Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވަމޭ ތިލޯބި އެދިއެދި ( ސޯޅަވަނަ ބައި )

Rain lover Level 310 Stories100 Comments100 Login
November 5, 2020 5 Mins Read
5 Comments

ފަތިހުގެ ފިނިފިނި ވަގުތުކޮޅު ކަމުން މަގުތަކުގައިވަނީ ހިތްތަކަށް ބިރުވެރިކަން އިހްސާސް ކުރެވޭނެ ފަދަ ހަމަހިމޭން ކަމެކެވެ. ރޭގައި ވެެހުނު ސްނޯތަކުގެ ސަބަބުން ބިންގަނޑުގައިވަނީ ސްނޯގެ ފަށަލައެއް ލެވިފައެވެ. މާހައުލުގައިވަނީ ތެތް ފިނިކަމެެެވެެެ. ފަތިހުގެ މިވަގުތުކޮޅުގައި އެެއްބަޔަކު ޣާފިލް ކަންމަތީ ނިދީގެ ފުންކަނޑުގައި ހޭދަކުރަމުން ދިޔައިރު އަނެއްބަޔަކު ދިޔައީ އެމީހުންގެ ވެރި ރައްބަށް އަޅުކަންކުރުމުގައި އިޚްލާސްތެރި ކަމާއެކީ ވަގުތު ހޭދަކުރަމުންނެވެ. އިރު އަރަން ގާތްވެެެއްޖެެ ކަމުގެ ކުލަވަރު އުޑުުމަތިން ފާއްދާލިއެވެ. ޔަނާލްއަށްވެސް ހެޭލެވުނީި ހީކަރުވައިގަެނެެގެންނެވެ. މި ހާދިސާއިން އޭނާއަށްވަނީ ނުހަނު ބޮޑު ފިލާވަަޅެއް ދަސްވެފައެވެ. އެންމެ ދެދުވަހު އޭނާގެ ލޮލުގެ ފެެނުމުން މަހްރޫމްވެ ހިނގުމުގެ ނިއުމަތުން މަހުރޫމް ވިއިރު އޭނާގެ ހިތަަށްވަނީ މާޔޫސްކަން ވެރިވެެފައެވެ. އެފަދަ މީހުން ދުނިޔޭގައި ކެތްކުރަނީ ކިހިނެއްތޯއޭ އޭނާގެެ ހިތަށް އެެރިއެެވެެ ޖަވާބު ވަރަށްވެސް ސާދާއެވެެެ. އެމީހުންގެ އީމާންްތެރިކަމުގެެ ވަރުގަދަ ކަމާއި މާތްﷲ އަށް ވަކީލުކުރުމުގެ ނަތީޖާއެވެ. އޭނާ މިކަމުން ރަނގަޅުވެގެން މިފަދަ އެތައް ބަޔަކަށް އެެހީވުމަށް ޢަޒުމް ކަނޑައެޅިއެވެ.
* * * * *
ާލަންޑަންގެ ގަޑިން ހެނދުނު 10 ޖެހީއެވެ. ޔަނާލްގެ ކައިރީއިން ޔުމާންއަށް ވަނީ ނިދިފައެވެ. “ބައްޕާ! ބައްޕަދޭ ދެން ނިދާލަން” ލޮލަށް ނުފެނުނު ކަމުގައިވިޔަސް އެ ބައްޕަ އިނީ ނުހަނު ވަރުބަލިވެ އަރާމަކަށް ބޭނުންވެފައިކަން އޭނާއަށް އިހްސާސް ކުރެވެއެވެ. “މަންމަ ފޮނުވާނަން އިނގޭ” ޔުމާންވެސް ވަކި ދެކޮޅެެއް ނުހެދިއެވެ. ނަަމަވެސް އެދަރިފުޅު އެކަނި ބޭއްވުމަށް ފަސްޖެހުނެވެ. “ނޫނޭ ބައްޕާ، ދެން މަންމައާއި ބައްޕަޔާއި އާދޭ ހަވީރު، އޮޕަރޭޝަން ކުރާ ގަޑިިއަށް، އޯކޭއެއްނު، ކަމެއް ބޭނުންވެއްޖެޔާ ނަރުހަކަށް ގޮވާލާނީ” ޔަނާލް ބުންޏެވެ. “ނޫން އެހެނެއް ކަމަކު ނުދާނެ، މަންމަ ގެންނާނީ، ކީއްކުރަން ޢާއިލާ މީހުން ތިއްބާ ދުރުހިލޭ ބަޔަކު ގެންނާނީ؟” ޔުމާން ހިނިތުންވެލަމުން ބުންޏެވެ. ޔަނާލް ބަލި ގަބޫލުކުރިއެވެ.
* * * * *
ހަވީރުގެ ހިތްގައިމު ވަގުތެވެ. ފިނިމޫސުމް ކަމުން މާހައުލުގައިވަނީ ގަނޑުުކުރުވާފަދަ ފިނިކަމެކެވެ. ޔަނާލް އޮތީ އޮޕަރޭޝަން ކުރަން ދާންޖެހޭތީވެ ހިތް ނުތަނަވަސް ވެފައެވެ. އެހެން އޮވެ އެކްސިޑންޓްގެ ކުރިން ހިނގި ވަގުތު ތަކުގެ މަންޒަރިުތައް ސިކުނޑީގައި ކުރަހާލވުނެވެ. މިއީ ބައެއްގެ ރޭވުމެއް ބާއެވެ. އެކާރު އޭނާ އެ ގޯޅިއަށް ލަނބާލަން އުޅުނު ވަގުތު ފެނުނުހެން ވެސް ހީވިއެވެ. އެކާރު ކުއްލިއަކަށް ސްޕީޑް ބާރުކޮށްލާފައި އޭނާއާއި ދިމާލަށް އައިސް އޭނާގެ ގައިގައި ޖައްސަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް ނޭނގުނެވެ. އޭނާއަކީ އޭނާއަށް އެނގިިިގެން މީހަކަށް ގެއްލުމެއް އަދިި ދެރައެއްވެސް ދިން މީހެއް ނޫން ވިއްޔާއެވެ. ވީއިރު އޭނާގެ ވަސް މި ދުނިޔެއިން ފޮހެލައިގެން މީހަކަށްވާނެ ފައިދާއެއް ނޯންނާނެއެވެ. ޚިޔާލުތަކުން ބޭރުވެވުނީ އޮޕަރޭޝަން ތިއޭޓްރަށް ގެންދަން އުޅޭކަން ނަރުސް އިއުލާން ކޮށްލުމުންނެވެ.
* * * * *
“އަހަރެން ހިތަށް އަރަނީ ކިިޔާންއަށާއި ޔަނާލްއަށް ބަސްޓްވާ ދުވަަހުން ވާނީ ކިހިނެއްބާއޭ، މިހާރު ވައަތު ލޯތޮޅޭތާ ދުުވަސްކޮޅެއް ވެއްޖެ” ތުގާ ބުންޏެވެ. “ހަހަހަ، ތުގާއެެއްނު ބުނީ ބަސްޓެއް ނުވާނޭ، މިހާރު މާމަމެން ކިޔާއެއްޗެހިި ތިކިޔަނީ” ވިލީޝާ ބުންޏެވެ. ތުގާ ހަމަހިމޭން ކަމާއެކު އެެއްދިމާލަކަށް ބަލައިގެން އިނެވެ. “އަހަރެން ލަންޑަނަށް ދާން މިއުޅެނީ” ވިލީޝާ އެހެން ބުނެލުމުން ތުގާ ސިހުނެވެ. “ޔަނާލްއަށް މިކަން ބަސްޓް ނުކުރާތި، އެހެން ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ” ތުގާ ހިތުން އެދެވުނީ ވަރުގަދަ އިންޒާރެކެވެ. މިފަހަރު ވިލީޝާ އޭނާ ޖަޙާހާ ބެރަކަށް ނުނަށާނެއެވެ. ތުގާއަށް ދުނިޔެ ދައްކަަލާނެއެވެ. “ޙެހެހެ، އޯއު، އަހަރެން ބިިރުގަނެއްޖެ އަމައްޔާއި! ލެޓްމީ ގިިވްޔޫ އަ ޕީސް އޮފް އެޑްވައިސް، އެެއްވެސް ކަމެއް ދުނިޔެ ދާއިމަކަށް ސިއްރުވެފައެއް ނޯންނާނެ، ކިތަންމެ ވރަކަށް އެކަމެއް ފަސްއަޅާ ފޮރުވިޔަސް ކޮންމެވެސް ދުވަހަކުން އެކަން އެމީހަކާއި އަރާ ހަމަކުރާނެ، ދެން ދަނީ، އަހަރެންނަށް ލައްކަ ދުވަހު އަނދިރީގައި ހުރެވިއްޖެ، އަހަރެންނަށް މިހާރު ހެޔޮގޮތް ވިސްނިިއްޖެ،” ވިލީޝާ ވާހަކަ ފެށީ މަލާމާތުގެ ރާގަކަށް ނަމަވެސް ނިމުނުއިރު އެއަޑުވަނީ ބަދަލްވެފައެވެ. ތުގާ ބިރުގަތީ އޭނާގެ ސިއްރު ބޭޒާރު ވެދާނެތިންނެވެ. ބޭޒާރުވެއްޖެނަމަ ކިިޔާންއާއި ޔަނާލްގެ ކުރިމަތީވެސް މުޅި ދުނިޔޭގެ ކުރިމަތީވެސް އޭނާގެ އަގު ވެއްޓުނީއެވެ، މީހުންގެ މަލާމާތައި ފުރައްސާރަ ލިބުން އޭނާ ބޭނުމެއް ނުވެއެވެ. ހުރިހާ ފަރާތތަކަކުންވެސް އޭނަަގެ ކަރުގައިި އެޅިފައިވާ މަޅިއަށް ބާރުވަމުންދާ ކަހަލަ އިހްސާސެއް ކުރެވުނެވެ.
* * * * *
ލޮލުގައި އަޅާފައިވި މަލަންގަނޑު ނަޢްޓަން ފެށުމުން ޔަނާލްގެ ހިތް އަވަސްވާ ގޮތްވިއެވެ. މަލަން ނައްޓަމުން ދާއިރު ހެޭދަވާ ކޮންމެ ސިކުންތަކީ އޭނާގެ މުސްތަގުބަލެވެ. ލޮލުގެ ފެނުން ގެއްލިއްޖެެނަމަ ކާމިޔާބު މީހަކަށް ވުމުގެ ހުވަފެން ބިލާހަކަށް ވީއެވެ. ލޮލުގެ ފެނުން އަނބުރާ ލިބިއްޖެނަމަ މުސްތަގުބަލް އުޖާލާވުމުގެ ފުރުސަތު ބޮޑެވެ. މަލަންގަނޑު ނައްޓާ ނިމުނުއިރު އޭނާއޮތީ ދެލޯމަރާ ބާރުކޮށްގެންނެވެ. “މަޑުމަޑުން ލޯ ހުޅުވާލާ” ޑޮކްޓަރު އޯގާތެރިކަމާއެކު ބުނެލިއެވެ. އޭނާ ލޯ ހުޅުވާލިއެވެ. ފުރަތަމަ ތަންތަން ފެނުނީ ފުސްކޮންނެވެ، ދެތިން ފަހަރަކު އެސްފިޔަ ތަޅުވާލުމުން މަންޒަރު ސާފުވިއެވެ. “އަލްޙަމްދުﷲ” ޔަނާލަށް ބުނެވުނެވެ. އޭނާގެ ލޮލުގެ ފެނުން ރުޖޫޢަ ވީއެވެ. އެތައް ފަަހަރަކު އޭނާ ހެއްދެވި ފަރާތަށް ޝުކުރު ދެންނެވިއެވެ. ދެން އޮތީ ފައިގެ އޮޕަރޭޝަނެވެ. އެކަންވެސް ﷲ ގެރަޙްމަތުން ކާމިޔާބު ވާނެއެވެ.
* * * * * *
ތުގާއާއި ކިޔާންގެ ރަންކިޔުމާއި ކައިވެނީގެ ފޯމުގައި ސޮއެ ކުރުމުގެ ހަފްލާ ކުރިިއަށް ދިޔަ ވަގުތެވެ. ތުގާއަކީ ޝަނާ ވާހަކަދައްކާ ހެދި ކުއްޖެއްކަމަކު އެއީ އޭނާ ޅީދަރިއެއްގެ ގޮތުގައި ގެނައުމަށް އެހާ ހިތްއެދޭ އަންހެނެއް ނޫނެވެ. ތުގާގެ ކަންނެތްކަން އޭނާާވަނީ ލޮލުންދެކި އަތުން ހިފާފައެވެ. ކިތަންމެ ހިތްނުރުހުނަސް ޝަނާވެސް ހުރީ ތުންފަތުގައި ހިނިތުންވުމެއް ކުރަހާލައިގެންނެވެ.، ކިޔާންގެ މޫނުމަތީގައި ހިނިތުންވުމެއް ހުރިކަމުގައިވިޔަސް އެމޫނުގައި ދިރުމެއް އަދި ހިތްހަމަޖެހުމެއް ނުވެއެވެ. އޭނާ ޔަނާލްދެކެ ވާލޯބި ހާމަކޮށްދޭނެއެވެ. ޔަނާލްގެ އެ އެދުން އޭނާގެ އުފާތައް ގުރުބާންކޮށްގެންވެސް ފުރިހަމަ ކޮށްދޭނެއެވެ، އެއާއި ޚިލާފަށް ތުގާހުރީ ދުނިޔޭގެ ހުރިހާ އުފާތައް އޭނާގެ އުނގަށް އަޅާލައިގެން ފަދައެވެ. ތުންފަތުގައި ގަދަ ރަތްކުލައެއް ޖައްސާފައިވާއިރު މޫނުހީވަނީ ފުށްބަސްތާއަކަށް ކޮށްޕާފައި ހުރިހެންނެވެ. އިސްތަށިގަނޑު މިނިވަން ކޮށްލާފައި ހުރިއިރު ލައިގެން ހުރި ކްރޮޕްޓޮޕާއި ލެޖިންސުން ގައިގެ ވަނާތައް ހާމަވެއެވެ. ދެއްކުންތެރިކަމުގެ އިންތިހާއެވެ. ތުގާ ރަންކީ 4444 ރުފޔާ 44 ލާރިއަށެވެ. އޭނާ ރަންކީލެއް ބޮޑުުކަމުން އެންމެން ތިބީ ހައިރާންވެފައެވެ. ހިތްމަތީ ގާގަނޑެއް ބާއްވައިގެން އޮވެ ކައިވެނީގެ ފޯމްގައި ކިޔާން ސޮއެ ކޮށްލިއެވެ. އެއާއެކު އެއްވެފައިތިބި މަދު މީސްކޮޅުގެ އަތްތިލަބަޑީގެ އަޑު އިވުނެވެ. ކިޔާން ފުންނޭވާއެއް ލިއެވެ. އަދި ތުގާއަށް ބަލައިލާފައި ގަދަކަމުން ހިނިިތުން ވެލިއެވެ.
* * * * *
މާތްﷲގެ ރަހްމަތްފުޅާއި ވާގިފުޅުން ޔަނާލްއަށް ހިނގުމުގެ ނިއުމަތްވެސް އަނބުރާ ލިބުނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި މިއީ އޭނާއަށް ކުރިމަތިވި ބޮޑު ވެގެންވީ އިމްތިޙާނެކެވެ. އަދި އޭނާއަށް ހިނގެނީ އަސާގެ އެހީގައި ނަމަަވެސް ހަފްތާއެއްގެ ފިޒިޔޮތެރަޕީއަށްފަހު ހިނގުމުގައި ހުންނަ ދަތިކަމާއި ކޮށިކަންވެސް މުޅީންހެން ކެނޑިގެން ދާނޭކަމަށް ޑޮކްޓްރުން ބުންޏެވެ. ދަރިފުޅު ބައިގެން ދިޔަކަން އެނގި އެހިތާމަ އިހްސާސްވީ އަދިއެވެ.. ދަރިން ލިބުމުގެ އުފަލުން މަޙްރޫމް ވިޔަސް ތުގާގެ ދަރިފުޅަކީ އޭނާގެ ދަރިފުޅު ކަމުގައި ބަލައިގަންނާނެއެވެ. އެހެންނޫނަސް އޭނާގެ އުފަން ދަރިޔަކު އެބަހުއްޓެވެ. އެހެނެއްކަމަކު އެއީ ކިޔާންގެ ދަރިއަކަށް ނުވާނެތާއެވެ. ތުގާއާއި ކައިވެނި ކުރުމަށް ކިޔާންގެ ގާތުގައި އެދުނީވެސް މިސަބަބަށް ޓަކައެވެ. ކިޔާންގެ އުފަން ދަރިޔަކު ހުރުމަށް ބޭނުންވާތީއެވެ.
* * * * * *
ފިޒިޔޮރެރަޕީގެ ދުވަސްތައް ނިމި ޔަނާލްގެ ބައްޔަށްވެސް ޝިފާ ލިބިއްޖެއެވެ. ޒަޚަމްތައް މުޅީން ފަސޭހަވެ ކުރީގެ ރީތިކަމަށް އަނބުރާ ރުޖޫޢަވިއެވެ. މިހާރު އޭނާ ތައްޔާރުވަނީ ދެދުވަސްފަހުން އޮތް ކިޔާންއާއި ތުގާގެ ކައިވެންޏަށް ދިޔުމަށެވެ. އޭގެކުރިން ޝޮޕިންއެއް ކޮށްލަން ނުކުތެވެ. ލަންޑަނަކީ އޭނާއަށް އައު ތަނެއް ނޫނެވެ. އެންމ ގިނައިން ވިޔަފާރި ދަތުރުތަކުގައިި އަންނަނީވެސް ލަންޑަނަށް ވިއްޔާއެވެ. 3 ބުރީގެ ބޮޑު ތަނަވަސް ޝޮޕިން މޯލުތެރޭގައި ރީތިވާން ބޭނުންވާ ސާމާނާއި އަންނައުނާއި ބޭބީ ސާމާނުވެސް ހުއްޓެވެ. އެތަކެތި ފެނުމުން އޭނާގެ ހިތަށް ނުހަނު އަސަރުކުރިއެވެ. ކިޔާންއަށް ސްލިމްފިޓް 3 ގަމީހާއި 2 ޖިންސް އަދި ޔުއާންއަށް 2 ޖެކެޓް ގަމީހާއި ޓީޝާޓް ކޮޅެއްވެސް ގަތެވެ. ތުގާއަށް ދޭން އަތްދަބަހެއްގެ އިތުރުން ޝަނާއަށާއި ޔައުލާއަށް ނެގީ މާޖެހި ކަޅު ފޮތިގަނޑެކެވެ.
* * * * *
“އޭ ފާޒިލް އެހެެރީއޭ ޔަނާލް، ޓައިމް ޖެހުނީ، ލެޓްސް ގޯ” ކައިރީގައި ހުރި ފާޒިލްގެ އަތުގައި ވިކައިގަންނަމުން ވިލީޝާ ބުންޏެވެ. ފާޒިލްވެސް ބޯޖަހާލަމުން ވިލީޝާ އާއިއެކީ ހިނގައިގަތެވެ. “އެކްސްކިޔުސް، މީ ވާހަކައެއް ދައްކާލަން ކައިރީގައި ހުރި ރެސްޓޯރެންޓަށް ދާން ވަގުތުކޮޅެއް ހުސްކޮށްލެވިދާނެތަ؟” ވިލީޝާ އަހާލިއެވެ. ޔަނާލް ދިޔައީ ސިއްސައިގެންނެވެ. “ނޫން، ނުކެރޭނެ” ޔަނާލް ކަންބޮޑުވިއެވެ. “ހާސްނުވޭ، އަަހަރެމެން ޔަނާލަށް ކަމެއް ނުކުރާނަން، ދޯ ފާޒިލް، އަހަރެމެން މިއައީ ޔަނާލަށް ހެޔޮ އެދިގެން، ވަރަށް ބޮޑު ހަގީގަތެއް އޮޅުންފިލުވައިދޭން” ވިލީޝާ ބުންޏެވެ. އެމީހުންގެ މޫނުން މަކަރުވެރިކަމެއް ނުފެނުމުން ޔަނާލް އެއްބަސްވީ ނުހަނު ފަސޭހައިންނެވެ.
* * * *
“ޔަނާލަށް އަހަރެމެެން ނޭނގިދާނެ، އެކަމަކު އަހަރެންނަށްވުރެ ވަކި ޔަނާލް ރަނގަޅަށް ދަންނާނެ މީހަކު މި އުޑުދަށަކު ނުހުންނާނެ، އަހަރެންނަކީ ވިލީޝާ، ތުގާގެ ކުރީގެ ބެސްޓް ފްރެންޑް” ވިލީޝާ ޔަނާލާއި ސަލާމްކޮށްލިއެވެ. “މިއީ، ފާޒިލް، ތުގާގެ ފިރިމީހާ” ވިލީޝާ ތަޢާރަފް ކޮށްދިނެވެ. “ވަޓް؟” ކުއްލި ސިހުމަކާއެކު ޔަނާލަށް ބުނެވުނެވެ. “ތުގާ ފާޒިލްއާއި އިނދެގެންހުރެ ކިޔާންއާއި ކައިވެނިކުރަން އެއުޅެނީ، ސުބްހާނަﷲ މިއީ ކޮންފަދަ ބޮޑު ކަންތައް ގަނޑެއް، ވިލީޝާ، އޮޅުން ފިލުވައިދީބަލަ” ވާނުވާ ނޭނގި ހުރެ ޔަނާލް ބުންޏެވެ. އަދި ކައިވެނީގެ ސެޓްފިކެޓްވެސް ދެެއްކިއެވެ. “ވަޓް، އަހަންނަށް ގަބޫލްވެސް ނުކުރެވޭ، ކައިވެނި ސައްހައެއްވެސް ނުވާނެތާދޯ؟” ޔަނާލަށް ބުނެވުނެވެ. “ޔަނާލަށް އެނގޭތަ ޔަނާލް އެކްސިޑެންޓްކޮށްލީ ރޭވުމެއްގެ ދަށުންކަން.” ވިލީޝާ ބުންޏެވެ. ޔަނާލް ބޯހޫރުވާލިއެވެ. އެހެނަސް ޝައްކު ވީކަމަށް ބުންޏެވެ. “ބޭނުންތަ ކާކުކަން އެކްސިޑެންޓްކޮށްލީ ބަލަން؟” ވިލީޝާ އަހާލިއެވެ. ޔަނާލް ބޯޖަހައިލީ ހިތްއަވަސް ވެފައި ހުރެއެވެ. “އެކަންކުރީ . . . ތުގާ، ކިޔާން ހާސިލްކުރުމުގެ ބޭނުމުގައި، އަދި ޔަނާލްގެ ދަރިފުޅު އެބޯޓް ކޮށްލުމުގެ މަގްސަދުގައި” ވިލީޝާ ދަތިކަމާއެކު ބުންޏެވެ، “ވަޓް؟ ހެއްކެއް ނެތި ތިވަރު ބޮޑު ތުހުމަތެއް ތިއަޅުވަނީ، އެންޑް އަހަރެން ޕްރެގްވީކަން ލިވީ ނޫން މީހަކަށް ނޭނގޭނެ،” ޔަނާލް އޮޅުންއަރާފައި އިނދެ ބުނެލިއެވެ. “އޭޑީކޭ ލެބޯޓްރީގައި އިންނަނީ ތުގާގެ ފްރެންޑެއް، އެންޑް ލިސެން ދިސް ރެކޯޑިންގްސް، ހެއްކެއްނެތި އަހަރެންވެސް މީހެެއްގެ ބޮލުގައި މިފަދަ ބޮޑު ތުހުމަތެއް ނާޅުވާނަން،” ވިލީޝާ އޯޑިއޯ ޕްލޭ ކޮށްލަމުން ބުންޏެވެ. އޭގެ ކޮންމެ ބަހަކުންވެސް ޔަނާލްގެ ހިތުގައި ނަފްރަތާއި ރުޅިވެރިިކަން އުފެދުނެެވެ. “ތުގާ، ކަލޭ. . . . ކަލޭ އަކަށްވެސް މަށަށް ތިހާބޮޑު ދެރައަކާއި އަނިޔާއެއް ދީފައި އުފަލަކު ނޫޅެވޭނެ” ޔަނާލް ދެލޮލުން އަލިފާންކަނި ބުރާހާލު ދެދަތްޕިލަ ޖައްސާލަމުން ބުނެލިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rain lover

Level 310 Stories100 Comments100 Login

hey I'm fizzy,

Other Articles

Previous

ހިތި ނިމުން 13

Next

ތިން ލަފްޒުން (11)

Next
November 5, 2020

ތިން ލަފްޒުން (11)

Previews
November 5, 2020

ހިތި ނިމުން 13

5 Comments!

  1. NERF says:
    November 5, 2020 at 4:14 pm

    Salaam all readers, moithy storyge 16 vana baives up vefa, plss give a like to stry, love you all, enjoy reading

  2. ?Ril? says:
    November 5, 2020 at 4:35 pm

    Heii nerf
    Mi baa vess vrh Sali
    Masha Allah???
    Ril kurin 15 vana part ah vess cmnt eh I guess publish eh nuvi dhw ????
    And Thankx 2 parts ehfaharaa submit kohladiny maa
    Stay safe and take gud care ingeyyy???

  3. Luhoo says:
    November 5, 2020 at 6:50 pm

    Thanks nerf buni date ah up koh dhineema… Mee first tha… Kiyaalaafa comment eh kollaanan ?

    1. Luhoo says:
      November 5, 2020 at 7:00 pm

      Yes yes Thuga bust v dhw… Alhamdhulihlah yanaal ge lolah feni plus she can walk… Dhen othy bust kollun

    2. NERF says:
      November 5, 2020 at 7:29 pm

      You are welcome luhoo, yes you first, aan yanaal ah bust vee,yes dhekan ehfaharaa dhw happened, aan thikan mihaaru mikurany

Comments are closed.

Next Episodeވަމޭ ތިލޯބި އެދިއެދި ( ސަތާރަވަނަ ބައި )←


All Right Reserved!