Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 9 ވަނަ ބައި (ރާޝިދު)

xaash Level 110 Stories
January 12, 2014 4 Mins Read
12 Comments

ޝާލީ ޑައިރީ ކިޔަމުން ދިޔައެވެ. އެއައީ ކާކުކަމާއި  ކީއްކުރަން އައި މީހެއްކަން އެނގެން ޝާލީވެސް އޭނާ މަންމަ ފަދައިން ބޭނުންވިކަހަލައެވެ.

“ސަކިންތާ. މީ މަށޭ. ރާޝިދު. ނޭނގުންތަ؟” ބޭރުން އައި މީހާ ގޭތެރެއަށް ވަންނަމުން ސަކިންތައަށް ގޮވާލުމަށްފަހު މިހެން ބުނެލިއެވެ. މަންމައަށް އަދިވެސް އެއީ ކާކުކަން ނޭނގުނެވެ. އެއީ ދުވަހަކުވެސް ދުށްމީހެއް ނޫންކަމުން މަޑުމަޑުން ހުރީމެވެ. “ރާޝިދު. ސަކިންތަގެ ލޯބޯ ކޮށިކަމުން މިހާރު ސަކިންތައަށް ތިހިސާބުން ފާހަގަކުރަން ނޭނގުނީ. އަވަހަށް ވަދޭ އެތެރެއަށް. ކޮން ދަތުރެއް މިރަށަށް” ސަކިންތަ ބޮޑާށީގެ އެންމެ ފަހަތުގައި އިނދެފައި ރާޝީދުއާއި ދިމާލަށް ބުނެލިއެވެ. މަންމައަށް އޭނާ ނޭނގުނީ ކީއްވެގެންކަން އެނގުނީ ދެނެވެ. އެއީ ރަށުން ބޭރު ބީރައްޓެސެކެވެ. ސަކިންތަގެ ދުވަސްވީ ރައްޓެއްސެއްގެ ދަރިއެކެވެ.

ރާޝިދުއަކީ އިސްކޮޅުން ދިގުމީހެކެވެ. އޭނާގެ އަތާއި އިނގިލިތަކަށް ބަލާލުމުން އޭނާގެ އަތުގެ ބާރާއި ފަންވަރު އެނގެއެވެ. ބަރާބަރަށް ޖިމަށްގޮސް، ނޫނީ އެފަދަ ކަސްރަތުތަކުން ހަށިގަނޑުގެ ރީތިކަން ހިފަހަށްޓަން މަސައްކަތް ކުރާ މީހެއްކަން އެނގުނެވެ. މޭމަތި ފުޅާ ފިރިހެންވަންތަ ޒުވާނެކެވެ. ހަމުގެ ކުލަ އަލި މީހެކެވެ. މުއްސަނދި ދެމަފިރިއެއްގެ ހަމައެކަނި ހުރި ފިރިހެން ދަރިއެވެ.

“ސަކިންތާ.މިއައީ ކަމަކު މިރަށަށް. ދުވަސްކޮޅަކު މިކޮޅުގައި ހުންނާނަން. ސަކިންތާ އުޅޭ ދެން އަވަހަށް ސައި ހަދަން”. ރާޝިދު އޭނާ ހިފައިގެން ހުރި ފޮށި ބަހަށްޓަމުން ސަކިންތައަށް މުޚާތަބުކޮށް މިހެން ބުނެލިއެވެ. މި އަޑާއި އެކު ރާޝިދު ފެނުމުން ސަކިންތަގެ މޫނުމަތިން ފެންނުނު އުފާވެރިކަން މޮޅިކަމަށް ބަދަލުވިއެވެ. ރާޝިދުއަށްވެސް ކަމެއް ގޯސްކަން އެނގުމުން މަޑުމައިތިރިވިއެވެ. އޭނާގެ ސަމާސާގޮތް ކުޑަކޮށް މަޑުކޮށްލާފާ ސަކިންތަގެ ގާތުގައި އިށީނެވެ. މަންމަ ހުރީ ގުޑިލަންވެސް ނޭނގިފައި އަތަކަށްވެސް ޖެހިލަން ނުކެރިފައެވެ. ރާޝިދު މަޑުމަޑުން ގޮސް ސަކިންތަގެ ގާތުގައި އިށީނެވެ. އަދި ސަކިންތަގެ މޫނުމަތިން ފެންނަން ހުރި ކުލަވުރުތަކާއި ބެހޭގޮތުން އެތައް ސުވާލެއް ކުރިއެވެ. ސަކިންތަ މަންމައާއި ދިމާއަށް ބަލާލިއެވެ. ވެގެން އުޅޭގޮތް ރާޝިދުއަށް ކިޔައިދިނުމުގެ ހުއްދަ ހޯދަން ބޭނުން ވެގެން ކަހަލަ ގޮތަކަށެވެ. އެކަމަކު މަންމައަށް މި ސިއްރު އިތުރު މީހަކާއި ހިއްސާކުރާނެހާ ހިތްވަރެއް ނެތެވެ. މަރާއި ކުރިމަތިލައިފިއްޔާ ދަރިފުޅަށް ވާނޭގޮތަކާއި މެދު ކަންބޮޑުވިއެވެ. މަންމައަށް ދީފައިވާ މަރުގެ އިންޒާރުގެ މަތިން ހަނދާންވެ ދެފައިކޮޅުން ވާގިދޫވާގޮތް ވިއެވެ. މުޅި މީހާ ރޫ ރޫ އަޅއިގަތެވެ. އެހެންކަމުން މަންމަ ސަކިންތައަށް ޖަވާބު ދިނުމުގެ ގޮތުން ބޮލުން އިޝާރާތް ކޮށްލީމެވެ. ނޫނެކޭ ބުނުމަށް ބޯހޫރުވާލީމެވެ. ނަސީބަކުން މިކަން ރާޝިދުއަކަށް އޭރު ނޭނގުނެވެ.

“ރާޝިދު. ސަކިންތަ މިހާރު މިހިރީ ވަރަށް މުސްކުޅިވެފަ. އަދުތޯ މާދަންތޯ ވެފަ. ކުރިން މަސައްކަތްކޮށް އުޅޭގޮތައް މަސައްކަތްކޮށް އުޅެވޭވަރުގެ ބާރެއް ނެތް. ގައިބާރު މިވަނީ ގޮސްފަ. އެހެން ވީމާ، ކާނެ އެއްޗެއްވެސް މިވަނީ ހޯދަން ދަތިވެފަ. ރާޝިދު ސައިހަދަން ބުނުމުން ސަކިންތަ ދެރަވީ އެހެންވެ. ސަކިންތައަތުގަ ރާޝިދުއަށް ދޭނެ އެކަށްޗެއްވެސް ނެތީމަ” ސަކިންތަ ވަރަށް އަވަހަށް ކުރުކޮށް ދިމާވެފައިވާ ކަންތައް ރާޝިދުއަށް ކިޔައިދިނެވެ. ރާޝިދުވެސް ހަމްދަރުދީވެ ސަކިންތައަށް ހިތްވަރު ދިނެވެ. މަންމަވެސް ދަރިފުޅު އުރައިގެން ހުރެ ސަކިންތަގެ ގާތުގައި އިށީނީމެވެ. ރާޝިދު އިން ފަރާތް ނޫން އަނެއް ފަރާތުގައެވެ.

މަންމަ ސަކިންތައަށް ހިތްވަރު ދޭން ފެށުމާއި އެކީ ރާޝިދު މަންމައަށް ފުރަތަމަ ފަހަރަށް ބަލާލިއެވެ. އަދި މޫނުމަތިން އެތަކެއް ސުވާލުތަކެއް އުފެދުނުކަން އެނގުނެވެ. “ސަކިންތާ. މީ ކޮންކުއްޖެއް؟ ރާޝިދު މަންމައަށް އިޝާރާތް ކޮށްލަމުން ސަކިންތައާއި ސުވާލުކޮށްލިއެވެ. ޖަވާބުގައި ސަކިންތަ ބުނެލީ މަންމަ މީ ސަކިންތަގެ ދަރިއެއްފަދައިން ގެންގުޅޭ ކުއްޖެއް ކަމަށެވެ. އަދި މި ފަހަކަށް އައިސް ސަކިންތަގެ ހުރިހާ ކަމެއްވެސް ކޮށްދެނީ މަންމަ ކަމުގައި ޝުކުރުވެރިވަމުން ސަކިންތަ ބުނެލިއެވެ.

ސަކިންތަގެ ޖަވާބު އަޑުއިވުމާއިއެކީ ރާޝިދު ގެއިން ނުކުމެގެން ހިނގައިގަތެވެ. އަދި އޭނާ ކުޑައިރުކޮޅެއްގެ ތެރޭގައި އަންނާނެ ކަމުގައި ސަކިންތަގާތުގައި ބުނެލިއެވެ. އޭނާ ދިއުމާއި އެކީ ސަކިންތަ ރޯން ފެށިއެވެ. އަދި މަންމަގެ ގާތުގައި ސަކިންތަ އޭނާ ދެކެ ވާލޯތްބާއި އޭނާ ސަކިންތައަށް ކުރާ އިހްތިރާމާއި ގަދަރު ކިޔައިދިނެވެ. އޭނާއަކީ ކާކުކަން މަންމައަށް ވަރަށް ރަނގަޅަށް ބުނެދިނެވެ.

ރާޝިދު ގެއިން ނުކުތްތާ މާގިނައިރުތަކެއް ނުވަނީސް އެނބުރިއައެވެ. އޭނާގެ ދެއަތް ފުރާ ކޮތަޅުތަކެއް އަޅުވާފައި ހުއްޓެވެ. ގެއަށް ވަދެ އެ އެއްޗެހި ބޮޑާށި މަތީގައި ބެހެއްޓިއެވެ. “ކަނބުލޯ މިހިރީ އެއްޗެހި. އަވަހަށް ދޭ ކޮންމެސް އެއްޗެއް ތައްޔާރުކޮށްލަން” ރާޝިދު އެތަކެތި މަންމައަށް ދައްކަމުން ބުނެލިއެވެ. އަދި މަންމަގެ ގާތައް އައިސް މަންމަގެ ލޮލުގެ ކޮއި ކަމުގައިވާ ދަރިފުޅު މަންމަގެ އަތުގައި އިންދާ އުރާލިއެވެ. އަދި ގޮސް ސަކިންތަގެ ގާތުގައި އިށީނެވެ. މަންމަ އާއި ސަކިންތަ ނޫން އެހެން މީހަކު ދަރިފުޅު އުރާލި މީ ފުރަތަމަ ފަހަރެވެ. މަންމަގެ ހިތައްވެސް ފިނިކަމެއް ލިބުނެވެ. ރައްކާތެރިކަން ލިބުނެވެ. އޯގާތެރިކަމާއި ރަހުމުހުރި މީހެއްގެ އިހުސާސް ކުރެވުނެވެ.

މަންމަ އަވަސް އަވަހަށް ރާޝިދު ގެނާ ތަކެތި ހިފައިގެން ބަދިގެއަށްދާން އުޅުނީމެވެ. އެކަމަކު ރާޝިދު ގެނާ ހުރިހާއެއްޗެއްސެއް މަންމައަށް އެކަނި އެއްފަހަރަކުން ނުގެންދެވުނެވެ. އެހެންކަމުން މަންމަ ބައެއް ހިފައިގެން ގޮސް ބަދިގޭގައި ބަހައްޓާފައި އަނބުރާ އަންނަން އެނބުރިލީމެވެ. “އާތް” މަންމައަށް ހަޅޭލަވާގަނެވުނެވެ. އެނބުރިލީއިރު މީހަކު އައިސް ހުރީ މަންމަގެ ގައިގާ ޖެހިފައެވެ. ގަތްބިރުން ހަޅޭލަވާ ގަނެވުނީ އެހެންވެއެވެ. “ކިހިނެއް ތިވީ. މިއެއްޗެހި ނުގެނެވުނީމަ މި ގެނެސް ދިނީ”. ރާޝިދު ކަންބޮޑުވެފައި ހުރެ މިހެން ބުނެލަމުން މަންމައަށް އޭނާގެ އަތުގައި ހުރި ކޮތަޅުތައް ދިނެވެ. ދަރިފުޅުގެ ގައިގާ ބޮސް ދިނުމަށްފަހު މަންމަ ކާއެއްޗެއް ހަދަން އަވަސްވެލީމެވެ.

ބަދިގެއަށް ބޭނުންވާނެ ވަރަށް ގިނަ ސާމާނު ރާޝިދު ގެނެސްދިނެވެ. ރޯމަހާއި ވަޅޯ މަހާ، ފިޔާއާ، އަލުއްވާއި، ލޮބޯ މިރުހާއި މިފަދަ ހުރިހާ އެއްޗެއްސެއް ގެނެސްދީފަ ހުއްޓެވެ. ހަނޑޫ، ހަކުރު ފުށާއި ނޫޑުލުސް އާއި ހުރިހާއެއްޗެއްސެއް ގެނެސްދިނެވެ. މަންމަ އަވަސް އަވަހަށް ބަތްކޮޅެއް ކައްކާލީމެވެ. އަދި މަސް ކެނޑުމަށްފަހު ގަރުދިޔަކޮޅެއް ކައްކާ ކާން ތައްޔާރުކުރީމެވެ.

ގޭގެ ބޮޑާށި މަތީގައެވެ. މަންމަ އާއި ދަރިފުޅުގެ އެނދުމަތީގައެވެ. ސަކިންތަ ބުނި ބުނުމަށެވެ. އަވަސް އަވަހަށް ރާޝިދުއަށްވެސް ކާން ގޮވީމެވެ. ސަކިންތަވެސް އައިސް އެންމެން އެކުގައި ކެއުމަށް އިންސާފުކުރީމެވެ. އެތައް ދުވަހަކަށްފަހު ހިންހަމަ ޖެހިލައިގެން ބަނޑުފުރާ ކާއެތިކޮޅެއް ކާން ލިބުމުން ލިބުނު އުފާ ބުނެދެންވެސް ނޭނގޭ ކަހަލަ އެވެ.

ކައި އަވަދިވެގެން ރާޝިދު ބޭނުންވީ ފެންވަރާ ރީތި ވާށެވެ. އެހެންކަމުން ސަކިންތަގާތުގައި ފެންވަރަން ދާވާހަކަ ބުނުމަށްފަހު ރާޝިދު ގިފިއްޔަށް ވަނެވެ. އެކަމަކު ރާޝިދު ފެން ނުވަރާ ނުކުމެގެން އައެވެ. ބޮޑާށިމަތީގައި ހުރި އޭނާގެ ފޮށި ހުޅުވާލުމަށްފަހު ސައިބޯންޏާއި، ޝޭންޕޫ އަދި ދަތް އުގުޅާ ބޭހާއި ބުރުސް ގެންދިޔައެވެ. ރާޝިދު ގިފިއްޔަށްދިޔައިރު ފެންވަރަން ބޭނުން ކުރާނެ އެއްވެސް އެއްޗެއް ނެތުމުން އަނބުރާ އައިސް އެތަކެތި ހިފައިގެން ދިޔައީއެވެ. އަދި ފެންވަރައިގެން އައެވެ.

ދަރިފުޅާއެވެ. މަންމަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމަ މިއަދުގެ މެންދުރާހަމައަށްވެސް މި އުޅުނީ ވަރަށް ހާލުގައެވެ. އެކަމަކު ރާޝިދު މި ގެއަށް އައުމާއެކީ މުޅިން ހުރިހާކަމެއް ބަދަލުވާކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ގޭތެރެއަށް ބޭނުންވާނެ އެއްޗެހި އޭނާ މަޑުމަޑުން ހަމަކުރާކަން އިހުސާސް ކުރެވެން ފެށުނެވެ. އެކަމަކު ރާޝިދު އަކީ ކާކުކަން ސަކިންތަ ބުނެދިން ކަމުގައިވިޔަސް އޭނާ ރަށަށް އައި ބޭނުމެއް އަދި ހުދު ސަކިންތައަށްވެސް ބުނެނުދެއެވެ. މިއަދު އޭނާ ދީގެން ބަނޑުފުރާ ކާލިކަމުގައި ވިޔަސް މާދަމާ ވާނޭ ގޮތަކާއި މެދު ވިސްނާ ކަންބޮޑުވިއެވެ.

މިކަހަލަ ގޮތަކަށް ވިސްނުމާއި ފިކުރު ކުރުމުގައި މަންމަގެ ދުވަސް ވޭތުކުރިއިރު ސަކިންތަ އާއި ރާޝިދު އެކިކަހަލަ ވާހަކަ ދެއްކުމުގައި ވަގުތުތައް ހޭދަކުރިއެވެ. އެންމެ ފަހުން އިރު އޭގެ ވާޖިބު އަދާކުމަށްފަހު ރޭނގަޑަށް ތަންދެމުން ވަކިވިއެވެ. މަންމައަށް ދެން ވިސްނަންފެށުނީ އަދި މާ ބޮޑުކަމަކާއެވެ. ރާޝިދު ނިދާނީ ކޮންތާކުތޯ ހިތައް އަރަނީއެވެ. ސަކިންތަގެ އެތެރެގޭގައިވެސް ހުންނަނީ ކުޑަކުޑަ އެންމެ އެނދެކެވެ. ގޭތެރޭގައިވެސް ހުންނަނީ ބޮޑާށި އެކަންޏެވެ. ދެން ރާޝިދު ނިދާނީ ކޮންތާކުބާއޭ ހިތައްއަރާ ވިސްނުނެވެ.

ރޭގަނޑުގެ އަށެއް ޖަހާކަންހާއިރު މަންމަ އުޅުނީ ގޭތެރޭގައި ދަރިފުޅުގޮވައިގެނެވެ.  ދަރިފުޅު ނުނިދައިގެނެވެ. އެވަގުތު ބޭރުން އައިސް ހުއްޓި ޕިކަޕެއްގެ އަޑު މަންމައަށް އިވުނެވެ. މަންމަ ބޭރުބަލާލީމެވެ. ރާޝިދު އެއްޗެހިތަކެއް ގެނައީއެވެ. މަންމަ ހީކުރީ ރާޝިދު އެރަށުން އަންނަމުން ގެނައި އެއްޗެހިތަކެއް ކަމަށެވެ. އެކަމަކު އެ ވީ މަންމަ ހީވެސް ނުކުރާއެއްޗަކަށެވެ. ޅަ ފުރައިގެ ރައްޓެއްސަކާއި އެކު ގެނެސް ރާޝިދު ގެއަށް ވެއްދީ އެދެކެވެ. ރާޝިދު އެ އެނދު ހިފައިގެން ދިޔަގޮތައްގޮސް ސަކިންތަގެ އެތެރެގޭގައި ބެހެއްޓިއެވެ. “ރާޝިދު. ސަކިންތަ ގާތު ނުވެސް އަހާ ތިތަނަށްތަ ވައްދަނީ؟” މަންމައަށް ބޭއިޚްތިޔާރުގައި ރާޝިދުއަށް ގޮވާލުމަށްފަހު ބުނެވުނެވެ. އެކަމަކު ފަހުން އެނގުނީ އެއީ ސަކިންތައާވެސް މަޝްވަރާކުރުމަށްފަހު ކުރި ކަމެއްކަމެވެ. އެ އެނދު ގެނައުމާއި އެކީ މަންމަގެ ހިތައް ފިނިކަމެއް ލިބުނެވެ. ރާޝިދުވެސް ނިދާނެ ތަނެއް ހަމަ ޖެހުނީމައެވެ.

އެނދު ބަހައްޓާފައި ރާޝިދު ބެނުންވީ ރޭގަނޑު ކާށެވެ. އެހެން ކަމުން ކާންހަދާފައި ރާޝިދުއަށް ކާންދިނީމެވެ. ރާޝިދު ކެއުމަށް އިންސާފުކުރަމުން ދަނިކޮށް ސަކިންތަ ރާޝިދުގާތު ސުވާލެއް ކުރިއެވެ. “ރާޝިދޫ ބުނެބަލަ ކީއްކުރަން ބަންނަ ސަފާރީއެއްތަ ތީ؟” ސަކިންތައާއި ރާޝިދު މެންދުރު ފަހު ދެއްކިވާހަކައިގައި އެވާހަކަ ދެއްކިކަން މަންމައަށް އެނގުނީ ދެނެވެ. އެކަމަކު އެ އިވުނު އަޑުން މަންމަގެ ހިތައް އަނެއްކާވެސް ބިރުވެރިކަން ވަނެވެ. ސަފާރީއޭބުންޏަސް މަންމަ ހުންނަނީ ހާސްވެފައެވެ. އެކަމަކު ނަސީބަކުން އެވާހަކަ ކުރު ކޮށްލާފާ ރާޝިދު މަންމައާއި ދިމާލަށް ބުނެލިއެވެ. “ކަނބުލޯ، ދެން މަށަށް ބޮޑާށި ދީފައި އެތެރެގެއަށް ވެއްދި އެނދުގައި ނިދާ އިނގޭ” . މަންމަ އާއެކޭ ބުނެލުމުގެ ގޮތުން ބޯ ޖަހާލީމެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. މަންމަ އުޅުނީ ބަދިގޭގައި ސައިހަދާށެވެ. ރާޝިދު އައިސް މަންމަގެ އަތުން ދަރިފުޅު އުރައިގެން ދިޔައެވެ. މަންމަ އަވަސްކޮށްލާފާއި ސައި ހަދާ ނިންމާލީމެވެ. އަދި ސައިބޯން ތަށިތައް ނެގުމަށްފަހު ދަރިފުޅުބަލާ ދާން ވެގެން ގޮވާލީމެވެ. އެކަމަކު ދަރިފުޅު އުޅޭކަމުގެ އެއްވެސް ހަބަރެއް ނުވިއެވެ. ރާޝިދުއަށްވެސް މަންމަ ބާރުބާރަށް ގޮވީމެވެ. އެކަމަކު ޖަވާބެއް ނުލިބުނެވެ. މަންމަ ހާސްވާން ފެށިއެވެ. މުޅި ގޯތިތެރެއާއި މަގުމަތި ބެލި އިރުވެސް ދަރިފުޅާއި ރާޝިދުގެ ހަބަރެއް ނުވިއެވެ. މަންމައަށް ރޮވެން ފެށިއެވެ. ދަރިފުޅު “ކިޑްނޭޕްކުރީއޭ” ހިތައްއަރާ ބިރުވެރިކަން ވެރިވިއެވެ. އެންމެފަހުން ސަކިންތަވެސް ހާސްވެ ހޯދަން ނުކުތުމަށް ބުނުމުން މަންމަވެސް ދަރިފުޅު ހޯދަން ދާން ހިނގައި ގަތީމެވެ. ރާޝިދު ދެކެ އިންތިހާއަށް ރުޅިއަސްހުރެ، ލިބުނު ހިތާމައާއި ހެދި ރޮމުން ގިސްލަމުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaash

Level 110 Stories

Other Articles

Previous

ކަލާދެކެ އިންތިހާ ލޯބިވޭ

Next

ހަތިޔާރު (ފަސްވަނަބައިގެ 2)

Next
January 12, 2014

ހަތިޔާރު (ފަސްވަނަބައިގެ 2)

Previews
January 10, 2014

ކަލާދެކެ އިންތިހާ ލޯބިވޭ

12 Comments!

  1. Nanna says:
    January 12, 2014 at 3:42 pm

    Maakuru adhives . V salhi vaahaka.

  2. niha says:
    January 12, 2014 at 4:43 pm

    reethi mibai ekam adhives dhigu kolladhechey

    1. Lenny says:
      February 4, 2014 at 1:39 pm

      I really apiaecprte free, succinct, reliable data like this.

  3. reeshh.... says:
    January 12, 2014 at 5:02 pm

    V nice thankolheh dhigu kollaba

  4. aNglE says:
    January 12, 2014 at 7:23 pm

    Haadha kurukoh… .. v fooohi.. nyc stry…

  5. Hu-c says:
    January 12, 2014 at 8:45 pm

    v salhi dhigu minvx ragalhu…..thnx xaash

  6. BibbiDhooni says:
    January 12, 2014 at 9:43 pm

    Haaadha kurey.. Maa kuru vyma kamaku nudhey.. But dash ge ideas that varah salhi.. Ummedhu Kuran hutta nulaa vaahaka kuriyah gendhaaney kamah.. Thankolheh dhigu kh dhyba adhi xaash… Plxx 🙂

  7. BibbiDhooni says:
    January 12, 2014 at 9:44 pm

    When Will u upload the next part of the story?

  8. lampyyyyy says:
    January 13, 2014 at 10:34 am

    varah salhi story

    1. shen says:
      January 13, 2014 at 12:28 pm

      ey thy kn lampyy eh tha

  9. mooneeeee says:
    January 15, 2014 at 9:04 am

    v v v sali storyy

  10. Phaarie says:
    January 15, 2014 at 2:45 pm

    V.NYC

Comments are closed.

Next Episodeމަންމަގެ ޑައިރީ 10 ވަނަ ބައި (ކަތި ނަޒަރު)←


All Right Reserved!