ސާރާމެން ކޯހަށް އައި ފަހުން ދުވަސްތައް ދިޔަގޮތް ނޭނގުނެވެ.އެދުވަސް ތަކުގެ ތެރޭގައި ހަޝްމާވެސް ސާރާމެންނާއި ވާހަކަ ދައްކާހަދަންފެށިއެވެސާރާވެސް މާލްމެންނާއި އެކު ކުރިން އުޅުނު ބީރައްޓެހި ގޮތްކެނޑި ގޭތެރެޔަށް ހޭނިއްޖެއެވެ. އެއްރޭ ސާރާ އާއި ނައިނާ ކައިނިންމާލުމަށްފަހު ކޮޓަރިޔަށް ހިނގައިގަންނަނިކޮށް ހަޝްމާ ގޮވާލި އަޑު އިވުމުން ސާރާ އެދިމާލަށް ބަލާލިއެވެ.ހަޝްމާ އެދުނީ އޭނައާއި އެކު ބެލްކަންޔަށް ދިޔުމަށެވެ.ނައިނާ ކޮޓަރިޔަށް ފޮނުވާލުމަށްފަހު ސާރާ ހަޝްމާގެ ފަހަތުން ހިނގައިގަތެވެ. ސާރާ ދިޔައިރު ހަޝްމާ ހުރީ ބެލްކަނި ރެއިލިން ތަކުގައި ހިފަހައްޓައިގެންނެވެ.ޖެހެމުން ދިޔަ […]
“ސާރާ! އެއްޗެކޭ ބުނެބަލަ!”ނައިނާ އަށް ސާރާގެ ކިބައިން ޖަވާބެއް ނައުމުން ބުނެލިއެވެ.ސާރާއަށް ބުނެވުނުހާވެސް އެއްޗަކީ ފަހަތް ބަލާލާށޭއެވެ.ނައިނާ ފަހަތަށް އެބުރުނު ިރު ފަހަތުގައި ހުރި ޔުނާން ފެނުމުން ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ގަތް ލަދުންނެވެ.މިނޫނީ ނައިނާ ފިރިހެން ކުއްޖެއްގެ ކުރިމަތީގައި ލަދު ގަތްފައެއްނުވެއެވެ. ނައިނާ ބެންޗްއިން ތެދުވުމަށް ފަހު ބާރަށް ހިނގައިގަތީ ފެން ބުޔުމުގެ ބަހަނާގައެވެ.ނައިނާ ތެދުވިއިރު ޔުނާން ބުނެލިއެވެ.”އޭއް މިއަދު ތިހެން ދެވިދާނެ .މާދަމާ ކިހެނެއް އިނގެނީ ނައިނާ އައިސް ވެއްޓޭނީ މިއުގުގެ ތެރެޔަށް […]
“މި ފިރިހެނާގެ ކޮން ތަނެއް ރިތި ވެގެން ތަ ތިބަލަނީ އަޅެ.”ނައިނާ ހިތާހިތުން ޔުނާން އާއި ދިމާލަށް ކުލާސް ފެށުނީން ސުރެ ކިޔަމުން ދިޔައެވެ. ސާރާއަށް އިށީން ދެވުނީ އަންހެން ކުއްޖެއްގެ ކައިރީއެވެ.ސާރާ އިށީނުމާއި އެކު އަންހެންކުއްޖާ ބަލާލުމަށް ފަހު ހިނިތުން ވެލިއެވެ.ސާރާވެސް ބަދަލުގައި ހިނިތުން ވެލަމުން ކުލާހަށް ތައްޔާރުވެލިއެވެ. “މިޝެލް.ތިއީ ކާކު.؟” އިރުކޮޅަކު މަޑުން އިނުމަށް ފަހު ސަލާމަށް އަތްދިއްކޮށްލަމުން އިނގިރޭސިން އެއަންހެން ކުއްޖާ ބުނެލިއެވެ.”މިއީ ސާރާ.” ސަލާމަށް ދިއްކޮށްލި އަތުގައި ހިފާލަމުން ސާރާ ޖަވާބު […]
ސާރާ އެތެރެޔަށް ވަދެ ގެނައި އެއްޗެހި އެތުރުމުގެ މަސައްކަތުގައި ނައިނާ އާއި އެކު ބައިވެރިވިއެވެ.ސާރާ ނިދުމަށް ޓަކައި ތައްޔާރުވުމަށް ފަހު ނިކުތީ ކޮޓަރީގައި ފެންފުޅިއެއް ނެތުމުންނެވެ.ފެންފުޅި ހިފައިގެން ކޮޓަރިޔަށް ހިގައިގަތް ވަގުތު ހަޝްމާ ކޮޓަރިން ނިކުންނަނީއެވެ.ސާރާ ވަގުތުން ހިނިތުންވެލިނަމަވެސް ހަޝްމާ ކަމެއްވާކަމަށް ވެސް ހަދާނުލާ ފައިވާން ހަރުގަނޑުން ބޫޓެއްނަގައ ބޭރަށް މިސްރާބުޖެހިއެވެ. ސާރާ އެވަރުކަމަކަށް ހަދާނުލައި ކޮޓަރިޔަށް ވަތްއިރު ނައިނާ އޮތީ ސީރީޒް އެއްބަލަންށެވެ.ސާރާވެސް އެހާ އަވަހަށް ނިދުމުގެ ހިޔާލެއް ނެތުމާއިއެކު ނައިނާ ކައިރީ ގޮސް ބާލީހެއް […]
އެޕާޓްމެންޓްއަށް ފޮށި ހިފައިގެން ހިފައިގެން ދިޔައިރު ދެމީހުންގެ ނޭވާ ހުރީ ކުރުވާގޮތް ވެފައެވެ.ސިޑިން އެރުމަށް ފަހު އެޕާޓްމެންޓް ގެ ބެލް ޖަހާލުމާއި އެކު ދޮރު ހުޅުވާލީ އަންހެން ކުއްޖެކެވެ.”އޮހް މިއީ ދޯ މިއަދު އަންނާނޭ ބުނި ކުދިން.އާދޭ އެތެރެޔަށް. އަހަންނަކީ މާލް .”ހިތްހެޔޮ ހިނިތުން ވުމާއި އެކު މާލް ބުނެލިއެވެ. ނަސީބަކުން ނައިނާ އާއި ދެމީހުންނަށް ލިބުނީ އެއް ކޮޓަރިއެކެވެ.ފޮށި ބެހެއްޓުމަށް ފަހު ބޭރަށް ނުކުތީ މާލް ގެ އެދުމުގެ މަތިންނެވެ.”މިގެޔަކު މާގިނަ ކުދިންނެއް ނޫޅޭނެ.އެއިން ކޮޓަރީގައި […]
އަޅުގަނޑު މިހާރު ލިޔަމުން އަންނަ ވާހަކަ “މިދެލޯ ފުހެލަ ދޭށޭ ލޯބިން” އަޅުގަނޑު ކުޑަ ކޯހެއް ހެދުމަށް ޓަކައި ލިޔުން މެދު ކަނޑައިލަން ގަސްތު ކުރަމެވެ.މިކޯސް ފުރިހަމަ ކުރުމަށް ފަހު ހަފްތާއެއް ތެރޭ ގައި ކިޔުންތެރިންނަށް މިވާހަކަ އަނބުރާ ގެނެސް ދޭނަމެވެ.އަދި މިކަމަށް ޓަކައި ހުރިހާ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެމެވެ. އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ ވާހަކަ އަނބުރާ ގެނެސްދެންދެން އިންތިޒާރު ކުރާނެ ކަމަށެވެ.އަޅުގަނޑުގެ ވާހަކައަށް ތިޔަ ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު […]
“މިހާރު މިތިބީ ހުރިހާ އެންމެންވެސް އެއްތާކުން ދިމާވެފައެއްނު”ހަމަޖެހިލެވުމާއިއެކު މަންހާ ބުނެލިއެވެ. “ދެން މަ ނަށަން ވީ؟”ނައިނާ ރައްދުދިނެވެ.”އަސްލު އެންމެން މިހެން ނުވާނެ ދޯ ބައްދަލެއް އަބަދަކު.އެހެންވީމަ ތައާރަފް އެއްވެސް އިންނަން ޖެހޭނެއެއްނު.ސާރާމެންނަށް މިތިބީ ކޮންބައެއްކަން އެނގުނަސް މިތިންމީހުނަށް އެކަކު އަނެކަކެއް ނޭގޭނެއެއްނު.ސޯ ޝިޔާ ފައްޓާ”.ސާރާ މަންހާއަށް ސަޕޯޓްކުރަމުން ބުނެލިއެވެ. “އޯކޭ.މިއީ ޝަފްރާޒް.އަހަރެމެން ދެމީހުން އެކީގައި އުޅޭތާ މިހާރު ހަތަރު އަހަރުވީ.”ޝިޔާރާ ބުނެލިއެވެ. “މިއީ ޝާއިފް.ނަން ނޭނގުނަސް ކުރިންވެސް ފެނިފައި ކަންނޭގެ ހުންނާނީ.އަހަރެމެން ދެމީހުން އެއްކޮށް އުޅޭތާ […]
“ސާރާ؟!ޔަގީނޭ ފިރިސޮރު އުނގުމަތީ އިންދާކަން މިގޮވުނީ.އަހަރެން ހިޔެއްނުކުރަން ސާރާ ޑޭޑްރީމް ކުރާ ކަމަކަށް .ލޯބި ހަމަ ކަންކަން ޗޭންޖް ކޮށްލަނީއޭ ދޯ.ހޫމް އެޔެއް ނޫނޭ.އަހަރުމެން މިދަނީ ދާން.މިހާރު ދިހަގަޑި ބައި ވީ. އޯކޭ؟މާދަމާ އަންނާނަން އެއާޕޯޓް އަށް ދާން ބަލާ.ނައިނާ އޭރުން ހުންނާނީ އެއާޕޯޓްގައި.ސާރާ ދޮންތަވެސް ދޮންތަބެވެސް އަތުވެއްޖެ ކަންނޭގެ.ގޭ ބޭރު ދޮރު ތަޅުލި އަޑު އިވުން.އޯކޭ ގުޑް ނައިޓް” އަހަރެންގެ ގައިގައި އެންމެން ބައްދައިލަމުން ބުނެލިއެވެ. ސާރާ ރައްޓެހިން ދިޔުމާއި އެކު ނިދުމަށް ޓަކައި […]
ސާރާއަށް ރޮވުނީއެވެ.ޝާއިފް ބޭވަފާތެރިވެފައި ދައްކާލާ ވާހަކަ ތަކުގެ މަތި އޮމާން ކަމުންނެވެ. ޝާއިފް ފުރައިފިއެވެ.ބަރާބަރަށް ގުޅައެވެ. ސާރާވެސް ކޯހަށް ފުރާ ދުވަސް ކައިރިވަނީ އެވެ. ސާރާ އެންމެ އުފާވަނީ ޝާއިފްއަށް ދައްކާނޭ ބަހަނާއެއް ލިބޭތީވެއެވެ. ޝާއިފް ދިޔަތާ މިއަދަށް ހަަމަސް ވީއެވެ.މާދަމާ އަކީ ސާރާ ކޯހަށް ފުރާ ދުވަސް ކަމުން އަރީޝާ ބޭނުންވީ ސާރާ ގެ ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށްލުމަށެވެ. ސާރާއަށް ގެޔަށް އާދެވޭ ވަރުވީ ރޭގަނޑު އިރުއޮއްސުން ފަހުންނެވެ.ސިޓިންރޫމް އަދިރިއެވެ.ދޮރުލައަޕާލުމަށް ފަހު ބޮކި ދިއްލުމާއި […]