނެވެ. “އާނ ތި އިވުނީ ރަނގަޅަށް” ޔަނާލް ޔަގީން ކޮށްދިނެވެ. “އެކަމަކު އަހަރެން ޔާލްދެކެ ހާދަ ލޯތްބެއް ވެޔޭ. އަދި އަހަރެމެންނަށް ދަރިޔަކު ލިބޭނޭ، އިންޝާﷲ ” ކިޔާން ބުންޏެވެ. ” އަހަރެންދެކެ ލޯބިވާނަމަ މިކައިވެނި ކުރާނެ، ޒުވާން އުމުރުގައި ބައްޕައަކަށް ވުމުގެ ނަސީބު ކިޔާން ހޯދަން އެބަޖެހޭ، އަހަރެންގެ ފަރާތުން ދަރިޔަކު ލިބުނަސް ލިބޭނީ މުސްކުޅިވާފަހުން ކަންނޭނގެ، ދަރިޔަކު ދެވޭނެ އެެއްވެސް އުއްމީދެއް އަަހަރެންނަކަށް ނެތް، ޑޮކްޓަރުންވެސް ބުންޏޭނުން އެހެން. ” ޔަނާލް ބުންޏެވެ. ތުގާ އެއްބަސްވިއެވެ. ކިޔާންއަށްވެސް އެންމެފަހުން ޖެހުނީ ހަތިޔާރު ބަހައްޓާ އެއްބަސްވާށެވެ. “1 ވީކްފަހުން ކައިވެނި ހަމަޖައްސާ، އަހަަރެންވެސް ތިކައިވެންޏަށް ދާނަން އިންޝާﷲ، މާދަމާ މާލެދާން ފުރަން ޖެހޭނެ، ތޫވެސް ދޭ ރޫމެއް ނަގައިގެން ޖައްސާލަން،” ޔަނާލް އެދުނެވެ. “އެކަމް ޔާލް އެކަނިވާންނުން” ކިޔާން ބުންޏެވެ. “މަންމައާއި ބައްޕަ ހުންނާނެ، އެކަމާއި ހާސްނުވޭ” ބޭރުން ކިތަންެމެ ހިތްހަމަޖެހުމުގެ ކުލަވަރު ދެއްކިޔަސް އޭނާގެ އެތެރެހަށި ހީވަނީ ފިސްފިސް ވެދާނެހެންނެވެ.
* * * * *
އޭގެ އަނެއްދުވަހު އެޚަބަރު އާއިލާ އެންމެންނަށް ދިނެވެ. “ނާލްއަށް ކެތްކުރުމުގެ ހިތްްވަރު ހުރިއްޔާ އަަހަރެންގެ އިއުތިރާޒެއް ނެތް” ޝަނާވެސް ޔައުލާވެސް އަދި ޔުމާންވެސް ބުނީ ހަމަ އެހެންނެވެ. “ލަވްޔޫ ޔާލް، ތޫވާނީ އަހަރެންގެ ދަރިފުޅުގެ މަންމައަށް، ތިއީ އަހަރެންގެ ލޯތްބަކީވެސް ދިރިިހުރުމަަކީ ވެސް ތިއީ، އެހެން އަންހެނަކަށް މިހިތުން ޖާގައެއް ނުދެވޭނެ،” ޔަނާލްގެ ނިތްކުރިިއަށް ބޮސްދެމުން ކިޔާން ބުންޏެވެ. “އަހަރެންވެސް ވަރަށް ލޯބިވޭ!” ކިޔާން ބުންޏެވެ. އަދި ބައްދާލުމަަށްފަހު ކޮޓަރިން ނުކުތެވެ. ޙަަޔާތުގައި ފުރަތަމަ ފަހަރަށް ހިތަށް ފަޅުކަމެއް ވެރިވެއްޖެއެވެ.
* * * * *
ައިރުއޮއްސެމުން އައިވަގުތު ޑޮކްޓަރު އައިސް ދިން ޚަބަރަަކުން ޔަނާލްގެ ހިތް އުފަލުން ނަށާލިއެވެ. ޔުމާންއާއި ޔައުލާވެސް ދަރިފުޅަށްޓަކައި އުފާކޮށް ޝުކުުރުގެ ސަޖިދައެެއް ޖެހިއެވެ. “ފައިސާގެ އެއްވެސް ދައްޗެއް ނެތްކަމުގައި ވަނީވިއްޔާ މާދަމާ ޔަނާލްގެ ފަޔާއި ލޮލުގެ އޮޕަރޭޝަން ކުރެވޭނެ” ޑޮކްޓްރު ބުންްޏެވެ. ޔަނާލް ނިންމީ ކިޔާންގާތު ނުބުނެ ސަޕްރައިޒެއް ދޭން ރާއްޖެ ދާށެވެ.
( ނުނިމޭ )
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.




hey guys, typing mistake varah Gina vaane, eaky letters thah mix vefa huryma, 1 or 2 episode bakee othy final ah, if you liked please give a like to this story, thankyou all for your support, next inshalallah, thursday ga, enjoy reading ❤❤❤❤?????
Varah reethi Maasha Allah ??
Waiting for the next part
Thanks you so much maash, for your support, next inshalallah Thursday
Masha Allah v reethi mi part vx
Alhamdhulihlah❤️… IA yanaal rangalhu vaane V avahah?…. Thuga n Kiyan marry nukurahchey??… Insha Allah adhi yanaal ah kudhin libeyneyey ?
Curiously waiting for next part❤️
Tc n stay safe ❤️
Heiiii nerf
How’s Yuh
Btw vrh sali mi part vess
Hama best
Aleyyy noo thugaa aa kiyan marry nukuraacheyy
ISA adhi hurihaakameh vess ok vaane dhw nerf hehehe
Waiting for the next one????
Stay safe and TC☺️☺️☺️
Thank you luhoo so so much , let’s see dhw, aan inshaallah, inshaallah recover ves vaane adhi, thanks next inshalallah Thursday ga enme lasvegen submit kollaanan, take care stay safe
hey all, 16 th part submit kohlaafin, aslu bodu bodu free time eh libunuthaaana liyan isheendhely, but niminje mihaaru, maadhamaa kanneynge kiyaaleveyny love you all readers