“ސާރާ ޝާއި ޝާއިއަށް ގޮވާނުލަނީތަ؟”ޝައިފް ގެ އަޑު އިވުމާއި އެކު އިޚްތިޔާރަކާ ނުލާ ސާރާއަށް ފޯން ކަނޑާލެވުނީއެވެ.ޝާއިފްގެ އަޑުން ޝާއިފް ހެނީ ކަން ސާރާއަށް އެނގުމުން ވަރަށް ލަދުގަތެވެ. ދުވަސް ތައް ފާއިތު ވަމުން ދެއެވެ. ޝާއިފް މާދަމާ ފުރާތީވެ ސާރާ ދިޔައީ ޝާއިފް ގެ އެދުމުގެ މަތިން އޭނަގެ ޢާއިލާއާއި ބައްދަލު ކޮށްލުމަށެވެ.މިއީ ސާރާ އެގެޔަށް ދާ ފުރަތަމަ ފަހަރު ނޫންކަމަށް ވިޔަސް އެގެޔަށް ދާ ކޮންމެ ފަހަރަކުވެސް އެ އާއިލާގެ ފަރާތުން ނުހަނު ލޯތްބާއި […]
އަންހެންކުއްޖެކެވެ.އިސްތަށިގަނޑުވަނީ ހޭވިފައެވެ.ލައިގެން އިން ހެދުމުގައި ލޭގެ އަސަރު ހުއްޓެވެ.ސާރާއަށް ހޭލެވުނީ ބޮލަށް ތޫނު ތަދެއްއެރުމުންނެވެ.އިދެވުނީ ކޮންތާކުކަމެއްނޭގެއެވެ.ވަރަށް ވެސް އަނދިރި އެވެ.ގޮނޑިއަކާއި ލާ ސާރާ ބަދެފައި ވާއިރު މީހެއްގެ ހިލަމެއްނުވާތާގައި ދިރޭއެއެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ.މަޑުމަޑުން ސާރާގެ ލޮލުގައި ހުރި ފުސްކަން ފިލާ ބޮލަށް އެރި ތޫނު ތަދު ފިލާހިގައްޖެއެވެ. މަޑުމަޑުން އިރުކޮޅަކު އިނުމަށް ފަހު ސާރާ ސަލާމަތަށް އެދި ހަޅޭއްލަވައި ގަތެވެ.އެވަގުތު އައިނައި ތަނެއްނޭގި ހޫރެމުން އައި ވަޅި ދިޔައީ ސާރާ ގެ ވާތު ކޮނޑުގައި ކޫތި ލާފައެވެ.އެވަގުތު […]
ސާރާއާއި ޝާއިފް އަކީ ވަރަށް ލޯބިން އުޅުނު ދެލޯބިވެރިންނެވެ. ނަމަވެސް ސާރާއަށް ޝާއިފްގެ އެޕާޓްމެންޓްގެ ތެރެއިން ދިމާވާ ކަމަކުން މިކަން މުޅިން ބަދަލު ވެގެންދެއެވެ. އެހެންނަމަވެސް ސާރާއަށް ޝާއިފް ދެކެ ވެވިފައިވާ ލޯތްބަކަށް އެއްވެސް ބަދަލެއްނާދެއެވެ.ތަފާތު އެތައް ކުލަތަކަކާއި ތޫފާން ތަކެއްގެ ތެރެއިން މިންޖުވެވުމަށް ފަހު ހުރިހާ ޙަޤީގަތްތަކެއް އެނގި މިހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހާ ވެގެންދަނީ ހީވެސް ނުކުރާކަހަލަ މީހަކަށެވެ.ސާރާ އަށް ޝާއިފް އާއި އެކު އުފަލުގައި އުޅެވޭނެ ބާވައެވެ.ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ […]