Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… (8 ވަނަ ބައި)

writer
January 6, 2016
4 Mins Read
8 Comments

ނަކީލްގެ މާޔާގެ އުނަގަނޑުގައި އަތްއަޅުވައި ނަކީލް ކައިރިއަށް މާޔާގެނައެވެ. ދެމީހުންގެ ދެމެދުގައި ވައިރޯޅީއަކަށްވެސް ވަދެވޭ ހާ ޖާގައެއް ނެތްފަދައެވެ. ނަކީލްއަށް މާޔާގެ ތުންފަތަށް ލޯބިކޮށްލިއެވެ. މާޔާއަށްވެސް އެކަމުގައި ބައިވެރިވެވުނީ މާޔާގެ ހިތުގައި ނަކީލްްއަށް ޓަކައިވާ ލޯތްބެއްގެ ސަބަބުންނެވެ. ކުރި ހުރިހާ އިންތިޒާރެއްގެ ސަބަބުންނެވެ.

މިއަދު ވީ ކަންތައް ހާދާން ވުމުން މާޔާ ތެޅިގެންފައި ނަކީލް ދުރަށް ކޮށްޕާލިއެވެ. އޭރު މާޔާއާށް މާ ނެވާ ލެވެމުންދިޔައެވެ. މާޔާގެ ލޮލުން ވިދަވިދާ ހުރި ކަރުނަތަށް ފެނުމުން ވީގޮތް ނަކީލްއަށް ރޭކާލީ ދެނެވެ. މާޔާއަށް ވީގޮތް ފެނުމުން ނަކީލްގެ ދެރަވެ ލަދުގަންނަ ގޮތްވިއެވެ. މާޔާ ނަކީލްއަށް ފުރަގަސްދިނީ ލޮލުން ފައިވަން ތައްޔާރުވެފައިވާ ކަރުނަތަށް ފޮރުވަމުންނެވެ.

” މައި..” ނަކީލް ގެ އަޑުގައިވާ ރިހުން އިހްސާސްކުރެވުމުން މާޔާގެ ހިތް އިރުކޮޅަކަށްނަމަވެސް ހުއްޓުނުފަދައެވެ. އަތުގެ ނުފުށުން ކަރުނަތަށް ފޮހެލަމުން ނަކީލްއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަޒަރަކުންނެވެ.

” ވައި… ވައި އާރ ޔޫ ޑުއިން ދިސް… އިސް އިޓް ބިކޯސް އިޓްސް މީ..” ނަކީލް މާޔާއައި ކައިވަަމުން ބުނެލިއިރު އެއަޑުގައި އެކުލެވިގެންވާ ހިތްހަމަނުޖެހުމުގެ ކުލަވަރު ސިއްރެއް ނުވިއެވެ.

“ނޯ… އައި ލަވް ޔޫ..” މާޔާ ފަހަތަށް ފިޔަވަޅެއް އަޅާލަމުން ބުނެލިއިރު މާޔާގެ އަޑުންވެސް މާޔާ ބިރުގެންފައި ހުރިވަރު ހާމަވެއެވެ.

” ދެން ކީއްވަ ފަހަތަށް ތިޖެހެނީ… ތިވެސް ލޯބިވާތީ…” މާޔާ ފާރަށް ލަށްކޮށްލަމުން ނަކީލް ބުނެލި އިރު އެ ދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. ނަކީލް ދެއަތް ފާރުގައި ވިއްދައި މާޔާ ހައްޔަރުކޮށްލިއެވެ. ނަކީލްއާއި ދިމާލަށް ބަލަހައްޓައިގެން މާޔާއަށް ހުރެވުނީ ނަކީލް ބޭނުންވާ ގޮތެއް ނޭނގުމުން ބިރުގެންފައެވެ. ނަކީލްގެ ހަރަކާތްތަށް ހުންނަގޮތުން ނަގަންވީ ކޮންކަހަލަ މާނައެއް ކަމެއް މާޔާއަކަށް ނުވިސްނުނެވެ. ބައެއް ފަހަރު މާޔާދެކެ ލޯބިވާހެންވެސް ހީވެއެވެ.

” ފާރިލްއަށް އެކަނި ދޯ މާޔާ އާއި ގާތްވުމުގެ ހައްޤު ދީފަ އޮތީ… އެއް އިރެއްގަވެސް އަހަރެން މީ އެއްވެސް މީހެއް ނޫން ދޯ… ” ނަކީލް މާޔާގެ މޫނައި މޫނު ކައިރިކޮށްލަމުން ބުނެލިއެވެ. ހިތްހަމަ ނުޖެހިފައި ހއްޓެއްކަމަކު ކުޑަކުޑަ ނަތީޤް ނިދާފައި އޮތުމުން މަޑުން ވާހަކަ ދެއްކޭތޯ މަސައްކަތްކުރަމުންނެވެ.

“އެހެންވެ ދޯ އެދުވަހުވެސް…. ވައި ޑިޑް ޔޫ ޑޫ ދެޓް ދު މީ… އެންޑް ޓު ހިމް…” ނިދާފައި އޮތް ނަތީޤްއަށް އިޝާރާތްކުރަމުން ނަކީލް ސުވާލުކޮށްލި އިރު ނަކީލްގެ ނަޒަރު މާޔާއަށް ވަނީ ހުއްޓިފައެވެ. މާޔާގެ މިލާފައިވާ މޫނަށް އަރާ ފައިބަމުން ދާ ކުލަތަށް ބަލަންބޭނުންވާތީ ކަންނޭނގެއެވެ. މާޔާގެ މިލާފައިވާ މޫނާއި އެ ދެލޮލުން ހާމަވާން ހުރި ބިރުވެރިކަމުން ނަކީލްގެ ހިތް ނުތަނަވަސް ވިއެއްކަމަކު މާޔާގެ ކިބައިން ނަކީލްވަނީ ޖަވާބަކަށް ބޭނުންވެފައެވެ.

” އެންމެ ފަހަރަކުވެސް އަހަރެން ދައްކަން އުޅުނު ވާހަކަ ކީލް އަނޑުއެހި ނަމަ މިހެނެއް ނުވީސް ކަންނޭނގެ… ވީ ވުޑް ހޭވް ބީން ޓު ގެދަރ..” މާޔާ ހިތްވަރުކޮށްފައި ބުނެލީ އިސްޖަހައިގެން ހުރެއެވެ. ނަކީލްގެ ބާރުގަދަ ދެލޮލަށް ބަލާނެ ހިތްވަރެއް މާޔާގެ ކިބައިގައި ނެތުމުންވެސް މެއެވެ.

” އިތުރަށް އަހަންނަށް އޮޅުވާލާނެ ފުރުސަތެއް ދެވުނުނަމަ މުޅި އުމުރަށްވެސް އަހަރެން އުޅެންޖެހުނީ ތީ ކިހާވަރެއްގެ މީހެއްކަން ނޭނގި ހުރެ ކަން ޔަގީން..” ނަކީލް މާޔާގެ ޖުމްލައާއި ވިއްދައި ބުނެލީ މަލާމާތްކުރާ ގޮތަކަށެވެ.

” ކީލް ކީއްވެ ޖެނީ އާއި ކައިވެނި ކޮށްގެން ހުރެ އަހަންނާއި ކައިވެނި ކުރީ… ކީއްވެ ޖެނީ އެހެން ރޫމްއަކަށް ބަދަލް ކުރީ …ދެންމެ ވީ ކަންތައް… އެއީ އެއްވެސް މާނައެއް ނެތް ކަންތައްތަކެއްތަ… ސޭ ދެޓް ޔޫ ޑޯންޓް ލަވް މީ … އެއީ އެއްވެސް މާނައެއް ނެތް ކަމަކަށް ވަންޏާމު..” މާޔާގެ ހިތުގައި އުފެދިފައިވާ ސުވާލުތަށް ނަކީލްގެ ކުރިމަތީ ބަންޑުންކޮށްލިއެވެ. ނަކީލް ދޭނެ ޖަވާބެއް ނޭނގޭތީ ހިތްއަވަސް ވާ ހާލުގައެވެ.

” ހެހެހެހެ… ” ނަކީލްގެ ހުނުމުގެ އަޑަށް މާޔާ ނަކީލްއަށް ބަލާލިއެވެ. ނަކީލް މާޔާއާއި ދުރަށް ޖެހިލާ ހަށަންބަދެލިއެވެ.

” މާޔާ…މާޔާ… ޔޫ އެކްޓް ސޯ އިނޮސެންޓް .. ކުރިން މާޔާގެ ޖާދޫގައި ޖެހުނަސް މިހާރު އަހަންނަށް މާޔާ ދަސްވެއްޖެ…ކުށްހީގައި ނުހުންނައްޗޭ އަހަރެން ޖެނީ އެހެން ރޫމްއަކަށް ބަދަލުކޮށް ގޭ އެންމެނާ ފައިޓް ކުރީ މާޔާއަށްޓަކައޭ… އަހަރެން މާޔާ އިނީވެސް ، މާޔާއާއި އެއް ރޫމެއްގައި މިއުޅެނީވެސް ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި… އެންޓް ވަން މޯ ތިންގް.. އައި ޑޯންޓް ލަވް ޔޫ އެނީ މޯ…” ނަކީލްގެ ކޮންމެ ޖުމްލައެއްވީ މާޔާގެ ހިތަށް ހެރުނު ތޫނު ކަށްޓައްކަމުގައެވެ. ލޮލުގައި ވިދަވިދާ ހުރި ކަރުނަތަށް އެއްވެސް ހިފެހެއްޓުމެއްނެތި މިނިވަންވެގެންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. މާޔާގެ ފައިން ވާގިދޫވީ ކަހަލައެވެ. މަޑުމަޑުން ބިންމައްޗަށް ތިރުވަމުންދިޔައީ ކޮޅަށް ހުންނާނެ ހިތްވަރެއް ނެތުމުން ކަންނޭނގެއެވެ.

” އެންޑް ވަން މޯ ތިންގް… އަހަންނަށް ކިޔަނީ ނަކީލް… މީގެ ފަހުން ކީލް އޭ ނުކިޔާތި… ތިދުލުން އެ ނަމުން މުހާތަބު ކުރާކަށް އަހަންނެއް ނޭދެން..” ނަކީލް ކޮޓަރިން ނިކުންނަން ހިގައިގަންނަމުން މާޔާއާއަށް އަދި އެއްފަހަރު ބަލައިލިއެވެ. މާޔާ އެއިން ގޮތް ފެނިފައި ދެރަވި އެއްކަމަކު ނަކީލްގެ ޒަމީރު މާޔާއަށް އެހީ ވުމަށް ދެކޮޅު ހެދިއެވެ. ނަކީލް ނިކުމެގެން ދިޔަ މަންޒަރު ބަލަން މާޔާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

ކިތަންމެ ހިތްވަރުކުރިކަމުގައިވިޔަސް މާޔާއަށް ކަރުނަތަކެއް ނުހުއްޓުވުނެވެ. ނަކީލް ބުނި ކޮންމެ ޖުމްލައެއް ސިކުނޑީގައި އެބުރެމުންދާކަހަލައެވެ.މާޔާ ގިސްލަގިސްލާފައި ރޮމުން ދިޔައިރު އަމިއްލަ ތަޤްދީރާއި މެދު ޝަކުވާކުރެވެމުންދިޔައެވެ. މާޔާގެ އުފާވެރި ހަޔާތް ބަރުބާދުވެގެން ދިޔަގޮތް ކުރިމަތިން ސިފަވަމުން ދާކަހަަލައެވެ. މާޔާގެ ހިޔާލީ ވާފަށް ދޫކޮށްލެވުނީ މީގެ ފަސްވަރަކަށް އަހަރުކުރިއަށެވެ.

……………………………………………………………………………

މާޔާއަށް ހޭލެވުނީ ފޯން އެލާވްވާންފެށި އަޑަށެވެ. ނިދިބަރުވެފައިވާ އެސްފިޔަތަށް ހުޅުވާލެވުނީ ގަދަކަމުން ކަހަލަގޮތަކަށެވެ. މާޔާ އެނދުގައި ހަމަޖެހިލައިގެން އޮތުމަށްފަހު ފުއްމައިގެން ތެދުވީ ގަނޑިން އަށްގަނޑި ބައި ވިކަން އެނގުމުންނެވެ. އެހާ ވަރަށް ފޯން އެލާމުކުރުމުންވެސް އާދައިގެ މަތިން މާޔާއަށް ހޭލެވުނީ އެންމެ ފަހު އެލާމްއަށެވެ. އަަވަސް އަވަހަށް ތެދުވެ ފާހަނައަށް ވަންނަން ތައްޔާރުވަމުން ޖެހިގެން ހުރި އެނދުގައި ނިދާފައި އޮތް ހައިފާއަށް ގޮވާލީ ގަޑިޖެހެނީއޭ ބުނަމުންނެވެ. މާޔާ އަވަސް އަވަހަށް ތައްޔާރުވެލައިގެން ކިރުތައްޓެއް ބޮއެލުމަށްފަހު ހައިފާ ތައްޔާރުވަންދެން މަޑުކޮށްގެން ހުރީ ދެމީހުން އެކީގައި ދާންވެގެންނެވެ.

” ދެންވެސް އަވަސް ކޮށްބަލަ… މިހާރު އެންމެ ވިހި މިނިޓް ބާކީ …. މިއަދު ޓެސްޓްވެސް ނުލިބޭނެ ކަންނޭނގެ…” އިރުއިރުކޮޅާ އަތުކުރީ ގަޑިއަށް ނަޒަރު ހިިންގަމުން މާޔާ ހައިފާ ކައިރީ އަވަސްކުރުމަށް ބުނަމުން ދިޔައިރު މާޔާ ހުރީ ހަމަ ރަގަޅަށްވެސް ހާސްވެފައެވެ.

އަޅިކުލައިގެ ކޯޓް ލުމަށްފަހު މާޔާ ލެދަރ އަންގި ނަގައިގެން އަވަހަށް ނިކުތީ ހައިފާ ފަހަތުންނެވެ.ދެއެކުވެރީން އަވަހަށް ކޮލެޖާއި ހަމައަށް ދިއުމަށް ހިނގަތް އިރު މަގުމަތިން ކުދިންތަށް ވަރަށް މަދުން ނަމަވެސް ފެންނަމުން ިދޔައެވެ.

” މާއި … ހާސްނުވެބަ… ވީ ހޭވް އިނަފް ޓައިމް… އެހެން ނޫނަސް ޔޫ ވިލް ގެޓް ފަސްޓް ފްލޭސް އެހެން ސެމް ތަކެކޭ އެއްގޮތަށް..” މާޔާއަކީ ކަންކަމާ އެހާ ފަސޭހައިން ހާސްވާ ކުއްޖެއްކަން އެނގޭތީ ހައިފާ މާޔާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުންދިޔައެވެ.

” މީ ހުސް ހައިފާގެ ސަބަބުން ވާކަންތައް… މި ޝޯލްގަނޑުވެސް އޮޅަން ފަންސާސް މިނިޓް ނަގާވިއްޔާ..” މާޔާ ހައިފާއަށް ލޯއަޅާލަމުން ބުނެލިއެވެ. ހަޤީގަތުގައިވެސް މާޔާ ހުރީ އެކަމާ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ.

” އަހަރެން ހުންނާނަން ބަލަން މައި ބުރުގާ އަޅަންފެށީމަ ކިހާ އިރެއް ނަގާތޯ… ދިސް އިސް ރިއަލީ ކޯލްޑް… އައި އެމް ފްރީޒިން…” ހައިފާ ޖެކެޓްގެ ޖީބާށް އަށްޖަހާލަމުން ބުނެލިއެވެ.

” އައި ހޭޓް ދިސް ސްނޯ… އަވަހަކަށް ތާކަށް ދެވޭވަރެއް ވެސް ނޫން…” މާޔާވެސް ހައިފާގެ ވާހަކައިގައި ބައިވެލިއެވެ.

ނަސީބުރަގަޅުކަމުން މާޔާމެންނަށް އިމްތިހާން ހޯލަން ގަނޑިޖެހުމުގެ ކުރިން ވަދެވުނެވެ. މާޔާއާއި ހައިފާ އެމީހެއްގެ ގޮނޑީގައި ހަމަޖެހިލީ އެކަކު އަނެކަކަށް ބަލާލުމަށްފަހު އަތުގެ އިޝާރާތުން އޯލް ދަ ބެސްޓް އޭ ބުނަމުންނެވެ. މާޔާއައި ހައިފާއަކީ އެއްކްލާހެއްގައި ކިޔަވަމުންދާ ދިވެހި ދެކުދީންނަށް ވެފައި ރޫމްމޭޓްސް އަށް ވުމާއެކު އެދެމުގައި އުފެދިފައިވަނީ ވަރަށްވެސް ގާތް އެކުވެރިކަމެކެވެ.

އިމްތިހާން ނިންމާފައި މާޔާ ހޯލްއިން ބޭރުގައި މަޑުކޮށްގެން ހުރީ ހައިފާ އަންނާނެ އިރަކަށެވެ. ހައިފާ ނިކުމެގެންއައިސް ޕޭޕަރ ކިހިނެތްހޭ ސުވާލުކުރީ މާޔާ ދޭނެ ޖަވާބު އެނގިހުރެއެވެ. ދެ އެކުވެރިން ވާހަކައިގައި ހުރެ ނިކުމެގެން ހޮސްޓެލް އާއި ހަމައަށް ދިޔުމަށް ހިނގައިގަތީ ވަރަށް ފަރުވާތެރިކަމާއި އެކުގައެވެ. ސްނޯގެ ސަބަބުން މަގުމަތީގައި ހިނގާބިގާވެ އުޅޭއިރު ފައި ކައްސާލާ ގޮތްވާތީ އާއި އެކުގައެވެ.

ހައިފާ އާއި އޮލަ ވާހާކައެއްގައި ހުރެ މާޔާ ހިނގަމުން ދިޔައިރު މާޔާއަށް މަގުމައްޗަށް އެރާ ބޮޑު ސަމާލުކަމެއް ނުދެވުނީ ކަންނޭނގެއެވެ. ކުރިމަތިން އައި ޒުވާނާގެ ގައިގައި ޖެހިފައި މާޔާ ފައިކައްސާލައި ވެއްޓެން ދިޔައެވެ. ލޯ މަރާލެވުނީ ގެންފައިހުރި ބިރެއްގެ ބޮޑުކަމުންނެވެ. އެޒުވާނާ މާޔާގެ އުނަގަނޑުގައި އަތް އަޅުވައި މާޔާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އެ ޒުވާނާގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ މާޔާގެ މޫނަށެވެ. މާޔާގެ ރީތިކަމާއިމެދު ތައުރީފްކުރަމުންނެވެ. މާޔާ ނުވެއްޓޭ ކަން އެނގުމުން ލޯ ހުޅުވާލިއިރު މާޔާގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިޒުވާނާ ފެނިފައި މާޔާއަށް ދެލޯބޮޑުކޮށްލެވުނެވެ.

37
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

writer

Other Articles

Previous

ހާދަ ލޯބިންނޭ…(7)

Next

އަނިޔާ .. 28 ވަނަ ބައި

Next
January 6, 2016

އަނިޔާ .. 28 ވަނަ ބައި

Previews
January 5, 2016

ހާދަ ލޯބިންނޭ…(7)

8 Comments

  1. shiru says:
    January 6, 2016 at 1:39 am

    Alhe thankolheh dhigukoh genes dhin nama.. anyway nice..

  2. Niha says:
    January 6, 2016 at 7:25 am

    Ehaa lahun genes dhey iruvx ehrr kuru.
    Huhh

  3. Luyoona says:
    January 6, 2016 at 8:07 am

    hadi eh noon
    ekam thihaa lahun genes dhey iru vaahaka dhigu kohbala

  4. vahaka kiya meeha says:
    January 6, 2016 at 8:22 am

    Mi esfiya.com ah vahaka liyani mi site ga vahaka kiyaa meehunnH jehsun kurah kah neygi… ehenna fahe 2folhu vaiy liyefa ves bunane mee vahaka ekey nukureveyya huttalan v nu…

  5. sadh says:
    January 6, 2016 at 12:22 pm

    Week aku effaharu genesdhenya we expect the episodes to be a lil longer than this pls.

  6. Aleena says:
    January 6, 2016 at 1:55 pm

    Week aku ehfaharu vs nugenesdhey.. aneh baiga v goi handhaan netheyhaa v ma aneh bai thi genesdheni.. i knw writing is nt an easy job bt mi ah vure avaha genesdhiniyya rangalhu..

  7. Ellie says:
    January 6, 2016 at 6:32 pm

    Mi 2dhuvshun eh dhuvahu genes dheyn buni vaahaka. Hmm foni kan’daathi adhivx

  8. Mary says:
    January 9, 2016 at 1:31 am

    Writer konduvahakutha vaahaka up kolany vara inthizaaru kuran vaahaka up kolaaneduvahaka avaha up koladheebal pls pls

Comments are closed.

All Right Reserved!