ޝާލީ ޑައިރީ ކިޔަމުން ދިޔައެވެ. އެއައީ ކާކުކަމާއި ކީއްކުރަން އައި މީހެއްކަން އެނގެން ޝާލީވެސް އޭނާ މަންމަ ފަދައިން ބޭނުންވިކަހަލައެވެ. “ސަކިންތާ. މީ މަށޭ. ރާޝިދު. ނޭނގުންތަ؟” ބޭރުން އައި މީހާ ގޭތެރެއަށް ވަންނަމުން ސަކިންތައަށް ގޮވާލުމަށްފަހު މިހެން ބުނެލިއެވެ. މަންމައަށް އަދިވެސް އެއީ ކާކުކަން ނޭނގުނެވެ. އެއީ ދުވަހަކުވެސް ދުށްމީހެއް ނޫންކަމުން މަޑުމަޑުން ހުރީމެވެ. “ރާޝިދު. ސަކިންތަގެ ލޯބޯ ކޮށިކަމުން މިހާރު ސަކިންތައަށް ތިހިސާބުން ފާހަގަކުރަން ނޭނގުނީ. އަވަހަށް ވަދޭ އެތެރެއަށް. ކޮން ދަތުރެއް މިރަށަށް” […]
ޝާލީ އޭނާގެ ދިރިއުޅުމުގައިވާ ހަމައެކަނި ކަންކުރުމުގައި ރޭގަނޑުގެ ވަގުތު ހޭދަކުރަމުން ދެއެވެ. އޭނާގެ ބައިވެރިއެއް ނެތްކަން އިހުސާސް ކުރަމުން މަންމަގެ އެނިކަމެތި ހާލާމެދު ވިސްނުމުގައި މެންދަމުން އަލިވެ ދޭއްޖެހިއިރުވެސް، އެނދުމަތީގައި، ބޯމަތީ އަތް އަޅާލައިގެން އެ އޮތީ އެހަނދާންތަކުގެ އަސަރުން ޝާލީއަށް ކެތްނުކުރެވޭތީއެވެ. ޝާލީ ހަނދާން ހުންނަން ފެށިއްސުރެ ޝާލީ މިފަދައިން ދިގުލައި ރޯންޖެހުނު ދުވަހެއް ހަނދާންވެސް ނެތެވެ. އެކަމަކު ޝާލިއަށް މިއަދު އެނގުނީ އޭނާގެ މަންމަ އެއިން ކޮންމެ ދުވަހެއްވެސް ހޭދަކުރީ ވޭނާއި ހިތްދަތިކަމުގައި އެކަނިވެރިކަމުގައެވެ. […]
ހަދާނެ ގޮތެއްވެސް ނޭނގޭހާލު އެކަނިމާއެކަނި އެ ބޮޑާށިމަތީގައި މަންމަ ވޭނުގައި އިރުގަނޑެއް ހޭދަ ކުރީމެވެ. މިއަޅާވޭނާއި ކެކުޅުމުގެ އަޑު އަހަން ހަމަ އެކަކުވެސް ނެތެވެ. އަރާތަދައް ކެތް ނުކުރެވިގެން ވޭނުގައި އޮވެ ރޮމުންވެސް ގޮވާލެވެނީ މަންމައަށެވެ. “މަންމާ، މަންމާ، އަހަރެން މަރުވަނީކަންނޭނގެ. މަށަށް އެހީވެދީ . މަންމާ” މިހެން ގޮވުނީ ކިތައް ފަހަރުކަމެއްވެސް ހުދު މަންމައަށްވެސް ނޭނގެއެވެ. އެކަމަކު ކުރާނީ ކީންހެއްޔެވެ؟ މި ނަފުސުގައި ކިތަންމެ ރިހުނަސް މިމަންމަގެ މަންމައެއް ނާންނާނެ އެވެ. މަރާ ހަނގުރާމަކުރަމުން ދާއިރުވެސް […]
ސަކިންތަ ގެއިން ނުކުމެގެން ދިޔައީ މަންމަގެ ގާތުގައި ނުރޯށޭބުނެފައެވެ. އެކަމަކު މަންމައަށް ނުރޮއި ކެތްކުރެވޭނެ ހެއްޔެވެ؟ މިދެލޮލުން ފައިބަމުންދާ ކަރުނަތައް ވަކި މަދުކުރެވޭނެ ހެއްޔެވެ. މަންމަ މިހަނދާންތަކާއި ދުރަށް ދާން ކުރެވޭނީ ވަކި ކާގެ ހަނދާނެއްހެއްޔެވެ؟ މިއަދު މަންމައާއި ގުޅުން އޮތީ ކާކާހެއްޔެވެ؟ ގުޅުން އޮތް އެކަކުވެސް ނެތެވެ. ގުޅުމެއް ބާއްވަން ބޭނުންވިޔަސް އެކަންވެސް ނުކުރެވޭނެއެވެ. ގުޅުމަކީ އެކަކު ބޭނުންވެގެން އުފެދި، ދެމީހުން ދޭތެރޭ އޮންނަ އެއްޗެއްނަމަ މިއަދު މަންމައާއި ގުޅުން ނޯންނާނެ ހަމަ އެކަކުވެސް މިދުނިޔޭގައި […]
ދަރިފުޅާއެވެ. ހިޔާވަހިކަމެއް ނެތި ވޭނުގައި މަގުތައްމަތީ ތިންދުވަސް ވަންދެން އިންއިރުވެސް މަންމަ އިނީ ކީއްވެފާތޯވެސް މީހަކު އަހާނުލައެވެ. ބީރައްޓެއްސެއްފަދައިން ނުދަންނަކަމަށް ހެދިގެން އެއްބަޔަކު އަޅާވެސް ނުލާދާއިރު، އަނެއްބަޔަކު މަންމައާއި ދިމާލަށް އެއްޗެހި ގޮވާ މަލާމާތްކޮށް ފޮށިހަދައެވެ. އެންމެ ދެރަވީ ކުރީގައި އެންމެ ގާތްކޮށް އުޅުން ރައްޓެހިން މަންމައަށް މަލާމާތްކޮށް އެއްޗެހިގޮވާ ފޮށުނީމައެވެ. ފާރުތަކުގެ ކައިރީގައި ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގާ މަންމަ އިންއިރު ތިމާގެ މީހަކުވެސް މަންމަގެ ހާލާމެދު ހަމްދަރުދީ ނުވިއެވެ. ބަނޑުހައި ހޫނުކަންމަތީ މިގޮތުގައި އިންދާ، […]
ޝަލީގެ މަންމަ ނިޔާވިފަހުން ޝާލީގެ މުޅި ދިރިއުޅުގައިވެސް ވަނީ މަދު ކަންތައްތަކެކެވެ. ކެއުން އެހާ މަދުވެފައިވުމުން މިވީ ތިން ދުވަސްތެރޭގައިވެސް އޭނާގެ ހަށިގަނޑަށް ބަދަލު އަތުވެއްޖެއެވެ. ހަށިގަނޑު ނިކަމެތިވެ، ފެންދަމާލާ މޫނުމަތީގެ ދިރުން ވަނީ ގެއްލިފައެވެ. އޭނާއަށް އެއްވެސް އުފަލެއް، ދިރިހުރުމުގެ އެއްވެސް ބޭނުމެއް ނުވާކަހަލައެވެ. ރުއިމާއި ގިސްލުމާއި ހިތާމަކުރުން މިހާރު މިވަނީ ޝާލީގެ އެންމެ ގާތް ރަހުމަތްތެރިޔާއަށް ހަދާފައެވެ. ޝާލީ އޭނާގެ މަޑު ހިނގުމުގައި އައިސް ގެއަށް ވަންއިރު މުޅި ދުނިޔެވެސް ވަނީ އަދިރިވެފައެވެ. ޝާލީ […]
އަދި މަޑުމަޑުން ދޮރު ހުޅުވާލިއެވެ. މަންމަގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ. ” އޭ! މިތާ ކީތްތިކުރަނީ؟ މީ ބަންދު ގަޑިއެއް. މިގަޑީގަ ވަނުން މަނާވާނެ.” މިހެން ބުނެލި އަޑު މަންމަގެ ކަންފަތުގައި ޖެހުމާއިއެކު މަންމައަށް މި މުސީބާތުން ސަލާމަތް ވީ ކަމުގައި ގަބޫލުކުރެވުނެވެ. ” އޯ. ސޮރީ. ހަމަ ބަލާލަން ވަދެލެވުނީ. މިނިކުންނަނީ.” ޖަވާބުގައި މިހެން ބުނެލިއެވެ. މަންމަ އަށް ކުއްލި ސިހުމެއް ލިބުނީ މަންމަގެ ގައިމަތީގައި އޮތް އެނުލަފާ މީހާ ޖަވާބެއް ނުދެނީސް އެހެން […]
އަދި އޭނާގެ ބާރުގަދަ ޖާދުވީ ދެއަތުން މަންމަގެ ކޮޑުގައި ފިރުމާލަމުން މަންމަގެ އަތުގައި ބީހިލިއެވެ. މަންމައަށް އެވަގުތު އިހުސާންތެރިއެއްގެ އަތުގެ ބީހިލުން ފުރަތަމަ ފަހަރަށް ލިބުނު ކަމުގައި ޔަގީން ކުރެވުނެވެ. އަދި ލިބުނު ހިންހަމަޖެހުމަކާއި އެކު ދެލޯ މަރާލަމުން ބުނެލީމެވެ. “ކީއްވެ އެހާލަސްވީ؟” މަންމަ އަށް އެއްވެސް ޖަވާބެއްނުދީ އޭނާ މަންމަގެ ތުންފަތުގައި އިނގިލިއަޅާ ވާހަކަ ދެއްކުން މަނާކުރި އެވެ. އެކަމަކު މަންމަގެ މި އަނގަ އެކަމަށް އިންކާރުކުރި އެވެ. “އަޅެޕްލީޒް، ބުނެބަލަ ކިހިނެތް ވީ ލަސްވީ، […]
ހަވީރުގެ ހިއްފަސޭހަ ވަގުތުގައި ޝާލީ އިނީ އަތިރިމަތީގައި ހުރި ގަސްގަޑެގައި އިށީންދެގެންނެވެ. ގޮނޑުދަށައް ބިސާލަމުންދާ ރާޅުތަކުގެ މިއުޒިކީ އަޑުތަކުންވެސް ޝާލީގެ ހިތައް ފިނިކަމެއް ނުލިބެއެވެ. ޝާލީގެ އަތުގައި އޮތް ފޮތް ފުށުންޖަހާލުމައް ފޮތުގައި އަތް ކާތާލިއެވެ. އަދިފުން ނޭވައެއްލަމުން “މަންމަގެ ޑައިރީ” މިހެން ކިޔާލިއެވެ. ޝާލީއަކީ އުމުރުން އެންމެ 15 އަހަރުގެ ކުއްޖެކެވެ. ނިކަމެތި މަންމައަކަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅެވެ. ފޮރުވިފައިވާ ސިއްރުތަކަކާއި ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އަބަދުވެސް ޝާލީ ވަށާލާފާވެއެވެ. ތަކުރާރުކޮއް އެސުވާލުތައް […]