ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 3ވަނަ ބައި
ދޮޅުއަހަރު ފަސް
ޝައުނާއަކީ އަމިއްލަ ދިރިއުޅުމެއް އުޅެމުން އަންނަ ހީވާގި ގެވެހި އަތްބެކެވެ. ހަމީދު ޝައުނާ އާއި ކައިވެނި ކުރުމަށްފަހު ރިސޯޓް ވަޒީފާ ދޫކޮށްލައި ރަށުން އޮފީހުން ހުސްވެފައިފައިވާ ވަޒީފާ ހޯދިއެވެ. ދިރިއުޅުން ރަށަށް ބަދަލު ކޮށްލިއެވެ. ހަމީދު އާއި ކައިވެނި ކުރިފަހުން ޝައުނާގެ މޫނުމަތީގެ އުޖާލާކަން އިންތިހާއަށް ފާޅުވަމުން ދިޔައެވެ. އެދެމީހުންގެ ކައިވެއްޏަށް ދޮޅުއަހަރު ވީއިރު ވަނީ ލޯބިލޯބި އަންހެން ކުއްޖަކު ލިބިފައެވެ. ލިބުނު ދަރިޔަކީ ޝައުނާ ބޭނުންވި ކަހަލަ ކުއްޖެކެވެ. ހަމީދު ބޭނުންވީ ފިރިހެން ކުއްޖެކެވެ. ނަމަވެސް ހެއްދެވި ފާރާތުން ދެއްވާނީ އެއްމެ ރަނގަޅަށް ކަމަށްދެކި އިންތިހާއަށް އެދަރިފުޅުދެކެ ލޯބި ވަމުންދިޔައެވެ. އެދަރިފުޅު ބެލުމުގެ ޒިންމާ ނަގައިގެން ތިބި ދެމީހުންގެ އަޒުމަކީ އެދަރިފުޅަށް އިހާނެތިކަމެއްނުދީ ރަނގަޅު ތަރުބިައްޔަތަކުން ތަރުބިއްޔަތު ކޮށްބަލާ ބޮޑުކުރުމެވެ. ދެމީހުންގެ ލޯބި ހަމަހަމައަށް ދިނުމަށެވެ. ވަކިތަފާތެއް ނުކޮށެވެ.
” ދަރިފުޅާ ޖުމާ…! ދެންއާދޭ މީތިކޮޅު ކާލަން. މަންމައަށް މިހާރު އެނބަލަސްވޭ. ދަރިފުޅުގެ ބައްޕަ އަންނަންވާއިރަށް ކާންވެސް ހަދަންޖެހޭނެ ” ޝައުނާ ކުޑަކުޑަ ޖުމާ އާއި ވާހަކަދައްކަމުން ދިޔައެވެ. އެމަންޒަރު ހަމީދު ހުރީ ބަލާށެވެ. ” ނޫނޭ.!! އަހަރެންނަށް ކާންހަދަންޖެހޭނީ ޖުމާއަށް ކާންދީފަ. ޖުމާގެ ކަންތައްތައް ނުކޮށް އަހަރެންނަށް އެއްވެސް ކަމެއްކޮށްދޭނެ ކަމެއްނެތް ” މަންޒަރު ބަލަށް ހަމީދު ކޮޓަރީ ދޮރުމަތީ ހުރުމަށްފަހު ބުނެލިއެވެ. ” ހަމީ އައީތަ؟ މިއުޅެނީ މީތިކޮޅު ޖުމާ ނުކައިގެން. ކާންއަންނަން ގޮވާލީމަ ބޯހޫރުވާލަނީ ” ހަމީދުގެ އަޑު އިވުމުން ޝައުނާ ބާލާލުމަށްފަހު ބުންޏެވެ. ” އެތެދެއްތަ؟ ދަރިފުޅު ނުކާންވެގެންތަ ތިއުޅެނީ. އެހެން ހަދާކަށް ނުވާނެއްނު ” ދުރުގައި ހުރި ޖުމާ އުރާލައިގެން އައިސް ޝައުނާގެ ގާތުގައި އެނދުގައި އިށީދެލިއެވެ. އަދި ޖުމާ ކައިރީގައި ބެއްޓުމަށްފަހު ޝައުނާ އަތުން ތަށިއަތުލާފަ ސަމުސަލުން ކާއެއްޗެހި ދިއްކޮށްލުމާއެކު ޖުމާ އަނގަ ހުޅުވާލިއެވެ. ” ކޮބާ ފެނޭތަ؟ ކާންދޭން ނޭންގޭތީ ވާގޮތްތީ. އަހަރެން ލެއްވީމަ އެކާލީނު ” ޖުމާ ކާންފެށުމުން ހަމީދު ޝައުނާ އާއި ދިމާކޮށްލިއެވެ. ” ދެންހެވޭ….! އަހަރެން ގަބޫލްކުރަމޭ ކާންދޭން ނޭންގޭކަން. ދެން ކާންދޭން އެނގޭ މީހާ ކާންދީ. އަހަރެން އަންނާނަށް ހަމީއަށް ކާންހަދާފަ ” ޝައުނާ މިހެން ހަމީދުގެ ކޮލުގާ ހިފާލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ނާޖީ ވަރަށް ރަނގަޅަށް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތެވެ. ” ކޮންތާކަށްދާން ތިދަނީ. ދާއިން ކައިރިއަށްތަ؟ “ނާޖީ ތައްޔާރުވެލައިގެން ހުރީމަ ޝައުނާ އަހާލިއެވެ. ” އާނ…! ދާއިން އައިސްބަލާށޭ ބުނެފަ އޮތީމަ. ދޮންބެދައްތަ އަނެއްކާ ކަމަކުތަ ތިގޮވީ ” ނާޖީ ސުވާލުކޮށްލިއެވެ. ” އާނ…! މަންމަ މެންގެއަށް ދާންވެގެން މިއުޅެނީ. އެހެންވެ އަހަރުމެންނާއެކު ދާންބުނަން ވެގެން ” ޝައުނާ ބުންޏެވެ. ” ކޮބާ ދޮންބެ ” ނާޖީ ޖުމާ އުރާލަމުން ސުވާލިކޮށްލިއެވެ. ” އެނބައުޅޭ. ދޮންބެ ވެސް ދާނެއޭ. ނާޖިއަށް ދެވޭނެތޯ އަހާލަންވެގެން އަސްލު ގޮވީ. އެކަމަކު ދެން އޯކޭ…! ދޭއަވަހަށް ދާއިން މިހާރު ލަސްވެގެން އުޅޭނެ ” ޝައުނާ ޖުމާ އުރާލަމުން ބުނެލިއެވެ. އަދި ލަސްވެއްޖެނަމަ ދާއިން ހިތްހަމަ ނުޖެހިދާނެ ކަމަށްބުނެ ނާޖީ ފޮނުވާލިއެވެ. ޝައުނާ އެއްގޮތަކަށްވެސް އެދެމީހުން ހުއްޓުވާކަށް ނުވަތަ އެދެމީހުންގެ ގުޅުމަށް ހުރަސް އެޅޭނެ ވަރުގެ ކަމެއް ކުރާކަށް ބޭނުމެއްނުވެއެވެ. ޝައުނާއަށް އެނގިގެން މީހަކު އެކަހަލަ ކަމެއްކުރިޔަވެސް ނުދޭނެއެވެ. ނަމަވެސް ރަށުގެ ޒުވާނުންތަކެއް ތިބެނީ އެކަމާ ހަސަދަވެރިވެފައެވެ. ތަގުދީރުގާ ގުޅެންހުރި ބަޔަކު ގުޅޭނެއެވެ. އެކަމަކަށް އެއްވެސް މީހަކަށް ބާރެއްނުފޯރުވޭނެއެވެ.
” ނާޖީ މާބާރަށް ކޮންތާކަށް ދާން ތިދަނީ” ޝައުނާގެ ރައްޓިއްސެއް ކަމަށްވާ ނަދީމާ އަހާލިއެވެ. ” މިދަނީ ދާއިން ބުނެގެން އެގެއަށް. ނަދީމާ ކޮންތާކަށް ތިދަނީ ” ނާޖީ ނަދީމާއަށް ޖަވާބު ދިނުމަށްފަހު ސުވާލުކޮށްލިއެވެ. ” އަހަރެން މިދަނީ ތިގެއަށް ” ނަދީމާ ބުނެލިއެވެ. ” އެހެންތަ؟ ދޮންބެ ދައްތަމެން ގޮސްފި ދޮންބެ ދައްތަގެ މަންމަ ގެއަށް ” ނާޖީ ހިނިތުން ވަމުން ބުނެލިއެވެ. ” އަދި ނުދާނެ. އަހަރެން ގުޅާފަ ބުނިން އަހަރެން ދަންދެން މަޑުކުރަން ” ނަދީމާ ބުންޏެވެ. ” ކޮބާ ދެމީހުން މެރީ ކުރަން އުޅެނީ ކޮންއިރަކުންތަ؟ ” ނަދީމާ ވާހަކަ ދިގުކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ” ތިކަމާ އެބަ ވަރަށް ވިސްނަން. އޭ ނަދީމާ ދެން ދަނީ. ވަރަށް ލަސްވޭ އެބަ…! ” ނަދީމާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ލަސްވަނީ ކަމަށް ބުނެ ނާޖީ ހިގައިގަތެވެ. ނާޖީ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޯޅިއަކަށްފަހު ގޯޅިއެއް ފަސްދެމުން ހިނގަމުން ދާއިންގެ ގެއާހަމައަށް އާދެވުނެވެ. މަގުގެ ދެކޮޅު ބަލާލުމަށްފަހު ހާވާލެވިފައިވާ ފަންދިގު އިސްތަށިގަޑުން ބައެއް ކޮޑުމައްޗަށް ގެނެސް އިސްތަށިގަޑު ރީތިކޮށްލަމުން އެގޭ ދޮރާށި ހުޅުވާ އެތެރެއަށް ބޯދިއްކޮށްލިއެވެ. ގޭގެ ދޮރުވެސް ހުރީ ލައްޕާފަކަމުން ނާޖީ މަޑުމަޑުން އެތެރެއަށްވަދެ ގޭގެދޮރުވެސް ހުޅުވާ ސަލާމްގޮވާލުމަށްފަހު އެތެރެއަށް ވަނެވެ. ގޭތެރެ ވަރަށް އަދިރިއެވެ. ސިޓިންގ ރޫމްގައި ހުރެ ނާޖީ ދާއިންއަށް ގޮވާލިއެވެ. އެވަގުތު ކުއްލިއަކަށް މުޅި ސިޓިންގ ރޫމަށް އަލިވެގެން ދިޔައެވެ. ނާޖީއަށް ކުއްލި ސިހުމެއްލިބި ވަށައިގެން ގޭތެރެއަށް ބަލާލެވުނެވެ. ގޭތެރެ ވަނީ ވަރަށް ފުރިހަމަ އަށް ތައްޔާރު ކުރެވިފައެވެ. ހީވަނީ އެގެއަށް ހިތާނީ މޫސުން ލައިގަނެގެން އުޅޭހެންނެވެ. ގެއަށް ވަންނަ ދޮރާދިމާލަށް ވާގޮތަށް ކުރިމަތީގައި ދާއިންގެ އެންމެގާތް އަދި ފުޓްބޯޅަ ކުޅެންދާ ކުދިންތައް އެތުރިލައިގެން ހެވިފަ ތިއްބެވެ. އެމީހުންގެ އެއްމެ ކުރިގައި ދާއިން ހިނިތުންވެލައިގެން ނާޖީ އާއި ދިމާއަށް ބަލަން ހުއްޓެވެ. ނާޖިއަށް ބުނާނެ އެއްޗެއް ނޭންގި ބަލަން ހުރެވުނެވެ. ” ހެޕީ ބާރތްޑޭ ޓޫޔޫ…. ހެޕީ ބާރތްޑޭ ޓޫޔޫ…. ހެޕީ ބާރތްޑޭ ނާޖީ…. ހެޕި ބާރތްޑޭ ޓޫޔޫ…. ” ނާޖީ އެހެންހުއްޓާ އެއްމެން އެއްފަހަރާ ކިޔަންފެށިއެވެ. އެހާހިސާބުން ވެގެން އުޅޭގޮތް ނަޖީއަށް އެގިގެން ދިޔައެވެ. ޚްދު ނާޖީ ވެސް އުފަންދުވަހުގެ މަތިން ހަނދާނެއްނެތެވެ. ދާއިން އާއި ދާއިންގެ އެކުވެރިންގެ ފަރާތުން އެހާ ސަޕްރައިޒް ގޮތަކަށް ވިޝްކުރުމުން ނާޖީ ލަދުން އިސްޖަހާލުމަށްފަހު އިސްއުފުލާ އެމީހުންނާ ދިމާއަށް ބަލާލިއިރު ކުރިމަތީ ފެންނަން ހަމީދު އާއި ޝައުނާ އަދި ޖުމާ ހުރުމުން ހައިރާންވެ އުފަލުން ލޮލުގެ ތެރެއަށް ކަރުނަ ޖަމާވެގެން ދިޔައެވެ. ހަމީދު އާއި ޝައުނާއަށް އެކަންފާހަގަ ވެވި އެދެމީހުން ނާޖީ ގާތަށް އައެވެ. ފަހަތުން ދެންތިބި މީހުންވެސް އައެވެ. އެއްމެންގެ ތެރޭގައި ދާއިން ނާޖީއަށް ދާއިންގެ ހަދިޔާ ދިއްކޮށްލިއެވެ. އެކުޑަ ފާރުސަލްގާ ނާޖީ އުފަލުންނެވެ. އޭގެފަހުން ދާއިންގެ އެކި ރައްޓެހިންގެ ފަރާތުން ނާޖީއަށް ހަދިޔާ ލިބެމުންދިޔައެވެ. ” އެއްމެން އަހަރެންނަށް ހަދިޔާ ދީފި. ކޮބާ ދޮންބެ އާ ދޮންބެ ދައްތަ ދޭ ހަދިޔާ ” ނާޖީ މިހެން އަހާލުމުން އެއްވެފާތިބި މީހުން ދެފަރާތަށް ކެހިލާ މެދު ހުސްކޮށްލިއެވެ. އެވަގުތު ނާޖީއަށް ފެނުނީ ޗޮކްލެޓް ކޭކެއް ހިފައިގެން ނަދީމާ ހުއްޓައެވެ. ” ތީ ދޮންބެ އާ ދޮންބެ ދައްތަގެ ފަރާތުން ކޮއްކޮއަށްވީ ހަދިޔާ. ކަމުދޭތަ؟ ” ނާޖީއަށް ކޭކް ފެނުމުން ހަމީދު ބުނެލިއެވެ. ” ވަރަށް ކަމުދޭ ” ނާޖީ ހަމީދުއާ ކަރިވެލަމުން ބުނެލިއެވެ. ޗޮކްލެޓް ކޭކްއަކީ ނާޖީއަށް އެއްމެ މީރު އެކައްޗެވެ. ނަދީމާ އައިސް ކޭކް އެތާހުރި ކުޑަމޭޒެއްގެ މަތީ ބެހެއްޓިއެވެ. އެއަށްފަހު ނާޖީ ކޭކް ފެޅުމާއިގެން ކުރިޔަށް ދިޔައެވެ. ކޭކް ފަޅާލުމަށްފަހު އެއްމެ ފުރަތަމަ ކޭކް ކާންދިނީ ނާޖީގެ އަތުން ދާއިން އަށެވެ. އެއްމެންނަށް ކޭކު ދިނުމަށްފަހު ނާޖީވެސް ކޭކް ކާންފެށިއެވެ. އެއްމެން ކޭކު ކަމުންދިޔައިރު ނާޖިގެ އުފަންދުވަސް ފާހަގަ ކުރުމަށް ކަންތައްތައް ރޭވިގޮތް ކިޔާދެމުން ދިޔައެވެ. އެހަވީރު ވެގެން ދިޔައީ ނާޖީއަށް އެތަކެއް އުފާތަކެއް ގެނެސްދިން ހަވީރަކަށެވެ.
ހަމީދުމެން ގެއަށްދާން ނިކުތުމުން ފަހަތުން ދާއިން ވެސް ނިކުތެވެ. އެކިއެކި ވާހަކަދައްކަމުން އެއްމެން ގެއަށް އައެވެ. ހަމީދު އާއި ޝައުނާ ގޭތެރެއަށް ވަދެގެން ދިޔުމުން ނާޖީ ދާއިން ކައިރީ ބޭރުގައި މަޑުކުރިއެވެ. ” މިރޭ އަހަރެން ބޭނުން މީޓް ކުރަން. އަހަރެން އިޝާ ނަމާދުން ފައިބައިގެން އަންނާނަން ” ދާއިން ބުންޏެވެ. އާއެކޭ ބުނުމުގެ ގޮތުން ނާޖީ ބޯޖަހާލުމަށްފަހު ގޭރެތެއަށް ވަދެގެން ދިޔައެވެ. ނާޖީ ގެއަށް ވަނުމުން ދާއިން ގެއަށް ދިޔުމަށް ހިގައިގަތެވެ. މަޑުހިގުމެއްގައި ދާއިން ހިނގަމުން ދިޔައީ މަގުގެ މެދުންނެވެ. އޭނާގެ ހިތުގާ އެނބުރެމުން ދިޔައީ ޕާޓީގެ ކަންތައްތަކެވެ. ބޭނުންވާ ގޮތަށް ނާޖީގެ އުފަންދުވަސް ފާހަގަ ކުރެވުމުން ދާއިން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. މިހިޔާލުގާ ދާއިން ހިނގަމުން ދަނިކޮށް މީހަކު ދާއިންއަށް ގޮވާލުމުން ސިހުނެވެ. ފަހަތް ބަލާލިއިރު ތިބީ ރަށުގައި އުޅޭ ވިޔާނުދާކަމަށް ރަށުމީހުން ކިޔާ ގުރޫޕްގެ މީހުންނެވެ. ދާއިން އެއްވެސް އެއްޗެއްނުބުނެ ހިގައިގަތެވެ. ” ތިހުރީ ވަރަށް އުފަލުންދޯ. ތިއުފާވެރިކަން މާގިނަދުވަހަކަށް ދެމިގެނެއްނުދާނެ ” ދާއިން އެއްޗެއްނުބުނެ ދާންފެށުމުން އޭގެތެރެން އެކަކު ބުނެލިއެވެ. އެވަގުތު ދާއިން ހިނގުންހުއްޓާލިއެވެ. އެމީހުން އައިސް ދާއިން ވަށާލިއެވެ. ” އަހަރެންނަށް ނާޖީ ނުލިބުނިއްޔާ ދާއިންއަށް ވެސް ނާޖީ ލިބުނަކަ ނުދޭނަން. ނާޖީ ދެކެ ކުރިން ލޯބިވީ އަހަރެން ” އެގުރޫޕްގެ އިސްކޮށްހުރި މީހާ ބުނެލިއެވެ. އެއަށްފަހު ފަހަރަކު މީހަކު ދާއިން އާއި ދިމާލަށް އެއްޗެހިކިޔަމުން ދިޔައެވެ. ނަމަވެސް ދާއިން އެއިން އެއްވެސް މީހަކު ދަައްކަމުން ދިޔަ ވާހަކައަކަށް އަދި ސުވާލަށް ޖަވާބެއް ނުދެއެވެ.
” ކަލޭ ވާހަކަ ނުދައްކަނީ ކީއްވެތަ؟ މަންމަންވިތަ؟ ނޫނީ މިތާގަ ނާޖީ ނެތީމަތަ؟ ހާދަ ގަޓެއްނެތޭދޯ ” އެމީހުން ވާހަކަ ދައްކާ ދައްކާވެސް ދާއިން އެއްޗެއް ނުބުނުމުން އޭގެތެރެން އެކަކު ރުޅިގަދަވެގެން ބުނެލިއެވެ. ” އާނ….! މިތާގަ ނާޖީ ނެތީމަ އެއްޗެއް ބުނަން ބޭނުންނުވީ. އަހަރެން ނޫޅެން ކުރާނެ ކަމެއްނެތިގެން ކަލޭމެންނާ ވާހަކަދައްކާކަށް. އަދި ބުނަން!! ނާޖީދެކެ އަހަރެން ފަހުން ލޯބިވިޔަސް ނާޖީ ކަލޭއަކަށް ނުލިބޭނެ. ނާޖީ ލޯބިވަނީ އަހަރެންދެކެ ” ދާއިންއަށް ކެއްނުވެގެން ރުޅިއައިސްގެން އެހެން ބުނުމަށްފަހު އެމީހުންގެ ތެރެންނިކުމެގެން ހިގައިގަތެވެ. ” އެހެންތަ؟ އަހަރެން ބަލާލާނަމޭ ނާޖީ އާއެކު އުޅެވޭތޯ….!! ބޮޑު ރަޑާލި….!! ” ދާއިން ފަސްއެބުރި ބަލާވެސްނުލާ ހިގަމުން ދިޔައެވެ. އެމީހުން ދެއްކި ހުރިހާ ވާހަކައެއްވެސް އެއްކަންފަތުން ވަދެގެން އަނެއްކަންފަތުން ބޭރުކޮށްލަމުންނެވެ. ދިންއިންޒާރާ، ކުރި ސުވާލުތައްވެސް ހަދާންނައްތާލަމުންނެވެ. އަދި އެއިން އެއްވެސް ވާހަކައެއް ނާޖީއަށް ނޭންގުމަށް ދާއިން ހިތުގެ އަޑިން އަޒުމް ކަޑައެޅިއެވެ.
އެރޭގެ އިޝާ ނަމާދުން ފައިބައިގެން ދާއިން ދިޔައީ ނާޖީ އާއި ބައްދަލުކުރާށެވެ. ދާއިން ކައިރިއަށް ނާޖީ އައުމަށްފަހު ނާޖީ ދާއިންގެ ގައިގާ ބައްދާލިއެވެ. ” ތޭކްސް…. އަހަރެން ހީނުކުރަން ދާއިން އަހަރެންގެ އުފަންދުވަހުގަ އެވަރު ކުރާނެ ކަމަށް. އަހަރެން މިހުރީ ވަރަށް އުފަލުން ” ދާއިންގެ ގައިން ދޫކޮށްނުލާ ހުރެ ނާޖީ ވާހަކަ ދައްކަމުންދިޔައެވެ. ނާޖީ އެހެއް ހުއްޓާ ދާއިންގެ ގަޔާ ނާޖީ ދުރުކޮށްލުމަށްފަހު ދާއިން ލައިގެންހުރި ޖިންސުގެ ޖީބުން ރަތްކުލައިގެ ކުޑަ ފޮއްޓެއްނެގިއެވެ. އޭގައި ވަނީ ރަން އަގޮއްޓި އެކެވެ. ނާޖީ އުފަލުން ވަރެއްނެތެވެ. ދާއިން އަގޮއްޓި ނަގާ ނާޖީގެ ވާތުގެ ކަށިއިގިއްޔަށް ހެޔޮވަރުކޮށްލިއެވެ. ނާޖީ އިގިއްޔަށް ބަލާލިއެވެ. ހިނިތުންވެލަމުންނެވެ. އަގޮއްޓި އިގިއްޔަށް ހެޔޮވަރުކޮށްލުމުން ނާޖީގެ ރީތިކަން އިތުރުވެގެން ދިޔަހެން ދާއިންއަށް ސިފަވާން ފެށިއެވެ.
ދެހަފްތާ ފަހެވެ. އެއްދުވަހަކު ދާއިން ގޭގައި ކޮންމެވެސް ކަމެއްގައި އުޅެނިކޮށް ޒުހާން އައިސް ގެއަށްވަނެވެ. ” ޒުހާން ކޮންދަތުރެއްތަ؟ ” ޒުހާން ފެނުމުން ދާއިން އަހާލިއެވެ. ” މީހަމަ މިގެއަށް ކުރި ދަތުރެއް ” ޒުހާން ބުނެލިއެެވެ. ” މާދަން މިރަށު ވަރަށް ގިނަ މީހުން ނޮޅިވަރަމް އަށް ދާން އެބައުޅޭ ” ކުޅުދުއްފުއްޓާ މާދުރުނޫން ހިސާބުގާ އޮށްނަ ނޮޅިވަރަމްއަށް އެރަށުން މީހުންދާތީ ޒުހާން ބުނެލިއެވެ. ޒުހާން ވެސް ދާންބޭނުންވާތީއެވެ. ” ކީއްކުރަންތަ އެރަށަށް ދަނީ ” ދާއިން އަހާލިއެވެ. ” ރާއްޖޭގެ މަސްހޫރު ނެށުންތެރިންނާ، ފިލްމް ސްޓާރުންނާ، ލަވަކިޔާ މީހުން އެރަށުގައި ހިތާނުކޮށްފައި އޮތްތަނެއްގައި ވަރަށް ވަރުގަދަ ސޯވ އެއް ދޭތީ އެ ސޯވ ބަލަން މިރަށުންވެސް މިހުންދަނީ. ވަރަށް މީހުން އެބައޮތޯ އެރަށުގައި. ދާއިން ނުދާނަންތަ؟ ” ޒުހާން ތަފްސީލްކޮށް ކިޔާދިނެވެ. ” ޒުހާން ނުދޭތަ؟ ” ޒުހާން ކައިރީ ސޯފާގައި އިށީންނަމުން ދާއިން ވެސް ކޮށްލީ ސުވާލެކެވެ. ” އަހަރެން އެކަނި ދާންޖެހޭތީ ދާއިން ކައިރީ މިއަހާލީ ވެސް ” ޒުހާން ބުންޏެވެ. ” ޒުހާން ދައްޏާ އަހަރެންވެސް ދާނަން. އެކަމަކު ގޮސްތިބޭނެ ގެއެއްވެސް ނެތެއްނު ” އެރަށަށް ގޮސް ތިބޭނެ ތަނަކާ ބެހޭގޮތުން ދާއިން ސުވާލުކޮށްލިއެވެ. ” ތިބޭނެ ތަނެއް އަހަރެން އޯކޭ ކުރާނަން. ދާއިން ދައްޏާ އެވީ ” ތިބޭނެ ތަނެއްލިބޭނެ ކަމަަށް ޒުހާން ބުނެލިއެވެ. ” އެހެންވިއްޔާ ޖެހޭނެ މަންމަ ގާތުގައި ބުނެލަންވެސް ” ދާއިން ސޯވ ބަލަންދިޔުމުގެ ކުރިން ޒަރީނާގެ ހުއްދައެއް ބޭނުންވާނެ ވާހަކަ ބުނެލިއެވެ. ” މީގެ އިރުކޮޅެއް ކުރިން ފިހާރަ ދޮރުމަތިން ނާޖީއާ ދިމާވެގެން ނާޖީ ބުނި ނާޖީ އާއި ނާޖީގެ މަންމަ ވެސް ސޯވ ބަލަން ދާވާހަކަ ” ޒުހާން އިތުރަށް ދާއިން ސައުގުވެރި ވާވަރުގެ ވާހަކައެއް ވެސް ބުނެލިއެވެ.
ނޮޅިވަރަމްއަށް ދާން ކުޅުދުއްފުށިން ދާއިންމެން ފުރީ އަނެއްދުވަހުގެ 10 ޖަހާ އެހާކަށް ހާއިރުއެވެ. މެންދުރު އެކެއް ޖަހަންވީރު ދާއިންމެންނަށް ވަނީ ނޮޅިވަރަމްއަށް އާދެވިފައެވެ. އަށުތެރެއަށް އަރައިގެންދާން ފެށުމުން ދާއިން އެގުނީ މީހުންގިނަކަމެވެ. ޒުހާން ބުނީތެދެއްކަން އެހާހިސާބުން ދާއިންއަށް ޔަގީންވެގެން ދިޔައެވެ. މިގޮތަށް ރަށަކަށް އާދެވުމުން ދާއިން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ސޯވ އޮށްނަނީ ރޭގަޑުގައި ކަމުން ދާއިންމެން ދަބަސްތައް ގެއަށްލާފަ ރަށުތެރެ ބަލާލަން ނިކުތެވެ. ރަށުގެބޮޑު ބައެއް ބަލާލުމަށްފަހު ސޯވ ދިނުމަށް ހަމަޖެހިފައިވާ ހިސާބަށް ދާއިންމެންނަށް ދެވުންއިރު ހަވީރު ވެއްޖެއެވެ. އޭރު ކުޑަކޮށް ވައިބާރެވެ. އުޑުމަތި އޮތީ ކޮންމެވެސް ވަރަކަށް ބަނަކޮށެވެ. ނަމަވެސް ވިއްސާރަވާނެ ކަމަކަށް ގިނަމީހުން ހިޔެއްނުކުރެއެވެ. ނަމަވެސް ގުދުރަތުގެ ކަންތައްކިޔަން އެގޭނީ ކާކަށް ހެއްޔެވެ؟. ކޮންމެ މީހަކު ވެސް ބުނެލަނީ ލަފާކޮށްލާފައެވެ.
ސޯވ ފެށުމުގެ އެއްގަޑިއިރު ކުރިއެވެ. ކުއްލިއަކަށް ވައިބާރުވެއްޖެއެވެ. ގަސް ރުއް ހީވަނީ މުލުން ލުހެލަފާނެ ހެންނެވެ. ގެތަކުގެ ފުރާޅު ވެސް ހީވަނީ ދެންމެ ދެންމެ އެއްލާލަފާނެ ހެންނެވެ. މާސިންގާ ކަނޑު ބާނިލާ ކެކެންފެށިއެވެ. ހަވީރުވެސް ވައިޖެހުނެވެ. އެކަމަކު މިވަރަކަށް ނޫނެވެ. އިރުކޮޅެއްވިތަނާ ހީވި ގެތަކުގެ ފުރާޅުމައްޗަށް އޮށްގާ އުކަންފެށިހެނެވެ. ބޮޑުތިކި ވާރޭ ވެހެންފެށިއެވެ. ސޯވ ދޭންހަމަޖެހިފައިވާ ތަނުގެ ބެރުގައި ބަހައްޓާފަ ހުރި ސްޕީކަރުތައްވެސް ސްޓޭޖަށް އަރުވާލެވުނީ ހަމަކިރިޔާއެވެ. ވާރޭ ވެހެމުންދިޔައީ ވަރަށް ބޯކޮށެވެ. މަގުތައްމަތީ ފެންބޮޑުވާންފެށިއެވެ. ދެން އިވެންފެށީ ގުގުރީގެ ބާރުގަދަ އަޑުފައްގަޑެވެ. ވިދާލާ ވިދުވަރުން ވެސް ބޭރު ބަލާލަން ނުކެރެއެވެ. ދާއިން ހުރީ ގޭގެ ދޮރުކަނިގައި ލެނގިލައިގެންނެވެ. އޭނާގެ ހިތަށް އަރަމުންދިޔައީ ނާޖީ ބިރުން އުޅޭނެވަރެވެ. ދެމީހުން ތިބީ ދެގެއެއްގައިކަމުން ދާއިންއަށް ނާޖީ އާއި ހަމައަށް ދެވޭގޮތެއް ނުވިއެވެ. ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ދާއިންއަށް ލިބުނީ ނާޖީގެ މަންމަ ނާޖީ އާއެކު އައިސް ހުރުމުންނެވެ. ” ދާއިން ކޮންކަމަކާތަ ތިވިސްނަނީ ” ދާއިންގެ ހަމަހިމޭންކަން ޒުހާންއަށް ފާހަގަ ވުމުން އަހާލިއެވެ. ” އެއްވެސް ކަމަކާ ނުވިސްނަން. ވާރޭ ވެހޭތަން ބަލަން ހަމަ ހުރީ ” ދާއިންގެ ފުރަހުގާހުރި ޒުހާންއަށް ބަލާލަމުން ބުނެލިއެވެ. ” އެއްކަލަ ދާއިން….!!! ދާއިންގެ ތިހިމޭންކަމުން ވެސް ހެކިދޭ ދާއިން ކަމަކާ ބިރުން ހުންނަހެން “ޒުހާން މިހެން ބުނުމުން ދާއިން އިސްޖަހާލިއެވެ. ” އާނ ޒުހާން…. އަހަރެން ވަރަށް ބިރުގަނޭ. ނޭންގެ ކީއްވެ ކަމެއް ” ދާއިންގެ ހިތުގާ ގޮތްނޭންގޭ ބިރެއް އޮތްކަން ޒުހާންގެ ގާތުގައި ބުންޏެވެ. ” ކޮންކަމަކާތަ ބިރުގަންނަންވީ ” ޒުހާން ސުވާލުކޮށްލިއެވެ. ” އަހަރެންނަށް ހީވަނީ މިރޭ ކޮންމެވެސް ކަމެއްވާން އުޅޭހެން. އެކަމަކު ވާންއުޅެނީ ކޮންކަމެއްކަން އަހަރެންނަށް ބުނެދެން ނޭންގެނީ ” ދާއިންގެ އަޑު ތުރުތުރު ލާންފެށިއެވެ. ” ތިހަމަ ދާއިންއަށް ހީވެގެން އުޅޭ އެއްޗެއް. އިރާދުކުރެއްވިޔާ އެއްވެސް ކަމެއްނުވާނެ ” ޒުހާން ބުންޏެވެ. ދެމީހުންގެ ވާހަކަ މިހާހިސާބަށް ދިޔައިރު ވާރޭވެސް ވަނީ ތުނިކޮށްލާފައެވެ.
ސޯވ ފެށުނީ ހަމަޖެހިފައިވަ ގަޑިއަށްވުރެ ތަންކޮޅެއްފަހުންނެވެ. އެއްމެ ފުރަތަމަ ލަވައަށްވެސް ނިކުތީ ރާއްޖޭގެ އެއްމެންގެ ހިތުން ހާއްސަމަގާމެއް ހޯދާފައިވާ މަސްހޫރު ފިލްމުސްޓާރ ނިއުމާ މުހައްމަދެވެ. ނިއުމާ ފެނުމާއެކު ސޯވ ބަލަން ގޮސްތިބި މީހުންގެ އަޑު މުޅިހިސާބުގައި ގުގުމާލިއެވެ. ސޯވ ފެށުނުއިރުވެސް ދާއިން ހުރީގޭގައެވެ. ގަބުވެފައެވެ. ދާއިން ނުގޮސް މަޑުކުރީމަ ޒުހާނުވެސް މަޑުކުރިއެވެ. ނާޖީ މެންވެސް ސޯވ ފެށިއިރު ތިބީގޭގައެވެ. ” މަންމާ! އަހަރެން އަންނާނަން ޒުހާން ކައިރިއަށް ގޮސްފަ. މަންމަ މަޑުމަޑުން އެތަނަށްދޭ. އަހަރެން ވަރަށް އަވަހަށް އަންނާނަން ” މިހެންބުނެ ނާޖީ ޒުހާން ހުންނަގެ އާދިމާލަށް ދުއްވައިގަތެވެ.
“ނާޖީ ސޯވ ބަލަން ނުދަންތަ؟ ” ނާޖީ ފެމުން ޒުހާން އަހާލިއެވެ. ” ޒުހާންމެން ދާތަން ނުފެނުނީމަ ބަލާލަން މިއައީ ” ނާޖީ ބުނެލިއެވެ. “ޒުހާނުދޭ. އަހަރެން ނާޖީ އާއެކު ދާނަން. އެކަމަކު އެހާ އެތެރެއަށް ވަދެނުހުންނާތި ” ދާއިން މިހެން ބުނުމުން ޒުހާން ހިގައިގަތެވެ. ” ޒުހާން…! ކޮންމެވެސް އަހަރެންގެ މަންމައަށް ނުފެންނާތި. އަހަރެން މިއައީ ޒުހާން ކައިރިއަށް ގޮސްފަ އެބަ އަންނަމޭ ބުނެފަ ” ނާޖީގެ މަކަރު ނާޖީ ބުނުމުން ޒުހާން ހިނިގަނޑެއް ޖަހާލާފަ ހިގައިގަތެވެ. ޒުހާން ދިޔުމުން ދާއިން އާއި ނާޖީ ގެއާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ” ނާޖީ އަހަރެން ދޫކޮށްލާފަ ދާނަންތަ؟ ” ދާއިން ނާޖީ އާއި ސުވާލުކޮސްލިއެވެ. ” ކީއްވެގެންތަ ތިހެންތިބުނީ ” ހައިރާންކަމާއެކު ނާޖީ ސުވާލިކޮށްލިއެވެ. ” އަހަރެން ދާއިން ދެކެ އިންތިހާއަށް ލޯބިވޭ. ދެންކީއްވެގެން އަހަރެން ދާއިން ދޫކޮސްލާފަ ދާންވީ. ކިހިނެއްވެގެންތަ ތިއުޅެނީ؟؟؟ ” ނާޖީ އަނެއްކާވެސް ސުވާލު ތަކުރާރުކޮށްލިއެވެ. ” ކަމެއްނުވޭ. އަހަރެންގެ ހިތުގާ އުފެދުނު ސުވާލެއްހަމަ ކޮށްލީ ” ދާއިން ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ” ދުވަހަކު ވެސް ދެންތިކަހަލަ ވާހަކަ ނުދައްކާތި” ނާޖީ ދާއިންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ދާއިން ވެސް އެވާހަކަ ނުދެއްކުމަށް ނިއްމިއެވެ. ” ދެންހިގާދާން. މިހާރު ޒުހާން ހުންނާނީ އަހަރުމެން ނައިސްގެން ލަސްވެފަ ” ނާޖީ މިހެން ބުނުމުން ދާއިން ސްޓޭޖާ ދިމާއަށް ހިނގައިގަތެވެ. ދާއިން ޒުހާން ނުފެނިގެން ޒުހާންއަށް ގުޅާލިއިރު ޒުހާން ހުރީ ސްޓޭޖާގެ އަތިމައްޗާވީ ފަރާތުހުރި ގޭގެ ފާރުކައިރީއެވެ. ” އަހަރެން ހީކުރީ ޒުހާން ހުންނާނީ ސްޓޭޖް މަތީގަ ކަމަަށް ” ޒުހާން ކަރިއަށް ދެވުމުން ދާއިން ބުނެލިއެވެ. ” ސްޓޭޖަށް އެރޭތަ؟ ނާޖީ ބުނެފަ އޮތީ އެހިސާބާ ކައިރިނުވަން. އެހެންވެ ދުރުގަ މިހުރިވެސް. އެކަމަކު ކެއްވަނީއެއް ނޫން ދެފައި ހިރުވާވަރުން. ސްޓޭޖްގާ އަހަރެން ހުއްޓާ ނާޖީގެ މަންމައަށް އަހަރެން ފެނިއްޖެނަމަ ނާޖީގެ މަންމަ މިހުރިހާ މީހުންގެ ތެރޭގައި ދުވާނެ އަހަރެންގެ ދަރި ކޮބާހޭ….! އަހަރެންގެ ދަރި ކޮބާހޭ ގޮވަމުން!. އޭރުން ދެން އަހަރެން ކިހިނެއް ހަދާނީ ” ޒުހާން ހެމުން ބުނެލިއެވެ. ” ބުޅަލު ބުޑު އުބުންޖެހީމާ ދުވިހެން ދުވާނީ ” ނާޖީ ވިސްނާލާފަ މޮޅު ވާހަކައެއް ބުނެލިއެވެ. ” އެހެންވީމާ އަހަރެން ތިހެދީ ބުޅަލަކަށްތަ؟ ތީ އަހަރެން ބުޅާދެކެ ބިރުގަންނާތި ބުނި އެއްޗެއްތަ؟ ” ޒުހާން ބުނެލިއެވެ. ” ތިޔައޮތީ ފައިކައިރީ ބުޅާ…!! ” ނާޖީ ކުއްލިއަކަށް މިހެން ބުނުމުން ޒުހާން ތެޅިގަތެވެ. ” ސާބަހޭ. ތީދެންބޮޑުވަރު.ބުޅަލެކޭ މީހަކު ބުނާއިރަށް ޖެހޭތަ ތިވަރުވާން… !! ” ޒުހާން ތެޅިގަތް ގޮތުން ދާއިން ޒުހާންގެ ބުރަކަށީގައި އަތުންޖަހާފައި ބުނެލިއެވެ.
” ނާޖީ އެހުރީ މަންމަ. ދެން އަވަހަށްދޭ ” ދާއިންއަށް ހައްވަ ދެކޮޅުބަލާ ހޯދަނިކޮށް ފެނިގެން ނާޖީގެ ގާތުގައި ބުނެލިއެވެ. ދާއިން ދާން ބުނުމުން ކިޔަމަންތެރިކަމާއެކު ނާޖީ ދިޔައެވެ. އެރޭ ސޯވ ނިމުނީ ބާރަ ޖެހިފަހުންނެވެ. ސޯވ ނިމިގެން ފުރާގޮތަށް އޮތީ ހަމަޖެހިފައެވެ. ދާއިން އާއި ޒުހާން ގެއަށް އައިސް ދަބަސް ހިފައިގެން ފުރަން ބަދަރަށް ދިޔައެވެ. އޭރު ދާއިންގެ އެނުތަނަވަސްކަމުގެ އެއްވެސް އަސަރެއްނެތެވެ. ހިސާބަކަށް ހިތްހަމަޖެހިފައި ހުރިކަން މޫނުމަތިން ފެންނަމުން ދިޔައެވެ.
ދާއިންމެން ފުރިތާ ވިއްސަކަށް މިނިޓް ފަހެވެ. ކުއްލިއަކަށް ވައި ގަދަވާންފެށިއެވެ. ޖެހެމުން ދިޔަ ވަޔާއެކު ކަނޑުގެ ލޮނުގަނޑު ކެކިއުތުރި އަރަންފެށިއެވެ. ބިޔަ ރާޅުތަކުގެ ސަބަބުން ދޯނި ކުރިޔަށް ނުދުއްވިގެން ކުޑަކޮށް ދުވެލި މަޑު ކޮށްލިއެވެ. ވައިގަދަވެ ރާޅު ބޮޑުވާންފެށިތާ މާގިނައިރެއް ނުވަނީސް ވާރޭވެހެންފޭށިއެވެ. ވާރޭ ވެހޭލެއްބޯކަމުން ވަށައިގެން ފެންނަން ހުރި އެކި ރައްރަށުގެ އަލި ފަޑުވަމުން ދިޔައެވެ. ދޯނި ދުއްވަން ހުރި މީހާއަށް ދެވޭނުދެވޭ ދިމާވެސް އޮޅުނެވެ. ދާއިންމެން ފުރިއިރު އުޑުމަތި ނުލާހިކު ސާފެވެ. ތަރިތައްވެސް ފެންނަން ހުއްޓެވެ. ނަމަވެސް ގުދުރަތުގެ މިހާލަތު ބަދަލުވާކަށް މާގިނައިރެއް ނުނެގިއެވެ. ދޯނީގައި ލައިފް ޖެކެޓް ހުރީ ވަރަށް މަދުންނެވެ. ލައިފް ޖެކެޓް ބަހަމުން ނާޖީ އާއި ހަމައަށް އައި އިރު ލައިފް ޖެކެޓް ވަނީ ހުސްވެފައެވެ. ދޯނީގައި ހުރި ޕަންޕުން އެކަށީގެންވާ ވަރަކަށް ދިޔަ ހިއްކައެއް ނުދެއެވެ. ފެންބެޓެރިއަށް ލޮނު އެޅިފައި ވުމުން ސެޓްގެ ބޭނުމެއް ނުކުރެވުނެވެ. ދޯނީގައި ތިބި ހުރިހާ މީހުން ލޮނުންތެމިފައި ވުމުން ހުރިހާ މީހުންގެހެން ފޯނުވަނީ ހަލާކުވެފައެވެ.
ދުރުން އަންނަ ބޮޑެތި ރާލު ބިންދަމުން ދިޔައީ ދޯއްޏަށެވެ. އަންހެނުންތައް ބިރުން ރޮއި ހޭރެނީއެވެ. ބައެއް މީހުން ބިރުން ހޭހުސްވާ ހިސާބަށް ދިޔައެވެ. ޒުހާނު އާއި ދާއިން އާއި ދެމީހުން ތިބީ ދޯނީގެ ގެގަނޑުމަތީގައެވެ. ކުއްލިއަކަށް ނެގި ބިޔަރާޅެއް ދޯއްޏަށް އެރިއެވެ. އެރާޅާއެކު ދޯނިތެރޭގައި އިތުރަށް ލޮނުގަނޑު ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ދާއިންގެ ކަންފަތުގާ ނާޖީގެ ވޭނީ ރުއިމުގެ އަޑު ޖެހުމާއެކު އިންތަނުން ފުއްމައިގެން ތެދުވިއެވެ. އަދި ދޯނި ތެރެއަށް ބަލާލިއެވެ. ދޯނިތެރޭގައި މީހަކު ގެންގުޅުން ޓޯޗެއްގެ އަލީގެ އެހީގައި ނާޖީ އިންތަން ފާހަގަކޮށް ދާއިން އެތަނަށް ދިޔައެވެ. ދާއިންގެ ފަހަތުން ޒުހާން ވެސް ދިޔައެވެ. ދާއިން ދިޔަގޮތަށްގޮސް ނާޖީގެ ގާތުގައި އިށީނެވެ. އަދި އަވަސް އަވަހަށް ދާއިން ނާޖީ އޭނާގެ ގަޔާލާ ބާރުކޮށްލިއެވެ. އަދި ހިތްވަރު ދިނެވެ. ޒުހާން ނާޖީގެ މަންމަގެ ގާތުގައި އިށީދެގެން އިނެވެ. މުޅި ދޯނިތެރެއިން ދުޢާ ތަކާ، ޒިކުރުތައް އެއްބަޔަކު ކިޔަމުން ދިޔައެވެ. ” ނާޖީ ދެން ހުއްޓާލާ. އިރާދުކުރެއްވިޔާ ހުރިހާ ކަމެއްވެސް ރަގަޅުވާނެ ” ނާޖީ ރޯތީ ދާއިން ބުންޏެވެ. އޭރު ވާރޭ ވަނީ ތުނިކޮށްލާފައެވެ. ނަމަވެސް ކަނޑުގެ ލޮނުގަނޑަކަށް ބަދަލެއް ނާދެއެވެ. ” ޑަން…. ޑަން…. ޑަން…. ” އެއްމެން އެއްފަހަރާ ހަޅޭލަވައިގަތެވެ. ދާއިންވެސް ދިޔައީ ސިއްސައިގެންނެވެ. އެ އިވުނު ބާރު އަޑާއެކު ދޯނިއެއްފަރާތަށް އަރިވެގެން ދިޔައެވެ. އެވަގުތު ދޯނީގެ ފަޅުވެރި ކުދިންކޮޅު ކޮޅު ކޮޅު މައްޗަށް ދުވަންފެށިއެވެ. ” ދޯނި އަޑިއަށް ދަނީ….. ދޯނި އަޑިއަށްދަނީ….. ” އޭގެތެރެން އެކަކު ވަތަށް އަލިކޮށް ރަނގަޅަށް ބަލާލުމަށްފަހު ގޮވާލިއެވެ. ފަޅުވެރި ކުއްޖާގެ އަޑާއެކު ދޯނި ދުއްވަން ހުރި މީހާއަށް ކުއްލިސޮކެއް ލިބުނެވެ. އަދި އޭނާ ހުރިތަނަށް ފެންފިލާގަނޑު މައްޗަށް ވެއްޓުނެވެ. އެހާހިސާބުން ދޯނިތެރެން އެކީއެއް އަޑަކަށް އިވެމުން ދިޔައީ ރުއިމާ ގިސްލުމުގެ އަޑެވެ. ވޭނާ ހިތާމައިގެ އަޑެވެ. ދޯނިވަނީ ފަރަކަށް އަރާފައެވެ. ވަގުތަކީ ދިޔަވަރު ހިކި ވަގުތަކަށް ނުވުމުން ދޯނީގެ ހަލާކުވި ތަނުން އިސާހިތަކު ލޮނުގަނޑު ބޮޑުވެ ދޯނި އަޑިއަށް ދާންފެށިއެވެ. ފަތަންނޭންގޭ އަންހެންވެރިންނާއި، ކުޑަކުދިން މަޑުމަޑުން އަޑިއަށްދާންފެށިއެވެ. ދޯނީގައި ތިބި މަޑު ފިރިހެނުންތައް މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ރާޅު ބޮޑުކަމުންނާއި، އަނދިރިކަމުން އެއްމެ ރަނގަޅަށް އެކަންވެސް ނުކުރެވެއެވެ. މަންޒަރު ބަލަން ދާއިންއަށް އިންނަން ކެތެއްނުކުރެވުނެވެ. ނާޖީ ޒުހާން އާއި ހަވާލުކުރުމަށްފަހު ވަރަށް އުދަގުލުން ދޯނީގެ ގެގަނޑު މައްޗަށް އެރިއެވެ. އަދި އޭނާގެ ދަބަސް ހުޅުވާލުމަށްފަހު އޭނާގެ އެއްޗެހި ތަކުގެތެރެއިން ފޯނު ނަގާ ނަންބަރު ތަކަށް ފިތުމަށްފަހު ފޯނު ކަންފަތުގާ ޖެހިއެވެ. އިރުކޮޅަކުން ފޯނު ކަންފަތުން ނައްޓާލުމަށްފަހު އަނެއްކާވެސް ނަންބަރުތަކަށް ފިތުމަށްފަހު ފޯނު ކަންފަތުގައި ޖެހިއެވެ. އިރުކޮޅެއްފަހުން ދާއިން ވާހަކަ ދައްކަންފެށިއެވެ.
” އާރިފް!!! އަހަރުމެން ސަލާމަތްކުރޭ….!!! ރަށު މީހުންގެ ގާތުގައި ބުނޭ ދޯނި ފަރަށް އަރާ އަޑިއަށް ގޮސްފިޔޭ ” ދާއިންގެ ރައްޓެއްސެއްކަމަށްވާ އާރިފް ފޯނު ނެގުމުން ދާއިން ބުންޏެވެ. އާރިފް ފޯނު ނެގުމުން ދާއިންއަށް ރޯންފެށުނެވެ. ދާއިން ވާހަކަ ދައްކަ ދައްކާ ހުއްޓާ ފޯނު ކެޑުނެވެ. ދާއިން ފޯނަށް ބަލާލިއެވެ. ފޯނުގެ އެކި ފިއްތަކަށް ފިތުމުންވެސް ފޯންދިލޭނެ ގޮތެއް ނުވިއެވެ. ފޯނުގެ ބެޓެރީގެ ޗާޖް ހުސްވީކަން ދާއިންއަށް ޔަގީންވިއެވެ. ފޯނު ޖީބަށްލުމަށްފަހު ގެގަނޑު މަތިންފައިބައިގެން ނާޖީ ކައިރިއަށް އައެވެ.
ހުންގާނަޔާ، ކުބާ، ކުބު ކަފިގަޑާ، ގެގަނޑު ފިޔަވާ ދޯނީގެ އެހެން ހުރިހާ ތަނެއް ވަނީ ފެނުގެ އަޑިއަށް ގޮސްފައެވެ. ދާއިން ނާޖީ ގޮވައިގެން ގެގަނޑު މަތީ އަތްއަޅުވާލައިގެން އޮތެވެ. ޒުހާންވެސް ނާޖީގެ މަންމަ ދޫކޮށްނުލާ ގެގަނޑު މަތީ އަތް އަލުވާލައިގެން އޮތެވެ. ދޯނީ އެއްކޮށްހެން އަޑިއަށް ގޮސްފައި ވުމުން ދިރިތިބީ ލައިފް ޖެކެޓް ލިބުނު މަދު މީހުންނެވެ. ބިރުން ހޭނެތުނު މީހުންނާއި، ދުވަސްވީ އަންހެންވެރިންނާއި، ފަތަން ނޭންގުމުގެ ސަބަބުން ގެބުނު މީހުންނާއި، ކުޑަކުދިން ބިޔަ ބޮޑެތި ރާލުތަކުގެ ތެރޭގައި އެކިދިމަދިމާލަށް އޮޔާދާންފެށިއެވެ. ދާއިންގެ ފޯނު ކޯލް ކެޑުމުން ދެތިންފަހަރު ގުޅަން މަސައްކަތް ކުރުމަށްފަހު ނުގުޅުމުން އާރިފް ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު އޭނާގެ މަންމަ ނާދިޔާ ހުރީ ސިޓިންގ ރޫމްގައެވެ. ” ދަރިފުޅު މިހާއިރު ވީމާ ކީއްކުރަން ތިއުޅެނީ ” އާރިފް ފެނުމުން ނާދިޔާ އަހާލިއެވެ. ” މަންމާ!!! ދާއިންމެން ސޯވ ބަލަން ވެގެން ދިޔަ ދޯނި މިކޮޅަށް އަންނަނިކޮށް ފަރަކަށް އަރާ އަޑިއަށް ގޮސްގެން އެބައުޅޭ… ” ރަހުމަތްތެރިޔާގެ އެވޭނުންފުރިފައިވާ އާދޭސްތަކުގެ އަޑު އާރިފްގެ ކަންފަތުގާ ޖެހުމުން އާރިފްއަށް ވެސް ވަނީ ފުންއަސަރެއް ކޮށްފައެވެ. ” ޝުބުހާނައް ﷲ…. ” ނާދިޔާއަށް މިހެންބުނެވި ނޭފަތުގެ ކުރީގައި އިނގިލިޖައްސާލެވުނެވެ. ” ދަރިފުޅަށް ކިހިނެއް އެގުނީ ތިކަން ” ނާދިޔާ އާރިފް އާއި ސުވާލުކޮށްލިއެވެ. ” ދާއިން އަހަރެންނަށް ދެންމެގަ ގުޅި. އަދި އެވާހަކަ ބުނިތަނާހެން ފޯނު ކެޑުނީ. އަހަރެންނަށް ޔަގީން ދާއިން ދޮގެއް ނުހަދާނެ. އެހެންވެ އަހަރެން މިދަނީ ކަތީބްގެއަށް ދާންވެގެން ” އާރިފް ބުންޏެވެ. ” އާނ…! ދަރިފުޅުދޭ ކަތީބްއަށް ނަން ގަންނަން. މަންމަ މިދަނީ ދާއިންގެ މަންމަގެ ގާތަށް ” ނާދިޔާ މިހެން ބުނުމުން އާރިފް ގެއިން ނިކުމެގެން ދުއްވައިގަތެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އާރިފް ހުރީ ކަތީބު ގޭ ދޮރުމަތީގައެވެ. ދެތިންފަހަރު އާރިފް ދޮރުގައި ޓަކިދިނުމުން ކަތީބު ދޮރުހުޅުވާލިއެވެ. ކަތީބް ބޭރަށް ނިކުތުމުން ކަންހިގައިފައިވާ ގޮތް އާރިފް ކަތީބުއަށް ވަރަށް ތަފްސީލްކޮށް ކިޔާދިނެވެ.
އިރުކޮޅެއްފަހުން ހިމޭންކަމުގެ ސާލެއް ލެވި، އަމާންކަމުގަ ނިދާފަ އޮތް ރަށް ކަތީބުގެ ގަދައަޑުން ހޭލައްވާލިއެވެ. ކަތީބުގެ އަޑާއެކު ރަށުގެ ހުރިހާ ރައްޔިތުންހެން އޮފީސްދޮށަށް އެއްވާންފެށިއެވެ. ” މިގަޑީގައި ރައްޔިތުންނަށް އެގޮވަނީ ކީއްކުރަންތަ؟ ” ޒުހާންގެ މަންމަ މުނީރާ ނިދިން ހޭލެވި ހިތާހިތާ ސުވާލުކޮށްލިއެވެ. އަދި ކައިރީގައި އޮތް އާދަމްފުޅަށް ގޮވާލީއެވެ. އާދަމްފުޅު ވެސް މުނީރާ ކުރެން އަހާލީ މުނީރާ ހިތާހިތާކޮށްލި ސުވާލެވެ. ” އަހަރެންނަށް ކިހިނެއްތަ އެގެނީ ރައްޔިތުންނަށް އެގޮވަނީ ކީއްކުރަން ކަމެއް. އެތަނަށް ދިޔައިމާދޯ އެގޭނީ ” މިހެން ބުނެ މުނީރާ އެދުން ތެދުވިއެވެ. ފަހަތުން އާދަމްފުޅު ވެސް ތެދުވިއެވެ. ނާދިޔާއަށް ޒަރީނާގެ ގެއާހަމައަށް ދެވުންއިރު ޒަރީނާ ވެސް ކަތީބުގެ އަޑަށް ގެއިން ބޭރަށް ނިކުންނަނީއެވެ. ނާދިޔާއަށް ޒަރީނާ ފެނުމުން އެވާހަކަ ބުނަން ނުކެރުމުން ދެމީހުން އެކުގައި އޮފީސްދޮށަށް ހިގައިގަތެވެ. ކަތީބް ރައްޔިތުންނަށް ގޮވާ ނިމުމުން އާރިފް އާއި އޭނާގެ ރައްޓިއްސަކާ ދެމީހުން ނާޖީގެ ގެއާދިމާއަށް ދުއްވައި ގަތެވެ. އެއީ އެތަނުން އާރިފްއަށް ހަމީދު ފެންނަން ނެތުމުންނާއި، ކަޑުމަތީގައި ހާލުގައި ޖެހިފައިވާ ދޯނީގައި އޭނާގެ ކޮއްކޮ އާއި މަންމަ ވުމުގެ ސަބަބުން ނެވެ. ” އާރިފް….! ކިހިނެއްވީ އަނެއްކާ ؟ ” އާރިފް ދޮރުގައި ޓަކި ޖެހުމުން ހަމީދު ދޮރުހުޅުވާ ލުމަށްފަހު ލޯއުގުޅަމުން އަހާލިއެވެ. ” ހަމީދުގެ މަންމަ އާއި ނާޖީ ސޯވ ބަލަން ދިޔަ ދޯނި ފަރަށް އަރާ އަޑިއަށް ގޮސްގެން އެބައުޅޭ ” އާރިފް ލަސްނުކޮށް ބުނެލިއެވެ. އެވަގުތު ހަމީދުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ކޮންއިރަކުތަ ؟ ” ހަމީދު އަހާލިއެވެ. ” މިހާރު އިރުތަކެއްވެއްޖެ އެހާދިސާ ހިގައިގެން އުޅޭތާ. އަހަރެން ކަތީބުގެ ގާތުގައި ބުނެގެން ރައްޔިތުންނަށް ވެސް ގޮވައިފިން. އެކަމަކު އެތަނުން އަހަރެންނަށް ހަމީދު ނުފެނުމުން ނިދާފަ އޮތްކަން އެގިގެން މިއައީ ” އާރިފް މިހެން ބުނުމުން ހަމީދު ޝައުނާއަށް ގޮވަމުން އެތެރެއަށް ވަނެވެ.
ކުޑައިރުކޮޅެއްގެތެރޭ ހަމީދު ނިކުތީ ޝައުނާ ގޮވައިގެން ނެވެ. ޝައުނާ ބޭރަށް ނިކުތީ ޖުމާ ކޮޑުމަތީ ބާއްވައިގެންނެވެ. ތަންކޮޅަކަށް އެމީހުންނަށް ދެވުންތަނާ ދުރުން ޝައުނާގެ މަންމަ ނަފީސާ އަންތަން ފެނުނެވެ. ނަފީސާ އައިސް ޖުމާ އުރާލުމުން ޝައުނާގެ ބަޑި ފަޅައިގެން ދިޔައެވެ. ” ދަރިފުޅޭ ހިތް ވަރުކުރޭ. މީ ކެއްތެރި ވާންވީ ވަގުތު. އިރާދުކުރެއްވިޔާ ސަލާމަތުން އެމީހުން ރަށަށް އަންނާނެ ” ޝައުނާ ރޯން ފެށުމުން ނަފީސާ ކެއްތެރިވުމަށް ޝައުނާއަށް ނަސޭހަތް ދެމުން ދިޔައެވެ.
” މިރޭގެ މިދަންވަރު ވަގުތުގައި ތިޔަ އެއްމެހާ ރައްޔިތުންނަށް މިގޮވާލެވުނީ މިރަށުން ފުރައިގެން ނޮޅިވަރަމްއަށް ދިޔަ ދޯނި އެބުރި ރަށަށް އަނަނިކޮށް ފަރަކަށް އަރާ އަޑިއަށް ގޮސްގެން އުޅޭތީ…..!!! މިވަގުތަކީ އެއްމެހާ ރައްޔިތުން އެކަތިގަޑެއްގެ ގޮތުގާ މަސައްކަތް ކުރަންވީ ވަގުތު. މިވަގުތު ރަށުގައި ތިބި ހުރިހާ އޮޑިވެރިންގެ ދޯނިތައް އެތަނަށްގޮސް އެމީހުން ސަލާމަތް ކުރުމަށް އަވަސްވެގަންނަންވީ ” ރައްޔިތުން އެއްވެ ވާނުވާ ނޭންގިގެން ވާހަކަ ދައްކަން ފެށުމުން ލަސްނުކޮށް ކަތީބު ބުންޏެވެ. ކަތީބުގެ ވާހަކަ ނިމުނު ތަނާހެން މުނީރާ ހޭނެތިގެން ވެއްޓުނެވެ. ހަމަ އެވަގުތު ޒަރީނާއަށް ޕާސްލާފަ ރޮއިގަނެވުނެވެ. މުޅިތަން ހަލަބޮލިވެގެން ދިޔައެވެ. އެއްބަޔަކު މުނީރާ ހޭއަރާތޯ މަސައްކަތް ކުރަމުން ދިޔައިރު އަނެއްބަޔަކު ޒަރީނާ ހަމައަކަށް އެލުވޭތޯ އުޅެއެވެ. ރަށުގެ ގިނަފިރިހެންވެރިން ދޯނިފަހަރުގައި އަޑިއަށް ގޮސްފައިވާ ދޯނި ކައިރިއަށް ދިޔުމަށް ފުރަން އަވަސްވެގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.


saabas kulhudhufushin nolhivaramah dheveyne 30mins in. v mauloomaathu nuhoadhaa kan faahaga kurevey
Alhe ey mobile phone oiyy Iru coast guard ah gulhanneygunyma vaahaka foonubedhey,anehkka kathybumenvves nolhey coast guard ahgulhakah..
huriha kamewq furihama nuvedhaane…. e gothun mikan ves mivany emme furihama nuvefa…. aharen visnaafa in goiy kiyunn therin nah nuvisnidhaane.ehen namavesthiya dhevvi thibeyfulhun ge hiyaalu.. dhevvi hiyaalah shukuriya…. iraadhu kureh viya dhen thikan dhaany ragalhu valhun…
މި ވާހަކަވެސް ވަރައް ރީތި ކޮބައިތަ އަގެއް ނެއްލޯބި އެއީ ވަރަށް އިންތިޒާރު ކުރެވޭ ރީތި ވާހަކަ އެއް
އަގެއްނެތްލޯބީގެ 14 ވަނަބައި އަޕް ކޮށްދޭނަން. ނަމަވެސް ވާހަކައިގެ 21 ވަނަބައި ގެ ފަހުން މިވަނީ ވާހަކަ އަޕް ކުރުން މެދުކަޑާލާފަ. އަހަރެންގެ ވާހަކައަށް ޒިންކް ތިކުރާ އިންތިޒާރަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން….
paaslaafa meanin what………….
eyge maana akee kulli akaha roan feshun.
really nice
Thanx
V VVVV REETHI HAMA RANGALHAHVEX ROVIHJE
Thanx
Adhi ves asaru hunnaane
Nice ?
thanx
waahaka varan salhi
Thanx