އަގެއްނެތް ލޯބި 1 ވަނަ ބައި
އުޑުމަތި ސާފު ނަލަ ދުވަހެކެވެ. ކަނޑުމަޑެވެ. ޖެހެމުންދަނީ ހިތްގައިމު ވައިރޯޅިތަކެކެވެ. މިހިތްގައިމު ދުވަހުގެ ހުރިހާ ވަގުތެއް ފާއިތުވެގެން ގޮސް ހަވީރު ވެއްޖެއެވެ. ހަނާ ތައްޔާރުވަމުން އެދަނީ އާދައިގެ މަތިން އިރުއޮއްސޭ މަންޒަރުބަލަން ދާށެވެ. ތުޑީކޮޅާދިމާ އަތިރިމައްޗަށެވެ. ހަނާ އަވަސް ހިގުމެއްގައި އެދިމާ އަތިމައްޗަށް ފޭބިއެވެ. އަދި އެހެންޏާވެސް އިށީންނަ ބުޑުކައިރީ ފައިވާން ބަހައްޓާފައި ވެލިގަނޑުމިތީ ހުސްފައި އަޅާލިއެވެ. ބުޑުމަތީއިށީދެ ހަމަޖެހިލުމައްފަހު އަތުކުރީގައިވާ ގަޑިއަށް ބަލާލިއެވެ. އޭރުގަޑިން ހަވީރު 5 ޖެހީއެވެ. އެއްފަހު ކެއްމަދުވެފަވާ ނަޒަރަކުން އޮއްސެންދާ އިރާ ދިމާއަށް ބަލާލިއެވެ.
ވަށައިގެންވާ މާހައުލަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. ހަނާ ފިޔަވާ އެއްވެސް މީހަކު އެހިސާބުން ފެންނާކަށްނެތެވެ. ބިންމަތީއޮތް ދަޑިކޮޅެއްނަގައިގެން އެއަބުރާލަ އަބުރާލާ އިން ހަނާ ސިއްސައިގެން ދިޔައީ ކުރިމަތީގައިވާ ގަސްގަނޑު ތެރެއިން ހިފައިވާ ފަތްތަކުގެ މަތިން މީހަކު ދުއްވައިގަތް އަޑުއިވިގެންނެވެ. މީއާކަމެއް ނޫނެވެ. ކޮންމެދުވަހެއްގެ ވެސް އާދައެވެ. މީގެ ކުރިން އެއްވެސް ދުވަހެއްގަ އެއީކިހިނެއްވާ ކަމެއްތޯބަލާކަށް ހަނާ ނޫޅެއެވެ. އެކަމަކު މިއަދު އެއީކިހިނެއް ވާކަމެއްތޯ ހަނާ ބަލާހިތްވިއެވެ. އެހެންވެ އަވަހަށް ތެދުވެން ގޮސް ގަސްގަނޑުތެރެއަށް ވަނެވެ. އެއްވެސް އެއްޗެއް ހަނާއަކަށް ނުފެނުނެވެ. އަޅާވެސް ނުލާ ހަނާ އައިސް އިށީނެވެ. އިރުކޮޅެއްވީތަނާ އަނެއްކާވެސް ހަމަ އެގަސްގަނޑު ތެރެއިން ކުރިން އިވުން އަޑު ތަކުރާރުވިއެވެ. ހަނާ ވަރަށް ވިސްނައިގެން ހުރުމުން އަޑުއިވޭ އިރަށް ހުށިޔާރު ކަމާއެކު ދުވެފަ ގޮސް ގަސްގަނޑުތެރެއަށް ވަނެވެ. އެވަގުތު އޭނާއަށް ފެނުނީ ހައިރާން ކުރުވާފަދަ މަންޒަރެކެވެ. ޒުވާން ފުރައިގެ ފިރިހެން ކުއްޖަކު ދުވެފަދިޔަ މަންޒަރެވެ. ހަނާހިތުގާ ސުވާލު ތަކެއް އުފެދުނެވެ. ކާކުކަން ނޭންގޭ އެޒުވާނާ ހަނާ އަށް އުދަގޫ ކުރަނީ ކީއްވެބާއޭ ހަނާގެ ހިތަށްއެރިއެވެ. އެކުއްޖާ ދުވަމުންގޮސް ހުއްޓުނީ އެހިސާބުގައި ހެދިފަހުރި ބޮޑު ނިކަގަހާ ހިސާބުގައެވެ. ” ކީއްވެގެންތަ ކުރިމައްޗަށް އަންނަން ނުކެރިގެން ތިއުޅެނީ!! ހިތްވަރެއްހުރިޔާ ކުރިމައްޗަށް ނިކަން އާދެބަލަ!!! ” ހަނާގެ އަޑުގާވަނީ ރުޅިވެރިކަމެވެ. ހަނާ ބޭނުންވީ އެހެންބުނެގެންވެސް އެއީ ކާކުތޯ ބަލާށެވެ. ގަސްތަކުގެ ތެރެއިން ނިކުމެގެން އައިސް ހަނާ ބުޑުކައިރީއިން ފައިވާނަށްއަރައިގެން ހިގައިގަތީ އަތިރިމައްޗަށެވެ. އިރުކޮޅަކު އަތިރިމަތި ހުރެފަ ގެއަށް ދިޔުމަށް ހަނާ އެއްގަމަށް ހިގައިގަތެވެ. ތަންކޮޅަކަށް ހިގާލުމައްފަހު ހަނާ ހިގުންހުއްޓާލިއެވެ. ހަނާގެ ކުރިމަތީ ހުރީ މިހުރިހާ ދުވަހު ނުފެނި ފާރަލަމުންދިޔަ ޒުވާނާއެވެ. ހައިރާންކަމާއެކު ހަނާ ބަލަންހުއްޓެވެ. މީގެ ކުރިން ދެކެފަނުވާ މީހެއް ހެންހީވުމުންނެވެ. އިރުކޮޅަކު ބަލަންހުރެފަ ހަނާ މަޑުހިގުމެއްގަ އައިސް އެޒުވާނާގެ ކުރިމަތީމަޑުކުރިއެވެ. އެވަގުތު އެޒުވާނާ އިސްޖަހާލިއެވެ. ހަނާ ހިގައިގަތީ އެއްވެސް އެއްޗެއްނުބުނެ ދާށެވެ. އެނހިދު އެޒުވާނާ އިސްއުފުލާލާ އެއްޗެއްބުނަން އަގަހުޅުވާލިއެވެ. ހަމައެވަގުތު ހަނާ އަތުގެ އިސާރާތުން މަޑުކުރުމަށް ވެސް ބުންޏެވެ. އަދި އޭނާއަށް ފުރަގަސްދިނެވެ.
” މިފަހަރު ވާހަކަ ދައްކާނީ އަހަރެން..!!! މިހުރިހާ ދުވަހު ކަލޭ އަހަރެންގެ ފަހަތުން ފާރަލަމުން، އުދަގޫކުރަމުން ތިދަނީ ކީއްވެގެންތަ؟. އަހަރެން ކަލޭއަށް އުދަގޫކުރިންތަ؟ .ފަހަތުން ދުވިންތަ؟….. ނުދުވަމެއްނު…. ދެންކީއްވެގެން ކަލޭ އަންނަންވީ!!!!…” ހިތްހަމަ ނުޖެހިފާ ހުރެ ހަނާ އެއްފައްޗަކަށް އަމުނާލިއެވެ. އެންމެ ފަހަރަކުވެސް އެޒުވާނާ އެއްޗެއް ބުނެލާނެ ފުރުސަތެއް ހަނާ ނުދިނެވެ.
ހަނާ ކާކުކަން ނޭންގޭ އެޒުވާނާއާ ކުރިމަތިލަމުން ޒުވާނާގެ މޫނަށް ރުޅިވެރިކަމާއެކު ބަލާލުމަންފަހު ހިގައިގަތެވެ. އެވަގުތު އެޒުވާނާ ހަނާއަށް ގޮވާލިއެވެ. މަޑުންނެވެ.ނަމަވެސް ހަނާ ފަސްއެބުރި ބަލާވެސްނުލާ ދިޔައީއެވެ. މަންޒަރުބަލަން އެޒުވާނާ ހުއްޓެވެ.
ހަނާއަށް ގެއަށް ދެވުން އިރުވަނީ މޫނު އަދިރިޖެހިފައެވެ. ކޮޓަރިއަށްވަދެ ހެދުން ބަދަލުކުރުމައްފަހު ހަނާ ފާޚާނާއަށް ވަދެ ވުޞޫކޮށްލައިގެން ނިކުމެ ނަމާދު ކޮށްލިއެވެ. ނަމާދުކޮށް ނިމިގެން ހަނާ އެނދުގައި އިށީދެލީ އެޒުވާނާއާ މެދު ވިސްނަމުންނެވެ. މޫނުމަތިން ހިސާބަކަށް ހާސްކަންފާޅުވަމުން ދިޔައެވެ.” އެއީ ކާކުތަ؟. ކޮންމެ މީހަކަށްވިޔަސް އަހަރެންގެ ގެ ފަހަތުން އަންނަށްވީ ކީއްކުރަންތަ؟ ” އެކަނި އިދެގެން ހަނާ ކިޔަމުން ދިޔައެވެ. ހަނާ ފޯނު ނަގާ ނަންބަރުތަކަން ފިތާ ޑައިލް ކޮށްލިއެވެ. ” ހަލޯ… ޒިދޫ.. ކީއްކުރަނީތަ؟ ” ހަނާގެ އެންމެގާތް ރަހުމަތްތެރިޔާއަށް ގުޅާ އަހާލިއެވެ. ” ކަމެއްނުކުރަން. ކިހިނެއްވީތަ ހަނާ. ” ޒިދުނާވެސް ކުރީ ސުވާލެކެވެ. ” މާބޮޑު ކަމެއްނުވޭ… އާދެވިދާނެތަ މިގެއަށް.” ހަނާ ބުންޏެވެ. އާއެކޭ ބުނެ ޒިދުނާ ފޯނު ކަޑާލީ ހަނާ އަންނާށޭ ބުނީ ކީއްކުރަންކަން ނޭގިހުރެއެވެ. ޒިދުނާ ފޯނު ބޭންވުމުން ހަނާ އެނދުގަ އޮށޯވެލިއެވެ. ދިހަވަރަކަށް މިނިޓް ފަހުން ދޮރުގައި މީހަކު ޓަކިދިން އަޑުއިވުނެވެ. ” ހުޅުވާފަ…..” ޓަކިދިން އަޑާއެކު ހަނާ ބުނެލިއެވެ. ދޮރުހުޅުވާލާފަ އެތެރެއަށް ވަނީ ޒިދުނާއެވެ. ޒިދުނާ ފެނުމުން އޮށޯވެގެން އޮތް ހަނާ ތެދުވެ ދެފައި ވައްކޮށް އެނދުމަތީ އިށީނެވެ. ޒިދުނާ ވެސް އައިސް ހަނާ ގާތުގައި އިށީނެވެ.” ކިހިނެއްވީތަ ހަނާ. އަނެއްކާ ކަމެއް ގޯސްވީތަ؟” ހަނާ އިންގޮތުން ޒިދުނާ އަހާލިއެވެ.”މާބޮޑުކަމެއްނުވޭ.” ހޭވިފަވާ ބޮލުގެ އިސްތަށިތައް ރީތިކޮށްލަމުން ހަނާ ބުނެލިއެވެ. ” ބޮޑުކަމެއް ނުވަންޏާވެސް ދެންތިވެގެން އުޅޭ ކުޑަކަމެއްވެސް ބުނަންވީނުދޯ..!! އޭރުންނެއްނު އަހަރެންނަށް ވެސް އެގޭނީ.” ސަމާސާ ގޮތަކަށް ޒިދުނާ ބުނެލިއެވެ. ” ވެގެން އުޅޭގޮތަކީ ތަންކޮޅެއްކުރިން އަހަރެން ބުނީމެއްނު ތުޑީކޮޅު ގަސްގަނޑު ތެރެއިން ހިކި ފަތްތަކުގެ މަތިން މީހަކު ހިނގާ އަޑު އިވެއޭ ” ހަނާ ކުރިން ބުނެފަ އޮތް ވާހަކައެއް ޒިދުނާއަށް ހަނދާންކޮށްދިނެވެ. “ހޫމް…. ދެންކިހިނެއް ވީއްޔޯ ” ޒިދުނާ ބުނެލިއެވެ. ” މިއަދު އަހަރެންނަށް މިއެގުނީ އެކަމުގެ ހަގީގަތް. ފުރަތަމަ ފަހަރު އަޑު އިވިގެން އަހަރެން އަހަރެން ބަލާލި އިރު އެއްވެސް އެއްޗެއްގެ ހިލަމެއް ނުވޭ. އެކަމަކު ދެވަނަ ބުރަށް އަޑުއިވިގެން އަހަރެން ގޮސްބަލާލި އިރު އަހަރެންނަށް ފެނުނީ ފިރިހެން ކުއްޖަކު ދުވެފަ ދިޔަތަން ” ހަނާ ބުންޏެވެ. ” ދެންކިހިނެއްވީ..!!! ހަނާއަށް ތިފެނުން ކުއްޖާ އަކީ ކާކުކަން އެނގޭތަ؟ ” ހަނާގެ ވާހަކަ ނުނިމެނީސް ޒިދުނާއަށް ނުއިދެވިގެން ވާހަކަ ދައްކަންފެށިއެވެ. ” އެއީ ކާކު ކަމެއް އަހަރެންނަކަށް ނޭންގެ. މީގެކުރިން އަހަރެންނަށް ފެނިފަ ހުރި މީހަކާ ވެސް ވަރަށް ވައްތަރު ” ހަނާބުންޏެވެ. ” އެންހެންތަ؟. އަނެއްކާ ކާކުބާ ހަނާގެ ފަހަތުން އެއުޅެނީ. ވެދާނެ ދޯ ކޮންމެވެސް އެހެން ރަށެއްގެ މީހެއްކަމަށްވެސް ” ޒިދުނާ ދޯ ދިނީ ހަނާއަށެވެ. “ވެދާނެ ތިހެންވެސް…… އަހަރެންދާހާ ތަނެއް ބަލަމުން އަހަރެންނަށް ފާރަލާންވީ ކީއްވެގެންތަ؟ ” މިހެން ހަނާ ބުނާއިރަށް ޒިދުނާ ހޭންފެށިއެވެ. ” އަޖައިބެއް މީހަކު ނުވާނެތަ؟. ހަނާ ފަހަތުން ފިރިހެން ކުއްޖަކު ފާރަލަމުން ހިގާނީ ކީއްކުރަން ކަމެއްހަމަ ނޭންގޭތަ؟ އެކަމަކު ހަނާ…..” ޒިދުނާ ހެމުން ބުންޏެވެ. ” ނޭންގުނޭ. ނުހީބުނެބަލަ.” ހަނާ ބުނެލިއެވެ. ” މީދަ މޮޔަޔާ… އެއީ ލޯބިވާތިއޭ… ” ހަނާއަށް ނުވިސްނުމުން ޒިދުނާ ބުންޏެވެ. “އައްޗީ… ދެންމި ޒިދޫ ދައްކާވާހަކަ ދޯ ” މިހެންބުނެ ހަނާ ޒިދުނާގެ ގައިގާ ބާލީހުންޖެހިއެވެ. ” ކިހިނެއްވީ ހަނާ ދެންތިބުނަނީ ހަނާއެއްވެސް މިހަކު ދެކެ ލޯބިނުވާނަމޭތަ؟ ” ޒިދުނާ އަހާލިއެވެ. ” އެހެނެއްނޫން މިބުނީ. ރަގަޅު ކުއްޖަކު ފެނިއްޖެނަމަ ދެންއެގޭނީ ބުނާނެ އެއްޗެއް…” ހަނާ ޖަވާބު ދިނީ ވަރަށް ވިސްނާފައެވެ. ” ދެން ތިއެއްނޫން. ހަނާއަށް އެނގޭނެތަ ތިބުނާ ކުއްޖާ ފެނިއްޖެނަމަ ފާހަގަ ކުރަން. އަހަރެން ބޭނުން ތިމީހަކީ ކާކުތޯ ބަލާލަން. ” ޒިދޫ ބޭނުންވީ އެއީކާކުކަން ހޯދާށެވެ. ” އެގޭނެ. ފެނިއްޖިއްޔާ ބުނާނަށް އިގޭ. ” ހަނާ ވެސް އުންމީދާއެކު ބުނެލިއެވެ. ފޯން އަށް ބަލާލަމުން ޒިދޫ ދަނީއޭ ބުނެ ތެދުވިއެވެ. ޒިދޫ ދިޔުމުން އަނެއްކާވެސް ހަނާ އެނދުގައި ޖައްސާލިއެވެ. ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅުނިކޮށް ހަނާގެ މަންމަ ޒުހުރާ ގޮވާލިއަޑު އިވުނެވެ. ކަންނެއް ގޮތަކަން ހަނާ އައިސް ދޮރުހުޅުވާލިއެވެ. “ހިގާ ކާންދާން.މަންމަ މިއައީ ކާން ހަދާފަ.” ޒުހުރާ ބުންޏެވެ. “ނެތްކާހިތެއް. މަންމަ ގޮސް ކާލާ. އަހަރެން ބަޑުހައި ވެއްޖިއްޔާ އައިސް ކާނަން.” މިހެންބުނެ ހަނާ ވަނީ ކޮޓަރިއަށެވެ. ކުރާނެ ކަމެއްނެތީމަ ހަނާ އަނެއްކާވެސް ގޮސް އޮށޯތެވެ. އޭގެ އިރުކޮޅެއްފަހުން ހަނާގެ ފޯން ރިންގުވާންފެށިއެވެ. ހަނާ އެކޯލްއަށް ޖަވާބު ދިނުމައްފަހު ފޯން ބޭންވިއެވެ. އެބުރެމުންދާ ފަންކާއަށް ހަނާގެ ނަޒަރުހުއްޓިފަ ވާއިރު މޫނުމަތިން ވަރުބަލިކަންް ހާމަވަމުންދިޔައެވެ. ދެލޮލުން ނިދީގެ އަސަރު ވެސް ފެންނަމުން ދިޔައިރު އިރު އިރުކޮޅާ އާވެސްފުރިލައެވެ. އިރުކޮޅަކު އޮށޯވެގެން އޮތުމަށްފަހު ތެދުވެ ގަޑިއަށް ބަލާލަމުން ހަނާ ފާޚާނާއަށް ވަނުމަށް ތުވާލިނެގިއެވެ.
ނިސާދު ނިއްކުރިމަތީ އަތްބާންވާލައިގެން މަގުމަތީހުރި ޖޯލިފަތީގައި އޮށޯވެލައިގެން އޮތެވެ. ހީވަނީ ކޮންމެވެސް ކަމަކާ ވިސްނާހެންނެވެ. އާއެކެވެ. ނިސާދު ވިސްނަމުން އެދަނީ ހަނާއާ މެދުގައެވެ. އެންމެފުރަތަމަ ނިސާދުއަށް ހަނާފެނުން ދުވަހުވެސް ނިސާދުގެ ހިތް ހަނާއަށް އެދިގޮވަންފެށިއެވެ. ލޯބީގެ ބާނިތައް ހިތުތެރޭގަ އުފެދެންފެށިއެވެ. ” ދައްތާ. ނިސާދު ކޮބާ؟ ” ގޭތެރޭ ސޯފާގައިން ނިސާދުގެ މަންމަ ހަފުސާ ކުރެން ޒިޔާދު އަހާލިއެވެ. ” ހީވަނީ ބޭރުޖޯލީގަހެން ” ހަފުސާ ބުންޏެވެ. މިހެންބުނުމުން ޒިޔާދު ބޭރަށްނުކުތެވެ. ހަފުސާ ބުނި ޖޯލީގައި ނިސާދު އޮތެވެ. ” އޭތް… ނިސާދު ” ނިސާދުއަށް ގޮވަލަމުން ޒިޔާދު އިށީނެވެ. ނިސާދު އެއްޗެއް ނުބުނުމުން އަޑުނީވެނީކަން ޒިޔާދުއަށް އެގުނެވެ. ދެވަނަފަހަރަށްވެސް ޒިޔާދު ގޮވާލިއެވެ. މިފަހަރު ޒިޔާދު ގޮވާލީ ނިސާދުގެ ފައިމަތިގައި އަތުން ޖަހާލަމުންނެވެ. ” ތަދުވެއްޖެއޭ!! ” ސިހިފައި ނިސާދު ފައިމަތީއުގުޅާލަމުން ބުނެލިއެވެ. ” ތަދުވީމަ ތަދުވި ވާހަކަ ބުނަންދޯ އެގުނީ. މިހާރު ކޮންއިރެއްތަ ގޮވާތާ. އަދިކިރިޔާ އަޑުއިވޭ ވަރުތިވީ. ކިހިނެއްވެފަ ތިއޮތީ. ކާކުގެ ހިޔާލަކަށް ގެއްލިފަތަ؟ ޒިޔާދުބުންޏެވެ. ” ކަމެއްނުވޭ ” ހަމަ އޮތީ.. އެއްވެސް ހިޔާލެއްގަ އެއްނޫން ” ނިސާދު ފޮރުވަން މަސަކަތް ހުރިއެވެ. ” ހިޔާލެއްގަ ނޫންކަން އެބައެގޭ ބަލާލީމަ ވެސް. އެންމެ ރަގަޅޭ ނުބުންޏަސް. ދެން އަހަރެންމީ ކާކުދޯ ބުނަން ” ޒިޔާދު ރާގާ ބަހުރުވަ ބަދަލު ކޮށްލިއެވެ. ” ފެށީދޯ އަނެއްނާވެސް ޒިޔާ. ބުނެފީމެއްނު ކަމެއްނުވެ އޭ. ދެން ޖޮބެއްވެސް ނެތީމަ މިހެން އޮވެވޭނެދޯ ” ނިސާދު ބުންޏެވެ.” ހިގާބަލަ ހިގާލަންދާން. ވަރަށް ފޫހިވެގެން މިއުޅެނީ. އަދި އެބައޮތް ވާހަކައެއްވެސް ބުނަންވެފަ ” ޒިޔާ ބުންޏެވެ. ” އާނ! ހިގާދަމާ… ” މިހެންބުނެ ދެމީހުން އެކުގައިޖޯލިން ތެދުވެގެން ހިގައި ގަތެވެ. ” ދެންތިބުނަން އުޅޭ ވާހަކައެއް ބުނެބަލަ. ” ތަންކޮޅަކަށް ދިޔުމަށްފަހު ނިސާދު ބުންޏެވެ. ” މިރަށު އޮފީހުގަ އެބަ އޮތް ޖޮބް. އެޕްލައި ކުރަންވީނު ” ހިގަމުން ޒިޔާދު ބުންޏެވެ. ” އަސްލުވެސްތަ؟ ކޮންމަގާމެއްތަ؟ ” ޖޮބެއް ބޭނުންވެފަ ހުރި ނިސާދު އަވަސް އަވަހަށް އަހާލެވުނެވެ.” ކޮންމަގާމެއްކަމެއް ނޭންގެ ބުނާކަށް މިހާރަކު. އޮފީހު ނޯޓިސް ބޯޑުގަ އޮތް އިޢުލާނެއް އަހަރެންނަށް ވެސް ފެނުނީ. ހިގާބަލަ ބަލާލަން. އޭރުން އެގިދާނެއްނު.” ޒިޔާއަށް ފެންނަ ގޮތްހާމަ ކުރިއެވެ. ދެމީހުން އެކުގައި އޮފީސް ދޮށަށް މިސްރާބުޖެހިއެވެ.
ހަނާ ފާޚާނާއިން ނިކުމެގެން އައިސް ޑުރެސިންގް ޓޭބަލް ކައިރީ ހުއްޓުނެވެ. އަދި ބޮލުގައި އޮލާފައިން ތުވާލި ނައްޓާލާ، ބޮލުގެ ތެރެއަށް އަތްލާ ރީތިކޮށް އިސްތަށިގަނޑު ހާވާލިއެވެ. ކުޑަގޮތަކަށް ރީތިވެލައިގެން ހަނާ އޮފީހަށް ދާންތަޔާރުވިއެވެ. އަޅާފައިވާ ދޯޕައްޓާ ރީތިކޮށްލަމުން ޒުހުރާއަށް ގޮވާލިއެވެ. ” މަންމަ މިހުރީ ކާގޭގަ. ކިހިނެއްވީތަ؟ ” ޒުހުރާ މިހެން ގޮވާލުމުން ހަނާ ކާގެއާ ދިމާއަށް ހިގައިގަތެވެ. އަހަރެން މިދަނީ އޮފީހަށް.” ހަނާ ބުންޏެވެ. ” ކިހާއިރަކުން ގެއަށް އަންނާނީ ” އަތުގެ ނުފުށުން ބުރުގާ ރީތިކޮށްލަމުން ޒުހުރާ އަހާލިއެވެ. ” އޮފީހުގަ އޮތް ބައްދަލު ވުމަކަށް މިދަނީ. ނިމުނުހާ އަވަހަކަށް އަންނާނަން ” މިހެންބުނެ ހަނާ ގެއިން ނިކުންނަން ހިގައިގަތެވެ.
އޮފީހާ ވަރަށް ކައިރިވެފަ ވަނިކޮށް ނިސާދުގެ ހިގުން ހުއްޓުނެވެ. ހީވީ މީހަކުފަހަތުން ނިސާދުގެ ގައިގާ ހިފެހެއްޓިހެންނެވެ. ޒިޔާ ފަސްއެބުރި ބަލާލިއެވެ. ނިސާދު ހުރިގޮތުން ޒިޔާ ގާތަށް ހިނިއައެވެ. އެވަގުތަކީ ހަނާ އޮފީހަށް ވަންނަންވެގެން ކުރިމަތީއޮތް މަގުން ނިސާދުމެން ތިބިމަގަށް ނިކުތް ވަގުތެވެ. ” އޭ…ނިސާދު!!! ކިހިނެއްވީތަ؟ ދެފައި ތަތްލީތަ؟ ” ހެމުން ޒިޔާ ބުނެލިއެވެ. ޒިޔާ ގޮސް ނިސާދު ކުރިމަތީ ހުއްޓިހުރެ މަގުގެ އަނެއްކޮޅު ބަލާލިއެވެ. ނިސާދުގެ ހިގުންހުއްޓޭވަރުގެ މަންޒަރެއް ޒިޔާއަށް ނުފެނުނެވެ. ” ކިހިނެއްވެފަތަ ތިހުރީ ” ތައްކޮޅެއްބާރަށް ޒިޔާ ބުނެލިއެވެ.” ކީކޭ؟ ” ނިސާދު ބުނެލިއެވެ. ” ކަމެއްނުވޭ ” ނިސާދު ބުންޏެވެ. ” ނުވާނެ އެހެނެއް. ކޮންމެވެސް ކަމެއްވެއްޖެ. ނުބުނަން ތިއުޅެނީ ” ޒިޔާ ދިމާކުރާ ފާޑަކަށްބުނެލިއެވެ. ” ޒިޔާ. އަހަރެންނަކަށް ކަމެއްނުވެއޭ ” ޒިޔާދު ގަބޫލް ނުކުރުމުން ނިސާދު ބުންޏެވެ. ” އޯކޭ ދެން. އަޅާނުލާ. ހިގާ އަވަހަށް ބޯޑު ބަލާލާފަ ގެއަށްދާން ” މިހެންބުނެ ނިސާދު ކޮޑަށް އަތްއެއްލައިގެން ހިގައިގަތެވެ. ގެއާހަމައަށް ދިޔައިރު ހަފުސާ ހުރީ ގޭ ދޮރުމަތީގައެވެ. ” މަންމަ މި އައީ ކާންހަދާފަ. ހިގާ ދެކުދިން ކާންދާން ” މިހެންބުނެ ހަފުސާ ގޭތެރެއަށް ވަންނަން ހިގައިގަތެވެ. ” އަހަރެން ކާންދާނީ ގެއަށް. މަންމަ މިހާރު ހުންނާނީ އަހަރެން ނާންނާތީ ނުކައި ކަންނޭންގެ ” ޒިޔާދު ބުނެލިއެވެ. ” ޒިޔާ ތިހެން ހެދީމަ އަހަރެންގެ މަންމަ ކީކޭތަ ހީކުރާނީ” ނިސާދު އެހެން ބުނުމުން އޭނާޔާ އެއްތަށިމަތީ ކޮންމެވެސް ވަރަކަށް ކައިގެން ޒިޔާދު ގެއަށްދިޔައެވެ.
ހަނާއަށް ގެއަށްއާދެވުން އިރުހުރީ ގަޑިން 10 ޖަހަންވެފައެވެ. ގެއަށްވަދެގެން އައި އިރު ޒުހުރާ އިނީ އުދޯލީގައި ދުފާލައިގެން ހަނާގެ އިންތިޒާރުގައެވެ. ހަނާވެސް އައިސް ޒުހުރާގެ ގާތުގައި އިށީދެލިއެވެ. ” މަންމަ ކައިފިންތަ؟ ” ހަނާ އަހާލިއެވެ. “އާނ…ކައިފިން. މިހާރު އެހެރަ 10 ޖަހަން އުޅެނީވިއްޔާ ” އުދޯލީގެ އެއްފަރާތު ފާރުގައި ހަރުކޮށްފަހުރި ގަޑިއަށް ބަލާލަމުން ޒުހުރާ ބުންޏެވެ. ” ދަރިފުޅު ނުކަންތަ؟ ” ޒުހުރާ ހަނާ ކުރެންއަހާލިއެވެ. ” ނޫން…ކާނަން… އެބައަށްނަން ހެދުން ބަދަލުކޮށްގެން. ” މިހެންބުނެ ހަނާ ކޮޓަރިއަށް ދިޔުމަށް އުދޯލިންތެދުވިއެވެ. ހަނާ ދިޔުމުން ޒުހުރާ ކާގެއަށް ދިޔައެވެ. ހަނާ އަށްނަން ވާއިރަށް މޭޒުމައްޗަށް އެއްޗެހިނަގާ ތައްޔާރުކުރުމައްޓަކައެވެ.
ކައިގެންއައިސް ހަނާ އެނދަށްއަރާ އޮށޯވެލިއެވެ. ހަނާގެ ހިޔާލުގާވަނީ އޭނާއަށް ފާރަލަމުންދާ ޒުވާނާގެ ހިޔާލެވެ. އެގޮތައް ފާރަލަމުން ހިގަންވީ ކީއްވެބާއޭ ހަނާގެ ހިތާ ސުވާލުކުރަމުން ދިޔައެވެ. ބައެއްފަހަރު ޒިދުނާ ބުނި ވާހަކަވެސް ހަނާގެ ހަނދާނައްއާދެއެވެ. މިކަހަލަ ހިޔާލު ތަކެއްގަ ވަނިކޮށް ހަނާއަށް ނިދިއްޖެއެވެ. ނިދީގެ އަރާމުކަން ހަނާއަށް ލިބެމުންދާއިރު، ނިސާދު އެއަރާމުން މަހުރޫމްވެފާ އެނދުގެ ހުރަހަށް ވާގޮތައް އޮށޯވެގެން އޮތެވެ. އޭނާގެ ލޮލުން ނިދީގެ އެއްވެސް އަސަރެއްފެންނާކަށްނެތެވެ. ހީވަނީ އެއްވެސް ވަރަކަށް ނިދަންބޭނުން ނުވާހެންނެވެ. ހަނާގެ ހިޔާލުގަ ވަގުތު ހޭދަކުރުން އުފަލަކަށްވެއްޖެއެވެ. މިހާލެއްގަ ނިސާދު ވަނިކޮށް ފަތިސްނަމާދު ބަންގި ގޮވާ އަޑު އިވެންފެށިއެވެ. ” ދަރިފުޅާ ނިސާދު… ފަތިސްނަމާދު ބަންގި ގޮވަނީ” ހަފުސާގެ އަޑާއެކު ނިސާދު ދޮރާދިމާއަށް ބަލާލިއެވެ. ” މަންމާ އަހަރެން ހޭލާމި އޮތީ” ނިސާދު ބުންޏެވެ. ” އަވަހަށް ތެދުވެގެން ނަމާދަށްދޭ..” ހަފުސާ މިހެންބުނެފަ ދިޔައެވެ. ފާޚާނާއަށް ވަދެ ދަތްއުގުޅާ މޫނުދޮވެ، ވުޞޫކޮށްގެން މިސްކިތައް ދިޔުމައް ގެއިންނިކުތެވެ. ނަމާދު ކޮށްލައިގެން ފަތިހު ފިންޏަށް ރަށުތެރޭ ހިގާލަން ނިސާދު ދިޔައެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް ނިސާދުގެ އާދައެވެ. ނިސާދުގެ މިސްރާބު ހުރީ ހޮޅުއައްޓާ ދިމާލަށެވެ. މަގުތަކުގެ މަތިންވެސް ދެބައި އުމުރުގެ މީހަކު ނޫނީ ނުފެނެއެވެ. ހޮޅުއަށީގައިވެސް ތިބީ އެއުމުރުގެެ ދެތިންމީހެކެވެ. ނިސާދު ގޮސް އިށީނީ އެމީހުންނާ ތަންކޮޅެއްދުރުގައެވެ. ވަށައިގެންވާ ހިސާބުގަނޑަށް ނަޒަރު ހިންގާލިއެވެ. ފަތިހުގެ ހިމޭން ވަގުތަކީ ކިހާ ހިތްގައިމު ވަގުތެއް ހެއްޔެވެ؟ ހަމަހިމޭންކަމައް ލޯބިކުރާ މީހަކަށް މިވަގުތަކީ ކިހާ މުހިންމު ވަގުތުކޮޅެއް ހެއްޔެވެ؟
18
7 Comments
Comments are closed.
Nice
hadi
Good
Reethi???
Woooow.. Nice story masha allah.. ?? waiting.. Avas next part up kohdhyba..
Dhen kobaatha aneh bai
Vrah habeys.. feshun ves vrah reethi
Thee hama best man 🙂
aneh baii pls pls upload…