Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންމަގެ ޑައިރީ 8 ވަނަ ބައި ( ކޮޅުފައިން ޖެހުން )

xaash Level 110 Stories
January 9, 2014 3 Mins Read
8 Comments

ޝާލީ އޭނާގެ ދިރިއުޅުމުގައިވާ ހަމައެކަނި ކަންކުރުމުގައި ރޭގަނޑުގެ ވަގުތު ހޭދަކުރަމުން ދެއެވެ. އޭނާގެ ބައިވެރިއެއް ނެތްކަން އިހުސާސް ކުރަމުން މަންމަގެ އެނިކަމެތި ހާލާމެދު ވިސްނުމުގައި މެންދަމުން އަލިވެ ދޭއްޖެހިއިރުވެސް، އެނދުމަތީގައި، ބޯމަތީ އަތް އަޅާލައިގެން އެ އޮތީ އެހަނދާންތަކުގެ އަސަރުން ޝާލީއަށް ކެތްނުކުރެވޭތީއެވެ. ޝާލީ ހަނދާން ހުންނަން ފެށިއްސުރެ ޝާލީ މިފަދައިން ދިގުލައި ރޯންޖެހުނު ދުވަހެއް ހަނދާންވެސް ނެތެވެ. އެކަމަކު ޝާލިއަށް މިއަދު އެނގުނީ އޭނާގެ މަންމަ އެއިން ކޮންމެ ދުވަހެއްވެސް ހޭދަކުރީ ވޭނާއި ހިތްދަތިކަމުގައި އެކަނިވެރިކަމުގައެވެ. ހީވަނީ ޝާލީ މިގޮތައް ވިސްނާ ކަރުނަ އެޅުމުގައި މުޅިރޭވެސް ހޭދަކޮށްލަން އުޅޭހެނެވެ.

މިރުއިމާއި ގިސްލުމުގައި އޮށްވާ ޝާލީ ގެ ވިސްނުމުގެ މިސްރާބު މަޑުމަޑުން ބަދަލުވާން ފެށިއެވެ. މަންމަގެ ޑައިރީން ކިޔުނު ހިސާބާ ދޭތެރޭ ވިސްނަން ފެށިއެވެ. މަންމަ އަށް އެ އަނިޔާދިން ނުލަފާމީހަކީ ކާކުތޯ އަމިއްލަ ނަފުސާ ސުވާލުކުރަން ފެށިއެވެ. މަންމައަށް ދިރިއުޅުމުގައި އެމީހާ އާއި ބައްދަލުވިތޯ އަދި ޝާލީ އެމީހާ ދަންނަންތޯ ސުވާލުކުރަމުން ދިޔައެވެ. މަންމަ އުޅުނު ނިކަމެތި ހާލުގައިވެސް މާމަގެ އެހީތެރިކަމެއް ނުލިބުނީ ކީއްވެތޯ ހިތާ ހިތާ ސުވާލުކުރިއެވެ. މަންމަ އެބުނާ ނުކުރާން ހުރި ކަމަކީ ކޮބާތޯ އޮޅުން ފިލުވަން ބެނުން ވިއެވެ. އެކަމަކު އެޑައިރީ ނަގައިގެން ކިޔާނެހާ ހިތްވަރެއް މިހާރަކު ޝާލީގެ ހަށިގަނޑާއި ސިކުނޑީގައި ނެތެވެ. ވިސްނާ، ގިސްލާ ރުއިމުގެ ސަބަބުން ވަނީ ވަރުބަލިވެފައެވެ.

މިސުވާލުތަކާއި ދޭތެރޭ ވިސްނަން އޮވެފާ ޝާލީ އޭނާ އޮތް އެނދުން ތެދުވެ ހިނގައި ގަތެވެ. އަދި އޭނަގެ އަލަމާރިކައިރީގައި ހުއްޓި މަންމަގެ ޑައިރީ ނަގަން އަތް ދިއްކޮށްލިއެވެ. އެވަގުތު ޝާލީގެ ނިންމުން ބަދަލުވިކަހަލައެވެ. އަލަމާރީގެ އެތެރެއަށް ދިއްކުރި އަތް އަވަސް އަވަހަށް ބޭރަށް ދަމާލިއެވެ. އަދި ކިޔާނެތޯ އޭނާގެ ހިތާ ސުވާލުކުރަމުން ދިޔައެވެ. ޝާލީ މިކަމާއި ވިސްނަމުން އެ މެންދަމުގައި އޭނާގެ ކޮޓަރީގައި ދެކޮޅަށް މަޑުމަޑުން ހިނގަންފެށިއެވެ. އެތައް އިރެއްވަންދެން މިހެން ހިނގުމަށްފަހު އައިސް އެދުގައި އިށީނެވެ. އަދި އޮށޯތެވެ.

މޮޔައެއް ފަދައިން ޝާލީ ހަދާނޭގޮތް ނޭނގިގެން މުޅިކޮޓަރީގައި ތެޅެނީއެވެ. އެނދުގެ އެއްފަރާތުން އަނެއްފަރާތައް ޖެހިޖެހި ވެސް އޭނާގެ އަރިކަށިން ހަންދާވަރުވެއްޖެއެވެ. ނިދަން މަސައްކަތްކޮށްކޮށްވެސް އެކަންވެސް ކާމިޔާބުނުވިއެވެ.

މިގޮތުގައި އެތައް އިރެއް ވޭތުވުމަށްފަހު ޝާލީ އަނެއްކާވެސް މަންމަގެ ޑައިރީކިޔުމަށް އެ ޑައިރީ ނަގަން ހިނގައިގަތެވެ. އަދި އަވަސް އަވަހަށް އަލަމާރި ހުޅުވާ ޑައިރީ ނަގައިގެން އައިސް އެނދުގައި އޮށޯތެވެ. ހީވަނީ ހިޔާލު ބަދަލުވުމުގެ ކުރިން ޑައިރީ ކިޔާ ނިންމަން އުޅޭހެނެވެ. ޝާލީ އޭނާގެ މަންމަގެ ޑައިރީއިން ކިޔުނު ހިސާބު ހިނދުކޮޅެއްގެ ތެރޭގައި ހޯދިއެވެ. އަދި އަވަސް އަވަހަށް ކިޔަން ފެށިއެވެ.

ދަރިފުޅާއެވެ. މަންމަ ނުކުރާން ހުރި ކަންކުރަން ދަރިފުޅުގެ ހައްގުގައި މަންމަ ހިނގައިގަތިމެވެ. ނުހަނު އުންމީދާ އެކީއެވެ. މަންމަ ހުރީ ދުވަހަކުވެސް އެއްވެސް ކަމެއް ޖެހުނަސް އެކަން ނުކުރާށެވެ. އެކަމަކު އެދުވަހު މަންމައަށް އެކަންކުރަން މަޖުބޫރުވެ އެހެން ގޮތެއް ނެތުމުން އެކަމާވެސް ކުރިމަތިލީމެވެ. މަންމަ ހުރީ ކޮންމެ ކަމެއް މަންމައަށް ޖެހުނު ކަމުގައި ވިޔަސް ދަރިފުޅުގެ މާމަ ގާތަށް ދުވަހަކުވެސް ނުދިއުމަށް ޢަޒުމް ކަނޑައަޅައިގެނެވެ. މާމައަށް މަންމަ މަރުވެފައިވާތީއެވެ.

މަންމަ މާމަގެ ގެއަށް ގޮސް ވަންއިރު މާމަ އިނީ ސިޓިން ރޫމުގައި ޓީވީ ބަލާށެވެ. އެބޮޑު ސިޓިން ރޫމުގައި ބަހަށްޓާފައިހުރި ބޮޑު ސޯފަގައި މާމަ އިންއިރު މާމަގެ ކުރިމަތީގައި ތަފާތު މޭވާ ކޮށާ، އަޅާފައި ހުރި ތައްޓެއް ހުއްޓެވެ. އިރު އިރު ކޮޅުން އެތަށިން އެއްޗެއް ނަގާ ކާތަން ބަލަން މަންމަ އިރުކޮޅަކު މަޑުކުރީމެވެ. މޭބިސްކަދުރާއި އޮރެންޖާއި އާފަލު ކަމުން، ޓީވީއިން އަންނަ އެއްޗެއް ބެލުމަށް ގެއްލިފައި އިންވަރުން މަންމަ ގޮސް މާމަގެ ގާތުގައި ހުރިކަންވެސް އެ މާމައަށް ރޭކާނުލިއެވެ. އަމިއްލަ ދަރި ކާނެ އެއްޗެއްނެތި ބަނޑަށްޖެހިފައި މާމަ ދަރިއާއި އެކު މަރާއި ހަނގުރާމަ ކުރަމުންދާއިރުވެސް އެ ހިތެއްނެތް މާމަ އިނީ އަރާމުގައި އުފާކޮށް ހިންހަމަ ޖެއްސުމުގައެވެ.

އިރުކޮޅެއްވަންދެން މަޑުކުރުމަށްފަހު މަންމަ މާމައަށް ގޮވާލީމެވެ. “މަންމާ”. މަންމައަށް މާމައަށް ގޮވާލުން ފިޔަވާ އިތުރު ހަމަ އެއްކަމެއްވެސް ނުކުރެވުނެވެ. ކެތްތެރިކަމާއި އެކު އެތަކެއް ހިތްވަރަކުން ހިފަހައްޓާފައިވާ ކަރުނަތައް މަންމަގެލޮލުން ފޭދިގެން ކޯތާފަތްމަތިން ހޯސްލާފައި ފައިބައި އެ ހުދު މާބުލްސް ތަކުގެ މަތީގައި ކޯރުހެދެންފެށިއެވެ. ހިފެހެއްޓުމެއްނެތި އެވެ. މަންމަ ކިތަންމެ ބޭނުންވިކަމުގައިވިޔަސް އެކަރުނަތައް މަންމައަކަށް ކިޔަމަނެއް ނުވިއެވެ. “ކަލޭކީތްކުރަނީ. ބުނީމެއްނު ތީމިހާރު މަގޭ ދަރިއެއް ނޫނޭ. ހަމަ މިހާރު ދޭ” މަންމަ ފެނުމާއި އެކު މާމަ މަންމައާއި ދިމާއަށް އަޑުލާން ފެށިއެވެ. ” މަންމާ. އާދޭސްކޮށްފަ ބުނަން. އަހަރެންމެން ދެމައިން މިރޭވެސް ކާލާނެ ހަމަ އެކަށްޗެއްވެސް ނެތް. އެ މާމަ ދަރިފުޅުގެ ހައްގުގަނަމަވެސް ކުޑައެތިކޮޅެއް ނަމަވެސް ދީބަލަ. މަންމަގެ ތި މުދަލުގައި މާތް ﷲ ބަރަކާތްލައްވާތޯ އަހަރެން ދުޢާކުރަން” މަންމަ އާދޭހާއިއެކު މާމަގެ ގާތުގައި މިކަމަށް އެދުނީމެވެ. ނުދަންނަ ބީރަށްޓެއްސަކަށް ކަންކުރާ ފަދައިން ޖީބުން ސަތޭކަ ރުފިޔާ ނަގާ ރަހުމު ކުޑަގޮތަކަށް މަންމަގެ ފައިބުޑަށް އެ އެއްލާލާ މަންމަގެ އާދޭސް ތަކުގައި ކޮޅުފައިން ޖަހާ މަންމަ ފޮނުވާލިއެވެ. އަދި ދެން އެގެއަށް ނާއުމަށް ގަދަ އަމުރު ކުރިއެވެ.

އެރަހުމުކުޑަ މާމަ މި ނިކަމެތި ދެމައިންނަށްވެސް ކުޑަވެސް ރަހުމެތް ހަމްދަރިދީއެއް ނުބެހެއްޓިއެވެ. މަންމަ ބެހެއްޓި އެންމެ ފަހު މަންތިރިވެސް ނާކާމިޔާބުވުމުން މި ދިއުޅުމާއި މެދު މަންމައަށް އުންމީދު ކަނޑާލެވުނެވެ. އަދި މޮޅިކަމާއި އެކު އައިސް ސަކިންތަގެ ގާތުގައި މިވާހަކަތައް ކިޔައި ދިނީމެވެ. ސަކިންތަގެ އެތައް މަސައްކަތަކުން މަންމަގެ މިހިތައް ކުޑަހަމަޖެހުމެއް ލިބި ރުއިން ހުއްޓާލެވުނީ ވަރަށް އިރުންނެވެ.

މާމަގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބުމުން ސަކިންތައާއި މަންމަގެ އުންމީދުތައް ފެނަށްވިއެވެ. އެކަމުގައި ވިސްނާ ފިކުރުކުރުމުގައި ވަގުތުތައް ހެދަކުރަން ފެށުނެވެ. މަންމަ ސަކިންތަގެ ގާތުގައި ދަރިފުޅު ގޮވައިގެން އުޅޭތީ، އަވަށްޓެރިއެއްވެސް ސަކިންތައަށް އަޅާލާކަށް ބޭނުމެއް ނުވިއެވެ. އެހީތެރިކަމުގެ އަތެއްވެސް ފޮރުކޮށްދޭކަށް ބޭނުމެއް ނުވިއެވެ. ސަކިންތަ ބަލިކޮށް އުޅޭއިރުވެސް ހާލުބަލާލަންވެސް އެކަކުވެސް ގެއަށް ނުވަދެއެވެ. މާމަގެ ރަހުމުކުޑަ ދެއަތުން މަންމަގެ ފައިބުޑަށް އެއްލާލި ސަތޭކަރުފިޔާއިން ބަނޑުފުރާނަ މުއްތިކޮށްގެން އުޅެން މަޖުބޫރުވިއެވެ. އެކަމަކު އެވެސް އުމުރުގައި ނޯންނާނެތި އެކަމާއި ވިސްނަން ޖެހުނެވެ. ހަނޑޫކިލޯއެއް ގަނެގެން އޭގައި ބަތް ކައްކައިގެން އެއަށް ފެންއަޅައިގެން ސަކިންތައާއި މަންމަ ކަމުން ދިޔައިރު އަވަށްޓެރިންނާއި، ތިމާގެ މީހުން އަދި ދަރިފުޅުގެ މާމަ ދިޔައީ މީރުހައި އެއްޗެއް ކަމުންނެވެ. އުފާކުރަމުންނެވެ. މިހާލާމެދު ވިސްނާލުމެއްވެސްނެތިއެވެ. މަންމަމެން މިހާލުގައިވެސް ހިތްވަރާއި އެކު މަސައްކަތް ކުރީމެވެ. އިތުރަށް މަސައްކަތް ލިބޭތޯ ގޭގެއަށްވެސް ދިޔައީމެވެ. ސަލާންވެސް ޖެހީމެވެ. ރޮއިގިސްލާ މީހުންގާތު އާދޭސްވެސް ކުރީމެވެ. ދަރިފުޅުގެ ހައްޤުގައެވެ. ދަރިފުޅާއެވެ. މަންމަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ.

މާމަ ދިން ސަތޭކަރުފިޔާއިން ދިރިއުޅުން ހަމަޖައްސާތާ މިއަދަށް މިވީ ވިހި ދުވަހެވެ. އެ ލާރި މިހާރުވަނީ ހުސްވެފައެވެ. މަންމައާއި ސަކިންތަ އަނެއްކާވެސް ބަނޑަށްޖެހުނެވެ. ހުރިހާކޮޅެއް ބަންދުވުމުން ހަދާނެގޮތް ހުސްވެ ހާސްވެ ކަންބޮޑުވެފައި ގޭތެރޭގައި ދެ މީހުން ތިބީ ބަނޑުހައިވެ ހާންތިވާވަރު ވެފައެވެ. ދަރިފުޅުގޮވައިގެނެވެ. މިހެން ތިއްބާ މަންމަގެ ލޮލުގައި އަޅާގަތީ ބޭރުން ގޯތީގެތެރެއަށް ވަދެގެން ގެއާއި ދިމާއަށް ހިނގާފައި އަންނަ މީހެކެވެ. އެމީހާ އެހިނގުމުގައި އައިސް އެ ކުޑަކުޑަ ގޭގެ ދޮރުމައްޗަށް ހުއްޓުނެވެ. އަދި ގޮވާލިއެވެ. “އައްސަލާމުއަލައިކުމް” . މިއަޑާއި އެކު ސަކިންތަ ސަލާންބަލާގަނެ އެމީހާ އާއި ދިމާއަށް ބަލާލިއެވެ. އަދި ހައިރާންވެ އެމީހާއާއި ދިމާއަށް ބަލަން ހުއްޓެވެ. އެއްވެސް މީހަކު އިތުރަށް އެއްޗެއް ނުބުނުމުން އެ ވަގުތު މަންމަ ހުރީ ވާނުވާނޭނގިފައެވެ. ހަދާނެ ގޮތެއް ނޭނގިފައެވެ. ބުނާނެއެއްޗެއް ހިތައް ގެންނަންވެސް ނޭނގިފައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

xaash

Level 110 Stories

Other Articles

Previous

ތިޔަ ޚިޔާލުގައި ހިތް ކުދިކުދިވެގެން ދިޔަޔަސް

Next

އަތްތައް އުފުލާލަމާ

Next
January 9, 2014

އަތްތައް އުފުލާލަމާ

Previews
January 8, 2014

ތިޔަ ޚިޔާލުގައި ހިތް ކުދިކުދިވެގެން ދިޔަޔަސް

8 Comments!

  1. xaash says:
    January 9, 2014 at 12:53 am

    މިފަހަރު މިއޮތީ އަވަހަށް ދިގުކޮށް އަޕް ކޮށްދީފަ….. ދެން ތިބޭފުޅުން ވާހަކާއި މެދު ހިޔާލު ހުށައެޅުއްވީމަ އެނގޭނީ ރަނގަޅު ކުރަންވާ ކަމެއްވެސް… hope you will give suggestions…..

  2. lonely angel says:
    January 9, 2014 at 1:20 am

    ވަރަށް ރީތި ސްޓޯރީ. ހުށައެޅުންވެސް ސަޅި. ކުދި ކުދި މިސްޓޭކްސް އެބައުޅޭ ދޯ ބައެއް ޖުމްލަ ތަކުގަ
    gud luck

  3. reesh says:
    January 9, 2014 at 7:48 am

    Ok hama v nice mi part vx

  4. Anonymous says:
    January 9, 2014 at 8:42 am

    އަދިވެސް މާކުރު. ތަންކޮޅެއް ދިގުކޮށްލަބަލަ…………..ޒާޝް

  5. Niha says:
    January 9, 2014 at 8:43 am

    Reethi , mibaige feshun ehaa kamaku nudhiya ibaaraathuga massala ulhey dhenfaharakun, kudakoh hama nujehey, ekamu bunan ulhey ethi konmeves gothakun ingey, mikan dhen annan baehgaa rangalhu kolaane kamah unmeedhu kuran,. Mivaahaka akee hithaamaveri vaahakaeh kamun ibaaraithah athuraalumugai e dhimaavaa kuh thah rangalhu kurumun varah asarugadha vaahaka akah vaane 🙂 mihaaruves goaheh noon,

    Ekamu adhives bunelan othee hama adhi

  6. Niha says:
    January 9, 2014 at 8:47 am

    Ves thankolheh dhigu kohladhevidhaane thoa

  7. hhhhhhhhhhhhhhhhhhh says:
    January 9, 2014 at 8:02 pm

    myy eha dhigutha……xaash ah diguko lian neengenyaa sun online ge story danial balalafa liunvun eden……mi story nice

  8. xaash says:
    January 10, 2014 at 12:57 am

    ……thanks for the comments… will try my best to improve

Comments are closed.

Next Episodeމަންމަގެ ޑައިރީ 9 ވަނަ ބައި (ރާޝިދު)←


All Right Reserved!