ވަންޓޭކޭޓީއެޗް ގެ ވާހަކަ ކިޔާ ކުދިންގެ ސަމާލުކަމަށް! އަޅުގަނޑަކީ ގުރޭޑު 10 ގައި ކިޔަވަމުން ދާ ދަރިވަރަކަށް ވާތީވެ އަޅުގަނޑު ކިޔެވުމުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އަޅުގަނޑު މިހާރު ލިޔަމުން އަންނަ ވާހަކަ ” މިދެލޯ ފުހެލަ ދޭށޭ ލޯބިން ” މިވާހަކަ ނިމުމަކަށް ގެނައުމަށް ގަސްތު ކޮށްފީމެވެ. އަޅުގަނޑު ވާހަކަ ލިޔަމުން އަދި ކިޔެވުމަށް ސަމާލުކަން ދޭންވާވަރަށް ނުދެވެއެވެ. އެހެން ނަމަވެސް އެންމެހާ ކިޔުންތެރިންނަށް ވެސް މިވާހަކަ ނިންމުމުގެ ގޮތުން ދެޕާރޓް އެއް ވަރު […]
ހަޝްމާ ގޮސް ގޭގެ ދޮރާށި ދަށުގައި މަޑުކޮށްލުމަށް ފަހު ނަންބަރަކަށް ގުޅާލިއެވެ.އޭގެ ފަސް ވަރަކަށް މިނެޓް ފަހުން ސައިކަލުގައި އައި މީހަކު ދޮރު މައްޗަށް މަޑުކޮށްލިއެވެ.އަދިރިކަމުން ތަނެއް ސާފު ނުވިނަމަވެސް އެއީ ފިރިހެނެއް ކަން ދޭހަވާހާވެއެވެ.ހަޝްމާ ފިރިހެން ކުއްޖާގެ ސައިކަލަށް އެރުމާއިއެކު ސައިކަލު ދުއްވާލިއެވެ.” ޝާންޓެ މަބުނި ކަންތައް ވާނެތަ؟” ސައިކަލު މަތީ އިނދެ ހަޝްމާ އެފިރިހެން މީހާ ގާތު އަހާލިއެވެ.” ޔަގީނެއްނު . ތިބުނީނު އަގު. އެހެން ނޫނަސް އަހަރެން ތިހާ ރީތި ކުއްޖެކޭ ބުނީމަ […]
އަޅުގަނޑު މިހާރު ލިޔަމުން އަންނަ ވާހަކަ “މިދެލޯ ފުހެލަ ދޭށޭ ލޯބިން” ލަސްވާކަމަށް ޓަކައި އެންމެހައި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. އަޅުގަނޑު ވާހަކަ ލަސްވަމުން އަންނަނީ ސްކޫލް ހުޅުވުމާއި ގުޅުގެން ކިޔެވުމަށް ވަގުތު ހުސްކުރަމުން ދާތީއެވެ. އެހެންކަމުން މީގެ ފަހުން ހަފްތާ އަކު 3 ބައި އަޕް ކުރެވޭނެއެވެ. އެއީ ހޮނިހިރު ، ހޯމަ، އަދި ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން ކުރިއަށް ނެރެން އޮތަ ބައި އަޅުގަނޑު މި ބުރާސްފަތި ދުވަހު އަޕް ކޮށްލަދޭނެ […]
ސާރާ އައިސް ވައިން އިރު އަތާ ފައި ފިނިވަމުން ދިޔައެވެ. އެންމެންގެ ނަޒަރު ވަނީ އޭނަ އާއި ދިމާލަށް ހުއްޓިފައެވެ. ޝާއިފް އަށް ވީގޮތްވެސް ބުނެދޭން ނޭނގުނެވެ.” އޭއް އޭއް ތި އަނގަ ލައްޕާލާ މެއްސެއް ވަދެދާނެ.” ޝާއިފް ގެ ދަތްދޮޅީގައި ހިފާލަމުން ދާއިން ދިމާ ކޮށްލިއެވެ.އެވަގުތު ޝާއިފް ސާރާ އާއި ދިމާލށް ހިނގައިގަންނަން އުޅުމުން ޒައުލް އާއި ދާއިން ހިފެހެއްޓިއެވެ.” ތިހެނެއް ނުދެވޭނެ އަދި.ކެތްކޮށްލާ ކުޑަ އިރުކޮޅަކަށް.” ޒައުލް ބުނެލިއެވެ. ” ދެން ކިހާ އިރަކަށް […]
ސާރާ ފެނުމާއި އެކު ޝާއިފް ހުރި ފިޔަވަޅުގެ މަތީގައި ހުއްޓެވުނީ އިހުތިޔާރަކާއި ނުލައެވެ.ސާރާ ހުރީ ލަދުން އިސްއުފުލާލަން ނުކެރިފައެވެ.އަނެއްކޮޅުން ޝާއިފް ހުރީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ގަބޫލު ނުކުރެވިފައެވެ.ސާރާ ބުރުގާ އެޅުމުން މާރީތި ކަމަށް ދައްކައެވެ.ޝާއިފް ހިތާ ހިތުން ތަޢުރީފް ކުރަމުން ސާރާ ގެ ކުރިމަތީގައި ގޮސް ހުއްޓިލިއެވެ. ” ވާއޮ. މާޝާ ﷲ .. ވައިފީ ހާދަ ރީއްޗޭ… ތެންކިއު ބުރުގާ އެޅި ކަމަށް ޓަކައި…” ސާރާ ޝާއިފްގެ ގަޔާއި ކައިރި ކޮށްލަމުން ބުނެލިއެވެ. […]
ޝާއިފްގެ އެދުމުގެ މަތިން ސާރާ އެއާޕޯޓްއިން ނުކުމެ ޝާއިފްމެންގެ ގެއާއި ދިމާލަށް ޝާއިފް އާއި އެކު މިސްރާބުޖެހިއެވެ.އެގެޔަށް ދިޔައިރު ސާރާގެ އިންތިޒާރުގައި އެންމެން ތިއްބެވެ. އެންމެފުރަތަމަ ވެސް ސާރާ ފެނުމާއި އެކު ޝާއިފް ގެ މަންމަ ޝާއިރާ އައިސް ސާރާގެ ގައިގައި އޮޅުލައިގަތެވެ.އަދި އެއާއިލާގެ ކޮންމެ މީހެއް ސާރާއަށް މަރުހަބާ ކިޔަމުން ދިޔައެވެ. އެވަގުތު ޝާއިރާ ކޮޓަރިން ނުކުމެގެން އައިއިރު އަތުގައި ރަތް ކުލައިގެ މަހުމާ ފޮއްޓެއްއޮތެވެ.ސާރާގެ އަތުގައި ހިފައިގެން ގެނެސް ސޯފާގައި ބޭންދުމަށްފަހު އެފޮށި […]
ދުވަސްތައް މިގޮތުގައި ހޭދަވަމުން ދިޔައެވެ.ޔުނާންގެ ހިތުގައިވާ ނައިނާ އާއި މެދު އަޮތް ލޯއްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.ނަމވެސް ލޯބިވާ ވާހަކަ ބުނަން ނުކެރެނީ ނައިނާ އޭނަގެ ލޯބީގައި ކޮޅުފައިން ޖަހާފާނެތީއެވެ.ނަމަވެސް މިވާހަކަ ސާރާ ކައިރީ ޔުނާން ދެއްކުމުން ސާރާ ގެ ފަރާތުން ހީވެސް ނުކުރާކަހަލަ އެއްބާރުލުމެއް ލިބުނެވެ.އެހެްނކަމުން ސާރާ އާއި ދެމީހުންވެގެން ނައިނާއަށް ލޯބި ހުށައަޅާނޭގޮތެއް ރާވަމުން ދިޔައިރު ނައިނާ އަށް މިކަމުގެ ހަބަރެއްވެސް ނުލިބެއެވެ.ކޮންމެއަކަސް ދުވަސް ތައް ފާއިތުވަމުން ގޮސް ސާރާމެން ރޭވި ދުވަސް އައިސް […]
އެމަންޒަރު ފެނުނީ ފާހާނާއަށް އައި ޔުނާން އަށެވެ.އެވަގުތު އެތަން ފެނުމާއިއެކު އިތުރު ވަގުތެއްވެސް ބޭކލާރު ނުކޮށް އަވަހަށް އެދިމާލަށް ދުއްވައިގަތެވެ. އެދިޔަ ބާރުމިނުގައި ގޮސް ނައިނާގެ ކަރުގައިވާ އަތް ނައްޓާލާ އެމީހަކު ޔުނާން އާއި ވީފަރާތަށް އަނބުރާލިއެވެ.އެއީ މީގެ ހާދިސާއެއް ދެފަހަރުވެސް ހިނގައިގެން ކޮލެޖްއިން ވަކިކޮށްފައި ހުރި ޖޮނަތަންއެވެ. ޔުނާން އައިސް ނައިނާގެ ކަރުގައި ވާ ދެއަތް ނައްޓާލިއެވެ.އެވަގުތު ނައިނާ ލަސްވުމުން އެތަނަށް އައި ސާރާއަށް އެމަންޒަރު ފެނުމާއި އެކު ވަގުރުން ސެކިއުރިޓިއަށް ގޮވުމަށްޓަކައި ހިނގައިގަތެވެ. […]
“އޯހް ގެޓް ޓުނައިޓް ދޯ. އެކަމަކު ހާދަ އަވަހޭ މިއަހަރު .” މާލް ބުނެލިއެވެ. މާލް މެން ސާރާމެނަށް ޕްރޮމް ނައިޓް އޮޅުން ފިލުވާ ދިނެވެ.” އެރެޔަކީ ކޮލެްގެ ކުދިން އެއްވެލާ މަޖާކޮށްލާ ރެޔެއް. ތަފާތު ކުޅިވަރުތަށް ކުޅެ ކައިހަދާނެ އެރޭ.އެއީ ކޮލެޖަށް އަލަށް އަންނަ ކުދިންނަށް ރައްޓެހިން ހޯދަ ދިނުމަށާއި އެއްކޮށް ބާއްވާ ހަރަކާތެއް. އާއްމުކޮށް ލޯބިވެރިންގެ ލިސްޓަށް ނަން އަރާނެ އެރޭ.” މާލް އެއްލޯމަރާލަމުން ބުނެލިއެވެ. “ތިހެން ވިއްޔާ މިހުރީ ތި ލިސްޓުގައި ހުރި […]